“ޒާން!!!” އައިމަނަށް އަޑުގެ ކޮޅަށް ގޮވާލެވުނެވެ. އެ ހިނދު އަޒާން ސައިކަލު މަތިން އެއްލިގެން ގޮސް ތާރު މަގުގެ އަނެއްފަޅީގައި ޖެހި އޭނަގެ ސައިކަލު ބިންމައްޗަށް ވެއްޓުނީއެވެ. ލޮލުން ފެނުނު މަންޒަރު ޤަބޫލުކުރަން ވެސް ބޭނުމެއްނުވެފައި އައިމަނަށް ހުރިތާ ހުރެވުނެވެ. އެހެނަސް މާ ގިނައިރެއްނުވެ އެތަނަށް މީހުން އެއްވާން ފެށުމުން އޭނައަށް ވެސް ފަޔަށް ލެވުނުހާ ބާރަކާއެކީ އެ ދިމާލަށް ދުއްވައިގަނެވުނެވެ. އޭނަގެ މޭތެރޭގައި އޮތް ހިތް ބާރަށް ތެޅެމުން ދިޔައިރު ލޮލަށް ކަރުނަތައް ޖަމާވާން ފެށީ […]
“ޒުހުރާއަށް އެބަ އިނގޭތަ ތި ކިޔޭ އެއްޗެއް؟ ދަރިންނަށް ޝައްކުކުރަން ވާނީ ވެސް ވަކިވަރަކަށް. ޝިޔާ މިހާތަނަށް އައިއިރު ދުވަހަކުވެސް އަހަރުމެން ލަދުގަންނަވާލާ ފަދަ ކަމެއްކޮށްފަވޭތަ؟ ނުވޭ! ވީއިރު ޝިޔާގެ ބޮލުގަ އިލްޒާމް އެޅުވުމުގެ އެއްވެސް ޙައްޤެއް އަހަރުމެންނަކަށް ނެތް!” ނާސިރު ހަރު އަޑުން އަންގާލިއެވެ. ނާސިރު ފުރަތަމަ ފަހަރަށް ގޭގެ ތެރޭގައި އެފަދަ ގޮތަކަށް ވާހަކަ ދެއްކުމުން ޒުހުރާއާއި ޝިޔާވެސް ހުއްޓުމަކަށްއައެވެ. ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ނާސިރު ޝިޔާގެ ކުރިމައްޗަށް ގޮސް ހުއްޓުނެވެ. “ދަރިފުޅާ……މަންމައާއި ބައްޕައަށް […]
“އައިމަން؟” ދޮރުމަތިން ފެނުނު މީހަކުން ވިސާމަށް ޙައިރާންކަމެއް ލިބުނެވެ. ދޮރު ރަނގަޅަށް ހުޅުވާލި ވަގުތު އޭނަގެ ކައިރީގައި އަޒާން ވެސް ހުރިތަން ފެނިފައި ވިސާމަށް އެ ނަން ވެސް ކިޔާލެވުނެވެ. “ހެހެ….ހާދަ ނުގަޑިއެއްގަ؟ އަވަހަށް ވަދޭ!” އެމީހުން ދޮރުމަތީގައި ބައިތިއްބާފައި އެތައް ސުވާލެއް ކުރަން ހިތަށް އެރިއެއްކަމަކު މެހުމާންދާރީ އަދާ ކުރުމުގެ ގޮތުން ވިސާމް އެމީހުން އެތެރެއަށް ވެއްދިއެވެ. “މިއޮތް އައީ މިޝީގެ ޒޯންބެއާ އައިމަންބެ، ދޯ؟ ހެހެ…..ސައިބޮއިގެންތަ ދެކުދިން އައީ؟” ޝަފަޤް މިޝްކާގާތު […]
ﷲ ހެއްދެވި ހުރިހާ އެއްޗެއްގައި ވެސް މަޤްޞަދެއްވާނަމަ އޭނަ ދުނިޔޭގައި އެއްވެސް މަޤްޞަދެއް ނެތި މިހިރީ ކީއްވެ ހެއްޔެވެ؟ އެ ސުވާލު އަޒާންގެ ހިތަށް ފުރަތަމަ ފަހަރަށް ވެރިވިއެވެ. ހަމަ އެއާއެކު އެ މަޤްޞަދަކީ ކޮބައިތޯ ވެސް އޭނަގެ ހިތަށްއެރިއެވެ. ފުން ވިސްނުމެއްގެ ތެރެއަށް އަޒާން ގެއްލެން އުޅެނިކޮށް އޭނަގެ ކޮޓަރީގައި މީހަކު ޓަކި ދިން އަޑު އިވުނެވެ. ހިސާބެއްގެ ޙައިރާންކަމަކާއެކީ އަޒާނަށް އެ ދޮރާއި ދިމާލަށް ބަލާލެވުނީ އެއީ އައިމަންކަން ޔަޤީންވުމުންނެވެ. އައިމަން ދެވަނަ ފަހަރަށް […]
