Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ނޫރު (ދެވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
November 26, 2017 8 Mins Read
27 Comments

“ބިންތު ޢައްމާރު….” ޝަރަފަށް ވައި އަޑުން ކިޔާލެވުނެވެ. ހަމަ އެއާއެކު އޭނަގެ ނިތަށް ރޫގިނަވިއެވެ. މިއީ ކޮންކަހަލަ ނަމެއްތޯ ހިތަށްއެރިއެވެ. މި ވާނީ ހަމަ ޔަޤީނުންވެސް ދީނުގައި “ހައްދު ފަހަނަޅާފައިވާ” އަންހެނެއް ކަމަށެވެ. އެ ނޫންނަމަ މިކަހަލަ ނަމެއް މި ޕޭޖަށް ދޭންވީ ފަހެ ކީއްވެ ހެއްޔެވެ؟ ޝަރަފް ހަމަ އިސާހިތަކު އެ އަންހެން ކުއްޖާގެ ހުރިހާ ސިފައެއް އަމިއްލަ އަމިއްލައަށް ނިންމައިފިއެވެ. އެ ވާނީ ހަމަ ޔަޤީނުންވެސް ދެއްކުންތެރިކަމަށްޓަކައި ދިގު ހެދުންލާ ކުއްޖަކަށެވެ. ގިނަ މީހުންގެ ކުރިމަތީގައި ހެޔޮ ވާކަމަށް ހެދުނަސް އޭނަގެ ދަށުގައިވާ މީހުންނަށް ނިކަމެތިކޮށް ހިތާ މީހަކަށެވެ. އަދި ނޫންކަމަށް ހަދައިގެން ހުއްޓަސް އޭނައަށް ރީތި ކޮންމެ ފިރިހެނެއްގެ ސަމާލުކަން ހޯދަން މަސައްކަތް ކުރާ އަންހެނަކަށެވެ. އަދި ރަނގަޅަށްވިއްޔާ މީނަ މި ތާޢީދުކުރާކަމަށް ދަޢުވާ ކުރާ ދީނަށް ބަދުބަސް ބުނާ މީހާއާއި އެއަށްވުރެ ނުބައިކޮށް މުޚާތަބު ކުރާ މީހަކަށެވެ. ހިތަށްވެރިވި އެ ފަހު ޚިޔާލާއެކީ ޝަރަފް އެ ޕޭޖްގެ ތެރެއިން ސްކްރޯލް ކުރަން ފެށީ ރުޅިވެރި ޕޯސްޓެއް ފެންނާނެ ކަމުގެ އުއްމީދުގައެވެ. އެހެނަސް އޭނައަށް ފެންނަމުން ދިޔަ ޕޯސްޓްތައް އޭނަގެ ނަޒަރިއްޔާތުގައި ކޮޅުފައިން ޖަހަމުން ދިޔައެވެ. އެ ޕޭޖުގައި ހަމަ އެއްވެސް މީހަކާއި ދެކޮޅަށް ވާހަކަ ދެކެވިފައެއް ނެތެވެ. ހުސްވެސްވީ ޤުރުއާނުގެ އާޔަތްތަކާއި ޙަދީޘްތައް ޙިއްޞާކޮށް އެއިން ލިބޭ ފިލާވަޅުތައް ތަފްޞީލުކޮށްދީފައެވެ. ވަކި ޕޭޖެއްގެ މީހަކު އޭނައަށް އިންޒާރެއް ދިން ވާހަކައެއްގެ ހިލަމެއްވެސް ނެތެވެ. މި ހުރިހާ ކަމަކާހެދި ޝަރަފް އޮޅުން އަރާ ގޮތްވިއެވެ. އޭނަ ދުވަހަކުވެސް ދީނީވެފައި މިފަދަ މަޑުމައިތިރި ގޮތެއް ހުންނަ އަންހެން ކުއްޖެއް ނުދެކެއެވެ. އަނެއްކާ މިއީވެސް އޭނަ ދެއްކުންތެރިކަމަށްޓަކައި ކުރާ ކަމެއްތޯ ޝަރަފަށް އަމިއްލަ ނަފްސާއި ސުވާލުކުރެވުނެވެ. ދީނާއި ދެކޮޅަށް ދެކެވޭ ވާހަކަތަކެއްގެ ތެރޭގައި އެތައް އަހަރެއް ވެފައިވުމުން އެ ސުވާލުގެ ޖަވާބަށް ޝަރަފްގެ ސިކުނޑި އާނބަސްދިނެވެ.

 

އަމިއްލަ ޚިޔާލުތަކެއްގައި އިނދެފައި ޝަރަފް ފޯނު ނިވާލީ ނިދިން ދެލޯ ބަރުވުމުންނެވެ. ފޯނު އޭތި އޮތްތަނުގައި ބާއްވަމުން ޝަރަފް އޮށޯވެ ދެލޯ މަރާލީ، ދެންމެ އޭނައަށް ފެނުނު ހުރިހާ ކަމެއްގެ މަތިން ހަނދާން ނައްތާލަމުންނެވެ. އެ ހުރިހާ ކަންތައްތަކަކީ އޭނަގެ ޙަޔާތަށް އިންޤިލާބެއް ގެނައި، އަދި ގެންނަމުންދާނެ ކަންތައްތަކެއްކަން ނޭނގިއެވެ.

 

**3 މަސް ކުރިން**

 

ތަނަވަސް ކޮޓަރިއެއްގެ މޫނުބަލާ ލޯގަނޑު ކުރިމަތީގައި ހުއްޓިހުރީ ކަޅު ކުލައިގެ ދިގު ހެދުމެއްގައި ހުރި އިސްކޮޅުން ދިގު އަންހެން ކުއްޖެކެވެ. ލޯގަނޑުން ބަލައިގެން ފަރުވާތެރިކަމާއެކީ އޭނަ ދިޔައީ ކަޅު ކުލައިގެ ޝޯލްއެއް އަޅަމުންނެވެ. މި ކުއްޖާއަކީ ރީތިކަމަށް ލޯބިކުރާ ކުއްޖެއްކަން އެ ކޮޓަރިއަށް ނަޒަރު ހިންގާލުމުންވެސް އެނގެއެވެ. އެ ބޮޑު ކޮޓަރީގެ ކޮންމެ ކަނަކުން ވެސް ފެންނަމުން ދިޔައީ އުފެއްދުންތެރިކަމާއި ތަރުތީބު ކަމެވެ. ކޮޓަރީގެ އެއްފަރާތުން ފެންނަމުން ދިޔަ ކިންގް ސައިޒް އެނދުގެ ބާލީސްތަކާއި ރަޖާ ރީތި ކުރެވިފައިވީއިރު ހެޑްބޯޑު މަތީގައި އެކި ޒާތްޒާތުގެ އެއްޗެހިން ހެދިފައިވާ މާތަކާއި އެހެނިހެން އަތްތެރި މަސައްކަތުން ހެދިފައިވި އެއްޗެހިތައް ރޭވިފައިވިތަން ފެންނަމުން ދިޔައެވެ. އެނދާއި ދިމާ ކުރިމައްޗަށް ވާގޮތަށް ހުރި ފާރުގައި ފިޔާތޮށި ކުލައިގެ ބޮޑު މާގަނޑެއް ކުރެހިފައިވީއިރު އެހެނިހެން ފާރުތަކުން މާތަކުގެ ވޯލް ސްޓިކާރތައް ފެންނަމުން ދިޔައެވެ. ކަހާލެވޭފަދަ ދޮރުތައް ހުރި ހުދުކުލައިގެ ބޮޑު އަލަމާރީގައި ވެސް ހުރީ އެފަދަ މާގަނޑެއް ކުރެހިފައެވެ.

