Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ނޫރު (ހަތްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
December 7, 2017 8 Mins Read
23 Comments

އެއަށްފަހު އޭނަ ޓަކި ދިނުމަށްޓަކައި އަތް އުފުލާލި ތަނާހެން އެ ދޮރު ހުޅުވިގެން ދިޔައެވެ. އެއާއެކު ޝަރަފް ގަނޑުވެގެން ދިޔައެވެ. އޭނަގެ ނޭވާ ކަރުގައި ތާށިވެ ހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ. އޭނަގެ ކުރިމަތިން ފެންނަމުން ދިޔަ ސޫރައާއިމެދު އޭނައަށް ޤަބޫލުކުރަން ވެސް ދަތިވިއެވެ. އެހެނަސް އެއީ ހަމަ އެ ވަށް މޫނެވެ. އެ ތޫނު ކަޅިރަވައެވެ. އެ ފުރިހަމަ ހިނިތުންވުމެވެ. އެ ހިނިތުންވުން ސީދާ އޭނައާއި އަމާޒުވި ވަގުތު ޝަރަފްގެ ދެފައިން ވާގިދޫވާން އުޅުނުހެން އޭނައަށް ހީވިއެވެ. ހަމަ އެވަގުތު އޭނަގެ އަތަށް ދުލެއް ދެވުނު ހިނދު އޭނަ ހިފަހައްޓައިގެން ހުރި ފޮށި ބިންމަތީގައި ކޮޅަށް ޖެހުނެވެ.

 

ނުހަނު ގާތުން އަޑެއް އިވިގެން ދިޔުމުން އަފާފަށް ސަމާލުވެވުނު ހިނދު އޭނަގެ ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. ދެބުމަ ކައިރިވެ ނުތަނަވަސްވެގެން ދިޔައީ އޭނަގެ ކުރިމަތީގައި މީހަކު ހުއްޓި ހުރިހެން ހީވުމުންނެވެ. ދުވި ފިރިހެން ސެންޓެއްގެ ވަހުން އެކަން ޔަޤީނަކަށް ބަދަލުވީވީހެން އަފާފްގެ ހިތުގެ ތެޅުން އަވަސްވިއެވެ. އޭނަ ޝަބާއަށް ގޮވާލަން އަނގަ ހުޅުވާލިއެއްކަމަކު އޭނަގެ ދޫ ޙަރަކާތް ނުކުރިއެވެ. އޭނައަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އެތެރޭގައި އިން ޝަބާ ވާހަކަ ދެއްކިއެވެ.

 

“ބުނީމެއްނު އަފާފަށް ތިކަންވާނެއޭ؟ ދެން މިކޮޅަށް އެނބުރިލާފަ މިފަރާތަށް އާދޭ.” ކާ މޭޒުދޮށުގައި އިނދެ ޝަބާ ބުނެލި ވާހަކަ ދޮރު މަތީގައި ތިބި ދެ މީހުންނަށް ވެސް އިވިގެން ދިޔައެވެ. ޝަރަފްގެ ނަޒަރު ދެންވެސް އަފާފަށް ހުއްޓިފައިވީއިރު އަފާފަށް ހުރެވުނީ ހިރިލަން ވެސް ނުކެރިފައެވެ. އެހެނަސް އޭނަ އެންމެ ފަހުން ހިތްވަރު ކޮށްލިއެވެ.

 

“ޝް….ޝަ..ބާ. ކޮންމެވެސް މީހަކު އެބަހުރި.” އަފާފް ހުރިގޮތަށްހުރެ ބުނެލިއެވެ. އެއާއެކު ޝަރަފަށް ގޭގެ ތެރެއަށް ނަޒަރެއް ހިންގާލެވުނީ ނުތަނަވަސްކަން ވެރިވެގެން ދިޔަ ހިތެއްގެ ސަބަބުންނެވެ. އޭނައަށް ފަހަތަށް ފިޔަވަޅެއް އަޅާލަމުން ފުން ނޭވައެއް އެތެރެއަށް ދަމާލެވުނެވެ. ޝަރަފަށް ނޭނގުނުކަމަކީ އެ ޙަރަކާތްތަކުގެ އަޑުތަކުން އޭނަގެ ކުރިމަތީގައި ހުރި އަންހެން ކުއްޖާއަށް އާދަޔާ ޚިލާފު އިޙްޞާޞްތަކެއް ކުރެވުނުކަމެވެ.

 

“ކާކުތަ؟” ޝަބާ އެހެން އަހާލަމުން އޭނަ އިން ގޮނޑިން ތެދުވެ ދޮރާއި ދިމާލަށް ދާންފެށިއެވެ. އޭނަ ގޮސް ދޮރާއި ހަމަވީ ވަގުތު ޒުވާން ފިރިހެން ކުއްޖަކު ފެނިފައި ކީއްކޮށްދޭންވީތޯ ސުވާލުކުރެވެން އުޅުނެވެ. އެހެނަސް އޭނައަށް އެއްޗެކޭ ނުބުނެވެނީސް އެ ޒުވާނާގެ ކައިރީގައި ހުރި ހެދުން ފޮށި ފެނިފައި އޭނައަށް ދެވަނަ ފަހަރަށް ޒުވާނާގެ މޫނަށް ބަލާލެވުނެވެ. އެއާއެކު އެއީ ކާކުކަން ނަގައިގަންނަން ޝަބާއަށް ނެގީ ފަޅި ސިކުންތެކެވެ. އޭނައާއެކީ އެ ޒުވާނާގެ ވެސް މޫނުމަތީގެ ކުލަވަރު ބަދަލުވި ވަގުތަކީ ފައިހާ އެތަނަށް އައި ވަގުތެވެ.

 

“ހޭއި އެވްރީވަން. ސޮރީ ކުޑަކޮށް ލަސްވީތީ…….އޯ އެމް…..ޖީ…” ސިޑިން އަރައިގެން އައި ފައިހާއަށް ޝަރަފް ފެނިގެން ދިޔުމުން އޭނައަށް ހަޅޭއްލަވައިގަނެވެން އުޅެވުނު ވަގުތު ޝަރަފް އޭނައަށް ބަލާލުމުން އޭނަ މައިތިރިވިއެވެ. އެ ހިނދު ޝަބާ ފައިހާއާއި ވާހަކަ ދެއްކިއެވެ.

