Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

އަނިޔާ.. 05 ވަނަ ބައި..

Fantasy Level 310 Stories500 Comments100 Comments
December 12, 2015 5 Mins Read
10 Comments

އަހަރުމެން އެއާޕޯޓަށް ދިޔައިރު މެންދުރު 12 ޖަހައިފިއެވެ. ޗެކިން ނިމުމާއި އެކު އަހަރުމެން އެތެރެއަށް ވަނުމާއި އެކު އަހަރެންނަށް ހުއްޓުން އެރިއެވެ.

އެތެރޭގައި ގޮޑިއެއްގައި އިން ފާރިޝް ފެނުމާއި އެކުގައެވެ. ފާރިޝް އަހަރެންނާއި ދިމާލަށް ބަލާލުމަށްފަހު އަނެއްފަރާތަށް މޫނު އަބުރާލިއެވެ. އަހަރެން މާޒިން ކައިރީގައި މަޑުކޮއްލުމަށް ބުނެފައި އަހަރެންދިޔައީ ފާހަނައަށެވެ. އަހަރެން ބޭނުންވީ ފާރިޝްއާއި އެކަނި ވާހަކަ ދައްކާލާށެވެ. އަހަރެން އެތެރެއަށް ވަދެ އިރުކޮޅެއް ނުވެ ފާރިޝް އެތެރެއަށް ވަދެއްޖެއެވެ. އަހަރެން މަޑުކޮއްލީ މޫނު ބަލާ ލޯގަނޑު ކުރިމަތީގައެވެ. އިސްކުރު ދޫކޮއްލީމެވެ. “ކީއްކުރަނީ މިތަނުގަ” ފާރިޝް އައިސް ކައިރީގައި ހުއްޓުމުން އަހަރެން އަހާލީމެވެ. “އަހަރެންވެސް މިދަނީ އިންޑިއާ އަށް ޖައްސާލަންކަމަށް” ފާރިޝް ވެސް އައިސް ލޯގަނޑު ކުރިމަތީގައި ހުއްޓިލަމުން އަތްދޮންނަން ފެށިއެވެ. “ކިހިނެއް އެގުނީ އަހަރުމެން ދަނީ އިންޑިއާއަށް ކަމެއް” އަހަރެން އަހާލީމެވެ. “އައި ކޭން އެކްސެސް އެނީވެއަރ. ޑޫ ޔޫ ފޮރގެޓް” ފާރިޝް ބުނެލިއެވެ. “އަހަރެންނަށް ފާރަލަންވެގެން ދޯ. އަހަރެން ބުނީމެންނުން އަހަރެންގެ ޕްލޭންއަށޭ އަހަރެން ދެން ކަންތަށް ކުރާނީ” އަހަރެން ރުޅި އައީ ފާރިޝްވެސް އަހަރެންނަށް އިތުބާރު ނުކުރާތީއެވެ. “ސާބަސް މަނިކުފާނު. މަނިކުފާނަށް އިތުބާރު ނުކުރާތީއެއް ނޫން އަހަރެން މިދަނީ. އަހަރެންނަށް ވެސް އަދި ބޮސްއަށްވެސް އަދި ހަމައެގޮތަށް މަސާހިބާއަށްވެސް އެގޭނެ ތިމޫޑުގަ ހުރެގެން ތިބުނާ އަމިއްލަ ޕްލޭން ވޯކްކުރަނީ ކިހާވަރަކަށްކަން.” ފާރިޝްއަށް އަހަރެންގެ ހިތުގެ އަޑުއިވުނު ކަހަލައެވެ. އަހަރެން ފާރިޝްއާއި ދިމާލަށް ބަލާލީމެވެ. “އަހަރެންގެ ޕްލޭން. ނޯ އިންޓަފެއަރިން. ވެއިޓް ފޮ މައި ސައިން” އަމުރުވެރި ރާގަކަށް އަހަރެން އެހެން ބުނެލަމުން އެތަނުން ނިކުތީމެވެ. އަހަރެން ލަސްވެގެން މާޒިން އޭރު ފާހަނައާއި ދިމާލަށް އަންނަނީއެވެ. އޭނައަށް ނުވަދެވެނީސް އަވަހަށް އެތަނުން ނިކުމެވުނު ކަމަށްޓަކައި ޝުކުރުކުރީމެވެ. އަހަރެން ނިކުތުމާއި އެކު ބޯޓަށް އެރުމަށް މާޒިންއާއި އެކު ހިގައިގަތީމެވެ.

