އެނގުމެއްނެތި…10
ރާއިދާ ގޮވައިިގެން ފެންޑާއަށް ތޫބާ ވަނެވެ. ސޯފާގައި ތިބި ހަނީފުއާއި ހަމީދާގެ ފައިދަށުން ހީވީ ބިންގަނޑު ދަމައިގަަތްހެންނެވެ. ވާނުވާގައި ހުރި ރާއިދާ ތޫބާއަށާއި ހަމީދާމެނަށް، ބަލާލާފައި އަލީޝާއަށް އެއްބުމަ އަރުވައިލިއެވެ. އަލީޝާ، ތޫބާ ހަދަން އުޅޭ އެއްޗަކަށް ސަމާލުކަން ދީގެނެވެ. ވާން މިއުޅޭ ގޮތެއް އޭނާއަކަށްވެސް ނޭންގެއެވެ.
“މަންމާ! ބައްޕާ! ތެދަށް ބުނެދީ. އަޅުގަނޑުގެ އަސްލު މަންމައާއި ބައްޕައަކީ ކޮބާ؟” ތޫބާ ސީދާ ސީދަލަށް އަހައިލިއެވެ. އެތާނގައި ކުރީގެ ބަލިކަށި، މަޑުމޮޅި ތޫބާއެއް ނެތެވެ. ހުރީ ތެދު ހޯދުމަށް އަޒުމުކަނޑައަޅައިގެން ހުރި ތޫބާއެކެވެ.
*************************
“މިހާރު ތި ވާހަކަ ދެއްކިއްޖެއެންނު ދަރިފުޅާ. ކިހިނެތް ތި އުޅެނީ؟” ހަމީދާ ވަރަށް ނުތަނަވަސްގޮތަކަށް ރާއިދާއަށް ބަލައިލާފައި ތޫބާ ކައިރީ ބުނެލީ، ބޭރު މީހުން ކުރިމަތީ އެ ވާހަކަ ނުދައްކަން ބުނާހެންނެވެ. ނަަމަވެސް އޭނާގެ ހިތުގައި އޮތީ އެއަށްވުރެ މާ ބޮޑު ބިރެކެވެ. ޖެހި ބުދެއްހެން ގުޑިނުލެވިފައި ހަނީފު އިނެވެ. ހަމީދާ ތޫބާގެ އަތުގެ މުލައްދަނޑީގައި ހިފީ ގޮވައިގެން ކޮޓަރިއަށް ވަނުމަށެވެ. ނަމަވެސް ތޫބާ އަނެއް އަތުން ހަމީދާގެ އަތް ދުރުކޮށްލިއެވެ.
“އަލީޝާ ހިނގާ ގެއަށް…” އާއިލީ މައްސަލައެއް އުޅޭކަމަށް ހިތާ ރާއިދާ ދާން އުޅުނެވެ. ނުބެހޭ ކަމެއްގެ ދެމެދަށް ވަންނަން ބޭނުން ނުވާތީއެވެ.
“ނޫން. މި ވާހަކަ ދައްކަންވެގެން ރާއިދާއްތަ މި ގެނައީ. އެހެންވީމަ ރާއިދާއްތަވެސް ހުއްޓަ ދައްކާނީ.” ރާއިދާއަށާއި ހަމީދާއަށް އެއްކޮށް ތޫބާ ބުނެލިއެވެ.
“ރާއިދާއްތާ. އަލީޝާ ބުނީ އަލީޝާގެ އެއްމާބަނޑު ކޮއްކޮއެއް ހުރެއޯ. އެއީ ތެދެއްތަ؟” ތޫބާ ރާއިދާގާތު އަހައިލިއެވެ. ރާއިދާއަށް ބަލައިލެވުނީ އަލީޝާއަށެވެ. އޭނާގެ މަރުވެފައިވާ ދަރިފުޅުގެ ވާހަކަ މިތަނުން އިވެންވީ ސަބަބެއް އޭނާއަކަށް ނޭންގުނެވެ.
“އާނ އެއީ ތެދެއް… ކިހިނެތްވީ؟” ތޫބާގެ އަތުގައި ހިފައި ދަމަމުން ކޮޓަރިއަށް ވަންނަން ގޮވި ހަމީދާގެ އަޑު މަތިން ރާއިދާ ބުނެލިއެވެ. ހަމީދާގެ މޫނުގައި ހީވީ އެއްޗަކުން ޖެހިހެންނެވެ. ހިތު ތެރެއިން އިތުރަށް ވާހަކަ ނުދައްކާށޭ ކިޔައި ރާއިދާއަށް ކުދިކިޔަމުންދިޔައެވެ.
