
އަނިޔާ.. 07 ވަނަ ބައި…
އަހަރެން ފެނުމާއި އެކު އެންމެންގެ މޫނުމަތިންވެސް ފެނިގެންދިޔައީ ސުވާލު މާކްތަކެކެވެ. ސަބަބަކީ އަހަރެންގެ ހަމަޖެހިފައިވާ މޫނު އެމީހުންނަށް ފެނުމެވެ. އަހަރެން މަޑުޖެހުމެއްނެތި ފުއާދުގެ ކުރިމައްޗަށް ހުއްޓުނީމެވެ.
“އަހަރެން އޭނަ މަރާލީމަ އަހަރެންގެ އާއިލާއަށް ހިޔަނިވެސް އެޅިގެން ނުވާނެ… އެމީހުންނަށް ހިޔަނި އެޅިލިޔަސް އަހަރެންނަކީ ނުބައި މީހެއްކަން ދައްކާލާނަން” ފުއާދުއާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން އަހަރެން ބުނެލީމެވެ. އަދި އެމޭޒުމަތިން ފިސްތޯލަނަގައި އޭގައި ވަޒަން ހުރިތޯ ޗެކް ކޮއްލީމެވެ. އަދި ކަނޑި ނަގައިގެން އެމީހާއާއި ދިމާލަށް ބަލާލީމެވެ. އޭނަގެ ފުރަގަހުގައި ހުރީ ބަނދެފައި ހުރި މީހާއާއި އެއްވަރުގެ މީހަކެވެ. ހަމަ އެއިސްކޮޅެވެ. ހަމަ އެކަޅުކަމެވެ. އަހަރެން އޭނަ ކައިރީގައި އެމީހާ ގޮވައިގެން ކޮޓަރިއަށް ދިއުމަށް ބުނީމެވެ. އެވަގުތު ފުއާދު އެއީ ކީއްކުރަންތޯ އެހިއެވެ. “އަހަރެން ކުރަން މިއުޅޭ ކަމަކީ އަހަރެންނަށްވެސް ފެންނަން ބޭނުންވާ ކަމެއްނޫން.. އަހަރެން ބޭނުންވަނީ އަދިރި ތަނެއް. އޭނަ މަރުވެގެން ވެއްޓޭއިރު އޭނަގެ މޫނު ފެންނާކަށް އަހަރެން ބޭނުމެއް ނުވޭ… އަހަރެން ބޭނުންވާ ގޮތަށް މިކަންތަށް އަހަރެން ކުރާނީ… އެހެންނޫނީ މިކަމެއް އަހަރެން ލައްވައެއް ނުކުރެވޭނެ” އަހަރެން ބުނެލީމެވެ. ފުއާދުގެ ޖަވާބެއް ލިބެންދެން އަހަރެން މަޑެއް ނުކުރަމެވެ. އެމީހާ އަހަރެންނާއި ދިމާލަށް ބަލާލަމުން އެމީހާގެ އަތަށް ހިފާ ދަމަމުން ކަހަލަ ގޮތަކަށް އެތަނުގައި ހުރި ކޮޓަރިއަކަށް ވެއްދިއެވެ. އަހަރެންވެސް އެމީހުންގެ ފަހަތުން އެކޮޓަރިއަށް ވަދެ ދޮރުތަޅުލީމެވެ. އަދި އެތަނުގައި ހުރި މީހާއާއި ދިމާލަށް ބަލާލީމެވެ. އަހަރެންގެ އަތް އޭރު މަޑުމަޑުން ތުރުތުރު އަޅަމުންދިޔައެވެ. އަތުގައި އޮތް ފިސްތޯލަ އާއި ކަނޑި ޓައިލްސްތަށް މަތީގައި ބާއްވާލުމަށްފަހު