އިންޑިއާއަށް ބޯޓު ޖެއްސުމާއި އެކު އަހަރެން މާޒިންގެ ފަހަތުން ބޯޓުން ފޭބީމެވެ. އެއާޕޯޓުން ނިކުންގޮތަށް މާޒިން ކޮންމެވެސް މީހަކަށް ގުޅިއެވެ. އަހަރެން ހުރީ ތަންކޮޅެއް ދުރުގައި ކަމުން މާޒިން ދެއްކި ވާހަކައެއް އަޑެއް ނީވުނެވެ. ބޭރަށް ނިކުމެފައި އަހަރެން ފާރިޝް ކޮބައިތޯ ބަލާލީމެވެ. އޭރު ފާރިޝް ހުރީ ދަބަސްތަށް ނަގަން ގޮހެވެ. އަހަރެން މާޒިން ކައިރިއަށް އައިސް ހުއްޓުމުން މާޒިން ވާހަކަ ދެއްކިއެވެ. “އަހަރުމެން ބަލާ އަންނަން ގުޅައިފިން” އަހަރެން މާޒިންއާއި ދިމާލަށް ބަލާލީމެވެ. “ބިރުންތަ ތިހުރީ” މާޒިން އަހާލިއެވެ. އަހަރެން ހިނިތުންވެލީމެވެ. “އަހަރެން ނަސޭހަތެއް ދެންތަ. ބޮސްއަކީ ރަނގަޅު މީހަކަށް ވަރަށް ރަނގަޅު މީހެއް. އެކަމަކު ގޯސް މީހަކަށް… އޭނަ ކޮންމެ ކަމެއް ކުރަން ބުންޏަސް ކުރާތި. ނޫނީ ސަލާމަތެއް ނުވާނެ” މާޒިންދިނީ ނަސޭހަތެއް ކަމަކު އަހަރެންނަށް އެބަސްތަށް އިވިގެން ދިޔައީ އިންޒާރެއްގެ ގޮތުގައެވެ. “އެނގެއެއްނުން އަހަރެންގެ ގޮތްވެސް ދޯ. އަހަރެންނަކީ ކުރާކަމެއް ރަނގަޅަށް ވިސްނާފަ ކުރާމީހެއް. އަހަރެން ކުރަން ބޭނުން ނުވާކަމެއް އެއްވެސް މީހަކު ބުންޏަސް ނުކުރާނަން” އަހަރެން ހިތުގައި އުފެދެމުންދިޔަ ބިރު އެތެރެ ކޮއްލަމުން މާޒިންއަށް އަހަރެން ރައްދު ދިނީމެވެ. މާޒިން އަހަރެންނާއި ދިމާލަށް ބަލާލަމުން ހީލިއެވެ. ތިޔެއް އެގިދާނެއޭ ބުނާކަހަލަ ގޮތަކަށެވެ.

