އާޅެން ހިތެއް ނުފުރޭނެއެވެ. އިސްމާޢީލް ޢަލީ ކަނދޮޅުދޫ ހިތަކީ ފޫނެތް ޖާޑީއެއްފަދަ އެއްޗެކެވެ. ދުވަހަކު އެއެއްނުފުރޭނެއެވެ. އެއްލާރި ދެލާރިއަށް ވުމީ އަބަދުގެ އުއްމީދެވެ. ފަޤީރު ދިރިއުޅުމަށް ރުހެވުމީ ހިތުގެ ހަމަޖެހުމެވެ. މުއްސަނދި ދިރިއުޅުން އެދޭނަމަ ހަމަޖެހުން ގެއްލިދާނެއެވެ. މާއްދިއްޔަތުގެ ފަހަތުން ދުވަންފެށެއެވެ. މީހުންނަށް ލިބިފައިވާ ނިޢުމަތްތަކަށް ޙަސަދަވެރިވެވެއެވެ. އާދައިގެ ގޮތެއް ޚިޔާރުކުރުމީ އެންމެ މޮޅު ފަރުވާއެވެ. ހިތްކިޔާހާ ކަމަކަށް ތަބާ ނުވުމީ އެންމެ ފައިދާބޮޑު ގޮތެވެ. ދުނިޔެވީ ދަރުސް ލިބިގަތުމީ މުސީބާތުގެ ދޮރުބަންދުވާ ކަމެކެވެ. ޝަކުވާ ނުކުރުމީ […]
އާޅެން ކަލާގެ ހިޔަނި އިސްމާޢީލް ޢަލީ ކަނދޮޅުދޫ ކަލާގެ ހިޔަނިފަދައިން އެކުގައިވާން ބޭނުމެވެ. ކަލާ އެހެންމީހުންނާއި ވާހަކަ ދައްކާނަމަ ޙަސަދަވެރިވެވެއެވެ. ކަރުދާސް ކޮޅުކޮޅުގައި ތިޔަނަން ލިޔެފުރާލަމެވެ. ބޯކޮޅުބަލަމުންހިނގުމަށް ވަނީ އާދަވެފައެވެ. ކިޔެވުން މަތީން ފޫހިވެއްޖެއެވެ. އެއްވެސް ކަމެއް ކުރާހިތެއްނުވެއެވެ. ނިދުނީމާ ހުވަފެނުގައި ފެންނަން ބޭނުމީ ހަމަކަލާއެވެ. ކަލާ އަބަދުވެސް ދުރަށް ދާކަމުގެ އިޙްސާސް ކުރެވެއެވެ. ކަލާގެ ތިޔަރީތިކަމަކީ ޖާދޫއެކެވެ. ﷲގެ ކުޅަދުންވަންތަކަމުގެ ފުރިހަމަ ނަމޫނާއެކެވެ. ކަލާގެ ފަންކަޅު ދިގު އިސްތަށިގަޑުން މިއަޅާވަނީ ބަނދެވިފައެވެ. އެކަކު މާބޮޑަށް ލޯބިވެއްޖެ […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ ރީތިހަވީރެކެވެ.ގަހުގައިމާތައް ފަރިވެ ފޮޅިފައިވެއެވެ. ހަވީރަށް އަހަރެންވެސް ރީތިވެލައިގެން މަގުމައްޗަށް ނުކުތީމެވެ.އަހަރެންނަށް އެންމެ ރީތިމާކަމުގައިވާ ފިޔާތޮށި ފިނިފެންމަލެއް އަހަރެންގެ އަތުގައިއޮތެވެ.އެމާ އަހަރެންނަށް ރީތިވަނީ އެމަލުގެ ކުލަ ރީތިވީމައެވެ.އެމަލުން މީރުވަސް ދުވާތީއެވެ.އަހަރެންދެކޭގޮތުގައި އަހަންނަކީވެސް ފިނިފެންމަލެކެވެ.ކޮންމެ މީހަކުވެސް އަހަރެން ބިނދެލަން ބޭނުންވާނެއެވެ.އެކަމަކު އަހަރެން ބިންނަންވާނީ އަހަރެން ރައްކާތެރިކޮށް ގެންގުޅެވޭ ފަދަމީހަކަށެވެ.އެހެންނޫނީ އަހަރެންގެ ފިޔަތައް ޗިސްޗިސްވެ ހިގައިދާނެއެވެ. އަހަރެންގެ ޒަވާޖީޙަޔާތުގެ ބައިވރިޔާ އަހަރެންދެކެ ވަރަށް ލޯބިވާންވާނެއެވެ.އަހަރެންނަށް ވަރަށް ކެއަރކުރަންވާނެއެވެ.އަހަރެންގެ ނާޒުކުކަންދެނެގަނެވޭންވާނެއެވެ. އަހަރެންގެ ގުރުނޑުފިޔައަށް ހަޖޫކިޔައިގެންނުވާނެއެވެ.އަހަރެންގެ މައިންބަފައިންނަކީ އޭނަގެވެސް […]