 

“ފައިހާ…..އަފާފް ގެއަށް ގެންދޭ.” ޝަބާ ސީރިއަސް އަޑަކުން ބުނެލި ވާހަކައިން ވާނުވާއެއް ނޭނގިފައި ހުރި އަފާފަށް އިތުރު ޙައިރާންކަމެއް ލިބުނެވެ. އޭނަގެ ކުރިމަތީގައި ހުރި މީހެއްގެ ސަބަބުން ޝަބާއަށް ބަދަލެއް އައިއްސިކަން އޭނައަށް ޔަޤީން ކުރެވުނެވެ. އޭނައަކީ ދުވަހަކުވެސް އެހެން ބަޔަކު އޭނައަށް ފޮރުވަން އުޅޭ ވާހަކައެއް ދެނެގަންނަން އުޅޭ ޒާތުގެ މީހެއްނޫނެވެ. އެހެނަސް އެވަގުތު ނޭނގޭ ސަބަބަކާހުރެ އޭނަ އެތާނގައި ހުންނަން ބޭނުންވިއެވެ. ފައިހާ އޭނަގެ އަތުގައި ހިފައި ގެންދަން އުޅުމުން އޭނަ ހިސާބަކަށް ނުރުހުންވެސްވިއެވެ. އެހެނަސް އަފާފް އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން ފައިހާއާއެކީ ފިޔަވަޅުތައް ކުރިއަށް އަޅަން ފެށިއެވެ. އޭނަ ދާން ފެށުމުން ވެސް އެޒުވާނާ އެއްފަރާތަކަށް ފިޔަވަޅު އަޅާލިކަން އޭނައަށް އެނގުނެވެ. އޭނައަށް ނޭނގުނު ކަމަކީ އޭނަ އެ ސިޑި ބަރިން ފައިބައި ނިމެންދެކަށް ވެސް އެ ޒުވާނާގެ ނަޒަރު އޭނައަށް ހުއްޓިފައިވިކަމެވެ.

 

އަފާފް ލޯމައްޗަށް ގެއްލިގެން ދިޔުމުން ޝަރަފް އަނެއްކާވެސް އޭނަގެ ދޮންތައާއި ކުރިމަތިލިއެވެ. ހަމަ އެއާއެކު އޭނައަށް އަފާފްގެ ޚިޔާލުތަކުން ދުރުވެ ދޮންތައަށް ހުރިހާ ސަމާލުކަމެއް ދެވުނެވެ. އެއީ ހަމަ ގައިމުވެސް މީގެ އަހަރުތަކެއް ކުރިން އޭނަ ދުށް ދޮންތައެއް ނޫނެވެ. ދޮންތަ ފެންނަމުން ދިޔައީ އިހުނަށްވުރެ ހިކިވެފައި އަނަރޫފަކޮށެވެ. އިހުގައި އަބަދުވެސް އުޖާލާކޮށް ފެންނަ މޫނު މިއަދު އެ ވަނީ މިލާ މޯޅިވެފައެވެ. ލޮލުގެ ދަށުން ކަޅުވެ އެ ލޮލުން ފެންނަމުން ދިޔައީ ވަރުބަލިކަމެކެވެ. އޭނަގެ ޣައިރު ހާޒިރީގައި ކުރިމަތިވި ޠޫފާނަކުން ސަލާމަތްވި މީހަކު ފަދައިންނެވެ.

 

“ދޮންތާ…..” ޝަރަފަށް ގޮވާލެވުނީ ވައި އަޑަކުންނެވެ. ދޮންތަ ތަޙައްމަލުކޮށްފައިވާނެ ދަތިތައް ހިތަށް ތަޞައްވުރު ކުރެވުމުން އެ ހިތަށްވެސް އަސަރުކުރިއެވެ. އިތުރަށް ހިތްދަތިވެގެން ދިޔައީ އޭނަ ގޮވާލުމުން ދޮންތަގެ ލޮލަށް ކަރުނަތައް ޖަމާވެ ދޮންތައަށް ގިސްލެވެން ފެށުމުންނެވެ.

 

އެތައް އަހަރެއް ފަހުން އޭނަ އެންމެ ލޯބިވާ ކޮއްކޮ އޭނައަށް ގޮވާލި އަޑުއިވުމުން ޝަބާއަށް ކެތްނުކުރެވުނީއެވެ. ޤަބޫލުކުރަން ދަތިވިއެއްކަމަކު އޭނަގެ ކުރިމަތީގައި ހުއްޓި އެހެރީ ހަމަ އޭނަގެ ކޮއްކޮއެވެ. ޝަބާއަށް މޫނުގައި ދެއަތް އަޅާލަމުން ޝަރަފަށް ފަސްދީފައި އެތެރެއަށް ފިޔަވަޅުތައް އަޅާލެވުނީ އޭނަގެ ކަރުނަތައް ޝަރަފަށް ފޮރުވުމަށެވެ. އޭނައަކީ ދުވަހަކުވެސް އޭނަގެ ކޮއްކޮމެންގެ ކުރިމަތީގައި ރުއި މީހެއްނޫނެވެ. އެހެނަސް އެވަގުތު ޝަރަފަށް މޫނު ފޮރުވައިގެން ވެސް އޭނައަށް އޭނަގެ ގިސްލުމުގެ އަޑު ހުއްޓުވޭ ގޮތެއް ނުވިއެވެ. ހިތުތެރޭގައި ޝަރަފާއިމެދު އެތަކެއް ޝަކުވާއެއްވިއެއްކަމަކު އެ ޝަކުވާތަކުގެ މައްޗަށް އޭނަގެ ހިތަށް ވެރިވެފައިވި އުފާވެރިކަން ގަދަ ހޯދިއެވެ. ވި ހުރިހާ ކަމަކަށް ފަހުވެސް ޝަރަފް މިހާރު އެއައީ މި ވޭތުވެ ދިޔަ އަހަރުތަކުގެ ބަދަލުދޭންކަމަށް އޭނަގެ ހިތް ބުނަމުން ދިޔައީ ކީއްވެކަމެއް ނޭނގެއެވެ. ޝަރަފް ދެންބުނެލި ބަސްތަކުން އެ ހީ ޔަޤީނަކަށް ބަދަލުވެގެން ދިޔައެވެ.

