އިސްމާޢީލް ޢަލީ ކަނދޮޅުދޫ އުޑުގައިވާ ތަރިތަކަށް ވުރެ ނިޢުމަތްތައް ގިނައެވެ. ތަރިތައް ވަކިމީހަކަށް ޚާއްސަ ވެގެންނުވެއެވެ. ނިޢުމަތްތައްވެސް ވަކިމީހަކަށް ޚާއްސަ ވެގެންނުވެއެވެ. މީހަކަށް ނިޢުމަތެއް ލިބޭ ހިނދު ހަސަދަވެރިވާން ވެދާނެ ހެއްޔެވެ؟ އެފަދަ ނިޢުމަތްތައް ތިބާއަށްލިބެވުމަށް އެދުމީ އޮތްކަމެކެވެ. ޙަސަދައިގެ ހުޅުކޮޅު ރޯކޮށްގެން ހެޔޮކަންތައް އަންދާލަން އެދެނީ ހެއްޔެވެ؟ ތިބާކޮނުނު އަނދަވަޅަށް ވެއްޓޭނީ ހަމަ ތިބާއެވެ. ތިބާ ފޭހުނު އިލޮށިގަނޑު ހެރޭނީ ހަމަ ތިބާގެ ލޮލަށެވެ. ދަގުއި ގޯންޏެއް ކޮނޑަށްލާން ބޭނުންވާނީ ކާކުހެއްޔެވެ.؟ ޙަސަދައިގެ އަލިފާނުން ޖަރީގެ […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ ދިރި އުޅުމަށް ހިޔާވަހިކަން ބޭނުން ވެއެވެ. ކޮންމެ މީހަކަށްވެސް ރަނގަޅު ރަޙުމަތްތެރިން ބޭނުން ވެއެވެ. ރަނގަޅު ކަމަކަށް މެނުވީ ނުގޮވާނެއެވެ. ކަމެއް ދަމެއް ބޮޑުވާ ހިނދު އެހީތެރި ވެދޭނެއެވެ. ކޮންމެ ކަމެއްގައި ތިމާފަދައިން ވުމަށް އެދޭނެއެވެ. ޢާއިލާއަކީ އޭނާގެވެސް ޢާއިލާ ކަމުގައި ހިތާނެއެވެ. ޖާނާއި މާލުން ޤުރްބާން ވުމަށް ތައްޔާރު ވާނެއެވެ. ރަނގަޅު ރަޙުމަތްތެރިއެއް ލިބުމަކީ ނަސީބު ރަނގަޅު ކަމުގެ ހެޔޮފާލެކެވެ. ރަނގަޅު ރަޙުމަތްތެރިން މަގުދައްކައެވެ. ނަފްސުގެ އަގަށްވުރެ ރަޙުމަތްތެރިޔާގެ އަގުބޮޑުކަމުގައި ދެކޭނެއެވެ. […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ ހާދަވޭނެއް ހާދަތުރާލެއް އުފުލާފައިވާނެއެވެ. ރޭތަކެއްގެ އަރާމު ނިދި ގެއްލިފައި ވާނެއެވެ. އުފާތަކެއް މަޑު ޖައްސައި ހޭހަން ކޮށްދީފައިވާނެއެވެ. އަމިއްލަ ހަށިގަނޑަށްވުރެ ލޯބިދީފައިވާނެއެވެ. ބަނޑަށްހުރެ ދަރިފުޅުގެ ބަނޑު ބޮޑު ކޮށްދިނީމެވެ. ގަހުގެ ބޭނުން ނެތުނީމާ ގިސްލާނުރޮވޭނެ ހެއްޔެވެ؟. އެހެންމީހުންނަށް ފުނިވަރު އަޅާދޭތަން ފެނުމުން ހިތްދަތި ނުވާނެހެއްޔެވެ.؟ ކޮންކަމަކަށްޓަކައިތޯއެވެ.މަލެއްގެ ޙައްޤު ގައެވެ. ކަށީގެ ޖަންގައްޔެއްގައި ފޮޅޭން ތައްޔާރުވާ މަލެކެވެ. ބިނދެވޭނެ ކަމުގެ އުއްމީދު ކިހާވަރަކަށް އެބައޮތްބާވައެވެ. ކަށިހެރިދާނެތި ނަސޭހަތް ދޭނީ މަންމައެވެ. ގިނަ ތަޖްރިބާ […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު އުދަރެހާއި ނިވާ ވީއެވެ. ހުޅަނގު ފަރާތު އުދަރެސް އޮރެންޖު ކުލައިން ޖަރީ ކުރަމުންނެވެ.އިރު އޮއްސޭ މަންޒަރު ބަލާލުމަށް އައިސް ތިބި މީހުނަނަށް އުފާވެރި ހިތްހަމަ ޖެހުން ގެނެސްދޭ ރީތި މަންޒަރެއް ދައްކަމުންނެވެ. އިރުކޮޅަކުން ކަނުއަނދިރިކަން މުޅިތަނަށް ފެތުރިގެންދާނެވެ. އިރު އޮއްސޭ މަންޒަރުން އުފާވެރިކަމެއް ހިތުގައި ހިނގާލިނަމަވެސް ދުވަސް ފާއިތުވެ ދިއުމުން ހިތުގައި މޮޅިވެރިކަމުގެ ސާލުފަތުރާލައެވެ.