އެމީހާ ހިފަހައްޓާފައި ހުރި މީހާ ކައިރީގައި އޭނަ މަރާލުމުގެ ކުރިން އޭނައާއި ވާހަކަ ދައްކާލަން ބޭނުން ކަމަށް ބުނީމެވެ. އެވަގުތު އެމީހާ އޭނަގެ ގައިން ދޫކޮއްލަމުން ފަހަތަށް ޖެހިލިއެވެ. އަހަރެން އެމީހާގެ އަތުގައި ހިފައިގެން ތަންކޮޅެއް ދުރަށް ޖެހިލީމެވެ. އަދި އަނގަމަތީގައި އަޅާފައިވާ ޓޭޕް ކޮޅު ނައްޓާލީމެވެ. “އައި ޖަސްޓް ވޯންޓް ޓޯކް” އަހަރެން ބުނެލީމެވެ. އަދި އެމީހާގެ ލޯމަތީގައިވާ ފޮތިގަނޑު ނައްޓާލީމެވެ. އެވަގުތު އެމީހާ ބިރެއް ފެނިގެން ދުރައްޖެހިލާ ގޮތަށް ދުރަށް ޖެހުނެވެ. “ދޭ ވޯންޓް މީ ޓު ކިލް ޔޫ” އަހަރެން އެމީހާއާއި ދިމާލަށް ބަލާލަމުން ބުނެލީމެވެ. އެވަގުތު އެމީހާ އަނެއްކާވެސް ފަހަތަށް ޖެހިލިއެވެ. އަހަރެން އޭނަގެ އަތުގައި ހިފާފައި ކައިރިއަށް ޖައްސާލީމެވެ. “ޓޯންޓް ވޮރީ ބަޓް އައި އޭމް ނޮޓް ގޮއިން ޓު ޑޫ ދެޓް” އޭނަގެ ކަންފަތް ކައިރީގައި ވަރަށް މަޑުން އަހަރެން ބުނެލީމެވެ.
އަދި އޭނަގެ އަތް މޮހެލަދިނީމެވެ. އެހުރިހާ މަންޒަރެއް ބަލަން ހުރި އަނެއްމީހާ އަހަރެން އޭނަގެ އަތް މޮހާލުމާއި އެކު އަހަރުމެންނާއި ދިމާލަށް އަންނަން ފެށިއެވެ. އެވަގުތު އަހަރެން ކައިރީގައި ހުރި މީހާ ޓައިލްސްތަށް މަތީގައި އޮތް ފިސްތޯލަނެގިއެވެ. އަހަރެންނަށް އެއްވެސް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ފިސްތޯލަ ގޮއްވާލިއެވެ. އަނެއްމީހާ ވަރަށް ބާރަށް ހަޅޭލަވައިގަތެވެ. އަހަރެން އޭނަގެ އަތުން ފިސްތޯލަ އަތުލުމަށް އޭނައާއި ކައިރިވެލީމެވެ. އެވަގުތު އެމީހާ ކަނޑި އަހަރެންނާއި ދިމާލަށް ދިއްކޮށްލަމުން ދެވަނަ ވަޒަން އަނެއްމީހާގެ ގަޔަށް ފޮނުވާލިއެވެ. އެވަގުތު އެމީހާ ވެއްޓުނެވެ. އަހަރެންނަށް އެމީހާއާއި ދިމާލަށް ބަލާލެވުނެވެ. “ވަޓް ހޭވް ޔޫ ޑަން.. ހީ އިޒް އިނޮސެންޓް” އަހަރެންނަށް ބުނެވުނެވެ. “ނޯ ހީ ކިލް މައި ސަން” އެމީހާ ޖަވާބު ދިނެވެ. އަހަރެންނަށް ބޭއިހްތިޔާރުގައި ހީލެވުނެވެ.
