އިރުކޮޅެއް ވަންދެން ހުރިތާ ހުރުމަށްފަހު އޭނަ ލޫސީއާއި ދިމާލަށް ދާން އުޅުނު ވަގުތު އޭނަ އޭރު ހަމަވެފައިވި ހޮޓެލްގެ ދޮރު ހުޅުވުނު އަޑު އޭނައަށް އިވުނެވެ. އެފަރާތަށް ބަލާލި ތަނާހެން އޭނަ ހުއްޓުން އެރިއެވެ. ހޮޓެލުން ނިކުމެގެން އަންނަމުން ދިޔައީ އަފާފް ނޫން ދެވަނަ މީހެއްނޫނެވެ. ފުރަތަމަ ސިކުންތުގައި ޝަރަފަށް އޭނަގެ ލޮލަށް ވެސް އިތުބާރެއް ނުކުރެވުނެވެ. އަފާފް މިތާނގަ ހުންނާނީ ކިހިނަކުންތޯ ހިތަށްއެރިއެވެ. އެހެނަސް ފަޅި ސިކުންތެއްގެ ތެރޭގައި އޭގެ ދެ އަހަރު ކުރިން ވެސް […]
“ބައި ދަ ވޭ……އަހަރެން އަޑުއެހިން ހަނާ ޝަރަފްގެ ކައިރިއަށް އައުމުގެ ކުރިން ދެއްކި ވާހަކަތައް. ހީވަނީ އަފާފާއި ޒާތީ ގޮތުން ޖައްސާލައިގެން އުޅޭ އަންހެނެއްހެން. ނޭނގޭ ކިހިނެއްކަމެއް ވެސް އޭނައަށް އަފާފް އެނގެނީ. އެކަމަކު އޭނައާއި އެކީގަ ވާހަކަ ދެއްކި ފިރިހެނުންވެސް ހަމަ އަފާފާއި ވަރަށް ދެކޮޅު. އެމީހުން އެ ދައްކަނީ އެހެން އަފާފަކާމެދުގައޭ ބުނެވޭކަށް ވެސް ނެތް. އަފާފް ހުސެއިނޭ ހަމަ ކިޔަމުން ދިޔައީ.” ޝިނާޒް ސީރިއަސްކަމާއެކީ ބުނެލި ވާހަކައިން ޝަރަފަށް އިސްއުފުލައި ބަލާލެވުނެވެ. ޝިނާޒް […]
“ނޯ އައި ޑޯންޓް ލަވް ހިމް، ބައްޕާ!” އެ އަންހެން ކުއްޖަކު ބުނެލި އަޑަށް ޝަރަފްގެ ހިތުގެ ތެޅުން އަވަސްވިއެވެ. އެ އަޑުގެ ވެރިޔާގެ ސޫރަ އޭނަގެ ލޮލަށް ސިފަވެގެން ދިޔަ ހިނދު އޭނަގެ ނޭވާވެސް ހުއްޓުމަކަށް އައެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ ފަސްއެނބުރި ބަލާލިއެވެ. އެ ހިނދު އޭނައަށް ހީވީ އޭނަގެ މޭމައްޗަށް ފިނިފެން އެއްޗެއް އޮއްސާލެވުނު ހެންނެވެ. ކުރިމަތިން ފެންނަމުން ދިޔައީ މީގެ އެތައް އަހަރެއް ކުރިން ފެނިފައިވި ސޫރަކަން ޔަޤީންވީ ހިނދު […]
އެ އަޑުގެ ސަބަބުން ޝަރަފާއި ޝިނާޒް ވެސް ދިޔައީ ސިހިގެންނެވެ. ދެމީހުން އެކީގައި ކަހަލަ ގޮތަކަށް ގޮސް ދޮރު ހުޅުވާލުމާއެކު ދެމީހުންގެ ވެސް ލޯ ބޮޑުވިއެވެ. ދޮރު ކުރިމަތީގައި ވެއްޓިފައި އޮތީ އެމީހުންގެ ބައްޕަ ނޫން ދެވަނަ މީހެއްނޫނެވެ. ބައްޕަ މޭމަތީގައި އަތް އަޅައިގެން ވޭނުގައި އޮތްއިރު ކައިރީގައި ވެއްޓިފައި ތިބީ ބައްޕަ ކޮތަޅެއް ފުރާލައިގެން ގަނެގެން އައި ޝިނާޒާއި ޝަރަފަށް މީރު ވައްތަރެއްގެ ކޮފީ ދަޅުތަކެވެ. ފެންނަމުން ދިޔަ މަންޒަރުގެ ބިރުވެރިކަމުން ދެބެއިންނަށް ވެސް ސިކުންތުކޮޅެއް […]
“އާނ ބައްޕަ މިހާރު ވޯކްކުރަނީ ބާރޓެންޑާއެއް ގޮތަށް. ހީޒް ސޯ ކޫލް. ރިސޯޓްގެ މެނޭޖާ އެއީ. އެކަމަކު ބައްޕަ ކުރާހިތްވާ ކަމެއްވީމަ އެއްވީކަށް ކުރަނީއޯ ބައްޕަ ބުނީ……ވަރަށް ކުރީ ޒަމާނުގެ ވައްތަރަށް ވިސްނާމީހުން ވެސް އުޅޭދޯ؟ މިދިޔަ އަހަރު އެ ރިސޯޓުގަ އުޅުނު އެއްވެސް ވަރަކަށް ވައިން ނުވިއްކާ ރިސޯޓެއް ހިންގޭނެނަމައޭ ކިޔައިގެން އުޅުނު ސޮރެއް. ބައްޕަ ކުރިކަމަކީ އޭނަ ވައިންގެ ސާރވިސް ދޭ މީހަކަށް ހަދާލީ. އޭނަ ބުނީމަވެސް ބަދަލެއް ނުކުރީމަ އެ ސޮރު ފިލީ. […]
