Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

އަނިޔާ… 08 ވަނަ ބައި

Fantasy Level 310 Stories500 Comments100 Comments
December 14, 2015 6 Mins Read
10 Comments

“އެމީހުން އުޅޭގޮތަށް. އެމީހުންގެ ތެރޭގައި، އެމީހުން ކުރާކަމެއް ކޮންގެން. އެންމެ އަޑީގައި ހުރި މީހެއް ހޯދަންވީ. އެމީހުންގެ ގޭންގްގަ ބައިވެރިވާންވީ” އާދިލްސަރ ކިޔައިދިނެވެ. އަހަރެންގެ ދެލޯބޮޑުވިއެވެ. ސަރއަށް އެހުރިހާ އެއްޗެއް އެހާފަސޭހައިން ކިޔާލެވުނު އިރުގައި ކުރަން ހުންނަ މީހާއަށް ވާނެ އުދަގޫ ވިސްނާނުލީތީ އަހަރެން ހައިރާންވިއެވެ.

“އެމީހުންގެ ތެރޭގައި އެމީހުން އުޅޭގޮތަށް އެމީހުން ކުރާހާ ކަމެއްކޮށްގެންނޭތޯ. ނޫން ސަރ އަޅުގަނޑަކަށް ނުވާނެ” އަހަރެން ގޮޑިން ތެދުވަމުން އާދިލްސަރއާއި ދިމާލަށް ބަލާލީމެވެ. “މިއީ ނުވާ ވަރުގެ ކަމެއް ނޫން ޝާމް. މިއީ ސިންޕަލް ކަމެއް” އާދިލްސަރ ބުނެލިއެވެ. “ސިންޕަލް… ސަރ ސިންޕަލް ތިކިޔަނީ ކޮންކަހަލަ ކަންކަމަކަށްތޯ. އެމީހުން އުޅޭ ހުރިހާ ގޮތަކަށް އަދި ކުރާ ކޮންމެ ކަމެއް ކޮށްގެން… އެގޭތޯ ގްރޫޕްތަކުގައި އުޅޭނީ ކޮންކަހަލަ ބައެއްކަން… އެތައްކަމެއް ކުރާ މީހުން…. މަސްތުވާ އެއްޗެހި ބޭނުން ކުރާ މީހުން… ފޭރޭ މީހުން… މާރާމާރި ހިންގާ މީހުން… މިހެން ގޮސް ހުރިހާ ނުބައި ކަމެއް ކުރާ މީހުން… ސަރ ބޭނުންވަނީ އަޅުގަނޑު އެމީހުންނާއި އެކު އެ މަސައްކަތް ކުރާށޭތޯ” އަހަރެން ހާސްވެގެން އެތަނުގައި ހިނގަން ފެށުނެވެ. “ކިހިނެއްތޯ އަޅުގަނޑު އެހެންއުޅެނީ” އަހަރެންނަށް ބުނެވުނެވެ. “ސަރ އަޅުގަނޑު އޭރުވެސް ބުނީމެންނުން ޝާމްއަކަށް ނުވާނެއޭ… އެހެންމީހަކު ހަމަޖައްސަން ވީނުންތޯ” ހާނިމްސަރ ބުނެލިއެވެ. އަހަރެން ހާނިމްސަރއާއި ދިމާލަށް ބަލާލީމެވެ. އެމޫނު މަތީގައިވަނީ މަލާމާތުގެ ހިނިތުންވުމެކެވެ. “ޝާމް ޝާމްއަށް ކުރެވޭނެ. އެމީހުންގެ ތެރޭގައި އެހެން އުޅެއް އެކްޓް ކުރެވިދާނެއެއްނުން.” އާދިލްސަރ ހާނިމްސަރގެ ވާހަކައަށް ނުވިސްނާ އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. “ސަރ ތިކަން ކުރަން ބޭނުން ނުވާ މީހެއްލައްވާ ތިކަން ކުރަން ތިއުޅެނީ ކީކުރަންތޯ. އޭރުން ރިޒަލްޓް ރަގަޅެއް ނުވާނެ. އައި ކޭން ޕިކް އެނަދާ ވަން. ތަންކޮޅެއް ހިތްވަރުގަދަ މީހެއް”އަނެއްކާވެސް ހާނިމްސަރ ވާހަކަ ދެއްކިއެވެ.

