Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ޢަޞްރު (ސަތާޅީސްވަނަ ބައި)

Jana
February 22, 2017
7 Mins Read
66 Views
20 Comments

އެއަށް ނަޒަރު ހުއްޓައިގެން އިނދެފައި ޝިޔާ އޭތި ގެނެސް މޭގައި ޖައްސާލަމުން ސީޓަށް ލެނގި ދެލޯ މަރާލިއެވެ.

 

ކޮންމެ ދުވަހަކަށް ފެނުން ތޮޅިލާ އިރާއެކީ އައިމަން ދެލޯ ހުޅުވާލަނީ ހޭލަމޭލައިގެ އުޅުމަކަށެވެ. އަޒާން އޭނަ ހުދާއާއި ރައްޓެހިވުމުގެ ނަތީޖާއެއްގެ ގޮތުން އޭނަ ޖެހުނީ ސްކޫލަށް އަނބުރާ ދާށެވެ. އަޒާން އޭނައާއި ކުރި ޝަރުޠެއްގެ ސަބަބުންނެވެ. އަޒާން ކާމިޔާބުކަމާއެކީ ހުދާއާއި ރައްޓެހިވެއްޖެނަމަ އައިމަން އަނބުރާ ސްކޫލަށް އަންނަން ޖެހޭނެ ކަމުގެ ޝަރުޠެވެ. އައިމަން އެ ޝަރުޠާއި ޤަބޫލުވީ ވަކި މަޖުބޫރުވެގެން ނޫނެވެ. ޚުދު އޭނަގެ ހިތުގައި ވެސް ކިޔެވުމުގެ ޝައުޤެއް އަނެއްކާވެސް އުފެދިފައިވީތީވެއެވެ. އަޒާން ނުހަނު ޖޯޝާއެކީ އެކި ފޮތްތައް ކިޔަމުން ކުދި ކުދި ޓެސްޓްތަކުން ފުލް މާކްސް ހޯދަމުން ދިޔަ ގޮތުން އައިމަން ވެސް އަނބުރާ އެ ދުނިޔެއަށް ދާން ބޭނުންވިއެވެ. ޙަޔާތުގައި އެފަދަ ދުވަސްތަކެއް ދެން ނާންނާނެހެން ހީވުމުން އައިމަން އަނެއްކާވެސް އަލަމާރީގެ ކަނެއްގައި އޮތް އޭނަގެ ޔުނިފޯމް ނެގިއެވެ. އެއަށްފަހު އޭނަ އަމިއްލައަށް ޔުނިފޯމް ދޮވެ އިސްތިރިކޮށް ކުރިއަށް އޮތް ހަފްތާގައި ސްކޫލަށް ދާން ތައްޔާރުވިއެވެ. ޢާއިލާގެ ފަރާތުން އެއްވެސް ކަމެއް ކުރުމަށް އޭނައަށް ކުޑަ ވެސް އެހީއެއް އަދިވެސް ނުލިބެއެވެ. އޭނަގެ އުޅުން ރަނގަޅުވަމުން އަންނަތަން އޭނަގެ މަންމައާއި ބައްޕައަށް ފެނުނަސް އަދި އެމީހުންނަކަށް އައިމަނަށް އިތުބާރު ކުރެވޭ ގޮތެއްނުވެއެވެ. ނަތީޖާއެއްގެ ގޮތުން އައިމަނަށް ވަނީ އަމިއްލައަށް ހުރިހާ ކަމެއް ކުރަން ވަރަށް ފުރިހަމައަށް ދަސްވެފައެވެ. އާ ކަންތައް އަވަހަށް ދަސްކުރުމުގެ ހުނަރު ލިބިފައިވާ މީހަކަށް އިންޓަރނެޓްގެ އެހީގައި ނުކުރެވޭނީ ފަހެ ކޮން ކަމެއް ހެއްޔެވެ؟

 

ސްކޫލަށް ދާން ފެށިއެއްކަމަކު އައިމަން ދެންވެސް އޭނަގެ ވަޒީފާ ދޫކޮށް ނުލައެވެ. އޭނަ ދެންވެސް ޕާރޓް ޓައިމަށް އެ ރެސްޓޯރެންޓުގައި މަސައްކަތް ކުރަމުން ދިޔައެވެ. އެއީ އޭނައަށް އެ ނޫންގޮތެއް ނެތުމަށްވުރެ ބޮޑަށް އެކަމުން އޭނައަށް އިޙްޞާޞް ކުރެވެމުން ދިޔަ މިނިވަންކަމެއްގެ ސަބަބުންނެވެ. އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުމުން ލިބޭ އުފަލުގެ ސަބަބުންނެވެ. އޭނަ ވަޒީފާއަކަށް ދާކަން ސްކޫލްގައި އުޅޭ ކުދިންނަށް އެނގުނުތަނާހެން އެއީ ވަގުތުން “ކޫލް” ކަމަކަށް ވެއްޖެއެވެ. އެ ބަސް އޭގެތެރެއިން ގިނަ ކުދިން މާނަކުރަނީ ވެސް އައިމަންގެ ނަމުން ވިއްޔާއެވެ. ކޮންމެއަކަސް ވަޒީފާ ދޫކޮށްނުލުމުގެ ސަބަބުން އައިމަން ހިތާމަކުރި އެއްކަމެއްވިއެވެ. އެއީ އޭނައަށް ވަޒީފާ އަދާކުރަމުން ސްކޫލްގެ ގިނަ އިތުރު ޙަރަކާތްތަކުގައި ބައިވެރި ނުވެވޭކަމެވެ. އަދި އަމުދުން އޭނަ ސްކޫލްގައި އަދާކުރަން ބޭނުންވާފަދަ މަތީ މަޤާމެއްގައި ހުރެ އެންމެ ފުރިހަމައަށް މަސައްކަތް ނުކުރެވޭނެކަމެވެ. އޭނައަށް އެކަން ނުވާނެކަމަށް ޔަޤީންވުމުން އޭގެ ބަދަލުގައި އޭނަ އަޒާން އެފަދަ މަޤާމެއްގައި ހުންނަތަން ދެކެން ބޭނުންވިއެވެ.