 

ކިތަންމެ އުފެއްދުންތެރިއެއްކަމަކު އެކުއްޖާ ޝޯލް އަޅައި ނިންމާލީ ވަރަށް އާދައިގެ ގޮތަކަށެވެ. އެއަށްފަހު އޭނަ އަނެއްކާވެސް ރީތިވާ މޭޒަށް ނަޒަރު ހިންގާލިއިރު އެ މޭޒުމަތީގައި އެތައް އެއްޗެއް ރޭވިފައިވިއެވެ. މޭކް އަޕް ކުރަން ބޭނުންވާ ހުރިހާ ސާމާނެއް އެތަނުން ފެނުނެއްކަމަކު އޭނަގެ މޫނުމަތިން އޭގެ އެއްވެސް އަސަރެއް ނުފެނެއެވެ. ބަލާބެލުމަށް އޭނަ އޭގެއިން އެއްވެސް އެއްޗަކަށް ބޭނުމެއްވެސް ނުވާފަދައެވެ. ފައުންޑޭޝަނެއް ބޭނުންނުކުރިއެއްކަމަކު އެ މޫނުމަތި އޮމާންވެފައި އަލިއެވެ. މަސްކަރަ ބޭނުންނުކުރިޔަސް އެ އެސްފިޔަތައް ދައްކަމުން ދިޔައީ ދިގު ކޮށެވެ. މަޑު ފިޔާތޮށި ކުލައެއްވި އެ ތުންފަތަކަށް ލިޕްސްޓިކެއް ބޭނުމެއްނުވެއެވެ. އެކުއްޖާ ދެންވެސް މޭކް އަޕްގެ އެއްވެސް ސާމާނެއްގައި އަތްލާ ކަހަލަ ޚިޔާލެއް ނުކުރިއެވެ. އޭގެ ބަދަލުގައި އެތާހުރި އަނގޮޓިތައް އެޅުވިފައިވި އެތިން ރިހި ކުލައިގެ އަނގޮޓިއެއް ނަގައި ކަށި އިނގިލީގައި އަޅުވާލިއެވެ.

 

“އަފާފް ދަރިފުޅާ! ތަންކޮޅެއް އަވަހަށް ތައްޔާރުވެގެން ނިކުމެބަލަ. އޮފީހަށް ދިޔުމުގެ ކުރިން ބައްޕަ ވާހަކައެއް ދައްކަން ބޭނުންވެގެން އެބައުޅޭ.” ބޭރުން މަންމަގެ އަޑު އިވިފައި އަފާފަށް ދޮރާއި ދިމާލަށް ބަލާލެވުނެވެ.

 

“އާނ މަންމާ މި އަންނަނީ.” އަފާފް އެހެން ބުނެ އަދިވެސް އެއްފަހަރު ލޯގަނޑުން އޭނަ ހުރީ ރަނގަޅަށްތޯ ބަލާލަމުން ކޮޓަރިން ނިކުންނަން ދިޔައީ އެތާ މޭޒެއްގެ މަތީގައި އޮތް އޭނަގެ އަތް ދަބަހާއި ފޯނު ހިފައިގެންނެވެ.

 

ތަނަވަހީ ހަމައެކަނި އަފާފްގެ ކޮޓަރިއެއް ނޫނެވެ. އެކޮޓަރި ނިސްބަތްވާ ގެ ވެސް ހަމަ އެހާމެ ބޮޑެވެ. އެ ގޭގެ ތެރެއަށް ބަލާފައި އެއީ މާލޭގެ ގެއެއްކަމަށް ބަޔަކު މީހުން ޤަބޫލެއް ނުކުރާނެއެވެ. އެހެނަސް އެއީ މާލޭގެ ގޯއްޗެކެވެ. އަފާފްގެ ބައްޕަ ހުސެއިނަކީ ޒުވާން އުމުރުގައި ބޭރަށް ދަތުރުކޮށް ބޭރުގައި ވަޒީފާ އަދާކޮށްގެން މުއްސަނދިވީ މީހެކެވެ. މި ގޯއްޗަކީ އޭނަގެ އަންހެނުން ޝާދިޔާއާއެކީ ޒަވާޖީ ޙަޔާތެއް ފެށުމަށް ގަތް ގޯއްޗެކެވެ. ހުސެއިންގެ ފުރަތަމަ ވިޔަފާރިއެއް ފެށިގެން ދިޔައީ ވެސް އެ ގޯތީގައި އެޅިގެން ދިޔަ ފިހާރައަކުންނެވެ. އެ ވިޔަފާރި ކާމިޔާބުވެގެން ދިޔުމުން ހުސެއިނަށް ކުއްޔަށް ތަނެއް ހިފައިގެން ރެސްޓޯރެންޓެއް ހިންގޭވަރުވިއެވެ. މި ގޮތަށް މަސައްކަތް ކުރަމުން ގޮސް މިއަދު ހުސެއިންވަނީ މުޅި މާލޭގެ އެކި ތަންތަނުގައި އޭނަގެ އެކިއެކި ވިޔަފާރިތައް ފަށާފައެވެ. އެހެންކަމުން މިއަދު އޭނަ ވަނީ އަލަށް ވިޔަފާރިއަކަށް ވަންނަން އުޅޭ ޒުވާނުންނަށް ވެސް ބައިވެރިވުމެއްގެ ދަށުން ވިޔަފާރިއެއް ފަށައިދެވިދާނެ ވަރަށް މުއްސަނދިވެފައެވެ. މިގޮތުން އޭނަ މިހާތަނަށް އެފަދައިން 5 ޒުވާނުންނަށް އެހީވެފައިވެއެވެ. އެއްބަސްވުންތަކެއްގެ ދަށުން އެ ކުންފުނިތަކަށް ލިބޭ ފައިދާގެ ޙިއްސާވެސް ޙުސެއިނަށް ލިބެއެވެ.

