Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ނޫރު (ހަތަރުވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
November 30, 2017 7 Mins Read
28 Comments

“އައިމް ސޮރީ…..އައިމް ސޯ ސޮރީ.” އެއަތެއްގެ ވެރިއަކު ބުނެލި އަޑު އަފާފަށް އިވުނެވެ. އެއަށްފަހު އޭނައަށް ވީނުވީއެއް ނޭނގި އޭނަގެ ހޭނެތުނެވެ.

**

އަފާފް ދެން ހޭއެރިއިރު އޭނަގެ ލޯމަތީގައި އެއްޗެއް އެޅިފައިވިކަން އޭނައަށް އިޙްޞާޞްކުރެވުނެވެ. ހީވާގޮތުން އޭނަގެ ދެލޯ މަތީގައިވަނީ މަޑު ކަފަކޮޅުތަކެއް އެޅި، ބަނދެވިފައެވެ. އޭގެ ސަބަބުން ލޯ ހުޅުވާލަން ނުކުޅެދުމުން އަފާފަށް ދެބުމަ ކައިރިކޮށްލަމުން އޭނަގެ ދެލޯ މަތީގައި އެއްއަތް އަޅާލެވުނެވެ.

“އަފޫ!” އޭނައަށް އެ އޮވެވުނު ތަނުގެ ތެރެއިން ބައްޕަގެ އަޑު އިވިގެން ދިޔުމުން އަފާފަށް އެދިމާލަށް އޭނަގެ މޫނު އަނބުރައި ތެދުވެލެވުނެވެ. އެ ހިނދު އޭނަ ލައިގެން ހުރީ ވެސް އޭނަ އާއްމުގޮތެއްގައި ލާ ކަހަލަ ހެދުމެއް ނޫންކަމާއި އޭނަގެ ކަނާތް އަތް ކޮންމެވެސް އެއްޗަކާއި ގުޅިފައިވިކަން އޭނައަށް އިޙްޞާޞް ކުރެވުނެވެ.

“ބް….ބައްޕާ! މީ ކޮންތާކުތަ އަހަރުމެން މިތިބީ؟ އަހަރެން މިހިރީ ބުރުގާވެސް ނާޅާ. ކޯޗެއްތަ އަހަރެން ލޯމަތީގަ މިހިރީ؟” އަފާފް ހިސާބެއްގެ ކަންބޮޑުވުމަކާއެކީ ސުވާލުކުރަމުން ގޮސް އޭނަގެ ލޯމަތީގައި އެޅިފައިވި އެއްޗެއް ނަގާލަން މަސައްކަތް ކުރިއެވެ.

“ނޫން އަފޫ މަޑުކުރޭ. އަފޫގެ ލޮލަށް ވަރަށް ބޮޑު ޒަޚަމެއްވެގެން ހޮސްޕިޓަލަށް ގެނެއްސަ ތިއޮތީ. މަޑުކުރޭ ޑޮކްޓަރަކު ގެންނަންދެން……ޑޮކްޓާރ!” ބައްޕަ ދެއްކި ވާހަކަތަކަށްފަހު ބައްޕަގެ އަޑު ފޭދިގެން ދިޔަދިޔަހެން ކުއްލިއަކަށް އަފާފްގެ ހަނދާނަށް ހުރިހާ ކަމެއް އަންނަން ފެށިއެވެ. އޭނައާއި އޭނަގެ ބައްޕަ މިތިބީ އޮސްޓްރޭލިޔާގައި ކަމާއި އޭނަ މިތަނަށް އައީ ދަސްވެނިވުމަށްކަމެވެ. އޮސްޓްރޭލިޔާއަށް އައީ އަރަޝްވެސް ގޮވައިގެން ކަމާއި އަރަޝްއާމެދު އޭނަގެ ހިތުގައި އުފެދިފައިވި އިޙްޞާޞްތަކެވެ. އެއަށްފަހު އޮސްޓްރޭލިޔާއިން އޭނައާއި ދިމާވި އާ އެކުވެރިއެއްކަމުގައިވާ ލޫސީއާއި، އެކުއްޖާއާއި އޭނައާއި ދެމެދު ދެކެވުނު ވާހަކަތަކެވެ. އެންމެ ފަހުން އޭނަ ލޫސީއާ ބައްދަލުކުރަން ދިޔަ ރޭ އެތާނގައި ފެށިގެން ދިޔަ މާރާމާރީއާއި ކުއްލިއަކަށް ފިރިހެނަކު ބާރު އަޑަކުން އޭނަގެ ނަން ގޮވާލި ހިނދުކޮޅުގައި ކަންތައްވެގެން ދިޔަ ގޮތެވެ. އެ މަންޒަރު ލޮލަށް ސިފަވެގެން ދިޔަ ހިނދު އަފާފްގެ ދެލޯ މެރިފައިވިއެއްކަމަކު އެ ދެލޯ އޭނައަށް އިތުރަށް ތަގުޅިކޮށްލެވުނެވެ. އެ ވަގުތުކޮޅުގައި އޭނައަށް އިޙްޞާޞްކުރެވުނު ތަދު އެވަގުތުވެސް އޭނައަށް އިޙްޞާޞްކުރެވުނު ފަދައެވެ. އޭނަގެ ހިތް ބާރަށް ތެޅެން ފެށީ އެރޭގެ އެވަގުތު އޭނަގެ ހިތަށް ވަތް ބިރުވެރިކަމެއްގެ ސަބަބުންނާއި، ހިނދުކޮޅެއްގެ ތެރޭގައި ދެން އޭނައަށް ވާންއުޅޭ ގޮތް އަންދާޒާ ކުރެވުމުންނެވެ. ބިރުވެރި ޚިޔާލުތައް އޭނަގެ ސިކުނޑިއަށް ވެރިވާން ފެށުމުން އަފާފަށް ބޯހޫރުވާލެވުނެވެ. އެވަގުތު އަނެއްކާވެސް ބައްޕަގެ އަޑު އިވިގެން ދިޔައެވެ.

“މިއޮތީ، ޑޮކްޓާރ. ހޭއެރީ ހަމަ ދެންމެއަކު.” ބައްޕަ އިނގިރޭސި ބަހުން އެހެން ބުނެލިއިރު ބައްޕަގެ ފިޔަވަޅުތަކާއި އެހެން ދެބައެއްގެ ފިޔަވަޅުތަކުގެ އަޑުވެސް އަފާފަށް ވަރަށް ސާފުކޮށް އިވުނެވެ.

