އިރުއޮއްސެން ގާތްވުމުން ތިން މީހުންވެސް ވަކިވީ ރޭގަނޑު ބައްދަލުވުމަށް ނިންމުމަށްފަހުއެވެ. މިންހާ ގެއަށް އައިސް ވަންއިރު ސިޓިން ރޫމުގައި އޭނަގެ މަންމަ އާއި ބައްޕަ ތިއްބެވެ. އޭނަވެސް ގޮސް ސިޓިން ރޫމު ސޯފާގައި އިށީނެވެ. ”މަންމާ… ބައްޕާ… މިރޭ އަޝޫ ގެއަށް ގޮސްލަންތަ ތުއްތު އާ އާން އާ އަޝޫ އާ ހަތަރު މީހުން ނޫޑުލްސް ކާން… އަޅުގަނޑުމެން ހަތަރު ކުދިން ކައްކާާނީ… ކުޑަކޮށް މަޖާކޮށްލަން… ދެން މިޑް ޓާމް ބްރޭކްވެސް ނިމެނީއެއްނު… އޭރުން އަނެއްކާވެސް އެންމެންވެސް […]
އާދޭހުގެ ރާގެއްގައި އަލޫފް ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހަމުން ދިޔަ އީލާފްގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. އެވަގުތު އޭނަގެ ހިތް ދޮންބެގެ އެދުން އިސްކޮށް އެގުޅުމަށް ހިތުން ރުހުމަށް އެދެން ފެށިއެވެ. އެހެނަސް އޭގެ ދެވަނަ ސިކުންތުގައި މިންހާގެ ޚިޔާލުތައް ސިކުނޑިއަށް ވެރިވުމާއެކު އީލާފްގެ ހިތުގެ އެދުމަށް ބަދަލު އައެވެ. އޭނަގެ ދިރިއުޅުމުގައި ބޭނުންވާ ގިނަ ކަންތައްތައް ހާސިލްނުވަނީ މިންހާގެ ސަބަބުން ކަމުގައި ގަބޫލުކުރެވި ހިތުގައި މިންހާއަށްޓަކައި އުފެދިފައިވި ނަފްރަތުގެ ހުޅުގަނޑު ބޮޑުވެގެން ދިޔައެވެ. ” […]
އަރާމުކޮށް ނިދާފައި އޮތް މިންހާއަށް ހޭލެވުނީ އޭނަގެ ދޮން މޫނަށް އިރުގެ ރަން ދޯދިތައް އެޅުމުންނެވެ. ބެލްކަންޏަށް ނިކުމެވެން ހުންނަ ދޮރު ކަހާލާފައިވާއިރު ދޮރު ފޮތިތަކުން އިރުގެ ރަން ދޯދިތައް އެޅިފައިވީ ސީދާ އޭނަގެ މޫނަށެވެ. ފަތިސް ނަމާދަށް ފަހުވެސް ނިދީގެ އަސަރު ކޮންމެވެސް ވަރަކަށް ހުރުމުން މިންހާާ ގަސްތުކުރީ ނިދާލާށެވެ. އުނދަގުލުން ކަހަލަ ގޮތަކަށް ދެލޯ ހުޅުވާލަމުން މިންހާ ތެދުވިއެވެ. އާދައިގެ މަތިން އެނދުމަތި ތަރުތީބުކޮށްލުމަށްފަހު މިންހާ ފާޚާނާއަށް ވަނީ ފެންވަރާ ތާޒާ ވެލުމަށެވެ. މަޑު […]
” އޯ ނޯ… ” ފާޚާނާއިން ނިކުން އަލޫފަށް އޭނަގެ ފޯނަށް ނަޒަރު ހުއްޓާލައިގެން އިން އީލާފް ފެނި ދެން ވާނޭ ގޮތް ހިތަށް އެރުމާއެކު ބުނެލެވުނެވެ. އޭރުވެސް އީލާފްގެ މޫނު މަތިން ކުރިންވެެސް ފެންނަން ހުރި ރުޅިވެރިކަން ފެންނަމުން ދެއެވެ. އަލޫފް ފެނުމާއެކު އީލާފް ކޮޅަށް ތެދުވިއެވެ. ” ވަޓް އީޒް ދިސް ދޮންބެ… ދޮންބެ… ދޮންބެ އުޅެނީ މިންހާ އާ ރައްޓެހިވެގެންތަ… ދޮގު ހެދީ ދޯ ދޮންބެ އަޅުގަނޑަށް… ” ރުޅި އައިސް ރަތްވެފައިވި […]
މިންހާމެނަށް ދަތުރު ދާން ހަމަޖެހިފައިވި މަންޒިލަށް ދެވުމާއެކު އެތަނުގެ ރީތިކަމުން އެންމެ ފުރަތަމަވެސް އެތަން ވަށާއިގެން ނަޒަރެއް ދެވުނެވެ. ހުދު ކުލައިގެ ބޮޑު ފަސްގަނޑާއި ސާފު ބިއްލޫރިކޮޅެއްފަދަ ރީތި މޫދު ފެނުމުން ކޮންމެ މީހެއްގެ ތުންފަތަށްވެސް ހިނިތުންވުމެއް ވެރިވިއެވެ. ބިޔަކޮށް ހެދިފައި ގަސްތަކުން ބޮޑު ހިސާބަކަށް ހިޔާ އެޅިފައިވާއިރު މައިޝާ އާއި ނަޝްފާ މަޝަނަކުން ފަތްތަކާއި ގާތައް އެއްފަރާތްކޮށް ރީތިކުރަން ހަރަކާތްތެރިވަމުން ދެއެވެ. އެހެން މީހުން އެއްޗިހިތައް ގެނެސް ހެދުމުގައި އުޅެއެވެ. ” އޭ ހެލޯ… ދެމީހުން […]
