Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

އަނިޔާ.. 12 ވަނަ ބައި

Fantasy Level 310 Stories500 Comments100 Comments
December 19, 2015 7 Mins Read
20 Comments

އަހަރެން ސިހިގެން ދިޔައީ ފާރިޝް އައިސް އަހަރެންގެ ކޮނޑުގައި ވަރަށް ބާރަށް ޖެހީމައެވެ. ވީތަދުންނާއި ސިހިގެން ދިޔަވަރުން އަހަރެންނަށް އަތްދޯއި އޭ ބުނެވުނީ ފުދޭވަރަކަށް ބާރަށެވެ. “އައްދޯއި އޭ އިބަ ކިޔަ އެއްނުން… އަހަރެން ގޮވާތާ މިހާރު ކިހާ އިރެއްވެއްޖެ… ލޯހުޅުވާއިގެން ޖަހާފަ ހުންނަ ބުދެއްހެން އާވާރާފެވަ ތި ހުންނަނީ… ކޮން އެއްޗެއް ފެނުނީތަ… ޖިންނި އަވަލީތަ” ފާރިޝް ހަޅޭލަވައި ގަންނަމުން ކޮޓަރިތެރެއަށް ވަނެވެ. އަދި ލައިޓް ޖައްސާލިއެވެ.

އެކޮޓަރީގެ އެނދުމަތީގައި ވެސް އޮތީ ފޮތިގަނޑެއް އަޅާފައެވެ. “އަދިވެސް ވަންނަން ނޭގިފަތަ ތި ހުންނަނީ” ފާރިޝް އެތެރެއަށް ވަންނަމުން ބުނެލިއެވެ. އަހަރެން މަޑުމަޑުން އެތެރެއަށް ވަނީމެވެ. އެކޮޓަރިތެރެއަށް ނަޒަރު ހިންގާލީމެވެ. އެދުވަހުގެ ހުރިހާ ކަމެއް އަހަރެންގެ ސިކުނޑީގައި އެބުރެމުން ދިޔައެވެ. އެދުވަހު ހުޝާމް އަހަރެންނަށް ދިނީ އިންޒާރެއް ހެއްޔެވެ.. ނުނީ ވެދާނެ ގޮތެއް ބުނެދިނީ ހެއްޔެވެ. “އަހަރުމެން މިބަލަނީ ކޮންއެއްޗެއް ފެނޭތޯތަ” ފާރިޝްގެ އަޑަށް އަހަރެން ކުޑަކޮށް ސިހިގެން ދިޔައެވެ. “ޑްރެގަންއެއް” އެހެން ބުނުމާއި އެކު އަހަރެންގެ ލޮލުގައި އަޅައިގަތީ ކޮޓަރީގެ ފާރުގައި ހުރި ޑްރެގަންއަކަށެވެ. ޓައިލްއެއްގައި ކުރަހާފަ އިން އެ ޑްރެގަންގެ ކުލައަކީ ރަތްކުލައެވެ. ހަތަރު ޓައިލްސް ޑިސައިންއެއް ވާގޮތަށް ޑްރެގަން އިން ޓައިލްސް މެދަށް ވާގޮތަށް އެފާރުގައި ފަސްޓައިލްސް ޖަހާފައި ހުއްޓެވެ. އަހަރެން މަޑުކޮއްލީ އެޓައިލްތަށް ކައިރީގައެވެ. “ތިއީތަ” ފާރިޝް އައިސް އަހަރެންގެ ކައިރީގައި ހުއްޓެލަމުން އަހާލިއެވެ. އަހަރެން ބޮލުން އާއެކޭ ބުނީމެވެ. “ޑްރެގަންގެ އެތެރޭގައި ކަމަށް ހުޝާމް ބުނީ” އަހަރެން ބުނެލީމެވެ. “އެތެރޭގަ” ފާރިޝް އެ ޑްރެގަންގައި އަތްކާތާލަމުން އަހާލިއެވެ. އަހަރެން އަނެއްކާވެސް ބޯޖަހާލީމެވެ. އަހަރެންވެސް އެކުރެހުމުގައި މަޑުމަޑުން އަތްޖައްސާލީމެވެ. އޭގެ ނިގުލުގައި ކޮންމެވެސް ތަފާތެއް ހުރިކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. “ބަލާބަލަ” އެހެންބުނުމާއި އެކު އަހަރެންނަށް ނިގުލަށް ފިއްތާލެވުނެވެ.