 

“ޒާން ޕްލީޒް ސްޓޫޑެންޓް އެސޯސިއޭޝަންގެ ޕްރެޒިޑެންޓަކަށްވާން އެޕްލައި ކޮށްބަލަ!” އެއްރެއަކު ދެމީހުން ހޯމް ތިއޭޓާރ ސިސްޓަމް ކުރިމަތީގައި ތިއްބާ އައިމަން ދެއްކި ވާހަކައަކުން ކޯކު ބޯން އިން އަޒާންގެ އަނގައިގައި ހުރި ހުރިހާ އެއްޗެއް ބޭރުވިއެވެ.

 

“އާރ ޔޫ ނަޓްސް؟! އަހަންނަށް ވޯޓު ދޭނީ ކާކު؟ އެ ސާޖިދުމެންތަ؟” އަޒާން ފިލްމުގެ އަޑުމަޑުކޮށް ހަމައަކަށް އެޅެމުން އަހާލީ އޭނައަށް މަލާމާތްކޮށް އުޅޭ ކުދިބަޔަކާ ބެހޭގޮތުންނެވެ. އައިމަން ޗޮއްކަނޑާލިއެވެ.

 

“އެމީހުން އެކަނި ނުދޭނީ. ކަމޯން ޒާން ޔޫ އާރ ސްމާރޓް، ކެރިޒްމެޓިކް އެންޑް ނޮލެޖެބްލް. ކީއްވެ ޒާން ނުހޮވަންވީ؟ އެހެންނޫނަސް މިހާރު އެ ސާޖިދުމެން މަލާމާތެއް ނުކުރެއެއްނޫންތަ؟ އަހަރެން ދުވަހަކުވެސް ނުދެކެން އެމީހުން ޒާންއާ ކައިރިވާތަން ފަހަކަށް އައިސް.” އައިމަން ބުނެލިއެވެ.

 

“އެއީ އައްމު މިހާރު އަބަދު އަހަންނާއެކީ އުޅޭތީ އެމީހުންނަށް ނުކެރެނީ ކައިރިވާކަށް. އެނޫންނަމަ އެކަން ނުހުއްޓޭނެ…….އެހެންނޫނަސް، އެފަދަ މަޤާމެއްގަ އަހަންނަށް ނުހުރެވޭނެ. އައްމު ކިތަންމެ ވަރަކަށް ބުންޏަސް އަހަރެން ކެރިޒްމެޓިކްއެއް ނޫން. އައި ޑޯންޓް ހޭވް އިޓް އިން މީ. އަހަންނަށް އައްމު ގޮތަށް ރީތި ސިފައެއް ލިބިފަ ނެތް. އަހަންނަށް ނުކެރޭ ގިނަ މީހުން ކުރިމަތީގަ ވާހަކަ ދައްކަން. އައި ޖަސްޓް ޑޯންޓް ނޯ ވާއި. އައި ފިއާރ ދެމް. އައްމު ކިތަންމެ ވަރަކަށް ބިރުނުގަންނާށޭ ބުންޏަސް އަހަރެން ޖެހިލުންވާނެ. ޕްރެޒިޑެންޓަކަށް ވިޔަސް އިލެކްޓްވެގެން ދޭންޖެހޭ ފުރަތަމަ ޚިޠާބުގައި ވެސް ހޭނެތޭނެކަން އަހަންނަށް ޔަޤީން.” އަޒާން އޭނަގެ ހިތުގެ އިޙްޞާޞްތައް ފުރަތަމަ ފަހަރަށް ތަފްޞީލުކޮށް ކިޔައިދެމުން ގޮސް އެންމެ ފަހުން ސަމާސާ ގޮތަކަށް ނިންމާލީ އޭނަގެ ކޮއްކޮ އަދިވެސް ވީ ހިސާބެއްގެ މާޔޫސްކަމެއްގެ ތެރޭގައި ކަން އެނގޭތީވެއެވެ. އޭނަގެ މަޤްޞަދު ޙާޞިލު ވެސްވިއެވެ. އޭނަގެ ފަހު ޖުމްލައިން އައިމަނަށް ހީލެވުނެވެ. އެއަށްފަހު އައިމަން އެއްޗެކޭ ބުނަން އުޅުނު ތަނާހެން އަޒާންގެ ފޯނަށް މެސެޖެއް އައި އަޑު އިވުނެވެ. އަޒާން އަވަސްއަވަހަށް އެ ފޯނު ނަގައި ހިނިތުންވެލީ ގޮތުން އައިމަން ވާހަކަ ދެއްކިއެވެ.

 

“އޫ ލޯބިވާގެ މެސެޖެކޯ!” އައިމަން ހެވިފައި އިނދެ ސަމާސާ ރާގަކަށް އެހެން ބުނެލަމުން ހީލިއެވެ.