ހީވަނީ އެކަންތަށް އަހަރެންނަށް ލިބިދާނެތީ އޭނަ ކަންބޮޑުވާހެންނެވެ. “ސާރ ޝާމްއަށް އެކަންތަށް ވާނެ. އަޅުގަނޑަށް އެގޭ. ޕްލީޒް ޝާމްއަށް ވިސްނާލަން ޓައިމްއެއް ދެއްވާ” ފާރިޝް ވާހަކަ ދެއްކިއެވެ. “ވަގުތެއް ނެތޭ. މިހާރުވެސް މާލަސްވެއްޖެ. އަހަރުމެން މިހާރުން މިހާރަށް ކަމެއް ނުކުރެވިއްޖެނަމަ ދެން މަރުވާނީ ކިތައްމީހުން ކަމެއްވެސް ނޭގެ… ކިހިނެއް އެނގެނީ މިކަމުގައި އުޅެމުން ޝާމްއަށް ޝާމްގެ ބައްޕަގެ މަރުގެ ހަގީގަތްވެސް….” އާދިލްސަރ އެހާހިސާބަށް ބުނެލަމުން ހުއްޓާލިއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ. “ޝާމް އަކީ ހިތްވަރުގަދަ ކުއްޖެއް… އަހަރެންނަށް ފާހަގަ ކުރެވުނީ ޝާމްއަކީ ކަމެއް ކުރަން ނިއްމައިފިއްޔާ ކޮންމެ ހުރަހެއް ދިމާވިޔަސް އެއްވެސް ޖެހިލުމެއްނެތި އެކަމެއް ކުރާ ކުއްޖެއްކަން… އަހަރުމެން މިކަމުގައި ބޭނުންވަނީ ތިކަހަލަ ކުއްޖެއް…. ކޮންމެ ކަހަލަ ވަގުތެއްގައިވެސް ޑިސިޝަން ނެގޭ ކުއްޖެއް” އާދިލްސަރ ވާހަކަ ދެއްކިއެވެ. “އެމީހުންނަށް އަޅުގަނޑާއި މެދުގައި ޝައްކު ވެއްޖެނަމަ އެމީހުން އަޅުގަނޑުވެސް އަދި ފެމެލީވެސް ދުއްވާލާނެ” އަހަރެންނަށް ބުނެވުނެވެ. “މިކަމުގަ އެހާ އިމޯޝަން މީހެއް ރަނގަޅެއް ނުވާނެ ސަރ. ޕްލީޒް ގިވް މީ އަ ޗާންސް” ހާނިމްސަރ އަހަރެންނާއި ދިމާލަށް ބަހުން ހަމަލާއެއް ފޮނުވާލިއެވެ. އަހަރެން ހާނިމްސަރއާއި ދިމާލަށް ބަލާލީމެވެ. އަދި ފާރިޝްގެ މޫނަށްވެސް ބަލާލީމެވެ. “އަޅުގަނޑު ބޭނުން ވިސްނާލަން ވަގުތު ކޮޅެއް” އަހަރެން އެދުނީމެވެ. “ޝާމް ވަގުތެއް ނެތް” އާދިލްސަރ ބުނެލިއެވެ. “މިއަދު އަޅުގަނޑު ޖަވާބެއް ދޭނަން. އެކަމަކު އެއްގަޑިއިރުވިޔަސް އެންމެ ރަނގަޅު. ޕްލީޒް” އަހަރެން އަނެއްކާވެސް އެދުނީމެވެ. “އެންމެ ރަނގަޅު އެއްގަޑިއިރު ތެރޭގައި ޖަވާބެއް ދޭންވާނެ” އާދިލްސަރ ބުނެލިއެވެ. އަހަރެން އަވަސް އަވަހަށް އެތަނުން ނިކުތީމެވެ. ފާރިޝް އަހަރެންގެ ފަހަތުން ނިކުތެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ އޮފީހުން ބޭރަށް ނިކުމެ ސައިކަލަށް އަރާ ސްޓާޓް ކޮއްލީމެވެ.

އެއްގަޑިއިރު ވަންދެން އަހަރެން ސައިކަލުގައި މުޅި މާލޭގައި ދުއްވީމެވެ. އެއްބައިފަހަރު ވަރަށް ބާރަށް އަނެއްބައިފަހަރު ވަރަށް މަޑުން އަދި އަނެއްބައިފަހަރު މެދު މިނެއްގައި ސްޕީޑް ބަހައްޓައިގެން ދުއްވަމުންދިޔައީމެވެ. އަހަރެން އެސައިކަލު މަތީގައި އިންކަމުގައިވިޔަސް އަހަރެންގެ ސިކުނޑި ވަނީ އަދިވެސް އޮފީސްތެރޭގައެވެ. އާދިލްސަރގެ ކެބިންތެރޭގައެވެ. އާދިލްސަރ އަހަރެންނަށް ހިތްވަރު ދެމުން ދެއްކި ވާހަކަތަށް އަހަރެންގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ހާނިމްސަރގެ މަލާމާތުގެ ބަސްތަށް އަހަރެންގެ ކަންފަތް ތޮރުފަމުންދިޔައެވެ. ހަނދާނެގޮތެއް އަހަރެންނަކަށް ނޭގުނެވެ. ނަމަވެސް ކޮންމެވެސް ގޮތަކަށް ނިންމަން އަހަރެންނަށް މަޖްބޫރުވެއްޖެއެވެ.