“ކިހިނެއްތަ މިހާރު؟ މިސް، އަފާފް؟” ފިރިހެން ޑޮކްޓަރަކު އިނގިރޭސި ބަހުން އަހާލި އަޑު އަފާފަށް އިވުނެވެ. އަފާފް ހާސްކަން މަތީގައި ހުރެވެސް އޭނަ ރަނގަޅުކަމަށް ބުނެލައިފިއެވެ. ޑޮކްޓަރު ދެންވެސް އޭނަގެ ލޮލަށް ތަދުވޭތޯ ސުވާލުކުރިއެވެ. އަފާފް ނޫނެކޭ ބުނެ ތެދު ޖަވާބެއް ބުނީ އިތުރު ސުވާލެއް ކުރަން ކެތްމަދުވެފައި އިނދެއެވެ. އޭނަ އެ ސުވާލުކުރަން ނުކުޅެދިފައި ވަނިކޮށް އެންމެފަހުން ޑޮކްޓަރު ނަރުސް ކުއްޖާ ގާތު އޭނަގެ ލޮލުގައި އެޅިފައިވި ފޮތިގަނޑު ނަގާލަން އެންގިއެވެ. ނަރުސް ކުއްޖާ އެކަންކުރަން ފެށި ވަގުތު އަފާފަށް އިނދެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. ފޮތިގަނޑާއެކީ ކަފަކޮޅުތައްވެސް އޭނަގެ ލޮލާއި ވަކިވެގެން ދިޔަ ވަގުތު އަފާފް މަޑުމަޑުން ލޯ ހުޅުވަން ފެށީ އަލި ކުރެވިފައިވި ކޮޓަރިއެއް އޭނައަށް ފެނިގެންދާނެ ކަމުގެ އުއްމީދުގައެވެ. އެހެނަސް ކަންވެގެން ދިޔައީ އޭނަގެ އެންމެ ބިރުވެރި ޚިޔާލުތަކާއި އެއްގޮތަށެވެ. ދެލޯ ހުޅުވައި ނިމުނުއިރުވެސް އޭނައަށް ފެނިގެން ދިޔައީ މުޅިންވެސް އަނދިރިކަމެވެ. ހިތަށް ވެރިވެގަތް އިންތިހާ ދަރަޖައިގެ ހާސްކަމާއެކީ އަފާފަށް އަވަސްއަވަހަށް އެސްފިޔަ ޖެހެން ފެށިއެވެ. އެހެނަސް ދެވަނަ އެއްޗެއް އޭނަގެ ލޯކުރިމަތިން ފެންނަ ގޮތެއްނުވިއެވެ. ފެންކަޅިވަމުން ދިޔަ ވަގުތު ދެއަތުން ބާރަށް ދެލޯ އުނގުޅާލެވުނީވެސް އޭނަގެ ކުރިމަތިން މަންޒަރުތައް ސާފުވާނެކަމުގެ އުއްމީދުގައެވެ. އެހެނަސް…..

“އެއްވެސް އެއްޗެއް އެބަފެނޭތަ ދަރިފުޅާ؟” ބައްޕަ އެ ސުވާލުކޮށްލި ވަގުތު އެ އަޑުގައި ހިތާމައިގެ ތުރުތުރެއް އެކުލެވިގެން ދިޔައެވެ.

“ބައްޕާ މިތާނގަ ބޮކިތައް ދިއްލީމައެއްނޫންތަ ފެންނާނީ؟” އަފާފް ރަނގަޅަށް ވިސްނެން އޮތް އެންމެ ފަހު ޚިޔާލު ސިކުނޑިއަށް އައުމާއެކު އެ ސުވާލުކޮށްލީ ނުރުހުންތެރިކަމާއެކީގައެވެ.

“މިތާނގަ……ބޮކިތައް ދިއްލިފަހުރީ އަފޫ.” ބައްޕަ ބުނެލި އަޑުއިވުނެވެ. އެއާއެކު އަފާފް ހިނދުކޮޅަކަށް ހުއްޓުންއެރީ ޙަޤީޤަތާއި ކުރިމަތީލާން އޭނަގެ ހިތާއި ސިކުނޑި އެއްބަސްވުމުންނެވެ. މާގިނައިރެއް ނުވެ އަފާފްގެ ދެލޯ ކަރުނުން ފުރިގެން ދިޔައީ މިއީ އޭނަގެ އުފާވެރި ޙަޔާތުގެ ނިމުންކަމަށް އޭނަގެ ހިތުގެ ކަނަކުން ގޮވާލުމުންނެވެ. ހަމަ އެއާއެކު އޭނައަށް ދެން ދިރިއުޅުމުގައި ނުކުރެވޭނެ ކަންތައް ހިތަށްއަރަމުން ދިޔަދިޔަހެން އޭނައަށް ގިސްލެވެން ފެށިއެވެ. އޭނައަށް އަޑުން އަޑު ނަގައި ރޯން ފެށުނީ އޭނަ ފަދަ ބަދުނަސީބުވެރިއެއް މި ދުނިޔޭގައި ވެސް ނުހުންނާނެކަމަށް ހިތް ބުނުމުންނެވެ. ރުއިމުގެ ތެރެއިން އޭނަގެ ބައްޕައާއި ޑޮކްޓަރު ވާހަކަ ދެއްކިއެއްކަމަކު އަފާފަށް އެއަކަށް ސަމާލުކަމެއް ނުދެވުނެވެ. އޭނައަށް އަޑު އިވުނުހާ ވެސް ވާހަކައަކީ ހަމަ ގައިމުވެސް މިވަގުތު އޭނަގެ ލޮލުގެ ފެނުން އަނބުރާ ގެންނަން ކުރެވޭނެ ކަމެއްނެތް ވާހަކައެވެ.

އެރޭވެގެން ދިޔައީ އަފާފްގެ ޙަޔާތުގައި ފެށިގެން ދިޔަ އަނދިރި ބާބެއްގެ ފެށުމަކަށެވެ. އަފާފްގެ މުޅި އެރޭ ވޭތުވެގެން ދިޔައީ ރުއިމުގެ ތެރޭގައެވެ. ބައްޕަގެ އެއްވެސް ނަޞޭޙަތެއް އަޑު ނޭހުނު ތާނގައި ބައްޕަ، މަންމައަށް ގުޅައިދިނުމުން މަންމައާއި ވާހަކަ ދައްކަން ވެސް އޭނައަށް ކުރެވުނީ އިންކާރެވެ. އެގޮތަށް ކަންތައް ކުރެވުމުން ޚުދު އަފާފް އަމިއްލައަށް ދެރަވިއެއްކަމަކު އޭނައަށް ވެސް އޭނަގެ ޢަމަލުތައް ކޮންޓްރޯލް ނުކުރެވޭ ފަދައެވެ. އޭނަގެ ލޯ ކުރިމަތިން ފެންނަމުން ދިޔަ އަނދިރިކަމުގެ ހިތާމަ އެވަގުތުވީ އޭނަގެ ބޮލަށް ސަވާރުވެފައެވެ. ވާނީވެސް އެހެންތާއެވެ. މިއީ އޭނައަށް މިހާ ބޮޑު މުޞީބާތެއް ކުރިމަތިވީ ފުރަތަމަ ފަހަރެވެ. މިހުރިހާ ދުވަހު ކަންތައް ވަމުން ދިޔައީ އޭނަގެ ހިތް އެދޭ ގޮތަށެވެ. އެހެނަސް މިއަދު އޭނައަށް އޭނަގެ އެދުމާއި ދެކޮޅަށް މި ލިބުނީ ކިހާ ބޮޑު ގެއްލުމެއް ހެއްޔެވެ؟ ދުނިޔޭގައި ތިބި ހުރިހާ މީހުންގެ ތެރެއިން ހަމަ އޭނައަށް މި އިމްތިޙާން ކުރިމަތިވާންވީ ކީއްވެ ހެއްޔެވެ؟

އަފާފްގެ ވިސްނުން ހުރި ގޮތުގެ ބޭނުން ޝައިޠާނާއަށް އެންމެ ރަނގަޅު ގޮތުގައި ހިފުނީ ކަންނޭނގެއެވެ. އެރެއަށްފަހު އަފާފް ނަމާދުގެ މަތިން ހަނދާންނެތޭ ގޮތްވިއެވެ. ބަންގި ގޮވާ އަޑުވެސް ނުއިވޭތީ ކުރީކޮޅު އަފާފަށް ނަމާދު ވަގުތުތައް ފާއިތުވަމުން ދިޔަކަން ނޭނގުނީއެވެ. އެހެނަސް ދެ ތިން ދުވަސް ފާއިތުވީއިރު އޭނައަށް ނަމާދުތައް އެޅެމުން ދިޔަކަން އަފާފްގެ ހިތަށް އެނގުންވިއެވެ. އެނގުންވިއެއްކަމަކު އަފާފް އެކަމާ އަޅާލާހިތެއްނުވީ ކީއްވެކަމެއް އަފާފަކަށް ވެސް ނޭނގުނެވެ. އޭނައަށް ހަމަ ހުއްޓުމެއްނެތި ވިސްނެމުން ދިޔައީ އޭނަގެ ލޮލުގެ ފެނުން އަނބުރާ ގެނެވޭނެ ގޮތަކާއި މެދުގައެވެ.