އެވަގުތު ކުއްލިއަކަށް މެދުގައި އިން ޓައިލްސް ގަނޑު އަހަރުމެންނާއި ދިމާލަށް ހުޅުވުނީ ދޮރެއް ހުޅުވޭ ފަދައިންނެވެ. އެއީ ކުޑަ ވަރެއްގެ ސޭޕްޓީ ބޮކްސްއެއްކަން އެވަގުތު އެގިގެންދިޔައެވެ. އެތަން ހުޅުވުމާއި އެކު އެތެރެއިން ފެނުނީ ކުޑަވަރެއްގެ ފޮއްޓެކެވެ. އަހަރެން ފާރިޝްގެ މޫނަށް ބަލާލަމުން އެފޮށި ނެގީމެވެ. އެފޮށިވަނީ ތަޅުލާފައެވެ. ތަޅު ހަރުކޮއްފަ ހުރި އިރު އެތަނުގައި ތަޅުދަނޑި ފެންނާކަން ނެތެވެ. ” ވަރަށް މޮޅަށް އެއްޗެހި ފޮރުވަން އެގޭ މީހެއް ހުޝާމްއަކީ” ފާރިޝް ބުނެލިއެވެ. އެއީ މަލާމާތެއް ކަމެއް ނުނީ ތައުރީފެއް ކަމެއް އަހަރެންނަކަށް ނޭގުނެވެ. ނަމަވެސް އަހަރެން ފާރިޝްއާއި ދިމާލަށް ލޯ އަޅާލަމުން އެފޮށިހިފައިގެން ކުޑަކޮށް ދުރަށް ޖެހިލީމެވެ. އަދި ފޮށި ތިރީގައި ބަހައްޓާލަމުން ދަބަހުން ކުޑަ ޕިންއެއް ނަގަމުން ފާރިޝްއާއި ދިމާލަށް ބަލާލީމެވެ. “ގުޑް އަހަރެންގެ ބޭނުން ޖެހުނީދޯ” އަހަރެން ހިނިތުންވެލަމުން ފާރިޝްއަށް ޕިން ރައްދުކޮއްލީމެވެ. އަދި އެފޮށިވެސް އޭނަގެ އަތަށް ދިނީމެވެ. ފާރިޝް ކުޑަ މަސައްކަތަކާއި އެކު އެފޮށީގެ ތަޅު ހުޅުވާލިއެވެ. އަހަރެން ގުޑް އޭ ބުނެލާގޮތަކަށް ހީލަމުން ފޮށި އަތުލީމެވެ. އަދި މަތި ހުޅުވަލީމެވެ. އޭގައިވަނީ ތިން މެމޮރީ ކާޑެވެ. ދެން ބައިވަރު ފޮޓޯ ތަކެކެވެ. އެއީ ހުޝާމް މަރާލިކަމަށް ބުނާ ހަތަރު މީހުންގެ އެކި ފޮޓޯތަކެކެވެ.

އަހަރެން އެފޮށި ލައްޕާލީމެވެ. އަދި ނިކުތުމަށް ހިގައިގަތީމެވެ. ފާރިޝް އެޓައިލްސް ގަނޑު ކުރިން ހުރިގޮތަށް ލައްޕާލުމަށްފަހު އަހަރެންގެ ފަހަތުން ގެއިން ނިކުތެވެ. އެވަގުތު އަހަރެންގެ ފޯނު ރިންގުވާން ފެށިއެވެ. “ހަލޯ” “އޭ ކޮންތާކު ކަލޭ… އަހަރެން މިހުރީ އަތޮޅުވެހީގައި… މީހަކު ބުނެފި ޝާމް ދޫކޮއްލައިފިޔޭ…” އެކޮޅުން ވާހަކަ ދެއްކީ މާޒިންއެވެ. އަހަރެން ހުރިތަން މާޒިން ކައިރީގައި ބުނެލީމެވެ. އަދި ބަލާއައުމަށް ބުނުމުން މިދަނީއޭ ބުނެ ފޯނު ބޭއްވިއެވެ. އަހަރެން ފާރިޝްއާއި ދިމާލަށް ބަލާލަމުން އެފޮށި ފާރިޝް އަތަށް ދިއްކޮށްލީމެވެ. “އަހަރެން ބުނަންދެން ތި ތިގޮތަށް ބާއްވާ… އަހަރެން ނުބުނަނީސް އެއްވެސް މީހަކަށް ތި ނުދައްކާތި” ފާރިޝްއަށް އަހަރެން ބުނެލީމެވެ. ފާރިޝް ބޯޖަހާލިއެވެ. “ހަތަރުމީހުން ދިމާވާނެ ގަޑިއެއް ބުނެލާތި.. ވީހާވެސް އަވަހަށް” އަހަރެން ބުނެލީމެވެ. “ފާރިޝް އަވަހަށް ދޭ… މާޒިން އަންނަން ވާއިރަށް ޔޫ ދާން ޖެހޭނެ” އަހަރެން ހިނިތުންވެލަމުން ކުޑަކުއްޖަކަށް ހާދާނެ ގޮތް ބުނެދޭހެން ފާރިޝްއަށް ބުނެދިނީމެވެ. ފާރިޝް ހިނިތުންވެލިއެވެ. “އައި ވިލް ބީ އޯކޭ.. ޔޫ ޖަސްޓް ޓޭކް ކެއަރ އޮފް ޔުއަރ ސެލްޕް.. އެންޑް ގުޑް ލަކް” ފާރިޝްއަށް އަހަރެން ބިރުގަތީ ކޮންކަމަކާއި ކަން އެގުނެވެ. އަހަރެން ހީލީމެވެ. އަބަދުވެސް ފާރިޝް އަހަރެން ވިސްނަމުންދާ ގޮތް އެގޭތީ އަހަރެން އުފާވެއެވެ. އޭނައަށް އަބަދުވެސް އަހަރެންގެ ހިތުގައި ހުންނަ އެއްޗެއް އެގޭކަން މާގިނައިރެއް ނުވާނެވެ. ފާރިޝް ސައިކަލުގައި ނައްޓާލިއެވެ. މާޒިން އެތަނަށް އައީ އޭގެ ދިހަމިނެޓް ފަހުންނެވެ.