އެއްގަޑިއިރު ދުއްވުމަށްފަހު އަހަރެން އޮފީހަށް ދިޔައީމެވެ. އަހަރެން އޮފީހަށް ވަދުން ތަނުން ފާރިޝްއައިސް އަހަރެންނާއި ބައްދަލު ކުރިއެވެ. “ކޮންތަނަކުން ތިއައީ.. ކިހާ އިރެއްތަ އަހަރެން ގުޅާތާ” ފާރިޝް އަހަރެން ފެންނަ އިރަށް ޝަކުވާ ކުރިއެވެ. އަހަރެންނަށް މީހަކު ގުޅިކަންވެސް އެގުނީ ފާރިޝް އެހެންބުނުމުންނެވެ. “އަހަރެން އޯކޭ އޭ” އަހަރެން ބުނެލީމެވެ. އަދި މަޑުޖެހުމެއްނެތި އާދިލްސަރގެ ކެބިންއާއި ދިމާލަށް ހިގައިގަތީމެވެ. އަހަރެން ކެބިންއަށް ވަންއިރުގައި ހާނިމްސަރވެސް އެތަނުގައި އިނެވެ. އަދި އަހަރެންގެ ފަހަތުން ފާރިޝްވެސް ވަނެވެ. އަހަރެން ފެންނަ އިރަށް އާދިލްސަރ ބަލަންފެށިއެވެ. އަހަރެން އާދިލްސަރ ގެ ކުރިމައްޗަށް ހުއްޓެލީމެވެ. “އާ އަހަރެން އެއްބަސް” އަހަރެން ބުނީމެވެ. އެވަގުތު އާދިލްސަރގެ މޫނުމަތިން ފެނިގެންދިޔައީ ހިތްހަމަޖެހުމުގެ ކުލަވަރެވެ. އަދި ހާނިމްސަރގެ މޫނުމަތިންވެސް ފާރިޝްގެ މޫނުމަތިންވެސް ފެނިގެން ދިޔައީ އުފާވެރިކަމެވެ. “އެކަމަކު ޝަރުތުތަކަކާއި އެކު” އަހަރެން އަހަރެންގެ ޖުމްލަ ފުރިހަމަ ކުރީމެވެ. އެވަގުތު އެންމެންގެ މޫނުމަތިންވެސް ހައިރާންކަން ފާޅުވިއެވެ. “ކޮބާ ޝަރުތަކީ” ހާނިމްސަރ އަހަރެންނާއި ދިމާލަށް ބަލާލަމުން އަހާލިއެވެ. “އަހަރެން އެމީހުންނާއި އެކު އުޅުނުނަސް މާރާމާރި އެކަހަލަ އެއްވެސް ކަމެއްގައި ބައިވެރިއެއް ނުވާނަން. އަދި އެއްވެސް ކަހަލަ މަސްތުވާ ތަކެއްޗެއް ބޭނުމެއް ނުކުރާނަން” އަހަރެން ބުނެލީމެވެ. “ތީ ކިހިނެއް ވާނެ ކަމެއް. ކަމޯން… ތިކަން ނުކޮށްފިނަމަ” “މިކަމަށް އެއްބަސް ނުވާ ކަމަށްވާނަމަ އަހަރެން އެއްބަހެއް ނޫން” ހާނިމްސަރގެ ޖުމްލަ ނުނިމެނީސް އަހަރެން ވާހަކަ ދެއްކީމެވެ.