 

“ދޮންތާ އައިމް ސޮރީ……ފޯ އެވްރީތިންގް.” ޝަރަފަށް މިފަހަރު އެވާހަކަ ބުނެލެވުނީ ކުރެހިފައިވި އަޑަކުން ފެންކަޅިވެފައި ހުރެއެވެ. އޭނަ އެހެން ބުނެލިތަނާހެން ދޮންތަ އޭނައަށް ބަލާލީ ކަރުނުން ފުރިގެންވި ދެލޮލުންނެވެ. ދޮންތަ އެއްކޮށް އޭނައާއި ދިމާލަށް އެނބުރިލަމުން ވާހަކަ ދެއްކިއެވެ.

 

“ދެން ނުވަންނާނީތަ؟” ރޮވިފައިހުރެ ދޮންތަ އެހެން ބުނެލުމުން ޝަރަފަށް ކަރުނަތަކުގެ ތެރެއިން ހީލެވުނެވެ. އޭނަ އޭނަގެ ހެދުން ފޮށި ހިފައިގެން ގޭގެ ތެރެއަށް ވަނީ އޭނަގެ ހަދިޔާ ފޮށީގެ މަތިން އެވަގުތު ހަނދާނެއްވެސް ނެތީތީވެއެވެ.

 

“ކޮބާ އެންމެން؟” ފޮށި އެތާހުރި މޭޒުގެ ކައިރީގައި ބަހައްޓަމުން ޝަރަފް އަހާލިއެވެ. ހަމަ އެވަގުތު އާހިލް މަންމާއޭ ކިޔައި ގޮވަމުން އޭނަގެ ކޮޓަރިން ނިކުތެވެ. އާހިލް ވެސް ޝަރަފް ފެނިފައި ހުއްޓުންއެރިއެވެ. އޭނަ ދެބުމަ ކައިރިކޮށްގެން ޝަރަފަށް ބަލަން ހުއްޓާ ޝަރަފް ވާހަކަ ދެއްކިއެވެ.

 

“ބޮޑުވީމަ ކުދިންކުދިން ދޮންބެމެން މަތިން ވެސް ހަނދާންނެތޭދޯ؟” ޝަރަފް ރާގަކަށް ދޯދިނެވެ. ހަމަ އެއާއެކު އޭނައަކީ ކާކުކަން ނަގައިގަނެވުނު އާހިލްގެ މޫނުމައްޗަށް ފުރިހަމަ ހިނިތުންވުމެއް ވެރިވެ، އޭނަ ދޮންބެއޭ ކިޔާފައި ގޮސް ޝަރަފްގެ ގައިގައި ބައްދާލިއެވެ. ބޭރުގައި ތިބި ތިން މީހުން ވެސް ހިނިތުންވުމެއްގައި ތިއްބާ ދެން ހުރި ކޮޓަރީގެ ތެރެއިން ޝަބާއަށް ގޮވާލެވުނު އަޑު އިވިގެން ދިޔައެވެ. އެ ހިނދު އެ ތިން މީހުންގެ ނަޒަރުވެސް ކުޑަކޮށް ހުޅުވިފައިހުރި އެ ކޮޓަރީގެ ދޮރާއި ދިމާލަށް ދަތުރުކުރިއެވެ. ދޮރަށް ބެލުމަށްފަހު ޝަރަފާއި ޝަބާއަށް އެކަކު އަނެކަކަށް ބަލާލެވުނީ އެކުއެކީގައެވެ. ޝަރަފް ސުވާލުގެ ނަޒަރެއް ދިނުމުން ޝަބާ، އަނގައިގެ ޙަރަކާތުން ‘ބައްޕަ’އޭ ބުނެލިއެވެ. އެއާއެކު އަނެއްކާވެސް ޝަރަފްގެ ހިތް އާދަޔާ ޚިލާފު ގޮތަކަށް ތެޅިލިއެވެ. ބައްޕަގެ ހަނދާންތައް ސިކުނޑިއަށް ވެރިވާން ފެށި ވަގުތު އޭނަގެ މޫނުމައްޗަށް ހިތާމަވެރި ހިނިތުންވުމެއް ވެރިވިއެވެ. ޝަބާ ބޮލުގެ ޢިޝާރާތުން ދާށޭ ބުނެލުމުން ޝަރަފް އެކޮޓަރިއާއި ދިމާލަށް ހިނގާފައި ގޮސް އެ ދޮރު ކައިރގައި މަޑުކޮށްލިއެވެ. އަދި ޖެހިލުންވުމަކާއެކީ ލަސްލަހުން ދޮރު ހުޅުވާލިއެވެ. އެއަޑަށް ކޮޓަރިތެރޭގައި އެނދުމަތީގައި އިން ޢައްބާސް އޭނަގެ އަތުގައި އޮތް ފޮޓޯ އަލްބަމެއްގެ ގަނޑުތައް ހިއްލަމުން ވާހަކަ ދެއްކިއެވެ.

 

“ޝަބާ ކޮބައިތަ ޝަރަފްގެ އަނެއް ފޮޓޯ؟” ޢައްބާސް އެހެން ބުނެލީ އިސްއުފުލާލަމުންނެވެ. އިސާހިތަކު އެހެން އެންމެން ފަދައިން އޭނަގެ ވެސް ޙަރަކާތްތައް މަޑުޖެހުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަގެ ލޯ ކަރުނުން ފުރިގެން ދިޔައީ، އޭނަގެ ކުރިމަތީގައި ހިތާމަވެރި މޫނަކާއެކީ ހުރީ އޭނަ އެތައް އަހަރެއް ވަންދެން އިންތިޒާރުކުރި އޭނަގެ ދަރިފުޅުކަން ޔަޤީންވުމުންނެވެ. އޭނަ ދަރިފުޅާއޭ ކިޔައި ގޮވާލުމާއެކު ޝަރަފް ދިގު ފިޔަވަޅުތަކެއްގައި ގޮސް އޭނަގެ ބައްޕަގެ ގައިގައި ބައްދާލިއެވެ.

