އަހަރެން ފޯނު ކަނޑާލުމަށްފަހު އެތަނުން ތެދުވެގެން ހިގައިގަތީމެވެ. އެވަގުތު ފާރިޝް އަހަރެން އިން ގޮޑިއާއި ދިމާލަށް އަންނަތަން ފެނުނެވެ. އަހަރެން ވަކި ހިސާބަށް ގޮސްފައި އެބުރި ބަލާލިއިރު ފާރިޝް ހުރީ އެގޮޑި ކައިރީގައި އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެންވެ. އަހަރެން ދިޔަގޮތަށް ގޮސްވަނީ އަހަރެންގެ ކޮޓަރިއަށެވެ. އަހަރެންގެ ހިތުގައި ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ވަނީ ފެތުރިފައެވެ. ނަމަވެސް އެއަށްވުރެއް ބޮޑަށް ސިކުނޑިއަށް އުދަގޫ ކުރަމުންދިޔައީ މަލިކާގެ ހަނދާންތަކެވެ. ދޮރު ތަޅުލުމަށްފަހު އެނދުގައި އަހަރެން އޮށޯވެލީމެވެ. ލޯމަރާލުމާއި އެކު ލޯމަތިން […]
ސައިކަލަށް އަރާ ސްޓާކް ކޮއްލީމެވެ. އަހަރެން ދިޔައީ އަމީނީމަގުން ކުޑަކުދިންގެ ޕާކްއާއި ދިމާލަށެވެ. ކޮޓަރިއަށް ދިއުމުގެ ކުރިން ސިކުނޑި ހަމަޖައްސާލުމަށެވެ. ނަމަވެސް އަހަރެން ދުއްވަމުން ދިޔަ ސައިކަލްގެ ބުރެކި އަހަރެންނަށް ކުއްލިއަކަށް ޖައްސާލެވުނެވެ. މަގުހުރަސް ކުރަމުންދިޔަ ކުއްޖާ ފެނުމުންނެވެ. އަންހެން ކުއްޖެކެވެ. އެއީ މިދުނިޔޭގައި ހުރި އަހަރެންނަށް އެންމެ ރީތި އަންހެން ކުއްޖާއެވެ. އޭނަގެ އަތުގައި ހިފައްހާޓައިގެން ކުޑަ ކުއްޖަކު ހުއްޓެވެ. އޭނަ އަހަރެންނާއި ދިމާލަށް ބަލާލުމާއި އެކު އެމޫނު މަތިން ފެނިގެންދިޔައީ ހިތްހަމަނުޖެހުމެވެ. އަހަރެންގެ ގަޔަށް […]
ކޮއްކޮގެ ލޮލުގައިވާ ކަރުނަ އަހަރެންނަށް ފެނުނެވެ. ކޮއްކޮ ބޭރަށް ބަލަހައްޓައިގެން ހުރުމުން މަންމަވެސް ބޭރަށް ބަލާލިއެވެ. ނަމަވެސް އޭގެ ކުރިން އަހަރެން ބޭރަށް ނިކުމެއްޖައީމެވެ. އަދި ބޮލުގައި އިން އަވި އައިނު އަޅައިގެން ސައިކަލަށް އަރާ ސްޓާޓް ކޮއްލީމެވެ. އަހަރެން ސައިކަލުގައި މަޑުކޮއްލީ މިހާރު އަހަރެން ދިރިއުޅޭ ކޮޓަރި ހުންނަ ގެސްޓް ހައުސް ކައިރިއަށެވެ. ސައިކަލު ޕާކް ކޮއްލުމަށްފަހު ދެތިންނޭވާ ބޭރުކޮއްލީމެވެ. އަދި އައިނު ރަނގަޅު ކޮއްލަމުން ސައިކަލުން ފައިބާ ސައިކަލު ތަޅުދަނޑި އަބުރަމުން ގެސްޓް ހައުސް […]
“ކާކު ގަބޫލު ކުރާނީ އޭނަ އެކަހަލަ ކަމެއް ކުރާނެކަމަށް” އަހަރެންގެ އެކުވެރިޔާ ވާހަކަ ދެއްކިއެވެ. އެހެންމީހެއް ކީކުރަންހެއްޔެވެ. އަހަރެންނަށްވެސް އޭނަ އެކަހަލަ ކަމެއް ކުރާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އަހަރެން އޭނަ ނުލާހިކު ރަނގަޅަށް ދަންނަމެވެ. އޭނައަކީ އަހަރެންގެ އެންމެ ކުޑައިރުގެ ރަހްމަތްތެރިއެކެވެ. އަހަރެންނާއި އޭނަ ދިމާވެފައިވަނީ ސްކޫލް ދައުރުގައެވެ. އޭރުވެސް އޭނައަކީ މަޑުމައިތިރި އަހްލާގު ރަނގަޅު ބަސްމަދު ކުއްޖެކެވެ. ދެން މިއަދު އޭނަ ކުއްލިއަކަށް އެކަހަލަ ބޮޑު ކަމެއް ކުރާންވީ ކީއްވެ ހެއްޔެވެ. “އޭރުވެސް އަހަރެންނަށް […]