 

އަފާފް ލަސްލަހުން ސިޑިބަރިން ފައިބައިގެން އައިއިރު އޭނަގެ މަންމައާއި ބައްޕަ ކާމޭޒުދޮށުގައި ތިއްބެއެވެ. އާދައިގެ މަތިން އަފާފް ކާމޭޒުކައިރިއަށް ދިޔައިރު އޭނައަށްޓަކައި ސައި ތައްޔާރު ކުރެވިފައިވިއެވެ. ކޮންމެ ދުވަހެކޭވެސް އެއްފަދައިން އަފާފް އެކަމާމެދު ނުރުހުންވިއެވެ. ކިތަންމެ މުއްސަނދި ވިޔަސް އަފާފް އަބަދުވެސް އޭނަގެ އަމިއްލަ ކަންތައް އަމިއްލައަށް ކުރަން ބޭނުންވެއެވެ. އެހެނަސް އޭނަގެ މަންމައާއި ބައްޕަ އެގޮތާއި އެއްބަހެއް ނޫނެވެ. ވާނީވެސް އެހެންތާއެވެ. އެދެމަފިރިންނަށް ލިބިފައި ހުރި ހަމައެކަނި ދަރިފުޅަކީ އަފާފެވެ. އަފާފް ބޮޑުވެގެން އައީ އޭނަ ބޭނުންވާހާ ކަމަކާއި އޭގެ އިތުރަށް ވެސް މި ދުނިޔޭގައިވި ހުރިހާ ލައްޒަތެއް އޭނަގެ އެންމެ ޢިޝާރާތަކާއި ދުރުގައިވާ ޙާލުގައެވެ. މަންމައާއި ބައްޕަ އޭނައަށް ކުރާ އިތުބާރެއްގެ ސަބަބުން އޭނައަށް ލިބިފައިވީ ހައްދެއްނެތް މިނިވަންކަމެކެވެ. އަފާފް ބޮޑުވަމުން އައިއިރު އޭނަވާނީ ވަރަށް ލަދުކުޑަ، ގޮތްދޫނުކުރާ އަދި މުޅި ޢާއިލާ ބަދުނާމު ކުރާނެ ކުއްޖަކަށްކަމަށް ވަރަށް ގިނަ މީހުން ހީކުރިއެވެ. އެހެނަސް އަފާފް ވެގެން ދިޔައީ އޭނަގެ މަންމައާއި ބައްޕަގެ ބަސްއަހާ، ހިތްތިރި އަދި އޭނަގެ މައިންބަފައިން ފަޚުރުވެރިވާފަދަ ކާމިޔާބު ކުއްޖަކަށެވެ. މިއަދު އަފާފަކީ އެންމެ 23 އަހަރުގައި އޭނަގެ ބައްޕަގެ އެހީގައި އޭނަ އަމިއްލައަށް ފެށި އިންޓީރިއާ ޑިޒައިނިން ކުންފުންޏެއްގެ ވެރިއެވެ. އެ ކުންފުނިން ގެތައް ރީޑިޒައިން ކުރުމުގެ އިތުރުން އާ ގެއެއް އެޅުމަށްޓަކައި ކުރެހުން ކުރަހައިދީ ގެތައް އަޅައިދިނުމަށްވެސް އެހީތެރިވެދެއެވެ. އެ ކުންފުންޏަކީ ގެ އެޅުމުގެ ހުރިހާ ކަމެއް އެއްތަނަކުން ކުރެވޭފަދަ ތަނަކަށްވުމުން އެ ކުންފުނި ކާމިޔާބުވާން ނެގީ މަދު ދުވަސްކޮޅެކެވެ. މިއަދު އެއީ މާލޭގެ ނަން ހިނގާ ކުންފުންޏެކެވެ. ސްކޫލް ދައުރު ނިންމުމަށްފަހު މަތީ ތަޢުލީމު ޙާޞިލުކުރުމަށް ބޭރަށް ދާން ފުރުޞަތު ލިބުނެއްކަމަކު ކުންފުންޏެއް ފެށުމުގެ ޚިޔާލު ބައްޕަ ދިނުމުން އަފާފް ކިޔަވަން ފެށީ އޮސްޓްރޭލިޔާގެ އޮންލައިން ކޯހެއްގެ ދަށުންނެވެ. މި ދުވަހާއި ހަމައަށް އައިއިރު އަފާފްވަނީ އެ ކޯސްވެސް ފުރިހަމަކޮށް ނިމިފައެވެ. މިއީ ފިލްމެއްގައި ދެއްކިގެންދާ ފުރިހަމަ އަންހެން ކުއްޖެއްގެ ފުރިހަމަ ޙަޔާތަށް އައި ފުރިހަމަ ނިމުމެއްހެން ހީވާފަދައެވެ. އެހެނަސް އަފާފްގެ މަންމައާއި ބައްޕަގެ ނަޒަރިއްޔާތުން އެމީހުން އަފާފްގެ ޙަޔާތާއިމެދު ކަންބޮޑުވާ އެއްކަމެއް އެބައޮތެވެ.

 

“ކޮބާ އަފޫ……ރޭ ބައްޕަ ފޮނުވީމެއްނު ޖާވިދުގެ ނަންބަރު؟ ގުޅިންތަ އޭނައަށް؟” އަފާފް ކާ މޭޒުދޮށުގައި އިށީނދެ ސައިތަށިން ކޯވަރެއް ދަމާލިތަނާހެން ބައްޕަ ދެއްކި ވާހަކައަކުން އޭނަ ކޮށިއަރާ ގޮތްވިއެވެ. މަންޒަރު ފެނފައި ޝާދިޔާ ވަގުތުން ކަންބޮޑުވުމަކާއެކީ ގޮސް އަފާފްގެ ބުރަކަށީގައި ފިރުމާލިއެވެ. އަފާފް ހަމައަކަށް އެޅުމުން އޭނަ މަޑުމައިތިރި އަޑަކުން ވާހަކަ ދެއްކިއެވެ.