 

“ހެހެހެ…….އޭ ކޮބައިތަ އައްމުގެ ލޯބިވާ؟ މި ސީޒަންގަ ނެތީތަ؟” އަޒާން ހުދާ ފޮނުވި މެސެޖަށް ރިޕްލައިއެއް ލިޔަމުން ސުވާލުކޮށްލިއެވެ. އަޒާންގެ އެ ސުވާލުން އައިމަންގެ ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. އަޒާން އެ ބުނި “ލޯބިވާ”ގެ ނަން ހިތަށް ވެރިވުމުން އެ ހިތަށް އުނދަގުލެއްވިއެވެ. ހަމަ އެއާއެކު އެ އުނދަގޫ ފިލުވައި އެ ލޯބި ގެނެސްދިނުމަށް އެދި އޭނަގެ ހިތް އޭނައަށް ގޮވިއެވެ. އެހެނަސް އެކަމަށްޓަކައި އޭނައަށް ކުރެވެން ނެތްކަން އެނގުންވުމުން އައިމަން މާޔޫސްވެގެން ދިޔަ ހިތަކާއެކީ ސޯފާއިން ތެދުވިއެވެ.

 

“ޑް….ޑިއުޓީ ގަޑި ޖެހިއްޖެ. ދަނީ.” އައިމަން ސީރިއަސްކަމާއެކީ އެހެން ބުނެލަމުން އަޒާނަށް އެއްޗެކޭ ބުނުމުގެ ފުރުޞަތެއްނުދީ ދާން ހިނގައިގަތެވެ. އައިމަން އޭނަގެ ލޯމައްޗަށް ގެއްލުނު ވަގުތު އަޒާން އިނީ ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. އޭނައަށް ހީވަމުން އައީ ރަނގަޅަށްތޯ އޭނަގެ ހިތަށް އަރަމުން ދިޔައެވެ. އައިމަންގެ އުޅުމަށް އައި ބަދަލުގެ ފަހަތުގައިވީ ހަމަ އަންހެން ކުއްޖެއް ހެއްޔެވެ؟ އަޒާނަށް ޤަބޫލުކުރަން ދަތިވިއެވެ.

 

**

 

ޑިއުޓީއަށް ދިޔުމުގެ ކުރިން އަޒާނާއި ދެކެވުނު ވާހަކައެއްގެ ސަބަބުން އެރޭ ޑިއުޓީގައި އައިމަނަށް ހުރެވުނީ މޫޑު ޚަރާބުވެފައެވެ. އޭނަ ޚިދުމަތް ދެމުން ދިޔަ މީހުންނާއި ހިނިތުންވަމުން ވެސް ދިޔައީ ގަދަކަމުންނެވެ. އޭނަގެ ޙަރަކާތްތައް ލަސްވުމުން އޭނަ ނަގަމުން ދިޔަ އޯޑަރުތަކުގެ ގިނަ ބަޔަކަށް ކެއުން ފޯރުކޮށްދެމުން ދިޔައީ ދެން ތިބި ވޭޓަރުންނެވެ. އޭނަގެ ކަންތަކާހެދި އެކުގައި މަސައްކަތް ކުރަން ތިބި މީހުންނާއެކީ ޚިދުމަތް ލިބިގަންނަން ތިބި މީހުންގެ ފާޑުކިޔުންތައް ވެސް އައިމަނަށް އަމާޒުވަމުން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން މަޞްލަޙަތަށް ބަލާފައި ދެން އައިމަން އޯޑަރު ނުނަގައި ހަމައެކަނި ޚިދުމަތް ފޯރުކޮށްދޭން ކަނޑައެޅުނެވެ. އޭނަ ނަގާ ބައެއް އޯޑަރުތތައް ބަދިގެއާއި ހަމައަށް ވެސް ނުފޯރާތީވެއެވެ. އެހެންކަމުން އޭނަ ދެން ފެންނަން ފެށީ ހުސްވެސް އިސްޖެހިފައިހުރެ ޓްރޭ ތަކާއެކީ ހިނގަމުން ދާ ތަނެވެ.

 

އައިމަންގެ ޑިއުޓީ ފެށުނުތާ މާ ގިނައިރެއްނުވެ އޭނަ ފުދޭވަރަކަށް ބަރު ޓްރޭއަކާއެކީ ބަދިގެއިން ނިކުތެވެ. އޭނަ ޓްރޭގައި ހުރި އެއްޗެއްސަށް ބަލަމުން ބަލަމުން ހިނގަމުން ދިޔައިރުވެސް އޭނަގެ ސިކުނޑީގައި ދައުރުވަމުން ދިޔައީ ޝިޔާގެ ޚިޔާލުތަކެވެ. ޓްރޭގެ ތެރޭގައި ހުރި އާ ވައްތަރެއްގެ ބުއިމެއް އައިމަންގެ އެ ހަނދާންތަކަށް ބާރު އެޅިއެވެ. އެ ޓްރޭގައި ހުރީ ޝިޔާއަށް އެންމެ ކަމުދާ ބުއިން ކަމަށް އޭނަ ބުނެފައިވާ ބުއިމެވެ. ފަނޑު އަލީގެ ތެރެއިން ޓްރޭ ބަހައްޓަން އުޅޭ މޭޒު ނަންބަރު ފެނިފައި އައިމަންގެ ހިތުގެ ތެޅުން އަވަސްވިއެވެ. އޭނަ މިދާ މިޞްރާބުން އޭނަ ހިތް އެދޭ ސޫރަ ފެނިދާނެ ކަމުގެ އުއްމީދުގައެވެ. އޭގެ ސިކުންތުކޮޅެއްފަހުން އޭނައާއި ފަސް ފިޔަވަޅު ދުރުން އެ ސޫރަ ފެނިގެން ދިޔުމުން އޭނަގެ ފިޔަވަޅުތައް މަޑުޖެހުނެވެ. ޝިޔާ އޭނައާއި ދިމާލަށް ވާގޮތަށް އެ ވަށްމޭޒުދޮށުގައި އިންއިރު ޝިޔާގެ މަންމައާއި ބައްޕަ ތިބީ އޭނައަށް ފަސްދީގެންނެވެ. ޝިޔާ އޭނަގެ ބައްޕައާއި ކޮންމެވެސް ވާހަކައެއް ދައްކަމުން އެ ދިމާލަށް ބަލާލި ވަގުތު ޝިޔާ ހުއްޓުން އެރިއެވެ. އޭނަ ފަދައިން އައިމަން ވެސް ހުރިތާހުރެ ގަނޑުވާ ގޮތްވިއެވެ.