އަހަރެން އެތަނުން ނިކުން އިރު މުޅި މީހާގެ ގައިގައި ހުރީ ހުސްލެއެވެ. ލައިގެން ހުރި ޓީޝާޓްއަށް ވަނީ ލޭބުރާފައެވެ. އަހަރެންގެ ފަހަތުން ނިކުންމީހާވެސް ވަނީ ލެއިން ފޯވެފައެވެ. އެމީހާގެ މޫނުމަތީގަޔާއި އަތުގައި އަދި ގަމީހުގަވެސް ވަނީ ލެޔެވެ. އަހަރުމެން ދެމީހުންނާއި ދިމާލަށް އެންމެން ބަލަމުންދިޔައެވެ. އަހަރެންގެ އެއް އަތުގައި އޮތް ކަނޑިވަނީ މަރާލެވިފައިވާ މީހާގެ ލެއިން ތަތްވެފައެވެ. ކަނޑީގައި ހުރި ލެއިން ޓައިލްސްތަށް މައްޗަށް ތިކިތަޅަމުންދިޔައެވެ. އަހަރެން މަޑު ހިގުމެއްފައި ގޮސް ފުއާދުގެ ކުރިމައްޗަށް ކަނޑިއާއި ފިސްތޯލަ ވައްޓާލީމެވެ. “ކަލޭ ހިތްހަމަޖެހިއްޖެއެއްނުންދޯ މިހާރު… އަހަރެން ދުވަހަކުވެސް ކަލެއަކަށް މާފެއް ނުކުރާނަން… އަހަރެންގެ އާއިލާއަށް ހިޔަނި އެޅިލިޔަސް ހޭ އަރުވާލާނަން… ކަލޭވެސް އަދި މި ގްރޫޕްގެ އެހެންމީހެއްވިޔަސް… މަށަށް މިހާރު ކޮންމެ ކަމެއްވެސް ކުރެވޭނެކަން ހަނދާން ކުރާތި” ރުޅިވެރިކަމާއި އެކު ފުއާދު އާއި ދިމާލަށް އެހެންބުނުމަށްފަހު އަހަރެން އެތަނުން ނިކުންނަށް ހިގައިގަތީމެވެ. އަހަރެން ދިޔަގޮތަށް ގޮސް އެރީ އަހަރެން އެގެއަށް އައި ވޭނަށެވެ. އިރުކޮޅެއްނުވެ މާޒިންވެސް އައިސް ވޭނަށް އެރިއެވެ. މާޒިންނާއި އެކު ޑްރައިވަރވެސް ވޭނަށް އަރައި ދުއްވާލިއެވެ. ވޭނުތެރޭގައި އެއްވެސް މީހަކު ވާހަކައެއް ނުދައްކައެވެ. އަހަރެންމެން ތިބޭ ހޮޓަލްއަށް ވަދެ މަޑުނުވެގެން އުޅެނިކޮށް ދޮރު ހުޅުވާފައި އަހަރެން ފުއްމާލީމެވެ. އަދި ވަރަށް ބާރަށް ގޮސް ކޮޓަރިއަށް ވަނީމެވެ. އެވަގުތުގައި ހޮޓަލުގައި ތިބި އެންމެންގެ ނަޒަރު ހުއްޓިފައި ހުރީ އަހަރެންނާއި ދިމާލަށްކަން އަހަރެންނަށް އެނގެއެވެ. ވާނީވެސް އެހެންކަން އަހަރެންނަށް އެނގެއެވެ.
އަހަރެން ކޮޓަރިއަށް ވަދެ ދޮރުލައްޕާލީމެވެ. އަހަރެން ބޭނުންވަނީ އެކަނި ވެލާށެވެ. ނަމަވެސް އިރުކޮޅަކުން މާޒިން އަންނާނެއެވެ. އަހަރެންނަށް އެކަނި ނުވެވޭނެކަން އަހަރެންނަށް އެގުނެވެ. އަހަރެން އަވަހަށް ގޮސް ފާހަނައަށް ވަނީމެވެ. ދޮރުގައި ލެގިލައިގެން އަހަރެންނަށް ދެލޯމަރާލެވުނެވެ. އެވަގުތު އަހަރެންގެ ކުރިމަތީގައި އެކޮޓަރިތެރޭގައި ހިނގި ހުރިހާ ކަމެއް ސިފަވެގެންދިޔައެވެ. ވަގުތުން ދެލޯހުޅުވާލީ އެކަންތަށް ހަނދާން ކުރަން ބޭނުންނުވާތީއެވެ. އެވަގުތު އަހަރެންނަށް އަހަރެންގެ އަމިއްލަ ސޫރު ފާހާނައިގައި