Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ޢަޞްރު (އަށާޅީސްވަނަ ބައި)

Jana
February 26, 2017
3 Mins Read
62 Views
25 Comments

“ކިހިނެއްވީ؟ ޝިޔާ ސޭމްއާ މީޓް ކުރަން ބޭނުމިއްޔާ އޭނަގެ ވައިފްއަށް ކޮންޓެކްޓް ކޮށްލަންވީއެއްނު؟ އެއީ ވަރަށް ހިތްހެޔޮ މީހެކޯ މީހުން ބުނާ އަޑު އިވޭ.” މައިރާ އެންމެ ފަހުން ބުނެލި ވާހަކައިން ޝިޔާއަށް އޭނައާއި ދިމާލަށް ބަލަން އިނދެވުނެވެ. މައިރާ އެ ދިނީ ރަނގަޅުވާނެ ޚިޔާލެއްތޯ އޭނަގެ ހިތަށްއެރިއެވެ.

 

އެދުވަހު ސްކޫލުން ގެއަށް ގޮސް ޝިޔާ މައިރާ ބުނި ފޭސްބުކް ޕޭޖަށް ދިޔައެވެ. އެއީ ޝަފަޤްގެ ކޭކުތަކަށް ޚާއްޞަކުރެވިފައިވި ފޭސްބުކް ޕޭޖެވެ. ޕޭޖުން ޝަފަޤާއި ގުޅޭނެ ނަމްބަރު ފެނިފައި ޝިޔާ އޭނަގެ ފޯނު ނަގައި އެ ނަންބަރު ޖަހަންވެސް ޖެހިއެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ އޭނަ އެ ނަންބަރަށް ގުޅާލަން ޖެހިލުންވިއެވެ. އޭނަ މި ވާހަކަ ދައްކަން އުޅެނީ ވިސާމްގެ އަނބިމީހާއާއިކަން އެނގުންވުމުން އޭނަ ގެނައި ޚަބަރުން އެ އަނބިމީހާ ނުރުހުން ނުވާނެތޯ ހިތަށްއެރިއެވެ. އަމިއްލަ ޚިޔާލުތަކުގައި އިނދެ ޝިޔާއަށް ފުން ނޭވައެއް ދޫކޮށްލެވުނީ މިފަދަ ބޮޑު ވާހަކައަކަށްޓަކައި ފޯނުން ގުޅުން ރަނގަޅު ނުވާނެކަމަށް ނިންމަމުންނެވެ. އެހެންކަމުން އޭނަ އޭގެ ދެދުވަސްފަހުން ހުކުރު ދުވަހު ޝަފަޤާއި ބައްދަލުކުރަން ކަނޑައެޅިއެވެ.

 

ރޭވުމެއް ރޭވިއެއްކަމަކު އޭގައި ޙަޤީޤީ ކުލަ ޖައްސަން ޝިޔާއަށް ދަތިވީ އޭނަގެ މަންމައާއި ބައްޕަގެ ސަބަބުންނެވެ. އެ މީހުން އެއްގޮތަކަށް ވެސް އޭނަ އެކަނި ތަނަކަށް ދިޔަ ނުދެއެވެ. އެ ނޫންނަމަ އޭނައަށް ޢާއްމުން ދަތުރު ކުރާ ބަހުގައި ވެސް ހިތަދޫއިން ފޭދުއަށް ގޮސް ޝަފަޤާއި ބައްދަލު ކުރެވުނީހެވެ. ފޭދޫގައި އުޅޭ އޭނަގެ އެކުވެރިންގެ އެހީގައި ވިސާމާއި ޝަފަޤްގެ ގެ ހޯދައިލެވިދާނެ ވިއްޔާއެވެ. އެހެނަސް ފުރަތަމަ ތިން ހަފްތާ ވަންދެން އެފަދަ ފުރުޞަތެއް ޝިޔާއަށް ލިބޭގޮތެއް ނުވިއެވެ. އެ ތިން ހަފްތާ ފަހުން ޝިޔާއަށް މަގެއް ހުޅުވިގެން ދިޔައީ ފޭދޫގައި އުޅޭ ބޭރު ޓީޗަރަކު ޓިއުޝަން ދޭ ވާހަކަ އިވުމުންނެވެ. އެ ވާހަކަ ޝިޔާ އޭނަގެ މަންމައާއި ބައްޕަ ކައިރި ބުނުމުން އެމީހުން ވަގުތުން ޝިޔާ އެ ގެއަކަށް ގެންދަން އެއްބަސްވިއެވެ. ޝިޔާ މިކޮޅަށް ގެނައީވެސް އޭނައަށް ކިޔަވައިދޭން ވިއްޔާއެވެ.