 

“ނޫން ބައްޕާ…..ނުގުޅަން. ބައްޕައަށް އެނގެއެއްނު އަހަންނަށް އެގޮތަށް ނޭނގޭ މީހުންނާ ވަކިން ވާހަކަ ދައްކަން ނުކެރޭކަން؟ އަދި އަހަރެން ކުރިން ވެސް ބުނީމެއްނު ޖާވިދަކީ އަހަންނަށް ކަމުދާ ކަހަލަ މީހެއްނޫނޭ؟ ޖާވިދުގެ އަވަށްޓެރިއެއް އަހަރުމެން އޮފީހުގަ ވޯކްކުރޭ. އެ ކުއްޖާވެސް ބުނީ ތިމަންނައަށް ހިއެއްނުވެއޭ ޖާވިދަކީ ނަމާދުވެސް ކުރާ މީހެއްހެން….” އަފާފް ކަންބޮޑުވުމަކާއެކީ ކިޔައިދީ ނިމުނުތަނާ ހުސެއިން ވާހަކަ ދެއްކިއެވެ.

 

“އެއީ މައްސަލައެއް ނޫނޭ އަފޫ. އަފޫ ތިއީ ނުލާހިކު ދީންވެރި ކުއްޖެއްނު؟ އަފޫއާއެކީ މީހަކު އުޅެން ފަށައިފިއްޔާ އޭނަ ވެސް ދީންވެރިވާން…” ހުސެއިންގެ ވާހަކަ ފުރިހަމަ ނުވަނީސް އަފާފަށް ވާހަކަ ދެކެވުނެވެ.

 

“ނޫން ނޫން ބައްޕާ. އޭނަގެ ސަބަބުން އަހަރެން އޭނަ ގޮތަށްވެއްޖެއްޔާޔޯ؟” އަފާފް އަހާލިއެވެ. އެއަށް ޖަވާބުދިނީ ޝާދިޔާއެވެ.

 

“އެއްވެސް މައްސަލައެއްނުޖެހޭނެ. ޖާވިދަކީ ވެސް ފައިސާވެރިއެއް. އޭނައަށް އެނގޭ އަފާފްގެ ފަރާތުން އޭނައަށް ލިބޭނެ ފައިސާވެސް. ވީމަ ޖާވިދު އަފާފަށް ދެރަގޮތެއް ނަހަދާނެ.” ޝާދިޔާ މާ ބޮޑު ވިސްނުމެއްނެތި ދެއްކި ވާހަކައިން އަފާފްގެ ދެބުމަ ކައިރިވެ އޭނައަށް އެއްދިމާލަކަށް ބަލަހައްޓައިގެން އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

 

“އަފޫއަށް އެނގެއެއްނު މަންމައާއި ބައްޕަވެސް އަފޫއަށް ދެރަގޮތެއް ވާކަށް ނޭދޭނެކަން؟ ބައިވަރު ދުވަސްވަންދެން ބައްޕަމެންނަށް ވެސް އިންތިޒާރު ކުރެވިއްޖެދޯ އަފޫއަށް ކަމުދާ ކަހަލަ ކުއްޖަކާ އަފޫ ރައްޓެހިވޭތޯ؟ އެކަމަކު އަފޫ އެގޮތަކަށް އެއްބަހެއްނުވި. ދެން ބައްޕަމެން ވެސް ގެންނަ ކޮންމެ މީހަކަށް އަފާފް ނޫނެކޭ ބުނަމުން ދިޔައިއްޔާ ކިހިނެއްތަ ވާނީ؟” ހުސެއިން ހިސާބެއްގެ ނުރުހުންތެރިކަމަކާއެކީ ސުވާލުކުރިއެވެ. ބައްޕަގެ މޫނުމަތީގެ ކުލަވަރު ފެނިފައި އަފާފަށް އެއްޗެކޭ ބުނާކަށް ނުކެރުނެވެ.

 

“ތިހެން ހަދަންޏާ ދެން އަފާފަކަށް އަފާފާއި އެއްއުމުރެއްގެ މީހެއްވެސް ހޯދަން ދަތިވާނެ. ފަހުން އިންނަން ޖެހޭނީ އިންނާނެ މީހަކު ނުލިބިގެން ހުރި މީހަކާ. އެހެންވާން ބޭނުމެއްނޫނިއްޔާ ދެންވެސް މީހަކާ ރައްޓެހިވޭ.” ޝާދިޔާ އިންޒާރެއް ދޭ ފަދައަކުން ބުނެލި ވާހަކައިން އަފާފްގެ މޫނުމައްޗަށް ނުރުހުންތެރިކަން ވެރިވިއެވެ.

 

“އެހެންވެއްޖެއްޔާ ދެން އަހަރެން ހުންނާނީ މީހަކާ ނުއިނދެ!” މަންމައަށް ބަލާލަމުން އަފާފަށް ހިސާބެއްގެ ހަރު އަޑަކާއެކީ އެހެން ބުނެލެވުނީ ބޭއިޚްތިޔާރުގައެވެ. އެހެން ބުނެލުމާއެކު އޭނަގެ މަންމައާއި ބައްޕަގެ މޫނުމަތިން ވެސް ނުރުހުންތެރިކަން ފާޅުވިއެވެ. އޭގެ ސިކުންތުކޮޅެއްފަހުން ހުސެއިން ސައިވެސް ނުބޮއި ގޮނޑިން ތެދުވެގެން ދާން ހިނގައިގަތެވެ. އެ މަންޒަރު ފެނިފައި އަފާފްގެ ހިތަށް މާޔޫސްކަން ވެރިވިއެވެ. އޭނަގެ ސަބަބުން އޭނަގެ ބައްޕަގެ ދުވަސް ޚަރާބުވުމުންނެވެ. އޭގެ އިރުކޮޅެއްފަހުން ޝާދިޔާ ވެސް އެތަނުން ދާން ހިނގައިގަތުމުން އަފާފް އިތުރަށް މާޔޫސްވިއެވެ. އޭގެ މާގިނައިރެއްނުވެ އޭނަގެ ލޮލަށް ކަރުނަތައް ޖަމާވީ ވަކި އޭނައާއި އޭނަގެ މައިންބަފައިންނާ ދެމެދު ހިތްހަމަނުޖެހުމެއް އުފެދުނީތީވެއެއްނޫނެވެ. އެއަށްވުރެ ބޮޑަށް ދެންމެ މަންމައާއި ބައްޕަގެ ކުރިމަތީގައި އަޑު އުފުލައިގެން އޭނައަށް ކުރެވުނީ ﷲ ރުހިވޮޑިގެންވާފަދަ ކަމެއްނޫންކަން އެނގުންވުމުންނެވެ. އޭނައަށް އެއަށްވުރެ ރަނގަޅަށް އެ ޙާލަތުގައި ވާހަކަ ދެކެވުނީހޭ ހިތަށްއެރި ވަގުތު އޭނަގެ ލޮލުން ކަރުނަތައް ފައިބައިގެން އައެވެ. އޭނައަށް ވަގުތުން ﷲ ގެ ޙަޟްރަތުގައި ފާފަ ފުއްސެވުމަށް އެދި ދުޢާ ކުރެވުނެވެ.