މުޅިދުވަހު ކުރި އުއްމީދު ޙާސިލް ނުވުމުން އެކަމުގެ ދެރައާއި، ހިތާމަ ހިތުގައި ހިނގައެވެ.އިންސާނީ […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ އިންސާނުންނަކީ،ﷲގެ އަޅުންނެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނުން ހައްދަވާފައިވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް އަޅުކަން ކުރުމަށްޓަކައެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އަކީ އެންމެ ބާރުގަދަ އެންމެ މަތިވެރި ފަރާތެވެ. އިންސާނުންނަކީ ނިކަމެތި ބައެކެވެ. އާރެއް ބާރެއް ނެތް ނިކަމެތި ބަލިކަށި ބައެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނުން ހެއްދެވިއެވެ. އިންސާނުންގެ ހުރިހާކަމެއް ﷲ ސުބްޙާނަހޫ ވަތަޢާލާ މޮޅަށް ދެނެވޮޑިގެން ވެއެވެ. އިންސާނުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި އެބައިމީހުންގެ ތެރެއިން ރަސޫލުން ޚިޔާރު ކުރެއްވިއެވެ.އަދި […]
އިސްލާޢިލް ޢަލީ، ރ.ކަނދޮޅުދޫ މުޙައްމަދުގެކޮންމެ ބަލައިލުމެއްގައިވަނީ ފޮނިކަމާއި އަސަރެވެ. ހިތުގެ ވިންދާ ކުޅެލާފަދަ ޖާޒުބިއްޔަތު އޭނާއަށް ލިބިފައިވެއެވެ. އެ ބެލުމުގައިވާ އަސަރަކީ ދަގަތްފާނީ ބާރެއްކަން ކަށަވަރެވެ. އަހަރެންގެ ހިތް އެމަޢުސޫމު ޒުވާނާ ފަތަޙަ ކުރިއެވެ. ކޮންމެ ނޭވާޔަކާއި އެކު އެނަން ދުލުން ބޭރުކުރެވޭ ވަރަށެވެ. لا إله إلا الله ގެ މަތިވެރި ކަލިމަފުޅުން ބަރަކާތް ހާސިލް ކުރުމުގެ ބަދަލުގައި އަހަރެން އަބަދުވެސް މަސައްކަތް ކުރީ އެނަން ކިޔާލެވޭތޯއެވެ. އެނަމުން ހިތްހަމަޖެހުން ހޯދޭތޯއެވެ. ކަނިވެފައިވާ ފުޅިބައްތިއަށް ތެޔޮ […]
އިސްމާޢީލް ޢަލީ، ރ. ކަނދޮޅުދޫ އަހަރެން ހިތްއެދޭކަހަލަ ފިރިއަކު ލިބުނެވެ. ތަނަވަސް މޭމައްޗެއްގައި ބޯއަޅާލެވުނެވެ. އެއީ މުރުއްވަތްތެރި ކަމުގެވެސް ދެވަނައެއް ނުވާފަދަ ޚުލްޤު ރަނގަޅު މީހެކެވެ. ފެނުމުން އުފާވެރިކަން އިޙްސާސްކުރެވޭފަދަ ހިތްގައިމު ހިނިތުންވުމެއް ލިބިފައިވެއެވެ. މުލައްދަނޑީގެ ބާރުގަދަ އެވެ. އެކި ހިސާބުން މަސްތައް އުފުލިފައިވާ ގޮތުން ވެސް ޖަޒްބާތުތައް ކެކިއަރައެވެ. ދިރިއުޅުމުގެ ހުރިހާ ފަސޭހަތަކެއް ލިބިފައިވެއެވެ. ލޯބިވެތިކަމުގައި ވެސް މިސާލެއްނެތެވެ. ކޮންމެ ފަހަރަކީ އާ ތަޖުރިބާތަކެއް އިޙްސާސްކުރަންޖެހޭ ފަހަރެކެވެ. ޤުދުރަތް ހުރިހާ ކަމެއްގައި ވެސް އެހީތެރިވެދެއެވެ. ފުށްގަނޑެއް […]