ހުސެއިނާއި ޝާދިޔާ ވެސް ކަންބޮޑުވީ އަފާފްގެ ނަމާދަށްވުރެ އޭނަގެ ޞިއްޙީ ޙާލަތާއި މެދުގައެވެ. އަފާފަށް އެއްވެސް އެއްޗެއް ރަނގަޅަށް ނުކެވޭތީވެއާއި އޭނަ އަބަދުވެސް ނެގިމަޑުވެފައި ހުންނަ ހުރުމާއި މެދުގައެވެ. އެމީހުންގެ ދަރިފުޅަށް އެފަދަ ޙާލެއްގައި ނަމާދު ކުރެވޭނީ ފަހެ ކިހިނަކުންކަމަށްބުނެ ދެމީހުންވެސް އަމިއްލަ ހިތްތައް އެކަމާމެދު ހަމަޖައްސައިގެން ތިބިއެވެ. އަފާފަށް ﷲ މަތިން ހަނދާންކޮށްދީ ނަމާދުކުރަން ނަޞޭޙަތްތެރިވުމުގެ ބަދަލުގައި އެމީހުން އެންމެ މުހިއްމު ކަމަކަށް ބެލީ އަފާފް ކައުންސެލަރެއްގެ ގާތަށް ގެންދިޔުމަށެވެ.

މިގޮތުން ހޮސްޕިޓަލުން ދޫކުރެވުނު ދުވަހު ސިޑްނީގެ މަޝްހޫރު ކައުންސެލަރެއްގެ ގާތަށް އަފާފް ގެންދެވުނެވެ. ހަފްތާއެއްހާ ދުވަހުގެ ކައުންސެލިންގްއަށްފަހު އަފާފް މަދުމަދުން ވާހަކަ ދައްކަން ފެށިއެވެ. އެހެނަސް ޖުމްލަކޮށް އޭނަގެ ޝަޚުޞިއްޔަތަށް މާ ބޮޑު ބަދަލެއް ނައުމުން ހުސެއިން ޝާދިޔާގެ އެދުމުގެ މަތިން އަފާފް އަނބުރާ މާލެއަށް ގެނައެވެ. ކޮންމެ ކައުންސެލަރެއްގެ ގާތަށް ގެންދިޔަޔަސް ވާނީ އެކައްޗެކޭ ބުނެ އޭނަ މަންމަ ކައިރިއަށް އައުމުން ވެސް ރަނގަޅުވެދާނެ ނޫންހޭ ބުނަމުންނެވެ.

ހުސެއިން އެމީހުންގެ ދެލޯފަދަ ދަރިފުޅާއެކީ މާލެއަށް އަނބުރާ އައީ އެއްރެއެއްގެ 9:00 ޖެހި ވަގުތެވެ. ޓާރމިނަލްގެ އެންމެ ކުރީގައި ޝާދިޔާ އޭނަގެ ބޭބެއަކާއެކީ އެމީހުން ބަލާ އައިސް ހުއްޓެވެ. އަފާފް އައިސް އޭނައާއި ހަމަވުމާއެކު ޝާދިޔާ ރޮއިގެންފައި އަފާފްގެ ގައިގައި އޮޅުލައިގަތެވެ. އެއިން އަފާފްގެ ހިތަށް އެއްވެސް އަސަރެއް ނުކުރާ ފަދައެވެ. އެއްދިމާލަކަށް ކަޅި ހުއްޓައިގެން ހުރިއިރު އޭނަގެ މޫނުމަތީގެ ކުލަވަރަށް ހަމަ އެއްވެސް ބަދަލެއް ނާދެއެވެ.

އެރޭ ގޭގައި ޝާދިޔާ ކައްކާފައިހުރީ ވެސް އަމިއްލައަށެވެ. އަފާފަށް އެންމެ ކަމުދާނެ ކާއެއްޗެއްސެވެ. އެހެނަސް އެރޭވެސް އަފާފް ކެއީ އެންމެ ބަހެއް ވެސް ބުނެނުލާ އިނދެ، މަދު އެތިކޮޅެކެވެ. ކައި ނިމުމަށްފަހު ޝާދިޔާ އަފާފް ގޮވައިގެން އޭނަގެ ކޮޓަރިއަށްދާން އުޅުނު ވަގުތު އެގޭގެ ބެލް ޖަހާލި އަޑު އިވުނެވެ. ގޭގެ މަސައްކަތު މީހަކު ގޮސް އެދޮރު ހުޅުވާލިއިރު ދޮރު މަތީގައި ހުރީ އަރަޝް ނޫން ދެވަނަ މީހެއްނޫނެވެ. ހުސެއިނާއި ޝާދިޔާއަށް އެކީގައި އަރަޝްގެ ނަން ކިޔާލެވުނު ވަގުތު އަފާފަށް ވެސް ބޭއިޚްތިޔާރުގައި އެ ފަރާތަށް މޫނު އަނބުރާލެވުނެވެ.

“ސަލާމް.” އަރަޝް ސީރިއަސްކަމާއެކީ ގޮވާލުމުން ހުސެއިން ކާ މޭޒުދޮށުގައި ހުރެ ތެދުވެލިއެވެ.

“އަ….އަރަޝް ދަރިފުޅާ…..އޮސްޓްރޭލިޔާގަ ކަންދިމާވި ގޮތުން ބޭބެ ދަރިފުޅު މަތިން ހަނދާން ނެތުނީ. ވަރަށް ހިތާމަވެރި ގޮތެއް ދިމާވެގެން މިއުޅެނީ.” ހުސެއިން އަރަޝްގެ ގާތަށް ދަމުން ހަދާލީ ދޮގެކެވެ. އޭނަ އަރަޝްގެ މަތިން ހަނދާން ހުއްޓެވެ. އެހެނަސް އޭނައަށް ގުޅަން ޖެހިލުންވީ، މި ދިމާވި ޙާދިސާގެ ސަބަބުން އެތައް އިންތިޒާރަކަށްފަހު ހަމަޖެހިގެން ދިޔަ އަފާފްގެ ކައިވެންޏަށް ބުރޫ އަރާފާނެތީވެއެވެ. އަރަޝްގެ އަނގައިން ދެން ނިކުތް ބަސްތަކުން ހުސެއިންގެ އެ ބިރު ޙަޤީޤަތަކަށްވިއެވެ.

“އަޅުގަނޑަށް އެނގޭ. ކޮންމެވެސް ގޮތަކަށް އަޅުގަނޑަށް އަޑު އިވުނީ އަފާފް ހޮސްޕިޓަލުގަ އޮތް ވާހަކަ. މިހާރު އަޅުގަނޑުގެ ޢާއިލާ އެންމެނަށް ވެސް އެނގޭ އަފާފަކީ ލޯފަން ކުއްޖެއްކަން. ވަރަށް ބޮޑަށް މަޢާފަށް އެދެން. އެކަމަކު އަޅުގަނޑުގެ މަންމައާއި ޢާއިލާގެ އެއްވެސް މީހަކު ބޭނުމެއްނުވޭ އެފަދަ ނުކުޅެދުންތެރިކަމެއް ހުންނަ ކުއްޖަކު އަޅުގަނޑުމެންގެ ޢާއިލާއަށް ވަންނަން. އައިމް ސޮރީ.” އަރަޝް ސާބިތު މޫނަކާއެކީ ދެއްކި ވާހަކައިން ފުރަތަމަ ފަހަރަށް ގޮތް ހުސްވި ހުސެއިނާއި ޝާދިޔާއަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. އެއަށްފަހު އެދެމީހުންނަށް ވެސް ބަލާލެވުނީ އަފާފާއި ދިމާލަށެވެ. އެ ހިނދު އަފާފްގެ އެއްލޮލުން ކަރުނައެއް ފައިބައިގެން އައިތަން ފެނިފައި ހުސެއިން ކެތްނުވެގެން ދެންވެސް ވާހަކަ ދެއްކިއެވެ.