 

އިރުކޮޅެއް ވަންދެން އަފާފް އިންގޮތަށް އިނދެފައި ދާން ހިނގައިގަތީ އޭނަ އަމިއްލައަށްވެސް ސައި ނުބޮއެވެ. ހިތަށް އަރާ ފައިބަމުން ދިޔަ ޖަޒުބާތުތަކެއްގެ ސަބަބުން އޭނަ ގެއިން ނިކުންނައިރު ކިޔާ ދުޢާގެ މަތިން ވެސް ހަނދާން ނެތުނެވެ. އެ ޒިކުރު ނުކިޔޭކަން ހަނދާންވީ ގެއާއި ޖެހިގެން ހުރި ގަރާޖުގައި އޮތް ކާރުގެ ޑްރައިވާރސް ސީޓަށްއެރި ވަގުތެވެ. އެ ހިނދު އަފާފް އިތުރަށް މޫޑު ޚަރާބުވިއެވެ. ފަހަކަށް އައިސް އޭނަ ޒިކުރުތައް ކިޔަން ހަނދާން ނެތެނީ މާ ގިނައިންނެވެ. އެކަމާމެދު އަފާފް އިންތިހާއަށް ކަންބޮޑުވެއެވެ. މިއީ ވެސް އޭނައާއި އޭނަގެ މައިންބަފައިންނާއި ދެމެދުގައި އޮތް ގުޅުން ހީނަރުވުމުން ވާ ގޮތެކޭ އޭނަގެ ހިތަށްއަރައެވެ. އެހެނަސް މި ޙާލަތުގައި އެގުޅުން ރަނގަޅު ގޮތުގައި ދަމަހައްޓަން ހާދަ ދަތިއެވެ. މަންމަމެން ބޭނުންވަނީ ކޮންމެހެން ވެސް އޭނަ ފައިސާވެރިއަކާއި ދެވާށެވެ. މަންމަމެންގެ ނަޒަރުން ފައިސާ ހުރި މީހަކަށް އޭނަ އުފަލުގައި ގެންގުޅެވޭނެއެވެ. ނަމަވެސް ޙަޤީޤީ އުފާވެރިކަންވަނީ ﷲ އަށްޓަކައި ވެވޭ ލޯތްބެއްގައި ކަން މަންމަމެންނަށް އެނގޭނެ ނަމައެވެ. ޚުދު އޭނައަށް ވެސް އެފަދަ މީހެއް އަދި ފެނިފައެއްނެތެވެ. އެނޫންނަމަ ރައްޓެހި ނުވިޔަސް އެފަދަ މީހެއްގެ ވާހަކަ ބައްޕައާއި ހަމައަށް ގެނައިސް އޭނަ ރަނގަޅު ގޮތުގައި އެމީހަކު ދެނެގަންނަން މަސައްކަތް ކުރީހެވެ. އެހެނަސް ތަޤުދީރުގައި މާދަމާވާން އޮތް ކަމެއް މިއަދެއް ނުވާނެ ނޫންހެއްޔެވެ؟ އަފާފް ޤަބޫލުކުރަން ބޭނުންވާ ގޮތަކީ އެއީއެވެ. އޭނަގެ ކައިވެނިވާން އޮތްދުވަހަކުން އެކަކަށްވެސް އެއަކަށް ހުރަހެއް ނޭޅޭނެއެވެ. ވީއިރު މިވަގުތު އެކަމާމެދު ކަންބޮޑުވުމުގެ ބޭނުމެއްނެތެވެ.

 

ހިތަށް ލިބުނު ހިތްހަމަޖެހުމާއެކީ އަފާފް ފުން ނޭވައެއް ދޫކޮށްލަމުން ކާރު ސްޓާޓްކޮށްލިއެވެ. އެހެނަސް އެވަގުތު ބައްޕައާއި މަންމަ މަތިން ހަނދާންވެފައި އަފާފް ފޯނު ނަގައި އެދެމީހުންނަށް މަޢާފަށް އެދި ވަކިވަކިން މެސެޖު ކޮށްލިއެވެ. މާގިނައިރެއް ނުވެ އެ ދެމީހުން ވެސް އެއީ އެއްވެސް މައްސަލައެއް ނޫންކަމަށް ބުނެ ޖަވާބުދިނުމުން އަފާފަށް ހިނިތުންވެލެވުނީ އެދެމީހުން ވެސް އޭނަދެކެ ވާ ލޯބި އިޙްޞާޞް ކުރެވުމުންނެވެ. ހަމަ އެވަގުތު އެދެމީހުންނަށް ހެޔޮ ރަޙްމަތް ލެއްވުން އެދި އަފާފަށް ދުޢާ ކުރެވުނެވެ. އެހިނދު ކޮންމެވެސް އާޔަތެއްގެ މަތިން ހަނދާންވުމުން އަފާފް ޑޭޓާ އޮންކޮށްލަމުން އޭނަގެ ފޭސްބުކް ޕޭޖަށް ވަދެލިއެވެ. އެ ޕޭޖްގެ ނަމަކަށް އޮތީ “ބިންތު ޢައްމާރު”އެވެ. އެއަށް އެނަމުން ނަންދެވިފައިވަނީ އެކަކަށްވެސް މިއީ އަފާފް ހިންގާ ޕޭޖެއްކަން ނޭނގޭނެ ފަދައަކުންނެވެ. ބިންތު ހުސެއިން ގެ ބަދަލުގައި ބިންތު ޢައްމާރު ޖެހީ އޭނަގެ ބައްޕަގެ އަސްލު ނަމަކީ ހުސެއިން ޢައްމާރުކަން ގިނަ ބަޔަކަށް ނޭނގޭނެތީވެއެވެ.