އާދިލްސަރގެ މޫނުމަތިންވެސް ހާސްކަން ފާޅުވަމުންދިޔައެވެ. އަތުން މޫނު ފޮހެލަމުން އަހަރެންނާއި ދިމާލަށް އާދިލްސަރ ބަލާލިއެވެ. “ޝާމް ތިއީ ވަރަށް އުދަގޫ ކަމެއް. އެކަމަކު ޝާމް ކުރަން ބޭނުން ނޫން ކަމެއް ކުރުވާކަން އަހަރެން ބޭނުމެއް ނޫން. ފާރިޝް އެކަމަށް އެއްގޮތެއްވެސް އިބަ އޮތްތަށް” އާދިލްސަރ ފާރިޝްއާއި ދިމާލަށް ބަލާލިއެވެ. އަހަރެންވެސް ހާނިމްސަރވެސް ފާރިޝްއާއި ދިމާލަށް ބަލާލީމެވެ. ސަބަބަކީ ފާރިޝްއަކީ މެޑިކަލް ޓީމްގައި މަސައްކަތް ކުރާ މީހަކަށް ވުމެވެ. “ގޮތެއް އިބައޮތް. ޑޮކް އާއި ވާހަކަ ދައްކާލަން ޖެހޭނީ… އެކަމަކު މެޑިސިން ބޭނުން ކުރެވިދާނެ ތީގެން އެއްކަމުގައި. އަނެއްކަމުގައި ޝާމްއަށް ރަނގަޅު އުޒުރެއް ދެއްކެނިކޮށް އެމީހުން ގަބޫލު ކުރޭކަންނޭގެ” އަހަރެންނާއި ދިމާލަށް ބަލާލަމުން ފާރިޝް ބުނެލިއެވެ. ހުރިހާ ކަމެއް ނިމުނީ އަހަރެން ބޭނުންވި ގޮތަށެވެ. މަސްތުވާތަކެތީގެ ބަދަލުގައި ޑޮކްޓަރ އަތުން ބޭސްތަކެއް ހޯދުމަށެވެ. އެބޭހުން އަހަރެންނަށް ގެއްލުން ނުލިބޭ ކަހަލަ ބޭސްތަކެވެ. އެދުވަހުން ފެށިގެން އެމީހުން އަހަރެން ޓްރެއިން ކުރަން ފެށިއެވެ. ފިޒިކަލީ ގޮތުންނާއި މެންޓަލީ ގޮތުންނެވެ. އޭގެ ތިންމަސް ފަހުން އަހަރެން ފުލުހުންގެ ވަޒީފާއިން ވަކިކުރެވުނެވެ. ދިމާވީ ކުޑަ މައްސަލައެކެވެ. ހަމައެކަނި އަހަރެންގެ އަތުން މީހެއްގެ ނޭފަތް ފަޅައިގެންދިޔައީއެވެ. ހާނިމްސަރގެ ނޭފަތް ފަޅައިގެންދިޔައީ އޮފީސްތެރޭގައި އަހަރެންނާއި ހާނިމްސަރ އާއި މެދުގައި ޖެހުނު މައްސަލައެއްގައެވެ. ދެދުވަހަށް ސަސްޕެންޑް ކުރުމަށްފަހު އަދި ހަފްތާއެއް ވަންދެން ކުޑަގޮޅީގައި ބޭއްވުމަށްފަހު އަހަރެން ދޫކޮއްލިއިރު އަހަރެންގެ ދިރިއުޅުންވަނީ އެއްކޮށް ބަދަލުވެފައެވެ. ހުރިހާ ލިޔެކިޔުމަކުން ފެންނާނީ އަހަރެން ވަޒީފާއިން ކަނޑާލެވުނު ކަމަށެވެ. ނަމަވެސް އަހަރެން ކުރާ މަސައްކަތް އަހަރެން ދިޔައީ ހަތަރުމީހުންގެ ކުޑަ ޓީމަކަށް އަންގަމުންނެވެ. އެއީ ފާރިޝް، ހާނިމްސަރ. އާދިލްސަރގެ އިތުރުން އިސްކޮށް މަސައްކަތްކުރާ ޑޮކްޓަރ ކަމާލްއަށެވެ. އިތުރު އެއްވެސް ފުލުހަކަށް އަހަރެންގެ ހަގީގަތެއް ނޭގޭނެއެވެ. ދެން އަހަރެންގެ ހަގީގަތް އެގޭނީ އަހަރެންގެ ކޮއްކޮއަށެވެ. އިތުރު މީހަކަށް ނައަންގާވެސް އޮތީ އަހަރެންނަށް ލިބިދާނެ ގެއްލުމަކަށް ވިސްނާފައެވެ.