“އަރަޝްގެ ޢާއިލާއަށް ކަމުނުދިޔަސް އަރަޝްއަށް ކަމުދެއެއްނު؟ އެއީއެއްނު މުހިއްމު ކަމަކީ؟ އަފާފަކީ ހުރިހާ ގޮތަކުން ވެސް ރަނގަޅު، މޮޅު ކުއްޖެއް. އަރަޝްއަކަށް މުޅި މި ރަށުން ވެސް އެފަދަ ކުއްޖެއް ލިބޭނެހެނެއް ހިއެއްނުވޭ.” ހުސެއިން އޭނަގެ ދަރިފުޅަށްޓަކައި ވާހަކަ ދެއްކިއެވެ.

“އަޅުގަނޑުވެސް ވަކި ބޭނުމެއްނޫން އަމިއްލައަށް އެއްވެސް ކަމެއްނުކުރެވޭފަދަ އުނިކަމެއް ހުންނަ ކުއްޖަކާއެކީ މުޅި ދިރިއުޅުން ވޭތުކުރާކަށް. އަޅުގަނޑަށް މިހާރު ވެސް އެހެން ޢާއިލާއަކުން ކައިވެންޏަކަށް އެދިފަވަނީ. އަޅުގަނޑު ނިންމައިފިން އެ އެދުން ޤަބޫލުކުރަން.” އަރަޝްގެ ހިތުގައި އަފާފާއި އޭނަގެ ޢާއިލާއަށްޓަކައި ކުޑަވެސް ޙަމްދަރުދީއެއްނެތް ފަދައެވެ. އޭނަ އެންމެ ފަހަކަށް ދެއްކި ވާހަކައިން އަފާފްގެ ލޮލުން އިތުރު ކަރުނަތަކެއް ފައިބައިގެން އައިއިރު ހުސެއިން ރުޅިން ރަތްވިއެވެ. އޭނަ އަރަޝްއާއި ދިމާލަށް ހަރު އަޑުން އެއްޗެހި ގޮވަން ފެށިތަނާހެން އަރަޝް އޭނައަށް ފަސްދީފައި ދާން ހިނގައިގަތެވެ. ޝާދިޔާ އަފާފް އަތުލަފިކޮށްގެން އަނެއްކާވެސް ކޮޓަރިއާއި ދިމާލަށް މިޞްރާބުޖެހީ އެތާނގައި ހުރެގެން އަފާފަށް އިތުރު ހިތްދަތިކަމެއް ނުލިބޭނެކަން އެނގުންވީތީވެއެވެ.

ޝާދިޔާ މަސައްކަތް ކުރިއެއްކަމަކު އަރަޝްގެ ބަސްތަކުން އަފާފްގެ ހިތުގައި ފުން ޒަޚަމްތަކެއް އުފެދިފައިވިއެވެ. ނިދުމަށްޓަކައި މަންމަ އޭނަ ތާޒާވެލަން އެހީވެދީ ހެދުން ބަދަލުކުރުވައި ބޮލުގައި ފުނާ އަޅަމުން ދިޔަ ވަގުތު އަރަޝްގެ ބަސްތައް އޭނަގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. އެ ބަސްތައް އޭނައަށް ޤަބޫލުވާން ނެގީ މަދު ވަގުތުކޮޅެކެވެ. އޭނައަކީ އުނިކަމެއް ހުރި ނުކުޅެދުންތެރިއެއްކަމަށް އޭނައަށް އަމިއްލަ ނަފްސުގާތު ބުނެވުނު ވަގުތު އަފާފްގެ ލޮލަށް ޖަމާވި ކަރުނަތަކާއެކީ އޭނައަށް ގިސްލެވެން ފެށިއެވެ. ހަމައެއާއެކު އަރަޝް ބުނިހެން އޭނައާއެކު މުޅި ދިރިއުޅުން ވޭތުކުރާނީ ކާކުތޯ އަފާފްގެ ހިތަށްއެރިއެވެ. އަރަޝް ކަހަލަ “ރަނގަޅު” ޒުވާނަކު އޭނައަށް އިންކާރު ކޮށްފިނަމަ ދެން އޭނައާއި އިންނަން އެއްބަސްވާނީ ކާކު ހެއްޔެވެ؟

އަފާފް އަމިއްލަ ޚިޔާލުތަކުގައި އިނދެ ރޯން ފެށުމުން އޭނަގެ މަންމަ އޭނައަށް ނަޞޭޙަތްތެރިވިއެވެ. އެހެނަސް އުއްމީދުން މަޙްރޫމްވެފައިވި ހިތެއްގެ ސަބަބުން އަފާފް އެއަށްދިނީ ބީރު ކަންފަތެކެވެ. ކޮންމެއަކަސް މަންމަ ރުއިން ހުއްޓާލުމަށް ހަރުކަށި ގޮތަކަށް ބުނުމުން ރުއިން ހުއްޓާލީ އެހެން ހަދައިގެން ވެސް މަންމަ ދިޔުމުން އޭނަ އެކަނިވެލުމަށެވެ. ފަހަކަށް އައިސް އޭނަ އަބަދުވެސް ބޭނުންވަނީ އޭނަގެ ހިތާމަވެރި ޚިޔާލުތަކާއެކީ އެކަނި ހުންނާށެވެ. އަފާފްގެ އެ އެދުން ފުރިހަމަވިއެވެ. އޭނަ މަންމަ ބުނިގޮތަށް ކަރުނަތައް ފޮހެލަމުން މަންމަގެ އެހީގައި އެނދުގައި އޮށޯތުމުން މަންމަ ކޮޓަރިން ނިކުމެގެން ދިޔައެވެ. އޭގެ މާ ގިނައިރެއްނުވެ އަނެއްކާވެސް އަރަޝްގެ ބަސްތައް އަފާފްގެ ސިކުނޑިއަށް ވެރިވެ އޭނަގެ ލޮލަށް ކަރުނަތައް ގިނަވިއެވެ. އޭނައަށް އަނެއްކާވެސް ގިސްލެވެން ފެށިއެވެ. މޭގައި އުފެދުނު ތޫނު ތަދެއްގެ ސަބަބުން އަފާފް މޭމަތީގައި އަތްއަޅާލަމުން ތެދުވެލިއެވެ. އެއަށްފަހު އޭނަގެ ޙަޔާތް ހިތާމަވެރިވާ ސަބަބުތަކުގެ މަތިން ހަނދާންވެ އިތުރަށް ރޮވެންފެށިއެވެ. އޭނަވެސް އެހާވަރަށް ރޯކަށް ބޭނުމެއްނޫނެވެ. އޭނައަށް ހުއްޓޭނެނަމައޭ އެވަގުތުވެސް އޭނަގެ ހިތް ބުނަމުން ދިޔައެވެ. އެހެނަސް އޭނަގެ މޭތެރޭގައި އޮތް ހިތާއި ދެކޮޅަށް އޭނައަށް އެހީވެދޭނެ ހަމަ އެއްވެސް ފަރާތެއް ނެތް ފަދައެވެ.

