Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އަބަދުވެސް މިހިތުގާ ވެޔޭ (12)

Krystal Level 210 Stories100 Login100 Comments
May 9, 2020 4 Mins Read
10 Comments

ޒާން ބޭރަށް ނިކުތުމަށްފަހު ޓެކްސީއަކަށް އަރައިގެން ގޮސް މަޑުކޮށްލީ އަކްރަމް މެންގޭ ދޮރުމައްޗަށެވެ. އޭނާއަށް އަދިވެސް އޭނާ ދެންމެ އަޑުއެހި ވާހަކަތައް ގަބޫލެއް ނުކުރެވެއެވެ. އަކްރަމް އަކީ އޭނާގެ މަންމަގެ އެންމެ ގާތް އެކުވެރިޔާއެވެ. ނަމަވެސް ބައްޕަ އަކްރަމް އާ މަންމައާ އަޅުވާ ކިޔަންވީ ކީޢްވެ ހެއްޔެވެ. ބައްޕަ އެހެން އަންހެން ކުއްޖަކާ ރައްޓެހި ވާން ޖެހުނީ ކީއްވެބާއެވެ. މަންމަ ފުރަތަމަ އަކްރަމްއާ ގުޅުމެއް އޮތަތީ ބާއޭ ޒާންގެ ހިތަށް އަރަމުން ދިޔައެވެ. ޓެކްސީއަށް ރުފިޔާ ދިނުމަށްފަހު ޒާން ގޮސް އަކްރަމް މެންގެޔަށް ވަނެވެ.

” އަކްރަމްބެ އާ މަންމަ އާ އޮންނަނީ ކޮން ގުޅުމެއް؟” ޒާން އަކްރަމް ސިޓިންގްރޫމްގައި އިންތަން ފެނުމާއެކު އެއްވެސް ޖެހިލުމެއްނެތި ބުނެލިއެވެ. އަކްރަމްއަށް ކުއްލިއަކަށް ކޮޅަށް ތެދުވެވުނެވެ. ޒާން ކުއްލިއަކަށް މިހެން އަހަން ޖެހުނީ ކީއްވެބާއެވެ.

***

“އަޅެ ޝާން ދޭބަލަ އެސޮރު ދިޔަތަނެއް ބަލަން.” ގިސްލަމުން ނުހާ ވާހަކަ ދެއްކިއެވެ. ޒާން އަށް މިހާރު ހުރިހާ އެއްޗެއް އަޑުއިވިއްޖެއެވެ. ދެން އިތުރަށް ދެއްކޭނެ ބަހަނާއެއްވެސް އެދެމަފިރިންގެ ނެތެވެ. ހުރިހާ ކަމެއް ޒާންއަށް ކިޔާދެން ނުހާ ވަރަށް ބޭނުންވެއެވެ. ޝާން ފޯނުން ދަރިފުޅަށް ގުޅަމުން ގެއިން ނިކުތެވެ. ނުހާ ދެކޮޅަށް ހިގާލަހިގާލާ ހުރީ ހަދަންވީ ގޮތް ނޭގިގެންނެވެ.

***

“ޒާން ކިހިނެއްވީ؟ މިގެއަށް ތިއައިޔޯ؟ އަކްރަމްބެއަށް ގުޅާލިނަމަ ބަލާ ދާނަމެއްނުން..” އަކްރަމް ޒާން ގޮވައިން އައިސް އޭނާގެ ކޮޓާރިއަށް ވަދެ ވާހަކަ ދެއްކިއެވެ.

” އަހަރެން ސުވާލެއް ކޮށްފިން.. މާ މާތް ވާން އުޅޭނެ ކަމެއް ނެތް…. އެޔަށް ޖަވާބު ދީ؟” އަކްރަމްއަށް ދެލޯ އަޅާލަމުން ޒާން ބުނެލިއެވެ. މުޅި މީހާވަނީ ދާހިއްލާ ފޯވެފައެވެ. އަދިވެސް އޭނާގެ މައިންފަބައިން ދެއްކި ވާހަކަ އޭނާގެ ސިކުޑީގައި މިއުޒިކެއް ކުޅޭހެން ކުޅެމުން ދިޔައެވެ.