އަހަރެން މާޒިން ފަހަތަށް އެރީމެވެ. ” ކިހިނެއްތަ ތިހަދަނީ… އަހަރެން އެތަނަށް ދިޔައީމަ އެމީހުން ޝާމް ދޫކޮއްލީއޭ… މިތަނުގަ ކީއްކުރަނީތި” މާޒިންގެ ސުވާލުތަށް އަހަރެންނާއި އަމާޒުވިއެވެ. އަހަރެން އެއްވެސް އެއްޗެއް ބުނާކަށް ބޭނުމެއް ނުވިއެވެ. “ހިގާބަލަ މިހާރު ގެސްޓް ހައުސްއަށް… އަހަރެން ފަހުން ކިޔައިދޭނަން” އަހަރެން ޖަވާބު ދިނީމެވެ. އަހަރެން އެހެން ބުނުމުން މާޒިން އިތުރު ސުވާލެއް ނުކުރެއެވެ. އަހަރެންވެސް އިތުރު ވާހަކައެއް ނުދައްކަމެވެ. ގެސްޓްހައުސް ކައިރިއަށް މަޑުކޮއްލުމާއި އެކު އަހަރެން ސައިކަލުން އަވަހަށް ފޭއްބީމެވެ. ކޮޓަރިއަށް ވަދެވުމާއި އެކު ދަބަސް ފާރު ކާއިރީގައި ބަހައްޓާފައި އެނދުމައްޗަށް ވެއްޓެގަނެވުނީ ދުވަހަކުވެސް އެނދެއް ނުފެއްނަ މީހަކު ވެއްޓެގަންނަ ފަދައިންނެވެ. “މިހާރު ކިޔައިދެވިދާނެތަ” މާޒިންގެ އަޑަށް އަހަރެން ބަލާލީމެވެ. އޭރު މާޒިން ހުރީ އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން ނެވެ. އަހަރެން ދެއަތް ބޯދަށަށް ލަމުން ލޯމަރާލީމެވެ. “ހުޝާމްއާއި ދިމާވީ” އަހަރެން ބުނެލީމެވެ. “ވަޓް ޝާމްގެ ފްރެޑްއާއި ދިމާވީ. އޭނަ ހުރީ އެތަނުގައިތަ…” މާޒިން ވާހަކަ ދައްކަމުން އެނދުގައި އިށީދެލިއެވެ. “ހޫމް އޭނަ ހުރީ އެތަނުގައި… މަގޭ ނަސީބު ރަނގަޅު ކަމުން މަށާއި އޭނަ އެއް ސެލްއަކަށް ލެވުނީ” އަހަރެން ދެލޯ މަރާލަމުން ބުނެލީމެވެ. “ކީއްކޯ އޭނަ ބުނީ” މާޒިން އަހާލިއެވެ. އަހަރެން ލޯ ހުޅުވާލަމުން މާޒިންއާއި ދިމާލަށް ބަލާލީމެވެ. “އޯކޭ އޯކޭ ޔޫ ޓޭކް ރެސްޓް. މިރޭ ކުޑަ ޕާޓީއެއް އިބައޮތް.. ޝާމް އަށް ހާއްސަ… އެހެންވެ އެވާހަކަ ބުނަން ވެގެން ޝާމް ކައިރިއަށް މިއައީ” މާޒިން ބުނެލިއެވެ. “އަހަރެންނަށް ހާއްސަ” އަހަރެން އަނެއްކާވެސް ލޯމަރާލަމުން ހަމަޖެހިލީމެވެ. “ޔަ… އަހަރުމެން ގްރޫޕްއަށް އަލަށް ޝާމް ޖޮއިން ކުރީމަ ފުއާދު ބުނީ ޝާމްއަށް ހާއްސަކޮށް ޕާޓީއެއް ބާއްވާށޯ. ރިސޯޓުގަ” މާޒިން ބުނެލިއެވެ. ފުއާދުގެ ނަން އަޑުއިވުމާއި އެކު އަހަރެންގެ ލޭ ކެކިގަތެވެ. ނަމަވެސް އަހަރެން އެކަން މާޒިންއަކަށް ނުދައްކަމެވެ. އެއްވެސް އެއްޗެއްވެސް ނުބުނަމަވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނުމުން މާޒިން އިރުކޮޅަކު ހުރުމަށްފަހު ކޮޓަރިން ނިކުތެވެ. ކޮޓަރިން ނިކުމެ ދޮރު ޖެހުމާއި އެކު އަހަރެން ލޯ ހުޅުވާލީމެވެ. އަދި ތެދުވެ ދޮރު ތަޅުލީމެވެ.