 

އެދުވަހުގެ އެ ހަވީރުވެގެން ދިޔައީ އެތައް އަހަރެއް ފަހުން ޢައްބާސްގެ ޢާއިލާއަށް އައި ބަހާރު މޫސުމަކަށެވެ. ޝަރަފް، ޢައްބާސް ކައިރިއަށް ވަނުމަށްފަހު ޝަބާއާއި އާހިލް ވެސް އެ ކޮޓަރިއަށްވަދެ އިށީނެވެ. ޝަރަފް ބައްޕަގެ ޙާލާއިމެދު ސުވާލުކުރުމުން ޝަބާ ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ވަލީދު ދުނިޔެ ދޫކުރި ވާހަކަ ކިޔައިދިންއިރު އޭނަ މަސްތުވާތަކެތި ބޭނުންކުރި ވާހަކަ ނުބުނެވުނީ އެތާނގައި އާހިލް ހުރީތީވެއެވެ. އެއަށްފަހު ބައްޕަގެ ހުރިހާ ކަމެއް ބެލީ އޭނައާއި ގޭގެ ކައިރީގައި އުޅޭ ކޮންމެވެސް ފިރިހެނެއް ކަމަށް ކިޔައިދިން ވަގުތު ޝަރަފްގެ ހިތަށް ލަދުވެތިކަމެއް ވެރިވީ މީގެ މަސްތަކެއް ކުރިން އޭނައަށް އިވިގެން ދިޔަ ބަސްތަކެއް އޭނަގެ ހަނދާނަށް އައުމުންނެވެ.

 

“އެންމެ ބަލިކަށި މީހަކީ އެމީހެއްގެ ޢާއިލާ އެމީހަކަށް އުފަލުގައި ނުގެންގުޅެވޭ މީހެއް. އަދި އެންމެ ފިނޑި މީހަކީ އަމިއްލަ އެދުމަށްޓަކައި އެހެން މީހަކަށް އަނިޔާއެއްދޭ މީހެއް.” ދޮންތަ ދައްކަމުން ދިޔަ ވާހަކަތަކުގެ ތެރެއިން އޭނަގެ ސިކުނޑި މި ބަސްތައް ހަނދާންކޮށްދިނުމުން ޝަރަފަށް އެ ބަސްތަކާމެދު އިހުނަށްވުރެ ބޮޑަށް ވިސްނުނެވެ. ހަމަ ޙަޤީޤަތުގައި ވެސް އޭނައަށް ލިބިފައިވި ބާރެއްގެ ބޭނުން ކޮށްގެން އޭނަދެކެ އެންމެ ލޯބިވާ މީހުންނަށްޓަކައި ކަމެއް ކޮށްނުދެވޭނަމަ އޭނައަށް ކުރެވުނީ ކޮން މޮޅުކަމެއް ހެއްޔެވެ؟ އެ ސުވާލު ހިތަށް ވެރިވި ވަގުތު ހަމަ ދާދި ދެންމެއަކު އޭނައަށް ފެނުނު އަންހެން ކުއްޖާގެ ސޫރަވެސް އޭނަގެ ލޯމަތިން ސިފަވެގެން ދިޔައެވެ. ޝަރަފް އަމިއްލަ ޚިޔާލުތަކުގެ ފުން ކަނޑަށް ގެނބެން އުޅެނިކޮށް ޝަބާ ސުވާލެއް ކުރިއެވެ.

 

“އަސްލު ޝަރަފް އަނބުރާ އައީ ކީއްވެ؟ ޝިނާޒް ކޮބައިތަ؟” އޭނަ ކޮށްލީ ޝަރަފް އައި ހިނދުން ފެށިގެން އޭނަގެ ހިތުގައި އުފެދިފައިވި ސުވާލެވެ. އެ ސުވާލުގެ ޖަވާބަށްޓަކައި ޢައްބާސްވެސް ޝަރަފާއި ދިމާލަށް ބަލާލިއެވެ. ޝަރަފް އެ ދެމީހުންގެ މޫނަށް ވަކިވަކިން ބަލާލުމަށްފަހު އޭނަ ތެދުތެދަށް ޖަވާބުދޭން ނިންމިއެވެ.

 

“ހަމަ ބޭނުންވީ ދޮންތައާއި ބައްޕަ ކައިރިއަށް އަނބުރާ އަންނަން. ވަރަށް ގިނަ ދުވަސްވެއްޖެ އަސްލު ބޭނުންވެގެން ހުންނަތާ. ދެން ވަރަށް ފަހަކަށް ކަންދިމާވި ގޮތުން އަހަރެން ހިންގި ބް…..ފް….ފިހާރައެއް ބަނގުރޫޓުވީ. އެއީ އަސްލު ދޮންބައްޕަ އަޅައިދިން ފިހާރައެއް. އެކަމާހެދި ދޮންބައްޕަ ހިތްހަމަނުޖެހުނީމަ ބޮޑަށް މަޖުބޫރުވީ މިކޮޅަށް އަންނަން.” ޝަރަފް ބައެއް ވާހަކަތައް ފޮރުވަމުން ކިޔައިދިނެވެ.

 

“އެއީ ކިހިނެއް ބަނގުރޫޓުވީ؟ ތިހެންވެއްޖެއްޔާ މިހާރު ޝިނާޒްވެސް އުޅޭނީ ވަރަށް ޙާލުގަދޯ؟” ޢައްބާސް ކަންބޮޑުވުމަކާއެކީ އަހާލިއެވެ.

 

“ނޫން ޝިނާޒް އުޅެނީ ވަރަށް މުއްސަނދި ކްރިސްޓިއަން ކުއްޖަކާ މެރީކޮށްގެން ވަރަށް އުފަލުގަ.” ޝަރަފް އޭނަ ޖަވާބުދޭން ބޭނުންވި ވަރަށް ޖަވާބުދިނެވެ. އޭނަ ނިންމި މޮޔަ ނިންމުންތަކުގެ ވާހަކަ ބައްޕައަށް ކިޔައިދޭކަށް ބޭނުމެއްނުވިއެވެ.