ހުރި ލޯގަނޑުން ފެނުމާއި އެކު ފަހަތަށް ޖެހިލެވުނެވެ. އަދި އަވަހަށް އިސްކުރު ކައިރިއަށް ޖެހިލާ އަތުގައި ހުރި ލޭތަށް ދޮވެލީމެވެ. އަދި މާގަނޑު ދޫކޮށްލަމުން މާގަނޑު ދަށަށް ވަނީމެވެ. ދެލޯމަރާ ބާރު ކޮއްލީމެވެ. “ޝާމް އަދީލްސަރ ބުނީ ކެބިންއަށް ޖައްސާލަ ބަލާށޯ” އަހަރެންގެ ސިކުނޑި އުދުހިގެން ދިޔައީ މީގެ ތިންއަހަރުގެ ކުރިއަށެވެ. އާދިލްސަރއަކީ އޭރު އަހަރެންގެ މައްޗަށް އަހަރެންގެ ކަންތަށް ބަލަމުން ގެންދާ މީހާއެވެ. އަހަރެން އިނީ ކޮމްޕިއުޓަރ ކައިރީގައި ކުޑަ މަސައްކަތެއް ކުރާށެވެ. ނަމަވެސް ފާރިޝް އެހެންބުނުމާއި އެކު އަހަރެން އާދިލްސަރގެ ކެބިންއަށް ދިއުމަށް ހިގައިގަތީމެވެ. “އަނެއްކާ މިފަހަރު ކީއްކުރީ ޝާމް” އަހަރެންގެ ފަހަތުން ފާރިޝް އައިސް އަހާލިއެވެ. އަހަންނަކަށް ނޭގެއޭ ބުނާގޮތަށް ކޮނޑުއަރުވާލީމެވެ. ފާރިޝްވެސް އަހަރެންނާއި އެކު އާދިލްސަރގެ ކެބިންއަށް ވަންނަށް އުޅުމުން އަހަރެން ފާރިޝް މަޑުކުރުވީމެވެ. “އަހަރެން އެކަނިއެއް ނޫންތަ؟” އަހަރެން ބުނެލީމެވެ. ފާރިޝް ހީލަމުން ކެބިންގެ ތެރެއަށް ވަނެވެ. އަހަރެންވެސް މަޑުމަޑުން ވަނީމެވެ. އަދި އާދިލްސަރގެ ކުރިމައްޗަށް ހުއްޓުނީމެވެ.
އޭރު އާދިލްސަރ އިނީ ކޮންމެވެސް މަސައްކަތެއް ކުރާށެވެ. ނަމަވެސް އަހަރެން ވަނުމާއި އެކު މަސައްކަތް ބަހައްޓާފައި އަހަރެންނާއި ފާރިޝްއާއި ދިމާލަށް ބަލާލިއެވެ. އަހަރެން ފެނުމުން އަތުން އިށީނުމަށް އާދިލްސަރ އިޝާރާތް ކޮށްލިއެވެ. އަހަރެން ފާރިޝްގެ މޫނަށް ބަލާލަމުން ގޮޑީގައި އިށީދެލީމެވެ. “އަނެއްކާ ކަމެއްވީތޯ ސަރ. ނޫނީ އަޅުގަނޑަށް ކަމެއް ކުރެވުނީތޯ” އަހަރެންގެ މިސުވާލުން އަހަރެން ހާސްވެފަހުރި ވަރު އެމީހުނަށް އެގުނީ ކަންނޭގެއެވެ. އާދިލްސަރ އަހަރެންނާއި ދިމާލަށް ބަލާލަމުން ހިނިތުންވެލިއެވެ. “ކާކު ބުނީ ޝާމް ކަމެއްކޮށްގެންނޭ އަހަރެން މިގެންނައީ” އަހަރެން ބަލާލީ ފާރިޝްއާއި ދިމާލަށެވެ. އޭރު ފާރިޝްގެ މޫނުމަތީގައި ވަނީ ނުލަފާ ހިނިތުންވުމެކެވެ. ވަގުތުން ފާރިޝް އަހަރެން ހާސްކުރުވީކަން އަހަރެންނަށް އެގުނެވެ. “ދެން އަޅުގަނޑު ބަލާފޮނުވީ؟” އަހަރެން ހަމަޖެހިލަމުން އަހާލީމެވެ. “ފާރިޝް އަދި ނުބުނަންތަ ޝާމް ކައިރީގައެއް” އާދިލްސަރ ފާރިޝް އާއި ދިމާލަށް ބަލާލުމުން އަހަރެންވެސް ފާރިޝްއާއި ދިމާލަށް ބަލާލީމެވެ. “އަޅުގަނޑު ބުނީމެންނުން ސަރ ބުނީމައޭ ރަނގަޅު