Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ނޫރު (އެއްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
November 24, 2017 8 Mins Read
33 Comments

މެންދަމެއްގެ ހިމޭން ވަގުތުގައި ކްލަބެއްގެ ތެރެއިން އިވެމުން ދިޔައީ ބާރު މިޔުޒިކެއްގެ އަޑެވެ. ދޭތެރެދޭތެރެއިން ފެންނަމުން ދިޔަ އަލި ކޮޅުކޮޅުން މާޙައުލުގެ ޙާލަތު ސާފެއް ނުވިއެއްކަމަކު އަންހެނުންނާއި ފިރިހެނުން މަސްހުނިވެ ނަށަމުން ދާކަން އެނގެއެވެ. އެއްފަރާތެއްގައި ފަނޑު ނޫކުލައިގެ އައްޔަކުން އަލި ކުރެވިފައިވާ ބާރއިން މަސްތުކުރުވަނިވި ބުއިންތައް ވިކެމުން ދާތަން ފެނެއެވެ. ކްލަބުގައި ތިބި ގިނަ މީހުންގެ ގައިގެ ކުލަ އަލިވެފައި އިސްތަށިގަނޑުގެ ކުލައިގެ ގޮތުން އެއީ އިނގިރޭސި ބައެއްކަން އެނގެއެވެ. އެހެނަސް ފަނޑު ފެހިކުލައިން އަލި ކުރެވިފައި ހުރި ކްލަބުގެ ކަނެއްގައި ހުރި ސޯފާގައި އިން ޒުވާނާއަކީ ދިވެއްސެއްހެން ހީވެއެވެ. އޭނަގެ އެހާ އަލިނޫން ގައިގެ ކުލައާއި ސްޕައިކް އެރުވިފައިވި ކަޅުކުލަގަދަ ފަން އިސްތަށިގަނޑު އެކަމަށް ހެކިދިނެވެ. ބިޔަ ހަށިގަނޑެއްގެ ވެރި އެޒުވާނާގެ އެއްއަތުގައި އޭނަގެ ފޯނު އޮތްއިރު އަނެއްއަތުގައި ހުރީ އެތާނގައި ހުރި ބާރއިން ވިކެމުން ދިޔަ ފުޅިއެކެވެ. ޒުވާނާގެ އަތް ދިގު ގަމީހުގެ އަތުކުރި އޮޅާލެވިފައިވީއިރު އަތުކުރިން ފެށިގެން އުޅަނބޮށްޓާއި ހަމައަށް ޓެޓޫ ކުރެހިފައިވިތަން ފެންނަމުން ދިޔައެވެ.

 

ފޯނަށް ނަޒަރު ހުއްޓައިގެން އިންއިރު އެ ދެލޮލުން ފެންނަމުން ދިޔައީ މާޔޫސްކަމެކެވެ. ކައިރިން ބަލާލި މީހަކަށް އެ ގަދަ ބުމައިގެ ދަށުގައިވި އެ ދެލޯ ދުޅަވެފައިވާކަން ފާހަގަވާނެއެވެ. އޭނަ ފޯނަށް ބަލަހައްޓައިގެން އިންދާ ފޯނު ވައިބްރޭޓްވެގެން ދިޔައީ އާ މެސެޖެއް ލިބުމުންނެވެ.

 

“ޝަރަފް ކޮށްދިން ހުރިހާ ކަމަށްޓަކައި ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ. އެކަމަކު ދެން އަހަންނަށް ޝަރަފްއާއެކީ ނުއުޅެވޭނެ. ގުޑްބާއި، ލަވް!” މެސެޖު ފުރަތަމަ ފެނުނު ހިނދު ޝަރަފް އިނީ ހުއްޓުން އަރާފައެވެ. އިރުކޮޅެއްފަހުން އޭނަގެ ލޮލުން ކަރުނައިގެ ވިދުމެއް ފެނުނެވެ. ސިކުންތުކޮޅެއް ވަންދެން އޭނަ އިންގޮތަށް އިނެވެ. އެއަށްފަހު އޭނަގެ ކަތުރުކަށިގަނޑަށް ބާރުވެ ބުމަގޮށްޖެހިގެން ދިޔައީ އޭނަގެ މޭތެރޭގައި އުފެދިގަތް ހައިޖާނެއްގެ ސަބަބުންނެވެ. އޭނަ ކުއްލިއަކަށް ފޯނު ނިވާލަމުން އޭނަގެ އަތުގައި ހުރި ފުޅި އެއްކޮށް ހުސްކޮށްލިއެވެ. އަދި ރުޅިވެރިކަމާއެކީ އެ ފުޅި އަތުގެ ކޮޅަށް ހޫރާލިއެވެ. ފުޅި އެތާ ކައިރީގައި ހުރި ފާރުގައި ޖެހި، ތަޅައިގެން ދިޔަ އަޑު ވަރަށް ވެސް ބާރެވެ. އެހެނަސް ކްލަބްގެ ތެރެއިން އިވެމުން ދިޔަ ލަވައިގެ އަޑު އެއަށްވުރެ ބާރުވުމުން ޝަރަފަށް ސަމާލުކަން ދިނީ ވަރަށްވެސް މަދު ބައެކެވެ. އޭނަ އޭގެއިން އެއްވެސް މީހަކަށް ފަރުވާލެއްނެތި ކޮޅަށް ތެދުވެގެން ގޮސް ބާރއާއި ދިމާލަށް މިޞްރާބު ޖެހިއެވެ. އެއަށްފަހު އެ ތަން ބަލަހައްޓަން ހުރި މީހާއަށް ޑޮލަރެއް ދިއްކޮށްލުމަށްފަހު އެތާނގައި ރޭވިފައި ހުރި ތަށިތައް އެކައްޗަށްފަހު އަނެކަތި ހުއްޓުމެއްނެތި ހުސްކުރަން ފެށިއެވެ. ރޭވިފައި ހުރި ތަށިތަކުގެ ތެރެއިން އެންމެ ފަހު ތަށި ބާރގެ މަތީގައި ބާރު އަޑަކާއެކީ ބެހެއްޓި ވަގުތު ޝަރަފް ހުރީ މާނޭވާ ލެވި ދެލޯ ރަތްވެފައެވެ.