“މަންމަ ކިޔައިދިނީމެންނު އަޅުގަނޑުގެ މަންމައާއި ބައްޕައަށް ވީގޮތް. އެ ވާހަކަ އަލުން ކިޔައިދީބަލަ.” ތޫބާގެ ޖުމުލައިން ހަމީދާގެ އަނގަ ބަންދުވިއެވެ. އަލިފާން ރޯވެ ނިޔާވި ދެމަފިރިންގެ ވާހަކަ ރާއިދާ ކުރިމަތީ އޭނާ ދައްކާނީ ކިހިނެތްހެއްޔެވެ؟ ތޫބާ ބޭނުންވީ އެ ސުވާލަށް ހަމީދާ ޖަވާބުދީ، އަލީޝާގެ ބަސްތައް ދޮގުކޮށްދިނުމަށެވެ. ނަމަވެސް ރާއިދާއާއި އަލީޝާ ކުރިމަތީ އެ ވާހަކަ ދައްކަން ހަމީދާއަށް ނުކެރުނީތީ، އަލީޝާ ކިޔައިދިނީ ހަގީގަތްކަން ތޫބާއަށް ހައްތަހާ ސާބިތުވާގޮތްވީއެވެ.
“ދަރިފުޅުގެ މައިންބަފައިން ވީ ނިޔާވެފަ. ގޭގަ އަލިފާން ރޯވެގެން.” އެއޮށްހާއިރު މަޑުން އިން ހަނީފު ވާހަކަދެއްކިއެވެ. ހަމީދާއާއި ހިލާފަށް އޭނާ އިނީ ބޭރުފުށުން ހަމަޖައްސައިލައިގެންނެވެ. “މާފުކުރޭ ރާއިދާ. ތޫބާ އަދިވެސް އެއުޅެނީ އަހަރުމެންނަކީ އޭނާގެ އަސްލު މައިންބަފައިން ނޫންކަން އިނގުނީމަ ހާސްވެގެން. އަހަރުމެން އެ މަންޖެއަށް ވިސްނައިދޭނަން. އިހަށް ގޮސްލާ އިނގޭ.” ހަނީފު ބުންޏެވެ. މާ ހަމަޖެހިލައިގެން ކަންތަކުގައި މަތިއަޅަން ހަނީފު އުޅުމުން އަލީޝާ ރުޅިއައެވެ. އޭނާވެސް ބޭނުންވާ މަގުން ކަންތައް ކުރިއަށް ގޮސްގޮސް ހުއްޓައި، އެހާ ފަސޭހައިން ހަނީފުއަށާއި ހަމީދާ މޮޅުވިޔަދޭކަށް ބޭނުމެއް ނުވިއެވެ.
“މަންމާ! އެ ބުނީނު ގޭގަ އަލިފާން ރޯވެގެން މަރުވި ދެމަފިރިންގެ ވާހަކަ. އެއީ ތިއްތަމެންނޭ. އޭރު އެ ގޭގަ ހުރި އަހަރެމެންގެ އައިކާއޭ މިހިރަ ތޫބާއަކީ. މަންމާ އެ މީހުން އެއުޅެނީ އަހަރުމެންނަށް އޮޅުވާލައިގެން އައިކާ އަހަރުމެން ގާތަށް އަޔަނުދޭންށޭ!” އަލީޝާ ރާއިދާގާތު ކުސްތަޅައިލިއެވެ.
“އަލީޝާ ދޫންޏާ. މާލޭގަ ކިތައް ގޭގަ އަލިފާން ރޯވޭތަ؟ އެކަހަލަ ކިތަންމެ ގެއަކުން ކިތަންމެ ދެމަފިރިއެއް ނިޔާވެފަ އެބަހުރި. އަލިފާން ނިވާ މީހެއްގެ ގޮތުގަ އުޅުން ބޭބެއަށް ކިތަންމެ ފަހަރަކު އެކަހަލަ ކޭސްތައް ފެނިފަ އެބަހުރި. އަހަރުމެން ތުބާ އެޑޮޕްޓުކުރީ އަޅާލާނެ މީހެއް ނެތީމަ. އަލީޝާއަށް ތޫބާ ފެނި ކޮއްކޮ މަތިން ހަނދާންވާތީ ތި އުޅެނީ. އެއް އުމުރެއްވީމަ. އަލީޝާ މީގެފަހުން ތޫބާާއާއި އެކުވެރިކޮށް އުޅޭ. މީގެ ފަހުން ތޫބާ އެއީ ކޮއްކޮއެއް ގޮތުގަ ދެކުނަސް އެއްވެސް މައްސަލައެއް ނޯންނާނެ. އެކަމަކު މިކަމާ އަލީޝާ މަންމަގެ ބޯ ހާސްނުކުރޭ. މަންމައަށް ހަމަ ބޭކާރުގޮތުގަ ނިޔާވެފަވީ ދަރިއެއްގެ ހަނދާން އާ ކޮށްދީ މަންމަ ދެރަކުރަނީއެންނު ތި.” ހަނީފު މަސައްކަތްކުރީ އޭނާވަރު ހެޔޮމީހެއް އެތާ ނެތްކަން ދެއްކުމަށެވެ. އެކަން އޭނާއަށް ކާމިޔާބުވެސްވިއެވެ. ރާއިދާއާއި ތޫބާ ދެން ބަލައިލީ އަލީޝާއަށެވެ. ހަމްދަރުދީގެ ނަޒަރަކުންނެވެ.
“ދަރިފުޅު ހިނގާ ދެން ގެއަށް ދާން.” ރާއިދާ އަލީޝާގެ ބުރަކަށީގައި އަތް ޖައްސައިލަމުން ބުންޏެވެ.
