އިސްމާޢީލް ޢަލީ ރ.ކަނދޮޅުދޫ މިލޮބުވެތި ޤައުމު އޭގެ އެންމެ ބާރު ދުވެލީގައި ތަރައްޤީގެ ހަރުފަތްތައް ގިރާކުރމުން ދަނިކޮށް ދުވެލި މަޑު ޖައްސާލަން ޖެހުނު ބިރުވެރި ކާރިޘާ ކުރިމަތިވީ ދެހާސް ހަތަރުވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ސައްބީސް ވަނަ ދުވަހުއެވެ. އެއީ ބިރުވެރި ދުވަހެކެވެ.މަތިވެރި ޢިބްރަތްތަކެއް ލިއްބައިދިން ދުވަހެކެވެ.އަޚްވަންތަކަން ފާޅުވި ދުވަހެކެވެ. އެއްބައިވަންތަކަން ހާމަވި ދުވަހެކެވެ. އެދުވަހުގެ ބިރުވެރިކަމޭތޯއެވެ! މުޅިފަޒާ ގުގުމާފައި ވަނީ ރުއިމާއި،ގިސްލުމާއި،ތަކުބީރުގެ އަޑުންނެވެ.ހަށީގައި ހޭހުރިމީހަކުނެެތެވެ. ވާނުވާ އެނގުނުމީހަކު ނެތެވެ. ދިވެހިންނަކީ ޒަމާނުއްސުރެ މިސްކިތަށް ޙުރުމަތްތރިކޮށް ހިތާ […]
އިސްމާޢީލް ޢަލީ ކަލޭފާނު އަހަރެން ނިޝާން ދޫކޮށްލީ މަންމައަށްޓަކައެވެ. މަންމަ ހިތްހަމަ ނުޖެހޭކަން އަހަރެންނަށް އެނގުނީ އެންމެ ގާތް އެކުވެރިޔާ ޖީހާން ބުނީމައެވެ.މަންމައޭނާއާއި ޤަބޫލު ނޫނީ ކީއްވެތޯއެއް އަހަރެން ނުބަލަމެވެ. އެވަރަށް އަހަރެން މަންމަދެކެ ލޯބިވަމެވެ.މަންމައަކީ ވަރަށް ރަނގަޅު އިންސާނެކެވެ. މަންމަގެ ޤުރްބާނީގެ އަގު އަދާއެއް ނުކުރެވޭނެއެވެ. ނިޝާން އަކީ ރީތި ފިރިހެނެކެވެ.އިސްވެ ލޯބި ހުށައެޅީވެސް އަހަންނެވެ.އެއީ އަހަރެން ހިތްހަމަޖެހޭ ސިފަތަކެއްހުރީމައެވެ.އޭނަ އަހަރެންގެ ލޯބި ޤަބޫލު ނުކުރާން ވަރަށް މަސައްކަތް ކުރިއެވެ.އެހެންނަމަވެސް އަހަރެން ތަކުރާރުކޮށް ލޯތްބަށް […]
އާޅެން ބިސް ބޮނޑިބަތް އިސްމާޢީލް ޢަލީ ކަނދޮޅުދޫ އެތާ ހުރި ގަހެއްވެސް މާރަގަޅުވާނެއެވެ. ވާހަކަ އިވުނުމީހާ އޭނާގާތު އެވާހަކަ ބުނެފިއެވެ. އެކުވެރިކަމުގެ ގަސް އެހިނދު މަރުވި ފަދައެވެ. މޫނު ހަމަކޮށް އެދެމީހުން ވާހަކައެއް ނުދައްކައެވެ. ޒަމާންވީ އެކުވެރިކަމުގެ ފާރުގައި ރެނދުލީއެވެ. ދެފަރާތުން ހޫނުގަދަ ބަޙުޘެއް ކުރެވުނެވެ. ރުޅިވެރިކަމުގެ އޮށްތަކެއް އިންދުނެވެ. އެއިން ކުރިތަކެއް ފަޅާ މުޅިތަނަށް ވެޔޮތައް ފެތުރުނެވެ. ދެބައޮޑުވުމީ ސުވަރުގެއަށް ދިއުމަށް ހުރަސް އަޅާ ކަމެކެވެ. މީސްތަކުންގެ މެދުގައި ފަސާދައިގެ ބައްތި ދިއްލޭ ކަމެކެވެ. އެކުވެރިކަމުގެ […]
