އަޝްރާ ދިޔުމުން ނާއިލް އޭނަގެ ގޮނޑީގައި ބުރަކަށި ޖައްސާލާ ދެލޯ މަރާލިއެވެ. ޚުދު އޭނައަށްވެސް މިކުރެވޭ އިހުސާސްތަކެއް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އޭނައަށް ބޮޑު ބަދަލެއް ގެނުވައިފިކަމެވެ. ތާއަބަދުމެ އޭނަގެ ދެލޯ އެދި ހޯދަނީ އަޝްރާގެ ރީތި ސޫރައެވެ. ހިނިތުންވެފައިވި އެރީތި މޫނު ފެނުމުން އޭނަގެ ހިތަށް ފިިނިކަމެއް ލިބެއެވެ. އަޝްރާއާއެކު ވަގުތު ހޭދަކުރުމަށް އޭނަގެ ހިތް އެދެއެވެ. އޭނައާއެކު ސަމާސާކޮށް ހަދާލުމުން ހިތަށް އުފާވެރިކަން ލިބެއެވެ. އަބަދުމެ ކަހަލަ ގޮތަކަށް އޭނަގެ ހިތާއި ސިކުނޑީގައި ވަނީ […]
ނާއިލްގެ އަތުގެ ބީހުން އިހުސާސްވި އަޝްރާއަށް ދެލޯ އިހުނަށްވުރެ ބޮޑަށް ތަގުޅިކޮށްލާ ދެއަތް މުއްކަވާލެވުނެވެ. އެވަގުތު ހީވީ ނޭވާވެސް އެތެރޭގައި ތާށިވީހެންނެވެ. ކުއްލިއަކަށް ދެމީހުނަށްވެސް ސިހިފާ ތެޅިގަނެވުނީ ކެބިންގެ ދޮރުގައި މީހަކު ޓަކި ޖެހުމުންނެވެ. ނާއިލް އަވަސް އަވަހަށް ފަހަތަށް ޖެހިލާ ހަމަޖެހުމުގެ ގޮތުން ފަޓުލޫނުގެ ދެޖީބަށް އަތް ޖަހާލިއެވެ. އަޝްރާވެސް ލިބުނު ފުރުސަތުގައި ދުރަށްޖެހިލަމުން ފުން ނޭވައެއް ދޫކޮށްލީ ހިތުގައިވި ނުތަނަވަސްކަމަށް ލުއެއްލިބޭތޯއެވެ. ދެވަނަ ފަހަރަށް ޓަކި ޖަހާލި އަޑު އިވުމާއެކު ނާއިލް އަޝްރާއަށް އަވަސް […]
މިންހާގެ އެސުވާލުން އޭނައަށް ބުނެވުނީ ބުނަން ނުވާވަރުގެ ވާހަކައެއްކަން އަޝްރާއަށް ވިސްނުނެވެ. އޭނާ ވާނީ އިއާން ގާތު މިންހާއަށް އެވާހަކަ ނާންގަން ވަޢުދުވެފައެވެ. އެހެނަސް ނޭނގުމެއްގެ ތެރޭގައި އެވާހަކަތައް އޭނަގެ ދުލާއި ހަމައަށް ގެނެވުނީއެވެ. ” އަޝޫ… ޓެލް މީ… އެހާ ކުރިންވެސް އާން އަހަރެންދެކެތަ ހަމަ ލޯބިވަނީ… އައިމީން ހައު… ” ސުވާލުން ފުރިގެންވީ ފަދައިން މިންހާ އަހާލިއެވެ. އޭނައަށް އަދިވެސް ގަބޫލުކުރަން ދަތިވަނީއެވެ. ” އަޝޫ… އަޝޫއަށް އިނގޭދޯ ކުރިންވެސް މިކަން… ” މިންހާ […]