“އެކަމަކު މަންމާ…” އަލީޝާގެ ވާހަކަ މެދުކަނޑައިލުމަށްފަހު ރާއިދާ އޭނާ ގޮވައިގެން ގެއިން ނުކުންނަން ދިޔައެވެ. ތޫބާވެސް ފަހަތުން އައެވެ. ރާއިދާއާއި އަލީޝާ ނުކުތުމަށްޓަކައި ތޫބާ ދޮރު ހުޅުވައިދިނެވެ. އެވަގުތު ތޫބާ ލައިގެން ހުރި ހެދުމުގެ އަތް މައްޗަށް ކެހުނުު ގަޑީ، އަތުގެ މުލަށްދަނޑީގައި ބޮޑު ޗާޓެއްހެން ހުރި ލަކުނެއް ފާޅުވިއެވެ. އެތަން ފެނުނު ރާއިދާގެ ދެލޯ ބޮޑުވިއެވެ. އެއީ އޭނާ މާ ރަނގަޅަށްވެސް ދެކެފަރިތަ ލަކުނެކެވެ. ގައިން ވަރު ދޫނުވީ ކިރިޔާއެވެ. ކުރިން ނުކުތް އަލީޝާއަކަށްވެސް އަދި ތޫބާއަކަށްވެސް ރާއިދާގެ މޫނުމައްޗަށް އައި ބަދަލު ނުފެނުނެވެ.
ފިޔާ ކޮށަން ހުރި ރާއިދާއަށް ހިޔާލީ ދުނިޔެއިން ބޭރަށް ނުކުމެވުނީ ޝަހާދަތް އިނގިލީގައި ވަޅި އެޅުމުން ނަގައިގަތް ތޫނު ދިލައިންނެވެ. ފިޔާކޮޅަށް ލޭ ފޭދުމުގެ ކުރިން އަވަހަށް ސިންކާއި ދިމާކޮށްލިއެވެ. ހޯސްލާފައި ފައިބައިގަތް ލޭތަށް ފެނުމުން ރާއިދާގެ ސިކުނޑީގައި އެނބުރެމުންދިޔަ ހައިޖާނުގަނޑުވީ ހައްތަހާ ބޮޑެވެ. ތޫބާގެ އަތުގައި އިން ލަކުނު އޭނާގެ ހިޔާލުން ފޮހެ ނުލެވުނެވެ. ކަނޑައިގެންދިޔަ ތަނަށް ފެން އަޅަން ފެށިއިރު އޭނާގެ ހިޔާލު ދަތުރުކުރީ އޭނާގެ ޒުވާންކަމުގެ ދުވަސްތަކަަކަށެވެ.
ރަށުގައި ހުރި އެންމެ ބުރުސޫރަ ރީތި ޒުވާނާއާއި ނަހަލާލުގޮތުގައި ހިންގި ސިއްރު ގުޅުމަށްފަހު ބަލިވެެއިންކަން އިނގުމުން ވެއްޓުނީ އަނދަވަޅަކަށެވެ. އެހެން މީހެއް ކައިރީ އެ ހުތުރު އަމަލުގެ ވާހަކަ ބުނަން ނުކެރި އުޅުނު ނަމަވެސް، މާ ގިނަ ދުވަހަކު އެކަން ނުފޮރުވޭނެކަން އިނގެއެވެ. އެންމެ ފަހުން މިކަމާއި އެހީވާން އެއްބަސްވީ މާލޭގައި ދިރިއުޅޭ ރާއިދާގެ އެއްބަފާ ދައްތައާއި އޭނާގެ ދެމަފިރިންނެވެ. އަށާރަ އަހަރުގެ ޅަ އުމުރުގައި ކައިވެނީގެ ގުޅުމުން ގުޅުމަށްފަހު ދެ ޒުވާނުން މާލެ ދިޔައީ ކިޔެވުމުގެ ބަހަނާއާއިއެކުއެވެ. ދައްތަގެ ފުރަތަމަ އިރުޝާދަކަށްވީ ބަނޑުގައި އުފެދެމުން އައި ފުރާނައިގެ ނިޝާން ނައްތައިލުމެވެ. ނަމަވެސް ރާއިދާއެއްވެސް އަދި ޔޫސުފެއްވެސް އެ ގޮތެއް ގަބޫލެއް ނުކުރިއެވެ. ހެޔޮގޮތުގައި ދަރިފުޅު ވިހައި ބެލެހެއްޓުމަށް ނިންމި ޔޫސުފްއާއި ރާއިދާއަށް، އެ ފުރާނައަކީ އެންމެ ފުރާނައެއް ނޫންކަން އިނގުމުން އުފާކުރެވުނެވެ. ދައްތަމެންގެ އެހީއާއިއެކީ ނުވަ މަހާއި ނުވަދުވަސް ފާއިތުވެގޮސް ސިއްހަތު ރަނގަޅު ދެ ކުދިން ދުނިޔޭގެ އަލިކަން ދުށެވެ.