އަހަރުމެން އެތަނުގައި ތިބިތާ 15މިނެޓް ފަހުން އަހަރުމެން ކުރިމައްޗަށް އައިސް މަޑުކޮއްލީ ވޭނެކެވެ. މާޒިން އަހަރެންނަށް އިޝާރާތް ކޮއްލުމަށްފަހު ވޭނަށް އެރިއެވެ. އަހަރެންވެސް ހަމަޖެހިލައިގެން އަރާ އިށީދެލީމެވެ. އެވޭނުގައި ދުއްވަން އިންމީހާގެ އިތުރުން އެހެން މީހަކު އިނެވެ. އެއީވެސް ދެދިވެހިންނެވެ. މާޒިން ފެނުމާއި އެކު ވާހަކަ ދައްކަން ފެށިއެވެ. އަހަރެން މަޑުމަޑުން ދެލޯމަރާލައިގެން އިނީއެވެ. އެމީހުން ދައްކަމުންދިޔަ އެއްވެސް ވާހަކައެއްގައި އަހަރެން ބައިވެރިއެއް ނުވަމުއެވެ. ދެލޯމަރާލައިގެން އަހަރެން ނިދާލެވޭތޯ އުޅުނީމެވެ. ތިރީސް ވަރަކަށް މިނެޓް ދުއްވުމަށްފަހުގައި އަހަރުމެން ތިބެން ހަމަޖެހިފައިވާ ހޮޓެލްއަށް ދެވުނެވެ. އެމީހުންނާއި ކުޑަކޮށް ވާހަކަ ދައްކާލުމަށްފަހު މާޒިންއާއި އަހަރެން އެހޮޓެލް ތެރެއަށް ވަނީމެވެ. މާޒިން ދިޔަގޮތަށް ރިސެޕްޝަންގައި ކޮޓަރީގެ ވާހަކަ ބުންޏެވެ. އެމީހުންނާއި ވާހަކަ ދެއްކީ މާޒިންނެވެ. ކޮޓަރި ހަމަޖެއްސީވެސް މާޒިންނެވެ. އަހަރެން ހުރީ މާޒިންގެ ފަހަތުގައެވެ. އެއްވެސް ވާހަކައެއް ނުދައްކަމެވެ. ކުޑަކުއްޖަކު އޭނަގެ ބައްޕަގެ ފަހަތުގައި ބަސްއަހައިގެން ހުންނަ ގޮތަށެވެ.

އަހަރުމެންނަށް ލިބުނީ ރޫމް ނަންބަރ ސާދައެވެ. ދެމީހުން ކޮޓަރިއަށް ވަންގޮތަށް އަހަރެން އެނދުގައި ޖައްސާލީމެވެ. ވެފައިހުރި ވަރުބަލީގެ ސަބަބުންނެވެ. މާޒިން އިރުކޮޅަކު މަޑުކޮއްލުމަށްފަހު ބޭރަށް ނިކުތެވެ. އަހަރެންނަށް ވަގުތު ލިބުނީ އެވަގުތުއެވެ. އަހަރެންގެ މަސައްކަތް ކުރުމަށެވެ.އަހަރެން އެނދުން ތެދުވެ ދަބަސް ތެރޭގައި ހުރި ހުރިހާ އެއްޗެއް ނެގުމަށްފަހު އަވަހަށް އަހަރެންގެ ހުރިހާ އެއްޗެއް ރެޑީކޮއްލީމެވެ. އެމަސައްކަތް ކުރަމުންދިޔައިރު މިޒަމާނުގެ ޓެކްނޮލޮޖީ ކުރިއަރާފައިވާ ގޮތާއި މެދު އަހަރެންނަށް ވިސްނެމުން ދިޔައެވެ. އަދި އިތުރަށް މާޒިން އާދޭތޯ އަހަރެންނަށް ބެލެމުންދިޔައެވެ. އަހަރެންގެ މަސައްކަތް ނިންމުމަށްފަހު އަހަރެން އެނދުގައި އަނެއްކާވެސް ޖައްސާލީމެވެ.

