އިސްމާޢީލް ޢަލީ ކަނދޮޅުދޫ ﷲ ސުބްޙާނަހޫ ވަތަޢާލާ ތަދްބީރު ކުރައްވަވާފައިވާ ފުރިހަމަ އުޞޫލާއި އެއްގޮތަށް ކާއިނާތުގެ ކަންތައް ހިނގަމުން ދެއެވެ. އެކަމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ދުނިޔެ ދައުރުވެއެވެ. ރޭދުވާ ތަކުރާރުވެއެވެ.އިރުއަރާ އޮއްސެއެވެ. އިންސާނާގެ ވުޖޫދު ނިމުމުގެ މަރްހަލާތައް ކަޑައްތު ކުރަމުން ދަނީ ރޭވިފައިވާ ނިޒާމުގެ ތެރެއިންނެވެ. އިންސާނައަށް ހީވަނީ ވަގުތު ވަރަށް ހަލުވި ކަމާއިއެކު ދާކަމުގައެވެ.އެހެންނަމަވެސް ދުވަހެއްގެ ދިގު މިނަކީ 24 ގަޑިއިރެވެ. 1440 މިނެޓެވެ.86400 ސިކުންތެވެ. ރޭވިފައިވާ ނިޒާމަކަށް ބަދަލެއް ނާންނާނެއެވެ. އިންސާނަ އޭނާގެ […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ ރޮއިރޮއި ހަނާވުން ނޫންގޮތެއް ނެތެވެ. މަޔަކަށް ވުމުގެ ނަސީބެއް ނުލިބުނެވެ. ފިރިމީހާގެ ކުދިން ތިބޭތީ އިތުރު ކުދިން ނުހޯދަނީއެވެ. އަހަރެންގެ ހިތުން ކެކި އުތުރިއަރާ ޖަޒްބާތުތަކުގެ އަސަރެއްނުކުރިއެވެ. މަޔަކަށް ވުމަށްޓަކައި ޤުރްބާންތަކެއްވާންވީއެވެ. މިލޯބި ދޫކޮށް އެލޯބި ހޯދަންވީއެވެ. މަސްތީ ނިދީން ހެލަންވީތާ ކިތަންމެ ދުވަހެކެވެ. މަޤްސަދެއް ނެތި ދިރިއުޅުމުގެ ބޭނުމެއް ނެތެވެ. ތަކުރާރުކޮށް ކުއްޖަކު ބޭނުން ކަމަށް ބުނެފީމެވެ. ކަހާތަން ހިރުވާވެސް ނުލައެވެ. މިހާރު ރައްކާތެރި ޢުމުރު ގެއްލެނީއެވެ. ދުވަސްކޮޅަކުން ޢިއްދައިންވެސް ކެނޑިދާނެއެވެ. […]
އިސްމާޢީލްޢަލީ ރ.ކަނދޮޅުދޫ ކަލާ ވަކިވެ ދިޔައީ ހުރިހާ އެއްޗެއް ހިފައިގެންނެވެ. މިހާރު ނިދާ ހިތެއްނުވެއެވެ.ނިދި ލޮލާއި ރުޅިބުނެފިއެވެ. މިހާރު ކާހިތެއްނުވެއެވެ.ބަނޑު އެކަމާއި އެއްބަހެއްނުވިއެވެ. މިހާރު ރީތި ހެދުން ލާހިތެއްނުވެއެވެ.ބަލާނެ މީހަކު ނެތީމައެވެ. މިހާރު ކުރާ ހިތްވާ އެއްކަމެއް އެބައޮތެވެ. ކަލާ ހަނދާން ކުރުމެވެ. ސިޓީތައް ނިއުޅަ ނިއުޅާފައި ކިޔުމެވެ. މެސެޖްތައް ހުޅުވައިގެން ބެލުމެވެ. ފޮޓޯއަލްބަމް ނަގައިގެން ބެލުމެވެ. ލޯބީގެ ހަދިޔާތައް ނަގައިގެން ސާފުކުރުމެވެ. ކަލާގެ ރިތިކަމާއި އަސަރުގަދަ ކަމުގެ ވާހަކަ ލިޔުމެވެ. ކަލާއަށް ފޮނުވާނެ ހަދިޔާތައް ހޯދުމެވެ. […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ އަހަރެން ފެނުމުން އެކަކުވެސް މިއީ ހިތާމަތަކެއް ލިބިފައިވާ މީހެއްކަމަށް ޤަބޫލެއް ނުކުރާނެއެވެ. އެއީ އަހަރެންގެ އާދަތައް ހުންނަގޮތުންނެވެ. އެއީ އަހަރެންނަށް އަހަރެންގެ މައިންބަފައިންގެ ފަރާތުންލިބިފައިވާ ރަގަޅު އާދަތަކެކެވެ. އަހަރެންގެ ހިތާމަތައް ފޮރުވުމަށްޓަކައި އަބަދުހެން ތާޒާކޮށް ހުންނަމެވެ. އިރުންއިރަށް ހެދުން ބަދަލުކޮށް ހަދަމެވެ. މީހުންނަކަށް އަހަރެންގެ ހިތާމަތަކުގެ ވާހަކައެއް ކިޔައިދީއެއް ނުހަދަމެވެ. މޫނުމަތިން އަބަދުވެސް އުފާވެރިކަން ދެއްކޭތޯ މަސައްކަތްކުރަމެވެ. އަހަރެން ޙަޔާތުގެ ބައިވެރިއަކު ހޯދީ އެއްވެސް މަޖުބޫރުކަމެއް ނެތިއެވެ. އަހަރެންގެ ފުރިހަމަ ރުހުމާއި […]
އާޅެން ފެންނަ ކޮންމެ ސޫރައަކަށް ހިތްދޭކަށް ނުވާނެއެވެ. އިސްމާއީލް ޢަލީ ކަނދޮޅުދޫ ރީތިކޮންމެ ސޫރައަކަށް ހިތްކިޔަސް މިލްކެއްނުކުރެވޭނެއެވެ. މިލްކު ނުކުރެވޭ ކޮންމެ އެއްޗެއް ހިޔަންޏެއްފަދައެވެ. ފުޅާ ބާމައްޗާއި ތަނަވަސް މޭމަތި ފެނުމުން ހިތް ދޫކޮށްލީއެވެ. މޮޔަވެފާވާ މީހަކު ފަދައިން އުޅެގަތީއެވެ. ޙަޤީޤަތް އޮޅުން ފިލުވަން މަސައްކަތެއް ނުކުރެއެވެ. ވަގުތީ އުފަލަކަށް ވާނެކަމަށް ހުވަފެނުންވެސް ނުދެކެއެވެ. އިންތިޒާރު ކުރަން ޖެހުމުން ޙަޤީޤަތް ސާފުކުރި ހިނދެވެ. އެއީ ތިންކުދިންނާއި ބަންގާޅު ފޮށްޓެއްގެ ވެރިއެކެވެ. އުފާވެރި ޢާއިލާއެއްގެ މަސްއޫލުވެރި ފަރާތެކެވެ. […]
އިސްމާޢިލް ޢަލީ ކަނދޮޅުދޫ މުޙައްމަދު ހެނީއެވެ.މޫނުބަލާ ލޯގަނޑު ބަލަހައްޓައިގެން ހުރެ އެތަކެއް ފަހަރު މިގޮތަށް ހުނުނެވެ.އަންހެނުންނެތް ދަނޑިވަޅެއްގައި އެހިތާމަ ގޭގައި ގެންގުޅޭ ކުއްޖަކު ފިލުވާލަ ދިނީތިއެވެ. ކައިވެނީގެ ޙަޔާތައް ހަތް އަހަރު ވެފައިވާއިރު އަދި މިވަރުގެ އުފަލެއް ނުލިބެއެވެ.އެކުއްޖާގެ އޯގާތެރިކަމުގެ ނިޝާންތައް މުޅިގައިގެ އެތައް މިތަނުގައި ވެއެވެ.އެ ނިޝާންތައް ފެނުމުން ހިތަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބިގެންދެއެވެ. ހަމައެއާއިއެކު ހިތަށް ވަރަށް ބޮޑު ނުތަނަވަސް ކަމެއް ވެރިކުރުވައެވެ. މާދަމާ އަންހެނުން އެނބުރި ރާއްޖެ އަންނަނީއެވެ. އައުމާއި އެކު […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ އަހަރެންނަކީ އިންސާނުންނަށް ބޭނުންތެރި އެއްޗަކަށް ވާތީ ވަރަށް ބޮޑަށް އުފާ ކުރަމެވެ.