 

“އައްދެ! އޭނަ ހާދަ ކުރިއަކަށް ޖައްސާލައިފިއޭ! ޝަރަފްއާ ތިކަހަލަ ބިރުވެރި ކަމެއް ދިމަލެއްނުވޭދޯ؟” ޝަބާ ޝިނާޒަށްޓަކައި އުފާވީ ހިނދު ސަމާސާއެއްކޮށްލިއެވެ. އެއާއެކު އެތާތިބި އެންމެންނަށް އެއްފަހަރާ ހެވެން ފެށިއެވެ.

 

“ހެހެހެ…..އާނ ދޮންތާ….ނަސީބަކުން އަދި ދިމަލެއްނުވޭ.” ޝަރަފް އޭނަގެ އެންމެ ފަހު ބަސްތައް ބުނެލީ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ މަޑުމައިތިރި އަޑަކުންނެވެ. އެ ހިނދު އޭނަގެ ހަނދާނަށް އައީ އޭނަގެ އެންމެ ފަހުގެ ލޯބިވެރިޔާ ހަނާއަށްވުރެ ބޮޑަށް އެހެން އަންހެން ކުއްޖެއްގެ ސޫރައެވެ.

 

އެންމެންވެސް ހިނިތުންވުންތަކެއްގައި ވަނިކޮށް މަޣްރިބް ނަމާދަށް ބަންގިގޮވަން ފެށި އަޑުއިވުނެވެ. އެއާއެކު ޢައްބާސް ކަންބޮޑުވުން ފާޅުކުރިއެވެ.

 

“އަސްތަޣުފިރު ﷲ މިއަދު ވުޟޫވެސް ނުކުރެވެނީސް ބަންގި އެ ގޮވީ! އާދަނު މިހާރު ނަމާދަށް ގޮސްފާނެ ކަންނޭނގެ. ދެން ކިހިނެއް ހަދާނީ؟” ޢައްބާސްއަށް އަހާލެވުނެވެ. އެއަށް ޝަބާ އެއްޗެކޭ ބުނަން އުޅެނިކޮށް އޭނައަށް ހުރަސްއެޅުނީ ޝަރަފް ކޮޅަށް ތެދުވުމުންނެވެ.

 

“އަހަރެން ހުއްޓާ ކީއްކުރާ އާދަނެއް؟” ޝަރަފް ހިނިތުންވުމަކާއެކީ އަހާލިއެވެ. އެއާއެކު ޢައްބާސްގެ މޫނުމައްޗަށް ވެސް ފުރިހަމަ ހިނިތުންވުމެއް ވެރިވިއެވެ.

 

އެރޭ ޢައްބާސް ވުޟޫ ކުރުމަށްޓަކައި އެހީވެދިނީ ޝަރަފްގެ ބާރުގަދަ ދެއަތެވެ. ފުރަތަމަ ފަހަރަށް އޭނަގެ ބައްޕައަށް މިފަދަ ބޮޑު އެހީއެއްވުމުގެ ފުރުޞަތެއް ލިބުމުން ޝަރަފްގެ ހިތަށް އުފާވެރިކަމެއް ލިބުނެވެ. އެހެނަސް އޭނަ ޖެހިލުންވީ ވުޟޫ ކުރުވުމަށްޓަކައި އޭނަ އަމިއްލަ ގަމީހުގެ އަތުކުރި އޮޅާލި ވަގުތެވެ. އަމިއްލަ އަތުގައި ކުރެހިފައިވި ޓެޓޫތައް ފެނިފައި އޭނައަށް ކުރިމަތީގައި އިން ގޮނޑީގައި އިން ބައްޕައަށް ބަލާލެވުނީ ނުތަނަވަސްކަމާއިއެކީގައެވެ. ބައްޕަ ހުރީ ސީރިއަސް މޫނަކާއެކީގައި ކަމަށްވިޔަސް އޭނަ ހީކުރި ގޮތާއި ޚިލާފަށް ބައްޕަ އެއްޗެކޭ ބުނާކަށް ނުއުޅުނެވެ. އެހެންކަމުން ޝަރަފް ވެސް އެއީ މާ ބޮޑު ކަމަކަށް ނަހަދައި އެއްޗެކޭ ނުބުނެ ވުޟޫކުރަން އެހީވެދިނެވެ.

 

ބައްޕަ ނަމާދަށްޓަކައި ތައްޔާރުކޮށް ބައްޕަގެ ގޮނޑި ދޮންތަ ބުނެދީފައި ދިޔަ ގޮތަށް ޤިބްލައާއި ކުރިމަތިލަންދެން ވެސް ބައްޕަ ދުލުން އެންމެ ބަހެއް ވެސް ނުބުނެއެވެ. އެހެނަސް އޭނަ ކޮޓަރިން ނިކުންނަން ދިޔަ ވަގުތު ބައްޕަ ވާހަކަ ދެއްކިއެވެ.

 

“ޝަރަފް ނަމާދު ނުކުރާނަންތަ؟” މަޑުމައިތިރި އަޑަކުން ކޮށްލެވުނު އެ ސުވާލު އިވިފައި ޝަރަފްގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އެއީ އެއްގޮތަކަށް ވެސް މި ޙާލަތުގައި ބައްޕަގެ ފަރާތުން އޭނަ އުއްމީދުކުރި ސުވާލެއްނޫނެވެ. އަޅެފަހެ އޭނަގެ އަތުގައި ވަނީ ޓެޓޫ ކުރެހިފައެވެ. އޭނަވަނީ ދީނާއި އެހާވެސް ދުރަށްގޮސްފައިކަން ބައްޕައަށް ނަގައިނުގަނެވުނީ ހެއްޔެވެ؟ ޝަރަފް އެއްޗެކޭ ނުބުނެ ހުރި ގޮތަށް ހުންނަން ފެށުމުން ޢައްބާސް އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