ކަންތައްވީ ދެމަފިރިން އުންމީދުކުރި ގޮތަކަށްނޫނެވެ. އެހާ ޅަ ދެ މީހުންނަށް ކުޑަކުޑަ ދެ ދަރިން ބެލެހެއްޓުން ވީ ވަރަށް ދަތިކަމަކަށެވެ. ރޭގަނޑުގެ ނިދި ނަގާފައި އެއް ކަމަކަށް ސަމާލުކަން ދޭންޖެހުމުން ދެ ޒުވާނުންގެ ޅަ ސިކުނޑިއަކަށް ކެތެއްނުވިއެވެ. އެ ދެމަފިރިންނަށް ނަފްސާނީގޮތުން އަސަރުކުރިއެވެ. ޑިޕްރެޝަންގެ ޝިކާރައަކަށް ޔޫސުފްވިއެވެ. ރާއިދާގެ ލޭ މައްޗަށް ދާންފެށިއެވެ.
އައިކާގެ ރުއުން ހުއްޓުވުމަށް ރާއިދާއަށް މޫނުމަތީ ބާލީހެއް އަޅައި އޮއްބައިލެވުނު ރެއިން ފެށިގެން، މިއީ މި މީހުންނަށް ވާނެކަމެއް ނޫންކަމަށް ދައްތަމެންނަށް މާ ރަނގަޅަށްވެސް ވިސްނުނެވެ. މާލޭހިޔާއަށް ކުދިން ލާން ދައްތަގެ ފިރިމީހާ ލަފާދިނެވެ. އެކަމާއި ދޭތެރޭ ޔޫސުފްމެންނަށް ރަނގަޅަށް ވިސްނައިނުލެވިގެން އުޅެނިކޮށް ލިބުނީ މާ ހިތާމަކުރުވަނިވި ހަބަރެކެވެ. ޔޫސުފްގެ ބައްޕަ އެކްސިޑެންޓެއްގައި ނިޔާވި ހަބަރެވެ. ރާއިދާއާއި ޔޫސުފް ރަށަށް ފުރީ އެއްމާބަނޑު ދެކުދިންގެ ތެރެއިން އެއް ކުއްޖަކު ގޮވައިގެންނެވެ. އެ ކުއްޖަކީ އަލީޝާއެވެ.
އަލީޝާ ފެނުމުން ދެ އާއިލާއަށްވެސް ލިބުނީ ހައިރާންކަމެކެވެ. އެއޮށްހާދުވަހު ފޮރުވައިގެން ގެންގުޅުން ދަރިއެއްކަން އިނގުމުން ކުރިމަތިކުރުވި ސުވާލުތައް ގިނައެވެ. ނަމަވެސް އެ ހުރިހާ ކަމެއް ފަހަށް ޖައްސައިލުމުގެ ބޮޑު ބަހަނާއަކަށް ވީ އެ ދެ މީހުން އެ ރަށަށް އަނބުރައި އައި ސަބަބެވެ. ޔޫސުފްގެ ބައްޕަގެ ޖަނާޒާގެ ކަންތައް ނިމުނުއިރު ޔޫސުފްގެ ހިތްވަނީ ފުނޑުވާނެ ވަރަކަށް ފުނޑުވެފައެވެ. ނަމަވެސް މަންމަ ގާތުގައި ހުރެ، މަންމަގެ ލޮއެއްބާއި ފިރުމުންތައް ލިބެންފެށުމުން ހިތްހަމަޖެހުނެވެ. އެންމެ ފުރަތަމައިނުންވެސް މަންމަމެން ކައިރީ ބުނެގެން މިކަމާއި އުޅެވުންނަމައޭ ހިތަށްއެރިއެވެ.
ޔޫސުފްގެ ބައްޕަ ނިޔާވުމުން އޭނާގެ ބޮލުގައި އެޅުނީ ގޭގައި ތިބި ހަ ދަރިންނާއި، ނިޔާވެދިޔަ ބައްޕަގެ މިސްކިތް ބެލެހެއްޓުމުގެ ޒިންމާއެވެ. އެ ޒިންމާތައް އުފުލާނެ އިތުރު މީހެއްނެތެވެ. މުސްކުޅި މަންމައަކަށް އެކަންތައް ދޫކޮށްލާކަށް ޔޫސުފްގެ ހިތަކަށް ކެތެއްނުވިއެވެ.
ވަރަށް ވިސްނައި ފިކުރުކުރުމަށްފަހު ދެމަފިރިން ނިންމީ މާލޭގައި ތިބި ދައްތަމެންގެ ތިންވަނަ ލަފަޔާއި އެއްގޮތަށް ކަންތައް ކުރަންށެވެ. މަންމަމެންގެ އެހީގައި ރަނގަޅަށް ބެލެހެއްޓެމުންދިޔަ އަލީޝާ އެ ގޮތުގައި ބެލެހެއްޓުމަށާއި، ދައްތަމެން ގާތު ހުރި އައިކާ ދައްތަމެން ބެލެހެއްޓުމަށެވެ. އެކަމާއި އެއްބަސްވީތީ ރާއިދާއާއި ޔޫސުފް ހިތުގެ އަޑިން ޝުކުރުއަދާކުރިއެވެ. މާލޭހިޔާއަށް ލައިގެން ނުދަންނަ ބަޔަކު ބެލެހެއްޓުމަށްވުރެ ހިތްހެޔޮ ދައްތަ، އެ ކުއްޖާ ބެލެހެއްޓުން މާ ހިތަށް ފަސޭހައީތީއެވެ.