 

“ޑްރައިވާރއަށް ގުޅައިދެންތޯ، ސާރ؟” ބާރ ބަލަހައްޓަން ހުރި އޮސްޓްރޭލިޔާ ޒުވާނަކު އެތާނގެ އިނގިރޭސި ބަހުން ޝަރަފާއި މުޚާތަބު ކުރީ އިޙްތިރާމާއި އެކީގައެވެ. ޝަރަފަށް އެއަޑު އިވުނެއްކަމަކު އޭނަ އެ ޒުވާނާއަށް ބަލާލުމެއްވެސް ނެތި ކުއްލިއަކަށް އޭނައަށް ފުރަގަސްދީފައި ދާން ހިނގައިގަތީ ކްލަބުން ނިކުތުމަށެވެ. ދާން ހިނގައިގަތީ ކިތަންމެ ބާރަށް ކަމަށްވިޔަސް މާ ދުރަކަށް ނުދެވެނީސް އޭނަ މީހަކާއި މުޑިއެރިއެވެ. އެމީހަކު ރުޅިވެރިކަމާއެކީ ވާހަކަ ދައްކަން އުޅުނު ތަނާހެން ޝަރަފް އޭނަގެ ބާރުގަދަ އަތުން އެމީހާ ދުރަށް ކޮއްޕާލައިފިއެވެ. އެއަށްފަހު އޭނަ ސީދަލަށްގޮސް ކްލަބުން ނިކުތީ އޭނައަށް އެއްބާރުލުން ދޭން ދެކޮޅުހެދި އޭނަގެ ފިޔަވަޅުތައް ހަމައަކަށް އެޅޭތޯ މަސައްކަތް ކުރަމުންނެވެ.

 

ކްލަބް ގެ ތެރެއިން ޝަރަފަށް ނިކުމެވުނީ ޠޫފާނީ އަނދިރި ރެއެއްގެ ތެރެއަށެވެ. ވިއްސާރަ ބޯ މިންވަރު ރޭކާވެސް ލީ ކްލަބްގެ މާޙައުލުން ބޭރުވުމުންނެވެ. ޝަރަފް ނިކުތްތާ މާ ގިނަ އިރެއްނުވެ ވިދުމަކާއެކީ ގުގުރީގެ އަޑުވެސް އިވެން ފެށިއެވެ. ވައި ބާރުކަމުން އެ ފުޅާ މަގުގެ އަނެއްފަރާތުގައި ހުރި ދިގު ގަސްތައް އެއްފަރާތަކަށް ލެނބެމުން ދިޔައެވެ. ކްލަބުން ނިކުމެގެން ގޮސް ޕާރކިން އޭރިއާގައި އޮތް އޭނަގެ ކަޅުކުލައިގެ ކާރާއި ހަމަވީއިރުވެސް ޝަރަފް ތެމި ފޯވެއްޖެއެވެ. އެތައް މަސައްކަތަކުން އޭނަގެ ތަޅުދަނޑި ތަޅުވަޅާއި ދިމާކޮށް އޭނަ ކާރުގެ ދޮރު ހުޅުވައި ކާރަށް އެރިއެވެ. ކާރު ސްޓާޓްވެ ފަޅި ސިކުންތެއްގެ ތެރޭގައި އޭތި ބާރު ސްޕީޑެއްގައި ފަހަތަށް ގޮސް މަގުމައްޗަށް ނިކުތެވެ. އަދި ބުރަކި ވެސް ޖެއްސުމެއްނެތި ހަމަ އެ ސްޕީޑުގައި އެ މަގުން ސީދަލަށް ދުއްވާލީ އެ ތާރު މަގުގެ މަތީގައި އޮތް ފެނުގެ ހިމަ ފަށަލަ ބުރުއްސަމުންނެވެ.

 

ކާރު ތެރޭގައި އިން ޝަރަފްގެ ނަޒަރު ހުއްޓިފައިވީ ކުރިމައްޗަށް ކަމަށްވިޔަސް، ކާރުގެ ބާރު މިނުގެ ސަބަބުން އޭނައަށް އެއްވެސް މަންޒަރެއް ސާފެއް ނުވެއެވެ. އޭނަގެ ބުމަގޮށްޖެހިފައިވީއިރު، އިރަށްއިރަކަށް އޭނަގެ ލޯ ރަތްވަމުން ދިޔަތަން ފެންނަމުން ދިޔައެވެ. ހިނދުކޮޅެއްގެ ތެރޭގައި އޭނަގެ މޫނުމައްޗަށް ލަސްލަހުން އަނެއްކާވެސް ހިތާމަވެރިކަން ވެރިވާން ފެށިއެވެ. މޫނުގެ ކުލަވަރު ބަދަލުވީވީހެން ހުންގާނުގައި ހިފަހައްޓައިގެން ހުރި އޭނަގެ އަތަށްވެސް ދުލެއް ދެވުނެވެ. އޭގެ މާގިނައިރެއްނުވެ އޭނަގެ އެއްލޮލުން ކަރުނައެއް ފައިބައިގެން އައެވެ. އެއަށްފަހު ފަޅި ސިކުންތެއްގެ ތެރޭގައި ކުއްލިއަކަށް އޭނަގެ ކާރާއި ނުހަނު ގާތުން އެހެން ކާރެއް ބުރަކި ޖައްސާލި އަޑު އިވުނެވެ. އެއާއެކު ހަމަހޭވެރިކަމެއް ލިބިގެން ދިޔަ ޝަރަފް އޭނަގެ ކާރު އަނބުރާލަން އުޅުނު ވަގުތު ކާރަށް ލޮޅުމެއް އައިސް ކާރުގެ ބިއްލޫރިތައް ތެޅި އޭތި ބިމުން ހެލުނެވެ. ވަމުން ދިޔަ އެއްޗެއް ޤަބޫލުކުރަން ވެސް ނޭނގިފައި ޝަރަފް ވަނިކޮށް އޭނަ އޭނަގެ ކާރާއި އެކީ މައްޗަށް އަރައި ފުރޮޅިގެން ގޮސް ބުރުއްސައިގެން ދިޔަ ފެނުގެ އަޑާއި އެކީ މަގުގެ އެއްފަރާތެއްގައި އޮތް ކަނޑުގެ އަޑިއަށް ދިޔައެވެ. ކާރު އަޑިއަށް ދިޔަތަނާހެން މުޅި ކާރުތެރެ ފެނުން ފުރިގެން ދިޔުމުން ޝަރަފްގެ ނޭވާ ކުރުވިއެވެ. އޭނަ ވަގުތުން ކާރުގެ ދޮރު ހުޅުވަން މަސައްކަތް ކުރިއެވެ. އުނދަގޫކަމާއެކީ ވެސް އޭނަގެ ނޭވާ ހުސްނުވަނީސް ކާރުގެ ދޮރު އޭނައަށް ހުޅުވާލެވުނެވެ. އަނދިރިކަމުން އެއްޗެއް ނުފެނުނެއްކަމަކު އޭނަ އަޅައިގެން ހުރި ބެލްޓް ނައްޓާލަމުން އެ އަނދިރީގެ ތެރެއިން ފަތައިގަތެވެ. އޭނައަކީ ކިތަންމެ ކުޅަދާނަ ފެތުންތެރިއެއްކަމަކު އޭނަ ވަށާލެވިގެންވި އެ އަނދިރިކަމުގެ ސަބަބުން އޭނައަށް ކުރިއަށް ދާކަށް އެއްގޮތަކަށްވެސް ނޭނގުނެވެ. ކާރުގެ ހެޑް ލައިޓް ހަލާކުވެފައިވީއިރު އަޅިވިލާތަކުގެ ސަބަބުން އެރޭގެ ހަނދަށްވެސް ޝަރަފްގެ އެހީތެރިއަކަށް ނުވެވުނެވެ. ކަނޑުވެސް ގަދަވުމުން އެރޭވެގެން ދިޔައީ ޝަރަފަށް ބަދުނަސީބު ރެއަކަށެވެ. އެއްޗެއް ނުފެނުނަސް، އަތުން ފައިން ޙަރަކާތް ކުރުމުން މައްޗަށް އެރުނެއްކަމަކު އެ ގަދަ ކަނޑުގެ ރާޅުތައް އޭނަ އަޑިއަށް ގަންބަމުން ދިޔައެވެ. ތިން ފަހަރަށް ވެސް އޭނަގެ ވަށައިގެންވި އަނދިރިކަން އޭނަގެ މައްޗަށް ގަދަ ހޯދުމުން އޭނަގެ ހިތް ނާއުއްމީދުން ފުރިގެން ދިޔައެވެ. އޭނަ އިންތިހާއަށް ވަރުބަލިވެ ޙަރަކާތްތައް ހުއްޓިތާ މާ ގިނައިރެއްނުވެ އޭނައަށް ވީނުވީއެއް ނޭނގި ދެލޯ މެރުނެވެ.