 

“ދަރިފުޅާ…..ދަރިފުޅު ދުނިޔޭގައި ހުރިހާ ހިނދަކު ﷲ އަށް ތައުބާވާން ލަހެއްނުވާނެ. ދަރިފުޅު ކިތަންމެ ގިނަ ފާފަތަކެއް ކޮށްފައިވިޔަސް އެކަލާނގެ ދަރިފުޅު ދޫކޮއްނުލައްވާނެ. ދަރިފުޅު އެކަލާނގެއާއި ގާތްވާން އަޅާ ކޮންމެ ފިޔަވަޅަކަށް އެކަލާނގެ ވެސް ދަރިފުޅާއި ގާތްވާނެ އިން ޝާ ﷲ. ކިތަންމެ ފުން އަނދިރިކަމެއްގެ ތެރޭގައި ދަރިފުޅު ވިޔަސް އެކަލާނގެ ދަރިފުޅު އަލިކަމުގެ ތެރެއަށް ނެރުއްވާނެ. އެއީ އެކަލާނގެ އަޅަމެންދެކެ ވާ ލޯބިފުޅެއްގެ ސަބަބުން. އެހެންވީމަ ދަރިފުޅު ވީހާވެސް އަވަހަކަށް އެކަލާނގެއަށް ތައުބާވާންވީ.” ހިސާބެއްގެ ހިތާމަވެރިކަމަކާއެކީ ޢައްބާސް ނަޞޭޙަތްތެރިވިއެވެ. މިހާ ހިސާބަށް އައިސްފައިވަނިކޮށް އޭނައަކަށް ދެން އޭނަގެ ދަރިފުޅުގެ މައްޗަށް ބާރެއް ނުފޯރުވޭނެކަން ޢައްބާސަށް އެނގުންވިއެވެ. އެހެންކަމުން އޭނައަށް ހަމަ އެވަގުތު އޭނަގެ ދަރިފުޅުގެ ހިދާޔަތަށްޓަކައި ދުޢާ ކުރެވުނެވެ.

 

ބައްޕަގެ ވާހަކަތައް އަޑުއަހަން ހުރެފައި ބައްޕަ ނަމާދުކުރަން ފެށުމުން އެފަރާތަށް ބަލާލުމެއްވެސް ނެތި ޝަރަފް ކޮޓަރިން ނިކުމެގެން ދިޔައީ މޫޑު ޚަރާބުވެފައި ހުރެއެވެ. އެވަގުތު ދީނަށް ފުރައްސާރަކުރާ މީހުންގެ ޚިޔާލުތަކުން އޭނަގެ ސިކުނޑިވީ ފުރިފައެވެ. ބައްޕައަށް ނުވިސްނެނީތާއޭ އޭނަގެ ހިތަށްއެރިއެވެ. ބައްޕަގެ ބައްޕަމެން ވަކި ގޮތަކަށް އެއްޗެއް ކިޔައިދިނަސް ވަކި އެ އެއްޗަކަށް ތަބާވާކަށް ނުޖެހެއެއްނޫން ހެއްޔެވެ؟ މި ދުނިޔޭގައި ވަކި އަޅުކަމެއް ނުކުރިޔަސް އެހެން މީހުންނަށް ހެޔޮކޮށް ހިތައި ރަނގަޅަށް އުޅެފައި ދުނިޔެ ދޫކޮށް ދިޔުމުން އެ ނިމުނީ ނޫންހެއްޔެވެ؟ ވަކި ނަމާދުތަކެއްގައި ހިފަހައްޓައިގެން އެއާއެކީ ބަނދެވިގެން ތިބެންވީ ކީއްކުރަން ހެއްޔެވެ؟ ބައްޕައާއި އެ ބިންތު ޢައްމާރަކު އެ ދައްކަނީ ކޮން އަނދިރިކަމަކާއި އަލިކަމެއްގެ ވާހަކަ ހެއްޔެވެ؟ ސިކުނޑިއަށް ވެރިވި އެ ސުވާލާއެކީ ޝަރަފްގެ ވިސްނުން ހުއްޓުމަކަށްއައެވެ. ‘ބިންތު ޢައްމާރު’ގެ ނަން ހަނދާނަށް އައުމުން މިއަދު ހެނދުނު އައި ފޯނު ކޯލާއެކީ އޭނައަށް ލިބުނު ހަދިޔާގެ މަތިން ވެސް އޭނަ ހަނދާންވެގެން ދިޔައީ ކުއްލިއަކަށެވެ. އޭނައަށް ހަމަ ވަގުތުން ވަށައި ހޯދާލަމުން މައިދޮރާއި ދިމާލަށް ހިނގައިގަނެވުނީ އެވަގުތު އެންމެން ތިބީ އެތެރޭގައިކަން އެނގުންވުމުންނެވެ. ޝަރަފް ގޮސް ދޮރު ހުޅުވާލަމުން އަވަސްއަވަހަށް ބޭރުގައި ހުރި ފޮށި ނަގައިގެން އެތެރެއަށްވަނެވެ. އަދި އެ ފޮށި އެތާހުރި މޭޒުދަށަށް ލައި ކައިރީގައި އޮތް ގާރބޭޖް ބޭގެއް އޭގައި މަތީގައި އެޅިއެވެ. އޭނައަށް ފުން ނޭވައެއް ދޫކޮށްލެވުނީ އެއަށްފަހުއެވެ. އެހެނަސް އޭނައަށް ހިތްހަމަޖެހުމެއް ނުލިބެއެވެ. އޭނަ ހަމަ އެވަގުތުވެސް އެ ފޮށިގަނޑު ކަނޑައި ފުޅިއެއް ނަގަން އިންތިހާއަށް ބޭނުންވިއެވެ. އެހެނަސް އެގޮތަށް ކަންތައް ކޮށްފިނަމަ ދޮންތައާއި ބައްޕައަށް ކުރެވޭނެ އިޙްޞާޞް ހިތަށް ގެނައުމުން އެންމެން ނިދާފައި ތިބޭ ގަޑިއެއްގައި އެކަން ކުރަން ޝަރަފް ނިންމިއެވެ. އެ ނިންމި ނިންމުމާމެދު އުފާވީ ވަގުތު އޭނަ އަނެއްކާވެސް ބިންތު ޢައްމާރު މަތިން ހަނދާންވީ އޭނަގެ މި ‘އުފާވެރިކަން’ ދެމި ހުންނާނީ އޭނަ ބިންތު ޢައްމާރާއިމެދު އިތުރަށް ހޯދުމުންކަން އެނގުންވުމުންނެވެ. އޭނައަށް ހަމަ އެވަގުތުން ވަގުތަށް އޭނަގެ ފޯނުން ޑޭޓާ އޮންކޮށް ބިންތު ޢައްމާރާއި ބެހޭ ގޮތުން ހޯދެން ފެށީ ބޭއިޚްތިޔާރުގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ގެއަށް އައި މަގުމަތީގައި ސިމެއް ގަނެވުނުކަމަށްޓަކައި ވެސް އޭނައަށް އެވަގުތު ޝުކުރުކުރެވުނެވެ. އިސާހިތަކު އޭނަ ހުރީ ބިންތު ޢައްމާރުގެ ޕޭޖަށް ވަދެފައެވެ. އޭނަގެ ސިކުނޑި ހުއްޓުމެއްނެތި ވިސްނަން ފެށީ ބިންތު ޢައްމާރަކީ ކާކުތޯ ބަލަން ކުރެވިދާނެކަމަކާ މެދުގައެވެ. އެންމެ ފަސޭހަ ކަމެއްގެ ގޮތުގައި އޭނައަށް ވިސްނުނީ ތިއީ ކާކުތޯ ބުނެ މެސެޖެއް ކޮށްލުމެވެ. ފުރަތަމަ ސިކުންތުގައި އެއީ މޮޔަ ޚިޔާލެއްހެން ހީވިއެއްކަމަކު އެހެން ހެދުމުން ވެސް ވާ ގޮތެއް ބަލާލުން ގޯހެއް ނުވާނެކަމަށް އޭނަގެ ހިތް ބުންޏެވެ. އެހެންކަމުން އޭނަ ވަގުތުން މެސެޖެއް ލިޔަންފެށިއެވެ.