ރާއިދާގެ ދައްތަގެ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގީ އޭގެ ދެ އަހަރު ފަހުންނެވެ. އެ ހާދިސާގައި ދެމަފިރިން ނިޔާވި ހަބަރު ލިބުމުން ރާއިދާމެން އަވަސްވެގަތީ އެމީހުންގެ ދަރިފުޅުގެ ހާލަތު ބެލުމަށެވެ. ނަމަވެސް އޭރު މާލަސްވެއްޖެއެވެ. ހަނީފުމެން އެ ކުއްޖާ އެޑޮޕްޓުކޮށްފިއެވެ. އާއިލާއާއި ޖެހުނު މައްސަލައެއްގައި ގުޅުން ކަނޑައިލައިގެން ތިބި ދެމަފިރިންގެ އާއިލާ ބައެއް ހޯދާނެ ގޮތެއް ނެތުމުން ހަނީފުމެނަށް އެކަން ފަސޭހަވިއެވެ. ރާއިދާމެންނަށް ހަބަރު ލިބުނީ އެކުއްޖާ ނިޔާވީކަމަށެވެ. އަމިއްލަ ދަރިފުޅު ނިޔާވިއިރު މޫނު ދެކިނުލެވުމުން ފުރަތަމަ ފަހަރަށް ދައްތައަށް އައިކާ ހަވާލުކުރެވުނީތީ ހިތާމަކުރަންޖެހުނެވެ.
ހިޔާލުތަކުން ބޭރަށް ނުކުމެވުނު ރާއިދާގެ ލޮލުން ކަރުނަ އޮހެމުންދިޔައެވެ. ތޫބާގެ އަތުގައި އިން ލަކުނަކީ އޭނާ އަތުން ހޫނުފެން ބަނޑުންވެގެން އުފެދުނު ލަކުނެކެވެ. އެކަން އޭނާ ދުވަހަަކުވެސް ހަނދާން ނުނެތޭނެއެވެ.
“ދެން އަހަރެން ކިހިނެތް ހަދާނީ. ދެވަނަ ފަހަރަށް އެ ކުއްޖާއަށް ދަރިފުޅާއޭ ކިޔައި ގޮވައިލުމުގެ ހައްގެއް އަހަންނަކަށް ނެތް…” ރާއިދާއަށް ގިސްލެވެން ފެށުނެވެ. އެތައްއިރެއް ވަންދެން ރޯން އިނުމަށްފަހު ކަރުނަ ފުހެލާފައި މޫނު ދޮވެލިއެވެ. އަދި އިނގިލިިން ކަނޑައިގެންދިޔަ ތަނުގައި ބޭސްމަލަމެއް އެޅުމަށްފަހު ދިޔައީ އަލީޝާ ކައިރިއަށެވެ. އަލީޝާގާތުން، ތޫބާއަކީ ކޮއްކޮކަމަށް ބުނާ ސަބަބު އެއްސެވެ. އަލީޝާ އޭނާއަށް އިނގުނު ހުރިހާކަމެއް ކިޔައިދިނެވެ. އީތަންއާއި ގުޅުންހުރި ކަންތައް ފިޔަވައެވެ. އެ ހުރިހާ ވާހަކަތަކާއިއެކު ތޫބާއަކީ އައިކާކަމަށް ރާއިދާއަށް ހައްތަހާ ޔަގީންވީއެވެ. ނަމަވެސް ރާއިދާއަކަށް އެކަން އަލީޝާގާތު ނުބުނެވުނެވެ. އޭނާ ކުރި ލަދުވެތި އަމަލަށް އިއުތިރާފުވާނެ ހިތްވަރެއް އެ ވަގުތަކު ނުލިބުނެވެ.
އީތަން އިނީ ފޫހިވެގެންގޮސް ހަލާކުވެފައެވެ. އެހެންޏާ އޭނާގެ މުނިފޫހިފިލުވުމެގެ ޒަރިއްޔާއަކީ ސްކޫލުކުދިންގެ މައްޗަށް އަމުރުހިންގުމެވެ. ފަހަކަށް އައިސް އެކަންތައްވެސް ނުކުރެވޭގޮތް ދިމާވުމުން ދެން އެންމެ ބޮޑު މުނިފޫހިފިލުވުމަކަށްވީ އަލީޝާއެވެ. ނަމަވެސް މިހާރު އެކަންތައްވެސް ނިމުނީއެވެ.
އީތަންގެ ކޮޓަރިއަށް ވަތް ރާއިން ހުރީ އީތަންއާއި ހިލާފަަށް ވަރަށް އުފާވެފައެވެ. އައިސް އީތަން ކުޅެން އިން ގޭމަށް ބަލަން ކައިރީގައި ޖައްސައިލިއެވެ. އޭނާ ފޫހިވެގެން މަރުވާއިރު ރާއިން މޮޔައެއްހެން ހެވިފައި އިނުމުން އީތަންގެ ފޫހިގަނޑުވީ ހައްތަހާ އިތުރެވެ.