އަހަރެން މިރޭ ކޮންމެހެންވެސް އެޕާޓީއަށް ދާންޖެހޭނެއެވެ. ނުގޮސް އަހަރެންނަށް ދެއްކޭނެ އުޒުރެއް ނެތެވެ. އަހަރެން ދާކަން ބޭނުމެއް ނޫނެވެ. އަހަރެން ބޭނުންވަނީ ވީހާވެސް އަވަހަށް ބައްޕަގެ މަރުގެ ހަގީގަތް ހޯދާށެވެ. އަހަރެންނަށް އެނދުން ތެދުވެ ކޮޓަރީތެރޭގައި ހިގެން ފެށުނެވެ. ހަދާނެގޮތެއް އަހަރެންގެ ސިކުނޑިއަކަށް ނުވިސްނެއެވެ. ފުއާދު އެޕާޓީ އެބާއްވަނީ އެމީހާގެ މަރާލީމަ އެކަމުގެ އުފަލުގައެވެ. އެއީ ކޮންކަހަލަ އިންސާނެއް ހެއްޔެވެ. އަހަރެންނަށް ވާނެނަމަ އެހަކަލަ މީހުން މިހާރު މިރާއްޖެއިން ނައްތާލާނެތާ ކޮންދުވަހެއް ހެއްޔެވެ. އެކަމަކު… އަހަރެންނަށް އަތްމުއްކަވާލެވުނެވެ. މިރޭ ޕާޓީއަށް ދިއުމަށްޓަކައި އަހަރެން ކުރަން ޖެހޭ ކަންތައްތައް ކުރުމަށްޓަކައި ރެޑީވާން ފެށީމެވެ.

ރޭގަނޑު އަށެއް ޖެހިއިރު އަހަރެން ޕާޓީއަށް ދިއުމަށް ހުރިހާ ކަމެއް ރެޑީކޮއްލީމެވެ. ނަމަވެސް އަހަރެންނަށް ބައްޕަގެ މަރުގެ ހަގީގަތް ހޯދުމަށް ކުރޭނެ ކަމެއް ނުރޭވުނެވެ. ކިތައްމެ ފަހަރަކު ފާރިޝްއަށް ގުޅާފައި އަހަންވެސް ހިތަށް އެރިއެވެ. ނަމަވެސް އޭނައަށް އިތުރަށް އުދަގޫ ކުރާކަން އަހަރެން ބޭނުމެއް ނުވިއެވެ. އިރުކޮޅެއް ނުވެ ދޮރުގައި ޓަކިޖެހިއެވެ. އަހަރެން ގޮސް ދޮރުހުޅުވުމާއި އެކު މާޒިން އެތެރެއަށް ވަނެވެ. “ކޮބާ ރެޑީ” އަހަރެންނަށް ބަލާލަމުން މާޒިން އަހާލިއެވެ. “ހޫމް ރެޑީ… ކޮންކަމެއް މިރޭ އޮންނަނީ. މިބުނީ ޕާޓީގަ” އަހަރެން މާޒިންއަށް ބަލާލަމުން ބުނެލީމެވެ. “އެއީ ކުޑަ ސަޕްރައިޒްއެއް” މާޒިން ބުނެލިއެވެ. “ހުހް.. ކޮން ސަޕްރައިޒްއެއް އޮންނާނީ. ޑްރިކް ކުރުމާއި ޑާންސް ކުރުން ނޫން ކަމެއް ނުކުރެވޭވެ” އެޖުމްލަ ވީ އަހަރެންގެ ހިތުތެރޭގައެވެ. ނަމަވެސް އަހަރެން މާޒިންއަށް ސްމައިލްއެއް ރައްދު ކޮއްލީމެވެ. މާޒިންއާއި އެކު ރިސޯޓަށް ދިއުމަށް އަހަރެން ގެއިން ނިކުތީމެވެ. މާޒިން އޭރު އަހަރެންގެ ސައިކަލް ގެނެސްދީފައިވެއެވެ. އެހެންކަމުން ދެމީހުން އެއްނަމްބަރު ފަލާމާއި ދިމާލަށް ނައްޓާލީމެވެ.