އަފާފް މުޅި ރޭ ހޭދަކުރީ ބައެއްފަހަރު ތެދުވެ ރޮއިރޮއިފައި އަނެއްފަހަރު އޮށޯވެ ނިދޭތޯ މަސައްކަތް ކުރުމުގައެވެ. މިގޮތުން އެރޭ 10 ވަނަ ފަހަރަށް އޮށޯވެފައި ތެދުވެލެވުނު ވަގުތަކީ ފަތިސް ނަމާދަށް ބަންގި ގޮވަން ފެށި ވަގުތެވެ. އެ ހިނދު އަފާފް ހުއްޓުންއެރިއެވެ. އެތައް ދުވަހެއް ފަހުން ފުރަތަމަ ފަހަރަށް ހަރުއަޑުން “ﷲ އަކްބަރު” އޭ ކިޔުނު އަޑު އިވިފައި އަފާފަށް ހީވީ އޭނަ އެ ބަސްތައް އަޑުއެހީ ފުރަތަމަ ފަހަރަށް ހެންނެވެ. އެ ބަސްތައް ތަކުރާރުވަމުން ދިޔަދިޔަހެން އޭގެ މާނަވެސް އަފާފްގެ ސިކުނޑި އޭނައަށް ހަނދާންކޮށްދިނެވެ. ﷲ ގެ މާތްކަމާއި މަތިވެރިކަން އެހެން ހުރިހާ އެއްޗަކަށްވުރެ ބޮޑުކަމަށް ބުނަމުން ދިޔަ ބުނުމުގެ މާނަ އެދުވަހުގެ އެ ހިނދުކޮޅުގައި މުޅިން ތަފާތު ގޮތަކަށް އަފާފަށް ނެގުނެވެ. މި ހުރިހާ ދުވަހު އޭނަގެ ހިތާއި ސިކުނޑި ތެރޭގައި ބޮޑުކަމެއްގެ ގޮތުގައި އޭނަ ނަގައިގެން އުޅޭ މުޞީބާތުގެ މަތިން އޭނައަށް ވިސްނުނެވެ. އެކަލާނގެ މާތްކަމާއި މަތިވެރިކަން ހުރިހާ އެއްޗަކަށްވުރެ ބޮޑު ރަސްކަލާނގެއަށް ނުފިއްލެވޭނެ މުޞީބާތެއްވާނެ ހެއްޔެވެ؟ އެކަމާމެދު ވިސްނުމުން އަފާފްގެ ލޮލަށް ކަރުނަތައް ޖަމާވެގެން ދިޔައީ ހިތާމަވެރިކަމުގެ ސަބަބުންނެއްނޫނެވެ. އެއީ ހަމަ ގައިމުވެސް ތަފާތު އިޙްޞާޞެކެވެ. އެ އިޙްޞާޞްގެ ތެރޭގައި އިނދެ އަފާފް އެ ބަންގީގެ އަޑު އިތުރަށް އެހިއެވެ. ޝަހާދަތުގެ ކަލިމަތައް ތަކުރާރުވާން ފެށުމުން އަފާފަށް އެކަލިމަތައް ކިޔެން ފެށީ ކަރުނަތަކުން ފުރެމުން ދިޔަ ދެލޮލާއެކީގައެވެ. އޭނަ މި ހުރިހާ ދުވަހު ނަމާދާއި ދުރުގައިވީ އެކަލިމަތަކާއި ކިހާ ދުރުވުމުންކަން އޭނައަށް އިޙްޞާޞް ކުރެވުނެވެ. ބަންގީގައި ނަމާދަށް އަވަހަށް އައުމަށް އެންގުމުގެ ކުރިން ވެސް އަފާފްގެ ހިތް އެކަމަށްޓަކައި ކެތްމަދުވިއެވެ. ބަންގި ނިމުނުތަނާހެން އޭނަ މަންމާއޭ ކިޔައި ބާރަށް ގޮވާލިއެވެ. ހަމައެއާއެކު ހުސެއިނާއި ޝާދިޔާ އެކޮޓަރިއަށް އައީ ކަމެއްވެގެން އުޅެނީކަމަށް ހީކޮށެވެ. އެހެނަސް އަފާފް އޭނަ ނަމާދު ކުރަން ބޭނުންވާ ވާހަކަ ބުނުމުން އެމީހުންނަށް ވެސް ލިބުނީ ޙައިރާންކަމެކެވެ. ޝާދިޔާ ވަގުތުން އަފާފަށް ވުޟޫކުރުމަށް އެހީތެރިވެދިނެވެ. އެއަށްފަހު އަފާފް ޤިބްލައާއި ކުރިމަތި ކުރުވިއެވެ. ހަމަ އެއާއެކު އަފާފް ދާދި ދެންމެއަކު އޭނައަށް ހިތްހަމަޖެހުމެއް ގެނެސްދިން ބަސްތަކުން އޭނަ ނަމާދު ފެށިއެވެ. އެ ހިނދު އޭނައަށް އިޙްޞާޞް ކުރެވުނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. އޭނައަށް ރޮވެން ފެށީ ހިތާމަވެރިކަމާއި އުފާވެރިކަމެއްގެ ތެރޭގައެވެ. އުފާވީ އެތައް ދުވަހެއްފަހުން އޭނައަށް ﷲ ރުހިވޮޑިގެންވާފަދަ ކަމެއް ކުރެވޭތީވެއެވެ. ހިތާމަވެރިކަމުގެ ސަބަބަކަށްވީ މީގެ އިރުކޮޅެއް ކުރިއާއި ޚިލާފަށް އެއްގޮތަކަށް ވެސް އޭނައަށް ކުރިމަތިވެފައިވި އިމްތިޙާނެއްނޫނެވެ. އެ ހިތާމައިގެ ސަބަބަކަށްވީ އޭނަ އެތައް ދުވަހެއް ވަންދެން އޭނަދެކެ އެންމެ ބޮޑަށް ލޯބިވެވޮޑިގެންވާ ފަރާތުގެ ހަނދުމައިން ދުރުގައިވިކަމެވެ. އެ ހަނދުމައިން ދުރުވާން ޖެހުނީ އޭނައަށް ކުރިމަތިވި މުޞީބާތެކެވެ. އެހެންކަމުން އެ ނަމާދުގައި ކިޔަވަން އަފާފް ޚިޔާރު ކުރީ ބަޤަރާ ސޫރަތުގައި މުޞީބާތްތަކާއި ބެހޭގޮތުން އައިސްފައިވި އާޔަތްތަކެވެ. އެ އާޔަތްތައް ކިޔަވަމުން ދިޔައިރު އަފާފްގެ ލޮލުން މުޅިންވެސް އޮހެމުން ދިޔައީ އުފާވެރިކަމުގެ ކަރުނަތަކެވެ. މި މުޞީބާތުގެ ތެރެއިން ﷲ އެ އާޔަތްތަކުގައ ސިފަކުރައްވާފައިވާ މީހުންގެ ތެރެއިންވުމުގެ ފުރުޞަތެއް އޭނައަށް ލިބުނު ކަމަށްޓަކައެވެ. ހަމަ އިސާހިތަކު އޭނަގެ ލޯ ކުރިމަތިން ފެންނަމުން ދިޔަ އަނދިރިކަމަށްޓަކައި އަފާފަށް ޙަމްދު ކުރެވުނެވެ.

ނަމާދުކޮށް ސަލާމް ދިން ވަގުތު އަފާފްގެ މޫނުމަތީގައިވީ އުޖާލާވި ހިނިތުންވުމެކެވެ. އޭނައަށް ދެއަތް މައްޗަށް ނަގައި ކޮށްލެވުނީ އެންމެ ދުޢާއެކެވެ. އޭނަގެ ޙަޔާތުގައި ކޮންމެ ގޮތަކަށް ކަންތައްވިޔަސް ﷲ ހަނދުމަކުރުމަށްޓަކައި އޭނަގެ ހިތުގައި ޖޯޝެއް ލެއްވުމެވެ.