 

**

 

“ބާއި ޑޫޑް! ބަސްއަހައިގެން ކިޔަވާތި ދޮންކަލޯ! ބޭބެ އަންނާނަން އަހަރުމެން ބަނޑު ފުރާނަ މުއްތި ކުރަން ލާރި ކޮޅެއް ހޯދައިގެން.” އެއްރެއަކު އައިމަން ސައިކަލު މަތީގައި އިނދެ އޭނަގެ ކައިރީގައި ހުއްޓި ހުރި އަޒާންގެ ބޮލުގައި ފިރުމަމުން ރާގަކަށް ބުނެލިއެވެ. އަޒާން ސަމާސާއަކަށް ޗޮއްކަނޑާލަމުން އައިމަންގެ އަތް ފޮޅުވާލި ގޮތުން އައިމަނަށް ހީލެވުނެވެ. އެއަށްފަހު އޭނަ ސައިކަލު ސްޓާޓްކޮށްލަމުން އޭތި އަނބުރާލަމުން ދުއްވާލިއެވެ. އަޒާން ވެސް އޭނަގެ ވައްޓާލެވިފައިވާ އެއްއަތުން ފޮތެއް ހިފައިގެން އަނެއް އަތުން ފޯނާއި ކުޅެމުން ލަސް ހިނގުމެއްގައި ގޭޓުން ނިކުންނަން ދިޔައެވެ. އޭނަ ދަނީ މަންމަމެންގެ އެދުމުގެ މަތިން އޭނަ ދާންއުޅޭ ޓިއުޝަން ކްލާހަކަށެވެ. އެތައް ފަހަރެއްގެ މަތިން އޭނަ ޓިއުޝަން ބޭނުން ނުވާ ކަމަށް އަޒާން ބުނެފައިވެއެވެ. އެހެނަސް um diese jungs herumblättern……..

 

“ޒާން ޓިއުޝަނަށް ދާންވީއެއްނު؟ އިކޯންއިން ޕްރެކްޓިސް ލިބުނު ވަރަކަށޭ އިތުރަށް މޮޅުވާނީ ޒާން viagra für frauen rezeptfrei. މިގޭގަ އުޅޭ އެހެން މީހުން ނުކިޔެވިޔަސް ޒާން ކިޔަވަންވާނެ.” ހަފްސާ އެހެން ބުނެފައިވަނީ އެއްދުވަހު އަޒާން އައިމަންގެ މާރކްސްތައް ދަށްވަމުން ދާތީ އޭނައަށް ހިތްވަރު ލައިދެމުން ދިޔަ އަޑު އިވިފައެވެ. ހަފްސާގެ ހިތުގައި އައިމަނަށްޓަކައި ނުފިލާ ނުރުހުންތެރިކަމެއް އަށަގެންފައިވި ފަދައެވެ. އޭނަ އެ ވާހަކަ ވެސް ބުނެލީ ކަނޑައެޅިގެން އައިމަން ދެރަކުރަންކަން އެތާތިބި އެންމެނަށް އެނގުނެވެ. އެ ހިނދު އައިމަންގެ މޫނުމައްޗަށް މާޔޫސްކަން ވެރިވި ހިނދު އަޒާންގެ ބުމަގޮށްޖެހުނެވެ. އައިމަން އަދިވެސް ދޭތެރެ ދޭތެރެއިން ސިނގިރޭޓި ބޮއި މަގުމަތީގައި އުޅޭ ޕާރޓޭއިންނާއި އެކީ ހިނގައި އުޅޭތަން އަޒާނަށް ފެނިފައިވެއެވެ. އެފަދަ މަންޒަރެއް ފެނުނު ފުރަތަމަ ދުވަހުވެސް އޭނަ އޭގެ ފަހަތުގައިވި ސިއްރު ހޯދަން މަސައްކަތް ކުރިއެވެ. އެހެނަސް އޭނަ ކުރިހާ މަސައްކަތެއްވީ ބޭކާރެވެ. ކޮންމެ ގޮތެއްވިޔަސް އަޒާން އޭނަގެ މަންމަމެން ކަންތައް ކުރާ ގޮތަށް އައިމަނާއިމެދު ކަންތައް ނުކުރާނެއެވެ. އުއްމީދު ކަނޑާލުމަކީ އޭނަގެ ގޮތް ކަމަށް ނުވާތީވެއެވެ. އަދި އަމުދުން އުއްމީދު ކަނޑައި އައިމަންގެ އަތުން ދޫކޮށްލުމުން ޙާލަތް ގޯސްވުން ނޫންކަމެއް ނުވާނެކަން އޭނައަށް އެނގުންވީތީވެއެވެ.