” ވީ އާ ޖަސްޓް ފްރެންޑްސް… ކިހިނެއްތަވީ ޒާން؟” ޒާން ރުޅިއައިސް ހުރިތަންފެނުމުން އަކްރަމް ކުޑަކޮށް ހިތްނުތަނަވަސް ވިއެވެ.

” ތީތަ ރައްޓެހިކަމަކީ.. ބައްޕަ އާ މަންމަ އާ ދެތެރޭ މައްސަލަ ޖެހިގެން އުޅެނީ އަކްރަމްބެއާ ހެދި… ” ޒާން ބުނެލިއެވެ.

” އަނެއްކާ އެރޭގެ ވާހަކަތަ؟” އަކްރަމް ވާނުވާ ނޭގި އަހާލިއެވެ.

” އެރެއޭ… ކޮންރެއެއް؟” ޒާން ހައިރާންވިއެވެ. މިހާރު މަންމަ އާ ދެމީހުންގެ ގުޅުން އެހާ ދުރަށް ދިޔައިބާއެވެ.

” ލުކް…. ޒާން އަކްރަމްބެއާ މަންމަ އާ ދެމެދަކު ބައްޕަ އެހީކުރާކަހަލަ އެއްވެސް ގުޅުމެއް  ނޯވޭ…. ބައްޕަ ހުރިހާ ޝައްކެއް މަންމަ އަށް ކުރަން ފެށީ އަކްރަމްބެއާ ހެދިކަން އަކްރަމްބެ ގަބޫލުކުރަން…. ބަޓް ދެޓް ޑަޒަންޓް މީން ހީ ހޭސް ޓު ޓްރީޓް ހާ ލައިކް ދެޓް…” އަކްރަމް ޝާން ކަންތައް ކުރާ ގޮތް ހިތްހަމަ ނުޖެހުމުން ބުނެލިއެވެ.

” ކޯންޗެއް… ކޮން ހީކުރުމެއް… ބުނަން އަހަންނަކަށް މިވީހާ ތަނަކަށް މަންމަ އާ ބައްޕައާ ދޭތެރޭ މައްސަލަތަކެއް ޖެހިގެން އުޅޭ ކަމެއް ނޭގޭ.. އަދި ބައްޕަ އެހެން އަންހެނެއް ގެންގުޅޭކަންވެސް އަހަންނަކަށް ނޭގޭ… ތަންކޮޅެއް އަހަންނަށް ވިސްނޭ ގޮތަކަށް ކިޔާދީބަލަ..” ޒާންގެ އޭނާއަށް އަންނަމުން ދިޔަ ފޯނު ކަޑާލަމުން ބުނެލިއެވެ.

” އޯކޭ.. އަހަރެން ހިއެއް ނުކުރަން ޒާންއަށް ކަމެއް އަހަރެން މިހުރިހާ އެއްޗެއް ކިޔާ ދެން ޖެހޭނީ… ” އަކްރަމް އެރޭ ވީ ކަންތައް ކިޔާދެންފެށިއެވެ.