ދޫކޮއްފައިވާ މާގަނޑުން އަންނަމުންދިޔަ ފެނުން އަހަރެންނަށް އެއްވެސް ވަރަކަށް ފިނިކަމެއް ނުލިބެއެވެ. އަހަރެން ކުރަން ބޭނުންނުވާ އެކަންތަށް އަހަރެންނަށް ކުރެވުނު ކަހަލައެވެ. ދޫކޮއްފައިވާ މާގަނޑު ބަންދު ކޮއްލުމަށްފަހު ތުވާލި އޮޅާލައިގެން އަހަރެން ބޭރަށް ނިކުތީމެވެ. އޭރު މާޒިން އަހަރެންގެ އިންތިޒާރުގައި ކޮޓަރީގައި މަޑުކޮއްލައިގެންއިނެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ ދަބަހުން ސޯޓެއް ނަގައިގެން ފަހާނައަށް ވަދެ ތެން އެއްޗެހި ބަދަލު ކޮއްލީމެވެ. އަހަރެން ފާހަނައިން ނިކުންއިރުވެސް މާޒިން ހަމައެއިންގޮތަށް އިނެވެ. “ސޮރީ ޝާމް” މާޒިން ބުނެލިއެވެ. އަހަރެން ބަލާލީ ކޮންކަމަކަށްހޭ އަހާލާގޮތަށެވެ. “އަހަރެން ބުނަން ޖެހޭނެ ޝާމް ކައިރީގައި ކުރިން. އަހަރެންނަށް އެނގޭ ޝާމް އެކަހަލަ ކަންތަކާއި ހިތްހަމަނުޖެހޭ ވަރު. ބޮސް އަކީ އެންމެންގެވެސް ވީކް ސައިޑް ބަލާފައި އެކަމަށް އެޓޭކް ކުރާމީހެއް. އަހަރެންނަށް އެނގޭ ކުރިން ޝާމްއަށް ޖެހޭނީ އެކަންތަށްކަން” މާޒިންގެ އަޑުގައި އެކުލެވިގެންވަނީ ހިތާމައެވެ. އަހަރެން މާޒިންއާއި ދިމާލަށް ބަލާލީމެވެ. މާޒިން އެހާދެރަވާންވީ ކީއްވެ ކަމެއް އަހަރެންނަކަށް ނޭގުނެވެ. ހަމަގައިމުވެސް ކުރި ހުރިހާ ކަމެއް ކުރީ އަހަރެންތާއެވެ. އޭނަ ސޮރީއޭ ބުނަން ޖެހޭކަމެއް އަހަރެންނަކަށް އެގިފައެއް ނެތެވެ. “އައި އޭމް ސޮރީ ޓޫ… އެކަމަކު އޭނަ އަހަރެންގެ އާއިލާއާއި ދިމާކޮއްފިނަމަ އޭނަގެ ދުވަސް ދުއްވާލާނަން. އެއީ އޭނަކަމުގައި ވިޔަސް އަދި މާޒިން ކަމުގައި ވިޔަސް. އެމީހެއް ހޭއަރުވާލާނަން” އަހަރެން ބުނެލީމެވެ. މާޒިން އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަހަރެން ދިނީ އިންޒާރެކެވެ. މާޒިންއަށް އެގޮތަށް ވިސްނެއްޖެނަމަ ކިތައްމެހާވެސް ރަނގަޅޭ އަހަރެންގެ ހިތަށް އެރިއެވެ. އަހަރެން ދަބަހުން ދެގުޅަ ބޭސްނަގައިގެން ވަގުތުން ކާލާއިފީމެވެ. އަދި އެނދަށް އަރާ އޮށޯވެއްޖައީމެވެ. އަހަރެންގެ ހުރިހާ މަންޒަރެއްބަލަން މާޒިން ހުއްޓެވެ. އަހަރެން އޮށޯތުމުން އިރުކޮޅަކު މަޑުކުރުމަށްފަހު މާޒިން ނިކުތީ ބޭރަށެވެ. އަހަރެން ދެލޯ މަރާލީ އަވަހަށް ނިދުމުގެ ބޭނުމުގައެވެ.

