އޭނަ ދެންމެ ޖައްސާލީ ދުވުމުގެ ތެރެއިން އޭނަގެ ޚިޔާލަށް އައި ޑްރާމާއެއްގެ ބައެކެވެ. އޭނަ މިފަހަރު ކުޅިގަނޑެއް ރާވާލީ މާޒިން ކޮންމެ ކަމެއް ކުރިޔަސް އޭނައަށް އެއްވެސް ގެއްލުމެއް ނުވާނެ ފަދައަކުންނެވެ. ކުރީ ފަހަރު ގޮތަށް މިފަހަރު ވެސް މާޒިން އޭނަގެ އަންހެނުންނާއި ގާތްވާން މަސައްކަތް ކުރާނެކަން ވިސާމަށް ޔަޤީން ކުރެވެއެވެ. އެކަމުގެ ތެރެއިން މާޒިން ބޭނުންވަނީ އޭނަގެ ސިކުނޑި ހާސްކޮށް އޭނަ ދަށްކޮށްލާށެވެ. އެހެނަސް މިފަހަރު އެހެންނެއްނުވާނެއެވެ. މިފަހަރު މާޒިން އޭނަގެ އަންހެނުން ގޮވައިގެން ދިޔަޔަސް […]
“ހެހެހެ………މަ ހާދަ ތަޅުވާ ހިތްވެޔޭ އޭނަ. ކުރީދުވަހު އަހަރެން ގުޅާފަ ބުނިން އަނެއްކާވެސް އަނބިދަށުވެގެންހޭ ތިއުޅެނީ. މިފަހަރު މުޅިން ވެސް އަނބީގެ ބަހަށް ހެއްލުނީހޭ. ތިހެން އުޅެންޏާ މަ އަނެއްކާވެސް އަނބި ޖަހައިގަންނާނަމޭ. ހެހެހެހެހެ……..މަށަށް ހަމަ ޔަޤީން އޭނަ މިހާރު އަލްބަމެއް ހަދަން ފަށާފާނެކަން. ރަނގަޅަށްވިއްޔާ މިހާރުއްސުރެ އަންހެނުންނާ މައްސަލަޖެހިފަ އޮންނާނީ. ވީހާވެސް ރަނގަޅީ އޭނަ އެގޮތަށް އުޅުނިއްޔާ. އަލްބަމެއް ނެރޭއިރަށް އޭނަ ދުވަހަކުވެސް އަޑިއަށް ނުފޮނުވޭވަރަށް ފޮނުވޭނީ އޭނަ މިހާރުއްސުރެ އެ ހާސްކަމުގަ އުޅެންޏާ. މިހާރު […]
“ވިސާމް! އެދުވަހު ގުޅީ ކާކު؟” ޝަފަޤް ހުރިތާހުރެ އެހެން އަހާލުމުން ވިސާމްގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ ގޮށްޖެހިފައިވާ ބުމައަކާއެކީ ޝަފަޤާއި ދިމާލަށް މޫނު އަނބުރާލިއެވެ. “އެއީ ކަލެއަށް އެނގެންޖެހޭ ކަމެއްނޫން.” ވިސާމް ރުޅިވެރި މޫނަކާއެކީ މަޑުމައިތިރި އަޑަކުން އެހެން ބުނެލަމުން އަނެއްކާވެސް ދާން ހިނގައިގަތެވެ. އޭނަގެ ޖަވާބުން ޝަފަޤް އަނެއްކާވެސް ނުރުހުންވިއެވެ. “އަހަންނަށް އެނގެންޖެހޭ! އަހަރެން މިއީ ވިސާމްގެ އަންހެނުން. އަހަރެން ނޫޅެން ވިސާމް ވާހަކަ ދައްކާ ކޮންމެކޮންމެ މީހަކު […]
ވިސާމް އަނެއްކާވެސް ލަވަ ކިޔުންތެރިއަކަށްވީ މަންސޫރުގެ ކިބައިން ބަދަލު ހިފުމުގެ ގޮތުންކަން ޔަޤީނެވެ. އެކަމުގެ ތެރެއިން އަލުން މުއްސަނދިވެގެން ދާނީ އެ ބަދަލު ހިފުމުގެ ރޫޙު ހާދަ ވަރަކަށް ގަދަވީމައެވެ. އެހެނަސް އެހެން ވެސް ކަންތައް ވީ ދެންމެ މަންމަ ބުނި ފަދައިން ވިސާމަށް ދިމާވި ޙާލަތްތަކެއްގެ ސަބަބުންނެވެ. މިއަދަށްފަހު އޭނައަށް ވިސާމް ފެންނާނީ މުޅިން އެހެން ނަޒަރިއްޔާތަކުންކަން ޔަޤީނެވެ. ވިސާމަކީ ކެތްތެރިއެކެވެ. މަޑު ހިތެއްގެ ވެރިއެކެވެ. ލޯބިވާ މީހުންނަށްޓަކައި ކޮންމެފަދަ ޤުރުބާނީއެއްވެސް ވާން ތައްޔާރަށް ހުރި […]