ފްރިޖާއި ކައިރިވެލާ އޭގެން ދެފުޅި ފެންޓާ އާއި ކޯކު ފުޅިއެއް ނަގައި ކައިރީގައި ހުރި ހަރުގަނޑުގައި ބެހެއްޓުމަށްފަހު ފްރިޖް ލައްޕާލަމުން ފަސްއެނބުރުނު މިންހާ ސިހުނީ ދާދި ގާތުން ފެނުނު ސޫރައަކުންނެވެ. އޭނަގެ ކުރިމަތީގައި ހުރި އަލޫފް ފެނި މިންހާގެ ދެބުމަ ވަގުތުން ގޮށްޖެހުނެވެ. މޫނު މަތިން ނުރުހުންވުުމުގެ އަސަރުތައް ފާޅުވާން ނެގީ މަދު ސިކުންތުކޮޅެކެވެ. މިންހާ އެއްވެސް އެއްޗެކޭ ބުނުމެެއްނެތި އޭނާ ނެގި ފުޅިތައް ނަގަން އަވަސްވެގަތެވެ. އެވަގުތު އަލޫފް މިންހާގެ އަތުގައި ހިފަހައްޓާ އެކަން ހުއްޓުވިއެވެ. […]
ނުހަނު މަސައްކަތުން އަޝްރާއަށް ފޯނުގައި އަތްލެވުނެވެ. ނާއިލް ހުޝިޔާރުކަމާއެކު އަޝްރާގެ އަތުން ފޯނު ދަމައިގަތެވެ. ނާއިލް މާބާރަށް ދަމައިގަތުމުން އަޝްރާ އައިސް ޖެހުނީ ނާއިލްގެ ހަށިގަނޑުގައެެވެ. އެވަގުތު ނާއިލްވެސް ހުރީ އެނދާއި ޖެހިފަކަމުން ދެމީހުން އެކުގައި އެނދު މައްޗަށް ވެއްޓުނެވެ. ހިނދުކޮޅަކަށް ދެމީހުންގެ ހަރަކާތްތަކަށް މަޑުޖެހުމެެއްއައެވެ. ދެމީހުންގެ ހޫނު ނޭވާ އެކަކު އަނެކަކަށް އިހުސާސްކުރެވެމުން ދިޔައިރު ދެޒުވާނުންގެ ހަތަރު ކަޅި ބައްދަލުވެފައިވުމުން ދެހިތުގައިވެސް ދިޔައީ ތަފާތު ޖަޒުބާތުތަކެއް އުތުރި އަރަމުންނެވެ. ކޮންމެ މީހަކަށްވެސް އެމީހެއްގެ އަމިއްލަ ނަފްސުގެ […]
ޝަމްހާ އާއި ދިމާލަށް ރުޅިވެރި ނަޒަރަކުން ބަލަހައްޓާއިގެން ހުރެ އަލޫފް ދެއްކި ވާހަކަތަކުން ޝަމްހާގެ ދެލޯ ބޮޑުވިއެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެދެލޮލަށް ކަރުނަތައް ޖަމާވީ ދެން އަލޫފް ކަންތައްކުރާނެ ގޮތަކާއިމެދު ހިތުގައި ސުވާލު އުފެދިފައިވި ހާލުއެވެ. ހިތުގައިވި ނުތަނަވަސްކަން ހިނދެއް ހިނދަކަށް އިތުރުވަމުން ދިޔައިރު ޝަމްހާއަކަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. އަލޫފްގެ ރުޅިވެރިކަމުން ފުރިގެންވީ ދެލޮލަށް ބަލަން ނުކުޅަދާނަވުމުން ޝަމްހާއަށް އިސްޖަހާލެވުނެވެ. ހިންދިރުވާލަމުން ފުން ނޭވައެއް ދޫކޮށްލާ ހަމަޖެހުމަށް ޝަމްހާ މަސައްކަތް ކުރިއެވެ. ”އަލޫފް…” ޝަމްހާގެ […]