ރިސޯޓަށް ދެވުނީ އޭގެ 20މިނެޓް ފަހުންނެވެ. އަހަރެން ދިޔައީ ލޯންޗެއްގައެވެ. އެމީހުންގެ އެންމެ އިސްމީހާގޮތަށެވެ. އަހަރެން ކުރި ކަންތައްތަކުގެ ސަބަބުން އެންމެންގެ ތައުރީފްގެ ބަސްތަށް އަހަރެންނަށް އޮހެމުން ދިޔައެވެ. ލޯންޗުން ފޭބިއިރު ޖެޓީމަތީގައި ދެ އަންހެންކުދިން ތިއްބެވެ. ކޮންމެ ކުއްޖެއް އަތުގައި އެންމެ ރީތި މާތަކުން ޒީނަތްތެރިކުރެވިފައިވާ މާބޮޑިއެއް އޮތެވެ. އަހަރެން ފޭބުމާއި އެކު އަހަރެން ކައިރިއަށް ޖެހިލަމުން އެއްކުއްޖާ އަހަރެންގެ އަތަށް މާބޮޑި ދިއްކޮށްލިއެވެ. އަދި މަރުހަބާއޭ ބުނެލިއެވެ. އެހުރި ތުއި އަޑެއްބާއެވެ. އަހަރެންނަށް ހީލެވުނީ ގަދަކަމުންނެވެ. ދެކުދިންވެސް ލާފައިތިބީ އެހާ ކުރު ހެދުން ކޮޅެކެވެ. މަތިން ގަމީހެއް ލާފައި ބަނޑުމަތިންވަނީ ގަމީސް އައްސާލާފައެވެ. ގަމީހުގެ ގޮށްތަސްވަނީ މޭމަތިން ނައްޓާލާފައެވެ. އެތެރެއިން އަޅައިގެން ހުރި އެއްޗެއް ދައްކަން ވެގެން ކަންނޭގެއެވެ. ލާފައިވާ ކުރު ސްކާޓްއިން ހަމައެކަނި ފޮރުވެނީ ފޫކޮޅެވެ. ފަލަމަސްގަނޑު އެއްކޮށް އޮތީ ފެންނާށެވެ. އަރާފައިވާ ބޫޓުގެ ވާހަކަ ދެއްކުމަށްވުރެއް ނުދެއްކުން ރަނގަޅު ވާނެވެ. ބޮޑަށް ހީވަނީ އުސް ފަރުބަދައަކަށް އަރާފައި ހުރި ހެންނެވެ. ދެވަނަ ކުއްޖާ މާޒިންއަށް މާބޮޑި ދިއްކޮށްލިއެވެ. އަދި އަހަރުމެންގެ ކުރިމަތިން އެދެކުދިން ކުރިއަށް ހިގައިގަތެވެ. އެއްކުއްޖަކަށް ވުރެއް ބޮޑަށް އަނެއްކުއްޖަކު އަށެއް އެޅޭތޯ މަސައްކަތް ކުރަމުން ދާ ކަހަލަ ހިގުމެއްގައެވެ. އަހަރެންނަށް ވަގުތުން އެވުނެވެ. “ލޯބި ދޯ… އެއީ މިރޭގެ އޮތްކަމަކީ އިގޭ” މާޒިން ހީކުރީ އެކުދިން ރީތިކަމުން އަހަރެންގެ ހިތަށް ޝާއިތާނާ ވެރިވުމުން ހިނިއައީ ކަމަށެވެ. ނަމަވެސް އަހަރެންގެ ހިނިއައީ އަހަރެންގެ ހިތުން އެކުދިންނަށް ކުރި މަލާމާތުންނެވެ.

އެއްވެސް އެއްޗެއް ނުބުނެ އެކުދިންގެ ފަހަތުން އަހަރުމެން ދިޔައީމެވެ. އަހަރުމެންނޭ މިބުނީ އަހަރެންނާއި މާޒިންގެ އިތުރުން ލޯންޗުން އަދިވެސް ހަތަރު މީހުން އައީމައެވެ. އެއީވެސް އަހަރެންނަށް އަލަށް ވަދެވުނު ގޭންގްގެ މެންބަރުންނެވެ. އެންމެން ފައިބައިގެން ދިޔަގޮތަށް ދިޔައީ ބާ އާއި ދިމާލަށެވެ. އެތަނަން ރަނގަޅަށް ނުފެނި އެތަނުގައި ޖަހާފައި ހުރި މިއުޒިކްގެ އަޑު އިވެން ފެށިއެވެ. މާޒިންއާއި އެކު އަހަރެން އެތަނަށް ވަނީމެވެ. އޭރުވެސް އެތަނުގައި ދެޖިންސު އެކުވެގެން ނަށަމުންދިޔައެވެ. ނަމަވެސް އަހަރުމެން ފެނުމާއި އެކު ހުއްޓާލިއެވެ. ޖަހަމުން ދިޔަ މިއުޒިކްގެ އަޑުވެސް އަހަރުމެން އެތަނަށް ވަނުމާއި އެކު ކެޑިގެން ދިޔައެވެ. އަހަރެން ރަނގަޅަށް އެތަނަށް ބަލާލީމެވެ. އެތަން ވަށައިގެން މޭޒުޖަހާފައި އެތަނުގައި ކާތަކެއްޗާއި އެކިކަހަލަ ޑްރިންކްސް ބަހައްޓާފައި ހުއްޓެވެ. އެއްމޭޒުގައި ހުސްހުރީ އަލްކަހޯލްގެ އެކި ވައްތަރުތަކެވެ. ނަށަމުންދިޔަ މީހުންނަށް ބަލާލަމުން މާޒިން އެފަރާތެއްހުރި މޭޒުމަތިން މައިކެއް ނަގައި ފުމެލިއެވެ. އެއަޑުން އެންމެން ހިމޭންވެލިއެވެ.

