އެވަގުތު އަހަރެންނަށް ލިބިގެން ދިޔައީ ހީވެސް ނުކުރާހާ ބޮޑު ހައިރާން ކަމެވެ. ސިހިގެން ދިޔަވަރުން މިޝްކާގެ ދެއަތުގައި ވަރަށް ބާރަށް ހިފާފައި އަހަރެންނާއި ދުރު ކޮށްލެވުނެވެ. އަދި އަހަރެންނަށް ކޮޓަރީގެ ދޮރާއި ދިމާލަށް ދެވަނަ ފަހަރަށް ބަލާލެވުނެވެ. ނަމަވެސް މިފަހަރު އަހަރެންނަށް އެތަނުން އެކަކުވެސް ނުފެނުނެވެ. މިޝްކާއަށް އަހަރެން އެހެން ހެދުމުން ހައިރާންކަން ލިބިގެންދިޔައެވެ. “މިޝްކާ ޕްލީޒް އިނަފް” އަހަރެން މިޝްކާ އާއި ދުރަށް ޖެހިލީމެވެ. ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް އަހަރެންގެ ނަފްސު ކޮންޓްރޯލްއިން ނެއްޓީތީ […]
އަހަރެން ސިހިގެން ދިޔައީ ފާރިޝް އައިސް އަހަރެންގެ ކޮނޑުގައި ވަރަށް ބާރަށް ޖެހީމައެވެ. ވީތަދުންނާއި ސިހިގެން ދިޔަވަރުން އަހަރެންނަށް އަތްދޯއި އޭ ބުނެވުނީ ފުދޭވަރަކަށް ބާރަށެވެ. “އައްދޯއި އޭ އިބަ ކިޔަ އެއްނުން… އަހަރެން ގޮވާތާ މިހާރު ކިހާ އިރެއްވެއްޖެ… ލޯހުޅުވާއިގެން ޖަހާފަ ހުންނަ ބުދެއްހެން އާވާރާފެވަ ތި ހުންނަނީ… ކޮން އެއްޗެއް ފެނުނީތަ… ޖިންނި އަވަލީތަ” ފާރިޝް ހަޅޭލަވައި ގަންނަމުން ކޮޓަރިތެރެއަށް ވަނެވެ. އަދި ލައިޓް ޖައްސާލިއެވެ. އެކޮޓަރީގެ އެނދުމަތީގައި ވެސް އޮތީ ފޮތިގަނޑެއް އަޅާފައެވެ. […]
އަހަރެން އެމީހާއަށް ޝުކުރު އަދާކުރުމަށްފަހު އެކޮޓަރިއަށް ވަނީމެވެ. އެތަނުގައި ހުރީ އެންމެ ހަތަރު ގޮޑިއެވެ. އިތުރު އެއްވެސް އެއްޗެއް އެތަނުގައި ނެތެވެ. އަހަރެން އެތަނުން ގޮޑިއެއްގައި އިށީދެލީމެވެ. ނަމަވެސް އިރުކޮޅަކު އެހެން އިނުމަށްފަހު އެކޮޓަރިތެރޭގައި ހިގަންފެށީމެވެ. އިރުއިރުކޮޅާ އަހަރެންނަށް ގަޑިބަލާލެވެއެވެ. އަހަރެން އެހެން ކޮޓަރިތެރޭގައި ހިގާތާ ފަނަރަމިނެޓް ފަހުން ދޮރުހުޅުވާލާފައި އާދިލްސަރ ވަދެގެން އައެވެ. އާދިލްސަރގެ ފަހަތުން ހާނިމްސަރ އަދި ފާރިޝްވެސް އެތެރެއަށް ވަނެވެ. އަހަރެންގެ މޫނަށް ތިން މީހުން ބަލަހައްޓައިގެން ތިއްބެވެ. ފާރިޝްއަށް ވާން އުޅެނީ […]