 

**

 

“ޝަރަފް……ޝަރަފް. ޝަރަފް! ޝަރަފް ހޭލަބަލަ. އާރ ޔޫ އޯކޭ؟” ޝަރަފަށް އުނދަގުލާއެކީ އޭނަގެ ދެލޯ ހުޅުވާލެވުނީ ފިރިހެނަކު އޭނައަށް ގޮވާ އަޑަށެވެ. ލޯ ރަނގަޅަށް ހުޅުވައި ބަލާލިއިރު އެއީ އޭނަ އޮތް އެނދުގެ ކައިރީގައި އިށީނދެގެން އިން އޭނަގެ ބޭބެ ޝިނާޒެވެ.

 

“ޑޫޑް ވަޓް ވާރ ޔޫ ތިންކިންގް؟! ޑްރިންކް ކޮށްގެން ހުރެ ޑްރައިވް ނުކުރާށޭ ބުނާވަރަށްވުރެ ޝަރަފްއަށް މިހާރު ވިސްނޭނެ. ބާރގަ ތިބި ސްޓާފުންނަށް ވެސް ވަރަށް ގަދައަށް ބަވާލެވިއްޖެ މިކަމަކާހެދި. އެކަމަކު ޑްރައިވަރެއް ހޯދައިދޭތޯ މާރކް ޝަރަފް ކައިރި އެހި ކަމަށްވަނީ. އެއީ ތެދެއްތަ؟” ޝިނާޒް ހިސާބެއްގެ ރުޅިވެރިކަމަކާއެކީ ވާހަކަ ދެއްކިއެވެ. އޭނަ އޮތްތަނާމެދު ޝަރަފަށް ވިސްނެން ފެށީ ދެނެވެ. އެއީ އޭނަގެ ކޮޓަރިއެއް ނޫނެވެ. އެއީ ހޮސްޕިޓަލެއްގެ ޕްރައިވޭޓް ރޫމެކެވެ. ހަމަ އެއާއެކު ފަޅި ސިކުންތެއްގެ ތެރޭގައި ކަންވެ ދިޔަ ގޮތް ޝަރަފްގެ ލޯމަތިން ސިފަވެގެން ދިޔަދިޔަހެން އޭނަގެ ބޮލުގައި އުފެދިފައިވި ރިހުން ވެސް ގަދަވިއެވެ. އޭނައަށް އެއްޗެކޭ ނުބުނެވެނީސް ޝިނާޒް އޭނަ ކުރި ސުވާލުގެ ޖަވާބު ވަކި ގޮތަކަށް ނިންމައި، ވާހަކަ ދެއްކިއެވެ.

 

“ސީރިއަސްލީ ޝަރަފް! ކިހިނެއްވެގެންތަ ތިއުޅެނީ؟ ތެދުތެދަށް ކިޔައިދީބަލަ! އެ ހަނާއަކާއެކީ ސިޑްނީއަށް ބަދަލުވީފަހުން ތި އުޅެނީ ރަނގަޅަކަށް ނޫން. ޔޫ އާރ ނޮޓް ދަ ސޭމް. މިރޭވެސް ނަސީބެއް އަހަންނަށް މި ރަށަށް އާދެވުނުކަން. އެނޫންނަމަ އެކަކަށްވެސް ނޭނގި ޝަރަފް މި ދުނިޔެ ދޫކޮށް ދިޔައީސް. ޝަރަފް މި ޙާލުގަ އޮތްއިރު ވެސް އޭނަ ކޮބައިތަ؟” ޝިނާޒް ދެންވެސް ވާހަކަ ދެއްކީ އިންތިހާއަށް ނުރުހުންވެފައި އިނދެއެވެ. އޭނަ ދެއްކި ވާހަކައިން އިސާހިތަކުން ޝަރަފްގެ މޫނުމައްޗަށް ހިތާމަވެރިކަން ވެރިވިއެވެ. އެ މަންޒަރު ފެނިފައި އެއްޗެކޭ ބުނަން އުޅުނު ޝިނާޒްގެ ދުލުގައި ތަޅު އެޅުވުނެވެ. ޝަރަފްގެ ލޮލަށް ކަރުނަތައް ގިނަވެގަތް ހިނދު ކަންވީ ގޮތް ނަގައިގަނެވުމުން ޝިނާޒަށް ވާހަކަ ދެކެވުނެވެ.