“މި ޕާޓީއަކީ އަހަރުމެންގެ ގްރޫޕްއަށް އަލަން ޖޮއިންކުރި ޝާމްއަށް ދެވޭ ހާއްސަ ޕާއްޓީއެއް… މި ގްރޫޕްގެ އެންމެންގެ ފަރާތުން ބުނެލަން އޮތީ އަހަރުމެންގެ އާއިލާއަށް ޝާމްއަށް މަރުހަބާއޭ… އަހަރުމެންގެ ކޮންމެ މީހަކަށް ބަލާ ފަދައިން ޝާމްއަށްވެސް ބަލާނަމޭ… އެއްވެސް މީހަކަށް ޝާމްއަކަށް ގެއްލުމެއް ދޭކަން ނުވެސް ކެރޭނެއޭ” މާޒިން ވާހަކަ ދައްކަމުން ދިޔައެވެ. މާޒިން ބުނެލާ ކޮންމެ ޖުމްލައެއް ނިމޭއިރަށް އެތަނުގައި ތިބި އެންމެން ހަޅޭލަވައިގަނެއެވެ. މާޒިންގެ ވާހަކަ ނިމުމާއި އެކު އެންމެންގެ އަތްތިލަބަޑީގެ އަޑު ގަދަވެގެންދިޔައެވެ. މާޒިން އަހަރެންގެ އަތަށް ދިއްކޮށްލީ ވައިން ފުޅިއެކެވެ. އަހަރެން މާޒިންއަށް ބަލާލަމުން އެފުޅީގައި ހިފީމެވެ. އަދި ވަރަށް ބޮޑަށް ތަޅުވާލުމަށްފަހު އޭގެ މަތިގަނޑު ނައްޓާލީމެވެ. މުޅިތަނަށް ވައިންތަށް ބުރައިގެން ދިޔައެވެ. އެކި މީހުން ތަށިތަށް ދިއްކޮށްލިއެވެ. އަހަރެން މާޒިންއަތަށް ފުޅި ދިނުމަށްފަހު ތަންކޮޅެއް ދުރަށް ޖެހިލީމެވެ. މާޒިން ފަހަރަކު މީހަކަށް ވައިން އަޅައިދޭން ފެށިއެވެ. އެވަގުތު އަހަރެން ފެންތައްޓަކުން އަތުގައި ހުރި ވައިންތަށް ދޮވެލީމެވެ. އެހުރިހާ ކަމެއް ނިމުމުން އަނެއްކާވެސް މިއުޒިކްގެ އަޑުން އެތަން އަޑުގަދަވެގެންދިޔައެވެ. “ކޮބާ ކިހިނެއްވަނީ” ވައިން ތައްޓެއް ދިއްކޮށްލަމުން މާޒިން ބުނެލިއެވެ. އަހަރެން މާޒިންއަށް ބަލާލަމުން ވައިން ތަށި ހިފީއެވެ. އަދި ތަންކޮޅެއް އަނދިރި ހިސާބެއްގައި މަޑުކޮއްލީމެވެ. “ރަނގަޅު.. އަހަރެން ހީވެސް ނުކުރަން… ތެންކްސް” އަހަރެން މާޒިންއަށް ބަލާލަމުން ބުނެލީމެވެ. މާޒިން އޭނަގެ އަތުގައި ހުރި ވައިން ތަށިން އެއްކޯވަރު ބޯލިއެވެ.

އަހަރެން ރަނގަޅަށް އެތަނުގައި ތިބި މީހުންނަށް ބަލާލީމެވެ. އެވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ ތަންކޮޅެއް ދުރުގައި މޭޒެއް ކައިރީގައި ހުއްޓިލައިގެން ހުރި އަންހެންކުއްޖަކަށެވެ. އޭރު އެކުއްޖާވެސް ހުރީ އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން ކަމުން ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. އެކުއްޖާގެ މޫނުމަތީގައި ކުޅެލީ ރީތި ހިނިތުންވުމެކެވެ. އަހަރެން ހިނިތުން ވެލުމަށްފަހު އެހެންދިމާލަކަށް ލޯ އަމާޒުކޮއްލީމެވެ. “ބަލާބަލަ ލޯބި ބިޓެއް” މާޒިން އަހަރެންގެ ގައިގައި ކޮއްޓާލަމުން ބުނެލިއެވެ. އަހަރެން ބަލާލިވަގުތު މާޒިން އެކުއްޖާ ދައްކާލިއެވެ. “މިތަނަށް އައީ ސުރެއް ޝާމްއާއި ދިމާލަށް ބަލަނީ.. އަޅެ އޭނައަށް ހީލަބަލަ” އަނެއްކާވެސް މާޒިން ބުނެލިއެވެ. އަހަރެން މާޒިންއާއި ދިމާލަށް ބަލާލަމުން ލޯއަޅާލީމެވެ. “ކަމޯން ޝާމް. އޭނަ ކިހާ ރީތި… ބަލާބަލަ.. އެގޭތަ އެއީ ކާކުކަން” މާޒިން އޭނަގެ ވައިންތަށި ހުސްކޮއްލަމުން ވާހަކަ ދެއްކިއެވެ. “އެއީ ކާކު” ފޫހި ރާގެއްގައި އަހަރެން އަހާލީމެވެ. “އެއީ އަނެއް ގްރޫޕްގެ ކުއްޖެއް…. މިޝްކާ” މާޒިން ބުނެލިއެވެ. އަހަރެން ސިހިގެން ދިޔައެވެ. ވަގުތުން އެކުއްޖާއާއި ދިމާލަށް ބަލާލެވުނެވެ. އޭރުވެސް އެކުއްޖާ ހުރީ އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން ހިނިތުންވެލައިގެންނެވެ. އަހަރެންވެސް ހިނިތުންވުމެއް ރައްދުކޮއްލީމެވެ. އެވަގުތު އެކުއްޖާ އަހަރެންނާއި ދިމާލަށް އަންނަން ހިގައިގަތެވެ. “ކޮންތާކު ކޮޓަރި ހުންނަނީ. އަހަރެން ވަރަށް ވަރުބަލި” މާޒިންއަށް ބަލާލަމުން އަހާލީމެވެ. “މާދުރެއް ނުވާނެ… މިހެން ނިކުމެފަ ވާތްފަރާތަށް އަޅާލާ… އޭރުން ފެންނާނެ ރޫމްތަށް” އަތުން ދާންވީ މަގު ދައްކަމުން މާޒިން ބުނެލިއެވެ. އަހަރެން އަތުގައި ހުރި ވައިން ތަށި މޭޒުމަތީގައި ބަހައްޓަމުން އަހަރެން ބޭރަށް ނިކުތީމެވެ. އަދި މާޒިން ބުނި ދިމާލަށް ހިގައިގަތީމެވެ.