 

“ކިހިނެއްތަވީ ޝިޔާ؟” ޝިޔާ އިން ގޮތުން ނާސިރަށް އަހާލެވުނެވެ. ޝިޔާ ދެންވެސް ބަލަން ހުރި ދިމާލަށް ބަލަހައްޓައިގެން އިންނަން ފެށުމުން ނާސިރާއި ޒުހުރާއަށް އެކީގައި އެދިމާލަށް ބަލާލެވުނެވެ. ހަމަ އެއާއެކު އެ ދެމީހުންގެ ވެސް ބުމަގޮށްޖެހިގެން ދިޔައެވެ.

 

“ކަލެއާ ދިމާވާންވެއްޖެދޯ ހަމަ މިތަނުން ވެސް؟” ނާސިރު ދެ ދަތްޕިލަ ޖައްސައިގެން ރުޅިވެރިކަމާއެކީ ބުނެލިއެވެ. އެ ހިނދު އައިމަންގެ މޭގައި ރިހުމެއް އުފެދުނެވެ. އެ ރުޅިވެރިކަން އޭނައާއި ޝިޔާއާއި ދެމެދުގައިވާ ބޯ ފާރުގެ މަތިން އޭނައަށް ހަނދާން ކޮށްދިނީތީވެއެވެ. ޝިޔާގެ މަންމައާއި ބައްޕަގެ ނުރުހުންތެރިކަމުގެ އިތުރުން ވެސް އޭނަ ޝިޔާއާއި ދުރުކޮށްދޭނެ އެހެނިހެން ސަބަބުތައް އޭނަގެ ހަނދާނަށް އަންނަން ފެށި ވަގުތު ޒުހުރާ ވާހަކަ ދެއްކިއެވެ.

 

“މިހެންވެ އަހަރެން ބުނީ އައްޑޫއަށް ނާންނާށޭ! އެކަމަކު ނާސިރަށް އަޑެއްނުއިވުނެއްނު؟ ރަނގަޅަށްވިއްޔާ މީނަ އުޅެނީ ޝިޔާއާއި އަޅައިގަނެގެން. އޭނަގެ އަވައިގަ ޖެހިގެން ކަންނޭނގެ ޝިޔާ ވެސް މިއުޅެނީ!” ޒުހުރާއަށް އެހެން ބުނެލެވުނުތަނާހެން ޝިޔާ މަންމާއޭ ކިޔައި ގޮވާލިއެވެ. އެވަގުތު ސިހިގެން ދިޔަ އައިމަނާއެކީ ރެސްޓޯރެންޓުގައި ތިބި ބައެއް މީހުންގެ ނަޒަރުތައް ވެސް އޭނައަށް އަމާޒުވިއެވެ. އެހެނަސް ޝިޔާއަށް އޭނަގެ މަންމައަށް ބަލަން އިނދެވުނެވެ. މި ޙާލަތަކީ އެތައް ގޮތަކުން އޭނަގެ ހިތް ދަތިކުރުވާ ޙާލަތެއްކަން އެނގުންވީ ހިނދު ޝިޔާގެ ލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ. އެއްކޮޅުން ހުރީ އޭނައަށްޓަކައި ބަދަލެއް ނުވާ އިޙްޞާޞްތަކާއެކީ ހުރި އައިމަނެވެ. އައިމަންގެ ދެލޯ އެވަގުތު ވެސް އެކަމަށް ހެކިދިނެވެ. އަނެއްކޮޅުން ތިބީ އޭނަގެ އިޙްޞާޞްތައް ދެނެގަތުމުގައި ކުށްހީތައް ކުރަމުން އަންނަ އޭނަގެ މަންމައާއި ބައްޕައެވެ. އެ ދެމީހުންނަށްޓަކައި އޭނަގެ ހިތުގައި ރުޅިވެރިކަން އުފެދެން ފެށިތަނާހެން އޭނަގެ ހިތަށް އުނދަގޫވާން ފެށިއެވެ. މިވަނީ ރަނގަޅަކަށް ނޫންކަން ވަގުތުން އެހިތް އަންގައިފިއެވެ. އެހެންކަމުން ޝިޔާއަށް ހިތާހިތުން އަޢޫޒު ކިޔާލެވުނީ މިއީ ވަސްވާހެއްކަން ޔަޤީންވުމުންނެވެ. އެއަށްފަހު އޭނަ އަމިއްލަ ނަފްސު ހަމައަކަށް އަޅުވައި ރީތި ބަހުން އެއްޗެކޭ ބުނަން އުޅުނު ތަނާހެން އޭނަގެ މަންމަ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

 

