އިސްމާޢީލް ޢަލީ ކަނދޮޅުދޫ މަގޭ ލޯބިވާ މަންމާއެވެ!ތިޔައީ ނަމޫނާ މިސާލެކެވެ.މައެއްގެ ވާޖިބުތަކާއި،ޒިންމާތައް ފުރިހަމައަށް އަދާކޮށްފައިވާ ޒިންމާދާރު މައެކެވެ.ދަރިންނަށްޓަކައި މަތިވެރި ޤުރުބާންތަކެއް ވެފައިވާ މައެކެވެ. މަންމަގެ އޯގާތެރި ފިރުމުންތަކުގެ އަސަރު މިހިތުން ދުވަހަކުވެސް ފިލައިގެންނުދާނެއެވެ.މަންމަގެ މީރުވަސް މިހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ. މަންމަގެ މީރުވަސް އަބަދުމެ އާލާވޭވޭ ހުރެއެވެ.މަންމަގެ ނެވާގެ މީރުކަމާއި ހޫނު އިޙްސާސް މިހިތުން ފިލާނީ ކިހިނަކުން ހެއްޔެވެ؟ ލޯބިވާ މަންމާއެވެ. މައިވަންތަކަމުގެ އިޙްސާސަކީމަތިވެރި އިޙްސާސެއްކަން މިއަދު އަޅުގަޑަށް ތަޖްރިބާ ކުރެވިއްޖެއެވެ. އެތަކެއް ރޭގެ ނިދި ނަގާލައިގެން އަޅުގަޑަށް ހޭހަން […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ އަހަރެމެން ވަރަށް އުފާ ކުރަމެވެ. އެކުވެރިކަމުގެ ރިވެތި ނަމޫނައެއްގެ ގޮތުގައި އިންސާނުން އަހަރެމެންފަދަ ނިކަމެތި އެއްޗެއް ބަލައިގަތީމައެވެ. ޙަޤީޤަތުގައިވެސް އަހަރެމެންނަކީ ވަރަށް އެކުވެރި ބަޔަކީމުއެވެ. އަހަރެމެންގެ ނިސްބަތުން ބޮޑެތި ފަރުބަދަ ފަޅިއެއް ވަރުގެ ކާނާވެސް ފަސޭހަކަމާއި އެކު ލިބިގަނެވެނީ އަހަރެމެންގެ މެދުގައިވާ އެކުވެރިކަމުގެ ގަދަފަދަ ބާރުންނެވެ. ޙަޤީޤަތުގައި އެކުވެރިކަމުގެ މާތްސިފަ އެންމެ ފުރިހަމަގޮތުގައި އޮންނަންވީ އިންސާނުންގެ މެދުގައެވެ. އިންސާނާ ހައްދަވާފައިވަނީ އެކަކު އަނެކަކާއި ގުޅިގެންނޫނީ ނޫޅެވޭނެ ފަދަ ގޮތަކަށެވެ. އަހަރެމެން އަބަދުވެސް އެކަކަށް […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ މުސްކުޅިޔާ އޭނާގެ ޢުމުރު ދިގުކަމާއިމެދު ހިތާމަކޮށް ރޮނީއެވެ. އަހަރެންވެސް އަހަރެންގެ ޢުމުރު ދިގުކަމުގެ މައްޗަށް ދެރަވެ ކަރުނަ އަޅަނީއެވެ. މުސްކުޅިޔާ ދެރަވަނީ އޭނާގެ ކުދިން އޭނާ ބެލުން ބުރައަކަށް ވެގެން ޝަކުވާކޮށް ހަދާތީއެވެ. އަހަރެންގެ ޢުމުރުގެ ދިގުކަން އިންސާނާއަށް މުޞީބާތަކަށް ވެއްޖެއެވެ.އެތައް އަހަރެއްވާއިރުވެސް އަހަރެން ފަނާވެ ނުދާތީ އަހަރެން ބޭނުން ނުކުރުމަށް އެބައިމީހުން ނިންމައިފިއެވެ. މުސްކުޅިޔާ ދަރިންނަށް ޚިދުމަތް ކޮށްދިނެވެ.ދަރިންގެ އުފަލަށްޓަކައި ޤުރްބާން ތަކެއްވިއެވެ.ލޯބޯ ފިއްސިއެވެ.އަރާމު ނިދި ދޫކޮށްލިއެވެ. އަހަރެންގެ ފަރާތުން ލިބުނު […]