“އިނގޭތަ؟ މަށަށް ވަރަށް ކަމުދާ މަންޖެއެއް ފެނިއްޖެ.” ރާއިން ބުންޏެވެ.
“ކާކު؟” އީތަން ޝައުގެއްނެތް ރާގަކުން އަހައިލިއެވެ.
“ކަލޭ ދަންނަންތަ މި ރަށުގަ އުޅޭ އަލީޝާ ކިޔާ ކުއްޖެއް؟” ރާއިންގެ ސުވާލުން އީތަންއަށް ނުބައި ފިއްތަކަކަށް ފިއްތި ގޭމު ނުބައިވެއްޖެއެވެ. ލެވެލް އެހާ މަތިވެފައި އިނދާ ނުބައިވުމުން އައި ރުޅިއާއިއެކީ ރާއިންއަށް ބަލައިލިއެވެ.
“ކަލޭ އަލީޝާއާ އަޅައިގަތީ؟!” އީތަންއަށް ދެން އެއަށްވުރެ އަޖައިބުކުރުވަނިވި ކަމެއް ނީވޭނެކަން ޔަގީންވިއެވެ. މުޅި ރަށުންވެސް ރާއިން ހިތާވާން އަލީޝާ ނޫން ކުއްޖެއް ނުފެނުނީ ހެއްޔެވެ؟
“އިނގޭތަ އަލީޝާ؟ އޭތް ސެޓުކޮށްދީބަލަ!” ރާއިންގެ މޫނު އިތުރަށް އުޖާލާވިއެވެ.
“ނުވާނެ! ކަލޯ، ތީ ތާހިރު އަންހެނެއް ނޫން! ހަނދާންނައްތާލާ!” އީތަން ބުންޏެވެ. އޭނާ ގާތަށް ސިނގު ރުޅިއެއް އައީ ކީއްވެކަމެއް ހުދު އޭނާއަކަށްވެސް ނޭންގުނެވެ. އޭޭނާގެ ބުރޯ، އޭނާ ނަފްރަތުކުރާ ކުއްޖާއާއިއެއްކޮށް އުޅެތަން ދެކެން ހިތިވާނެތީ ކަންނޭންގެއެވެ.
“އެ ކީއްވެ؟ އަނެއްކާ ކަލޭ އެކްސްއެއްތަ އެއީ؟” ރާއިން ވަރަށް ޝައުގުވެރިވެފައި އެއްސެވެ. އައްޗީޑިއޭ ކިޔާފައި އީތަންގެ މޫނަށް ވައްތަރެއް ޖައްސައިލެވުނެވެ. “އެހެންވިއްޔާ ހެވެންނު. އޭނަ ތާހިރުތޯ ނޫންތޯ ކަނޑައަޅާނީ މަ. ދަންނަ މީހެއްވެއްޖިއްޔާ އެހީއެއް ވައްޓައިލާނަމަދޯ. އެކަމަކު ހެޔޮ. މަށެއް ދެން އެ މަންޖެ ނޫން ކުއްޖަކަށް ބަލާވެސްނުލާނަން!” ރާއިން ހިޔާލީގޮތަކަށް ފަހު ޖުމުލަ ބުނެލިއެވެ.
“ދެން ދޭ. މަ ނިދަންވެއްޖެ.” އީތަން ކޮންޕިއުޓަރު ނިވާލާފައި ބުންޏެވެ. ރާއިން އައިސް އެ ދިޔައީ އޭނާގެ މިޒާޖު ހައްތަހާ ހަރާބުކޮށްފައެވެ. ނިދުމުގެ ނިޔަތުގައި އޮށޯތް ނަމަވެސް ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. ލޯ މަރައިގެން އޮވެއޮވެ، އައިސްފައި ހުރި ކޮސް ރުޅިގަނޑު މައިތިރިވާގޮތެއް ނުވިއެވެ. ކުއްލިއަކަށް ފުންމައިގެން ތެދުވިއެވެ. ފޫހިކަމުގެ މީޓަރު ސަތޭކައަށް އެރުމުން އީތަންއަކީ ސިކުނޑިން ވިސްނައިގެން ކަމެއް ކުރާ ކުއްޖެއްނޫނެވެ.
މީހުންތައް ގޭގެއިން ބޯދިއްކުރަންފެށީ ޕިކަޕެއްގައި ލައުޑްސްޕީކަރުން އިއުލާނެއް ގޮވަމުން ދުއްވާ އަޑަށެވެ.