ޑިއުޓީ ނިންމާލުމަށްފަހު އިއާންގެ ކެބިންއަށް ރިޕޯޓްތައް ހިފައިގެން އަވަސް ހިނގުމެއްގައި ހިނގާފައިދިޔަ މިންހާ މީހެއްގެ ގައިގައި ޖެހި އަތުގައި ހުރި ރިޕޯޓްތައް ވެރުނެވެ. ސިހިފައި މިންހާއަށް ކުރިމަތީގައި ހުރި މީހާގެ މޫނަށް ބަލައިލެވުނެވެ. އެވަގުތު ކުރިމަތިން ފެނުނު ސޫރައަކުން ހީވީ ލާން އުޅުނު ނޭވާވެސް ތާށިވީހެންނެވެ. އަލޫފްއަށްވެސް ވީއެވަރެވެ. ބުނަން ބޭނުންވާ ކިތަންމެ ވާހަކައެއް ހުރި ނަމަވެސް އެހާ ގާތުން އެހިތްގައިމު މޫނު ފެނުމުން އަލޫފްގެ ދުލުގައިވީ ތަޅެެއް އެޅުވިފައެވެ. މިންހާ އަވަސް އަވަހަށް އިސްދަށަށްޖަހާލާ ތިރިވެ […]
” ހޫމް… އޯކޭ… އަހަރެން މިއުޅެނީ ހަމަ ނާއިލްއާ ގާތްވާހިތުން… ހެޕީ… ” އަޝްރާ ދެއަތުގައި ފުށް ހޭކުމަށްފަހު އަވަސް ހަރަކާތަކާއެކު ނާއިލްގެ މޫނުގައި ފިރުމާލަމުން ހުރިހާ ދަތްތައް ފެންނަ ވަރަށް ހިނިތުންވެލަމުން ވާހަކަ ދެއްކިއެވެ. ހީވެސްނުކޮށް ހުއްޓާ އަޝްރާގެ ފަރާތުން އެފަދަ އަމަލެއް ފެނުމުން ނާއިލް ހުރީ ދެން ގެންނަންވީ ހަރަކާތެއްވެސް ނޭނގިފައެވެ. ނާއިލްއަށް ވީގޮތް ފެނި އަޝްރާގެ ހިނިގަނޑު ފަޅާއިގެން ދިޔައެވެ. ”އަޝްރާ… ” ދެދަތްޕިލަ ޖައްސާ ބާރުކޮށްގެން ހުރެ ހިތްހަމަނުޖެހުން އެކުލެވިފައިވި ރާގެއްގައި […]
ދެމީހުންގެ ހަތަރު ކަޅި ބައްދަލުވި ހިނދު ދެމީހުންގެ ހިތުގެ ތެޅުމަށްވެސް ބަދަލެއް ގެނުވިއެވެ. އިޚްތިޔާރުން ބޭރުގައި އިއާންއަށް ބަލަހައްޓާއިގެން މިންހާއަށް ހުރެވުނެވެ. މޫދު އެރިފައި ހުރުމުގެ ސަބަބުން ލައިގެން ހުރި ރަތް ކުލައިގެ އަތް ދިގު ޖާރޒީ ވަނީ އެފިރިހެންވަންތަ ހަށިގަނޑުގައި ތަތްލާފައެވެ. ޝަބްނަމް ތިކިތަކެއް ފަދައިން ބަބުޅަމުން ދިޔަ ފެން ތިކިތައް އިއާންގެ މޫނުގައި ހަރުލާފައިވާ ހުރިއިރު ބަލައިލަން ނުހަނު ހިތްގައިމެވެ. އެކަކު އަނެކަކަށް ގެެއްލިފައި ތިބި ދެމީހުނަށް ބަލަހައްޓާއިގެން ހުރި ނާއިލްގެ ތުންފަތުގައިވީ ލާނެއް […]