އެއީ ‘އެލެގެންޓް ހޯމްސް’ ނަމަކަށް ކިޔާ ކުންފުންޏެއްގެ އެގްޒެކިއުޓިވް އެސިސްޓެންޓެއްގެ މަޤާމެވެ. މުސާރަވެސް ފުދޭވަރަކަށް ރަނގަޅުވުމުން ޝަރަފް ޝައުޤުވެރިވިއެވެ. އޭނަ ހަމަ ވަގުތުން ވަގުތަށް އިންޓަވިއުއަށްދާން ބޭނުންވިއެވެ. ދޮންތަ ގެއަށް އައުމުގެ ކުރިން ވެސް ދޮންތަ އުފާވާނެ ފަދަ ކަމެއް ކުރުމަށްޓަކައެވެ. އަދި އޭނަ ދޮންތައަށް ގެއްލުން ދިނުމުގެ ބަދަލުގައި ދޮންތައަށް އެހީވާން ބޭނުންވާކަން ވެސް ދެއްކުމަށްޓަކައެވެ. ޝަރަފް ވަގުތުން އަވަސްވެގަތީ އޭނަގެ ސެޓްފިކެޓްތައް އެއްކުރުމަށެވެ. ހެދުން ފޮށީގެ ކޮންމެވެސް ބައެއްގެ ތެރޭގައި އޮތް ފައިލެއްގައި […]
“އަފޫ ބަލާބަލަ! ޝަރަފް ޢައްބާސްގެ މެސެޖެއް!!” ފައިހާ ބުނެލި ވާހަކައިން އަފާފަށް ހީވީ އޭނަގެ ހިތް ހުއްޓުމަކަށް އައީހެންނެވެ. އޭގެ ދެވަނަ ސިކުންތުގައި ފައިހާ އެ މެސެޖު ކިޔާލިއެވެ. “ހޫ އާރ ޔޫ؟ ފޯ ރިއަލް؟” ފައިހާ ސުވާލުގެ ރާގަކަށް މެސެޖު ކިޔާލިއެވެ. އެއާއެކު ފަޅި ސިކުންތެއްގެ ތެރޭގައި އޭނައަށް އެ ޝަރަފް ޢައްބާސްއާ ބެހޭ ގޮތުން އެތައް ޚިޔާލެއް ކުރެވުނެވެ. އެމީހަކަށް ޙަޤީޤަތުގައި ވެސް އޭނަ އެނގެނީބާއެވެ؟ އެނގެންޏާ އެނގެނީ ހާދަ ތަފްޞީލުކޮށެވެ. ބިންތު ޢައްމާރަކީ […]
އެއަށްފަހު އޭނަ ޓަކި ދިނުމަށްޓަކައި އަތް އުފުލާލި ތަނާހެން އެ ދޮރު ހުޅުވިގެން ދިޔައެވެ. އެއާއެކު ޝަރަފް ގަނޑުވެގެން ދިޔައެވެ. އޭނަގެ ނޭވާ ކަރުގައި ތާށިވެ ހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ. އޭނަގެ ކުރިމަތިން ފެންނަމުން ދިޔަ ސޫރައާއިމެދު އޭނައަށް ޤަބޫލުކުރަން ވެސް ދަތިވިއެވެ. އެހެނަސް އެއީ ހަމަ އެ ވަށް މޫނެވެ. އެ ތޫނު ކަޅިރަވައެވެ. އެ ފުރިހަމަ ހިނިތުންވުމެވެ. އެ ހިނިތުންވުން ސީދާ އޭނައާއި އަމާޒުވި ވަގުތު ޝަރަފްގެ ދެފައިން ވާގިދޫވާން އުޅުނުހެން އޭނައަށް […]
“ދެން އެންމެ ރަނގަޅު. ތިވީ ގޮތުން ޝަރަފް މާލެއަށް ގޮއްސަ އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ބިންތު ޢައްމާރު ހޯދުން. ބަދަލުގައި ޝަރަފް ބޭނުން ޢަދަދަކަށް ފައިސާ ލިބޭނެ. ފުރަތަމަ އޭނަ ހޯދާ. ދެން ހަދަންވީ ގޮތް ފަހުން ކިޔައިދޭނަން.” އެކޮޅުން އިވުނު ވާހަކަތަކުން ޝަރަފްގެ ދެބުމަ ކައިރިވިއެވެ. ޝަރަފް އެއްޗެކޭ ބުނަން އުޅުނުތަނާހެން ދެންވެސް އެކޮޅުން ވާހަކަ ދެއްކިއެވެ. “އަހަންނަކީ ޝަރަފްއަށް ހެޔޮ އެދޭ މީހެއް ގޮތުގަ ދެކިގެން އަހަރެން މި ބުނާ ބަސްތައް […]
އެއީ މާތް ﷲ އެކަލާނގެއަށް އީމާންވާ މީހުން އަނދިރީގެ ތެރެއިން އަލިކަމުގެ ތެރެއަށް ގެންނަވާކަމަށް ވަޙީކުރައްވާފައިވި އާޔަތެވެ. ފާއިތުވަމުން ދިޔަ ދުވަސްތަކުގެ ތެރޭގައި ދުވަހަކުވެސް އަފާފްގެ އެ ޕޭޖަށް ނުލިބޭފަދަ ތަރުޙީބެއް ލިބިގެން ދިޔައެވެ. އެމީހުންގެ އުޅުން ބަދަލުކުރަން ބޭނުންވެގެން މީހުން ‘ބިންތު ޢައްމާރު’އަށް ކުރަމުން ދިޔަ މެސެޖުތައް ގިނަވެގެން ދިޔައެވެ. އެ މެސެޖުތައް ފައިހާ އަފާފަށް ކިޔައިދިނުމުން އަފާފް އެމީހުންނަށް ކުރަންވީ މެސެޖު ކިޔައިދެއެވެ. އަފާފް ކިޔައިދިނުމުން ފައިހާ އެ މެސެޖު ޓައިޕްކޮށްފައި އެ […]