 

“އޭނައާ ޝަރަފް ބްރޭކް އަޕްވީތަ؟” ޝިނާޒް ހިސާބެއްގެ ޙައިރާންކަމަކާއެކީ އަހާލިއެވެ. އެ ސުވާލުގެ ޖަވާބެއްގެ ގޮތުން ޝަރަފް މާޔޫސީ ގޮތަކަށް ދުރަށް ނަޒަރު ހިންގާލީ އެއްޗެކޭ ބުނަން ބޭނުންނުވާ ފަދައަކުންނެވެ. މިފަހަރު ޝިނާޒްގެ އަނގައިން ނިކުތީ ޝަރަފްގެ ލޯބިވެރިޔާއަށް އަމާޒުވި ނުބައި ބަހެކެވެ.

 

“ޑޯންޓް ޓެލް މީ! އޭނަ ޝަރަފްގެ ބޮލަށް އަރައިގެން ޝަރަފްގެ ހުރިހާ ފައިސާއެއް ކާލާފަ އެ ފިލީ!! ޝަރަފް ވެސް ހިސާބަށްވުރެ މޮޔައީ. ޑޭޑް އަޅައިދިން ބާރ ވެސް މޯގޭޖްކޮށްގެން އޭނައަށްޓަކައި ލާރި ހޯދީ. ފޯ ހެވެންސް ސޭކް އޭނަ އެހާ ގިނަ ލާރި ބޭނުންވާނީ ކީއްކުރަން؟” ޝިނާޒްގެ އަޑު އިހުނަށްވުރެ ހަރުވިއެވެ. ޝަރަފް އެއްވެސް ޖަވާބެއްނުދީ އޮތީ މަންމަން މީހަކު ފަދައިންނެވެ.

 

“ހަމަ ޔަޤީނޭ އޭނަ ޝަރަފްގެ ޖަޒުބާތުތަކާ ކުޅެން ކޮންމެވެސް ހާއްޔެކޭ ކީކަން. ޝަރަފް ވެސް މީހެއްގެ ބަހަކަށް އެހެން ހެއްލިގެން ނުވާނެ. މި ދުނިޔެއަކީ ހަލާކުވެފަ އޮތް ދުނިޔެއެއް. ބައްޕަހެން ހެޔޮ ބޮޑުވާން އުޅެފިއްޔާ މީހުން ދާނީ ޝަރަފްގެ ބޯމަތި….” މިފަހަރު ޝިނާޒްގެ ވާހަކަ ފުރިހަމަ ނުވަނީސް ޝަރަފް އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތެވެ. އެ އަޑުގައި ރުޅިވެރިކަމާއެކީ ރިހުމެއްވެސް އެކުލެވިގެން ދިޔައެވެ. އެ ހަޅޭކުގެ އަޑު ފޭދިގެން ދިޔައީ ފުން ނޭވާތަކެއްގެ ތެރެއަށެވެ. ޙައިރާންކަމެއްގެ ތެރޭގައި ޝިނާޒަށް އެއްޗެކޭ ނުބުނެ މަންޒަރު ބަލަން އިނދެވުނެވެ.

 

ހިނދުކޮޅެއްފަހުން ޝަރަފް ހަމައަކަށް އެޅުނުހެން ހީވުމުން ޝިނާޒް އެއްޗެކޭ ބުނަން އަނގަ ހުޅުވާލިއެވެ. އެ ހިނދު އޭނައަށް ހުރަސް އެޅިގެން ދިޔައީ ޝަރަފް ވާހަކަ ދެއްކުމުންނެވެ.

 

“އަހަރެން ބޭނުންވަނީ މާލެއަށްދާން. ދޮންތައާއި ބައްޕަ ކައިރިއަށް.” ޝަރަފް މަޑުމައިތިރި އަޑަކުން ބުނެލިއެވެ. ހަމަ އެއާއެކު ޝިނާޒަށް ލިބުނު ޝޮކެއްގެ ސަބަބުން އޭނަގެ ދެލޯ ބޮޑުވިއެވެ. އޭގެ ދެވަނަ ސިކުންތުގައި ރުޅިވެރިކަމުން އޭނަގެ މޫނު ރަތްވިއެވެ.

 