“ބަލާބަލަ އޭނަގެ ކުރިމަތީގަ ޝިޔާ އަހަރުމެންނާމެދު ވެސް ކަންތައް ކުރާ ގޮތް! އެއްދުވަހު ޝިޔާ އަހަރުމެންނަށް ސިއްރުން އޭނައާއި އިންނަން ވެސް އިނދެފާނެ. މަ މި ދަނީ މިތަނުން!” ޒުހުރާ ރޮވިފައިވާ އަޑަކުން ރުޅިވެރިކަމާއެކީ ވާހަކަ ދައްކަމުން ގޮސް ކޮޅަށް ތެދުވިއެވެ. އޭގެ ދެވަނަ ސިކުންތުގައި އެތަނުން ދާން ހިނގައިގަތެވެ. ނާސިރު ވެސް ޒުހުރާއަށް ގޮވަމުން އޭނަގެ ފަހަތުން ދިޔައެވެ. މަންޒަރު ބަލަން އިން ޝިޔާގެ ލޮލަށް ޖަމާވެފައިވި އެތައް ކަރުނަތަކެއްގެ ތެރެއިން ކަރުނައެއް އޭނަގެ ކޯތާފަތްމައްޗަށް ފައިބައިގެން އައެވެ. މަންމައާއި މެދު އަނެއްކާވެސް ހިތުގައި ޝަކުވާތައް އުފެދެން ފެށި ވަގުތު މަންމަ އެހެން ބުނި ބުނުމުގެ ފަހަތުގައިވި ސަބަބު އެނގުންވުމުން އެ ޝަކުވާތައް ޖަޒުބާތުތަކުގެ ތެރެއަށް ގެނބެން ފެށިއެވެ. މަންމަގެ ބަސްމަގު އެހެން ހުރީ އެ ޢާއިލާގެ މާޒީގައި ކަންވެފައި އޮތް ގޮތުންކަން ޝިޔާއަށް ޔަޤީންކުރެވުނެވެ. ހަމަ އެއާއެކު މަންމައަށް ހެޔޮ ރަޙްމަތް ލައްވައި މަންމަގެ ހިތަށް ހަމަޖެހުމެއް ގެނެސްދެއްވުމަށްއެދި ޝިޔާއަށް ދުޢާ ކުރެވުނެވެ. އެއަށްފަހު އޭނަ އަވަސްއަވަހަށް އެސްފިޔަ ޖަހާލަމުން ތެދުވެލީ ހިނދު އެއްލި ކަޅިއަކުން ދެންވެސް ހުރިތާ ހުރިގޮތަށް ހުރި އައިމަން އޭނައަށް ފެނުނެވެ. އައިމަން ފުން ނޭވައެއް ދޫކޮށް ހިތާމަވެރި މޫނަކާއެކީ އިސްޖަހާލިތަން ފެނިފައި ޝިޔާގެ ހިތުގައި އަނެއްކާވެސް އައިމަނާއެކީ ހުރުމުގެ އެދުމެއް އުފެދުނެވެ. އެހެނަސް އޭނަ އެ އެދުމުގެ މަތިން ހަނދާން ނައްތާލަމުން ގަދަކަމުން އައިމަނަށް ފަސްދީފައި ދާން ހިނގައިގަތެވެ. އައިމަނާއި އެންމެ ފުރަތަމަ ވަކިވާންވެގެން ނެގި ފިޔަވަޅުތަކަށް ވުރެ އެރޭ ނެގި ފިޔަވަޅުތައް އަޅަން ޝިޔާއަށް އުނދަގޫވިއެވެ. އޭގެއިން ކޮންމެ ފިޔަވަޅެއްވެގެން ދިޔައީ އޭނަ އަމިއްލަ ނަފްސަށް ދިން އަނިޔާއަކަށެވެ. އެހެނަސް ރެސްޓޯރެންޓުން ބޭރަށް އެޅުނު ފުރަތަމަ ފިޔަވަޅާއެކީ އޭނަގެ ހިތަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބުނެވެ. އޭނަ ކަންތައް ކުރީ ﷲ ރުހިވޮޑިގެންވާ ގޮތަށްކަން އެނގުންވުމުންނެވެ.

 