ޕާޓީ ނިމުނުއިރު އެންމެންވެސް ތިބީ ނުހަނު ވަރުބަލިވެފައެވެ. ކޮންމެ މީހަކުވެސް ބޭނުންވީ ގެއަށް ގޮސް ތާޒާވެލައިގެން އަވަހަށް ނިދާލުމަށެވެ. މިންހާވެސް ގެއަށް ވަދެ އޭނަގެ ކޮޓަރިއަށް މިސްރާބުޖެހިއެވެ. ކޮޓަރިއަށް ވަދެ ދޮރު ޖަހާ ތަޅުލުމަށްފަހު ޓްރެސިން ޓޭބަލްގެ ކުރިމަތީގައި ހުއްޓި ހުރެ ޝޯލްގައި ޖަހާފައިވި ޕިންތައް ނަގަން ފެށިއެވެ. މަޑުމަޑުން ފަހަރަކު ޕިނެއް ނަގަމުން ދިޔަ މިންހާ ހުރީ ޚިޔާލަކަށް ގެއްލިފައެވެ. އޭނަގެ ޚިޔާލުގައިވީ މިރޭ އަލޫފް އާއެކު ހޭދަކުރެވުނު އުފާވެރި ވަގުތުކޮޅެވެ. އެހަނދާންތައް އާވަމުން ދިޔައިރު […]
އަޝްރާ އަންނަން ދެން އެތަނުގައި މަޑުކުރާނީއޭ ހިތައި ހިނގައިގަތް މިންހާގެ އަނގަ މަތީގައި ފަހަތުން މީހަކު އައިސް އަތް އަޅާ އޭނަގެ އަތުގައި ހިފާލަމުން އެތަނުގައި ހަދަން ފަށާފައި ހުރި ގުދަނެއްގެ ތެރެއަށް ލިއެވެ. އޭރު މިންހާގެ ހިތް ނޭނގޭ ބާރު މިނެއްގައި ތެޅެމުން ދެއެވެ. ގަންފައިވައި ބިރެއްގެ ސަބަބުން މިންހާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ސަލާމަތްވާން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އޭނަ ހިފަހައްޓާއިގެން ހުރި މީހާ އެއަށްވުރެ ވަރުގަދަވެފައި މާ ހުޝިޔާރެވެ. އެމީހަކު ފަނޑު އަލިކަމެއް […]
ތެޅިތެޅި އޮތް ހިތަކާއެކު އަޝްރާ ފޯނު ނަގައި ހެލޯ އޭ ބުނެލިއެވެ. އަޝްރާ ހެލޯ އޭ ބުނެލުމުންވެސް ޝާއިފް އެއްވެސް އެއްޗެކޭ ނުބުންޏެވެ. ” ޝާއިފް… ” އަޝްރާ މަޑުމައިތިރި އަޑަކުން ޖެހިލުންވެފައިހުރެ ޝާއިފަށް ގޮވާލިއެވެ. ” އަޝްރާ ބުނެބަލަ… އަޝްރާ ލޯބިވަނީ އަހަރެންދެކެތަ ނޫނީ ނާއިލްދެކެތަ… ” ހަރުކަށިކަމާއެކު ޝާއިފް ކުރި ސުވާލުން އަޝްރާ ހިތްހަމަނުޖެހުނެވެ. އޭނަ ލޯބވަނީ ޝާއިފްދެކެކަން ޝާއިފަށް ހަމަ ނޭނގެނީ ހެއްޔެވެ؟ އަޝްރާއަށް ހިތާހިތުން ބުނެލެވުނެވެ. ޝާއިފްގެ އެސުވާލުން އަޝްރާ ދެރަވެސް […]
މިންހާ ގޮސް އަޝްރާގެ ކޮޓަރިއަށް ވަންއިރު އަޝްރާ ކޮޓަރީގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. އޭނަގެ މޫނު މަތިން ނުތަނަވަސްކަން ފެންނަން ހުއްޓެވެ. ” އަޝޫ… ކިހިނެއްވީ ހާދަ ހާސްވެފަ… ” ކޮޓަރިއަށް ވަދެ އަވަސް ހިނގުމެއްގައި އަޝްރާގެ ގާތަށް ހިނގައި ގަންނަމުން މިންހާ ސުވާލުކުރިއެވެ. ” ޝާއިފް ބުނީ މީޓްކޮށްލަން ބޭނުމޯ މިއަދު މިވަގުތު… އަހަރެމެން ގޭ ކައިރީ ބީޗްއަށް އަންނާށޯ… ނޭނގެ ކީއްކުރަން ކަމެއް… ދާކަށް ނުކެރޭނޭ ބުނީމަ ހުރީ ހިތްހަމަނުޖެހިފަ… އަހަރެން […]