އަހަރެންނަށް ހޭލެވުނީ އަހަރެންގެ ގައިގައި މީހަކު އަތްލާހެން ހީވެގެންނެވެ. ދެފަހަރަކަށް އެމީހެއްގެ އަތްފޮޅާލީ ނިދިހުރިވަރުން ލޯ ނުހުޅުވަންވެގެންނެވެ. ނަމަވެސް އެވަރުންވެސް އެކަމެއް ނުހުއްޓުމުން އަހަރެން ގަދަ ކަމުން ދެލޯ ހުޅުވާލީމެވެ. އެވަގުތު އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަހަރެންގެ ކައިރީގައި މިއޮތީ އެންމެ ޒުވާން ފުރައިގެ އަންހެއްކުއްޖެކެވެ. އެއްވެސް އެއްޗެއް ނުލާ އެކުއްޖާ އޮތް އިރުގައި އެކުއްޖާގެ ހަރަކާތުން އެކުއްޖާ އޮތީ މަސްތުގައިކަން އެގުނެވެ. އަހަރެންނަށް ބޯހިއްލާފައި ކޮޓަރިތެރެއަށް ބަލާލެވުނެވެ. މާޒިން އެނދުގައި ދެއަންހެން ކުދިން ތިބި އިރު ކޮޓަރީގައި މިއަދު ފުއާދުމެންގެއިން ފެނުނު ދެމީހުންނާއި އަދި އިތުރު ދެ އަންހެންކުދިން ތިއްބެވެ. އެންމެންވެސް ތިބީ ހަމައިން ނައްޓާފައެވެ. އަހަރެން މަޑުމަޑުން ތެދުވުމަށް މަސައްކަތް ކުރީމެވެ. ނަމަވެސް އޭރު އަހަރެން ކައިރީގައި އޮތް އަންހެންކުއްޖާގެ ފައިއޮތީ އަހަރެންގެ ގައިމަތީގައެވެ. އަދި އޭރުވެސް އެކުއްޖާގެ އަތުން އަހަރެންގެ ގައިގައި ފިރުމަމުން ދިޔައެވެ. އަހަރެންނަށް ދެލޯ މަރާލެވުނެވެ. އެކުއްޖާގެ ފައި ނަގާ ދުރައްޖައްސާލީމެވެ. އެވަގުތު އެކުއްޖާ އަހަރެންގެ ގައިމައްޗަށް ވެއްޓެގަތެވެ. އަހަރެން ލައިގެން އޮތީ ހަމައެކަނި ސޯޓެއް ކަމުން އެކުއްޖާގެ ފޭރަމެއް ނެތް ހަށިގަނޑު އަހަރެންގެ ގައިގައި ޖެހުމުން އަހަރެންނަށް ވެގެންދިޔަ ގޮތް ބުނެދޭކަންވެސް ނޭގުނެވެ. ކުޑަވަގުތު ކޮޅަކަށްވެސް އަހަރެންގެ ހިތް އެއުފަލަށް އެދެވުނެވެ. ނަމަވެސް އަހަރެން އަހަރެންގެ ހިތް ކޮންޓްރޯލް ކުރީމެވެ. އަދި އެކުއްޖާ ދުރަށް ޖައްސާލަމުން ތެދުވުމަށް އަނެއްކާވެސް މަސައްކަތް ކުރީމެވެ. “ކަމޯން ބޭބީ. ކަމް ކްލޯޒް” އެކުއްޖާގެ މަސްތީ އަޑުއިވިގެންދިޔައެވެ. އަދި އެކުއްޖާގެ ހޫނު ނޭވާތައް އަހަރެންގެ ހަށިގަނޑަށް އެޅެމުންދިޔައެވެ. އަހަރެންގެ މޫނާއި އެކުއްޖާގެ މޫނު ކައިރިކޮއްލަމުން އަހަރެންގެ ކޮލުގައި ބޮސްދިނެވެ. އަހަރެންނަށް ދެލޯމަރާލަމުން އެކުއްޖާ ވަރަށް ބާރަށް ކޮއްޕާލެވުނެވެ. އެވަގުތު އެކުއްޖާ އެނދުން ނުވެއްޓުނީ ކިރިޔާއެވެ. “އައި ވިލް ކަމް ޑިއަރ” އަހަރެން އެހެންބުނެލަމުން ތެދުވީމެވެ. ތެދުވުމުން ކޮޓަރީގެ ހާލަތު ފެނިގެންދިޔައެވެ. މުޅި ކޮޓަރިތެރޭގައި ވައިން ފުޅިތަކެވެ. ކޮޓަރިތެރޭގައި ތިބި އެއްވެސް އަންހެއްކުއްޖެގެ ގައިގައި ފޭރާމެއްނެތެވެ. އަދި އިތުރަށް ދެންތިބި މީހުންވެސް ތިބީ…. އަހަރެން އަވަހަށް ޓީޝާޓް ނަގާ ބޮލަށް މަހާލަމުން އެ ކޮޓަރިތެރެއިން ނިކުމެއްޖެއީމެވެ. ބޭރަށް ނިކުމެ ކޮޓަރީގެ ދޮރުގައި ލެގިލާފައި ދެތިން ނޭވާ ދޫކޮއްލީ އެނުލަފާ ކަންތަކުން ސަލާމަތްވީތީ ﷲއަށް ޝުކުރުކުރަމުންނެވެ.