“އައިމް ސޮރީ…..އައިމް ސޯ ސޮރީ.” އެއަތެއްގެ ވެރިއަކު ބުނެލި އަޑު އަފާފަށް އިވުނެވެ. އެއަށްފަހު އޭނައަށް ވީނުވީއެއް ނޭނގި އޭނަގެ ހޭނެތުނެވެ. ** އަފާފް ދެން ހޭއެރިއިރު އޭނަގެ ލޯމަތީގައި އެއްޗެއް އެޅިފައިވިކަން އޭނައަށް އިޙްޞާޞްކުރެވުނެވެ. ހީވާގޮތުން އޭނަގެ ދެލޯ މަތީގައިވަނީ މަޑު ކަފަކޮޅުތަކެއް އެޅި، ބަނދެވިފައެވެ. އޭގެ ސަބަބުން ލޯ ހުޅުވާލަން ނުކުޅެދުމުން އަފާފަށް ދެބުމަ ކައިރިކޮށްލަމުން އޭނަގެ ދެލޯ މަތީގައި އެއްއަތް އަޅާލެވުނެވެ. “އަފޫ!” އޭނައަށް އެ އޮވެވުނު ތަނުގެ ތެރެއިން ބައްޕަގެ އަޑު […]
އޭނަ ޓިކެޓް ނަގައި ބަލާލިއިރު ފުރަން އޮތީ ހުކުރު ދުވަހު ހަވީރު އޮސްޓްރޭލިޔާގެ ސިޑްނީއަށެވެ. ޝަބާގެ ކޮއްކޮމެން އުޅޭނީ ސިޑްނީގައިތޯ އެހިނދު އަފާފްގެ ހިތް ސުވާލުކުރިއެވެ. އިއްތިފާޤަކުން ވެސް އޭނަ އެމީހުންނާއި ދިމާވެއްޖެނަމަ އޭނަ އެމީހުންނާއި އެކުވެރިވެ އެމީހުންނަށް ނަޞޭޙަތްތެރިވެވޭތޯ ބަލާނެއެވެ. އެހެން ހިތަށްއެރިއިރު އެ ކޮއްކޮމެންނަކީ ފިރިހެނުންނަށް ވެދާނެއެކޭ އޭނަގެ ހިތް ނުބުނެއެވެ. ޓިކެޓަށް ބަލަހައްޓައިގެން އިނދެފައި އަފާފަށް މޭޒުމަތީގައި އޮތް އޭނަގެ ފޯނު ނަގައި ނަންބަރުތަކަށް ފިތާލެވުނީ ކަމެއް ހަނދާންވުމުންނެވެ. “ސަލާމް […]
“ބިންތު ޢައްމާރު….” ޝަރަފަށް ވައި އަޑުން ކިޔާލެވުނެވެ. ހަމަ އެއާއެކު އޭނަގެ ނިތަށް ރޫގިނަވިއެވެ. މިއީ ކޮންކަހަލަ ނަމެއްތޯ ހިތަށްއެރިއެވެ. މި ވާނީ ހަމަ ޔަޤީނުންވެސް ދީނުގައި “ހައްދު ފަހަނަޅާފައިވާ” އަންހެނެއް ކަމަށެވެ. އެ ނޫންނަމަ މިކަހަލަ ނަމެއް މި ޕޭޖަށް ދޭންވީ ފަހެ ކީއްވެ ހެއްޔެވެ؟ ޝަރަފް ހަމަ އިސާހިތަކު އެ އަންހެން ކުއްޖާގެ ހުރިހާ ސިފައެއް އަމިއްލަ އަމިއްލައަށް ނިންމައިފިއެވެ. އެ ވާނީ ހަމަ ޔަޤީނުންވެސް ދެއްކުންތެރިކަމަށްޓަކައި ދިގު ހެދުންލާ ކުއްޖަކަށެވެ. ގިނަ މީހުންގެ […]
މެންދަމެއްގެ ހިމޭން ވަގުތުގައި ކްލަބެއްގެ ތެރެއިން އިވެމުން ދިޔައީ ބާރު މިޔުޒިކެއްގެ އަޑެވެ. ދޭތެރެދޭތެރެއިން ފެންނަމުން ދިޔަ އަލި ކޮޅުކޮޅުން މާޙައުލުގެ ޙާލަތު ސާފެއް ނުވިއެއްކަމަކު އަންހެނުންނާއި ފިރިހެނުން މަސްހުނިވެ ނަށަމުން ދާކަން އެނގެއެވެ. އެއްފަރާތެއްގައި ފަނޑު ނޫކުލައިގެ އައްޔަކުން އަލި ކުރެވިފައިވާ ބާރއިން މަސްތުކުރުވަނިވި ބުއިންތައް ވިކެމުން ދާތަން ފެނެއެވެ. ކްލަބުގައި ތިބި ގިނަ މީހުންގެ ގައިގެ ކުލަ އަލިވެފައި އިސްތަށިގަނޑުގެ ކުލައިގެ ގޮތުން އެއީ އިނގިރޭސި ބައެއްކަން އެނގެއެވެ. އެހެނަސް ފަނޑު ފެހިކުލައިން އަލި […]