 

**

 

“އޯ މައި! ހީ އިޒް ސޯ ހޭންޑްސަމް. އެހެރަ ހެއާރސްޓައިލަކާ އެހެރަ ބޮޑީއެއްވެސްދޯ؟ މާ ޝާ ﷲ!” ފައިހާ އެރޭގެ ފޭސްބުކް ޕޯސްޓް ލިޔުމަށްޓަކައި ލެޕްޓޮޕް ހުޅުވަމުން ވެސް ދައްކަމުން ދިޔައީ މިއަދު އެމީހުންނާއި ކުރިމަތިވި ޒުވާނާއާއި ބެހޭ ގޮތުންނެވެ.

 

“ފައި ޕްލީޒް ސްޓޮޕް! މިހާރު ވާ ވަރަށް ތި ވާހަކަ ދެއްކިއްޖެދޯ؟” އަފާފް ހިސާބަކަށް ނުރުހުންވެފައި އިނދެ ބުނެލިއެވެ. އޭނަ ނުރުހުންވީ ފައިހާއަށްވުރެ ބޮޑަށް އޭނަގެ އަމިއްލަ ނަފްސަށެވެ. މިއަދު ހަވީރުއްސުރެ ޚުދު އޭނައަށް ވެސް ވިސްނެމުން ދިޔައީ ހަވީރު ކަންތައްވި ގޮތާއި މެދުގައެވެ. އެ އިވުނު އަޑުތަކާއި އެ ދުވި ސެންޓުގެ ވަސް އޭނަގެ ސިކުނޑީގައިވި ޚިޔާލުތައް ރަސްކަން ކުރަމުން ދިޔައެވެ. އަދި އަމުދުން ފައިހާ ދައްކަމުން ދިޔަ ވާހަކަތަކުން އޭނައަށް އެ ވަގުތުކޮޅުގެ މަތިން ހަނދާން ނައްތާލަން ދަތިވަމުން ދިޔައެވެ.

 

“އަދިވެސް ނުދެއްކޭ ވާވަރަށް. އަފާފް ސީރިއަސްކޮށް ބުނެބަ! އަފާފަށް ޝަރަފް އެނގެނީތަ؟ ޝަރަފް ހަމަ ވަރަށް ބެލިއޭ އަފާފްއާ ދިމާލަށް. އޭޒް އިފް ހީ ނޯސް ޔޫ!” ފައިހާ ދިހަވަނަ ފަހަރަށް އެވާހަކަ ބުނެލިއެވެ.

 

“މީހަކަށް ދެލޮލުން ފެންނަންޏާ ބަލާނެތާދޯ؟ ދެން އަވަހަށް ހިނގާބަލަ މަސައްކަތް ފަށަން.” އަފާފް ފައިހާ ބުނި ވާހަކައާމެދު އަޅާނުލަން މަސައްކަތް ކުރަމުން ބުނެލިއެވެ. އެއަށްފަހު އަފާފްގެ ނަސީބު ރަނގަޅުކަމުން ފައިހާ އިތުރު އެއްޗެކޭ ނުބުނެ އޭނަގެ ފޭސްބުކް ޕޭޖަށް ވަނެވެ. އެއާއެކު ފައިހާ ކުއްލިއަކަށް އެތެރެއަށް ނޭވައެއް ދަމާލި އަޑުއިވުނެވެ. އަފާފަށް ވަގުތުން ސަމާލުވެލެވުނެވެ.

 

“އަފޫ ބަލާބަލަ! ޝަރަފް ޢައްބާސްގެ މެސެޖެއް!!” ފައިހާ ބުނެލި ވާހަކައިން އަފާފަށް ހީވީ އޭނަގެ ހިތް ހުއްޓުމަކަށް އައީހެންނެވެ

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ނޭނގި ހިތޭ ތި އަތުލީ 12

Next

ލޯބިވަން….(އަށްވަނަބައި)

Next
December 8, 2017

ލޯބިވަން….(އަށްވަނަބައި)

Previews
December 7, 2017

ނޭނގި ހިތޭ ތި އަތުލީ 12

23 Comments!

  1. Jana says:
    December 7, 2017 at 10:21 pm

    Assalaam’alaikum. Next part saturday ga In Sha Allah 🙂

  2. Binth Ammaaru says:
    December 7, 2017 at 10:37 pm

    Alhey.. varah furihama.. varah reethi.. waiting waiting…???