އޭރުވެސް ހުޝާމް ހުރީ އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އަހަރެން ތަފާތު ކަމުން ކަމަށްވެސް ވެދާނެއެވެ. އެކަމަކު ހަމަގައިމުވެސް ހުޝާމްވެސް ހުރީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ކުރީގަ ނުލާހިކު ރަނގަޅު ހަށިގަނޑެއް ލިބިފައިވީ އިރު މިހާރު ވަނީ ހިކިފައެވެ. ލޯވަޅުވަދެފައެވެ. އަހަރެން ގޮސް ހުޝާމްގެ ކުރިމައްޗަށް ހުއްޓުނީމެވެ. “ޝާމް އިޒް ދެޓް ޔޫ… ވަޓް ހެޕެން ޓު ޔޫ…” ހުޝާމް ވާހަކަ ދެއްކިއެވެ. އަހަރެންނަށް ބުނާނެ އެއްޗެއް ނޭގުނެވެ. ނަމަވެސް އަހަރެންގެ ލޯ ފެންކަޅިވިކަން އަހަރެންނަށް އެގުނެވެ. “އިޓްސް […]
އަހަރެންނާއި މާޒިން މާލެ އަންނަން ފުރީ އެރޭގެ ރޭގަނޑުގެ ފްލައިޓުންނެވެ. ނަމަވެސް އަހަރެންނަށް އާދެވުނީ ހަމައެކަނީ މާލޭ އިންޓަނޭޝަނަލް އެއާޕޯޓްއާއި ހަމައަށެވެ. ބޯޑުން ފޭބިއިރު އެއާޕޯޓްއަށް ވަންނަ ދޮރުމަތީގައި ދެތިން ޕޮލިހުން މަޑުކޮއްލައިގެން ތިއްބެވެ. އަހަރެން އެހާ ހިސާބަށް އަރާ ހަމަވާއިރަށް ހުއްޓުވިއެވެ. “މަޑުކޮއްލައްވާ އާދަމް ޝާމް” އެތަނުން ޕޮލިހަކު ގޮވާލިއެވެ. އަހަރެން ހުއްޓުމުން މާޒިންވެސް އަހަރެންގެ ފަހަތުން ހުއްޓުނެވެ. އޭރު މީހުން ބޯޓުން ފައިބައިގެން ދަމުން އެތަނުގައި ކުޅިވަރު ބަލަން މަޑުކޮށްގެން ތިއްބެވެ. “ކިހިނެއްވީ. ޝާމް […]
“އެމީހުން އުޅޭގޮތަށް. އެމީހުންގެ ތެރޭގައި، އެމީހުން ކުރާކަމެއް ކޮންގެން. އެންމެ އަޑީގައި ހުރި މީހެއް ހޯދަންވީ. އެމީހުންގެ ގޭންގްގަ ބައިވެރިވާންވީ” އާދިލްސަރ ކިޔައިދިނެވެ. އަހަރެންގެ ދެލޯބޮޑުވިއެވެ. ސަރއަށް އެހުރިހާ އެއްޗެއް އެހާފަސޭހައިން ކިޔާލެވުނު އިރުގައި ކުރަން ހުންނަ މީހާއަށް ވާނެ އުދަގޫ ވިސްނާނުލީތީ އަހަރެން ހައިރާންވިއެވެ. “އެމީހުންގެ ތެރޭގައި އެމީހުން އުޅޭގޮތަށް އެމީހުން ކުރާހާ ކަމެއްކޮށްގެންނޭތޯ. ނޫން ސަރ އަޅުގަނޑަކަށް ނުވާނެ” އަހަރެން ގޮޑިން ތެދުވަމުން އާދިލްސަރއާއި ދިމާލަށް ބަލާލީމެވެ. “މިއީ ނުވާ ވަރުގެ ކަމެއް ނޫން […]