އެދުވަހުން ފެށިގެން ވެސް އަފާފްގެ އެ ދުޢާގެ އަސަރުތައް އޭނައަށް ފެންނަން ފެށިއެވެ. އޭނައަށް ދަސްވެފައިވާ ޒިކުރުތައް ކިޔަން ދުވަހަކުވެސް ހަނދާން ނައްތާނުލަން ޢަޒުމް ކަނޑައަޅައި ކޮންމެ ހަފްތާއަކު އާ ޒިކުރެއް ދަސްކުރަން އަފާފް ނިންމިއެވެ. އެ ޢަޒުމްތަކާއި އެއްގޮތަށް އޭނައަށް އުޅެވެން ވެސް އުޅެވުނެވެ. އޭނަ ހަމަ އެދުވަހު މުޅިން އާ ޖޯޝަކާއެކީ ޤުރުއާން ފަށައިގެން އަޑުއަހަން ފެށިއެވެ. އަދި އޭނައަށް މާނަ ދަސްނުވާ އާޔަތްތަކާއި ބެހޭ ލެކްޗަރުތައް އަޑުއަހަން ފެށިއެވެ.

މި ހުރިހާ ކަމެއްގެ ސަބަބުން އޭނައަށް ދަސްވަމުން ދިޔަ އެއްޗެހި ޙިއްޞާ ކުރުމަށް މުޅިން އާ ރޫޙެއް އަފާފްގެ ހިތުގައި އުފެދުނެވެ. މިގޮތުން އޭނަގެ ފޭސްބުކް ޕޭޖް އޭނަ އަމިއްލައަށް ނުހިންގޭނެތީ ބައްޕަގާތު އެދިގެން އޭނައަށް އެފަދަ ކުދިކުދި ކަންތައްތަކުގައި އެހީވެދޭނެ ކުއްޖަކު ހޯދައިދިނުމަށް އެދުނެވެ. ފައިހާ ކިޔާ ޒުވާން ކުއްޖަކު އަފާފްގެ އެހީތެރއެއްގެ ގޮތުގައިވީ ދުވަހުން ފެށިގެން އަފާފް މަސައްކަތް ފެށިއެވެ. އެންމެ ފުރަތަމަ ކަމަކަށްވެސް ފައިހާގެ އެހީގައި ބަދަލުކޮށްލީ އެ ޕޭޖުގެ ކަވާރ ފޮޓޯއެވެ. އެ ފޮޓޯއަށްލީ މިފަހަކަށް އަފާފްގެ ހިތަށް އެންމެ އަސަރު ފޯރުވި އާޔަތެވެ. އެއީ މާތް ﷲ އެކަލާނގެއަށް އީމާންވާ މީހުން އަނދިރީގެ ތެރެއިން އަލިކަމުގެ ތެރެއަށް ގެންނަވާކަމަށް ވަޙީކުރައްވާފައިވި އާޔަތެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

އުފާވެރި ހަޔާތަށް އެޅުނު ހިޔަނި (4 ވަނަ ބައި)

Next

ނޭނގި ހިތޭ ތި އަތުލީ 7

Next
November 30, 2017

ނޭނގި ހިތޭ ތި އަތުލީ 7

Previews
November 30, 2017

އުފާވެރި ހަޔާތަށް އެޅުނު ހިޔަނި (4 ވަނަ ބައި)

28 Comments!

  1. Nadha says:
    November 30, 2017 at 10:01 pm

    Masha allah v v v reethi mi story

    1. Jana says:
      November 30, 2017 at 10:06 pm

      Alhamdhulillah! 😀 (All praise and thanks belong to Allah)

  2. Jana says:
    November 30, 2017 at 10:05 pm

    Assalaam’alaikum. mi bayaa gulhigen anna fb post thah fudheyvarakah ginavaane. hiyeh nuvey mirey jana ah hurihaa post thah liyeveynehen. net ves slow re eh. ehenveema hurihaa kiyuntherinves mi page ah ziyaaraiy koh post thah follow kurumaky varah bodu edhumeh

    https://www.facebook.com/Asr-1445208739121696/

    Next part saturday ga In Sha Allah 🙂

  3. Lily says:
    November 30, 2017 at 10:11 pm

    Maasha Allah.varah furihama vaahaka eh mi vaahaka aki. I love this story

    1. Jana says:
      December 1, 2017 at 9:56 am

      Alhamdhulillah! 🙂

  4. Azkaa says:
    November 30, 2017 at 10:20 pm

    Maasha allah v reethi mi part vs ??
    Ly ??

    1. Jana says:
      December 1, 2017 at 9:57 am

      Alhamdhulillah! Love you too sis 🙂 <3

  5. Ram says:
    November 30, 2017 at 10:21 pm

    V reeti V ibraitteri vaahakaeh

    1. Jana says:
      December 1, 2017 at 9:58 am

      Alhamdhulillah! 🙂

  6. Maaal? says:
    November 30, 2017 at 10:32 pm

    Masha Allah..??
    Mi vaahaka vvv Interesting..♥
    Jana kurin up kuri vaahaka “Asr” ves miadhu mi kiyaalee…??
    Masha Allah..?
    Vvvvvv Inspiring story eh a ee..?
    Vaahaka kiyamun dhiya iru hama rangalhah ves rovunu..???
    Thedhu thedhah bunanyaa alhugandah ba eh faharu namaadhah faruvaa kuda kuvereveyy… ?
    Ekamu e vaahaka kiyamun dhiya iru hithah eri meege fahun evves namaadhakah faruvaa kuda nukuraanameyy… ?
    Sister please… Vaagakaiga fadhain alhugandah ves hidhaayathuge matheegai dhemi hurumuge thaufeeq dhevvaatho dhua kohdhehcheyy…
    Adhi dhuvahaku ves vaahaka eh kiyaigen mi gotheh nuveyy..
    Ekamu e vaahaka kee fahun I felt that I have to change so many things…
    Mihaaru mi ulheveny rangalhah noon kan varah bodah feel vi… ??
    Vvvvvvv Bodah shukuriyyaa
    E kahala ibrathun furigen vi vaahaka eh genesdhineethee..
    Maaiy Allah thibaa ashaai thibaage aailaa ah heyo rahmaiyy lavvaa thibaa thi kuraa masakkathuga barakaaiyy lavvaashi…..
    Amen…❤✨✨

    1. roassy says:
      December 1, 2017 at 12:06 am

      aameen

    2. Jana says:
      December 1, 2017 at 10:11 am

      Ameen!

      Subhaanallah Maal. Maal ge thi comment in jana ah varah bodu hiyvvareh libijje. mi vaahaka thakuge maqsadhu haasil vaakan anekkaaves ihsaas kurevijje. shakkeh neh gothugai hidhaayaiy dhakkavany hama Allah. maal ge visnumah badhaleh aee vaki jana maa molhah liyuneetheeve eh noon ingey? 🙂 maal ge hithah heyo asareh kury hama ekani Allah ge iraadhafulhun.

      In Sha Allah jana maal attakai dua kuraanan. Maal amilla ahves dua kurey. effaharuves heenukuraathi Maal ge dua ijaaba nuvaane ey. eheny Allah hurihaa emmenge dua ves adu assavaa raheemvantha raskalaange. thibaa ikhlaastheri hithakaa eky Allah ah hidhaayathah edhijje nama Allah ekamattakai magu fahi kohdhevvaane In Sha Allah. Maal hama dhiriulhumah badhalugennan masakkaiy kurey. emme furathama kamakah ves thi kanda elhi gothah namaadhah faruvaatherivey. eaffahu kudhi kudhi badhaluthah gennan fashaa. komme dhuvahakuves Quran un kommeves vareh kiyavan azum kanda alhaa. ey massala eh neh bai safhaa viyas. adhi Quran ungenen masakkaiy kurey. ‘Asr’ vaahakain ves faahanga viyeh nun dho ekudhinnah hidhaayaiy libigen dhiyaee Quran aa medhu visnai fikuru kuran feshi fahun. Maal ves efadha dhathureh fashanvy In Sha Allah

      http://tanzil.net/#trans/en.sahih/1:1

      mi site aky Quranuge varah simple translation eh hunna site eh. adu ahamun maana beleyne mi site in. In Sha Allah komme dhuvahaku Quranun minvareh adu ahan aadha kurumaky ves Quran ungenen dhathuru fashaigannan varah rangalhu gotheh. emme muhimmu kamakah handhaan bahattanvy emme rangalhu amaluthakaky kudaviyas komme dhuvahaku kuraa amaluthakekkan. 🙂

      Maai Allah alhmen emmennahves hidhaayaiy ithuru kohdhevvaashi. Ameen!