“ވަޓް ދަ ހެލް! ތިއީތަ ޑޭޑް މި ހުރިހާ ދުވަހު ކޮށްދިން ކަންތައްތަކުގެ ބަދަލުދޭ ގޮތަކީ؟ އަހަރުމެންނަށް މިއަދު މި ލިބިފައިވާ ދިރިއުޅުމަކީ ޑޭޑް އަހަރުމެންނަށް ހޯދައިދިން ދިރިއުޅުމެއްކަން ޝަރަފް ހަނދާން ނެތުނީތަ؟ މާލޭގަ ކުޑަ ގޮޅިއެއްގަ އުޅޭ މުސްކުޅިޔާއަށް އަހަރުމެންނަށް ކޮށްދެވުނު އެއްކަމެއްވެސް އެބައޮތްތަ؟ ޗި! ޝަރަފްގެ ގޮތެއް މަށަކަށް ނޭނގޭ. މަގޭ ނަޒަރުގަ އަހަރުމެންގެ ބައްޕައަކީ އަހަރުމެންގެ ޑޭޑް. އަހަރުމެންގެ ދޮންބައްޕަ. އެ މީހާގަނޑެއްނޫން! ޝަރަފް ދާން ބޭނުމިއްޔާ ދޭ! މަށެއް ނުދާނަން ދުވަހެއްގެ ކޮޅުންވެސް އޭނައާ އޭނަގެ އަންހެން ދަރި ކައިރިއަށް!” ޝިނާޒް އެހެން ބުނެ މަޑު ކުރުމެއްވެސް ނެތި ގޮނޑިން ތެދުވެ ޝަރަފަށް ފަސްދީފައި ދާން ހިނގައިގަތެވެ. ޝިނާޒް ހިނގާފައި ގޮސް އެ ރޫމުގެ ދޮރު ހުޅުވައި ބާރު އަޑަކާއެކީ ދޮރު ލައްޕާލީ، ޝަރަފްގެ އަތް ފަދައިން ޓެޓޫ ކުރެހިފައިވި އޭނަގެ ބާރުގަދަ އަތުންނެވެ. އެ މަންޒަރު ފެނިފައި ޝަރަފަށް މައްޗަށް ނަޒަރު ހިންގާލަމުން ފުން ނޭވައެއް ދޫކޮށްލެވުނެވެ. އޭނައަށް ދާދި ދެންމެއަކު އޭނަގެ ބޭބެއަށް އިއްވާލެވުނީ އެންމެ ރަނގަޅު ނިންމުންތޯ އަމިއްލަ ނަފްސާއި ސުވާލުކޮށްލެވުނެވެ. އެ ނިންމުމަކީ އޭނައަށްވެސް ނިންމަން ފަސޭހަ ނިންމުމެއް ނޫނެވެ. އެހެނަސް އެތައް ސަބަބަކާހުރެ އޭނަ ދެން މި ޤައުމުގައި ހުންނާކަށް ބޭނުމެއް ނުވަނީއެވެ. އޭނަ އޭނަގެ ބޭބެއާއެކީ މީގެ 8 އަހަރު ކުރިން އޮސްޓްރޭލިޔާއަށް ދިރިއުޅުން ބަދަލުކުރީ ދެން ދުވަހަކުވެސް އަމިއްލަ ޤައުމަށް އަނބުރާ ނުދާން ކަނޑައަޅަމުންނެވެ. އަމިއްލަ ނަފްސަށް އެދުވަހު ވީ ވަޢުދު ވަރަށް ފަހަކާއި ޖެހެންދެން ވެސް އޮތީ އެގޮތުގައެވެ. އޭނަގެ އެ ސާބިތު ފިޔަވަޅަށް ލޮޅުމެއް ގެނައީ މީގެ 3 މަސް ކުރިން ހިނގި ޙާދިސާއެކެވެ. ދެންމެ ޝިނާޒް ބުނިހެން އޭނަ ބަދަލުވެ، “މޮޔަ” ނިންމުންތަކެއް ވެސް ނިންމެން ފެށީ އެ ޙާދިސާއަށް ފަހުއެވެ. އެހެންނޫންނަމަ އޭނައަކީ “ހެޔޮ”ވުމުގެ ނިޔަތުގައި މީހެއްގެ ބަހަށް ހެއްލިގެންދާ ޒާތުގެ މީހެއްނޫނެވެ. އޭގެ ބަދަލުގައި އޭނައަކީ އެހެން މީހުން އޭނަގެ ދަލުގައި ޖައްސާ މީހެކެވެ. އޭނަގެ ވަށައިގެންވި އެންމެން އޭނައަށް ޖެހިލުންވާ ޒާތުގެ މީހެކެވެ. އެތައް ދުވަހެއްގެ ބުރަ މަސައްކަތުން ބިނާ ކުރި ބިޔަ ހަށިގަނޑާއި އަތުގައި ކުރެހިފައިވި ޓެޓޫގެ ވެސް އެއްބޭނުމަކީ އެއީއެވެ. އެހެނަސް އެރޭގެ އެ ޙާދިސާއަށްފަހު އޭނަގެ މުޅި ދިރިއުޅުންދަނީ އެ ފުށްމިފުށަށް ޖެހެމުންނެވެ. އޭނަގެ އަތް ހުސްވެ އޭނަ އަނެއްކާވެސް މިވަނީ ދޮންބައްޕައަށް ބަރޯސާވާން ޖެހިފައެވެ. މިފަހަރު އޭނަގެ ސަބަބުން ދޮންބައްޕައަށް ލިބުނު ގެއްލުމުގެ ސަބަބުން އޭނައާއި ދޮންބައްޕަގެ ދެމެދުގައި އޮތް ގުޅުން ހީނަރުވެގެން ދާނެކަން ޝަރަފަށް ޔަޤީންވެއެވެ. އޭނަ ބޭނުންވިޔަސް އޭނައަށް ދެން ހަމަޖެހިގެން އޮސްޓްރޭލިޔާގައި ނުހުރެވޭނެކަމީ އޭނައަށް އެނގޭ ޙަޤީޤަތެކެވެ. އެ ޙަޤީޤަތާމެދު އޭނަ ހިސާބަކަށް ހިތްހަމަޖެހިފައިވަނީ މި ޤައުމުން ދުރަށް ދިޔުމުން އެ ޙާދިސާގެ އަސަރުތަކާވެސް އޭނައަށް ދުރުވެވޭނެހެން ހީވާތީވެއެވެ. އެހެނަސް ތަޤުދީރުގައި އޮތީ މުޅިން އެހެން ގޮތެއްކަން ޝަރަފަކަށް ރޭކާއެއް ނުލައެވެ.

 

ޝަރަފް އޮތްގޮތަށް އޮތްވާ ދެން އެ ރޫމަށް ވަދެގެން އައީ ޑޮކްޓަރަކާއި ނަރުހެކެވެ. ޑޮކްޓަރު އޭނަގެ ޙާލު ބަލައި ބޭސްތަކެއް ދީފައި ދާން ހިނގައިގަތީ އަރާމުކުރަން އަންގާފައެވެ. ޝަރަފްގެ އެދުމާއި އެއްގޮތަށް ނަރުސް ކުއްޖާ ނިކުމެގެން ދިޔައީ އެ ރޫމުގެ ބޮކިތައް ނިވާލާފައެވެ. އަރިމަތީ މޭޒުމަތީގައި އޮތް އޭނަގެ ފޯނު ޝަރަފްގެ ލޮލުގައި އެޅީ ބޮކިތައް ނިވިގެން ދިޔަ ވަގުތެވެ. އޭނަ ވަގުތުން އަތް ދިއްކޮށްލަމުން އޭތި ނަގައި އޮން ކުރެވޭތޯ މަސައްކަތް ކުރިއެވެ. ފޯނު ދިއްލިގެން ދިޔުމުން ޝަރަފްގެ މޫނުމަތިން ލުއި ހިނިތުންވުމެއް ފެނިގެން ދިޔައެވެ. އޭތި ސަލާމަތުން އޮތީ އެ ހުރިހާ ވަގުތު އޭތި އޭނަގެ ޖިންސްގެ ޖީބުގައި އޮތީތީވެކަން ޝަރަފަށް ނަގައިގަނެވުނެވެ. އެ ކުޑަކުޑަ އުފާވެރި ވަގުތު ކޮޅުގައި ޝަރަފް ހިނދުކޮޅަކަށް އޭނަގެ ހިތާމަތަކުގެ މަތިން ހަނދާން ނެތުނެވެ. އެހެނަސް އެވަގުތު ގައިގެ އެތަން މިތަނުގައި ރިއްސާތީ ލޮލަށް ނިންޖެއް ނައުމުން ޝަރަފް އޭނަގެ ފޯނުން ޑޭޓާ އޮންކޮށް ފޭސްބުކަށް ވަދެލިއެވެ. އެންމެ ފުރަތަމަ ވެސް ފެނިގެން ދިޔައީ އޭނަގެ އަލަތު ލޯބިވެރިޔާ ކަމަށްވާ ހަނާގެ އާ ޕްރޮފައިލް ޕިކްޗާރއެވެ. ފޮޓޯ ފެނުނު ފުރަތަމަ ސިކުންތުކޮޅުގެ ތެރޭގައި ޝަރަފްގެ ހިތަށް މާޔޫސްކަމެއް ވެރިވިއެވެ. އެހެނަސް މާ ގިނައިރެއްނުވެ ހަނާ އޭނައާއިމެދު ކަންތައް ކުރި ގޮތް ހަނދާންވުމުން ޝަރަފްގެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވިއެވެ. އޭނަ ވަގުތުން ހަނާ އަންފްރެންޑްކޮށް އޭނަ ބްލޮކްކޮށްލީ އޮޅުމަކުން ވެސް އޭނައަށް ޝަރަފަށް މެސެޖެއް ކުރުމުގެ މަގު ބަންދުކުރުމަށެވެ. އެއަށްފަހު ޝަރަފް އަނެއްކާވެސް ފޭސްބުކް ސްކްރޯލް ކުރަން ފެށިއެވެ. މާ ދުރަކަށް ނުދަނީސް ކޮންމެވެސް އެއްޕޭޖެއްގެ ޕޯސްޓެއް ފެނިފައި ޝަރަފަށް ސްކްރޯލް ކުރުން ހުއްޓާލެވުނެވެ. އެއީ ދީން ދޫކޮށް ދީނަށް ފުރައްސާރަކުރާ މީހުންގެ ޕޭޖެކެވެ.