 

ޓިއުޝަން ދެވޭ ގެއަށް ގޮސް ފަސްވަރަކަށް ކުދިންނާއި މުދައްރިސަކާއެކީ އަޒާން ހަމަޖެހިލިތަނާ މާ ގިނައިރެއް ނުވެ ގޭގެ ލައްޕާލެވިފައިވާ ދޮރުގައި މީހަކު ޓަކި ޖަހާލި އަޑު އިވުނެވެ. އެއާއެކު އެންމެންގެ ނަޒަރުތައް އެ ދޮރަށް އަމާޒުވިއެވެ. އެގޭގައި އުޅޭ ކޮންމެވެސް ކުޑަ ފިރިހެން ކުއްޖަކު ދުވެފައި ގޮސް އެ ދޮރު ހުޅުވާލުމާއެކު ފެނިގެން ދިޔައީ ކަޅުކުލައިގެ ދިގު ހެދުމެއްގައި ހުރި އަންހެން ކުއްޖެކެވެ.

 

“އައްސަލާމްޢަލައިކުމް!” އަންހެން ކުއްޖާ ސީރިއަސް މޫނަކާއެކީ އެތާތިބި އެންމެނަށް ވާގޮތަށް ސަލާމް ގޮވާލިއެވެ. އެ ސަލާމުގެ ޖަވާބުދިން ހަމައެކަނި މީހަކަށްވީ އެތާ ހުރި މުސްލިމް ނޫން ބޭރު ޓީޗަރެވެ. އެތާތިބި އެހެން ކުދިން އެ ހިނދުކޮޅަށް ފަހު އެމީހުންގެ ވާހަކަތަކަށް އަނބުރާ ދިޔައެއްކަމަކު އަޒާނަށް ދެބުމަ ކައިރިކޮށްގެން ޝިޔާއަށް ބަލަން އިނދެވުނެވެ. މިތާ ބޭރު ޓީޗަރަކު ހުއްޓާވެސް ޝިޔާއަށް ސަލާމް ގޮވަން ކެރުނީ ކިހިނެއްބާއޭ އަޒާންގެ ހިތަށްއަރަމުން ދިޔައެވެ. އޭނަ ނަމަ އެކަން ކުރުމުގެ ކުރިން އޭގެ ނަތީޖާއާމެދު އެތައް ފަހަރަކު ވިސްނީހެވެ. ޓީޗަރު ރުޅިއައިސް އޭނަ ގެއިން ނެރެލާ މަންޒަރު ވެސް ލޮލަށް ސިފަކުރެވުނީހެވެ. އެހެނަސް މިފެންނަނީ ކޮން މަންޒަރެއް ހެއްޔެވެ؟ ކުއްޖަކު ކެރިގެން ހުރެ ދީނުގެ ނިޝާނެއް ދައްކާލުމުން ނުބައަކަށްވީ ކަމެއްނެތެވެ. އެކަމުގެ ޙައިރާންކަން މަތީގައި އަޒާނަށް ޝިޔާ ހިނގައިގަތުމުން ވެސް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ވިސްނުމެއްގެ ތެރޭގައި އިނދެވުނެވެ. ޓިއުޝަން ކުލާސް ކުރިއަށް ދިޔަ ވަރަކަށް އިތުރަށް ވިސްނަން އަޒާނަށް މަޖުބޫރުވިއެވެ. ޝިޔާއަކީ އޭނަ ހީކުރިވަރަށްވުރެ ވެސް ކެރޭ، މޮޅު ކުއްޖެއްކަން އެނގުންވާން ފެށުމުން އަޒާން އިތުރަށް ޙައިރާންވިއެވެ. މިހާތަނަށް އައިއިރު އޭނައަށް މުޅިންވެސް ހީވެފައި އޮތީ މީހަކު ބޭރުފުށުން ދީނީވެއްޖެނަމަ އޭގެ މާނައަކީ އެމީހަކީ އެމީހެއްގެ ވިސްނުން ރަނގަޅު ގޮތުގައި ބޭނުން ނުކުރާނެ މީހެއް ހެންނެންނެވެ. އަދި ނަތީޖާއެއްގެ ގޮތުން އެ މީހަކީ އެހެން މީހުންނަށް އަބަދުވެސް ޖެހިލުންވާނެ މީހެއް ހެންނެވެ. އެހެނަސް މިހާރު މި ފެންނަމުން ދަނީ ކޮންކަހަލަ މަންޒަރެއް ހެއްޔެވެ؟ އަޒާނަށް ހުއްޓުމެއްނެތި ވިސްނެމުން ދިޔައެވެ.

