” ކާކު… ކާކުތަ ހަތް އަހަރު ފަހުން ފެނުނީ… ” ސުވާލުން ފުރިގެންވީ ރާގެއްގައި އީލާފްއަށް ބުނެލެވުނެވެ. ” މިންހާ ” އެވަގުތު އަލޫފް އިސްއުފުލާލަމުން ބުނެލިއެވެ. ” ވަޓް… ” ކުއްލިއަކަށް ލިބުނު ޚަބަރަކުން އީލާފްއަށް އެހެން ބުނެވުނީ ތަންކޮޅެެއް ބާރަށެވެ. އޭރު އޭނަގެ މޫނު މަތީގެ ކުލަވަރު ވަނީ ބަދަލުވެފައެވެ. އީލާފްގެ މޫނު މަތިން ފެންނަނީ އިންތިހާއަށް ރުޅިވެރިކަމެވެ. ”އޭނަ ފެނުނިއްޔާ ކީއްތަ ދޮންބެއަށް… އޭނަ މިރަށުގަ ނޫން ކޮންމެ ތަނަކު އުޅުނަސް އެއީ […]
އައި ރުޅީގައި ހިތަށް އައިހާ އެއްޗެއް ކިޔާލުމަށްފަހު އަޝްރާ ކެބިންއިން ނުކުތުމަށް ހިނގައިގަތެވެ. އެހެނަސް އެވަގުތު ނާއިލް އަވަސް ހަރަކާތަކާއެކު އަޝްރާގެ އަތުގައި ހިފާ އޭނަގެ ދެއަތުގެ ތެރެއަށް ގެނެސް ހައްޔަރުކޮށްލިއެވެ. ނާއިލްގެ އެހަރަކާތުން އަޝްރާގެ ހިތް ބާރަށް ތެޅެންފެށިއެވެ. ނާއިލްގެ ފަރާތުން އެފަދަ އަމަލެއް ފެނިދާނެ ކަމަކަށް އަޝްރާ ހީވެސް ނުކުރެއެވެ. ރުޅިވެރިކަމުން ފުރިގެންވީ ނަޒަރަކުން އަޝްރާއަށް ބަލައިލަމުން ނާއިލް އޭނަގެ މޫނު އަޝްރާގެ މޫނާއި ޖެހޭ ނުޖެހޭ ވަރަށް ކައިރިކޮށްލިއެވެ. އެއާއެކު ހިތަށް ވެރިވި […]
ހޮސްޕިޓަލުގެ ދޮރުމައްޗަށް ޓެކްސީ ހުއްޓުމާއެކު ޑްރައިވަރަށް ފައިސާ ދެއްކުމަށްފަހު ހޮސްޕިޓަލަށް ވަންނަން އުޅުނު މިންހާގެ ފިޔަވަޅުތައް ހުއްޓުނީ ފެނުނު މަންޒަރަކުންނެވެ. އެވަގުތު ސައިކަލުގައި އައިސް މަޑުކޮށްލި އަލޫފްގެ ނަޒަރުވެސް އޭނައަށް ބަލަހައްޓާއިގެން ހުރި މިންހާއަށް ހުއްޓުނެެވެ. ކަޅި ޖަހާނުލާ ދެމީހުނަށްވެސް އެކަކު އަނެކަކަށް ބަލަން ހުރެވުނެވެ. ސިކުންތުކޮޅަކަށްފަހު މިންހާގެ ނަޒަރު އަލޫފްގެ ސައިކަލު ފަހަތުގައި އިން ޝަމްހާއަށް ހުއްޓުނެވެ. ޝަމްހާ އިނީ އަލޫފް އާއި ޖެހި ފިތިގެންނެވެ. އޭނާާ އިނީ އަލޫފްގެ ކޮނޑުގައި ހިފަހައްޓާލައިގެންނެވެ. އޭގެ ދެވަނަ […]
އަޝްރާ ދިޔުމާއެކު މިންހާ އެއްޗެހި ބަދަލުކޮށްލައިގެން އައިސް ނިދަން އޮށޯތެވެ. މާދަމާއަކީ ވަޒީފާއަށް ނިކުންނަ ފުރަތަމަ ދުވަހަށް ވުމާއެކު ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމަވާން ބޭނުމެވެ. ހުރިހާ ކަމެއްވެސް ރަނގަޅަށް ދާނެކަމުގެ އުއްމީދުގައި ނިދާލުމަށް މިންހާ ދެލޯ މަރާލިއެވެ. އިރުގެ ރަންދޯދިތަކުން ދުނިޔެ މައްޗަށް އަލިކުރަމުން ދިޔައެވެ. އިންސާނުންނެކޭ އެއްފަދައިން ދޫނިސޫފާ ސޫފިތައްވެސް އެސޮރުމެންގެ ހާލިތަކުން ނިކުމެ ދުވަހުގެ މަސައްކަތް ފެއްޓިއެވެ. ކާޅާއި ކޮވެލީގެ އަޑު ފަޒާގެ ތެރޭގައި އިވިއިވި ހުއްޓެވެ. ބައެއް މީހުން މަގުމައްޗަށް އެޅިފައިވި […]
