މާދަމާ ރެއަށް ހުރިހާ ކަމެެއް ރޭވުމަށްފަހު މިންހާ އާއި ނާއިލް ގެއަށް ދާން ނުކުތީ ދިހަ ގަޑި ބައިވާން ގާތްވުމުންނެވެ. ނާއިލް އާއި މިންހާ ކޮޓަރިން ނިކުން މަންޒަރު ބަލަން ހުރި އިއާންގެ ތުންފަތުގައިވީ މައުނަވީ ހިނިތުންވުމެކެވެ. އޭނަގެ މޫނު މަތިން ހިތްހަމަޖެހުމުގެ އަސަރުތައް ފެންނަމުން ދިޔައެެވެ. ސޯޓުގެ ދެޖީބަށް އަތް ޖަހައިލައިގެން ހުރިއިރު އޭނަގެ ލޮލުގެ ނަޒަރު ހުއްޓިފައިވީ ސީދާ މިިންހާއަށެވެ. ” ދޮންބެ… ކިހިނެއްވީ… ވަރަށް އުފާވެފަ ހުރިހެން ހީވަނީ…” އިއާންގެ މޫނު މަތިން […]
” ބިކޯޒް އައި ސްޓިލް ލަވް ޔޫ… އޮންލީ ޔޫ… މިވީ ހަތް އަހަރު ތެރޭގަވެސް… ތިނޫން ފަރާތަކަށް މިހިތުން ޖާގައެއް ނުދެވުން.. ތިލޯބި މިހިތުން ފޮހެވިގެނެއްނުދޭ… އައި ކާންޓް ސްޓޮޕް ލަވިން ޔޫ މިންނު… ކުރިއަށްވުރެވެސް ބޮޑަށް ލޯބިވޭ… ” އިއާންއަށް އޭނަގެ އިހުސާސްތައް ކޮންޓްރޯލް ނުކުރެވި މިންހާގެ މޫނުގައި ދެއަތުން ހިފަހައްޓާލައިގެން އިނދެ އޭނަގެ ހިތުގެ ހާލަތު މިންހާގެ ކުރިމަތީގައި ބަޔާންކޮށްދެވުނެވެ. އިއާންގެ ދުލުން ބުނެލި ބަސްތަކުން މިންހާގެ ހިތުގެ ހިނގުން ކުޑަ ވަގުތުކޮޅަކަށް […]
” ވާނޭހެ ދުނިޔޭގައި… ތިޔަފަދަ ފަރި ނަލަ މަލެެއް… ދީވާނަ ކޮށްލީ މަގޭ… ތިޔަ ހިނިތުންވުމޭ… މާޒިވި ލޯބީގެ ރޭރޭ… އެހަނދާންވުމުން… ބޭނުންވަނީ މިއަދުވެސް އެއުފާވެރިކަމޭ… އައިމް ސޯ ސޮރީ މިނޫ… އައިމް ސޮރީ… ” ކާޑުކޮޅުގައިވި ބަސްކޮޅު ކިޔާލުމާއެކު މިންހާއަށް އެއްފިޔަވަޅު ފަހަތަށް އަޅާލެވުނެވެ. އޭރުު އެދެލޮލަށް ދިޔައީ ތާޒާ ކަރުނަތައް ޖަމާވަމުންނެވެ. ”އަލޫފް… ” ލޮލުން ފޭބި ކަރުނަތިކި އައިސް އެދޮން ކޯތާފަތުގައި ބޮސްދިނުމާއެކު އަތުގައި އޮތް އޯކިޑް މާބޮނޑީގައި ބާރަށް ހިފަހައްޓާލަމުން މިންހާއަށް […]
އިއާން އަތްލުމާއެކު އޭނަގެ އަތުގެ ބީހުން އިހުުސާސްވެ ސިހިފައި މިންހާއަށް އިސްއުފުލާލަމުން ބަލައިލެވުނެވެ. މިންހާ ސިހުމާއެކު އިއާންއަށްވެސް އެވަގުތު މިންހާއަށް ބަލައިލެވުނެވެ. އަނެއްކާާވެސް ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔައެވެ. އިއާންގެ ފިރިހެންވަންތަ މޫނު އެހާ ގާތުން ފެނުމާއެކު މިންހާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ހިތުގެ ހިނގުމަށް އެއައި ބަދަލާއެކު ނޭވާ އަވަސްވެގެން ދިޔައެވެ. ކަޅުކަން ގަދަ ކަޅިއެއް ލިބިފައިވި އިއާންގެ ތޫނު ދެލޮލުގެ ނަޒަރު އޭނައަށް ހުއްޓިފައިވުމާއެކު ގައިގައި ހުރި ލޯލިތައް ކޮޅަށްޖެހިގެން ދިޔައެވެ. އެދެލޮލުގައިވި ބާރުގަދަ […]
އަޝްރާ އާދައިގެ ހިނގުމެއްގައި މަގުގެ ދުވާރު މަތިން ހިނގާފައި ދިޔައެވެ. ” އަޝްރާ… ” ތަންކޮޅަކަށް ދެވުނުތަނާ އޭނަގެ ނަމުން މީހަކު ގޮވާލުމާއެކު އަޝްރާ ފަސްއެނބުރި ބަލައިލިއެވެ. އެއާއެކު ފެނިގެންދިޔަ ސޫރައަކުން އޭނަގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. އަޝްރާގެ މޫނު މަތިން ފެނިގެން ދިޔައީ ފޫހިކަމާއި ރުޅިވެރިކަމެވެ. ކުރިމަތީ ހުރި ޒުވާނާއަށް ބަލަހައްޓާއިގެން ހުރުމަށްފަހު އެއްވެސް އެއްޗެކޭ ބުނުމެެއްނެތި އަޝްރާ ފަސްއެނބުރި ހިނގައިގަތެވެ. އެވަގުތު އެޒުވާނާ އަޝްރާގެ އަތުގައި ހިފަހެއްޓިއެވެ. ”ހައު ޑެއާރ ޔޫ… ޖަސްޓް ލީވް […]