ކޮޓަރިން ނިކުމެ އަހަރެން ހޮޓާތެރޭގައި މަޑުމަޑުން ހިގަންފެށީމެވެ. އަހަރެންނަށް ގަޑި ބަލާލެވުނީ ކޮޓަރިން ނިކުމެފައެވެ. އޭރު މެންދަމުން އަލިވެ ދެގަޑި ބައިވަނީއެވެ. އަހަރެން މަޑު ހިގުމެއްގައި ބޭރުގައި ހުރި ގޮޑިއެއްގައި ޖައްސާލީމެވެ. މިރޭ މިދިމާވިގޮތުން ނުވެސް ނިދޭނެތާއެވެ. އަހަރެންނަށް ބޮލުގައި ހިފަހައްޓާލެވުނެވެ. ބައެއް މީހުން ކުރާ ކަންތަކާއި ހުރެ އެހެންމީހުންނަށް އުދަގޫވާކަން އެމީހުންނަށް އެގޭނީ ކޮންއިރަކުންބާއޭ އަހަރެން ހިތަށް އެރިއެވެ. މުޅި ހޮޓާތެރެ ވަނީ ނިދާފައެވެ. ރިސެޕްޝަންގައި ތިބި ދެ ކުދިންފިޔަވާ އެބޮޑު ހޮޓަލުންވެސް އެހެންމީހަކު ފެންނާކަށް ނެތެވެ. އަހަރެން ކުރިމަތީގައި ހުރި މޭޒުމަތިން މެގަޒިންއެއް ނަގައިގެން ކިޔަން ފެށީމެވެ.

އަހަރެން އެހެން އިންނަތާ އެއްގަޑި އިރުފަހުން ރިސެޕްޝަންއިން ކުއްޖަކު އައިސް ކަމެއް ބޭނުންތޯ އަހާލިއެވެ. އަހަރެން ހިނިތުންވެލަމުން ކޮފީއެއް ގެނެސްދެވެންޏާ ކޮފީއެއް ބޭނުން ވާހަކަ ބުނީމެވެ. އެކުއްޖާ ހިނިތުންވެލަމުން އޯކޭ އޭ ބުނެފައި ދިޔައީއެވެ. އޭގެ ފަހުން އިރުކޮޅެއްނުވެ ހޫނު ކޮފީ ތައްޓެއް ލިބުނެވެ. ހެނދުނު ހައެއްވެސް ޖެހީ އަހަރެން އެތަނުގައި އިންދައެވެ. އޭރު އަހަރެންނަށް ހަތަރު ތަށީ ކަޅު ކޮފީބޮވިއްޖެއެވެ. ހައެއް ޖެހުމުން އެތަނުން ތެދުވެ ހޮޓަލުން ބޭރަށް ނިކުމެލީމެވެ. ވަކިތަނެއް ބެލުމެއް ނެތި ހިގައިގަތީމެވެ. ވަކި ދިމާލަކަށް ނޫނެކެވެ. ނަމަވެސް އަހަރެންގެ ސިކުނޑީގައިވާ ހާސްކަންތަކާއި ދުރަށެވެ.

އަހަރެން އެނބުރި ހޮޓަލްއަށް އައީ އަށެއްޖެހި ފަހުންނެވެ. އޭރު އަހަރެން ހުރީ ވަރަށް ވަރުބަލި ވެފައެވެ. ނިދާލަން ބޭނުންވެފައެވެ. ނަމަވެސް އޭރުވެސް ކޮޓަރީގެ ހާލަތު ނޭގޭތީ ކޮޓަރިއަށް ދާން ފަސްޖެހުނެވެ. ނަމަވެސް ދެންދާނެ އިތުރު ތަނެއް ނެތުމުން ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހީމެވެ. މަޑު ހިގުމެއްގައި ގޮސް ކޮޓަރީގެ ދޮރު ހުޅުވާލީމެވެ. އަދި ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އޭރު މާޒިން އޭނަގެ އެނދުމަތީގައި އިށީދެލައިގެން އިނެވެ. ނަސީބަކުން އިތުރު އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އަހަރެން ވަނުމުން މާޒިން އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “ކޮންތާކުންތި އައީ. ހާދަ ވަރަކަށް ގުޅައިފީމޭ” މާޒިން އަހަރެން ފެނުމުން އަހާލިއެވެ. “ލިބުން ސަޕްރައިޒްއެއް ގެ ބޮޑުކަމުން ގަތީ އަމަށަކު ބިރެއް ނޫން. އެހެންވެ އަވަހަށް ނިކުތީ” އަހަރެން ބުނެލީމެވެ. އެވަގުތު މާޒިން ހޭންފެށިއެވެ. “އެހެންތަ. އެއީ ޝާމްއަށްޓަކައި ބޭއްވި ކުޑަ ޕާޓީއެއް. ރޭގަ އަހަރެން ފަހުން ބޮސްކައިރިއަށް ދިޔައީ. ބޮސް ބުނީ ތިއީ މިހާރު ގްރޫޕް މެންބަރެއްކަމަށް… އެހެންވެ އެކަން ފާހަގަ ކޮއްލީ” މާޒިން ކިޔައިދިނެވެ. ފުއާދުގެ ވާހަކަ އަޑުއިވޭއިރަށް އަހަރެންގެ ރުޅިގަދަވިއެވެ. ނަމަވެސް މާޒިންއަށް އެކަމެއް އަހަރެން ނުދައްކަމެވެ. “ދެން އެހެންވީމަ ކޮންއިރަކުން ރާއްޖެ ދަނީ” އަހަރެން މިހާރު އެންމެ ބޭނުންވަނީ އެކޮޅަށް ދާށެވެ. “މިރޭ ފުލައިޓް.. ބޮސް ހުރިހާ ކަމެއް ހަމަޖެއްސީ… ބޮސް ބުނީ ޝާމްތިއީ ކެރޭ މީހެކޭ” މާޒިން ބުނެލިއެވެ. “އެހެންވިއްޔާ އަހަރެން ނިދާލާނަން. ރޭގަ ސަޕްރައިޒްއާއި ހުރެ ނުވެސް ނިދުނު” އެނދުމައްޗަށް ވެއްޓެގަންނަމުން އަހަރެން ބުނެލީމެވެ. މާޒިން ހިނިތުންވެލިއެވެ.