ވާނީ” ފާރިޝް ބުނެލިގޮތުން އަހަރެން އަނެއްކާވެސް އާދިލްސަރއާއި ދިމާލަށް ބަލާލީމެވެ. “ޝާމް އަހަރުމެންގެ ވަރަށް ބޮޑު މިޝަންއަކަށް ޝާމް ހޮވައިފި ވާހަކަ ބުނަންވެގެން” އާދިލްސަރ ބުނެލިއެވެ. “މިޝަން. ކޮންކަހަލަ. އަޅުގަނޑު ކައިރީގަ އަހާނުލާ” އަހަރެން އާދިލްސަރގެ މޫނަށް ބަލާލަމުން ބުނެލީމެވެ. “މި ޑިސިޝަން ނެގީ ވަރަށް ވިސްނާފަ. ހުރިހާ ގޮތަކުން ބެލިޔަސް އެންމެ ޤާބިލް މީހަކަށް މިފަހަރު ފެނުނީ ޝާމް. މިކަމުގަ ސަރވެސް އަދި ފާރިޝްވެސް އެހީވާނެ. އަދި އިތުރުން އެހެންބައެއްގެ އެހީވެސް ލިބޭނެ” އާދިލްސަރ އޮޅުންފިލުވައިދިނެވެ. އަހަރެން ފާރިޝްއާއި ދިމާލަށް ބަލާލީމެވެ. “އެކަމަކު އަޅުގަނޑު”އަހަރެން ސުވާލުގެ ނަޒަރަކުން އަނެއްކާވެސް އާދިލްސަރއާއި ދިމާލަށް ބަލާލީމެވެ.
“ޝާމް ހަދާން އިބަހުރިތަ ފަހުން މި އަތުލައިގަން ޑްރަގް ކޭސް މަތިން” އާދިލްސަރ ބުނެލިއެވެ. “ލައްބަ އެއީ އަޅުގަނޑު ކައިރީގައި ގޯ ތުރޫ ކުރަން ބުނި ކޭސް އެއްނުންތޯ” އަހަރެން ބުނެލީމެވެ. “އާ އެއީ އެކޭސް. އެގޭތަ އެގޮތަށް ކިތައް ކޭސް މިހާރު ފެންމަތި ވެފައި ވާކަން. ކޮންމެ ފަހަރަކު އަހަރުމެންނަށް ހިފެހެއްޓެނީ ކުރިމަތީގަ ތިބޭ މީހުން. އެކަމަކު އެހުރިހާ ކަމެއްގެ ފަހަތުގަ ބަޔަކު ނޫޅެ އެކަހަލަ ކަމެއް މި ރާއްޖޭގައި ނުކުރެވޭނެ” އާދިލްސަރ ވާހަކަ ދެއްކިއެވެ. “ބުނަން ތިއުޅެނީ ކީކޭތޯ؟” އަހަރެންނަށް އެމީހުން ކިޔަން އުޅެނީ ކީކޭކަން ނޭގިގެން އެހީމެވެ. “ބުނަން މިއުޅެނީ އަހަރުމެން އެމީހުންގެ އެންމެ އަޑީގައި ހުންނަ މީހެއް ހޯދަށް ވެއްޖެއޭ. އެހެންނޫނީ މިކަމެއް ރަނގަޅެއް ނުކުރެވޭނެއޭ” އާދިލްސަރ އަހަރެންނާއި ފާރިޝްއަށް ރަނގަޅަށް ބަލާލަމުން ބުނެލިއެވެ. “ތިކަމާއި އަޅުގަނޑާއި އޮތީ ކޮންގުޅުމެއްތޯ” އަހަރެންނަށް އެއްވެސް އެއްޗެއް ނުވިސްނިގެން އަހާލީމެވެ. “އަހަރެން ހައިރާންވޭ ޝާމްގެ ސިކުނޑި ބޭނުންކުރަން ޖެހޭ ތަންތާގައި ބޭނުން ނުކުރާތީ” ފާރިޝްއަށް މަޑުން ނީދެވެގެން ބުނެލާ ކަހަލަ ގޮތަކަށް ބުނެލިއެވެ. އަހަރެން ފާރިޝްއާއި ދިމާލަށް ބަލާލަމުން ލޯއަޅާލީމެވެ. “ނޫން ޝާމް އެކުރަނީ ހަމަ ރަނގަޅު ސުވާލް. އަހަރެން މިކަމަށް ޝާމް ހަމަޖައްސައިފިން” އާދިލްސަރ ފާރިޝްއަށް ރައްދު ދެމުން ބުނެލިއެވެ. “ކޮންކަމަކަށް” އަނެއްކާވެސް އަހަރެންނަށް އަހާލެވުނެވެ. އާދިލްސަރ އަހަރެންނާއި ދިމާލަށް ބަލާލިއެވެ.