އެވަގުތު މާޒިން އައިސް ދޮރުގައި ހިފާލިއެވެ. އަހަރެންގެ މަސައްކަތް ކުރަންވެގެން ދޮރު ތަޅުލާފައި ހުރިކަން އަހަރެން ހަދާންވީ ދެނެވެ. އަވަހަށް ގޮސް ދޮރު ހުޅުވައިފީމެވެ. މާޒިން އަހަރެންނާއި ދިމާލަށް ޝައްކުގެ ނަޒަރަކުން ބަލާލިއެވެ. އަހަރެން އަޅާވެސް ނުލާގޮސް އަނެއްކާވެސް އެނދުމައްޗަށް ވެއްޓެގަތީމެވެ. “މާ ބޮޑަށް ވަރުބަލީތަ” އަހަރެން ވެއްޓެގަތް ގޮތުން މާޒިން އަހާލިއެވެ. އަހަރެން މާޒިންއާއި ދިމާލަށް ބަލާލަމުން ހިނިތުންވެލީމެވެ. “އަހަރުމެން ބޮސްއާއި ބައްދަލުވަން ދާންޖެހޭނީ މިރޭ އަށެއް ޖަހާއިރަށް. ރެޑީތަ” މާޒިން އައިސް އޭނަގެ އެނދުމަތީގައި އިށީދެލިއެވެ. ކޮޓަރިއަކީ ސިންގަލް ދެއެނދު ހުރި ކޮޓަރިއެކެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ އަތުގައި އޮތް ގަޑިއަށް ބަލާލީމެވެ. އަދި ބާކީ ހަތަރުގަޑިއިރު އިބައޮތެވެ. އެހެންކަމުން އަހަރެން ދެލޯ މަރާލީމެވެ. “ޝާމް އާ ޔޫ އޯކޭ” މާޒިން އަހަރެން އެއްވެސް އެއްޗެއް ނުބުނުމުން އަހާލިއެވެ. “އަހަރެން ބޮލުގަ އިބަ ރިއްސާ. އެހެންވެ ނިދާލަން ބޭނުންވަނީ” އަހަރެން ބުނެލީމެވެ. މާޒިން އިތުރަށް އަހަރެންނާއި ސުވާލެއް ނުކުރެއެވެ. އަހަރެންވެސް ދެލޯމަރާއިލައިގެން ރަނގަޅަށް ހަމަޖެހިލީމެވެ.

އަހަރެންނަށް ހޭލެވުނީ މާޒިން އަހަރެންގެ އަތުގައި ހިފާފައި ދަމައިގަތީމައެވެ. އަހަރެން ރުޅި ވެރިކަމާއި އެކު މާޒިންއާއި ދިމާލަށް ބަލާލީމެވެ. “ރުޅި އަރަންވީއެއް ނޫނޭ. މިހާރު ކިހާއިރެއް ގޮވާތާ. ތެދުވޭ. ގަޑިއަށް ދާންޖެހޭނެ. ބޮސްއަކީ ވަރަށް ގަޑިއަށް ފަރުވާ ބަހައްޓާމީހެއް” މާޒިން ވާހަކަ ދެއްކިއެވެ. އެވަގުތު އަހަރެންގެ މަސައްކަތްތަށް މަތިން އަހަރެން ހަނދާންވިއެވެ. އަވަހަށް ދެތުވެ އަހަރެން ރެޑީވީމެވެ. އަހަރެން ނިކުންއިރުގައި މާޒިން ހުރީ އަހަރެން ލަސްވެގެންނެވެ. “މިރޭގެ ކަންތަކާއި މިޖެހުނީ” މާޒިން އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. އޭރު މާޒިންގެ މޫނު މަތިންވެސް ފާޅުވަމުން ދިޔައީ ހާސްކަމެވެ. އަހަރުމެން ނިކުންއިރުގައި އެއާޕޯޓަށް އަހަރުމެން ބަލާ ދިޔަ ވޭން ދޮރުމަތީގައި އޮތެވެ. އަހަރެންމެން އެރުމާއި އެކު ވޭން ނައްޓާލިއެވެ. “ހާދަ ލަހެއްވީ. މާއްޓެއަށް އެގޭނެ ބޮސް ހިތްހަމަނުޖެހޭނެކަން” ޑްރައިވަރަށް އިން ކުއްޖާ ވާހަކަ ދެއްކިއެވެ. މާޒިން އެއްވެސް އެއްޗެއް ނުބުނެ ބަލާލީ އަހަރެންނާއި ދިމާލަށެވެ.