 

އެ ޕޭޖަކީ އަފާފް ފުރާވަރުގައި ހުޅުވި ޕޭޖެކެވެ. އޭރު އޭނަގެ ބައްޕަ ފަރާތު މާމަ ދުނިޔޭގައި ހުރިއިރު އޭނައަށް ދީނާއި ބެހޭގޮތުން އުނގަންނައިދެމުން ދިޔަ ދުވަސްވަރެވެ. ކުރީކޮޅު މާމަގެ އެވާހަކަތަކަށް އޭނަ ވަރަށް ވެސް ފޫހިވެއެވެ. އެހެނަސް ފަހަކަށް އައިސް ﷲ އާއި އެކަލާނގެ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްއާއި މެދު އިތުރަށް އެނގެން ފެށި ފަހުން އޭނަގެ ޝަޢުޤުވެރިކަން އިތުރުވިއެވެ. އޭނަ އަމިއްލައަށް ވެސް އެކި އެކި ފޮތްތައް ކިޔައި ކަންތައް ދަސްކުރަން ފެށީ ކުރާ ހިތުންނެވެ. ކުޑައިރު މާމަ އެތައް ސުންނަތް ނަމާދެއްކޮށް ކުރާ ކޮންމެ ދެ ޙަރަކާތަކުން ޙަރަކާތަކަށް ޒިކުރު ކިޔައި، އެކި އެކި އާޔަތްތަކުން ނަޞޭޙަތްދީ ހަދަމުން ދިޔަ ގޮތުން އޭނަ ދުވަހަކުވެސް އެފަދަ މީހަކަށް ނުވާނެކަމަށް އަފާފް ހީކުރިއެވެ. އެހެނަސް މިއަދު އެ މާމަ ދުނިޔެ ދޫކޮށް ދިޔަފަހުން އަފާފްވަނީ ޢާއިލާގައި ހުރި އެފަދަ މީހަކަށްވެފައެވެ. އެވަގުތު ވެސް އޭނަ އެ ފޭސްބުކް ޕޭޖުގައި ޙިއްޞާކޮށްލީ އެ ޙާލަތުގައި އޭނަގެ ހަނދާނަށް އައި އާޔަތެކެވެ. އޭނަ އެކަން ކުރާ ހިތުން ކުރީ، އެންމެ ރަނގަޅު މީހަކީ ޤުރުއާން އުނގެނި ޤުރުއާން އުނގަންނައިދޭ މީހާކަމަށް މާމަ ބުނާ ހަނދާން އާވެފައެވެ.

 

ފޯނުން ގަޑިން ވީއިރު ފެނިފައި އަފާފް އަވަސްއަވަހަށް ފޯނު ނިވާލަމުން ކާރު ފަހަތަށް ޖައްސަން ފެށިއެވެ. އަދި ހަމަ އެވަގުތު ހަނދާން ކޮށްލަމުން ދަތުރު ދުޢާ ކިޔައި ކާރު ގަރާޖުން ނެރެފައި ކުރިއަށް ދުއްވާލިއެވެ.

 

އަފާފްގެ ކާރު ގޮސް މަޑުކޮށްލީ 5 ބުރީގެ ޢިމާރާތެއްގެ ކައިރީގައި އޮތް ޕާކިންގް އޭރިއާއެއްގައެވެ. ފުދޭވަރަކަށް ފުޅާކޮށް ހުރި އެ ޢިމާރާތަށް ވަދެވޭ ބިއްލޫރި ދޮރު ކޮއްޕާލާފައި އަފާފް ގޮސް ވަނެވެ. އޮފީހުގެ ވަކި ހިސާބަކުން ޕާރޓިޝަންއެއްވީއިރު އަފާފް ވަދެގެން ދިޔައީ އެ ޕާރޓިޝަންގެ ކަނާތް ފަރާތުންނެވެ. އެ ބޮޑު އޮފީހުގެ ކޮންމެ ފަންގި ފިލާއެއްގައި ވެސް އެފަދަ ޕާރޓިޝަނެއް ފަރުމާ ކޮށްފައިވެއެވެ. އެއީ އަފާފްގެ އެދުމުގެ މަތިން އަންހެން މުވައްޒަފުންނާއި ފިރިހެން މުވައްޒަފުން ވަކި ކުރުމުގެ ގޮތުންނެވެ. އެ ކުންފުންޏަށް ފިރިހެން މުވައްޒަފުން ނަގާފައިވެސްވަނީ ހުސެއިން ކުރި އިންޓަވިއުތަކެއްގެ ދަށުންނެވެ. އަންހެން މުވައްޒަފުން އިންޓަވިއު ކުރީ އަފާފެވެ. މަސައްކަތުގެ ތެރެއިން ފިރިހެން މުވައްޒަފަކު އަފާފް ކައިރި އެއްވެސް ވާހަކައެއް ބުނަންވެފައި އޮތްނަމަ އަފާފް އެމީހުންނާއި ވާހަކަ ދައްކަނީ އޭނަގެ ކެބިންގައި ހުންނަ ފޯނު ސްޕީކަރަށް ލައިގެންނެވެ. މި ހުރިހާ ފިޔަވަޅެއް ޤާއިމު ކުރެވިފައިވީއިރު ވެސް އޮފީހުގައި އުޅޭ ބައެއް ފިރިހެން މުވައްޒަފުންގެ ފަރާތުން އަފާފަށް “އުނދަގޫ” ފޯރައެވެ.

 

“އަނ……އަފާފަށް މިއަދު ލިބުނު ސިޓީ. މި ފްލޯގެ ޕާޓިޝަންގެ ދަށުން އައި އެއްޗެއް.” އަފާފް ގޮސް އޭނަގެ ކެބިންގެ ގޮނޑީގައި އިށީނދެ ހަމަޖެހިލީތަނާހެން އޭނަގެ އެންމެ ގާތް އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ޝަބާ އައިސް އޭނަގެ އަތަށް ގަނޑުކޮޅެއް ދިއްކޮށްލިއެވެ. އަފާފް ނުރުހުންވެފައި އޭގައި ހިފައި ހުޅުވާލުމަށްފަހު އެންމެ ބަހެއް ފެނުނުތަނާހެން ގަނޑުކޮޅު ވީދައި ކުދިކުދި ކޮށްފައި ކައިރީގައި ހުރި ޑަސްބިނަށް އަޅާލިއެވެ.

 

“މިކަން ހުއްޓުވަން އެބަޖެހޭ ކޮންމެވެސް ގޮތަކަށް….” އަފާފް އޭނަގެ އަމިއްލަ ނަފްސާ ކަހަލަ ގޮތަކަށް ބުނެލުމުން ޝަބާއަށް ހީލެވުނެވެ.

 

“އަފާފް މާ ކާމިޔާބީއެއްނު؟ ތީގަ ކުރެވޭނެ ކަމެއްނެތް.” ޝަބާ ހެވިފައިހުރެ ބުންޏެވެ.