    3. kudakamana says:
      December 1, 2017 at 9:19 pm

      maaal..
      hama hageegathuga ves asr vaahakakiyaifi meehaku roane. adhi hijra vaahaka ves. maaal dhen hijra vaahaka kiyaalaba. roe roe dhelo faaru vaane. e dhe vaahaka kiyaafa hama aharenge life ves badhal kollan furusathu libun. kureege nubai ulhun badhal kollan maai raskalaange medhuveri kurevvy e dhevaahaka ey aharenge hiyy bunanee. e vaahaka kiyamun dhiya iru ahannah ves rovey varun nuki igen huttaalan. kurevifa vaa kuh faafa thah mathin hadhaan vefa biruganey. e dhuvas kolhu hiyy hunnanee abadhu ves varubali vefa. ekam amilla ah kashin hiyyvaru neregen masakkaiy feshy kurimagu ujaalaa kureveytho. insha allah mihaaru aharennakee hama jehey ufaaveri dhhiri ulhumeh ulhey meeheh.
      kurin e dhe vaahaka kee iru ves aharen migothah comment kurin. anekkaaves maaal ves mikahala ufaaveri comment eh koffa ineema kureege e hadhaan aa vegen anekkaaves mi coment kollevuny.
      jana ashaai jana ge family ah allah heyo rahmaiy lavvaashi.
      adhi maal hiyyvaraa eku kuriyah dhey. maai raskalaange thibaa ahves thedhu magugai faithila saabithu kurumuge heyo thufeegu dhevvaane insha allah.

    4. Maaal? says:
      December 2, 2017 at 9:55 am

      Kudakamana..
      Jazaak Allah khairan.✨
      Insha Allah e vaahaka ves kiyaanan..??
      Maaiy Allah alhamen emmenah thedhu magu gai saabithuve thibumuge heyo thaufeeq minvaru kohdhevvaan dheyve..
      Aamen..✨✨

  7. Aish? says:
    December 1, 2017 at 12:26 am

    Allah Akbar ge maana akee “Enmme bodee Allah eve”

    1. Jana says:
      December 1, 2017 at 10:23 am

      dhe gothah ves eyge maana negeyne aish. jana ah meethi emme rangalhah kiyadheveynee ingireysin veema ingireysin kiyaidheynan. ‘Akbar’, ‘Asghar’, ‘Ajmal’, ‘Ahsan’ migothah hunna basthah arabic ga negidhaane comparative koh ves adhi superlative kohves. Superlative koh nagaanama Allahu Akbar ge maana annaany (Allah is Greatest). ey aish thi buni maana. comparative koh nagaanama Allahu Akbar ge maana annaany (Allah is Greater). jana mihaathanah namaadhaai behey gothun kiyafaivaa foiythakaai lecture thakun ginain adu ahaafa hunnany comparative koh Allahu Akbar ge maana genessa hunnathan. ey bangi ivey iruves Allah is Greater, egothah Allah akbaruge maana negeynama aharumennah ves eyaa medhu ithurah visneynethy. Aharumen kuran hunna komme kamakah vure ves Allah bodukan visnuneema. ehenve jana vaahakaiga genesdhiny raajjeyge channel thakun fenna translation thakuge therein comparative koh maana huri translation eh.

      jana ah evves ehcheh nubai koh bunedhevifaivaakan aish ahves adhi ehen kiyuntheriakah ves faahanga vefaivaanama rangalhu kohdhinun edhen In Sha Allah. Maai Allah alhamen emmennah ves ilmu ithuru kohdhevvaashi. Ameen!

      Jazaakillah Khairan aish 🙂

  8. Jana says:
    December 1, 2017 at 9:14 am

    FB Post:

    ‘Innaa lillaahi wa innaa ilaihi raaji’oon’ is a statement that we hear and use quite often. This statement might be perceived as something depressive by many of us since its usually said during tough times. But if we look deep into those words, we would realize that they have the power to turn a difficult time, into an easy one.

    https://www.youtube.com/watch?v=wLhbIjW45ME

  9. Jana says:
    December 1, 2017 at 9:15 am

    FB Post:

    The next time you hear Allahu Akbar, remember that it’s never disconnected from you. Each and every call to the prayer is talking directly to you. And its very first words, Allahu Akbar is reminding you that Allah is Greater than anything that you can think of. If you are going through a difficulty Allah is Greater than that difficulty and its only He Who can save you from it. If you are in the middle of some work, Allah is Greater than that work and its only He Who can make it easy for you. If you are killing time thinking that you will entertain yourself until your heart is satisfied, Allah is Greater than that entertainment and it is only He Who can satisfy your heart. If you are sleeping, thinking that you need that sleep to function properly within the day, Allah is Greater than that sleep and it is He Who has complete control of how your day will go. If you are committing sins thinking that you will never be able to overcome them, Allah is Greater than those sins and its only He Who can bring you out of them.

    So what excuse do we find not to get up and call upon Allah, when we hear about His Greatness?

  10. Jana says:
    December 1, 2017 at 9:21 am

    FB Post:

    How Allah elevates us just because of the words Innaa lillaahi wa innaa ilaihi raaji’oon. (Indeed we belong to Allah and indeed we will be returned to Him)

    ‘And We will surely test you with something of fear and hunger and a loss of wealth and lives and fruits, but give good tidings to the patient, (155) Who, when disaster strikes them, say, “Indeed we belong to Allah, and indeed to Him we will return.” (156) Those are the ones upon whom are blessings from their Lord and mercy. And it is those who are the [rightly] guided. (157)’ Suratul Baqarah, ayat 155-157

  11. Jana says:
    December 1, 2017 at 9:40 am

    FB Post: Dhivehi

    މުޞީބާތެއް ޖެހޭ ހިނދު އަހަރުމެން إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ ކިޔަނީ ކީއްވެގެން ކަމާމެދު ވިސްނާލިން ހެއްޔެވެ؟ އެ ކިޔޭ އެއްޗެއްގެ މާނައާމެދު ވިސްނާލިން ހެއްޔެވެ؟ ބަލާލަމާ ހިނގާށެވެ.
    ‘ހަމަކަށަވަރުން ވެސް އަހަރުމެންނަކީ ﷲ އަށް މިލްކުވެވޮޑިގެންވާ ބައެކެވެ. އަދި ހަމަ ކަށަވަރުން ވެސް އަހަރުމެންނަކީ އެކަލާނގެ ޙަޟްރަތަށް އެނބުރިދާނެ ބައެކެވެ.’
    އަހަރުމެންނަށް އިޙްޞާޞް ނުކުރެވުނަސް މިއީ އަހަރުމެންގެ މުޅި ނަޒަރިއްޔާތު ބަދަލުކޮށްފާނެ ޖުމްލަތަކެކެވެ. ކިހިނެއް ހެއްޔެވެ؟ އަހަރުމެން ދިރިއުޅުމުގައި ގިނަ ފަހަރަށް ކެތްނުކުރެވޭ ވަރަށް ހިތާމަކޮށް ރުޅި އިސްކުރަނީ އަހަރުމެންގެ އަތުން ނިޢުމަތްތެއް ބީވުމުންނެވެ. މިސާލަކަށް ތިބާ ކާރެއްގައި ތަނަކަށް ދަތުރުކުރަމުން ދިޔަ މަގުމަތީގައި ކާރެއް ހުއްޓި، އިތުރަށް ރަނގަޅު ނުކުރެވުމުން ތިބާއަށް ރުޅި އިސްކުރެވެއެވެ. ރުޅި އިސްކުރެވެނީ އެއީ ތިބާގެ ކާރެއްހެން ތިބާއަށް ހީވާތީވެއެވެ. އެހެނަސް ޚުދު އަހަރުމެންގެ އަމިއްލަ ނަފްސުތަކަކީ ވެސް ﷲ އަށް މިލްކުވެވޮޑިގެންވާ އެއްޗެއް ކަމަށްވާނަމަ މި ދުނިޔޭގައި އަހަރުމެންނަށް މިލްކުވާނެ އެއްވެސް އެއްޗެއް ވާނެ ހެއްޔެވެ؟ ނޫނެކެވެ. އަހަރުމެންނަށް ލިބިފައިވާ ހުރިހާ އެއްޗަކީ ﷲ ގެ ޙަޟްރަތުން ލިބިފައިވި ހަދިޔާތަކެވެ. އެހެންކަމުން ކާރު ހަލާކުވެގެންދާ އެވަގުތުގައި إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ ކިޔާލުމުން ތިބާގެ ހިތަށް ހަމަޖެހުމެއް ލިބިގެންދާނެވެ. އެއީ އެ ކާރަކީ ވެސް ޙަޤީޤަތުގައި ތިބާގެ އެއްޗެއް ނޫންކަން އެނގުންވުމުންނެވެ. އަދި ޚުދު ތިބާއަކީ ވެސް ﷲ ގެ ޙަޟްރަތަށް އެނބުރިދާނެ ނަފްސެއްކަން ހަނދާންވުމުން މި ދުނިޔޭގެ އެއްވެސް މައްސަލައެއް އެހާ ބޮޑު ކަމެއްގެ ގޮތުގައި ތިބާއަކަށް ނުފެންނާނެއެވެ.