“މިއޮތީ ތޫބާގެ އެޑޮޕްޝަންް ސެޓްފިކެޓުގެ ކޮޕީ. އެކަމަކު ހަނދާންކުރާތި އެ ޔޫސުފްމެންގެ ދަރިއެއްކަން އިނގިގެން ނުވާނެ!” ޕިކަޕުގައި ހުރި އީތަން، ލައުޑް ސްޕީކަރުން ވޮއިސް ރިކޯޑިންގއެއް އަޅުވައިލިއެވެ. މީހުން ވާހަކަދައްކާއިރު ރިކޯޑުކުރަން އިނގެނީ އަލީޝާާއަށް އެކަންޏެއް ނޫންވިއްޔާއެވެ. އެއީ އޭނާއަށް އެންމެ ފުރަތަމަ މިކަންތައް އިނގުނު ގޮތެވެ. އެއީ ވަރަށް ކުރިންނެވެ. އަލީޝާގެ ކަންތައް ނުހިނގަނީސްއެވެ. އިއްތިފާގަކުން އެ މުއާމަލާތް އަޑުއިވުނުއިރު، ރިކޯޑުކޮށްފައި އޭނާ ބޭއްވީ، ކޮންވެސް ދުވަހަކުން ބޭނުންހިފޭނެކަން އިނގޭތީއެވެ. ރަށު މީހެއްގެ ނިކަމެތިކަން އަތްމަތީ އޮވެގެން އޭނާއަށް ބޭނުންކޮށްލެވޭނެ ގޮތްގޮތް ހުންނާނެކަން އިނގޭތީއެވެ. އެ ދުވަސް މި އޮތީ އައިސް ޖެހިފައެވެ.
“އެންމެނޭ! ބޮޑު ހަބަރު! މިރަށު ހަނީފުއާއި އަމީނާގެ ދަރި ތޫބާއަކީ އަސްލު މުދިންބެ ޔޫސުފްއާއި ރާއިދާގެ ދަރިއެއް!” އީތަން މައިކުން ގޮވައިލިއެވެ. އެހެން ގޮވަމުން ގޮވަމުން މުޅި ރަށުގައި ދުއްވައި ނިމުންއިރު އިރު އޮއްސިއްޖެއެވެ. ރަށު ރައްޔިތުންގެ އެއްބަޔަކު މިކަމާއި ބެހޭގޮތުން ކިޔަންފެށީ އީތަންއަކީ އަދިވެސް އިތުބާރުހިފޭ ކުއްޖެއް ނޫންކަމަށެވެ. ގަބޫލުކުރި މީހުން އެއާއިދެކޮޅަށް ބުނީ އެ ވޮއިސް ރިކޯޑިންގގެ ވާހަކައެވެ. އޭގެން އިވެމުންދިޔައީ ހަނީފުގެ އަޑުކަން ޔަގީންކަމަށް ހަނީފު ދަންނަ މީހުން ބުނަމުންދިޔައެވެ. ރޭގަނޑު ޖަގަހަތަކުގައިވެސް އެ ރިކޯޑިން އެޅުވިއެވެ. ދެވަނަ ފަހަރަށް ހަނީފުގެ އަޑުތޯ ޔަގީންކުރަން މީހުން ދިޔައެވެ.
ގޭގައި އިން ރާއިދާއަށް މި ހަބަރު ލިބުމުން ގޮތް ހުސްވެއްޖެއެވެ. އޭނާގެ ލަދުވެތި އަމަލު ފަޅައި އަރާނީ މިފަދަ ގޮތަކަށްކަން އޭނާ ހީވެސްނުކުރެއެވެ. ޖަގަހަތަކުގައި އެޅުވެމުންދިޔަ ރިކޯޑިންގ ހުއްޓުވަން ދުން ޖަހާފައި އުޅުނީ ހަނީފުއާއި ހަމީދާއެވެ. ޔޫސުފް ކަންބޮޑުވީ ރަށުތެރެ މާ ހަލަބޮލިވާތި މައްސަލަގަނޑެއް ހިނގާފާނެކަމަށެވެ. އެ ރިކޯޑިންގގައި ކީ އެއްވެސް އެއްޗަކަށް އޭނާ އެންމެ ތަންފުކެއްވެސް ގަބޫލެއްނުކުރިއެވެ. ކުދިބައެއްގެ ސަމާސާއަކަށް ނޫނީ އޭނާ ނެހެދިއެވެ. އެ ރެއަށް ކަންތައްގަނޑު ހަމަޖައްސައިލެވުނުއިރުވެސް، މީހުން ދައްކަމުންދިޔަ ވާހަކަތަަކަށް ހުއްޓުމެއްނައެވެ. ހަނީފުމެން ދެމަފިރިން މީހަކު ކުރި ސުވާލަކަށް ޖަވާބުދިނުމަށް އިންކާރުކުރިއެވެ. ތޫބާއަކަށްވެސް ހަދާނެގޮތެއް ނޭންގުނެވެ. އީތަންދެކެ ރުޅިއާދެވުނު ވަރުން ގޮސް ތަަޅައިގަންނަން ނުގޮސް އަލީޝާއަށް ކެތްކޮށްލެވުނީ ކިރިޔާއެވެ. އެރޭ ހިތްހަމަޖެހުނު ވަރުން އީތަންއަށް ނިދާލެވުނު ގޮތްވެސް ނޭންގުނެވެ.