ވޭން ގޮސް މަޑުކޮއްލީ ވަރަށް ރީއްޗަށް ހަދާފައިވާ ގެއެއްކައިރިއަށެވެ. އަހަރެން މަޑުމަޑުން ފޭބީމެވެ. ދޮރު މައްޗަށް ވާގޮތަށް ދެފަރާތުން ހައްދާފައިވާ ވެޔޮގަނޑުގެ ސަބަބުން ދޮރު މައްޗަށް ވަނީ އަނދިރިވެފައެވެ. ވެޔޮގަނޑުގެ ފަހަތުގައި ދެފަރާތުންވެސް ހައްދާފައިވަނީ އެކިކަހަލަ މާގަސްތަކެވެ. އެހެންކަމުން ގޯތިތެރެއަށް ފެތުރިފައިވާ އަނދިރިގަނޑު ފެންނަމުންދިޔައީ ނާމާން ކޮށެވެ. ގެއަކީ ރީތި ގެއެކެވެ. ވޭނުން ފޭބިގޮތަށް މާޒިން އަވަސްވެގަތީ އެތެރެއަށް ދާށެވެ. އަހަރެންވެސް މާޒިންގެ ފަހަތުން އަވަހަށް ހިގައިގަތީމެވެ. ގޭތެރެއަށް ވަންނަ ދޮރުމަތީގައި ދެމީހުން ހުއްޓިލައިގެން ތިއްބެވެ. އެމީހުން މާޒިންއާއި ދިމާލަށް ލޮލުން ހަރަކާތެއް ކޮއްލިތަށް އަހަރެންނަށް ފެނިގެންދިޔައެވެ. އަހަރެން ހިނިތުންވެލަމުން އެތެރެއަށް ވަނީމެވެ. ފެނިގެންދިޔައީ ބޮޑު ސިޓިން ރޫމްއެކެވެ. ސޯފާ ސެޓެއް ބަހައްޓާފައި ހުރި އިރު މީހަކު ސޯފާއެއްގައި އިށީދެލައިގެން ކުރިމަތީގައި ހުރި ކުޑަ ބިއްލޫރި މޭޒު މައްޗަށް ފައިލައިގެން އިނެވެ. އެމީހަކު އިންގޮތުން އަހަރުމެންނަށް މޫނު ފެންނަ ގޮތެއް ނުވިއެވެ. އަހަރެންގެ ހިތް އެހާ ހިސާބަށް ދެވެންދެން މައިތިރިވެގެން އޮވެފައި ސިޓިންރޫމްއަށް ވަދުން ހިސާބުންފެށިގެން ބުނަން ނޭގޭހާ ބާރަށް ތެޅެން ފެށިއެވެ. އަހަރެން ހަމަޖެހުއްޓަކައި ދެތިން ނޭވާއެއް ބޭރުކޮއްލީމެވެ.

“އަހަރެން އަންނަ ބުނީ އަށެއްޖަހާ ދިހަމިނެޓް ފަހުންތަ” އިވިގެންދިޔައީ ބަރު އަޑެކެވެ. “ސޮރީ ބޮސް ވީ ގޮތަކީ” “އަހަރެންނަށް އިގޭ މާޒިންއަކީ ގަޑިއަށް ފަރުވާ ބަހައްޓާ މީހެއްކަން. އެކަމަކު އަހަރެންމެންގެ ގްރޫޕަށް އަލަށް ވަންދަން ތިއުޅޭ މީހާގެ…” މާޒިންގެ ވާހަކަ މެދު ކަނޑާލަމުން އެމީހަކު ވާހަކަ ދެއްކިއެވެ. އަދި މަޑުމަޑުން އެތަނުން ތެދުވެ އަހަރުމެންނާއި ކުރިމަތިލިއެވެ. އަހަރެންނަށް ލިބިގެން ދިޔައީ ހައިރާންކަމެވެ. ސިހިގެންގޮސް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ވާނޭވެސް އެހެންތާއެވެ. އެމީހަކީ މިހާރު ރާއްޖޭގައި އެންމެ މުއްސަދި މީހުންގެ ތެރޭގައި ނަން ކިޔާލެވޭ ވަރުގެ މީހެކެވެ. ތިންހަތަރު ރިސޯޓެއްގެ ވެރިއެކެވެ. އެކަހަލަ މީހަކު މިކަހަލަ ނުބައި ކަމެއްގައި އުޅެފާނެބާއެވެ. އާއެކެވެ. އެމީހަކީ މުހައްމަދު ފުއާދުއެވެ. އަހަރެންނަށް އަތް މުއްކަވާލެވުނެވެ. މިކަހަލަ މުއްސަދިންނާއި ހެދި އަހަރުމެންގެ ދިވެހިރާއްޖޭގެ އަގު ވެއްޓޭތީއެވެ. އަހަރެންގެ މޭމަތީގައި އަތްޖައްސާލީމެވެ.