    މާތް ﷲ އަޅަމެން އެންމެންނަކީ ވެސް މުޞީބާތެއްޖެހޭ ވަގުތު މި ބަސްތައް ދުލުން ކިޔައި އޭގެ މާނައާއި މެދު ވިސްނާ ބައެއްކަމުގައި ލައްވާށި! އަމީން!

  12. Jana says:
    December 1, 2017 at 9:49 am

    FB Post: (dhivehi)

    ބަންގީގައި ﷲ އަކްބަރު ކިޔޭ އެއްވެސް ފަހަރަކީ ތިބާގާތު ވާހަކައެއް ބުނެވޭ ފަހަރެއް ނޫންކަމަށް އެއްފަހަރެއްގައި ވެސް ހީނުކުރާށެވެ. ބަންގީގައި ވާހަކަ އެ ދެކެވެނީ ސީދާ ތިބާއާއެވެ. އެންމެ ފުރަތަމަ ވެސް އެބުނެވޭ ބަސްތަކުން މި ދުނިޔޭގައި ވި އެއްވެސް ކަމަކަށްވުރެ މާތް ﷲ ގެ މާތްކަމާއި މަތިވެރިކަން ބޮޑުވެގެން ވާކަން އެނގިގެންދެއެވެ. ތިބާއަށް ކުރިމަތިވެފައިވާ މުޞީބާތަށްވުރެ އެކަލާނގެ ބޮޑެވެ. އެ މުޞީބާތް ފިއްލަވައިދެވޭނީ ހަމައެކަނި އެކަލާނގެއަށެވެ. ތިބާ ކޮންމެވެސް މަސައްކަތެއްގައި ވާނަމަ އެ މަސައްކަތަށްވުރެ ﷲ ބޮޑެވެ. އެ މަސައްކަތް ފަސޭހަ ކޮށްދެވޭނީ ހަމައެކަނި ﷲ އަށެވެ. ތިބާ ހިތްހަމަޖެއްސުމަށްޓަކައި ކޮންމެވެސް ގޮތަކަށް ވަގުތު ބޭކާރު ކުރަމުން ދާނަމަ އެ ހިތްހަމަޖެހުމަށްވުރެ ﷲ ބޮޑެވެ. ފުރިހަމަ ހިތްހަމަޖެހުމެއް ތިބާއަށް ގެނެސްދެވޭނީ ހަމައެކަނި ﷲ އަށެވެ. ތިބާގެ ދުވަސް ރަނގަޅަށް ނުދާނެއޭ ހިތައި ތިބާ ނިދީގައިވާކަމަށްވާނަމަ އެ ނިންޖަށްވުރެ ﷲ ބޮޑެވެ. ތިބާގެ ދުވަހުގެ ހުރިހާ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ވެ ވޮޑިގެންވަނީ އެކަލާނގެއެވެ. ފާފަތަކުގެ ތެރެއިން ދުވަހަކުވެސް ނުނިކުމެވޭނެއޭ ހިތައި ފާފަތައް ކުރަމުން ދާނަމަ އެ ފާފަތަކަށްވުރެ ﷲ ބޮޑެވެ. ތިބާ އެ ފާފަތަކުން މިންޖުކުރެވޭނީ ހަމައެކަނި ﷲ އަށެވެ.

    މި ހުރިހާ ކަމަކަށްފަހު ވެސް ﷲ ގެ ނަންފުޅު އިވޭއިރު އެކަލާނގެ ޙަޟްރަތަށް ގޮވުމުން ދުރުހެލިވުމަށް ތިބާއަށް ދެއްކޭނީ ކޮން ޢުޒުރެއް ހެއްޔެވެ؟

  13. Jana says:
    December 1, 2017 at 9:55 am

    FB Post: Dhivehi

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ (ހަމަކަށަވަރުން އަހަރުމެންނީ ﷲ އަށް މިލްކުވެވޮޑިގެންވާ ބައެކެވެ. އަދި ހަމަކަށަވަރުން އަހަރުމެންނީ ﷲ ގެ ޙަޟްރަތަށް އެނބުރިދާނެ ބައެކެވެ.) މި ބަސްތަކުގެ ސަބަބުން ﷲ އަހަރުމެންގެ ދަރަޖަ އުފުއްލަވާ ގޮތް:

    ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން امتحان ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ خبر، ކަލޭގެފާނު ދެއްވާށެވެ! (155) އެއުރެންނީ އެއުރެންނަށް مصيبة އެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، اللَّه އަށް މިލްކުވެވޮޑިގެންވާ ބަޔެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ حضرة އަށް އެނބުރިދާނޭ ބަޔެކޭ ބުނާ މީހުންނެވެ. (156) އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން مغفرة އާއި رحمة އެއުރެންގެ މައްޗަށް ހުރި މީހުންނެވެ. އަދި ތެދުމަގު ލިބިގެންވާ މީހުންނީ ހަމަ އެއުރެންނެވެ(157

    ސޫރަތުލް ބަޤަރާ، 155-157

  14. Xxxx says:
    December 1, 2017 at 2:20 pm

    Maasha Allah varah furihama..????

  15. Xxxx says:
    December 1, 2017 at 2:23 pm

    Maasha Allah varah furihama..???? waiting 4 next part

  16. Xaaaan says:
    December 1, 2017 at 6:48 pm

    Masha Allah v reethi mivaahaka

  17. Addu manje says:
    December 1, 2017 at 8:17 pm

    Varah reethi mibaives.. kuree ga genesdhin gothah komme dhuvahaku baeh genesdhevey varah vure Jana maa buxy dhw?varah ginain hithah araa komme dhuvahaku mi vaahaka kiyan libeyne nama eyy..

  18. ShaĐimaN says:
    December 1, 2017 at 10:48 pm

    Masha Allah v v v reeethi…. Ur the only one who keeps me in touch with esfiya… cx u write Dheenee love stories …. keep it up …nd Allah thibaa aa kaamiyaabu future eh dhehvaashi ..Aameen

  19. Mish❤ says:
    December 4, 2017 at 10:56 pm

    Marsha Allah varah furihama Jana☺?hama saabas

Comments are closed.

Next Episodeނޫރު (ފަސްވަނަ ބައި)←


All Right Reserved!