އަހަރެންނާއި މާޒިން މާލެ އަންނަން ފުރީ އެރޭގެ ރޭގަނޑުގެ ފްލައިޓުންނެވެ. ނަމަވެސް އަހަރެންނަށް އާދެވުނީ ހަމައެކަނީ މާލޭ އިންޓަނޭޝަނަލް އެއާޕޯޓްއާއި ހަމައަށެވެ. ބޯޑުން ފޭބިއިރު އެއާޕޯޓްއަށް ވަންނަ ދޮރުމަތީގައި ދެތިން ޕޮލިހުން މަޑުކޮއްލައިގެން ތިއްބެވެ.

ނުނިމޭ….

Share Article

Follow Me Written By

Fantasy

Level 310 Stories500 Comments100 Comments

Other Articles

Previous

ލޯބީގާ ވާތީފަނާ… (9ވަނަ ބައި)

Next

ހަޔާތަށް ދިރުން ގެނެސް ދިނީ ކަލާ (13)

Next
December 14, 2015

ހަޔާތަށް ދިރުން ގެނެސް ދިނީ ކަލާ (13)

Previews
December 14, 2015

ލޯބީގާ ވާތީފަނާ… (9ވަނަ ބައި)

10 Comments!

  1. Luvna says:
    December 14, 2015 at 9:19 am

    Anekka kyh vaan e ulheny as alwayss mi part hama habeyys.. Waiting for the next oart and thnk u very much ehaa avahah up kohdhiny ma.. Fanatsy u r the best :p .. Keep it up and bst of luck.

    1. Fantasy says:
      December 14, 2015 at 1:40 pm

      thnks v bodah luvna… 🙂

  2. Fantasy says:
    December 14, 2015 at 9:19 am

    މި ބައިވެސް ހުރިހާ ކުދިންނަށް ކަމުދާނެކަމަށް ހީކުރަން.. ހުރިހާ ކުދިންގެ ހިޔާލުތަކަށް މަރުޙަބާ 🙂

  3. vily says:
    December 14, 2015 at 10:19 am

    Woww…. vvvv nice…. waiting for next part… love to read thisss story

    1. Fantasy says:
      December 14, 2015 at 1:41 pm

      thnks vily 🙂

  4. mee says:
    December 14, 2015 at 12:25 pm

    story is amazing.. love this story.. 🙂 dhn vaane gothehgge inthizaarugai.. nd plus vaahaka mihaa avahah up kohdhinythy fantasy ah varah bodah thanx.. 😀 hope next part vex mihaa avahah up kohdheyne kamah.. so when are you gonna update the next part??

    1. Fantasy says:
      December 14, 2015 at 1:46 pm

      iraadha kureviyya maadhan up kohdheynan igey mee .. v bodah thnks thihaa lobi comment eh koh dhinyma 🙂

  5. nukko says:
    December 14, 2015 at 1:07 pm

    Omg kihinw ba dhn vaany?? Aee kn police man thakehbba????? 😮 ehn bai thakekey eh gothah mi part vs habeys…. 😀 😀 😀 v v v salhi…. can’t wait aneh part ah …. 😉 😉 😉 😉 😀

    1. Fantasy says:
      December 14, 2015 at 2:05 pm

      thnks nukko dear thihaa lobi coment eh kohleema 🙂

  6. މުހައްމާ says:
    December 14, 2015 at 9:14 pm

    ވަަރަށް ރީތި ވާހަކައެއް

Comments are closed.


All Right Reserved!