“ކަލޭ ހީނުކުރާތި މަށަށްވުރެ ކަލެއަށް ކުރި އަރައިގެން ދެވޭނެ ކަމަށް. ހިތުން އަފާފްގެ ހިތް ކާމިޔާބުކުރަންތަ ވަކި ޤާރީއެއްގެ ރާގަކަށް ކިޔެވީ؟ އޭނަ މިއަދު ކަލެއަކީ ކާކުކަން ނޭނގިގެން އެބައުޅޭ. މަ ޔަޤީން ކުރާނަން އޭނަގެ ޢުމުރު ދުވަހަށްވެސް ކަލޭ ނޭނގޭނެކަމަށް ހަދަން.” ވިޔާމް އެހެން ބުނެ އައި ރުޅީގައި ޝަރަފްގެ މޫނުމައްޗަށް ހޫނު އެތިފަހަރެއް ވިއްލާލިއެވެ. ވީ ތަދާއެކީ ޝަރަފަށް އޭނަގެ ދެލޯ މަރާލަމުން އޭނަގެ ކޯތާފަތުގައި ހިފަހައްޓާލެވުނެވެ. އެއަށް އަޅާލުމެއްނެތި ވިޔާމް ޝަރަފްގެ މޭމަތީގައި […]
މާލޭގެ ސްކޫލްތައް ޓީވީއިން ދައްކާއިރު އޭނަ އެފަދަ ސްކޫލަކަށް ވަރަށް ވެސް ދާ ހިތްވެއެވެ. އެފަދަ ސްކޫލެއްގައި ކުދިން އުޅެނީ ވެސް ހާދަ ‘މިނިވަން’ކޮށޭ ހިތަށްއަރައެވެ. ޝަރަފަށް ވަގުތުން އޭނަ މާލެއަށް ގޮސް އުޅޭނެ ގޮތުގެ ޚިޔާލީ ފޮލާ ކައްކަން ފެށިއެވެ. އަދި ވަގުތުން އަނބުރާ ކޮޓަރިއަށް ދާން ދުއްވައިގަތީ އެ އުފާވެރި ޚަބަރު ޝިނާޒަށް ދިނުމަށެވެ. އޭނަ ވަގުތުން ގޮސް ޝިނާޒަށް ގޮވައި ގަދަކަމުން ހޭލައްވާލަމުން އޭނައަށް އެ ޚަބަރު ދިނެވެ. އެއާއެކު ޝިނާޒްވެސް ޝަރަފާއި […]
އެއް ނަރުސްކުއްޖަކު ގޮސް އަނެއް ބަލިމީހާގެ ފަރުދާގެ އަނެއްފަރާތުގައި ތިބި މީހުން ގާތު އެވާހަކަ އަންގާލުމުން އެމީހުން އެއްފަހަރާ ކަހަލަ ގޮތަކަށް އާނއެކޭ ބުނެލި އަޑުއިވުނެވެ. އޭގެ އިރުކޮޅެއްފަހުން އެތަނުން ނިކުމެގެން އައީ ދެ ޒުވާނުންނެވެ. ދެ ޒުވާނުންގެ ތެރެއިން އެއްޒުވާނެއްގެ ސޫރަ ފެނިގެން ދިޔުމުން ޝަރަފްގެ ދެލޯ ބޮޑުވެ އޭނަގެ މޫނު ހުދުވެގެން ދިޔައެވެ. އެއީ ޝަރަފް ފަދައިން ބިޔަ ހަށިގަނޑެއްގެ ވެރި، ބާރުގަދަ ގޮތްގަނޑެއް ހުރި ޒުވާނެކެވެ. ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައި ހުރިގޮތުން އޭނަގެ […]
މީގެ އިތުރުން ސިކުނޑިއަށް ވެރިވަމުން ދިޔަ އޭނައަށް ކޮންޓްރޯލް ނުކުރެވޭ ޚިޔާލުތަކެއްގެ ސަބަބުން އޭނަ ހާސްވެ، ބޮލުގައި ގަދައަށް ރިއްސަން ފެށިއެވެ. އެހުރިހާ ކަމަކަށް ކެތްނުވެގެން އެންމެފަހުން ޝަރަފަށް ހަޅޭއްލަވައިގަނެވުނެވެ. ޝަރަފްގެ އެ ހަޅޭކުގެ އަޑު ބޭރުގައި ތިބި އެންމެންނަށް އިވިފައި އެންމެންގެ ނަޒަރުތައް އެކޮޓަރިއާއި ދިމާލަށް ދަތުރު ކުރިއެވެ. އިސާހިތަކު އެންމެންނަށް އެކުއެކީގައިހެން ކޮޓަރީގެ ދޮރާއި ހަމައަށް ދެވުނެވެ. ޝަރަފް އިންގޮތް ފެނިފައި ޝަބާ އެންމެ ކުރިން ގޮސް އޭނަގެ ގައިގައި ހިފަހައްޓާލަމުން ކިހިނެއްވީތޯ […]