” އަހަރެން ޒާންމެންގެއަށް ދިޔައީ މަންމަ މެސެޖް ކޮށްފަ ޕިން ކޯޑު ފޮނުވާފަ ބުނީ ގޭއަށް ގޮސް ބެލްކަނީގެ އިން ބޮކި ބަދަލުކޮށްދެން… އޭރު ޒާން ބައްޕަ ހުރީ މެލޭގަ ޒާން ކައިރީ… މަންމަ ގެއަށް އައިސް ވަތް އިރު އަހަރެން ހުރީ ބެލްކަނީގަ… މަންމަ ވަރަށް ދެރަވެފަ ހުރީ ކޮންމެވެސް ކަމަކާ.. ވަރަށް ރުއި.. އަކްރަމްބެ މަންމަ ހުއްޓުވޭތޯ އުޅުނިން. ކުއްލިއަކަށް މަންމަ ނިދިޖެހިގެން ވެއްޓެން އުޅުނީ… އޭރު މަންމަ ހުންވެސް ވަރަށް ގަދަ. ސޯ…. އަކްރަމްބެ މަންމަ ގެންގޮސް އެދުގަ ބާއްވާފަ މަންމަ ހުން މަޑުކުރެވޭތޯ ފެން ފޮތި ލީ… އައި ހެޑް ނޯ ބޭޑް އިންޓޭންޝަން…. އެހެން އިންދާ އަކްރަމްބެ އަށްވެސް ނިދުނީ… ” އަކްރަމް އިސް ޖަހާލައިގެން އިދެ ކިޔާ ދެމުން ދިޔައެވެ. ޒާންއަށްވެސް އަކްރަމްގެ ވާހަކަތައް ގަބޫލުކުރެވެން ފެށުނެވެ.

” ދެން ހެދުނު ބައްޕައަށް ފެނުނީ އަކްރަމްބެ؟” ޒާން އިދެލާފައި އަހާލިއެވެ. އަކްރަމް އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. ޒާން ގޮސް އަކްރަމް ކައިރީ އިން ގޮޑީގައި އިށީދެލިއެވެ. އަދިވެސް ޒާންގެ ހިތްފުރޭ ޖަވާބު ތަކެއް ނުލިބެއެވެ. އަދިވެސް އޭނާގެ ބޯ ގޮވަމުން ދިޔައެވެ. މައިންބަފައިން ވަކިވާން ޖެހުމަކީ ކިހާ ހިތްދަތި ކަމެއްކަން ޒާންއަށް ވަރަށް ރަނގަޅަށް އެގެއެވެ.

” ބައްޕަގެ އެއްވެސް ކަމެއް އަކްރަމްބެއަށް އިގޭތަ؟” ޒާން މަޑުމަޑުން އަހާލިއެވެ.

” ކޮންކަމެއް؟ ބައްޕަ އިންނަން އުޅޭ ކުއްޖާތަ؟”

” އިންނަންށޭ؟ ދެން މަންމަޔޯ.. އަހަންނޯ؟” ޒާން ތުރުތުރު އަޅާއިގަތެވެ. ހަތަރު އުދަރެސް ފެނުޖެހުނު ކަހަލައެވެ. މިތާގައި ކުއްވެރިޔަކީ މަންމަ ނޫންތާއެވެ. އޭނާގެ ބައްޕަ މިފަދަ ފިޔަވަޅެއް އަޅާފާނެ ކަމަކަށް އެއްގޮތަކަށްވެސް ގަބޫލެއް ނުކުރެވުނެވެ. ކުއްލިއަކަށް އަކްރަމްގެ ފޯނު ރިންގްވާން ފެށިއެވެ. ގުޅަމުން ދިޔައީ ނުހާއެވެ. ޒާން އޭނާ މިގޭގައި ހުރިވާހަކަ ބުނުމަށް އެދުމަށްފަހު ގޮސް އަކްރަމްގެ އެދުގައި އޮށޯތެވެ. ޒާން އަށް ވަނީ ފުން އަސަރު ތަކެއް ކޮށްފައެވެ. އޭނާގެ އައިލާ ވަކިވެގެން ދާކަމުގެ ފެހި ސިގްނަލް ވަނީ ފެންނަން ފަށާފައެވެ. މީހުން ބުނެއުޅެއެވެ. ރޯނީ ރަޑު ފިރިހެނުންނެވެ. ނަމަވެސް ރުއިމަކީ މީހާ ރަޑުވުމެއް ނޫނެވެ. އެއީ އެމީހެއްގެ ހުންނަ އިހްސާސްތައް ބޭރުކޮށްލުމަށްފަހު އަލުން އާ ކަންތައްތަކާ ކުރިމަތިލާން ތައްޔާރުވުމެވެ. ޒާންގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ހަދާނެ ނަހަދާނެ ގޮތެއް އޭނާއަކަށް ނޭގުނެވެ. އެހެން އޮއްވާ ޒާންއަށް ނިދި ޖެހުނެވެ.