 

ޝަރަފަކީ އޭނަ ދީން ދޫކޮށްފައިވާކަމަށް އެއްދުވަހެއްގައިވެސް ދުލުން ބުނި މީހެއްނޫނެވެ. އެހެނަސް އޭނަ އެފަދަ މީހުން ދައްކާ ވާހަކަތައް އަޑުއަހައި އެކަން ޤަބޫލުކުރާ ހިތްވެއެވެ. ދިރިއުޅުމުގައި އޭނަ މިހާ ހިސާބަށް އައި ގޮތާމެދު ޝަރަފަށް ވެސް ލިބެނީ ޙައިރާންކަމެކެވެ. އޭނައަކީ ކުޑައިރު ނަމާދުކޮށް ޤުރުއާން ކިޔަވައި ހެދި “ބަސްއަހާ” ކުއްޖެކެވެ. ބައިވެރިވެވެން އޮތް ހުރިހާ ޤުރުއާން ކުލާހަކާއި މުބާރާތެއްގައި ބައިވެރިވެ ވަނަތައް ވެސް ހޯދަމުން އައި ކުއްޖެކެވެ. އަދި އިސްލާމް މާއްދާވެސް ނުހަނު ޝައުޤުވެރިކަމާއެކީ ކިޔަވައި ރަނގަޅު ނަތީޖާ ހޯދި ކުއްޖެކެވެ. ވީއިރު އޭނައަށް 23 އަހަރުގެ ޢުމުރަށް އައިއިރު އޭނަ މިހާވަރަށް ބަދަލުވާންވީ ކީއްވެ ހެއްޔެވެ؟ އެއީ ޝަރަފް ކުޑައިރުއްސުރެ ދަންނަ ވަރަށް ގިނަ ބަޔަކު އުފައްދާ ސުވާލެކެވެ. ޚުދު ޝަރަފަކަށް ވެސް އެ ސުވާލުގެ ސީދާ ޖަވާބެއް ދޭކަށް ނޭނގެއެވެ. ބައެއްފަހަރު ހިތާހިތުން އެއީ އޭނައަށް މިހާރު މާ ވިސްނޭތީވެ ކަމަށް ޝަރަފަށް ބުނެވެއެވެ. އެހެނަސް އެ ބަސްތައް ދުލުން ބުނަން ޖެހިލުންވަނީ އެ ބަސްތަކުގައި ކޮންމެވެސް ވަރެއްގެ ދޮގެއްވާހެން ހީވާތީވެއެވެ. އެހެންކަމުން ޝަރަފަށް އަބަދުވެސް ހުރެވެނީ ހިތްހަމަނުޖެހުމެއްގެ ތެރޭގައެވެ. ޚުދު އޭނައަކީ ކާކުކަން ވެސް ސިފަކޮށްދޭން ނޭނގޭ ފަދަ އަނދިރިކަމެއްގެ ތެރޭގައެވެ.

 

 