 

“ކާމިޔާބީއެއްނޫން. އަހަރެންގެ ބައްޕަ އަތުގަ ލާރި ހުރިކަން އެމީހުންނަށް އެނގެނީ. ހިތަށްއަރާ އަހަންނަށް އެއްދުވަހަށް އެހެން މީހަކަށް ވެވޭނެނަމައޭ. އޭރުން އެނގޭނެ މިމީހުންނަށް ވާގޮތެއް.” އަފާފް ޝަބާއާއި ވާހަކަ ދެއްކީ އެކުވެރިއެއް ފަދައިންނެވެ. ޝަބާ އަފާފަށްވުރެ ޢުމުރުން 10 އަހަރު ދޮށްޓެއްކަމަކު ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ޝަބާވަނީ އަފާފްގެ ގާތް އެކުވެރިއަކަށްވެފައެވެ. އަފާފް އޭނަގެ ޙަޔާތާއިބެހޭ ވާހަކަތައް ޝަބާއާއި ޙިއްޞާ ކުރާ ފަދައިން ޝަބާވެސް އޭނަގެ ޙަޔާތާއި ބެހޭގޮތުން އަފާފާއި ޙިއްޞާކޮށްފައިވެއެވެ. އަފާފަށް އެނގޭ ގޮތުގައި ޝަބާއަކީ އޭނަގެ މުސްކުޅި ބައްޕައާއި އޭނަގެ ހުރި ހަމައެކަނި ދަރިފުޅާއެކީ ވަރަށް ޙާލުގައި އުޅޭ އަންހެނެކެވެ. ޝަބާ އެ ކުންފުނީގެ ވަޒީފާއަކަށް ކުރިމަތިލީވެސް ފައިސާއަށް ވަރަށް ބޮޑަށް ބޭނުންވެގެންނެވެ. ޝަބާއަށްވުރެ މާ ތަޖުރިބާ ހުރި މީހުންވެސް އެދުވަހުގެ އިންޓަވިއުއަށް އައެއްކަމަކު އަފާފަށް ޝަބާ އިޚްތިޔާރު ކުރެވުނީ އޭނަ މި ވަޒީފާއަށް އިޚްލާޞްތެރިވާނެހެން ހީވީތީވެއެވެ. މާ ގިނަ ދުވަހެއްނުވެ އެ ހީ ޔަޤީނަކަށްވެސް އަފާފަށް ޝަބާއަށް އިތުބާރު ކުރެވެން ފެށިއެވެ.

 

“ހޫމް…..ހަމަ ތެދެއް ތިބުނީ. އޭ! މިއަދު އަންނައްޗޭ އަހަރުމެން ގޭގަ ހުންނަ ސޮރަށް ކިޔަވަދޭން. މިހާރު ހުން ފިނިވެއްޖެ.” ޝަބާ ބުންޏެވެ. އޭނަ އެދެއްކީ އޭނަގެ  13 އަހަރުގެ ދަރިފުޅު އާހިލްގެ ވާހަކައެވެ. ވޭތުވެދިޔަ އަހަރުއްސުރެ އަފާފަކީ އާހިލްގެ ޤުރުއާން މުދައްރިސެވެ. އާހިލް އެއްވެސް ޤުރުއާން ކުލާހަކަށް ނުދާން ބޮޑާ ހާކާ ވާހަކަ ޝަބާ ބުނުމުން އަފާފް އެ ގެއަށް ގޮސް ޤުރުއާން ކިޔަވަދޭން އިސްނެގިއެވެ. ކުރީކޮޅު އަފާފް ގޮސްގެން ވެސް އާހިލް އަޑެއް ނޭހިއެއްކަމަކު މިހާރު އޭނައަށް އެއްޗެއް ވިސްނެން ފަށައިފިހެން ހީވެއެވެ. ޤުރުއާނުގެ ފިލާވަޅެއް ނަގައިދީފައި އެ އާޔަތްތަކުގެ މާނަ ބުނެދޭއިރު އޭނަ އަޑުއަހައިގެން ހުންނަނީ މަޑުމައިތިރި ކަމާއެކީގައެވެ.

 

“އޭނަ ނަމާދު ކުރޭތަ މިހާރު؟” އަފާފް އެހިއެވެ. ޝަބާ މާޔޫސްކަމާއެކީ ބޯހޫރުވާލިއެވެ.

 

“އަދިވެސް ނާރާ. އަހަރެން ވަރަށް ނަޞޭޙަތްތެރިވަން. އެކަމަކު އޭނަ އަޑެއްނާހާ…….ބިރުގަނޭ އާހިލް ވެސް ބޮޑުވެގެން އަހަރެންގެ ކޮއްކޮމެން ގޮތަށްވެދާނެތީ….” ޝަބާ މާޔޫސްކަމާއެކީ އިސްޖެހިފައިހުރެ ބުނެލިއެވެ.

 

“ޝަބާގެ ކޮއްކޮއެއް ހުންނަނީތަ؟” އެވެގެން ދިޔައީ އަފާފަށް އާ ޚަބަރަކަށެވެ.

 

“ދެ ކޮއްކޮމެން ތިބޭ. ދެމީހުންވެސް އުޅެނީ އޮސްޓްރޭލިޔާގަ. ދެމީހުންވެސް ދީނާއި ވަރަށް ދުރު. އަހަރެން އެމީހުންނާ ވާހަކައެއްވެސް ނުދައްކާތާ އަހަރުތަކެއްވެއްޖެ…” ޝަބާ ދެރަ މޫނަކާއެކީ ކިޔައިދިނެވެ. އޭނަ އިތުރަށް ކިޔައި ނުދިނުމުން އަފާފް އިތުރު ސުވާލުތަކެއް ކުރަން ބޭނުންވިއެވެ. އެހެނަސް މީހެއްގެ ޙަޔާތާއި ބެހޭގޮތުން އެހާވަރަށް ސުވާލު ކުރާކަށް ވެސް ނުވާނެ ނޫންހެއްޔެވެ؟ އެ ވަގުތުވެސް އަފާފް ބަލަބަލާ ހުއްޓާ ޝަބާގެ ލޮލުން ކަރުނައެއް ފައިބައިގެން އައެވެ. އޭނަ އެކްސްކިއުޒްއޭ ބުނެފައި އެތަނުން ނިކުންނަން ދިޔަތަން އަފާފަށް ބަލަން އިނދެވުނީ ވިސްނުމެއްގެ ތެރޭގައެވެ. ޝަބާ ލޯމަތިން ގެއްލުމުން އަފާފް ކުރިމައްޗަށް އެނބުރިލީވެސް އެ ވިސްނުމުގައި ހުރެއެވެ. އެ ހިނދު ކޮމްޕިއުޓަރުގެ ކީބޯޑު ކައިރީގައި އޮތް ޓިކެޓެއް އަފާފަށް ފެނުނެވެ. ހަމަ އެއާއެކު އޭނަގެ ދަސްވެނިވުމަށް އޭނަ އަންނަ ހަފްތާ ތެރޭގައި ފުރަންޖެހޭކަން އޭނަގެ ހަނދާނަށް އައެވެ. އޭނަ ޓިކެޓް ނަގައި ބަލާލިއިރު ފުރަން އޮތީ ހުކުރު ދުވަހު ހަވީރު އޮސްޓްރޭލިޔާގެ ސިޑްނީއަށެވެ.