އާޅެން ކުށް ކުރީ އަހަރެންނެވެ. އިސްމާޢީލް ޢަލީ ކަނދޮޅުދޫ ދަތްހުރިދުވަހު ކާށިކެވޭނެ ކަމަށް ބުނެ އުޅުނީމެވެ. ދެއްވި ރިތިސޫރައާ މެދު ބޮޑާވެވުނެވެ. ހިތްކިޔާނެހާ ގޮތްގޮތަށް އުޅެވުނެވެ. ތަބީޢަތުގައިވާ ގޮތާ ދެކޮޅުހެދުނެވެ. ބަލިބަލީގެ ޝިކާރައަކަށްވެ ނިމުނެވެ. ކުޑަދުވަސްކޮޅެއްގެ މެހުމާނެއްކަން ގައިމުވިއެވެ. ކުޑަދަރިފުޅު އެކަނިކޮށް ދާންޖެހުނީއެވެ. ލޮބުވެތި އަނބިމީހާއާ ވަކިވާން ޖެހުނީއެވެ. ކުޑަދަރިފުޅުވަނީ ދުނިޔެވީ އުފާތަކުން މަޙްރޫމުވެފައެވެ. އަހަރެންގެ ބަލީގެ ޚަބަރު ލިބުމުން އާއިލާ ބައިބައިވިއެވެ. ކުށް ކުރީ އަހަރެންނެވެ. ވޭންއުފުލާން މިޖެހުނީ މުޅިޢާއިލާއަށެވެ. ދުނިޔޭގެ ލަދަށް ފިލިދާނެއެވެ. […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ އަހަރެންނަށް ﷲ އަށް ބިރުވެތިވަމެވެ. ފާފައިގެ މައްޗަށް ފާފަކުރާކަށް އަހަރެންނެއް ބޭނުމެއް ނުވެއެވެ. .އޭނާގެ ބަހަށް ހެއްލިގެން އަހަންނަށް މިވަނީ މިގޯސް ހެދިފައެވެ.އަހަރެންހުރީ މިފަދަ ފާފައަކަށް އަރައި ނުގަތުމަށް އަޒުމު ކަނޑައަޅައިގެންނެވެ. އެހެންނަމަވެސް އޭނާގެ ލޯބީގެ ކުރިމަތީގައި އިސްޖަހާލަން އަހަންނަށް މަޖްބޫރުވީއެވެ.އެހާވަރަށް އަހަރެންނަށް އެޒުވާނާދެކެ ލޯބިވެވުނެވެ. އަރެންނަށް އެޒުވާނާ އެންމެ ފުރަތަމަ ފެނުނީ ފުޓްބޯޅަދަނޑުންނެވެ.އޭނާ ރަތްކުލައިގެ ޖާޒީއާއި ހުދުކުލައިގެ ޝޯޓްގައި ހުރިއިރު ވަރަށް ރީއްޗެވެ.އެތައްބަޔަކު މަށަށް މަށަށް ގޮވިއެވެ.ގިނަ ޖިންސުއްލަތީފުން ސަޕޯޓްކުރީ […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ އެކަލާނގެ އަހަރެންނަށް ގިނަގުނަ ނިއުމަތް މިންވަރު ކުރެއްވިއެވެ.އަހަރެންނަކީ މައިންބަފައިން ބޭނުންވެގެން އުޅެނިކޮށް ލިބުނު ކުއްޖެކެވެ.އެދެމީހުންގެ އަޅާލުން ވަރަށް ބޮޑަށް ލިބުނެވެ.އަހަރެންނަށް ރީތިކަން ލިބުނެވެ.މީހުން އަހަރެންގެ ރީތިކަމުގެ ވާހަކަ ދައްކާ އުޅެއެވެ.ޚާއްޞަކޮށް އަހަރެންގެ ދެބުމައާއިތުންފަތުގެ ރީތިކަމުގެ ވާހަކަ ދައްކާ އުޅެއެވެ. ދެތުންފަތް މޭކަޕް ނުކުރިއަސް ފުދެއެވެ.ބޮލުގެ އިސްތަށިގަޑުފަންވެފައިދިގެވެ.ކަޅުވެފައި ދިހުންގަދައެވެ.ހަންގަޑުއޮމާންވެފައި ދޮނެވެ.ހަށިގަޑުގެ ވަނާތައް ހެޔޮވަރުވެފައި ފުރިހަމައެވެ.ސިއްޙަތު ސަލާމަތުން ލެހެއްޓެވިއެވެ. އަހަރެންގެ މައިންބަފައިންނަކީ ތަނވަސް ބައެކެވެ.އަހަރެންނަށް ކިޔަވައިދިނެވެ. އުއްޑުން އޮތްނާށި ބަންޑުން ޖަހާލަންވެސް އަހަންނަކަށް ނުޖެހެއެވެ.އަހަރެންކިޔވާނިމިގެން […]