މިންހާގެ އެފެނިލުމާއެކު އެޒުވާނާގެ ހިތާއި ސިކުނޑި ހިޞާރުކޮށްފައި ވަނީ މިންހާގެ ތަސްވީރުތަކުންނެވެ. މިރޭގެ ނިދިވެސް ވަނީ އޭނަ އާ އެތައް ހާސް މޭލެެއް ދުރުގައެވެ. ލޯ މަރާލާއިރަށް ސިފަވަނީ މިންހާގެ ހިތްގައިމު ސޫރައެވެ. އެއިން ކޮންމެ ފަހަރަކު އެޒުވާނާގެ ތުންފަތަށް ހިނިތުންވުމެެއްވެރިވެއެވެ. އެގޮތުގައި އެތައް އިރަކު ހޭދަކުރުމަށްފަހު އެޒުވާނާ ގޮސް އެނދުގައި އޮށޯތީ އެރޭ ބާރަވެސް ޖެހިފަހުންނެވެ. މުޅިން އައު ދުވަހަކަށް އިރު އިރުއަރައިފިއެވެ. ސާފު ނޫއުޑުގައި ހުދު ކުލައިގެ ވިލާތައް ބައިބަޔަށް ދަތުރުކުރަމުންދެއެވެ. ހިތްގައިމު ވަރަކަށް […]
ހަތް އަހަރު ފަސް………. ކަޅު ކުލައިގެ ޓެކްސީ އައިސް މަޑުކޮށްލީ ފަސް ބުރިއަށް ނަގާފައިވި އިމާރާތެއްގެ ކުރިމައްޗަށެވެ. ޓެކްސީ މަޑުކޮށްލުމާއެކު އޭގައި އިން އަންހެން ކުއްޖާ ޓެކްސީގެ ޑްރައިވަރަށް ފައިސާ ދެއްކުމަށްފަހު ޓެކްސީއިން ފޭބިއެވެ. އެކުއްޖާ ލައިފައިވަނީ ކަޅު ކުލައިގެ ގަޔަށް ދޫ ހެދުމެކެވެ. ހެދުމުގެ އަތުކުރިއަށް ހިމަ ރަބަރެއްލައްވާފައިރު ހެދުމުގެ ސީދަލަށް މެދުން ހުދު ކުލައިގެ ޖަވާހިރު ތަކެއްފަދަ އެއްޗެއް ހަރުކުރެވިފައިވުމުން ވަރަށް ރީތިކަމަށް ދައްކައެވެ. ބޮލުގެ އިސްތަށިގަނޑާއި މޭމަތި ރަނގަޅަށް ނިވާވާނޭހެން ކަޅު ކުލައިގެ […]
ޝާއިފްގެ މޫނުގައިވި އަސަރަކުން އަޝްރާގެ ހިތް ބިރުގަތެވެ. އޭނައަށް ހިންދިރުވާލަމުން މަޑުމަޑުން ޝާއިފްގެ ނަން ކިޔާލެވުނެވެ. ” ޝާއިފް… ޝާއިފް ތިހީކުރާ ކަހަލަ ކަ… ” ވާހަކަ ދައްކަން އުޅުނު އަޝްރާގެ ވާހަކަ ބުނެވުނީ އެހިސާބަށެވެ. ޝާއިފް ބަލައިލި ގޮތުން އަޝްރާއަށް އިތުރަށް އެންމެ ބަހެއްވެސް ބުނާކަށް ނުކެރުނެވެ. އަޝްރާއަށް ކުއްވެރިއެއް ފަދައިން އިސްޖަހާލެވުނެވެ. ” އަޝްރާއަށް ހީވަނީތަ މަމީ މޮޔައެއް ހެން… އަހަންނަށް އިނގެޔޭ ހުރިހާ އެއްޗެއްވެސް… އަހަރެން ސާފުކޮށް ބުނިންދޯ އަޝްރާ ގާތު ނާއިލްއާއެކު […]
” އިނަފް… ދިސް އީޒް އިނަފް… ” އެމީހުންގެ ގާތަށް ދެފިޔަވަޅު ކުރިއަށް އަޅާލަމުން ދެދަތްޕިލަ ޖައްސާ ބާރުކޮށްލަމުން މިންހާ ބުނުމާއެކު ވަގުތުން އެތިން މީހުންގެ ހުނުން ހުއްޓުނުއިރު އަޝްރާގެ ތުންފަތުގައިވީ ލުއި ހިނިތުންވުމެކެވެ. ” އިނަފް އީޒް އިނަފް… ވަރަށް ކެތްކޮށްފިން… ތިމީހުން ކިޔާނެ އެއްޗެއް ކިޔަންދެން ކުރާނެ ކަމެއް ކުރަންދެން އެއްޗެކޭ ނުބުނެ ވަރަށް ގިނަ ދުވަހު ހުރެފިން… އެކަމަކު ދެން… ދެން ނުހުރެވޭނެ… މީގެ ކުރިން އެއްޗެކޭ ނުބުނެ ހުރުން އޭގެ މާނައެއް […]
ލަވަ ކިޔަމުންދިޔަ ވަރަކަށް ހިތަށް ކޮށްފައިވި އަސަރަކުން އިއާންގެ އަސަރުގަދަ ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ކުރިއެކޭވެސް އެއްފަދައިން އިއާން އެދަނީ އޭނަގެ ހިތުގެ ޝަކުވާ ލަވައެއްގެ ސިފައިގައި ބޭރުކުރަމުންނެވެ. އިއާން އެރޭ ނިދަން އޮށޯތީވެސް އެތައް އިރަކު އެގޮތުގައި އެތަނުގައި ހުރުމަށްފަހުއެވެ. ނިދަން އޮށޯތުމަށްފަހުވެސް އިއާންއަށް ނިދުނީ އެތައް އިރެއް ފަހުންނެވެ. މިންހާގެ އެކި ޚިޔާލުތަކުން އޭނަގެ ސިކުނޑި ވަނީ ފުރި ބާރުވެފައެވެ. އިއާިިންގެ ލޮލަށް ނިދި ސަވާރުވީވެސް މިންހާގެ ޚިޔާލުތަކުގައި ވަނިކޮށެވެ. ފަތިސް ނަމާދުގެ […]