 

ނުނިމޭ

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ލޯބިވަން….(ފަސްވަނަބައި)

Next

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ސަތާރަވަނަބައި)

Next
November 26, 2017

އެހެނަސް ހަމަ ލޯތްބޭ ވެވެނީ (ސަތާރަވަނަބައި)

Previews
November 26, 2017

ލޯބިވަން….(ފަސްވަނަބައި)

27 Comments!

  1. Jana says:
    November 26, 2017 at 1:18 pm

    FB Post:

    “Ever wondered why Allah tells us to show excellence to our parents? Not only because of the sacrifices they make for us. But also because they show excellence towards us.

    هَلْ جَزَاءُ الْإِحْسَانِ إِلَّا الْإِحْسَانُ

    ‘Isn’t the reward for good, anything but good?’ Surah Ar Rahmaan, ayah 60′

    = Binth Ammaar=

  2. Jana says:
    November 26, 2017 at 1:24 pm

    އެފްބީ ޕޯސްޓް:

    ﷲ އަހަރުމެންގެ މައިންބަފައިންނަށް އިޙްޞާންތެރިވާން އަންގަވަނީ ކީއްވެގެންކަމާމެދު ވިސްނިންހެއްޔެވެ؟ އެއީ ހަމައެކަނި އެމހުން އަހަރުމެންނަށްޓަކައި ވި ޤުރުބާނީއެއްގެ ސަބަބުންނެއްނޫނެވެ. އެއީ އެމީހުންވެސް އަހަރުމެންނަށް އިޙްޞާންތެރިވާތީވެއެވެ.

    هَلْ جَزَاءُ الْإِحْسَانِ إِلَّا الْإِحْسَانُ

    “ހެޔޮކަމުގެ ޖަޒާއަކީ، ހެޔޮ ثواب ކަމުގައި މެނުވީ ވާނެހެއްޔެވެ؟” ސޫރަތް އައްރަޙްމާން، އާޔަތް 60

  3. yaayaa says:
    November 26, 2017 at 1:28 pm

    masha allah jana 🙂 varah furihama…. jana ah shukuru haggu…. 🙂 dhn in baige inthizaaruga gadi gunan feshy mi. jana kairyga thedheh bunantha? mi situn alhugandu shauguveri kamaaeku kiyaa hama ekani vahaka mee 🙂 🙂

    1. Jana says:
      November 26, 2017 at 8:29 pm

      Alhamdhulillah! (All praise and thanks belong to Allah) 🙂 anekka miadhu vakin haassakoh shukuru haqquvaan jehuny keevveba? hehe…..dhen oiy bai tuesday ga In Sha Allah. 🙂

  4. Neena says:
    November 26, 2017 at 1:48 pm

    Ma sha allah. V nice…

    1. Jana says:
      November 26, 2017 at 8:30 pm

      Alhamdhulillah! 🙂

  5. Fathimath says:
    November 26, 2017 at 2:03 pm

    Ma Sha Allah

    1. Jana says:
      November 26, 2017 at 8:30 pm

      😀

  6. sana says:
    November 26, 2017 at 2:43 pm

    Masha Allah v reethi ??
    Jana ah shukuru haggu ?? ????

    1. Jana says:
      November 26, 2017 at 8:31 pm

      Alhamdhulillah! <3 🙂

  7. Lily says:
    November 26, 2017 at 3:49 pm

    Maasha Allah.varah furihama.?

    1. Jana says:
      November 26, 2017 at 8:31 pm

      Alhamdhulillah 🙂

  8. Azkaa says:
    November 26, 2017 at 5:02 pm

    Maasha allah v furihama. I luv da story. Adhi emme kiyaahiyy vany quran ge aayaythakuge maana aa eku genesdheythi. May allah bless u. LY??

    1. Jana says:
      November 26, 2017 at 8:33 pm

      Alhamdhulillah! adhi thibai kuriah othy ingey azkaa In Sha Allah 😀 jana abadhuves vaahaka fashaany varah madhumadhun Quraanuge bai genesdheefa. fahun fahun ais ginavegen dhaany In Sha Allah. jana ves emme liyaa hiyvvany ebaithah. May Allah bless you more. Ameen! 🙂 <3

  9. Kuda Kamana says:
    November 26, 2017 at 6:45 pm

    maasha allah. v reethi mi part ves..

    1. Jana says:
      November 26, 2017 at 8:35 pm

      Alhamdhulillah! 😀 kuda kamana ge comment dhusheemey ingey? varah ufaavejje kuda kamana aa anekkaaves dhimaaveema. Alhamdhulillah! 🙂

  10. Isha says:
    November 26, 2017 at 7:21 pm

    MaashaAhlhaahu vrah reethi Jana thee hama enme best writer???

    1. Jana says:
      November 26, 2017 at 8:37 pm

      jana ge nazarun adhi jana best writer akah nuvey. i can still do better In Sha Allah. Alhamdhulillah! 🙂

  11. Pink says:
    November 26, 2017 at 8:52 pm

    Ma’sha allah v reethi…
    Jana story up kuraany kn dhuvas thakeh ga tho?

    1. Jana says:
      November 27, 2017 at 8:03 pm

      Alhamdhulillah! 🙂 story up vaany dhedhuvahun ehdhuvahu In Sha Allah 🙂 next part tuesday ga

  12. ShaĐimaN says:
    November 27, 2017 at 12:39 am

    Masha allah … v v v nice..

    1. Jana says:
      November 27, 2017 at 8:04 pm

      Alhamdhulillah!

  13. Aish_@ says:
    November 27, 2017 at 1:44 am

    ماشا الله…varah reethi story eh…you’re one of my best writers ingey?…
    Waiting 4 the n3xt part

    1. Jana says:
      November 27, 2017 at 8:04 pm

      Alhamdhulillah! 😀 next part tuesday ga In Sha Allah 🙂

  14. Addu manje says:
    November 27, 2017 at 11:07 am

    Maashaa Allah mi baives varah reethi.. I have been reading all of ur stories.. I love all of them.. they are all soo amazing.. Maashaa Allah.. Maai Allah jana ah heyo jazaa dhevvaashi. Aameen. ☺

    1. Jana says:
      November 27, 2017 at 8:05 pm

      Ameen! Maai Allah thibaa ahves heyo jazaa dhevvaashi. Ameen! Alhamdhulillah! 🙂

  15. Mish❤ says:
    December 4, 2017 at 10:18 pm

    Varah furihama ☺???? alhugandu varah ufaavey dhivehi raajegaa mihaa Hunaru Veri kudhin ulheythee

Comments are closed.


All Right Reserved!