“އަހަންނަށް ކިހިނެއްހޭ އެނގެނީ؟؟!! އެއީ އަހަރެންގެ ދައްތަ! ދައްތައަށް ހިދާޔަތް ލިބުމުން ދައްތައަށް އައި ބަދަލު އެންމެ ގާތުން ފެނިފައި ހުރި އެކަކީ އަހަރެން. ދައްތަ އެންމެ ގިނައިން ނަޞޭޙަތްދިން އެކަކީ އަހަރެން. އެ މަންސޫރު އަހަރެންގެ ލޯ ކުރިމަތިންނޭ ދައްތައަށް އެ ހުރިހާ އަނިޔާއެއްދިނީ. ޔާސިރުމެން އެޕާޓްމެންޓްގެ ޑުޕްލިކޭޓް ތަޅުދަނޑި ވަގަށް ނަގައިގެން އެރޭ އެޕާޓްމެންޓަށް ވަދެ ދައްތަ ޤަތުލު ކުރީ އަހަރެން ބަލަހައްޓައިގެން ހުއްޓައޭ!” ޝިޔާ މޭމަތީގައި ޝަހާދަތް އިނގިލި ޖައްސައިގެން ހުރެ ރޮވިފައިވާ […]
“މާމަ ދެން އެހާ ބަލިއެއްނުވެއޭ ނާޒް. ދަރިފުޅު ޝިޔާއާއެކީ މަޑުކުރޭ މިކޮޅުގަ. ވަޒީފާއަށް ސިޓީ ލީ ތަންތަނުން ފަހަރެއްގަ ގުޅާފާނެއެއްނު؟ ގުޅާއިރު މިކޮޅުގަ ނެތިއްޔާ ކަމަކު ނުދާނެ. ދަރިފުޅު މަޑުކޮށްލާ.” ޒުހުރާ ހެދުން ފަށްޖަހަމުން ތަކުރާރުކޮށް ބުނެލިއެވެ. މެހެނާޒް ދެންވެސް އޭނަގެ މަންމައަށް ވިސްނައިދެވޭތޯ އުޅުނެއްކަމަކު އޭނަގެ އެއްވެސް ޢުޒުރެއް އަޑު ނޭހުމުން އޭނަގެ ބަލީގެ ވާހަކަ އެމީހުންގާތު ބުނަންވީތޯ މެހެނާޒްގެ ހިތަށްއެރިއެވެ. އެހެނަސް އެހާ ބޮޑު ފިޔަވަޅެއް އެޅުމުގެ ކުރިން އަދިވެސް އެހެން ގޮތެއް އޮތްތޯ […]
“ކިހިނެއްތަވީ؟” އެހެން އޭނަގާތު އަހާލީ އަންހެން ކުއްޖެކެވެ. އޭނަ ޖަވާބެއް ނުދީ ދެން ވެސް އިންގޮތަށް އިނުމުން އެ އަންހެން ކުއްޖާ އޭނަ ކައިރީގައި އިށީންކަން އޭނައަށް އެނގުނެވެ. އެއަށްފަހު އެ އަންހެން ކުއްޖާ އޭނަގެ އަތުތެރެއަށް ރުމާލެއް ލައިދިނެވެ. އެއީ ފެހި ކުލައިގެ މާ ގަނޑެއް ލެވިފައިވި ރުމާލެކެވެ. މެހެނާޒް އެ ރުމާލުގައި ބާރަށް ހިފަހައްޓާލިއެއްކަމަކު ދެންވެސް މައްޗަށް ބަލާ ކަހަލަ ޚިޔާލެއް ނުކުރިއެވެ. މެހެނާޒް ހީކުރީ އޭނަ ޖަވާބެއް ނުދިނުމުން އެކުއްޖާ ހިނގައިދާނެ ކަމަށެވެ. […]
އެއަށްފަހު އޭގައި ހުރި ގަނޑުތައް ނަގައި އެ އެއްޗެހިތައް ނިއުޅާލިއެވެ. އެ ގަނޑުތައްވީ ސާފު ދިވެހި ލިޔުމަކުން ފުރިފައެވެ. އައިމަން ޙައިރާންކަންމަތީ އިނދެ ސީދާވެލަމުން އެ ލިޔުން ކިޔަންފެށިއެވެ. “ލޯބިވާ ވިސާމަށް…..އަހަރެން މި ސިޓީ މި ލިޔަނީ ވިސާމާއި ހަމައަށް މި ސިޓީ ލިބޭނެ ކަމުގެ މާ ބޮޑު އުއްމީދެއް ނެތިއެވެ. އެހެނަސް ވިސާމާއި ހަމައަށް މީތި ފޯރުން ﷲ ގެ އިރާދަފުޅުގައިވާނަމަ އެކަން ހުއްޓުވޭނެ ހަމަ އެކަކުވެސް ނުވެއެވެ. މި ސިޓީ ކިޔަން ވިސާމް […]
އައިމަނަށް ފޮތުގެ ތެރެއިން އެ ސިޓީ ފެނިއްޖެނަމަ އޭނަ އެއާއިމެދު ކަމެއްނުކޮށް ނުހުންނާނެކަން ޔަޤީންކުރެވުނީތީވެއެވެ. ޝިޔާ ބަލަބަލާ ހުއްޓާ އައިމަން އެއްފަހަރު އެފޮތަށް އަނެއް ފަހަރު އޭނައަށް ބަލާފައި ފުން ނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު އިތުރަށް މަޑުކުރުމެއްނެތި ގޮސް އެތާ ބޭރުގައި ހުރި ސައިކަލަށް އަރައި ސްޓާޓްކޮށްލިއެވެ. ** ރެސްޓޯރެންޓްގެ ސައިކަލު އެތަނާ ޙަވާލުކޮށްފައި އައިމަން ފައިމަގުގައި ގެއަށް އައީވެސް ޝިޔާ ދިން ފޮތަށް ނަޒަރު ހުއްޓައިގެން ހުރެއެވެ. އެ ކަޅުކުލައިގެ މޮނީޓަރު ފޮތުގެ […]