އަހަރެންގެ ބަދަހި ޢާއިލާގައި ތަފާތު ސައިޒުގެ އެކިކުލައިގެ އެކިބައްޓަމުގެ މެމްބަރުން ހިމެނެއެވެ. އަހަރެންގެ ޢާއިލާގެ ބޮޑެތި މީހުންނަށްވެސް ތިޔަބައިމީހުން ކިޔައި އުޅެނީ ކުޑައެވެ.މިހެން މިބުނެލީ ތިޔަބައި މީހުންގެ މުއްސަނދި ބަހުގައި އެއް ލަފްޒުން ތަފާތުމާނަ ދޭހަވާކަން ނޭގޭތީއެއްނޫނެވެ. ހަމަ މަޖާ ކޮށްލީއެވެ. ތަންކޮޅެއްކުރީ ޒަމާނުގައި އަހަރެންގެ ބޭނުން ހިފާނީ ޚާއްސަ ބައެކެވެ. އެއިރު އަހަރެން ހުންނަނީ ވަރަށް ފޮނިވެފައެވެ. ނިކަމެއްޗަކާއި ދިމާއަށް […]
އިސްމާޢީލްޢަލީރ.ކަނދޮޅުދޫ ރީތި ނާޒުކު އަތެކެވެ.ބީހިލުމުން ހިތްގައިމު އަސަރުތަކެއް ކުރުވައެވެ.ވަރަށް ގިނައިރުވާންދެން ބޯ މޮޑެދިނެވެ.އެ ލޯބިލޯބި ހިމަހޯދި އިގިލިތަކުން ފުނާ އަޅައިދެމުންނެވެ.މިމީހުންގެ ރީތިކަމާއި އެއްވަރަށް ހަމްދަރުދީގެ އަސަރުވެސް ނުހަނު މަތީދަރަޖައަކަށް އޮވެއެވެ.އިންސާނީ ޚިދުމަތް ފޯރު ކޮށްދޭ ފަރާތްތަކުގެ ހިތްތަކުގައި ރަހުމާއި،ހަމްދަރުދީގެ އިޙްސާސްތައް ލެއްވިކަމީ ﷲގެ އޯގާވަންތަކަމެވެ.އެމީހުންގެ ހިތްތަކުގައި އެއިހްސާސް ނުވާނަމަ އަހަރެމެންފަދަ ނިކަމެތީންގެ ބަލި އިތުރަށް ބޮދުވެގެން ދާނެކަމީ މެންދުރުގެ އިރުފަދަ ޔަޤީން ކަމެކެވެ. އަހަރެންފަދަ ނިކަމެތިފަކީރަކަށް އެނަރުސް ކުއްޖާގެ އޯގަތެރިކަމާއި އަޅާލުން ލިބުމުން ބައްޔަށް ވަރަށް ބޮޑު […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ އަޅުގަނޑު ބޭނުންވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާ ރުހިވޮޑި ގަންނަވާފަދަ ގޮތަކަށް ދިރިއުޅުން ބައްޓަން ކުރާށެވެ. ކޮންމެ ވަގުތަކުމެ އެލާނގެ ބައްލަވާ ވޮޑިގަންނަވާކަން ޤަބޫލު ކޮށްގެން ދިރިއުޅޭށެވެ. މުނާޖާ ދެންނުވުމަށްޓަކައި ވީހާވެސް ގިނައެއްކޮށް ރުކޫޢު ސުޖޫދު ކުރާށެވެ. ނަހީކުރެއްވި ކަންތައްތަކުން ދުރުވެ އުޅޭށެވެ. ﷲގެދީން މަތިވެރިކުރުމަށްޓަކައި އަޑު އުފުލާށެވެ. އަޅުގަނޑު ނޭވާލީ ވެށްޓަކީ އިސްލާމީ ވެށްޓެކެވެ. މިވެށީގައި ހުޅަގުގެ އޮއިވަރު ވަރަށް ބޮޑަށް ވަކި ހިއްޕާލާފައި ވެއެވެ.އެމީހުންގެ ނުފޫޒާއި،ބާރުގެ ސަބަބުން މިވެށި ކިލަނބު ކޮށްލާފައި […]