 

މުޅި ޓިއުޝަން ތެރޭގައި ޝިޔާއަށް އިނދެވުނީ ޓިއުޝަން ނިމޭނެ އިރެއްގެ އިންތިޒާރުގައެވެ. ވާނީވެސް އެހެންތާއެވެ. އޭނައާއި ދިމާ ކުރިމަތީގައި ހުރި އެ ފިރިހެން ކުއްޖަ އެ އިންނަނީ އެސްފިޔަ ޖަހާލުމެއްނެތި އޭނައަށް ބަލާށެވެ. އެ ކުއްޖަކީ އައިމަންގެ ބޭބެކަން މައިރާގެ ފަރާތުން ޝިޔާއަށް އެނގިފައިވެއެވެ. އަޒާން އެހާ ވަރަށް އޭނައާއި ދިމާލަށް އެ ބަލަނީ އައިމަން އޭނަގެ ވާހަކައެއް ބުނެފައިވާތީތޯ ޝިޔާގެ ހިތަށްއަރަމުން ދިޔައެވެ.

 

ގަޑިއެއްހާއިރު ފަހުން ޝިޔާގެ އިންތިޒާރު ނިމުމަކަށް އައެވެ. ގަޑި ޖެހުމާއެކު ޝިޔާ އަވަސް ފިޔަވަޅުތަކެއްގައި އެ ގެއިން ނިކުމެގެން ދިޔައެވެ. ގޭގެ ދޮރުމައްޗަށް އެރިއިރު ނަސީބަކުން އޭރު އޭނަ ހޯދަން އައިސްފައެއްނެތެވެ. އެހެންކަމުން ޝިޔާ ވަގުތުން މިޞްރާބުޖެހީ އެގެއާއި ދާދި ގާތުގައި ހުރި ތަނަވަސްގެއާއި ދިމާލަށެވެ. ގޭގެ ހުޅުވާލެވިފައިވާ ގޭޓު ހުރަސްކުރެވުނު ހިނދު ޝިޔާގެ އަތް ފައި ފިނިވެގެން ދިޔުމުން އޭނައަށް އޭނަގެ ކޮނޑުގައި އެޅުވިފައި އޮތް ދަބަހުގައި ބާރަށް ހިފަހައްޓާލެވުނެވެ. އެހެނަސް އޭނަ ހިތްވަރު ކޮށްފައި ފިޔަވަޅުތަކެއް އަޅަމުން ގޮސް އެގޭގެ މައިދޮރު ކުރިމަތީގައި މަޑުކޮށްލިއެވެ. އަދި ދެލޯ މަރައި ތަގުޅި ކޮށްލަމުން ބެލްޖަހާލިއެވެ.

 

ނުނިމޭ

28
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Jana

Other Articles

Previous

ފުން ލޯބި (26)

Next

ހުވަފެން (2)

Next
February 26, 2017

ހުވަފެން (2)

Previews
February 25, 2017

ފުން ލޯބި (26)

25 Comments

  1. Vaahaka foshi says:
    February 26, 2017 at 12:44 am

    Salhi. Ehenas vara kuru

  2. Rix says:
    February 26, 2017 at 12:48 am

    Jana mirey haadha kurukoh??? Wht happen dear

  3. 404 Error! says:
    February 26, 2017 at 1:48 am

    salhi ekm haadha kurey… ???