އެހުރިހާ ވަގުތުގައި އެމީހުން ދެއްކި ވާހަކަ އަހަރެންނަށް ނަގައިގަނެވުނީ ދެނެވެ. އަހަރެން ފާރިޝްއާއި ދިމާލަށް ބަލާލީ ފާރިޝް އެކަމާއި ދެބަސްވޭތޯއެވެ. ނަމަވެސް ފާރިޝްގެ މޫނުމަތިންވެސް އަހަރެންގެ ސުވާލުގެ ޖަވާބު ލިބިގެންދިޔައެވެ. “ނޫން ނޫން ނޫން. ސަރ. ނޫން އަޅުގަނޑަކަށް ތިކަމެއް ނުވާނެ. ކަމޯން. އަޅުގަނޑަށް ވުރެއް ފާރިޝްވެސް މާރަނގަޅުވާނެ. ޕްލީޒް ސަރ. ތިގޮތަށް ނިންމުމުގެ ކުރިން އަޅުގަނޑާއި ވާހަކަ ދައްކާލިނަމަ” އަހަރެންނަށް ވަގުތުން އިށީދެގެން އިންގޮޑިން ތެދުވެވުނެވެ. އަދި އެމީހުންނާއި ދުރުގަ ހުއްޓުނީމެވެ. “މިކަމަށް ޝާމް ނޫން ދެވަނަ މީހެއް ނެތް. ޝާމްއަކީ މިކޮޅުގައިބައިވެރިވި ހުރިހާ ކޯހަކުން އެއްވަނަ. އަދި އިތުރަށް ރަނގަޅު ވިސްނުމެއް ލިބިފައިވާ ޒުވާނެއް” އާދިލްސަރ ބުނެލިއެވެ. “އަދި އިތުރުންވެސް އެތަށް ކުއަލިޓީ ތަކެއް ލިބިފައިވާ ކުއްޖެއްތީ” އާދިލްސަރ އިތުރު ކޮއްލިއެވެ. “އެކަމަކު ސަރ އަޅުގަނޑަށް ތިކަމަށް އާއެކޭ ބުނަން ވަރަށް ދަތި” އަހަރެން ބުނީމެވެ. “ޝާމް އަށް ވިސްނަން ހަފްތާއެއް ލިބިދާނެ. ރަނގަޅަށް ވިސްނާތި. މިއީ ޝާމްގެ ކުރިއެރުމަށްވެސް ލިބޭ ފުރުސަތެއްކަން ހަނދާން ކުރާތި” އާދިލްސަރ ބުނެލިއެވެ. އަހަރެން ހިނިތުންވެލަމުން އެތަނުން ނިކުތީމެވެ. ފާރިޝް އަހަރެންގެ ފަހަތުން ނިކުތެވެ. “ކަމޯން ޝާމް. ދިސް އިޒް ގުޑް އޮޕޮޗުނިޓީ” ފާރިޝް އަހަރެންގެ ކަންފަތް ކައިރީގައި މަޑުމަޑުން ބުނެލިއެވެ. “ފޮ ވަޓް” އަހަރެން ހުއްޓެލަމުން ފާރިޝްގެ މޫނަށް ބަލާލީމެވެ. ” ފޮ ނަތިން” ފާރިޝްއަށް އެއްވެސް އެއްޗެކޭ ނުބުނެވެނީސް އަހަރެން އެހެންބުނުމަށްފަހު އެތަނުން ނިކުތީމެވެ.