ޑިއުޓީ ނިންމާލާފައި އެރޭ ދަންވަރު ގެއަށް އައި އައިމަން ނިދަން ތައްޔާރުވެ އޮށޯތް އިރު ވެސް އޭނައަށް ނިދޭ ގޮތެއް ނުވެއެވެ. ރެސްޓޯރެންޓުގައި ހިނގި ކަންތައް ތަކުރާރުވަމުން ދިޔަ މަންޒަރުތަކެއްގެ ސިފައިގައި އޭނަގެ ލޯމަތިން ސިފަވަމުން ދިޔައެވެ. އެންމެ ގިނައިން ސިފަވަމުން ދިޔައީ ޝިޔާގެ އެ ރީތި މޫނެވެ. މާޔޫސްކަމަށް ޢިޝާރާތްކުރަމުން ދިޔަ އެ ދެލޮލެވެ. ތެމިގެން ދިޔަ އެ އެސްފިޔަތަކެވެ. މި ހުރިހާ ކަމެއް ޝިޔާ އޭނަދެކެ ލޯބިވާކަން އައިމަނަށް ޔަޤީން ކޮށްދެމުން ދިޔައެވެ. އެހެނަސް ޝިޔާ އޭނައަށް ފަސްދީފައި ދިޔަ މަންޒަރުގެ ފަހަތުގައިވަނީ ކޮން މާނައެއްކަން ދެނެގަންނަން އޭނަ ނުކުޅެދުނެވެ. ޝިޔާ އޭނަދެކެ ލޯބިވެގެން ވެސް އޭނައާއި ދުރަށް އެ ދަނީ ޝިޔާގެ ކައިވެނި ހަމަޖެހިފައިވާތީވެ ހެއްޔެވެ؟ އައިމަންގެ ހިތް އެ ސުވާލަށް އާނއެކޭ ބުނެ މާޔޫސްވެލީ ޝިޔާގެ މަތިވެރި މަޤްޞަދާމެދު އެއްގޮތަކަށް ވެސް ނޭނގި ހުރެއެވެ. ޝިޔާ އޭނައާއި ދުރަށް ދިޔައީ އޭނައަށްޓަކައިކަން ނޭނގި ހުރެއެވެ. އަދި ޝިޔާ އޭނައާއިމެދު އަޅާލާ މިންވަރު ރޭކާނުލައި ހުރެއެވެ. އެރޭ އައިމަނަށް ނިދޭ ގޮތްވީ ފަތިސް ނަމާދަށް ބަންގި ގޮވަން ގާތްވެފައި ވަނިކޮށެވެ. ނިދެމުން ދިޔައިރު އޭނައަށް ބަންގި ގޮވާ އަޑު އިވުނެއްކަމަކު އޭނަ ހޭލާކަށް ނުއުޅުނެވެ. އަދިވެސް ނަމާދަކީ އޭނަގެ ނަޒަރުން އެއްވެސް އަގެއް ހުރި އެއްޗެއް ނޫނެވެ. ނަމާދުކޮށްގެން އޭނައަށް ފެންނަ އެއްވެސް ހެވެއް އޭނައަށް ނުލިބޭތީވެއެވެ. ނަތީޖާއެއްގެ ގޮތުން އޭނަ ހުރިހާ ނަމާދު ވަގުތެއް ވޭތުކޮށްލަނީ ނިދުމުގައި އެހެންނޫނީ މަސައްކަތުގައި އުޅެމުންނެވެ. އެކަމާމެދު މިހާރު އޭނަގެ ހިތަށް އުނދަގުލެއްވެސް ނުވެއެވެ. ވާނީވެސް އެހެންތާއެވެ. އޭނަގެ މުޅި ޢުމުރު ވޭތުވެގެން ދިޔައީ ނަމާދުގެ މުހިއްމުކަން ނޭނގިއެވެ. އޭނައަށް އެކަން ދުވަހަކުވެސް އެނގޭނެ ކަމާމެދުވެސް އައިމަން އުއްމީދު ކަނޑާލައިފިއެވެ. ނިވިފައިވާ އެ އުއްމީދުގެ ހުޅުކޮޅު ރޯވުމަށް ދެން މާ ގިނަ ދުވަހެއް ނެތްކަން އައިމަނަކަށް ރޭކާނުލައެވެ.

 

ފެބްރުއަރީ މަހުގެ ދެވަނަ ހަފްތާގައި އައްޑޫގެ ސްކޫލަކާއި ވާހަކަ ދައްކައިގެން ޝިޔާ އެ ސްކޫލަށް ވައްދާލެވުނެވެ. ސްކޫލަށް ދާން އޮތް ދުވަހު ޝިޔާ ޖެހިލުންވީ އައިމަން ވެސް އެ ސްކޫލްގައި ހުންނާނެއޭ ހިތް ބުނުމުންނެވެ. އެހެނަސް އެރޭ އައިމަން އެ ރެސްޓޯރެންޓުން ފެނުމުން އޭނަ ސްކޫލަށް ނުދަނީތާއޭ ޝިޔާގެ ހިތް ބުންޏެވެ. އެކަން ޤަބޫލުކުރަން ދަތިވިއެއްކަމަކު ޝިޔާ ބޮޑުދައިތައެއްގެ ފިރިމީހާ ކާރުގައި ސްކޫލަށް ދިޔައީ އެ ޚިޔާލުން ހިތަށް ހަމަޖެހުމެއް ގެނެސްގެންނެވެ. އެހެނަސް ޝިޔާ ސްކޫލްގެ ގޭޓުން ވަދެގެން ދިޔަތާ މާ ގިނައިރެއްނުވެ އޭނައާއި ނުހަނު ކައިރިން ސައިކަލެއް ދިޔަ އަޑު އޭނައަށް އިވުނެވެ. ސްކޫލްގެ ތެރޭގެ ވަކި ހިސާބަކަށް ގޮސް މަޑުކޮށްލެވުނު އެ ސައިކަލަށް ބަލާލި ތަނާހެން ޝިޔާގެ ހިތް އަވަސްވާ ގޮތްވިއެވެ. އެ ސައިކަލުގެ ފަހަތުގައި ހުރި ކުއްޖަކު ފޭބުމުން ސައިކަލުގެ ތަޅުދަނޑިއާއެކީ އެއިން ފޭބީ އައިމަން ނޫން ދެވަނަ މީހެއް ނޫންކަން ޝިޔާއަށް ޔަޤީން ކުރެވުނެވެ. ޝިޔާ އައިމަނަށް ނުފެނުމަށްޓަކައި އެމީހުންނަށް ފަސްދިނެވެ. އަދި ގޭޓާއި ދިމާލަށް ލަސްފިޔަވަޅުތަކެއް އަޅަންފެށިއެވެ. އޭނަ އަނެއްފަރާތަށް އެނބުރުނީ އައިމަނާއި އޭނަގެ އެކުވެރިޔާގެ އަޑު ކެނޑުމުންނެވެ. ފަސްއެނބުރި ބަލާލިއިރު އެމީހުން ފެންނަން ނެތުމުން ޝިޔާއަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ.