އަހަރެން ފެނުމާއި އެކު އެންމެންގެ މޫނުމަތިންވެސް ފެނިގެންދިޔައީ ސުވާލު މާކްތަކެކެވެ. ސަބަބަކީ އަހަރެންގެ ހަމަޖެހިފައިވާ މޫނު އެމީހުންނަށް ފެނުމެވެ. އަހަރެން މަޑުޖެހުމެއްނެތި ފުއާދުގެ ކުރިމައްޗަށް ހުއްޓުނީމެވެ. “އަހަރެން އޭނަ މަރާލީމަ އަހަރެންގެ އާއިލާއަށް ހިޔަނިވެސް އެޅިގެން ނުވާނެ… އެމީހުންނަށް ހިޔަނި އެޅިލިޔަސް އަހަރެންނަކީ ނުބައި މީހެއްކަން ދައްކާލާނަން” ފުއާދުއާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން އަހަރެން ބުނެލީމެވެ. އަދި އެމޭޒުމަތިން ފިސްތޯލަނަގައި އޭގައި ވަޒަން ހުރިތޯ ޗެކް ކޮއްލީމެވެ. އަދި ކަނޑި ނަގައިގެން އެމީހާއާއި ދިމާލަށް ބަލާލީމެވެ. އޭނަގެ […]
އެވަގުތު އެމީހާ އެތެރޭގައި ހުރި ކޮޓަރިއަކަށް ދިޔައެވެ. ދިޔަތާ މާގިނަ އިރެއްނުވެ އެކޮޓަރިން ދަމާފައި ނެރުނީ ބަނދެފައި އިން މީހެކެވެ. އޭނަގެ ލޯމަތީގައި ވަނީ ފޮތިގަނޑަކުން ބަދެފައެވެ. އަނގަމަތީގައި ޓޭޕްގަނޑެއް އަޅާފައެވެ. އަތްވަނީ ފުރަގަހަށް ވާގޮތަށް ވާގަނޑަކުން އައްސާފައެވެ. އެމީހާގެ މޫނު މަތިން އެމީހާއަށް އަނިޔާ ކޮށްފައި ހުރިކަން ރަނގަޅަށް އެގެއެވެ. އެމީހާ ދަމާފައި ގެނެސް ފުއާދު ކުރިމަތީގައި ބޭންދިއެވެ. އެމީހާ ފެނުމާއި އެކު އަހަރެން ސިހިގެންދިޔައެވެ. އަނެއްކާ އަހަރެންނާއި ޖައްސަށް އެއުޅެނީ ކޮންކަހަލަ ކަމެއްބާއޭ ހިތަށް […]
އަހަރުމެން އެއާޕޯޓަށް ދިޔައިރު މެންދުރު 12 ޖަހައިފިއެވެ. ޗެކިން ނިމުމާއި އެކު އަހަރުމެން އެތެރެއަށް ވަނުމާއި އެކު އަހަރެންނަށް ހުއްޓުން އެރިއެވެ. އެތެރޭގައި ގޮޑިއެއްގައި އިން ފާރިޝް ފެނުމާއި އެކުގައެވެ. ފާރިޝް އަހަރެންނާއި ދިމާލަށް ބަލާލުމަށްފަހު އަނެއްފަރާތަށް މޫނު އަބުރާލިއެވެ. އަހަރެން މާޒިން ކައިރީގައި މަޑުކޮއްލުމަށް ބުނެފައި އަހަރެންދިޔައީ ފާހަނައަށެވެ. އަހަރެން ބޭނުންވީ ފާރިޝްއާއި އެކަނި ވާހަކަ ދައްކާލާށެވެ. އަހަރެން އެތެރެއަށް ވަދެ އިރުކޮޅެއް ނުވެ ފާރިޝް އެތެރެއަށް ވަދެއްޖެއެވެ. އަހަރެން މަޑުކޮއްލީ މޫނު ބަލާ ލޯގަނޑު […]