އޭގެ އަނެއްދުވަހުގެ ހަވީރުގެ ވަގުތެވެ. ރާއިދާ ގެއިން ނުކުތީ ބޮޑު ނިންމުން ނިންމައިގެންނެވެ. ހިތްވަރުގަދަކޮށްގެންނެވެ. ރަށު ޖަލްސާތަކަށް އާންމުކޮށް މީހުން އެއްވާ ޖަަގަހައަށް ގިނަ އަދަދެއްގެ މީހުން އެއްކުރުމަށްފަހު ރާއިދާގޮސް އެންމެން ކުރިމަތީ ހުއްޓުނެވެ. އެއްވެސް ސުވާލަކަށް ރާއިދާ ޖަވާބު ނުދިނީތީ ޔޫސުފް ޖެހުނީ ކިޔާއެއްޗެއް އަޑުއަހަންށެވެ. އޭނާ ތައުބާވެފައިވާ ފާފައެއްގެ ވާހަކަ މި ދުނިޔެމަތީގައި އަލުން އައްޔަށް ނުކުންނާނެ ކަމަށް އޭނާއަށް ވިސްނިފަކާއެއް ނެތެވެ.
“ހިނގާބަލަ އެ ރާއިދާ ހުއްޓުވަބަލަ ބޭކާރު އަނގައެއް ތެޅުމުގެ ކުރިން. ހެޔޮނުވާނެ!” ހަމީދާ ރޮއެ ހޭރެމުންދިޔައެވެ. ނަމަވެސް ހަނީފު އޭނާ ދިޔަކަނުދިނެވެ.
“ހަމަޖެހިބަލަ ހަމީދާ! ތި ދަނީ އަމިއްލަ ކައްވަޅު ކޮންނަންށޭ! ރަނގަޅަށް ވިސްނާލަބަލަ! ރާއިދާ ކޮން ބޭކާރު އަނގައެއް ތަޅާނީ؟ މި ކަމުގެ އަހަރުމެންގެ އެންމެ ބޮޑު އެއް ހަތިޔާރަކީ އޭނަގެ ބަސް. އޭނަ އެތަނަށް އަރާފަ ބުނާނީ އޭނާގެ ދަރި ވީ މަރުވެފައޭ. އެއީ ސަމާސާއެކޭ. އޭރުން ހުރިހާ ކަމެއް ނިމުނީނު. ދެން އެ އީތަންއަށް ކޮންމެވެސް ބޮނޑިއެއް ދީފަ ރިކޯޑިންގ އަތުލީމަ ހުރިހާ ކަމެއް ހަމަޖެހުނީ.” ހަނީފު މަސައްކަތްކުރީ ފަހި ވިސްނުމަކުން ވިސްނުމަށެވެ. އެނޫން ގޮަތަކަށް ކަންތައް ވާާނެކަމަކަށް އޭނާގެ ޒަމީރު ގަބޫލެއްނުކުރިއެވެ.
އިއްޔެ ކީ އެއްޗިއްސަކީ ތެދުހެން އަޅުގަނޑަށްވެސް ވަރަށް ހީވޭ. ތޫބާއަކީ އަޅުގަނޑުގެ ދަރިފުޅު އައިކާކަން މިހާރު ޔަގީނާ ގާތްވެއްޖެ…”
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.





me first dhw? Nice!!!
Yup ur first thnx muslim
whens nxt part
Nxt prt minna Saturday ga iraadhakureviyya
Me scnd dhww
Yup gud job
Cmnt nukuriyas hurihaa baeh vs kiyan… masha allah vvvvvvv rythi mi part vs… whn nxt part????
Thnx twinkle nxt pxt mianna saturday ga
wowww! amazing.. eethan.. ammayya eyna mihaaru loud speaker in ves thedhu haaama kohfi thaa..gud gud eethan..aleesha u can get ur lil sis.. insha allah
when next???suturday ga up kohdheveyne tha or maadhan viyas.. plss
Ethan ah kanthah kuran ingey goi goi eheree keehkuraanee. alysha will be rly happy. Next part Saturday ga up kohdheynan iraadhakureviyya thnx 4 reading
Tuesday ga up kuraa story haadha las v mifaharu..!!? btw stry v salhi<3
Up kuran bunevunu dhuvas olhunee? thnx ingey hina
Oh nooo.. Eethan haadha goahey dhw? ? loud speaker akun meehun ekahala vaahaka dhakkaatha? ? but varah majaa kameh vejje dhw? ? raain likes aleeshaa.. ??? anyway Mi part vx hama varah reethi ingey masha Allah ??? when next part? Curiously waiting for it. ❤️❤️❤️❤️????????????
I knw Ethan is so bad. But he’s just clumsy don’t hate him too much? raain hama head over heels for Alysha ? thnx for reading next part Saturday ga ingey
Alheyyy so lwbi mi prt????????❤❤❤Jinnite maalahun up kuraa vahtharu hunnany ..hehe???????????Iss ok ingey..assu majaa kohlee..?????????curiously waitinn
Heekuree Thursday ah up kohdheynamey bunevun kamah forgot Tuesday ah kan sry bout that hope u enjoyed this part too next part mianna saturday ga iraadhakureviyya. And I’mma go eat some almonds?
hbd brw
Thnx