 

ފުރަތަމަ ފަހަރު ޝިޔާއަށް “ސަލާމަތް” ވެވުނެއްކަމަކު މާ ގިނައިރެއް ވަންދެން އޭނަ އެކަމުގައި ކާމިޔާބު ވާގޮތެއް ނުވިއެވެ. ޝިޔާއަކީ ބިޒްނަސް ކިޔަވާ ކުއްޖަކަށްވުމުން އޭނަ ޖެހުނީ އައިމަނާއި އެއްކުލާހެއްގައެއް ނޫނެވެ. އެހެނަސް ފުރަތަމަ ދުވަހުވެސް ޝިޔާއާއި އައިމަންގެ ނަޒަރު އެތައް ފަހަރަކު ބަދަލުވިއވެ. ފުރަތަމަ ފަހަރު އައިމަންގެ މޫނުމަތިން ޙައިރާންކަމެއް ފެނުނެއްކަމަކު 2 ތިން ދުވަސްފަހުން ޝިޔާ ފެނިފައި އޭނަގެ ކިބައިން ފެނިގެންދާ ސިހުންވެސް ނެތިދިޔައެވެ.

 

އައިމަންގެ ޚިޔާލުތަކުން ކުޑަކޮށް ވެސް ދުރުވެވޭ ގޮތްވުމުން ޝިޔާ އަނެއްކާވެސް އޭނަ އައްޑޫއަށް އައި ޙަޤީޤީ މަޤްޞަދުގެ މަތިން ހަނދާން ކުރިއެވެ. އަދި އެ މަޤްޞަދު ޙާޞިލުކުރުމަށްޓަކައި މަގު ކޮށޭތޯ ބެލިއެވެ.

 

“ހެހެހެ……ދެން އޭނަގެ ލަވަތައް ކިތަންމެ ރީތިވިޔަސް މިހާރު އޭނަ އެކަން ހުއްޓައިފިދޯ؟ ކީއްކުރާނީ؟ ކޮބައިތަ މިހާރު އޭނަ؟ ހިތަދޫގަތަ އުޅެނީ؟” ޝިޔާ އެއްދުވަހު އިންޓަވަލް ގަޑީގައި ކުލާހުގައި އިނދެ އޭނައަށް ލިބުނު އެކުވެރިއެއް ކަމަށްވާ މައިރާއާއި ވާހަކަ ދެއްކިއެވެ.

 

“ނޫން ފޭދޫގަ. މިހާރު އޭނަ ހުރީ އޮފީހުގެ ފަރާތުން ވޯކްޝޮޕަކަށް މާލެއަށް ގޮއްސަޔޯ އަހަރެން އަޑުއެހީ.” މައިރާ ބުނެލިއެވެ. ހަމަ އެއާއެކު ޝިޔާގެ ހިތް ގެނބުނެވެ.

 

“ކިތައް ދުވަހުގެ ވޯކްޝޮޕެއް؟” ޝިޔާއަށް ބޭއިޚްތިޔާރުގައި އަހާލެވުނެވެ.

 

“އޯ މައި މައި! ޝިޔާ ވެސް ސޭމްއާ މީޓްކުރަން ބޭނުންވަނީތަ؟ ހެހެ……އަހަންނަށް ސީރިއަސްކޮށް ވެސް ނޭނގޭ ކިހާ ދުވަހެއްގެ ވޯކްޝޮޕެއްކަން. އޭނަ އެކަހަލަ ކަންތައް އެފް ބީގަ ވެސް ޝެއާރއެއް ނުކުރެއެއްނު މިހާރު؟” މައިރާ ބުންޏެވެ. ޝިޔާއަށް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ލުއިގޮތަކަށް ޗޮއްކަނޑާލެވުނެވެ.

 

“ކިހިނެއްވީ؟ ޝިޔާ ސޭމްއާ މީޓް ކުރަން ބޭނުމިއްޔާ އޭނަގެ ވައިފްއަށް ކޮންޓެކްޓް ކޮށްލަންވީއެއްނު؟ އެއީ ވަރަށް ހިތްހެޔޮ މީހެކޯ މީހުން ބުނާ އަޑު އިވޭ.” މައިރާ އެންމެ ފަހުން ބުނެލި ވާހަކައިން ޝިޔާއަށް އޭނައާއި ދިމާލަށް ބަލަން އިނދެވުނެވެ.

 

ނުނިމޭ

32
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Jana

Other Articles

Previous

ރަތް މޫނު

Next

އެޕާރޓްމަންޓް 4ބީ (ތިންވަނަ ބައި)

Next
February 23, 2017

އެޕާރޓްމަންޓް 4ބީ (ތިންވަނަ ބައި)

Previews
February 22, 2017

ރަތް މޫނު

20 Comments

  1. Jana says:
    February 22, 2017 at 11:11 pm

    Assalam’alaikum 🙂 7 minute lasvi kamattakai nihaayathah maafah edhen. dhen oiy bai jana genesdheyn beynunvany saturday ga. Ey jana kuriah kuran huri kanthakah balaafa heevaa gothun maadhamaa up kuran ulhefiyyaa vv kuruvegen dhaane hen heevany. hukuru dhuvahuves baivaru masakkaiythah nimman reyvifa eba huri. ehenvyma next part hama saturday ga In Sha Allah. 🙂

  2. Xoxo says:
    February 23, 2017 at 12:00 am

    Shiyaa bodudhaithage firiyehge caarugaey??!!!!
    How many husbands she have????!!

