އަދި އޭނަގެ މަޤްޞަދަކީ އަޒާނާއި އައިމަން ވެސް ދުވަހަކުވެސް ބަދުނާމު ނުވާވަރަށް ބަދުނާމުކޮށްލުންކަމެވެ. ހަމަ މިއާއެކު އެ ރޭވުމުގެ ތެރެއިން އެމީހުން މުޅި ޢުމުރަށް ޝުކުރުވެރިވާނެ ނިޢުމަތެއް ލިބިގެންދާނެކަން ވެސް އެމީހުންނަށް ރޭކާނުލައެވެ. އެރޭގެ ވަގުތެއްގައި އަޒާން ފެންވަރައި ތާޒާ ވެލައިގެން އޭނަގެ އަތުގައި އޮތް އެންމެ އާ ގަމީހާއި ޖިންސް ލައި ސެންޓުގެ ވަހުން މުޅި ކޮޓަރި އެއްވަސް ކޮށްލިއެވެ. ހުދާއާއި ރައްޓެހިވާން އެދެން ދިޔަ ރޭ އައިމަން ބުނިހާ ގޮތަކަށް ކަންތައް ކުރިއެއްކަމަކު […]
އެހެނަސް އޭނަ ހިތްވަރު ކޮށްފައި ފިޔަވަޅުތަކެއް އަޅަމުން ގޮސް އެގޭގެ މައިދޮރު ކުރިމަތީގައި މަޑުކޮށްލިއެވެ. އަދި ދެލޯ މަރައި ތަގުޅި ކޮށްލަމުން ބެލްޖަހާލިއެވެ. އެ ބެލްގެ އަޑު ޝަފަޤްމެންގެ ކޮޓަރިއާއި ހަމައަށް ފޯރިއެވެ. އެހެނަސް އެވަގުތު އެ ކޮޓަރީގެ އެނދުގައި ހިމޭންކަމާއެކީ ނިދިފައި ތިބި މިޝްކާއާއި ޝަފަޤަކަށް އެ އަޑު އިވޭ ގޮތެއްނުވިއެވެ. ގިނައިރުވާން ފެށުމުން ބޭރުގައި ހުރި ޝިޔާ އަނެއްކާވެސް ބެލްޖަހައިފިއެވެ. ދެން ވެސް އޭނަގެ ކުރިމަތީގައި ހުރި ދޮރަށް ގޮތެއްވާން ނުއުޅުމުން ޝިޔާއަށް […]
“ކިހިނެއްވީ؟ ޝިޔާ ސޭމްއާ މީޓް ކުރަން ބޭނުމިއްޔާ އޭނަގެ ވައިފްއަށް ކޮންޓެކްޓް ކޮށްލަންވީއެއްނު؟ އެއީ ވަރަށް ހިތްހެޔޮ މީހެކޯ މީހުން ބުނާ އަޑު އިވޭ.” މައިރާ އެންމެ ފަހުން ބުނެލި ވާހަކައިން ޝިޔާއަށް އޭނައާއި ދިމާލަށް ބަލަން އިނދެވުނެވެ. މައިރާ އެ ދިނީ ރަނގަޅުވާނެ ޚިޔާލެއްތޯ އޭނަގެ ހިތަށްއެރިއެވެ. އެދުވަހު ސްކޫލުން ގެއަށް ގޮސް ޝިޔާ މައިރާ ބުނި ފޭސްބުކް ޕޭޖަށް ދިޔައެވެ. އެއީ ޝަފަޤްގެ ކޭކުތަކަށް ޚާއްޞަކުރެވިފައިވި ފޭސްބުކް ޕޭޖެވެ. ޕޭޖުން ޝަފަޤާއި ގުޅޭނެ […]
އެއަށް ނަޒަރު ހުއްޓައިގެން އިނދެފައި ޝިޔާ އޭތި ގެނެސް މޭގައި ޖައްސާލަމުން ސީޓަށް ލެނގި ދެލޯ މަރާލިއެވެ. ކޮންމެ ދުވަހަކަށް ފެނުން ތޮޅިލާ އިރާއެކީ އައިމަން ދެލޯ ހުޅުވާލަނީ ހޭލަމޭލައިގެ އުޅުމަކަށެވެ. އަޒާން އޭނަ ހުދާއާއި ރައްޓެހިވުމުގެ ނަތީޖާއެއްގެ ގޮތުން އޭނަ ޖެހުނީ ސްކޫލަށް އަނބުރާ ދާށެވެ. އަޒާން އޭނައާއި ކުރި ޝަރުޠެއްގެ ސަބަބުންނެވެ. އަޒާން ކާމިޔާބުކަމާއެކީ ހުދާއާއި ރައްޓެހިވެއްޖެނަމަ އައިމަން އަނބުރާ ސްކޫލަށް އަންނަން ޖެހޭނެ ކަމުގެ ޝަރުޠެވެ. އައިމަން އެ ޝަރުޠާއި ޤަބޫލުވީ […]