އަހަރެން ހިގަމުން ދިޔައިރުގައި ފަހަތުން މީހަކު އަންނަހެން އަހަރެންނަށް ހީވިއެވެ. ނަމަވެސް އަހަރެން ބަލާވެސް ނުލާ ގޮސް ކޮޓަރިއަކަށް ވަނީމެވެ. އެތެރެއަށްވަދެ ކޮޓަރިތެރެއަށް ބަލާލީމެވެ. އެވަގުތު މީހަކު ކޮޓަރިއަށްވަދެ ދޮރު ތަޅުލިއަޑަށް އަހަރެން ދޮރާއި ދިމާލަށް ބަލާލީމެވެ. ކުރިމަތީގައި ހުރީ ޕާޓީން ތެރެއިން ފެނުނު މިޝްކާއެވެ. ރީތި ކުއްޖެކެވެ. ލިބިފައިވަނީ ރީތި ހަށިގަނޑެކެވެ. ދޮންމޫނެކެވެ. ގުދުރަތުން ލިބިފައިވަނީ ފަންއިސްތަށިގަނޑެކެވެ. ތުންފަތުގައި ޖައްސާފައިވާ ޗެރީ ރަތްކުލައިން އެމޫނުމައްޗަށް އިތުރު ރީތިކަމެއް ގެނެސްދެއެވެ. ލާފައިވަނި ރަތްކުލައިގެ ކުރު ގަމީހެކެވެ. އަދި އެންމެ މިޒަމާނުގެ ސްކިނީއެކެވެ. އަހަރެންނާއި ދިމާލަށް ހުއްޓިލައިގެން ހިނިތުންވެލައިގެން ހުރި ގޮތުން ހީވަނީ ފެޝަންޝޯއަކަށް ފަރިދައްކަން އަރާ ހުރި ކުއްޖެއްހެންނެވެ. “ކީއްކުރަން.. ކާކު ތީ” އަހަރެން ނޭނގޭ ކަމަށް ހަދާފައި އަހާލީމެވެ. އެވަގުތު މިޝްކާ ހިނިތުންވެލިއެވެ. އެވަގުތު އެހުރިހާ ވަގުތެއްގައި ފޮރުވިފައި ހުރި މިޝްކާގެ ކޮލުގައި އިން ޑިންޕަލް ފެނިގެންދިޔައެވެ. “އައި އޭމް މިޝްކާ… ބަޓް ޔޫ ނޯ ދެޓް ބިފޯ” މިޝްކާގެ އަޑުގައި އެކުލެވިގެންވަނީ މަސްތީ ރާގެކެވެ. “ސޯ ވަޓް ޔޫ ވޯންޓް” އަހަރެން މިޝްކާގެ ލޮލަށް ބަލާލަމުން އަހާލީމެވެ. އެވަގުތު އެލޮލުން ފެނިގެން ދިޔައީ ކޮންކަހަލަ ޖާދުލެއްކަން އަހަރެންނަކަށް ނޭގުނެވެ. ހަމަގައިމުވެސް އަހަރެންގެ ހިތުގެ ހިނގުން އަވަސްވެގެންދިޔައެވެ. “ޔޫ ނޯ ވަޓް އައި ވޯންޓް” މަސްތީ ރާގުގައި ވާހަކަ ދައްކަމުން މިޝްކާ އޭނަ ލައިގެން ހުރި ގަމީހުގެ ގޮށްތަށް މަޑުމަޑުން ނައްޓަން ފެށިއެވެ. އަދި އަހަރެންނާއި ކައިރިއަށް އަންނަން ފެށިއެވެ. ” ތީ ކޮންކަމެއް… އަހަރެންނަކަށް ނޭނގޭ މިޝްކާ ބޭނުންވަނީ ކޮންކަމެއްކަމެއް” މިޝްކާގެ ހަރަކާތްތަކުން އަހަރެންގެ އަމިއްލަ ސެލްފް ކޮންޓްރޯލް ކުރެވޭތޯ ބަލަމުން ބުނެލީމެވެ. “ކަމޯން ޝާމް…. ” އެހެން މިޝްކާއަށް ބުނެވުނު އިރު މިޝްކާ ހުރީ އަހަރެންނާއި ދާދި ކައިރީގައެވެ. އަހަރެން އެހާ ހިސާބުން މިޝްކާއާއި ދިމާލަށް ބެލުން ހުއްޓާލީމެވެ.

