“ދުވަސް ދުއްވާލާ.” ޖަންނަތް ބުނިހާވެސް އެއްޗަކީ އެއީއެވެ. އެއަށްފަހު ދާށޭ ބުނުމަށް އަތުން އިޝާރާތްކޮށްލިއެވެ. ހައިޝަމް ވަގުތުން ލޯމައްޗަށް ކަޝްފުވެއްޖެއެވެ. ސޯފާއަށް ވެޑުވިފައި އިން ޖަންނަތް ކާ މޭޒުމަތީ ހުރި ކޯކުފުޅިއަށް ބަލައިލިއެވެ. އެ ހިސާބަށް ދާން މަސައްކަތައް އޭނާ އަތުން ފޮނުވައިލީ ދުންކޮޅެކެވެ. އެ ދުންކޮޅުގޮސް ވައިގެ ތެރެއަށް ފުޅި އުފުލައިލިއެވެ. އަދި ޖަންނަތްއާއި ހަމައަށް ގެނެސްދިނެވެ. ************************* ކުދަދޮރުން ބޭރަށް ބަލަހައްޓައިގެން، ޑޭވިޑްއާއި މެދު ވިސްނަން އިން ޖެނީގެ މޫނު ކަޅުފޮއެ ރެއެއްގެ ހަނދުފަދައެވެ. […]
“ޔަޝަލް!…” ޔަޝަލް ބަލައިލީ ހައިޝަމް ތަންކޮޅޭއް ބާރަށް ގޮވައިލުމުންނެވެ. ހައިޝަމް ތެދުވާތަން ފެނުމުން ޔަޝަލް އަވަސް އަވަހަށް އޭނާ ގައިގައި ހިފަހައްޓަން އުޅުނެވެ. ނަމަވެސް ހައިޝަމް ފަސޭހަކަމާއެކު ތެދުވިއެވެ. ޔަޝަލްވެސް ތެދުވެއްޖެއެވެ. “ޔަޝަލް އައިމް ފައިން.” ހައިޝަމް ބަނޑުމަތީ އަޅާފައި އޮތް އަތް ނަގައި އަނެއް އަތުން ޓީޝާޓު ހިއްލައިލިއެވެ. ޔަޝަލްއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. ************************* “ކިހިނެތް… ކޮބާ…” ޔަޝަލްއަށް ޖުމުލަ ފުރިހަމަ ކުރެވޭގޮތެއް ނުވިއެވެ. ދެ ފިޔަވަޅު އެޅުނީ ފަހަތަށެވެ. އޭގެ މިނެޓެއް ކުރިން […]
“އައިމް ސޯ ސޮރީ އެރޭ ނުދެވުނީމަ. ވަރަށް ބޮޑު ކަންތައްގަނޑެއް ހިނގައިގެން… އެކަމު މިހާރު ހުރިހާ ކަމެއް ހަމައަކަށް އެޅިއްޖެ. އޭތް، އެއެއް ނޫނޭ… ކީއްވެތަ ފޯނު ނުނެގީ؟ ހާދަ ވަރަކަށް ގުޅީމޭ. ފޯނު އޮތީ ނިވާ…ލާފަ…” ޔަޝަލްގެ ފަތިވަރު މެދުކަނޑައިލީ ޖީލާން އޭނާއަށް ބަލަން ހުރި ގޮތް ފެނިފައެވެ. “އައިމް ސޮރީ… ތީ ކާކު؟…” ************************** ކަންފަތް ފަޅައިގެންދާހާ ބާރަށް ޖެހި ގުގުރިއާއި، ފަހަތުން އައި ވިދުމާއެކު ބޯކޮށް ވާރޭ ވެހިގަތެވެ. ތެމި ފޯވިއިރުވެސް ޔަޝަލް […]
ކްރިސް ވަރަށް ހިތްވަރުކޮށްފައި ޑޭވިޑް ގާތުން ހަގީގަތް ކިޔައިދިނުމަށް އެދުނެވެ. އޭނާއާއި ޖެނީގެ ވާހަކަތައް ކްރިސްއަށް އިވުނު ވާހަކަ ބުނުމުން ފުރަތަމަ ހާސްވި ނަމަވެސް ޑޭވިޑް ހަގީގަތް ކިޔައިދޭން ފެށިއެވެ. ************************** އެއީ މީގެ ބާވީސް އަހަރު ކުރިއެވެ. ޑޭވިޑް ވިލިއަމްސް އާއި ޖެނީ މާރވެލްގެ ސްކޫލު ދައުރުގެ ހަޔާތެވެ. ކުރިމަތީގައި ހުންނަ ސްކޫލުގައި އުޅޭ ޖެނީއަށް ޑޭވިޑް ހިތްކީ ދިރިއުޅުމުގެ ފެންވަރަށް ބެލުމަކާއި ނުލައެވެ. ކޮންމެ ދުވަހަކު ހޯދެނީ އެ ސޫރައެވެ. ހުވަފެނުގައި ރަނިކަން ކުރަމުން […]
އަތުތެރެއަށް ޔަޝަލް ވަނުމުން، ފާރުގައި ލައްގާފައި ޒުވާނާ އޭނާ ކުރިމަތީ ހުއްޓުނެވެ. ފައި ދަމާލާފައި ޖަހަން އުޅުން ޔަޝަލް ހުއްޓުނީ ކުރިމަތީ ހުރީ އޭނާ ނުދަންނަ މީހެއް ނޫންކަން ފެނުމުންނެވެ. ޔަޝަލް ހިމޭންވިތަން ފެނިފައި ޒުވާނާ ކުޑަކޮށް ދުރަށްޖެހިލިއެވެ. އަދި ކުޑަކަކޫ މައްޗަށް ތިރިވެ ޔަޝަލްގެ އަތްތިލައަށް ބޮސްދިނެވެ. “ވުޑް ޔޫ ކެއާރ ފޯރ އަ ޑިނާރ ވިތް މީ، ޕްރިންސެސް؟…” ************************* ކާރު ގޮސް ހުއްޓީ ވިލިއަމްސްގެ ހަވޭއްޔަށެވެ. ހަވޭލި ތެރެއަށް ވަދެގެން ދިޔައިރު އިތުރު […]
