އިވުނު ވާހަކަތަކެއްގެ ސަބަބުން މިންހާގެ ސިކުނޑި އެވަގުތައް މަސައްކަތްކުރުން ހުއްޓާލާފައިވި ފަދައެވެ. ބޮޑުވެފައިވި ދެލޮލުން އިއާންއަށް ބަލަހައްޓާއިގެން ހުރި ފިޔަވަޅު މަތީގައި މިންހާއަށް ހުރެވުނެވެ. އަދިވެސް ހީވަނީ އިއާންގެ ދުލުން ބުނެލި ޖުމްލަތައް އޭނަގެ ކަންފަތް ބުޑުގައި ގުގުމާހެންނެވެ. ” މިންނު… ޕްލީޒް… ކޮންމެވެސް އެއްޗެކޭ ބުނެބަލަ… ” މިންހާގެ މޫނު މަތީގެ ކުލަވަރުންނާއި އެ ހަމަހިމޭންކަމުން އޭނަގެ ހިތް ނުތަނަވަސްވަމުން ދިޔުމުގެ ސަބަބުން އިއާންއަށް މަޑުމަޑުން ބުނެލެވުނެވެ. އިއާންގެ އެއަޑުވެސް މިންހާއަށް ނީވޭ ފަދައެވެ. ރައްދުގައި […]
ނާއިލްގެ ފޯނު ކޯލު ނިންމާލުމަށްފަހު އިޝާ ނަމާދު ވަގުތު ވަންދެން ފޮތް ކިޔަން އިނުމަށްފަހު ބަންގި ގޮވުމުން މިންހާ ނަމާދުކޮށްގެން ސުކޫލަށް ދާން ތައްޔާރުވިއެވެ. ތައްޔާރުވެގެން ރޭގަނޑުގެ ކެއުމަށްފަހު މަންމައާއެކު ގަޑި ޖެހެންވާއިރަށް ސުކޫލަށް ދާން މިންހާ ހިނގައިގަތީ ކުރިއަށް ވާން އޮތް ގޮތް ނޭނގޭ ހާލުއެވެ. ” އެހެރީ އާޒިމާގެ ދަރި އަލޫފް ދޯ… ” އާދައިގެ ހިނގުމެއްގައި ހިނގާފައި ދިޔަ މިންހާއަށް އޭނަގެ މަންމަ އެހެން ބުނެލި އަޑަށް އޭނަގެ މަންމަ އިޝާރާތްކުރި ދިމާލަށް […]
އިތުރު ގަޑީގައިވެސް މިންހާއަށް އޭނަގެ ފުރިހަމަ ސަމާލުކަން ކިޔެވުމަށް ދެވޭ ގޮތެއް ނުވިއެވެ. އަލޫފް އާއި ޝަމްހާ އާއި ދެމެދު ބަދަލުކުރެވެމުން ދިޔަ ހިނިތުންވުންތަކާއި އެކަކު އަނެކަކާއި ބަދަލުކުރެވެމުންދިޔަ ނަޒަރުތަކުން މިންހާގެ ހިތުގައި އަޅަމުންދިޔަ ވޭން ދިޔައީ ހިނދެއް ހިނދަކަށް އިތުރުވަމުންނެވެ. މޭގެ ތެރޭގައި ތޫނު ތަދެއް އުފެދިފަިވާއިރު ބޮލުގައިވެސް ދިޔައީ އެވަރަށް ރިއްސަމުންނެވެ. އިރުއިރުކޮޅުން ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ހިނދަން މިންހާ ދިޔައީ އޭނައަށް ކުރެވުނު ވަރަކަށް މަސައްކަތްކުރަމުންނެވެ. މިންހާގެ އެ ހާލަތު ފެނި އަޝްރާގެ […]
އަލޫފްގެ އެވާހަތަކުން ލިބުނު ހިތްހަމަޖެހުމާއެކު ޝަމްހާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. ދެން އޭނައަށް އެއްވެސް ކަމެއް ކުރާކަށް ނުޖެހޭނެއެވެ. ކުރިއަށް ކުރަން އޮތް ކަމެއް ކުރާނީ ދެން އަލޫފްއެވެ. ކާމިޔާބީގެ ހިނިތުންވުމެއް ވެރިކުރުވައިގެން ހުރެ ޝަމްހާ ހިތާ ހިތުން ވާހަކަ ދެއްކިއެވެ. ދުވަސްތައް ފާއިތުވަމުން ގޮސް އައު އަހަރުގެ ކިޔެވުންވެސް ފެށިއްޖެއެވެ. ކިޔެވުން ފެށި ހަފްތާއެއް ފާއިތުވެގެން ދިޔައިރު ދަރިވަރުން އުޅެމުން ދަނީ ވަރަށް ބުރަކޮށެވެ. ރަސްމީ ކުލާސްތަކުގެ އިތުރުން އިތުރު ގަޑިތަކަށްވެސް ހާޒިރުވާންޖެހެއެވެ. މިންހާ […]