“އެކަމަކު އަހަރުމެންގެ ގްރޫޕަށް އަލަށް ވަންނަ އުޅޭ މީހާއަށް ގަޑީގެ މުހިއްމު ކަމެއް ނޭނގޭ” އަހަރެންގެ މޫނަށް ބަލާލަމުން ފުއާދު ވާހަކަދެއްކިއެވެ. “ބޮސް” މާޒިންގެ ވާހަކަ މެދުކަނޑާލީ ފުއާދު އަތްއުފުލާލުމުންނެވެ. އޭރުވެސް ފުއާދު އަހަރެންނާއި ދިމާލަށް ބަލަމުންދިޔައީ ބާޒެއް އޭތީގެ ޝިކާރައަށް ބަލަމުންދާ ގޮތަށެވެ. “މީދޯ މާޒިން އެމީހަކަށް ތައުރީފް ކުރާ ޝާމްއަކީ” ފުއާދު ބުނެލިއެވެ. އަހަރެން މާޒިންއާއި ދިމާލަށް ބަލާލީމެވެ. “އާ މާޒިންއަކީ މާގިނަ މީހުންނަށް ތައުރީފް ކުރާ މީހެއްނޫން. އެކަމަކު ޝާމްއަށް އޭނަ ވަރަށް ތައުރީފް ކުރޭ” އަހަރެން ބަލާލުމުގެ މާނަ ފުއާދުއަށް އެގުންކަހަލައެވެ. އަހަރެން ހިނިތުންވެލީމެވެ. “މާޒިން ބުނާގޮތުން ޝާމްއަކީ ކޮންމެ ކަހަލަ ކަމެއްވެސް ކުރާ މީހެއް. އެންމެ ކަމެއް ފިޔަވާ” އަހަރެން ބޯޖަހާލީމެވެ. އެވަގުތު ފުއާދު އެތަނުގައި ހުރި މީހަކާއި ދިމާލަށް ބަލާލުމުން އެމީހަކު އޭނައަތަށް ފައިލްއެއް ދިނެވެ.