އާޅެން ބިރުވެރިކަމުގެ ރާޅުބާނި އުފެދުނުކަން ނަސީބެވެ. އިސްމާޢީލް ޢަލީ ކަނދޮޅުދޫ ޢަދަދު ނުވާހާ ގިނަނިއުމަތް ލިބުނުމެއެވެ. ބުނަން ދަތި އިޙްސާސްތައް ކުރެވުނު މެއެވެ. ދުރަށް ވިސްނުނުކަން ހާދަ ރަގަޅެވެ. ﷲ އީ އެންމެންގެ މަދަދު ވެރިޔާއެވެ. ލުންގި ފަތުރާލައިގެ ތިބީމުއެވެ. ތުނބުން ފުމެލި އަޑެއް އެހީމުއެވެ. ފީކޯތްކުޅެން އުޅުނު ބަޔަކު ދުށީމުއެވެ. ހުރިހާ ދިމާއަކުން އަޑެއް އިވޭހެން ހީވިއެވެ. ވަރުބަލިކަމެއް އިޙްސާސް ކުރެވުނެވެ. ދުރުން މާދުރުން ދޯދިތަކެއް އެޅޭހެން ހީވިއެވެ. މާނައެއްނެތް ހީތަކަކަށް ނުވާނެކަން ގައިމެވެ. ގެންނަ […]
އާޅެން ލޯތްބަކަށް ނިމުމެއްނެތެވެ. އިސްމާޢީލް ޢަލީ ކަނދޮޅުދޫ ހިޔަންޏަށް މުޑިނެގީ ކީއްވެބާވައެވެ. ޢުމުރަށް އުޅުމަށް އެއްބަސްވެފައި ވެއެވެ. ހިނދުކޮޅެއްގެ ތެރޭގައި ވަދާޢީ ދަލާމް ކޮށްފިއެވެ. އެންމެބޮޑު އެކުވެރިޔާ ފުރާންފަދަ ޔާރާއަށް ސިންގާއެއްގެ މަޤާމުދިނީ ކީއްވެބާވައެވެ. ކެހިވެރިއެއްގެ މަޅިފަތީގައި ޖެހުނު ބާޒެއްފަދައެވެ. ސިންގާގެ ރުޅި އިޚްތިޔާރުކޮށް ވަފާތެރިކަމުގެ އަގު ވައްޓާލީއެވެ. ބުޅާ މަސްގަޑަށް ބަލާފަދައިން ހިލޭފިރިހެނުންނަށް ކަޅިއަޅާކަމުގައި ބުނީމުނޫންހެއްޔެވެ؟ ވަފާތެރިކަމުގެ ކުލަވެސް ނުވާކަމުގައި ހީކުރީމުނޫން ހެއްޔެވެ؟ ފަށުވިން ގަތާލެވުނު ލޯބީގެ ހަރަކީ ކަލާގެ ޙައްޤެކެވެ. ކަލާއަށް ވާވަދެވިފައިވާތީ އެކަން […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ އަލިވިލިއްޖެއެވެ. ރީތިދުވަހަކަށެވެ. ދުވަސްކޮޅަކުން ކޮޅިގަޑުގެ އެއްވެސް އަސަރެއް ނުފެންނާނެއެވެ.ގެތަކަށް ލިބުނު ގެއްލުން މަރާމާތު ކުރާނެއެވެ. ނެތިގެންދިޔަ ގަސްގަހާގެހީގެ ބަދަލުގައި އާކުރިތައް ފަޅާނެއެވެ. މުޅިތަނަށް ފެތުރުނު ފަތްތަކާއި ކުނިތައް ނަގައި ރަށް ޒީނަތްތެރި ކުރާނެއެވެ. އެތޫފާނީރޭ އަހަރެންގެ ހިތަށް ލިބުނު ކެކުޅުން ބޭރަށް ފެންނާކަށް ނެތެވެ. ވިއްސި ވިހާލިވެގެން ދިޔަ ދިރިއުޅުން އަނބުރާ އިޢާދަ ކުރެވިދާނެހެއްޔެވެ؟ ފަޒާ ގުގުމަމުން ދިޔައީ ބިރުވެރި ގުގުރިއާއި،ޖަހޭބާރުވައިގެ ސަބަބުން ގަސްގަހާގެހިން އުފެދޭ އަޑުންނެވެ. އަހަރެންގެ ކަންފަތް ގުގުމަމުންދިޔައީ ފިރިމީހާގެ […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ މިއަދަކީ ފުސްނަކަތުގެ ނުވަވަނަ ދުވަހެވެ. ކުޑަކޮށް ފުސްވިލާ ބުރާލިކަމުގައި ވިޔަސް މޫސުން ރީތިވާން އުޅޭހެން ހީވެއެވެ. ފާތުން އޮތީ ގޯތިތެރޭގައި ހުރި ފަތްޖެހި އެނދެއްގައެވެ.އަތުގައި ކަރުދާސްގަޑެއް އޮތެވެ. އެއީފާތުންގެ ކުޑައިރުގެ ރަޙުމަތްތެރިއަކު ފޮނުވާފައިވާ ސިޓީއެކެވެ. ފާތުން އެތަކެއްފަހަރު އެސިޓީ ކިޔައިފިއެވެ. އަނެއްކާވެސް އެސިޓީ ކިޔަން ފަށައިފިއެވެ. ފާތުންއެވެ! ކަލާއަށް އޮތް އެންމެ މޮޅުފަރުވާއަކީ މާޒީ ހަނދާން ނައްތާލުމެވެ. ކޮންމެ މީހެއްގެވެސް ފުސްމާޒީއެއް ވާނެއެވެ. ހޭނުޖެހޭއިރު ވިޔާ ނުދާކަންތައް ކުރެވޭނެއެވެ. ކަތިގޯޅިންވެސް ދެވޭނެއެވެ. ޢާއިލާ […]
އާޅެން ހަތުރުވެރިކަމުގެ އޮށް އިންދާކަށް ނުވާނެއެވެ. އިސްމާޢީލް ޢަލީ ކަނދޮޅުދޫ ފަރިފަރި ރީތި ނުފޮޅޭމާތަކެކެވެ. ދުނިޔޭގެ ޖެހޭގަދަވައިން ޙިމާޔަތް ބޭނުން ވެފައިވެއެވެ. ތުއްތުކުދިންވެސް ހަމަ މިފަދައެވެ. ބޮޑެތިމީހުންގެ ރުޅިވެރިކަމުގެ ތެރެއަށް ނުވެއްދުން އެދިގޮވަނީއެވެ. ކުޑަކުދިންގެ ހިތްތަކުގައި ހަތުރުވެރިކަމުގެ އޮށް އިންދާކަށް ނުވާނެއެވެ. އަނގައިން ނުބުނުން ޝަރުތު ކުރެއެވެ. ތިއްތާއޭ ގޮވާލުން މަނާކުރެއެވެ. މިއަމުރުތައް ހަތުރުވެރިކަމުގެ ގަހުގެކަނާއަށް ނުވާނެބާވައެވެ. އެގަހުން ފޮޅޭމަލުގައި މީރުވަހެއް ނުދުވާނެއެވެ. ހިތިވަހުން މުޅިތަން އެއްވަސް ކުރުވާނެއެވެ. އެވިހައިގެ އަސަރުން އެތައް ގުޅުމެއް ކެނޑޭނެއެވެ. ތިމާގެކަމުގެ […]
އާޅެން ފިކުރު އިސްމާޢީލް ޢަލީ ކަނދޮޅުދޫ ހިތްވަނީ ނުތަނަވަސް ކުރުވާފައެވެ. ރަތްޔާޤޫތުފަދަ ދެތުންފަތުގައި ދުނބުޅީގެ ފަރުދާއެއްވަނީ ލެވިފައެވެ. ސަންގު މަރުމަރުގެ ހުދު ހިލައަށްވުރެވެސް ހުދު ދަތްޕިލާގެ ކުލަވަނީ ގެއްލިފައެވެ. އިތުރުވީ ދެރުލުގެ ސަބަބުން މޫނުގެ ރީތިކަންވަނީ ގެއްލިފައެވެ. ދުމުގެ ސަބަބުން ހިތްވަނީ ނުތަނަވަސް ކުރުވާފައެވެ. ބުންވަރުކުރުވެ ގުބުހިލި ނޭވާލުންވަނީ އަވަސް ވެފައެވެ. އިރުއިރުކޮޅާ ކެއްސާލުމާއިއެކު މޭގެ ތަދުވަނީ އިތުރުވެފައެވެ. ރުޅިއިސްވެ ހިތްއަވަސްވެ ކާހިތްވަނީ ކުޑަވެފައެވެ. މަޑުމަޑުން ނާރުތަކުގެ ބާރުދެރަވެ ބަލިތައް ޖެހެންވަނީ ފަށާފައެވެ. ދުމުގެ ސަބަބުން ހިތްވަނީ […]