***

” ޒާން ވީ އަކްރަމް މެން ގޭގަ.. ދެންމެ އަކްރަމް އެބުނީ…” ނުހާ ވަހަކަ ދައްކަމުންދިޔައި ފޯނުން ޝާންއާއެވެ. އިރުކޮޅަކުން ޝާން އައިސް ގެއަށް ވަނެވެ.

” ނުހާ ބުނީ ތަ އަކްރަމް ކައިރީ ޒާން ހޯދަން…” ޝާން ބުނެލިއެވެ.

” ޕްލީސް ޝާން… ދެން ހުއްޓާލަބަލަ… މިހާރު ވީ ކަންތައް ކުޑައީތަ… އަހަންނެއް ނުބުނަން.. އަހަރެން ބުނަންވެގެން ގުޅީ އޭރު ޒާން ހުރީ އެގޭގަ…. އަހަންނަކަށް ނޭގޭ ދެން ހަދާނެ ގޮތެއް.. އަހަރެން މުޅި ދިރިއުޅުން ހަލާކުވެއްޖެ… ”  ނުހާ އަށް ރޮވެމުން ދިޔައެވެ. ޝާންގެ ހިލަ ހިތަކަށް އެއްވެސް އަސަރެއް ނުކުރެއެވެ.

” ތިބުނީ އަހަންނޭތަ ހަލާކު ކުރީ؟ އަހަރެންދޯ އަދިވެސް ގޯސް މިވީ..” ޝާން ތަންކޮޅެއް ބާރަށް ބުނެލިއެވެ.

” އާން ޝާން ގޯހީ… ޝާން އަހަންނަށް ހިތްދަތިކަން ދިނީ.. ޝާން އަހަރެންގެ ދިރިއުޅުން އަދިރި ގަޑަކަށް ވައްޓާލީ.. އަހަރެން މިއަދާ ހަމައަށްވެސް މި ކެއްކުރީ އަހަރެންގެ ޒާންއަށް ޓަކާ… އެސޮރަށް ވާނެ ގޮތެއް ނޭގޭތީ… ޝާން އަދިވެސް ތި ދުވަނީ އަންހެން ކުދިން ފަހަތުން.. އަހަރެން ވަރަށް ވިސްނައިން އުޅެނީ.. އަހަންނަކީ ވެސް މީހުން ދަންނަ މީހެއް އަހަރެން ބޭނުމެއް ނުވޭ މީހުން އިގިލި ދިގުކޮށްފަ އަހަންނާ އަހަރެން ފިރިމީހާ އާ ދިމާލަށް އެއްޗެހި ކިޔާކަށް… ކެމެރާ ކުރިމަތީގައި އަހަރެން ކިތަންމެ އުފަލުން ހުއްޓަސް އެއީ އަހަރެންގެ ވަޒީފާ ވީމަ އަހަންނަށް މަޖުބޫރު ވަނީ… އަހަރެން ގެއަށް އައިސް މިކުޅެނީކީ ފިލްމެއް ނުން.. ޝާން އަށް ތިހެން ބުނުމުގެ ހައްޤު ކޮބާ؟ ޝާން ވިސްނާލަބަލަ… ވޭތުވެދިޔަ 16 އަހަރު… 16 އަހަރު ޝާން އަށް އައި ބަދަލުތައް… އަހަންނަށް ލޯތްބެއް އޯގާތެރިކަމެއް ދިނިންތަ؟ ކޮބާ އަހަރެންގެ ކުށަކީ… ގައިމު 16 އަހަރު ކުރިންނެއް ނުން ޝާންއަށް އަކްރަމްއާ އަހަންނާ އަޅުވާ ކިޔަން ފެށީކީ…. ބުނެބަލަ އަހަރެންގެ ކުށަކީ ކޮބާތަ… ޖަވާބު ދީބަލަ..” ނުހާ ޝާންގެ ގަމީހުގެ ދެފަރާތުގައި ހިފަހައްޓައި ތަޅުވާލަމުން ބުނެލިއެވެ. ޝާން ނުހާގެ އަތް ދުރުކޮށްލަން ވެގެން އަތް ނަގާ ހޫރުވާލި ގަޑީގައި ނުހާ ނުވިސްނާ ހުރުމުން ވިއްސައިގެން ގޮސް ނުހާ ވެއްޓުނެވެ. އެގަޑީގައި ނުހާގެ ބޯ ޖެހުނީ ކާގޭގައި ކައްކަން ހާއްސަ ކުރެވިފައިވާ ތަނުގެ މުށި މަތީގައެވެ. މުޅި ކާގެ ތެރެއަށް ލޭތަށް ބުރައިގެން ދިޔައެވެ. ނުހާ ޖެހުނުލެއް ބާރުކަމުން ބޯފަޅައިގެން ދިޔައެވެ. ޝާން އަށް ބާރަކަށް ނުހާއޭކިޔާ ހަޅޭއް ލަވައިގަނެވުނެވެ. އަދި އަވަސް އަވަހަށް ނުހާ އަތްދަޑިމައްޗަށް ލައިގެން ގޮސް ކާރަށް އެރިއެވެ. ވަގުތުން އޭޑީކޭއަށް ނުހާ ގެންދެވުނެވެ.