އާޅެން ރުއިމުގެ އަޑު އިސްމާޢީލް ޢަލީ ކަނދޮޅުދޫ އިންފާރުފަދަ އެކުވެރީން ދޫކޮށްލީމެވެ. އެއްފުރާނަވާ ދެހަށިގަޑު ފަދައިން އުޅެން ޖެހިފައި ވަނިކޮށެވެ. ކުޑަކުދީންގެ ރުއިމުގެ އަޑު ބުޅާކޯޅޭ އަޑުކަމުގައި ހީކުރީމެވެ. އެމީހުން ކަމަކު ކިޔާފާނެތީ ބޮޑުތަޅު އެޅުވީމެވެ. ފަޅު ހިސާބުގަނޑުދިރިއުޅޭން ޚިޔާރުކުރީ އެހެންވެއެވެ. މިއަދު މިއޮތީ އެހީތެރިކަމުގެ އަތެއް ބޭނުން ވެފައެވެ. އަވަށްޓެރީންނަކީ އަޚުންފަދަ ބައެކެވެ. ރުއިމުގެ އަޑު އެންމެ ކުރީން އަހާނީ އެމީހުންނެވެ. އެމީހުންގެ ފަރާތުން ދިމާވާ ކަންކަމަށް ކެތްތެރިވާންވާނެއެވެ. މަދަދުގާރަކުނެތި ދިރިއުޅޭނީ ކިހިނެއް ހެއްޔެވެ؟ އަބަދުފެނިދެނިވާ […]
އިސްމާޢީލް އަލީ ކަނދޮޅުދޫ ހާލަތު މިއަދު މިވަނީ ވަރަށް ބޮޑަށް ބަދަލު ވެފައެވެ.އަމާން އޮމާން ވެށި ވަނީ ކިލަނބުވެ ނާމާންކަން އުފެދި،ހިތް ނުތަނަވަސް ކުރުވާ،ލޮލުން ލޭ ކަރުނަ އޮހޮރޭފަދަ ބިރުވެރި ތަނަކަށް ބަދަލު ވެފައެވެ. ބިރުވެރި ފިލްމުތަކުން ފެންނަ ފަދަ ނޭވާ ހިފަހަށްޓާލަންޖެހޭ،ލޮލުން ކަރުނަ އަންނަ މަންޒަރުތައް އަޅުގަޑުމެންގެ ކުރިމަތީގައި ހިނގަމުން،ފެންނަމުން،ޢާއްމު ވަމުން ދަނީ އެވެ.ހިތާމައިގެ ކޮޅުނެތްކޮޅަށް ހިތާމައެވެ.ފިލްމުތަކުން އެފެންނަނީ ޙަޤީޤީ ޙާދިޘާއެއް ނޫންކަން އެނގޭއިރު އެކަމުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ނުވާނެކަން ޔަޤީންވާއިރުވެސް […]
އާޅެން ވީއްލިގެން އުޅޭ މީހާ އިސްމާޢީލް ޢަލީ ކަނދޮޅުދޫ ތަފާތު ކުލަކުލައިގެ މާތައް ފޮޅުވިއެވެ. ވަސްމީރު ހުވަނދުން މުޢައްތަރު ކުރުވިއެވެ. ނުވާޢަހުދެއް ހުވައެއް ނެތެވެ. އަތަށް އެރުމާއިއެކު ޙާލުގައި ޖެއްސިއެވެ. ރޮއިރޮއި އިންދާ ފަރިމަލެއް ބިނދެގެން ގެނައެވެ. އެއްފުޅައް މަތިން ފުއްމާލި ބަކަރި އަނެއް ފުޅައްމަތިން ފުންމާނެއެވެ. މަށަށް ކެހިދިން މީހާ އޭނައަށްވެސް ކެހި ދޭނެއެވެ. ހިތެއް ފުޑުފުޑު ކޮށްލައިގެން އުފާ ހޯދަން އެދެނީ ހެއްޔެވެ؟ ހުހަށް ހުރިމީހެއްގެ މޭގައި ބޯއެޅި ނަމަ އެވެ. އަހަރެން ހުރަހަކަށް […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ އެރޭ އަހަރެންގެ ގާތަކަށް ނިންޖެއް ނައެވެ.ވާހަކަފޮތެއް ނަގައިގެން ކިޔަން ފަށައިފީމެވެ. އެޔަކާވެސް މަ ގަޔާވާ ގޮތެއް ނުވިއެވެ. ނިދިނައުމުން ވަރަށް ބޮޑަށް ފޫހިވާ ގޮތް ވެއްޖެއެވެ.ދެތެދުވެ ކުޑަދޮރުން ބޭރުބަލާލައިފީމެވެ.އިރުކޮޅެއް ވަންދެން އެހެން ހުރުމަށްފަހު ފާޚާނާ އަށް ވަދެ ވަރަށް ރީތިކޮށް އޯކިޑް ސައިބޯނި ލައިގެން މޫނު ދޮވެލާފީމެވެ. އަދި މޫނު ފޮހެލުމަށްފަހު މޫނުގައި ކްރީމެއް އުނގޅާލައިފީމެވެ. ދެން ދެލޯ މަރާލައިގެން ނިދޭތޯ މަސއްކަތް ކޮށްފީމެވެ.ނަމަވެސް ނިދޭ ގޮތެއް ނުވިއެވެ. މިއަދު ހަވީރު […]
އާޅެން ކުނިބުނި އިސްމާއީލް ޢަލީ ކަނދޮޅުދޫ ބޮޑު ރޯގާއެއްފަދަ ބޮޑު ކަމެކެވެ. އިންސާނުންނަށް އެކަންޏެއް ނޫނެވެ. ހުރިހާ ދިރޭ ތަކެއްޗަށް ރިހުން ލިބޭ ކަމެކެވެ. ބޭނުން ނެތުނީމާ އުކާނުލާ ވާނެގޮތެއްނެތެވެ. އުކާލާ ތަކެތި މަދުކުރުމީ ޙައްލެކެވެ. ނުފެންނަ ހިސާބަށް އެޅިޔަސް ނެތް އެއްޗަކަށް ނުވާނެއެވެ. އޭގެ އަސަރު ކޮންމެވެސް ބަޔަކަށް ފޯރާނެއެވެ. އުކާލާ ތަކެތީގެ ބޭނުން ހިފަމާ ހެއްޔެވެ؟ ޕްލާސްޓިކު ކޮތަޅާއި ނުލައި ބާޒާރު ކުރަމާހެއްޔެވެ؟ އުކާލެވޭ ބައެއްތަކެއްޗަކީ ކާދެވެ. އުކާލެވޭ ބައެއްތަކެއްޗަކީ ގަހަނާއެވެ. އިސްރާފް ކުރުމީވެސް […]
އާޅެން ދީވާނާ ވެވުނެވެ. އިސްމާޢީލް ޢަލީ ކަނދޮޅުދޫ ނަފްރަތާއެކު މޫނު އަނބުރާލިއެވެ. ބުޅާ ފެނުމުން ދުވާ މީދަލެކޭ އެއްގޮތެވެ. ގޮނޑުދޮށަށް ބީއްސާލި ރާޅެއް ފަދައެވެ. ބީހި އުޅުމަށްފަހު ވަކިވެ ދިޔައީއެވެ. މަފަކީރުގެ ކުށަކީ ކޮބައިކަން އަންގާނުލައެވެ. ހަނދާން ތައް އާވެ އިންތިޒާރު ކުރެވެނީއެވެ. އިވުނު ޚަބަރުން ހިތް ތޮރުފިގެން ދިޔައެވެ. މަހުޖަނަކާއި ކައިވެނި ކުރަނީއެވެ. ކެހިދިނީ ކީއްވެކަން ވިސްނުމުން މާޔޫސް ވެވުނެވެ. ބިތްޖެހެވި ގަނޑު ވެފައި އިނދެވުނެވެ. ކަތިމަގަކުން ނުދެވުނީ ނޫނެކޭ ބުނަން ކެރުނީމައެވެ. ރަޙުމާއި ހަމްދަރުދީގެ […]