  4. Anonymous says:
    February 26, 2017 at 6:34 am

    janaaaaaaaa. please eha dhuvaskofa genesdhin iru kuda thankolhe. please dhigu kolabala

  5. rim says:
    February 26, 2017 at 6:57 am

    Reethi ekamaku maakurii kon dhuhukun next part up waanii

  6. Xoxo says:
    February 26, 2017 at 8:08 am

    Kobaatha shiyaage aslu namakee??

  7. ms says:
    February 26, 2017 at 9:06 am

    mihar mivahaka v hasaru ginakan fahaga kurevey adhi varah kuru kamaku nuda heevanee dhigu kuran kura kameh hen?

  8. Shaaa says:
    February 26, 2017 at 11:12 am

    Reethi bt haaaaaadha kurey???:-(

  9. Adhoo says:
    February 26, 2017 at 12:42 pm

    Assalaam Alaikum.. mi part ves reethi.. ekm haadha kurey.. eyoh dhigu inthizaarah fahu ves vee goii.. next time rangalhu kurahchey.. Dhua akee jana thikuraa masahkathuga barakaai levvun, Insha Allah.. mi hithah arany 8 parts in nimey varu vaane baaey.. aslu rangalhy adhi ves reethi haadhisaathah laigen mivaahaka nunimun.. ehaa ves mivaaha reethi.. ekamaku ves mivaahaka nimunyma janaa mikahala adhi miyah vure maa reethi vaahakaeh liyaane kamah unmeedhu kuran..

  10. EL'EE says:
    February 26, 2017 at 12:43 pm

    nimmaakah nuvey???? mihaaru ginae hus haasaaru. meehaku fiyavalheh alhaa goi ves eh paragraph ga ehkoh genesdheefa ovedhaane.. mi part in shiya tution ah dhiyun noon ithuru kameh vejje??

    1. shuha says:
      February 26, 2017 at 1:07 pm

      asluves… jana kairee mikamaa visnaashey kiyaafa kuree faharaku ves comment eh kurin. rangalhu kuraanamey kiyaafa hama adhives ehen. adhi maakuru mihaaru. mikahala kanthah vaathee mivaahakaa aa medhu mihaaru ehaa hin hama eh nujehey. dhn mihen buneema me v goas kollaane kan ingey

    2. abiii says:
      February 26, 2017 at 1:13 pm

      ihusaas thah ves bayaan loddheyn jeheyne. sifa kurun ves hunnan vaane. ehen namaves mi dhekanthah kuran hadhaigen maa bodah over vejjeyyaa vaahaka kiyan v foohi gotheh vaanee. readers haasarey e kiyanee mihenve mi baithah hunna gothun. jana amillayah ves kiyaalun rangalhu kanneyge. v undhagu aslu feelings kiyaidheyn hadhagen varah vure bodah ebai genevey eba. adhi ihusaas thah bayaan kurun abadhu eh bas mageh beynun koffa innanee. bas magu ves jehey rangalhu kuran.

  11. Addu manje says:
    February 26, 2017 at 1:02 pm

    Dhigu inthixaarakah fahu mi vaahakaige baeh kiyan libumun fudhey varakah hih hama jehey.. Ehenas Mibai kuruvefai mibaigai maabodu haadhitha eh genevifai nuvaathee hithugaa ufedhey shakuvaa varah ves gina.. Avas musthagbaleh gai kuriah oii bai kiyaalan libeyne kamah ummeedhu kuran..
    🙂

  12. Lilliannea says:
    February 26, 2017 at 2:09 pm

    Haadha kurey. Mi part ga v hamaekani kamaky Shiya and Zaan tuition ah dhiyun. Mihaa lahun genesdheyiru thankolheh dhigukoh genesdhinyma dhw myhun kiyaa hiy vaany. Jana furathama liyun Hijra vaahakaiga hurihaa parts eh vs varah dhigu and gavaaidhun up kohdhey. Eyru Jana vareh nuves neiy mulhi mi esfiya site gaves. Ekam mivaahaka mihaaru kurukamun shauguverikanves gellijje.☹️

  13. Kudakamana says:
    February 26, 2017 at 3:24 pm

    Jana sweety, aslu ves varah kuru mi part, dhen oiy part dhigu kollahchey, ekam mi part ves salhi ingey..