=ނުނިމޭ=

Share Article

Follow Me Written By

Krystal

Level 210 Stories100 Login100 Comments

Other Articles

Previous

ސިއްރެއް 16

Next

ކޮވިޑް-19

Next
May 9, 2020

ކޮވިޑް-19

Previews
May 9, 2020

ސިއްރެއް 16

10 Comments!

  1. ❤❤❤ says:
    May 9, 2020 at 2:10 pm

    Varah varah rythi. When next???

  2. Choi Beomgyu says:
    May 9, 2020 at 3:20 pm

    Vvvv reethi mi part vx.. Whn is next part.. Curiously waiting for next part ngey.. Next part thankolheh avahah up kohdhehchey.. Lysm… Love U from TXT?????

  3. Krystal says:
    May 9, 2020 at 4:43 pm

    Thank you❤❤❤
    Insha allah tomorrow.

  4. Krystal says:
    May 9, 2020 at 4:44 pm

    Hello…. next part maadhan insha allah up kohdheynan… take care ???

  5. Loola says:
    May 9, 2020 at 6:35 pm

    Alhey plz shaan and nuha vaki nukurey .. btw v reethi story .. waiting for the next part ♥️

  6. blue bird says:
    May 9, 2020 at 7:16 pm

    Sorry Krystal sis……kudakoh lasvema……cuz I didn’t had data…..I’m very sorry?????
    Anyways story very nice….. Keep it up sisoo…..and yes thanks for uploading such a nice story……SARANGHAEYO…….?????????????????????

  7. Krystal says:
    May 9, 2020 at 8:38 pm

    ? lets hope for the best….
    Thank you loola ❤❤

  8. Krystal says:
    May 9, 2020 at 8:39 pm

    Awwnnn. You dont have to be sorry sweety… its fine as long as you’ve read it and you liked it…
    Always grateful to ypur comments. Since it gives me motivation… ???

    Saranghaeyo ❤?

  9. LAZY_QUEENY says:
    May 9, 2020 at 10:09 pm

    If you don’t mind can I ask your age?? ?

  10. Krystal says:
    May 10, 2020 at 4:59 am

    23… ?

Comments are closed.


All Right Reserved!