އޭގެ ދެދުވަސް ފަހުން އަނެއްކާވެސް އަހަރެންނަށް އާދިލްސަރގެ ކެބިންއަށް އައުމަށް އެންގުނެވެ. އަހަރެން ޖެހިލުންވިއެވެ. ސަބަބަކީ އަހަރެންނަށް ވިސްނަން ދިން ކަންތަކާއި އަހަރެން ވިސްނާފަ ނުވުމެވެ. އަހަރެން ހަމަޖެހިލަމުން ކެބިންއަށް ވަންއިރު އާދިލްސަރގެ އިތުރުން ފާރިޝް އަދި އަހަރެންގެ ސީނިއަރ އޮފިސަރ ހާނިމްސަރ އިނެވެ. އާދިލްސަރގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. އަހަރެން ވަނުމާއި އެކު އިށީނުމަށް ގޮޑިއެއް ދައްކާލިއެވެ. “މިހާރު ޝާމް ވިސްނައިފިންތަ ކުރިން ދުވަހު ދެއްކި ވާހަކައާއި ދޭތެރޭގައި” އަހަރެންނަށް ހަމަނުޖެހިވެގެން އުޅެނިކޮށް އާދިލްސަރ އަހާލިއެވެ. އަހަރެން އެންމެންގެ މޫނަށް ވަކިވަކީން ބަލާލީމެވެ. “ސަރ މާފުކުރައްވާ އެކަމަކު އަޅުގަނޑަކަށް ހިޔެއްނުވޭ ޝާމްއެއީ މިކަމަށް އެންމެ އެކަށޭނެ މީހާހެނެއް” ހާނިމްސަރ ވާހަކަ ދެއްކިއެވެ. ހާނިމްސަރ އެގޮތަށް ވާހަކަ ދެއްކުމުން ހަގީގަތުގައި އަހަރެން އުފާވިއެވެ. ނަމަވެސް އެކަމެއް އަހަރެން ނުދައްކަމެވެ. “މީގެ ދެގަޑި އިރު ކުރިން އަހަރެންނަށް ހަބަރު ލިބިއްޖެ ގެއެއްގެ ތެރޭގައި ކުއްޖަކު މަރުވެފައި އޮއްވާ ފެނުނު ވާހަކަ. އަހަރުމެންގެ އިންވެސްޓިގޭޝަން ޓީމް މިހާރު އެސަރަހައްދުގައި ހަރަކާތްތެރިވަމުން އެބަދޭ. އެންމެ ފަހުން ހަބަރުލިބުނު ގޮތުގައި އެކުއްޖާ މަރުވީ އޯވަރ ޑޯޒްވެގެން” އާދިލްސަރ ހާނިމްސަރއާއި ދިމާލަށް ލޯ އަޅާލަމުން އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. އަހަރެންނަށް ބުނާނެ އެއްޗެއް ނޭގުނެވެ.