  14. Nish says:
    February 26, 2017 at 3:54 pm

    Mihaaru mivaahaka v hadi

  15. Jana says:
    February 26, 2017 at 4:48 pm

    Assalam’alaikum. Jana mi bai up kuri iruves dhenehurin thiya kiyuntheringe faraathun libeyny mifadha javaabeh kan. *sigh* hama qabool kuran thiya kiyuntherin thi dhekkihaa vaahaka eh. haqeeqathaky jana mi vaahaka liyany Hijra liyunu iru vaguthu libunuhaa varah vaguthu libigen noonkan. varah varah varah dheravejje baeh kiyuntheringe shauquverikan gelleykan engunymaves. ekamaku mihaathanah ai iru foohiviey buni kiyuntherinves dhen oiy bai kiyaalun edhen. In Sha Allah angaara dhuvahu e bai dhigukoh genesdheynan. e ahvure avas dhuvaheh jana nubunaany nuvaane kamakah vaudhuvaan beynun nuvaathy. kiyuntheringe arihun varah bodah maafah edhen thiya kiyuntheringe ummeedhaai evvarah jana ah masakkaiy nukurevunu kamattakai. khudhu jana ahves amilla nafsu kuvveri kurevey Allah attakai feshi kameh jana ah emme furihama ah nugenesdhevunu kamattakai. Maai Allah alhamenge hurihaa faafa eh fussavaashi. Ameen! In Sha Allah kuriah oiy thanuga rangalhu kuraanan.
    mi libunu comment thakuge aleegai kiyuntheringe visnun mivaguthu huri gothah balaafa jana adhives beynun fb post thah laskollan. thiya kiyuntheringe focus vaahakaiga huri unikanthahthakah huttifaivanikoh msg eh foarukohdheyn ulhunas ein emme furihama faidhaa eh kuraanehen heenuvaathy mi las kollany. In Sha Allah angaara dhuvahu thiya kiyuntherinnaai badhdhaluvaane. Jazakumullh Khairan!

  16. شفا says:
    February 26, 2017 at 5:14 pm

    Baarakahlaah feeki, Jana.

  17. Shaaa says:
    February 26, 2017 at 7:38 pm

    Gabool kuran jana bxy kan n evarun vs vaahka up kuraathy v☺. Bt vaahka kiyaa hiyy vaathy ve n story v salhi v maa??

  18. Fath says:
    February 26, 2017 at 11:46 pm

    ?

  19. rim says:
    February 27, 2017 at 1:18 pm

    Aslu igeytha vaagoe maadhigukoh genesdheythi shukuruveri vaaneygenii maabodah kiyaahivaathi ehen evanii. V v v reethi mivaahaka

  20. rim says:
    February 27, 2017 at 1:30 pm

    Thii v v v visney kuhjennu miihunge baeh kahala vaahakathaa medhu nuvisnaa dhuniyeyga ulhey iru ekala kankamaa ves kurimathivaane. Ummiidhu kuran mikala dheenee vaahaka kiyan abadhuves libeynekamah shai thoanaa masahkaikuraane mifadha vaahaka liyuna nudheyn ehen viyanudheythi thigothuga kuriyah dhey thikuraa masahkathuga allah barakai lahvaashi aamiin

  21. jana ge ekuverieh says:
    February 27, 2017 at 3:03 pm

    jana ge bxy shedule aa ekuves vaahaka eba genesdhey dhw…ehnvyma kiyuntherin ekamaa shukuruveri vaan vee…jana ge masahkathaaigen kuriah dhey…Allah thibaa ge thiya masahkathuga barakaih lavvaashi…

  22. ukhthi says:
    February 28, 2017 at 3:47 pm

    mi reethi vaahakain varah gina iburaithah libey….vaahaka varah rythi….. masha Allah….Barakallah feeka……..jazakillahu khairan for the story ya ukhth jana……:D

  23. Mari says:
    March 8, 2017 at 8:51 am

    Janaa avahah up koh dheeba varah kiyaa hivey eybha..waiting.. Waiting.. Mi site ga liya ehmme salhi and iburah their vahaka ???

Comments are closed.

All Right Reserved!