    1. Jana says:
      December 8, 2017 at 3:11 pm

      Alhamdhulillah! (All praise and thanks belong to Allah) 🙂

  3. Binth Ammaaru says:
    December 7, 2017 at 10:39 pm

    Yeyyy.. first

    1. Jana says:
      December 8, 2017 at 3:12 pm

      😀

  4. Ram says:
    December 7, 2017 at 10:53 pm

    VV reeti haada kury

    1. Jana says:
      December 8, 2017 at 3:14 pm

      kuruhen heevy mega episode akah fahu mibai aima ingey. hehe…Alhamdhulillah! 🙂

  5. aakko says:
    December 7, 2017 at 11:06 pm

    Next part update vey thw bala bala meenee miadhu..thank you..it’s one of the best story in esfiya….may allah bless u .keep going like that..<3 ur performance

    1. Jana says:
      December 8, 2017 at 3:14 pm

      May Allah bless you more. Ameen! Alhamdhulillah! 🙂

  6. Xxxx says:
    December 7, 2017 at 11:12 pm

    V.v.furihama…v.kiyaahiyvey…waiting??

    1. Jana says:
      December 8, 2017 at 3:16 pm

      Alhamdhulillah! <3

  7. Azkaa says:
    December 7, 2017 at 11:25 pm

    Maasha allah v interesting mi part vs??
    Ly??
    Waitin?

    1. Jana says:
      December 8, 2017 at 3:16 pm

      Alhamdhulillah! Love you too <3 😀

  8. sweetie says:
    December 8, 2017 at 2:01 am

    Janaa! Mihaaru thi liyanee Asreh noon. Noor. Hehehehehhe

    1. Jana says:
      December 8, 2017 at 3:18 pm

      hehe….info box ga huri vaahaka dho thi dhekky. jana nimmaigen mihiry evves kiyuntheriaku ethan nukiyaane kamah. ehenve ey muhimmu kamakah nubely. hehe….dhen vagutheh vee irakun badhalu kuraany In Sha Allah 🙂

  9. Addu manje says:
    December 8, 2017 at 5:39 am

    Varah reethi mi baives.. Thank you Jana.. Allah jana kuraa masaii kathugaii barakaai lavvaashi.. Aameen..☺

    1. Jana says:
      December 8, 2017 at 3:19 pm

      Ameen! Maai Allah alhamen kuraa komme heyo kameggai barakaaiy lavvaashi. Ameen! Alhamdhulillah! 🙂

  10. Xaaaan says:
    December 8, 2017 at 2:38 pm

    Masha Allah v reethi

    1. Jana says:
      December 8, 2017 at 3:19 pm

      Alhamdhulillah!

  11. Jana says:
    December 8, 2017 at 3:08 pm

    FB Post:

    One could boast about the muscles he has or his active personality or his seemingly never ending energy levels. But what have they accomplished, if they haven’t done anything for their families, using those muscles, activeness and energy?

    #Selfreminder

  12. Jana says:
    December 8, 2017 at 3:08 pm

    FB Post:

    ‘Lower your gaze!’

    Almost all of us must have heard this command. This is one of those commands of Allah that has been stereotyped in our minds. Our immediate response whenever we see this is ‘Oh! This is for men.’ Perhaps because the majority of the time, we see this advice given to men and most of the stories narrated regarding this topic are also about men, lowering their gazes.

    Hence at times, we, as sisters tend to feel too comfortable not lowering our eyes. We feel that it’s no big deal “swooning” over a celebrity. We feel at complete ease setting one of their pictures as our desktop back ground. It feels completely normal to get together with our friends and talk about how handsome the young new actor who appeared in the trailer of a movie. And sometimes we don’t even leave people we see in real life.

    Little do we know that by doing this, we are actually ruining our own dreams of having a blissful marriage in the future. How so? That can be answered by reflecting on these two questions.

    1. Do we seriously think that we will ‘automatically’ learn how to reduce our gaze when we get married?

    2. Do we assume that we DON’T have the tendency to compare our spouses with what we see around us?

    If the answer to any of these questions is a no, or we are in doubt about it, then it’s about time we stopped dreaming of an ideal marriage. Because having an ideal marriage, without have any concept of restricting our eyes, is a far-fetched dream.

    May Allah make us of those who reduce their gazes as He pleases. Ameen!

    #Self reminder

  13. Jana says:
    December 8, 2017 at 9:20 pm

    Taylor:
    taylor ge comment kudakoh inappropriate veema delete kollan jehuny ingey. please dont mind me 😀 And no thanks i really dont think i have the time to escape from reality by listening to those songs. i have much better things to do Alhamdhulillah! Jana attakai kohdhin dua attakai varah bodah shukuriyya. May Allah guide all of us to the straight path. Ameen! That will always be my dua. i dont assume that i am religious and you are not. I slip up commit sins just like you do. We are all human beings. Its just between us and Allah. The day i assume that i am better than my fellow brothers and sisters will be the worst day of my life. In fact I believe that even you might be better than me in some aspects of life. Because perhaps even i have been in a place where you are right now at some point in my life. 🙂
    I’m really not pursuing fame through this story. I really dont mind about the number of comments and likes and thats what i tell my readers as well. I just try to beat my own quality of writing. My main motive is to share just a few things that i have learned about deen, most of them for the mere reason that i found them beautiful. Hope you find beauty in it as well In Sha Allah. 🙂
    May Allah increase us in guidance. Ameen!

    *sorry for the long comment once again*

  14. taylor says:
    December 9, 2017 at 8:21 am

    Fdb

Comments are closed.

Next Episodeނޫރު (އަށްވަނަ ބައި)←


All Right Reserved!