ވިސާމްގެ ގާތަށް އައި ސިނގު ރުޅިއާއެކީ އޭނައަށް ޗޮއްކަނޑާލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ އަންހެން ކުއްޖާއާއި ދިމާލަށް އެނބުރިލަން އުޅުނު ވަގުތު ބިންމަތިން ސިޓީ އުރައެއް ފެނިފައި އޭނަ ހުއްޓުން އެރިއެވެ. އޭނަ އަޖާއިބުވީ އޭގެ ބޭރުގައި އޮތް ނަމެއް ފެނިފައެވެ. “މެހެނާޒް.” އެ ނަން ވިސާމަށް ކިޔާލެވުނީ ވައި އަޑުންނެވެ. ސިޓީ އުރައިގެ މެދުގައި ބޯ އިނގިރޭސި އަކުރުތަކުން ލިޔެވިފައިވީ އެ ނަމެވެ. އެތައް ޖަޒުބާތެއް ވިސާމްގެ ހިތަށް އަރައި ފައިބަމުން ދިޔަ […]
“އާނ ވިސްނާލިން. އަހަރުމެންނަށް ވަރަށް މުއްސަނދި ދަނބި ދަރިއެއް ލިބިގެން ދާނީ. ކިހާ ރަނގަޅު؟ މަށަށް ފެންނަނީ ދެން ޝަފަޤް ވެސް ތި ވިސާމަކު ދޫކޮށްލަން. މިހާރު އޭނަ އަތުގަ ހުރީ ކޯޗެއް. އޭނައަށް ލިބޭ މުސާރައިން ކިރިޔަ ކިރިޔާ ކަލޭމެންނަށް އުޅެވޭނީކަން މަށަށް ޔަޤީންވިއްޔާ.” ޒަމީނާ ދެއްކި ވާހަކައިގެ މެދު ތެރެއިން ވަޅި ހިފައިގެންހުރި ވިސާމްގެ އިނގިލީގައި ވަޅި ޖެހި ލޭ އަންނަން ފެށުމުން އޭނަ ސިހުންވިއެވެ. އެކަން އެނގުންވި ޝަފަޤް ވަގުތުން މަންޒަރު ފެނި […]
ހުރިހާ ކަމެއް ވަމުން ދިޔަ ގޮތް އޮމާންކަމުން ދެން އެމީހުންގެ ޙަޔާތަށް ކުޑަވެސް ކޫރުމެއް ނާންނާނެހެން އެ މީހުންނަށް ވެސް ހީވަމުން ދިޔައެވެ. އެހެނަސް ވިސާމްގެ މާޒީގައި އޭނައަށް ވެސް ފޮރުވިފައިވި ސިއްރު ބިރުވެރި ހުވަފެނެއްގެ ސިފައިގައި އޭނަގެ ޙަޔާތް ބަނަކުރުމަށް އަންނަމުން ދާކަން އޭނަ ނުދެނެ ހުއްޓެވެ. ** “ހެލޯ ބައްޕާ! ވަރަށް ބޮޑު ކަމެއް ދިމާވެއްޖެ. އޭތި އަހަރެން އަތުން އަނެއްކާވެސް ގެއްލިއްޖެ!” ހާސްވެފައިވާ އަޑަކުން އެ ވާހަކަ ބުނެލީ އޭނަގެ […]
އެންމެ ކައިރިން ފެނުނު މިސްކިތަށްވަދެ ވިސާމް ވުޟޫކޮށް ނިމުނުއިރު ބަންގި ވެސް ނިމިއްޖެއެވެ. އޮޅާލެވިފައިވާ އަތުކުރިއާއި ފައިކުރި ތިރި ކުރަން ވެސް ހިތަށް ނާރުވައި ވިސާމް މިސްކިތުގެ ތެރެއަށް ވަދެގެން ދިޔައެވެ. މިސްކިތުގެ މެދާއި ހިސާބުން ވިސާމް ކުއްލިއަކަށް ދެކަކޫ މައްޗަށް ތިރިވީ އޭނަގެ ގައިގައި އިތުރު ހަކަތައެއް ނެތްހެން ހީވާ ފަދައަކުންނެވެ. އޭގެ ސިކުންތުކޮޅެއް ފަހުން އޭނަ ތުރުތުރު އަޅަމުން ދިޔަ ދެއަތް މައްޗަށް އުފުލާލިއެވެ. އެވަގުތު އޭނަގެ ލޮލަށް ކަރުނަތައް ޖަމާވެގެން އައީ ކީއްވެކަމެއް […]
މިފަދަ ޚިޔާލުތަކެއްގައި ހުރެ މިޝްކާ އޭނަގެ އަތަށް ދިނުމަށް ޝަފަޤަށް އަނެއްކާވެސް ރޮވިފައިވާ އަޑަކުން އާދޭސްކުރެވުނެވެ. އެހެނަސް އެވަގުތު ހައިޖާނެއްގެ ތެރޭގައި އިން ވިސާމަށް އެ އަޑު ނުވެސް އިވުނު ފަދައެވެ. ތާރު މަގުން ބާރު ސްޕީޑެއްގައި ދުއްވާފައި ގޮސް ވިސާމް ގޯޅިއަކުން އަނބުރާލީ ބުރަކިވެސް ޖެއްސުމެއް ނެތިއެވެ. ދުއްވަމުން ގޮސް އެންމެ ފަހުން ހޮސްޕިޓަލަށް ވެސް ކާރު ވައްދައި ޕާކް ކޮށްލެވުނީ ވެސް ކާރުތައް މަޑުކޮށްފައި ދުއްވާލާ ތާނގައެވެ. އެއަކަށް ފަރުވާލެއްނެތި ވިސާމް މިޝްކާއާއެކީ […]