އަނެއް ސަބަބަކީ އޭނައަށް ދާދި ދެންމެއަކު ބަދިގެތެރެއިން އިވުނު ވާހަކަތަކެވެ. އެ މީހުންނަށް ހަމަ މިރޭ ތިއްތިބެ މި ރެސްޓޯރެންޓަށް އަންނާނެކަން އެނގުނީ ކިހިނެއްބާއޭ އޭނަގެ ހިތަށްއެރިއެވެ. ވިސްނުމެއްގެ ތެރޭގައި އައިމަން ހުއްޓާ އޭނައަށް ހަމަހޭވެރިކަމެއް ލިބުނީ ނުހަނު ކައިރިން “އެކްސްކިއުޒް”އޭ ބުނެލި އަޑަށެވެ. އެވަގުތު އޭނަގެ ކުރިމަތީގައި ހުރި މޭޒުގައި އިން ފިރިހެނަކު ހުރީ ފައިސާ ލާފައި ލެއްޕިފައި އޮތް ޕޮކެޓް އޭނައަށް ދިއްކޮށްގެނެވެ. އައިމަން ގަދަކަމުން ހިނިތުންވެލަމުން އޭތި ހޯދި ވަގުތު ވެސް އޭނަވީ […]
ހިމޭނުން އިނދެ އައިމަން ކުރިއަށް އޮތް އަހަރުގެ ޖެނުއަރީ މަހުގެ އިމްތިޙާނަށް ވެސް ތައްޔާރުވާން އުޅޭތަން ނުފެނުމުން އަޒާން އިތުރަށް މާޔޫސްވިއެވެ. އޭނަގެ މޮޅު، ހީވާގި ކޮއްކޮއަށް ކިހިނެއްވީބާއޭ އޭނަގެ ހިތަށްއަރަންފެށިއެވެ. ލަންކާއިން އަނބުރާ އައިތާ މާ ގިނަ ދުވަހެއްނުވެ މަންމައާއި ބައްޕަ އޭނަ ކައިރިއަށް ކައުންސެލަރަކު ގެނައުމުން އެމީހުން އޭނައާއިމެދު ކަންބޮޑުވާ މިންވަރު އައިމަނަށް އަންދާޒާ ކުރެވުނެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ އޭނަ ދެންވެސް ވާހަކަ ދައްކާކަށް ބޭނުމެއްނުވިއެވެ. އެއްވެސް ކަމެއް ކުރާކަށް ހިތް […]
“ވިސާމް ރުހޭނެތަ އަހަރެން އެގޮތަށް އެހެންމީހަކާ ސަލާންކުރަން؟” ޝަފަޤް ދެންވެސް އަހާލިއެވެ. އެއަށް ވިސާމަށް ބޯހޫރުވާލެވުނީ ހަމަ އެއްވެސް އިޚްތިޔާރަކާނުލައެވެ. ބޯ ހޫރުވާލެވުނު ގޮތާއިމެދު ވެސް އޭނަ ޙައިރާންވިއެވެ. އޭނައަށް މިވަނީ ކީއްހެއްޔެވެ؟ ޝަފަޤްގެ “ބޯދާ” އުޅުން އޭނައަށް ވެސް ކަމުދާން ފެށީ ހެއްޔެވެ؟ ވިސާމް ދެބުމަ ކައިރިކޮށް ކުޑަކޮށް އަނގަ ހުޅުވިފައި ޝަފަޤަށް ބަލަން ހުއްޓާ ޝަފަޤް ހިނިތުންވެލިއެވެ. އަދި ޝަހާދަތް އިނގިލިން ވިސާމްގެ ދަތްދޮޅި މައްޗަށް ގެންގޮސް އޭނަގެ އަނގަ ލައްޕުވާލިއެވެ. އެއަށްފަހު ލުއިގޮތަކަށް […]
“ހެހެ…….ނަން ބުނީމަ ޔަޤީނުންވެސް އެނގޭނެ……މާޒިން.” އިވުނު ނަމަކުން ޝަފަޤްގެ ހިތުގައި ނުތަނަވަސްކަމުގެ ރާޅުބާންޏެއް ނެގިއެވެ. އޭނައަށް ފޯނާއި ދިމާލަށް ބަލަން ހުރެވުނީ ނިތަށް ރޫ ގިނަވެފައި ހުރެއެވެ. މާޒިންގެ ވާހަކަ އަޒާން އޭނައަށް އެންގިފަހުން ވެސް އޭނަ އެވާހަކަ ވިސާމްގާތު ބުނެފައެއް ނުވެއެވެ. އެއީ އަޒާނަށް ހީވި ހީވުމަކަށް ވެސް ވެދާނެކަމަށް ފަހަކަށް އައިސް އޭނަގެ ހިތް ބުނަން ފެށީތީވެއެވެ. އަދި އަމުދުން މާޒިންގެ ވާހަކަ ފެންމަތި ކުރުމުން އަނެއްކާވެސް އޭނައާއި ވިސާމްގެ ދެމެދުގައި ފާރެއް ލެވިދާނެކަމުގެ […]