އެފައިލް ހިފައިގެން ފުއާދު ސޯފާގައި އަނެއްކާވެސް އިށީނެވެ. “ހޫމް ރަނގަޅު ރެކޯޑްއެއްވެސް އިބައޮތް” ފައިލްގެ ތެރެ ބަލާލަމުން ފުއާދު ބުނެލިއެވެ. “ޕޮލިހުގައި ހެދި ހުރިހާ ކޯހަކުން އެއްވަނަ. ފޮލިހުން ކަނޑާލީވެސް މީހެއްގެ ގައިގައި ޖަހައިގެން. އަދި އެވެސް ޕޮލިހެއްގެ ގައިގައި. ޑީއުޓީ ގަޑީގައި. އިމްޕްރެސިވް” އެހެންބުނެލަމުން ފުއާދު ބޯޖަހާލަމުން އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އެމީހުންނަށް އެހުރިހާ އެއްވެސް ލިބުނު ގޮތަކާއި މެދުގައި އަހަރެންގެ ހިތުގައި ސުވާލު އުފެދުނެވެ. “އަހަރެންނާއި ބެހޭގޮތުން ބައިވެރި އެއްޗެހި އެގޭކަން މަށަށް އެނގޭ. އެކަމަކު ކަލެއާއި ބެހޭގޮތުން އެއްވެސް އެއްޗެއް މަށަކަށް ނޭނގޭ” އަހަރެން އެގޮތަށް ވާހަކަ ދެއްކުމުން އެންމެން އަހަރެންނާއި ދިމާލަށް ބަލާލިއެވެ. މާޒިންވެސް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އޭނަގެ މޫނުމަތިންވެސް ހައިރާންކަން ފާޅުވަން ހުއްޓެވެ. މާޒިން ކީއްކުރަންހެއްޔެވެ. ފުއާދުގެ މޫނު މަތިންވެސް ފާޅުވަމުންދިޔައީ ހައިރާން ކަމެވެ. ” ހޫމް މާޒިން ބުނީ ރަނގަޅަށް.. ޝާމްތީ އެއްވެސް ކަމަކާ ޖެހިލުންވާ މީހެއްނޫންދޯ. މީގެ ކުރިން ދުވަހަކުވެސް ތިރާގުގައި އަހަރެންނާއި މީހަކު ތިހެން ވާހަކައެއް ނުދައްކާ” އެހެންބުނެލަމުން ފުއާދު ތެދުވެ އަހަރެންނާއި ދިމާލަށް އަތްދިއްކޮށްލިއެވެ. “އަހަރެންނަކީ މީގެ ފަހުން ޝާމްގެ ބޮސް” ސަލާމްއަށް އަތްދިއްކޮށްލުމުން އަހަރެން އެއަތުގައި ހިފާލީމެވެ. “އަހަރެން ކަލެއާއި ސަލާމް މިކުރީ ތީ އަހަރެންގެ ބޮސްކަމަށް އަހަރެން އެއްބަސް ވާތީއެއް ނޫން. އެކަމަކު މީހަކު ސަލާމްއަށް އަތްދިއްކޮށްފިނަމަ އަހަރެން މީ އެކަން މަނާ ކުރާމީހެއް ނޫން. އަހަރެންގެ ބޮސްއަކީ އަހަރެން. އިތުރު މީހެއް ނުހުއްނާނެ” ސީދާ ފުއާދުގެ ލޮލަށް ބަލާލަމުން އަހަރެން ވާހަކަ ދެއްކީމެވެ.

“ރައްދު ޖަވާބު… ވަރަށް ސިކުނޑިވެސް ތަނަވަސް… މާޒިން ބުނި ކުއަލިޓީތަށް އިބަހުރި” ފުއާދު އަނެއްކާވެސް އިށީދެލިއެވެ. “މާޒިން ބުނެފަ ކަންނޭގެ އޮންނާނީ އަހަރެން ބުނާ ކަމެއް ކުރީމައޭ އަހަރުމެންގެ ގްރޫޕްއަށް ވަދެވޭނީ” ފުއާދު އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަހަރެން އާއެކޭ ބުނުމުގެ ގޮތުން ބޯޖަހަލީމެވެ. “މިހާ ހިސާބަށް އާދެވޭނީ ވަރަށް މަދު މީހަކަށް. އަދި އާދެވޭ މީހަކަށް އަނބުރާ ދިއުމުގެ ބާރެއް ނުއޮންނާނެ. އަހަރެން ބުނާ ކަމެއް ކުރަންޖެހޭނެ. ނޫނީ…” އޭނަގެ އިނގިލިން ކަރުގެ އެއްފަރާތުން އަނެއްފަރާތަށް ދަމާލަމުން އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަހަރެންގެ ހިތް ބާރަށް ތެޅެމުންދިޔައެވެ. ނަމަވެސް އަހަރެން މަސައްކަތްކުރީ އެކަން އެއްވެސް މީހަކަށް ނައަންގާވޭތޯއެވެ. “އަހަރެން ކުރާނީ އަހަރެންގެ އަމިއްލަ ނަފްސު އެކަމެއް ކުރަން އެދޭ ކަންތަށް… ނޭދޭ ކަމެއް ކުރުވާކަން އެއްވެސް މީހަކަށް އަމުރެއް ނުކުރެވޭ” އަހަރެން ރައްދު ދިނީމެވެ. އެވަގުތު ފުއާދުގެ މޫނު މަތީގައި ކުޅެލީ ނުލަފާ ހިނިތުންވުމެކެވެ. “ތިބުނީ ވަރަށް ބޮޑު އެއްޗެއް އިނގޭ”ފުއާދު ބުނެލިއެވެ. އަދި އެތަނުގައި ހުރި މީހަކަށް ލޮލުން އިޝާރާތެއް ކޮއްލިއެވެ. އެވަގުތު އެމީހާ އެތެރޭގައި ހުރި ކޮޓަރިއަކަށް ދިޔައެވެ. ދިޔަތާ މާގިނަ އިރެއްނުވެ އެކޮޓަރިން ދަމާފައި ނެރުނީ ބަނދެފައި އިން މީހެކެވެ. އޭނަގެ ލޯމަތީގައި ވަނީ ފޮތިގަނޑަކުން ބަދެފައެވެ. އަނގަމަތީގައި ޓޭޕްގަނޑެއް އަޅާފައެވެ. އަތްވަނީ ފުރަގަހަށް ވާގޮތަށް ވާގަނޑަކުން އައްސާފައެވެ. އެމީހާގެ މޫނު މަތިން އެމީހާއަށް އަނިޔާ ކޮށްފައި ހުރިކަން ރަނގަޅަށް އެގެއެވެ. އެމީހާ ދަމާފައި ގެނެސް ފުއާދު ކުރިމަތީގައި ބޭންދިއެވެ.