    1. Jana says:
      February 23, 2017 at 12:09 am

      firimeehaaaaaaaaaaaa*** hehehe…. 😛 edit kollaifin ingey? 😉 Xoxo adhives eba ulheykan engunyma ufaavejje. Alhamdhulillah! 😀

  3. 404Error says:
    February 23, 2017 at 12:41 am

    masha Allah, varah salhi…, saturday ga nxt part upl kohdheynan dhw?? hehe ☺☺

    1. Jana says:
      February 24, 2017 at 10:35 pm

      Alhamdhulillah! (All praise and thanks belong to Allah) 🙂 In Sha Allah up kohdheynan 😀

  4. އައިޝާ says:
    February 23, 2017 at 2:54 am

    ޝިޔާއާ ޝަފަޤް ވާނީ ބެސްޓް ފްރެންޑްސްއަށް ކަންނޭނގެ! ދެޓް ވުޑް ބީ ރިއަލީ ނައިސް! ކާންޓް ވެއިޓް ފޯ ދެމް ޓު މީޓް. މެހެނާޒްއަށް ވީގޮތްވެސް ވަރަށް ބަލާލަން ބޭނުން. ވ. ރީތި މިބައިވެސް!

    1. Jana says:
      February 24, 2017 at 10:36 pm

      ހެހެހެ……ނުލާހިކު އެއްވައްތަރެއްގެ ޚިޔާލުތައް ގެންގުޅޭ ދެމީހުންވިއްޔާދޯ އެއީ؟ ދެން ބަލަމާ ވާ ގޮތެއް އިން ޝާ ﷲ . އަލްޙަމްދުލި ﷲ!

  5. Minie says:
    February 23, 2017 at 11:07 am

    Helow Jana. Minie aky mi story gavaidhun kiyaa kuhjeh..n masha allah this story is so inspiring… minie ge request eh thankolheh kurukoh pharagraph thah bahtan kohlun ey dhigu v ma thankolheh undhagu kiyaalan…jst an advise…

    1. Jana says:
      February 24, 2017 at 10:41 pm

      Alhamdhulillah if this story benefited you in any way. No doubt its only Allah Who guides……hmm thee jana ge ves hithah araa vaahaka eh. paragraph thah dhiguvun. dhiguvegen e dhany aslu jana characters menge hurihaa ihsaaseh kiyaidheyn beynunvaathy. vakin khaassakoh akhlaaqee eki eki kanthakaai dheeny kanthahthakugai emeehunge nazariyyaathu hunna goiy sifakurumattakai. mi ihsaas thah aharumen dhenegane e kanthakah address kurumaky muhimmu kameh kamugai dhekeythy hama paragraph thah kurunuvegen miulheny. hehe….dhen In Sha Allah try kuraanan muhimmu issues thah miss nukoh kuru kureveytho 🙂 Jazakillah Khairan for pointing out an edge i could perfect In Sha Allah. 🙂

  6. rim says:
    February 23, 2017 at 4:54 pm

    V v v reethi mivaahaka dheenii baithah genes dhiifa huriima v v v kiyaa hihvey mivaahaka kiyaafa rovije varah varah furihama jana ah kurierun dhehvaashi aameen

    1. Jana says:
      February 24, 2017 at 10:42 pm

      Ameen! Maai Allah alhamen kuraa komme heyo kameggai barakaaiy lavvaashi. Ameen! Alhamdhulillah! 🙂

  7. $#@#0o says:
    February 23, 2017 at 6:59 pm

    V reethi mi part vs… Waitin..

    1. Jana says:
      February 24, 2017 at 10:43 pm

      Alhamdhulillah! Next part saturday ga In Sha Allah 🙂

  8. Aikko says:
    February 24, 2017 at 2:38 pm

    Maashaa Allah mi part ves varah reethi. Allah Jana ge thiya masahkathuga barakaai lahvvashi. Aameen.! ?

    1. Jana says:
      February 24, 2017 at 10:44 pm

      Alhamdhulillah! Maai Allah alhamen kuraa komme heyo kameggai barakaaiy lavvaashi! Ameen! 🙂

  9. ? says:
    February 24, 2017 at 9:32 pm

    jana,,,,mi vaahakaaga adhi kithah bai innaane tha??

    1. Jana says:
      February 24, 2017 at 10:45 pm

      dhen onnaany 8 varakah bai In Sha Allah 🙂

  10. Jana says:
    February 24, 2017 at 10:50 pm

    Assalam’alaikum. mi bayaa gulhey fb post thah dhen anna bayakaa eky fenigen dhaane vaahaka bunelameve. vaahaka alah kiyan feshi kiyuntherin thibi nama mi page ah ziyaaraiy kollun edhemeve. Jazakumullah Khairan! 🙂

    https://www.facebook.com/Asr-1445208739121696/

    mi page aky vaahakain libey naseyhaiy thah tafseel vamun anna page ekeve. veema kiyuntherin fb post thah kiyaalumaky varah bodu edhumekeve. adhi evves postakun faidhaa eh kuriyya e naseyhaiy thah ekuverinnaai ‘aailaa aa hissaa kurun edhemeve. 🙂

  11. mimmi says:
    February 25, 2017 at 10:40 pm

    jana sis mireyaku neii tha vaahaka eh

  12. Adhoo says:
    February 26, 2017 at 12:22 am

    Alhey janaa mirey up nukuranytha? Up kureythw mi onnany.. mihaaru nidhi aisfi

Comments are closed.

All Right Reserved!