އެރޭވެސް އާދައިގެ މަތިން ޝަރަފް އެ ޕޭޖްގެ ލިންކަށް ފިތާލީ ދެ ޚިޔާލެއްގެ މަތީގައި ހުރެއެވެ. އަދި އެ ޕޭޖްގެ ތެރެއިން ސްކްރޯލްކުރަމުން ދިޔައީ ލައިކް ދެމުން ކަމަށްވިޔަސް ބުމަށްގޮށްޖެހިފައި އިނދެއެވެ. ސްކްރޯލް ކުރަމުން ދަނިކޮށް މިފަހަރު އޭނައަށް މަޑުކޮށްލެވުނީ މާ ރުޅިވެރި ޕޯސްޓެއް ފެނިގެން ދިޔުމުންނެވެ. އެ ޕޯސްޓު ކިޔާލިއިރު ޕޭޖްގެ އެޑްމިން ވަނީ ކޮންމެވެސް މީހަކަށް ވަރަށް ހަޑި ހުތުރު ބަހުން އެއްޗެހި ކިޔާފައެވެ. ހީވާ ގޮތުން އެއީ ކޮންމެވެސް ދީނީ ވާހަކަތަކެއް ދައްކާ މީހެކެވެ. މި ނޫނަސް މި އެޑްމިން ދީނީ ވާހަކަތައް ދައްކާ މީހުންނަށް ފުރައްސާރަ ކޮށްފައިވެއެވެ. އެހެނަސް އެ ޕޯސްޓްތަކާއި ޚިލާފަށް މި ޕޯސްޓުގައިވީ އާދަޔާ ޚިލާފު ރުޅިވެރިކަމެކެވެ. އެ މީހަކު މަރާލަން ބޭނުންވާފަދަ ރުޅިވެރިކަމެކެވެ. އެ ދިގު ޕޯސްޓުގެ އެންމެ ފަހަތުގައި ލިޔެވިފައިވީ ކެރެންޏާ ތިމަންނަމެންގެ ކުރިމައްޗަށް އައުމަށްބުނެ އެ މީހަކަށް އިންޒާރު ދީފައެވެ. އެ އިންޒާރުގައި އެމީހެއްގެ ޕޭޖަށް ދެވޭ ލިންކް އޮތެއް ކަމަކު އުނދަގޫ ނަމަކަށްވުމުން ޝަރަފް އެ ނަން ނުވެސް ކިޔައި ކޮމެންޓްތައް ބަލަން ފެށީ ކަން ވެގެން އުޅޭ ގޮތް ދެނެގަތުމަށްޓަކައެވެ. އެ ޕޯސްޓް ލިޔުނު އެޑްމިންއާއި ދެކޮޅަށް ހުރި ކޮމެންޓްތައް ވަރަށްވެސް ގިނައެވެ. ﷲ ގެ އިރާދަފުޅުން އަދިވެސް ގިނަ ބަޔަކަށް ހިދާޔަތް ލިބިގެންދާނެކަމަށް ބައެއް މީހުން ބުނަމުން ދިޔައިރު އަނެއްބައި މީހުން އެ އެޑްމިންގެ ހިދާޔަތަށްޓަކައި ދުޢާކޮށްފައިވިއެވެ. ކޮމެންޓްތައް މަތިމަތިން ބަލާފައި ޝަރަފް އެންމެ ފަހުން އޭނަ ތާޢީދުކުރާ އެޑްމިން އިންޒާރު ދިން މީހެއްގެ ޕޭޖްގެ ލިންކަށް ފިތާލިއެވެ. ޕޭޖްގެ ޕްރޮފައިލް ޕިކްޗާރގައިވީ ޤުރުއާނުގެ މުޞްޙަފެއްގެ ތަސްވީރެކެވެ. އޭނައަށް މިވަދެވުނީ ކޮން ކަހަލަ ޕޭޖަކަށް ކަން އެނގުންވުމުން ވެސް ޝަރަފްގެ މެއަށް ގޮތެއްވިއެވެ. ޕްރޮފައިލް ޕިކްޗާރގެ ކައިރިން ފެންނަން ހުރި ކަވާރ ފޮޓޯގައި އޮތީ އިނގިރޭސި ބަހުން އޮތް ލިޔުންކޮޅެކެވެ. ޝަރަފަށް އޭތި ކިޔާލެވުނެވެ.

 

“ﷲ އީ، އީމާންވި މީހުންނަށް އެހީތެރިވެ، ވާގިވެރިވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ، އަނދިރިކަމުގެ ތެރެއިން އަލިކަމަށް އެމީހުން ނެރުއްވައެވެ.” އިނގިރޭސި ބަހުން ލިޔެވިފައި އޮތް އެ ލިޔުންކޮޅުގެ ތިރީގައި “ޤުރުއާން” އޭ ލިޔެވިފައިވުމުން މިއީ ޤުރުއާނުގެ އާޔަތެއްގެ މާނަކަން ޝަރަފަށް އެނގުންވިއެވެ. އެ ލިޔުންކޮޅުން އެ ބުނި އެއްޗެއްގެ މާނަ ޝަރަފަށް ދޭހަ ނުކުރެވުނެއްކަމަކު އޭގެ ސަބަބުން ނޭނގޭ ސަބަބަކާއެކުހުރެ އޭނަގެ މެއަށް ފިނިވިއެވެ. ޝަރަފަށް އަނެއްކާވެސް ބަލާލެވުނީ އެ ޕޭޖުގެ ވެރި ފަރާތުގެ ނަމަށެވެ.

 

“ބިންތު ޢައްމާރު….” ޝަރަފަށް ވައި އަޑުން ކިޔާލެވުނެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ވޭންތަކުން ދިން ހިތި މާޒީ (20)

Next

ތިޔަ ލޯބީގެ ހައްޤުގައި (11)

Next
November 24, 2017

ތިޔަ ލޯބީގެ ހައްޤުގައި (11)

Previews
November 24, 2017

ވޭންތަކުން ދިން ހިތި މާޒީ (20)

33 Comments!

  1. oh mah god says:
    November 24, 2017 at 8:34 am

    meh first v rythi masha allah???

    1. Jana says:
      November 24, 2017 at 1:01 pm

      hehe….Alhamdhulillah! (All praise and thanks belong to Allah) 🙂 <3

  2. Lam says:
    November 24, 2017 at 8:41 am

    Vvv reethi..masha Allah…waiting

    1. Jana says:
      November 24, 2017 at 1:01 pm

      Alhamdhulillah! 🙂 Next part sunday ga In Sha Allah

  3. Sweetie says:
    November 24, 2017 at 8:57 am

    Dhen Jana. Mihaaru Asru nimijje. Ethah dhuvaheh fahun Nooru thi feshee. Heehee… Aslu varah reethivaanehen heevanee. Avas avahah upkohdhemun gendhahchey.

    1. Jana says:
      November 24, 2017 at 1:02 pm

      hehe…..avas avahah genesdhevey dhuvasthah aima jana vaahaka eh up kuran fashaany ves 😀 Alhamdhulillah!

  4. yaayaa says:
    November 24, 2017 at 9:27 am

    omg omg…. jana is back….jana ge haalu kihineh? masha allah….. anekka ves jana ge heyo naseyhathuge vahaka kolheh kiyaalumuge furusatheh mi libuny. alhamdhulillah :-)… mi vahaka in anekka ves ethah kudhinnegge dhiriulhumah asaru kuraane kan yagyn….. furathama bai ves varah shauguverikamaaeku kiyaalevijje… jana ah maai allah heyo rahmai lavvaashi…. maai allah alhamennaky heyo bas adu ahaa heyo kanthah gaboolukuraa saalih alhun kamuga lavvaashi….
    barakaaitheri hukuru dhuvahu mi fadha dheenee vahaka fashaidhineethee hama shukuruverivan 🙂 🙂 🙂

    1. Sweetie says:
      November 24, 2017 at 9:57 am

      Aameen

    2. Jana says:
      November 24, 2017 at 1:05 pm

      thibaa ahves maai Allah heyo rahmaiy lavvaashi. Ameen! jana hama baraabaru Alhamdhulillah! yaayaa kihineh? 🙂 In Sha Allah jana ge ves edhumaky mi vaahakaige therein jana ahves adhi thiya kiyuntherinnahves hidhaayaiy ithuru vegen dhiyun. Ameen!