ސީލިންގާއި ދިމާއަށް ބަލަހައްޓައިގެން އޮވެވުނީ ހުވަފެނީ ގޮތަކަށެވެ. ސީލިންގު ކަމުދިޔައީއެއް ނޫނެވެ. އާނއެކެވެ. އަހަންނަށް ވެވިފައި މި ވަނީ ހަމަކަށަވަރުންވެސް ލޮއެއްބެވެ. ލޯބިވެވުނީ އަންހެންކުއްޖެއްގެ ލަވަކިޔާ އަޑު ދެކެއެވެ. ފުރާނައިގެ އެންމެ ފުން މިނާއި ހަމައަށް ފޯރި އަޑެކެވެ. އެހާ ސާދާ ވެފައި ހިމޭނެވެ. އެ އަޑުގެ ކުރިމަތީގައި އެންމެ ފުރިހަމަ އަޑު ނެރޭ މުނިޔާތައްވެސް އިސްޖަހައިލަން ޖެހޭނެއެވެ. އިތުރަކަށް ދެން ކެތެއް ނުވިއެވެ. އަޑު އެހާ ރީތީޔާ އެ އަޑުގެ ވެރިޔާވެސް ކިހާ ފުރިހަމަ ވާނެބާއޭ […]
އަހަންނަކީ ޖިންނިއެކެވެ. އަހަރެން ބޭނުންވަނީ އިންސާނަަކަށް ވާންށެވެ. އެއީ އަހަންނަށް އިންސާނެއް ދެކެ ލޯބި ވެވިފައިވާތީއެވެ. ނަމަވެސް މި އިންސާނަކީ އިންތިހާއަށް ޖިންނިން ދެކެ ބިރުގަނަން ކުއްޖެކެވެ. ސަބަބަކީ އަހަންނެވެ. އަހަންނަށް އޮޅިގެން އޭނާ ކުރިމައްޗަށް ފާޅުވެވުނީއެވެ. އެރޭ އޭނާ ރުއި އިރު ކަރުނަ ފުހެދޭންވެސް އަހަރެން ނުކުޅެދުނެވެ. ކޮންމެއްކަސް އަހަރެން މި އަންހެންކުއްޖާއަށް ވަގުވަގަށް ފާރަލާތާ ފަސް އަހަރު ވަނީއެވެ. އޭނާއަށް މިހާރު ސަތާރަ އަހަރެވެ. އެންމެ ފުރަތަމަ އަހަންނަށް ފެނުނު އިރާއި ވަރަށް ތަފާތެވެ. […]
މާސްކުއެޅި މީހާ ޔަޝަލް އެތެރޭގައި ބަންދުކޮށްފައި އިމާރާތުން ނުކުތެވެ. ދުރުގައި ބަލަން ހުރި ހައިޝަމް އެމީހާ ކާރަށް އަރައި ނައްޓައިލުމާއެކު ބިލްޑިން ތެރެއަށް ދެމިގަތެވެ. ޔަޝަލް އޮތް ކޮޓަރި އޭނާ ވަކިކުރީ ކިހިނެއްކަމެއް ނޭންގެއެވެ. ގޮސް ހުއްޓުނީ ދޮރު ކުރިމަތީއެވެ. ތަޅުގައި ހިފައިލީ ބޭކާރުގޮތުގައެވެ. ދެން އޭނާ ފެށީ އާދަޔާއި ހިލާފުކަމެކެވެ. ތަޅާއި ދިމާއަށް އަތް ކައިރިކޮށްލުމަށްފަހު އަތަށް ބާރެއްލިއެވެ. އެއާއެކު އަތުން ނުކުތީ ކަޅު ދުންކޮޅެކެވެ. ހައިޝަމްގެ މޫނުން ފާޅުވި ރުޅިވެރިކަމުން ސާފުވީ އޭނާ ބޭނުންވާ […]
އޮފީސް ޑޮކިއުމެންޓުތަކެއްގެ ތެރެއަށް ގެނބިފައި އިންދައި ކުއްލިއަކަށް މީހަކު އައިސް ފަހަތުން ބައްދައިގަތުމުން އަހަރެންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. “މޫމިން! ކިތައް ފަހަރު ބުނާނީ ތިހެން ކުއްލިއަކަށް ނުސިއްސުވާށޭ! ހިތް ހުއްޓިއްޖިއްޔާ ކިހިނެއް ހަދާނީ؟” އަހަރެން ހަަޅޭއްލަވައިގަތީމެވެ. ނަމަވެސް ފަހަތުން ގައިގައި ބައްދައިގެން ހުރި މޫމިންގެ ޖަވާބެއް ނައެވެ. ގައިގައި ވެށިފައިވީ ދެއަތް ދުރަށް ޖައްސައިލުމަށްފަހު އަހަރެން މޫމިންގެ މޫނަށް ބަލައިލީމެވެ. ފެނިގެންދިޔައީ އޭނާގެ މޫނުން އެންމެ ބަލަން ބޭނުންނުވާ، ހިތާމަވެރިކަމެވެ. “އަނެއްކާ ސުހާޔާ މައްސަލަޖެހުނީ؟” މޫމިން […]