” ހެލޯ… އައިމް ޒިޔަލް… މިހޮސްޕިޓަލަށް އަލަށް ޖޮއިން ކުރި ޑޮކްޓަރެއް… ޑޮކްޓަރ އަހުމަދު ޒިޔަލް ސައީދު… ” ޒިޔަލް އޭނަގެ ފިރިހެންވަންތަ ހިނިތުންވުން ހަދިޔާކުރަމުން މިންހާއަށް އަތް ދިއްކޮށްލަމުން ބުނެލިއެވެ. ” މިންހާ… ޑޮކްޓަރ އައިޝަތު މިންހާ އަޝްރަފް… ކިހިނެއް އަހަރެންގެ ނަން އިނގުނީ… ކުރިން ނަން ބުނެވުނު ހަނދާނެއްނުވޭ… ” މިންހާ ޒިޔަލްގެ އަތުގައި ހިފާކަށް ނޫޅުނެވެ. އޭނާ ޒިޔަލްގެ މޫނަށް ބަލަހައްޓާއިގެން ހުރެ އެހެން ބުނެލިއެވެ. މިންހާ އޭނަގެ އަތުގައި ނުހިފުމުން ޒިޔަލް […]
” މިންހާ… ” ހިތްހަމަނުޖެހިފައިވި ވަރުން ރަނގަޅަށް މަގަށް ބެލުމެއްނެތި މަގު ހުރަސްކުރި މިންހާގެ ގައިގައި އެވަގުތު އައި ޕިކަޕުން ޖެހުމާއެކު އަލޫފްއަށް ބާރަށް މިންހާގެ ނަމުން ގޮވާލެވުނެވެ. އެވަގުތު އޭނަގެ ހިތުގެ ހިނގުންވެސް ހުއްޓުނުހެން ހީވިއެވެ. މަގުމަތީގައި ހަރަކާތްތެރިވަމުން ދިޔަ އެންމެންގެ ނަޒަރުވެސް ދުރަށް ވިއްސައިގެން ގޮސްފައިވި މިންހާއަށް ހުއްޓުނެވެ. ” މިންހާ… ” މިންހާގެ ނަމުން ބާރަށް ގޮވާލަމުން އަލޫފްއަށް ސިހިފައި ތެދުވެވުނެވެ. އޭރު މުޅި މީހާ ވަނީ ދާހިތްލާާ ފޯވެފައެވެ. އަވަސް ނޭވާތަކެއް […]
މިންހާގެ ރީތި ސޫރަ ފެނުމާއެކު އިއާންގެ ހިތުގައިވި ޖަޒުބާތުތައް އުތުރި އަރަން ފެށިއެވެ. އެހިތް އުފަލުން ނަށަންފެށިއެވެ. އެވަގުތުކޮޅަށް ނިމުމެއް ނާންނާނެ ނަމައޭ އިއާންގެ ހިތަށް އެރިއެވެ. އަބަދުވެސް އެހިތްގައިމު ސޫރައަށް ބަލަން ހުރެވޭނެ ނަމައޭ އިއާންގެ ހިތަށް އެރިއެވެ. ދެމީހުންގެ ހޫނު ނޭވާ އެކަކު އަނެކަކުގެ މޫނަށް އެޅެމުން ދިޔައިރު ދެހިތުގެ ތެޅުންވެސް ދިޔައީ އަވަސްވަމުންނެވެ. އެކަކު އަނެކަކާ ދުރުވާން ނެގިފާ ދެމީހުންވެސް ތިބީ ހުއްޓުންއަރާފައެވެ. ދެމީހުންގެ ލޮލާއި ލޯ ބައްދަލުވެފައިވުމުން އެކަކަށްވެސް ނަޒަރު ވަކިކޮށެއްނުލެވުނެވެ. ހީވަނީ […]
ވަށާއިގެންވި މާހައުލަށް މާބޮޑު ސަމާލުކަމެެއް ނުދީ އެޒުވާނާ އެއާޕޯޓުން ނިކުތެވެ. އެއާޕޯޓުން ނިކުމެ މަގުގެ އެއްފަރާތުގައި މަޑުކޮށްލީ ކޮންމެވެސް މީހެއްގެ އިންތިޒާރުގައެވެ. މާގިނައިރެއްނުވަނީސް ކަޅު ކުލައިގެ ޕްރައިވެޓް ކާރެއް އައިސް މަޑުކޮށްލިއެވެ. ”އާން… ވެލްކަމް ބެކް ބްރޯ…” އަވަސް އަވަހަށް ކާރުން ފޭބި ނާއިލް އިއާން ފެނުމާއެކު ބުނެލިއެވެ. އަދި އަވަސް ފިޔަވަޅުތަކެެއްގައި ގޮސް އަތާއި އަތް ޖޯޑުކޮށް އެންމެ ގާތް އެކުވެރިޔާ އާއި ސަލާމްކުރިއެވެ. އޭރު ދެމީހުންގެ މޫނު މަތިންވެސް ފެންނަމުން ދަނީ އުފާވެރިކަމެވެ. ” […]