 

ނުނިމޭ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Fantasy

Level 310 Stories500 Comments100 Comments

Other Articles

Previous

ތީ ފުރާނައިގެ ދިރުމޭ މަގޭ

Next

މިއީ ތަޤްދީރު ހޭ؟ (ހަތްވަނަ ބައި)

Next
December 12, 2015

މިއީ ތަޤްދީރު ހޭ؟ (ހަތްވަނަ ބައި)

Previews
December 11, 2015

ތީ ފުރާނައިގެ ދިރުމޭ މަގޭ

10 Comments!

  1. Fantasy says:
    December 12, 2015 at 12:45 am

    kihinetha hurhaa kudin.. mibaives kamudhaane kamah heekuran.. hurihaa kudinge comment thakah maruhabaa 🙂

  2. ThoO says:
    December 12, 2015 at 1:30 am

    Cool. Waiting for the next part

  3. ThoO says:
    December 12, 2015 at 1:31 am

    Avahah up kohllahche.? good work.

    1. Fantasy says:
      December 12, 2015 at 12:34 pm

      thnks v bodah thoo 🙂

  4. Luvna❤ says:
    December 12, 2015 at 9:51 am

    ??Anekka kaakubaa e ee??? Anyways story is really bootiphull..??. Waiting for the next part curious to know what’s next.?❤??

    1. Fantasy says:
      December 12, 2015 at 12:35 pm

      ohhh luvna 😛 luvna ge lobi comment fenunyma v happy vejje.. thnks v bodah 🙂

  5. nukko says:
    December 12, 2015 at 12:25 pm

    Varaaaaaaah rythi mi part vs.. alhey kaaku baa aeee???? Curious to know!!! N mi shaam aky hama guess kurigothah police eh… cant wait dhn vaane goii balan…. n I luv mikahala typ of vaahaka… thnks fantasy 🙂 🙂 🙂 🙂 ……

    1. Fantasy says:
      December 12, 2015 at 12:37 pm

      thnks nukko bodu koh… 🙂 v happy vejje mi vaahaka nukko ah ehaa kamudhaathee 🙂

  6. !!!!!!!!!!!!!!! says:
    December 17, 2015 at 10:50 am

    good work love your stories Fantasy v nice

  7. Faxoo says:
    December 21, 2015 at 6:53 pm

    its very intresting!

Comments are closed.

Next Episodeއަނިޔާ.. 06 ވަނަ ބައި…←


All Right Reserved!