އާޅެން މަގޭ މުދައްރިސް އިސްމާޢީލް ޢަލީ ކަނދޮޅުދޫ އޯގާތެރިކަމާއި،ކެތްތެރިކަމުގެ މާތްސިފަ ހުންނާނެއެވެ. ރުޅިމަޑުކަމާއި،ހިތްހެޔޮކަމުން ޒީނަތްތެރިވާނެއެވެ. މުސްތަޤްބަލްގެ ޗާޓު ކުރަހާލަ ދޭނެއެވެ. ކަޅާއިދޮނަށް ނުބަލައި، ހަމަހަމަކަމުގެ ސާލު ފަތުރާލަދޭނެއެވެ. އަދަބުދިނުމުގެ ބަދަލުގައި،ހެޔޮބަސްތަކުން ވެދުންކުރާނެއެވެ. މަސައްކަތަށް ފަޚުރުވެރިވާނެއެވެ. އުފާވެރިކަމާއި،ޝައުޤުވެރިކަމުގެ އިޙްސާސްވާނެއެވެ. މަޢުލޫމާތުގެ ޚަޒާނާ މުއްސަނދިކުރާނެއެވެ. ހުރިހާކަމެއްގައި ފުރިހަމަ ނަމޫނާ ދައްކާނެއެވެ. ޚިޔާލުތަނަވަސް ކުރުމުގެ ފުރުޞަތު ދޭނެއެވެ. ވާހަކަތައް އަޑުއަހައި،ޚިޔާލުފާޅުކުރުމުގެ ފެރުޞަތު ދޭނެއެވެ. ހިނިތުންވެތިބެ ކިޔެވުމުގެ ފުރުޞަތު ދޭނެއެވެ. ގުޅިގެން މަސައްކަތްކުރުމުގެ ރޫޙް ހުންނާނެއެވެ. ޤަވާޢިދުތައް ދަމަހައްޓަން މަސައްކަތް ކުރާނެއެވެ ތަރްޙީބާއި،އިނާމުދިނުމުގައި […]
އާޅެން ކުޅިވަރު އިސްމާޢީލް ޢަލީ ކަނދޮޅުދޫ ދުޅަހެޔޮކަމުގެ ކުރިފަޅައެވެ. ތާޒާކަމާއި ޒުވާންކަމުގެ ފެންލިބެއެވެ. ވާދަވެރިކަމުގެ ރޫޙް އުފައްދައެވެ. ހިތްވަރުކޮށްގެން ކާމިޔާބު ހޯދައެވެ. ހަމަތަކާއި،ޤަވާޢިދުތަކަށް ބޯލަނބަން ދަސްވެއެވެ. އުފަލާއި،ހިތްހަމަޖެހުން ގެނެސްދެއެވެ. ބަލިވުން ތަޙައްމަލު ކުރަން ދަސްވެއެވެ. ބުންވަރު އިތުރުވެ،ނަފްސު މަތަކުރެވެއެވެ. ގުޅިގެން މަސައްކަތްކުރަން ދަސްވެއެވެ. ރޭވުންތެރިކަމާއި،އިރްޝާދަށް ތަބާވެވެއެވެ. އުކުޅުތަކާއި،ހުނަރުތައް ކުރިއަރައެވެ. މަޝްހޫރުކަމާއި،މީހުންގެ ރުހުން ލިބެއެވެ. އެކުވެރިކަން އާލާވެ އެހީތެރިން ލިބެއެވެ. ޚިޔާލުތަކުން ދުރުކޮށްދީ ހަމަޖެހުން ގެނެސްދެއެވެ. ފޯރީއިތުރުވެ ޖޯޝް އުފެދެއެވެ. ލޯހުޅުވި މީހުންގެ ތަބީއަތު ހާމަވެއެވެ. ހެދޭ ގޯހުގެ […]
އާޅެން ވާޖިބުތައްވީ ބެހުނު އޮޑީގައެވެ. އިސްމާޢީލް ޢަލީ ކަނދޮޅުދޫ ރީތި ހީލުން ފުންކަނޑު ފަދައެވެ. ފަރިބަލާލުން މަސްތީ ޢާލަމް ފަދައެވެ. ދަތްތަކުގެ ވިދުން ހުދު ބިއްލޫރި ފަދައެވެ. ރީތި ކޮންމެ އެއްޗެއް އެހާ އަސަރު ގަދަވާނެހެއްޔެވެ. ހިތްއޮތީ އެންމެ އުސް ޢިމާރާތުގެ މަތީގައެވެ. ފިރިމީހާގެ ވާޖިބުތައްވީ ބެހުނު އޮޑީގައެވެ. ރޭގަޑަށް ފެންނެތް ތާކުތެޅޭ މަހެއްފަދައެވެ. ތައްޔާރީ ކާނާއަށް ބުރަވެވެނީ ވަގުތު ގެއްލޭތިއްޔޯއެވެ. ޒީނަތްތެރި ވުމަށް ދަމެއްހާއިރުވެސް މަދެވެ. އަގަށް ދޮވެ އިސްތިރިކުރުވަނީ ފަޤީރުންނަށް ހެޔޮ އެދިގެންނޯލައެވެ. ދެބައިކުޅަ […]