“ޝާމް. ޝާމް މިކަމަށް އާއެކޭ ބުނެފިނަމަ ކިތައްމެ ކުދިންނެއްގެ މަރުން ސަލާމަތް ކުރެވިދާނެ” އަހަރެން ކައިރިއަށް ހުއްޓެލަމުން އާދިލްސަރ ވަރަށް އޯގާތެރިކަމާއި އެކު ވާހަކަ ދެއްކިއެވެ. އަހަރެން އިސްޖަހާލީމެވެ. “ޝާމް ވިސްނަބަލަ. މި މައްސަލައާއި ހުރެ ގެއްލިގެން އެދަނީ މަންމައެއް ނުވަތަ ބައްޕައެއްގެ ދަރިއެއް. އާއިލާއިން ގެއްލިގެން އެދަނީ އެމީހުންލޯބިވާ މެންބަރެއް. މުޖުތަމައުއިން ގެއްލިގެން އެދަނީ ރަނގަޅު ކުރެވިދާނެ ދަރިއެއް.” އާދިލްސަރ އަހަރެންނަށް ވިސްނަދޭގޮތަށް ވާހަކަ ދެއްކިއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ. އިސްޖަހާލައިގެން އިނީއެވެ. “ޝާމް ބިރުގަންނާނެ ކަމެއްނެތް. އަހަރުމެން ޝާމްއަށް ހުރިހާ ދާއިރާއަކުން ތަމްރީންދޭނަށް މައިދާނަށް ނިކުތުމުގެ ކުރިން” އާދިލްސަރއަށް އަހަރެން އެއްޗެކޭ ނުބުނެއިނީ ބިރުގަންނާތީއޭ ހީވީކަންނޭގެއެވެ. އަހަރެން އިސްއުފުލާލީމެވެ. “އަޅުގަނޑަކަށް ނުވާނެ ސަރ. އެއީ” “ނުވާނެއޭ ބުނީމަ އެއްވެސް ކަމެއްނުވާނެ. އަހަރެންނަށް ޔަގީން ޝާމްއަށް މިކަން ކުރެވޭނެކަން. ދެން ޝާމް ޔަގީން ކުރަންވީ” އަހަރެން ބުނަން އުޅުނު ޖުމްލަ އާދިލްސަރ ފުރިހަމަ ކުރިއެވެ. އަހަރެން އަނެއްކާވެސް އިސްޖަހާލީމެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު އިސްއުފުލާ ފަހަރަކު މީހެއްގެ މޫނަށް ބަލާލީމެވެ. އެންމެންވެސް އެ އިންތިޒާރު ކުރަނީ އަހަރެންގެ ޖަވާބަކަށެވެ. “އަޅުގަނޑު އާއެކޭ ބުނެފިނަމަ ކޮންކަމެއްތޯ ކުރަންޖެހޭނީ” އަހަރެން އަހާލީމެވެ. އެވަގުތު އާދިލްސަރގެ މޫނުމަތި އުޖާލާވެގެންދިޔަތަން ފެނުނެވެ. “އެމީހުން އުޅޭގޮތަށް. އެމީހުންގެ ތެރޭގައި، އެމީހުން ކުރާކަމެއް ކޮންގެން. އެންމެ އަޑީގައި ހުރި މީހެއް ހޯދަންވީ. އެމީހުންގެ ގޭންގްގަ ބައިވެރިވާންވީ” އާދިލްސަރ ކިޔައިދިނެވެ. އަހަރެންގެ ދެލޯބޮޑުވިއެވެ. ސަރއަށް އެހުރިހާ އެއްޗެއް އެހާފަސޭހައިން ކިޔާލެވުނު އިރުގައި ކުރަން ހުންނަ މީހާއަށް ވާނެ އުދަގޫ ވިސްނާނުލީތީ އަހަރެން ހައިރާންވިއެވެ.
ނުނިމޭ…
8 Comments!
Comments are closed.
mi baives hurihaa kudin nah kamudhaane kamah heekuran… huriha kudinge hiyaalu thakah maruhabaa 🙂
Alheyyy.. Shurm??.. As always mi part vs hama habeyyys.. And thanks ehaa avahah up kohdhiny thy.. ??.. Keep up the good work..???.. I think im first????.. Mi part vs hama varaaaaah salhi inge..
thnks luvna bodukoh 🙂 v happy vey thihaa lobi comment fenunyma 🙂
Awwww!!! V rythi mi part. ❤️❤️So shaam aky secret police eh Dhw.☺️☺️ Keep up the good work fantasy.. ? love this part..????? wen next part? Next part vex avahah up kowdhwhchey ingey. ??? waiting for this fantastic story.. ???
Awwww!!! V rythi mi part. ❤️❤️So shaam aky secret police eh Dhw.☺️☺️ Keep up the good work fantasy.. ? love this part..????? wen next part? Next part vex avahah up kowdhwhchey ingey. ??? waiting for this fantastic story.. ???
OMG fantasy…….. kihinw evyy???? Sherm evy secret polic akah dwwww….. omg omg…. varaaaaaaah rythi. .its amaixin…. n thnks avahah up kohdheythy…. tmrw dw nxt part??? Cant wait 😀 😀 😀 🙂 🙂 🙂 🙂
I pity you shaam.,
Story vrh salhi.. Bst of luck fantsy
v.nice!!!!!