ރަޝީދާ އިންގޮތަށް އިންދާ ބެލް ޖެހި އަޑު އިވުނެވެ. އެވަގުތު ނޯކަރެއް ފެންނަން ނެތީތީ ރަޝީދާ އަމިއްލައަށް ތެދުވެގެން ގޮސް އެ ދޮރު ހުޅުވާލިއެވެ. އެއާއެކު އޭނަ ހުއްޓުން އެރިއެވެ. އޭނަގެ ކުރިމަތީގައި ކުޑަ ކުއްޖަކު އުރާލައިގެން ހެދުން ފޮށްޓަކާއެކީ ހުރީ ކާކުކަން ޤަބޫލުކުރަން ވެސް ރަޝީދާއަށް ދަތިވިއެވެ. “ވިސާމް….” ރަޝީދާގެ އަނގައިން ނިކުތީ ވައި އަޑެކެވެ. ހަމަ އިސާހިތަކު އެލޮލަށް ޖަމާވެގަތް ކަރުނަތަކާއެކީ ރަޝީދާއަށް އޭނަގެ އަނގަމަތީގައި ދެއަތް އަޅާލެވުނެވެ. އެވަގުތު ވިސާމްގެ މޫނުމައްޗަށް […]
އަދި އެ އެނދާއި ހަމަ ކޮށްލަމުން ދެކަކޫ މައްޗަށް ތިރިވެ މިޝްކާއަށް ނަޒަރު ހުއްޓާލިއެވެ. އޭނަގެ ފުރާނަފަދަ ދަރިފުޅު ނިދިފައި އޮތް އިރު އެ ކުޑަ ކަނާތް އަތުގެ ފަލަ މަސްގަނޑުގައި ރަތްކޮށް ރޮނގެއް ހުރިތަން ފެނިފައި ވިސާމަށް ހީވީ އެފަދަ ގޮތަކަށް އޭނަގެ ހިތް ޒަޚަމްވީ ހެންނެވެ. އޭނަގެ ލޮލުން ކަރުނަތައް ފައިބައިގަތް ވަގުތު އޭނައަށް ގިސްލެވެން ފެށިއެވެ. އޭނަގެ ޙަޔާތް މިފަދަ ފައްތަރަކަށް އަންނަންޖެހުނީ ކީއްވެ ހެއްޔެވެ؟ ދާދި އިހަކަށް ދުވަހު އޭނަ އުޅުނީ […]
އެވަގުތު ތަށިގަނޑު ތެރެއިން ލޭ ފެނިފައި އޭނަގެ ދެލޯ ބޮޑުވިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ މޫނުބަލާ ލޯގަނޑަށް ބަލާލި ވަގުތު އޭނަގެ ތުންފަތުން ފެށިގެން ދަތްދޮޅިއާއި ހަމައަށްވެސްވީ ލެއެވެ. އިރުކޮޅެއް ވަންދެން އަމިއްލަ ސޫރައަށް ބަލަން ހުރުމަށްފަހު ވިސާމް ކުއްލިއަކަށް ފެން އިސްކުރު ދޫކޮށްލަމުން އަވަސްއަވަހަށް އަނގަ ދޮންނަން ފެށީ ތުރުތުރު އަޅަމުން ދިޔަ ދެ އަތުންނެވެ. އެވަގުތު އޭނަގެ ހިތް ބިރުވެރިކަމުން ރޫރޫއަޅަމުން ދިޔައެވެ. އޭނައަށް ކިހިނެއްވީބާއޭ އޭނަގެ ހިތަށްއަރަން ފެށިއެވެ. ކަންތައްވެގެން ދާނެ […]
“މިޝްކާ” އަކީ އަނދިރިވުމުން ބައްތިއެއް ބެހެއްޓުމަށްޓަކައި ގެތަކުގެ ފާރުތަކުގައި އަޑިކޮށް ހަދާފައި ހުންނަ އެއްޗެކެވެ. އޭގެ ތެރޭގައި ބައްތިއެއް ބެހެއްޓުމުން އޭގެ ސަބަބުން މުޅި ގެއަށް އަލިކަން ފެތުރިގެން ދާނެއެވެ. މިއަދު ވިސާމްގެ ޙަޔާތަށްވަނީ އަނދިރިކަން ވެރިވެފައެވެ. މި ދަރިފުޅު މެދުވެރިވެގެން އޭނަގެ ޙަޔާތް އަލިވެގެން ދާނެކަމަށް އޭނައަށް އުއްމީދުކުރެވުނެވެ. މިފަހަރު ވިސާމް އުއްމީދު ކުރި ގޮތަށް ކަންތައްވިއެވެ. މިޝްކާ ހަމަ ވެގެން ދިޔައީ އޭނަގެ ޙަޔާތަށް އައި ފަނޑުނުވާފަދަ އައްޔެއް ފަތުރައިދިން ފަރާތަކަށެވެ. މިޝްކާއާއެކީގައި […]
މެހެނާޒަށް މި ޚަބަރު ލިބުމުން އޭނަ ކިހާ އުފާވާނެހޭ ވިސާމްގެ ހިތް ބުނި ހިނދު އޭނައަށް އަނެއްކާވެސް ހެވުނެވެ. ނަމަވެސް ކަންތައްވެގެން ދިޔައީ ވިސާމް ހީކުރި ގޮތާއި މުޅިން ޚިލާފަށެވެ. އެދުވަހު ހެނދުނު 9 ޖަހަން ގާތްވެފައި ވަނިކޮށް މެހެނާޒް ހޭލުމާއެކު ވިސާމް ހެވިފައިހުރެ އޭނައަށް އެ ޚަބަރު ދިނެވެ. “ވަޓް؟!” އިވުނު ވާހަކައިން މެހެނާޒް ކުއްލިއަކަށް ސީދާވެލިއެވެ. އެވަގުތު އޭނަގެ ނިދިބަރުވެފައިވި ލޮލުން ނިދިވެސް ފިލައި އެ ނިތަށް ރޫގިނަވިއެވެ. މެހެނާޒަށް ވީގޮތް […]