  5. Fathimath says:
    November 24, 2017 at 10:01 am

    Ma Sha Allah.. vrh reethi… nxt part ah inthizaarukuran… vrh avas khla dhinun edhen… may Allah bless you…

    1. Jana says:
      November 24, 2017 at 1:55 pm

      Alhamdhulillah! next part sunday ga In Sha Allah. May Allah bless you too Ameen!

  6. Addu manje says:
    November 24, 2017 at 10:15 am

    Yay! Finally you are back.. Holidays v ma i was expecting u to come back.. ehen hutta miadhu balaali iru mi fenunee..happy to c you back again.. Any way how are you my dear?
    Mi story ves varah reethi vaane hen heevanee.. Mi bai varah reethi Maashaa Allah.. And Kon dhuvas thakeh ga up kuran ninmmaafa othee??
    Im really excited to read the nxt part.. 🙂

    1. Jana says:
      November 24, 2017 at 1:57 pm

      jana hama rangalhu ingey Alhamdhulillah! Addu manje kihineh? vaahaka up vaany dhedhuvahun ehdhuvahu In Sha Allah 🙂

  7. Xxxx says:
    November 24, 2017 at 10:45 am

    Janaa u r back..was waiting 4 a story of yours…v.v.reethi? waiting

    1. Jana says:
      November 24, 2017 at 1:57 pm

      Alhamdhulillah! 🙂 Next part sunday ga In Sha Allah 🙂

  8. Xish says:
    November 24, 2017 at 11:12 am

    Mee janage vaahakaeh kiyaalevunu furathama faharu… Varah reethivaanehen heevanee.. Next part ah inthizaaru kuran.. ??

    1. Jana says:
      November 24, 2017 at 1:58 pm

      varah ufaavejje aa kiyuntherieh libunyma. jana ge vaahaka thakah xish ah varah bodah maruhabaa 😀 Next part sunday ga In Sha Allah 🙂

  9. PRINCESS AFU says:
    November 24, 2017 at 11:48 am

    MASHA ALLAH feshun Vv furihama ??
    Kyp it up Janaa
    May allah bless you
    Aameen

    1. Jana says:
      November 24, 2017 at 1:59 pm

      Alhamdhulillah! May Allah bless you too. Ameen! 🙂

  10. Azkaa says:
    November 24, 2017 at 12:34 pm

    Ohhh m so happy…? jana is back?? maasha allah story v reethi?. Kn dhuvasthakehga up vaany?

    1. Jana says:
      November 24, 2017 at 2:00 pm

      Alhamdhulillah! 😀 vaahaka up vaany dhedhuvahun ehdhuvahu In Sha Allah 🙂

  11. Jana says:
    November 24, 2017 at 2:09 pm

    Bismillaahirrahmaanirraheem. Assalaam’alaikum wa rahmathullaahi wa barakaatuhu. anekkaaves aa vaahaka akaa eky thiya kiyuntherinnaa hama ah aumuge thaufeequ libunu kamattakai hamdhu kuran. jana ge vaahaka eh kiyan alah feshi kiyuntherinnah varah bodah maruhabaa. thi hurihaa kiyuntherinnahves jana mi page ah ziyaaraiy kurumah dhauvathu aruvan.

    https://www.facebook.com/Asr-1445208739121696/

    mi page aky jana liyaa komme vaahaka eggai hunna ibraiythah thafseel kohdhinumuge niyathugai hedhi page eh. veema vaahaka kiyaa hurihaa kiyuntherin mi page ge post thah follow kurumaky jana ge varah bodu edhumeh. komme bayakaa eky post eh liyeveytho jana varah masakkaiy kuraanan In Sha Allah. fb ga noolhey kiyuntherinnattakai vaahakaige thireega commentegge sifaigai fb post thah hissaa kureveyne vaahaka ves bunelan. 🙂

    Maai Allah alhamen emmennah hidhaayaiy ithuru kohdhevvaashi. Ameen!

  12. Jana says:
    November 24, 2017 at 2:11 pm

    FB Post:

    “Allah is the Protective Friend of those who believe. He brings them out from multiple darknesses into light….” Suratul Baqarah, ayah 257

  13. saadhu says:
    November 24, 2017 at 2:56 pm

    Nice

    1. Jana says:
      November 24, 2017 at 9:45 pm

      Alhamdhulillah! 🙂

  14. Raey says:
    November 24, 2017 at 3:50 pm

    Masha Allah vvvvv reethi

    1. Jana says:
      November 24, 2017 at 9:45 pm

      Alhamdhulillah! 🙂

  15. Isha says:
    November 24, 2017 at 6:16 pm

    MashaAllah vrah reethi Jana ge vaahaka akah inthizaari kuraatha vrah dhuvas vehje.Jana ge vaahaka fenuneema vrah ufaavi

    1. Jana says:
      November 24, 2017 at 9:47 pm

      jana ves varah dhuvas vejje vaahaka eh liyaa hithun ulheythaa. hehe….vaguthuvegen hamajehunyma mi feshy. Alhamdhulillah! 🙂

  16. kudakamana says:
    November 25, 2017 at 4:07 pm

    oooh jana gandu a ee tha. haalu ahuvaalu kihineh tha dhonkanbulo.. vaahakaige furathama bai v reethi. dhen oiy bayah varah inthizaaru kuran eba. avahah up kohdhehchey.. hijra n asru vaahaka akee mashah vaahakayeh kiyaogen enme asaru kuri dhe vaahaka. adhi haassa koh hijra. mivaahaka akee ves insha allah v asaru gadha vaahaka akah vaane kamah unemeedhu kuran. magey ayaai badhalu kolli vaahaka eh hijra akee. so mivaahaka nimendhen up kohdheym vaane ingey. hmm mihaaru maa haasaru dhigu vejje dho. dhen varah salaam..

  17. Kuda Kamana says:
    November 25, 2017 at 10:37 pm

    xish.. jana ge asru vaahaka kiyaalaba. adhi hijra vaahaka ves.. yageen kiyaafa roanekan.

  18. Pink says:
    November 26, 2017 at 8:50 pm

    Alhamdhuli’llaahi
    Jana ge story kiyaalan libunyma v happy….

  19. Afawn says:
    December 5, 2017 at 6:22 pm

    Masha allah v reethi vaahaka..v dhuvas vejje esfiya ah nuvannna thaa.v happy vejje jana ge story eh kiyaalan libeythee.. alhamdhulliah.

Comments are closed.

Next Episodeނޫރު (ދެވަނަ ބައި)←


All Right Reserved!