ޖީޒާ ފަޑު ހިނިތުންވުމަކާއި އެކު އެފޮތް ހިފިއެވެ. އެވަގުތު އޮޕަރޭޝަމް ތިއޭޓަރގެ ދޮރު ހުޅުވާލުމަށްފަހު ޑޮކްޓަރ ނިކުންތަން ފެނުނެވެ. ޑޮކްޓަރގެ މޫނުމަތިން ފެންނަމުންދިޔައީ ވަރުބަލިކަމާއި އެކު ކަންބޮޑުވުމުގެ އަސަރެވެ. “ކިހިނެއްތަ މިހާރު ޖަނާން” އަރުޖުން ޑޮކްޓަރ ފެނުމާއި އެކު ސުވާލު ކޮށްލިއެވެ. “އޮޕަރޭޝަންގެ ތެރޭގައި ކުޑަކޮށް މައްސަލަތަކެއް ދިމާވި.. ހަށިގަނޑުން ވަރަށް ލޭ މަދުވެފައި ހުރުމުން ލޭވެސް އެޅިން.. އޮޕަރޭޝަން ތެރޭގައި ކޮންޕްލިކޭޝަންތަކެއް އައި ނަމަވެސް މިހާރު ރަނގަޅު.” ޑޮކްޓަރ ހިނިތުންވުމެއް ރައްދުކޮށްލަމުން ބުނެލިއެވެ. އެވަގުތު އެތަނުގައި […]
“ފަރީޤް މިހާރު ހުރިހާކަމެއް ނިމުނީ.. ކަލޭއަށް ދެވޭނެ އިތުރު އެއްވެސް ގޮތެއް ނެތް.. ރީޝާ ދޫކޮށްލާ..” ރީޝާ ގަދަހަދަމުން ދިޔައެވެ. އަހަރެން ފަރީޤްއާއި ކައިރިއަށް ފިޔަވަޅެއް އެޅިވަގުތު އޭނަ ފަހަތަށް ޖެހިލިއެވެ. “އައި އޭމް ސޮރީ” ރީޝާގެ އަޑު ގުގުމައިގެން ދިޔައެވެ. އެވަގުތު ކުއްލިއަކަށް ވަޅި ނެގި ތަނެއް ނޭނގި ފަރީޤްގެ ބަނޑަށް ވަޅި ހަރާލިއެވެ. ކުއްލި ސިހުމާއި އެކު ފަރީޤް ރީޝަ އަހަރެންނާއި ދިމާލަށް ކޮށްޕާލަމުން ބަޑި ގޮއްވާލިއެވެ. ************ އަހަރެންނަށް ސިހިފައި ފަހަތަށް ޖެހިލެވުނީ […]
“އަހަރުމެންނަށް އެގިއްޖެ ޖަނާން ހުރި ތަނެއް” ވަހީދު އެތެރެއަށް ވަންނަމުން ނިހާންއާއި ދިމާލަށް ބުނެލިއެވެ. އުފަލާއި އެކު ނިހާން ތެދުވިއެވެ. “އޭނަ ދުނިޔޭގަ އެބަ ހުރި.. އެކަމަކު އެހާ ރަނގަޅު ހާލަތެއް ގައެއް ނޫން.. އަހަރެން ބޭނުން ތި ގްރޫޕްގެ އެންމެންނާއި ވާހަކަ ދައްކަން..” ވަހީދުގެ އަޑުގައިވަނީ ހާސްކަމެވެ. ނިހާން އަވަސް ކަމާއި އެކު ފޯނު ނަގާ ފައިސަލް އަށް ގުޅާލިއެވެ. ފައިސަލް ފޯނު ނެގުމުން ޖަނާންގެ ހަބަރު ދިނެވެ. އަދި ވަހީދު ބައްދަލު ކޮށްލަން ބޭނުންވާ […]
ދެމީހަކު އެކަކު ދަމާފައި އެތަނަށް ވެއްދިއެވެ. އަދި އެތަނުގެ މެދައް ވައްޓާލުމަށްފަހު އެދެމީހުން ނިކުމެގެން ދިޔައީ އަހަރެން ދޮރުގެ ފަހަތުގައި ހުއްޓައެވެ. އެމީހުން އަހަރެން ކޮބާތޯ ބަލާވެސް ނުލައެވެ. އެމީހާ އޮތީ ހުއްޑުން ކަމުން އެމީހުން ދޮރު ޖެހުމުގެ ކުރިން އަހަރެންނަށް އެމީހާގެ މޫނު ފެނިގެން ދިޔައެވެ. “ހިލްމީ..” އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަދި މަޑުމަޑުން އަހަރެންނަށް ހިލްމީގެ ނަން ކިޔާލެވުނެވެ. “ހިލްމީ” ދެވަނަ ސިކުންތުގައި އަހަރެންގެ އަޑު އެތަނުގައި ގުގުމައިގެން ދިޔައެވެ. އަވަސްކަމާއި އެކު […]
“އަހަރެންނަށް ކަލޭމެން ދިން ހޮސްޕިޓަލްޓީއަށް ވަރަށް ބޮޑަށް ޝިުކުރިއްޔާ.. ދިއުމުގެ ކުރިން އެއްޗެއް އަހާލަން ބޭނުންވޭ.. ކަލޭމެން އެއްވެސް މީހަކަށް ހިލްމީގެ ހާލަތެއް އެނގޭތަ” ނާޝިދު ނުލަފާ ފާޑަކަށް ހީގަންނަމުން ސުވާލު ކޮށްލިއެވެ. ފައިސަލްއާއި ނިހާންއަށް އެކަކު އަނެކަކާއި ދިމާލަށް އެވަގުތު ބަލާލެވުނެވެ. ************ “ހިލްމީގެ ހަބަރެއްވޭތޯ ބަލާބަލަ” ހާސްކަމާއި އެކު ނިހާންއާއި ދިމާލަށް ފައިސަލް ބަލާލީ ނާޝިދު އެތަނުން ނިކުމެގެން ދިޔައީމައެވެ. އަދި ބާރު ހިގުމެއްގައި އައިސް ޔާސިރު ހުރިތޯ ރޫމްއަށް ވަނެވެ. “ސަރ ހިގައްޖެ” […]