“އަހަންނެއްނޫން މީގެ ދެ އަހަރު ކުރިން އައިމަނާއި އެކުވެރިވީ. އަދި މިހާރުވެސް އައިމަނަށް އެ ސަމާލުކަން ދެނީ އަހަރެންގެ މިހާރުގެ ނަފްސެއް ނޫން. އަހަރެން ހަމަ ހޭގައި ހުރެގެން ދުވަހަކުވެސް އަހަންނާއި އައިމަންގެ ދެމެދުގައި އޮތް ގުޅުމަކީ ރީތި ގުޅުމެއްކަމުގައި ނުދެކޭނަން. ވެދާނެ އެއްދުވަސްވަރެއްގައި އައިމަނަކީ އަހަރެންގެ އެކުވެރިކަން ފިލުވައިދިން ބައިވެރިއަކަށްވީތީ އަހަންނަށް އައިމަން މަތިން ހަނދާން ނައްތާނުލެވެނީ ކަމަށްވެސް. ވެދާނެ އަހަންނަށް އައިމަނަށްޓަކައި ދުނިޔެއާއި އާޚިރަތުގައިވާހާ ހެވެއް އެދެވެނީ އެހެންވެ ކަމަށްވެސް. އެކަމަކު އައިމަން، އަހަރެން […]
“ނޫން އަހަރެން ނުބުނަން. ބުނެލާ އޭނަ ކައިރިވެސް.” ޒުހުރާ އެދިމާލަށް ބަލަން ހުރެ ބުނެލިއެވެ. އެއަށްފަހު ދެންވެސް ޝިޔާގާތު ދަތުރަށް ތައްޔާރުވުމަށް ހަނދާން ކޮށްދެމުން ދާން ހިނގައިގަތެވެ. ޝިޔާ އިސްޖަހާލަމުން ދޮރު ލައްޕާލިއެވެ. އަދި ކޮޓަރި ތެރެއަށް ދަމުން އޭނަގެ ފޮށާ ނަގައި އޭތި ފަށްޖަހަން ފެށީ އަނެއްކާވެސް ވިސްނުމެއްގެ ތެރެއަށް ގެއްލުމުންނެވެ. ޒައިދްއަކީ އޭނައާއި އިންނަން ބައްޕަމެން ނިންމައިގެން އުޅޭ ކުއްޖާކަން އެނގުމުން އައިމަނަށް ވާނީ ކިހިނެއްތޯ ޝިޔާގެ ހިތް ސުވާލުކުރިއެވެ. ލަންކާއަށް އައިސް އޭނަ […]
އޭނަ ޢުމުރުގެ ގޮތުން ޒުވާން ވިޔަސް ﷲ ގެ ޙަޟްރަތަށް އަނބުރާ ދާ ދުވަސް ނުހަނު ގާތްހެން އޭނައަށް ހީވާން ފެށީތީވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ޝިޔާއަށް ދީނާއިމެދު އިތުރަށް އުނގެނެން ވެސް ފެށިއެވެ. އުނގެނެމުން ދިޔަ ވަރަކަށް އޭނަގެ ތަޣައްޔަރުވެފައިވި ވިސްނުން ވެސް ސާފުވަމުން ދިޔައެވެ. އޭނައަށް ހީވީ އޭނައަށް މި ހުރިހާ ދުވަހު އޭނަގެ ވަށައިގެންވި ދުނިޔެ ފެންނަމުން ދިޔައީ ފުސްކޮށްހެންނެވެ. އެހެނަސް ﷲ ގެ ބަސްފުޅު އުނގެނެން ފެށުމުން އޭނައަށް ހުރިހާ ކަމެއް […]
ޝިޔާ މި ގަޑީގައި ޤުރުއާން އަޑުއަހަނީ ފަންޑިތައަކަށް ހެއްޔެވެ؟ ހަމަ އެއާއެކު ބިރުވެރި ޚިޔާލުތައް އައިމަންގެ ހިތަށް ވެރިވާން ފެށުމުން އައިމަނަށް ބޯހޫރުވާލެވުނެވެ. ޝިޔާގެ ކޮޓަރިން ޤުރުއާނުގެ އަޑު އިވުމުން އޭނަގެ ޙަޔާތުގައި ކޮންމެވެސް ގޯހެއް ވާކަން އައިމަނަށް ޔަޤީންކޮށް ނިންމުނެވެ. ޝިޔާއަށް އެއްވެސް ކަމެއް ނުވާނަމަ އޭނަ މިގަޑީގައި އަޑުއަހަމުން ދިޔައީހީ ކޮންމެވެސް ލަވައެކެވެ. އައިމަން އެކި ޚިޔާލުތަކުގައި ހުއްޓާ އެ ސޫރަތް ނިމި އަޑު ކެނޑިގެން ދިޔައެވެ. އައިމަނަށް ހަމައަކަށް އެޅުމަށްޓަކައި ސިކުންތުކޮޅަކަށް ހުރެވުނެވެ. […]
“ބޭބޭ އެއީ އަސްލު ވަރަށް އަގުބޮޑު ފޯނެއް. އެ ބޮޑު އަގު ދިނުމުގެ ބަދަލުގަ އަޅުގަނޑަށް ވަރަށް ރަނގަޅު އަޅުގަނޑު ލަންކާއަށް މި އައި ދުވަސްކޮޅަށް ދައްކަންޖެހޭ ލާރިކޮޅު މަދުކޮއްލަ ދީފިއްޔާ. އަޅުގަނޑަށް ބޭބެމެންނާއެކީ މި ޗުއްޓީގަ އުޅެވިދާނެތަ؟” އައިމަން ބުނެލި ވާހަކައިން ޝިޔާ ސިހުމަކާއެކީ އިސްއުފުލާލިތަން އޭނައަށް ފެނުނެވެ. އެ މޫނުމަތިން ނުރުހުންތެރިކަން ފެނިފައި އައިމަންގެ މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. އެވަގުތު ޝިޔާގެ ކައިރީގައި ހުރި ފިރިހެން މީހާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ. […]