އެކުވެރިން އޭނަދެކެ ވާ ލޯބި އިހުސާސްވުމުން އޭނާ ވަރަށް އުފާވިއެވެ. އޭނަދެކެ އިންތިހާއަށް ލޯބިވާ އާއިލާއެއްވެސް ވެއެވެ. އެހެނަސް ލޯބިވާ ބައިވެރިއެއް ނެތެވެ. ސުވާލަކީ އާއިލާ އާއި އެކުވެރިންގެ ފަރާތުން ކިތަންމެ ވަރަކަށް ލޮއެބާއި އަޅާލުން ލިބުނު ނަމަވެސް އަލޫފްގެ ހަނދާންތަކުން ދުރަށް ދެވިދާނެ ހެއްޔެވެ؟ އަބަދު މިހެން ދެއްކުންތެރި ހިނިތުންވުމެއް ވެރިކުރުވައިގެން ހުރެވިދާނެ ހެެއްޔެވެ؟ ދިރިއުޅުމައިގެން ކުރިއަށް ދެވިދާނެ ހެއްޔެވެ؟ ” ހޭއި… މިންނު… ކޮން ކަމަކަށް ގެއްލިފަތަ… ” ވިސްނުމަށް ގޮސް ގެއްލިފައި އިން […]
މަޑުމަޑުން ތިރިއަށް ފޭބިއިރު ސިޓިންރޫމުގައިވެސް އެއްވެސް މީހެެއްގެ ހިލަމެއް ނުވެއެވެ. އެހެންކަމުން އެންމެންވެސް އެބައެއްގެ ކޮޓަރިއަށް ވަދެ ނިދީކަން ޔަގީންވުމުން މިންހާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. އާދައިގެ ހިނގުމެއްގައި ގޮސް މިންހާ ވަނީ ކާކޮޓަރިއަށެވެ. ކާކޮޓަރީގެ ލައިޓް ޖައްސާލުމަށްފަހު ތަށިތައް ބަހައްޓާފަ ހުރި ތަނުން ވަށް ބިއްލޫރި ކުޑަ ތައްޓަކާއި ސަމްސަލެއް ނަގައި ރީތިކޮށް ދޮވެލުމަށްފަހު ކާމޭޒު މަތީގައި ބޭންދިއެވެ. އެއަށްފަހު ފްރިޖުގެ ގާތަށް ޖެހިލާ އޭގެ ދޮރު ހުޅުވާލުމަށްފަހު ޗޮކްލެޓް އައިސްކްރީމް ބޮޑު […]
ފެންނަމުން ދިޔަ މަންޒަރުން މިންހާ ހުރީ ވިސްނަންވީ އެއްޗެއްވެސް ނޭނގިފައެވެ. ބާރު މިނެއްގައި ހިތް ތެޅެމުން ދިޔައިރު އެހިތް އެދެނީ އަދިވެސް ކުރިއަށް ހިނގުމަށެެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ހިތް ބުނަނީ އެތަނާ ވީހާވެސް ކައިރިއަށް ދިއުމަށެވެ. ހިތުގެ އެދުމަށް އިޖާބަދެމުން މިންހާ ސިއްރު ފިޔަވަޅުތަކެެއްގައި ކުރިއަށް ހިނގަމުން ދިޔައެވެ. ސަކަރާތުގަައި ތިބި ތިން މީހުނަށް މަޑުމަޑުން ކާނިގަހާއި ދިމާލަށް ހިނގަމުން ދިޔަ މިންހާ ފެނި ތިން މީހުންގެ ހިތުގައި ސުވާލު އުފެދުނެވެ. އަޝްރާ ދެފަހަރަކު މިންހާއަށް […]
ހިނގަމުން ދިޔަ މިންހާ އާއި އަޝްރާގެ ހިނގުން ހުއްޓުނީ ރުންކުރު ގޮތަކަށް ފަަހަތުން މީހަކު މިންހާގެ ނަމުން ގޮވާލުމުންނެވެ. ފަސްއެނބުރި ބަލައިލުއިރު ކުރިމަތީގައި ހުރި އީލާފް އާއި ޝަމްހާ ފެނި ދެމީހުނަށްވެސް ހައިރާންކަން ލިބުނެވެ. ” ވާއު މިންހާާ… ޔޫ އާރް އަމައެޒިން… ފިރިހެން ކުދިން ކަލޭގެ ޖާދޫގަ ޖައްސަން ހާދަ މޮޅޭ ދޯ… އަހަންނަށްވެސް ދަސްކޮށްދޭންވީ އެއްނު…” މަލާމާތް ފާޑަކަށް ހިނިތުންވެލައިގެން ހުރެ އީލާފް ދެއްކި ވާހަކަތަކުން މިންހާ އާއި އަޝްރާގެ ނިތައް ރޫތައް ޖަމާވިއެވެ. […]
” އަހަރެން މަތިން ހަނދާންކުރަނީތަ… ނޫނީ އަހަރެންނާއެކު ހޭދަކުރެވުނު އެ އުފާވެރި ވަގުތުކޮޅު މަތިންތަ… ” އެމީހަކު އޭނަގެ ގައިގައި މޫނު ޖައްސާލައިގެން ހުރެ ބުނެލި ބަސްތަކުން އަލޫފްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ލިބުނު ހައިރާންކަމުގައި އަލޫފް އެމީހެއްގެ އަތުގައި ހިފާ އޭނަގެ ގަޔާ ދުރުކޮށް އޭނަގެ ކުރިމައްޗަށް ގެނައެވެ. އޭނަގެ ކުރިމަތީގައި ލާނެއް ހިނިތުންވުމެއް ވެރިކުރުވައިގެން ހުރި ޝަމްހާ ފެނި އަލޫފްގެ ދެބުމަ ގާތްވެގެން ދިޔައެވެ. މޫނު މަތިން ހިތްހަމަނުޖެހުމުގެ އަސަރުތައް ފާޅުވެގެން ދިޔައެވެ. އޭރުވެސް […]