ކޮންމެ ގޮތެއްވިޔަސް އަހަރެންގެ ސެލްފް އަހަރެން ކޮންޓްރޯލް ކުރަން ބޭނުންވިއެވެ. ނަމަވެސް މިޝްކާ އަހަރެންނަށް އެޗާންސް އެއް ނުދިނެވެ. އޭނަގެ އަތުން އަހަރެންގެ މޫނުގައި ހިފަހައްޓާލިއެވެ. އެވަގުތު އަހަރެންގެ ހަށިގަނޑުގައި ހިގައިގަތީ ކޮންކަހަލަ ޝުއޫރެއް ކަމެއް އަހަރެންނަކަށް ނޭގުނެވެ. “އައި ނޯ ޔޫ ވޯންޓް ދިސް” އެހެން ބުނެލަމުން މިޝްކާ އަހަރެންގެ ބުރަކަށީގައި ފިރުމާލިއެވެ. އަހަރެންނަށް ދެލޯމަރާލެވުނެވެ. އަހަރެންނަކީ ވެސް ފިރިހެނެކެވެ. ކިތައްމެ ކެތްކުރި ނަމަވެސް އިތުރަށް އަހަރެންނަކަށް ކެތެއް ނުކުރެވުނެވެ. ނޭނގި ނަމަވެސް މިޝްކާގެ އެފިރުމުންތަކަށް އަހަރެންނަށް ބޯލެބެން ފެށުނެވެ. އެވަގުތު އަހަރެންގެ ކަންފަތުގައި ޖެހުނީ މީހެއްގެ ގިސްލުމުގެ އަޑެވެ. އަހަރެން ދަންނަ އަޑެކެވެ. އަހަރެންނަށް ދެލޯ ހުޅުވާލެވުނެވެ. އެވަގުތު އަހަރެންނަށް ލިބިގެން ދިޔައީ ހީވެސް ނުކުރާހާ ބޮޑު ހައިރާން ކަމެވެ. ސިހިގެން ދިޔަވަރުން މިޝްކާގެ ދެއަތުގައި ވަރަށް ބާރަށް ހިފާފައި އަހަރެންނާއި ދުރު ކޮށްލެވުނެވެ. އަދި އަހަރެންނަށް ކޮޓަރީގެ ދޮރާއި ދިމާލަށް ދެވަނަ ފަހަރަށް ބަލާލެވުނެވެ. ނަމަވެސް މިފަހަރު އަހަރެންނަށް އެތަނުން އެކަކުވެސް ނުފެނުނެވެ.

 

ނުނިމޭ….

Share Article

Follow Me Written By

Fantasy

Level 310 Stories500 Comments100 Comments

Other Articles

Previous

ދަރިފުޅު (3)

Next

ފޮހެވޭނޭ ބާއޭ… 26

Next
December 19, 2015

ފޮހެވޭނޭ ބާއޭ… 26

Previews
December 18, 2015

ދަރިފުޅު (3)

20 Comments!

  1. Fantasy says:
    December 19, 2015 at 10:40 am

    koba hurihaa kudin.. v bodah sory iyyega up koh nudhevunyma.. v bixy koh ulhunyma hadhaanun kassaa lee.. ehnve mi bai kuda koh dhigu kohlaafa innany 😉 heekuran hurihaa kudin maaf koh dheyne kamah igey 🙂 heekuran mi baives kamudhaane kamah.. hurihaa kudinge hiyaalu thakah maruhabaa 🙂

  2. hajj says:
    December 19, 2015 at 11:11 am

    Mi part ves varah reethi

    1. Fantasy says:
      December 19, 2015 at 2:33 pm

      thnks hajj 🙂

  3. Lillygirl says:
    December 19, 2015 at 11:13 am

    Nice work dude me first

    1. Fantasy says:
      December 19, 2015 at 2:35 pm

      thnks lillygirl 🙂

  4. maaya says:
    December 19, 2015 at 11:21 am

    Varah reethi. Aneh part maadhama up kohdhehchey. Pls

  5. maaya says:
    December 19, 2015 at 11:25 am

    Iyye haadha varakah beleemey up vehjje thw

    1. Fantasy says:
      December 19, 2015 at 2:36 pm

      sory igey iyye up koh nudhevunyma maaya.. v bodah thnks inthizaaru kuryma.. maadhan iraadha kureviyya up kodheynan igey 🙂

  6. risha says:
    December 19, 2015 at 11:34 am

    Masha Allah mibaives varah reethi..

    1. Fantasy says:
      December 19, 2015 at 2:37 pm

      thnks risha 🙂

  7. Ira says:
    December 19, 2015 at 1:45 pm

    Varah reethi hehehe ashei alhamunoo 😉

    1. Ira says:
      December 19, 2015 at 1:52 pm

      But amila self ehen liyumahvure amila nafsu liyun kanneynge rangalhee and ehen dhe thaneh gaives ehen In 😉 🙂

    2. Fantasy says:
      December 19, 2015 at 2:38 pm

      heheh… gina kudin bunaany ehen dhoo 😉 thnks igey dear 🙂

  8. pretty girl says:
    December 19, 2015 at 3:11 pm

    wowww..esfiya ga in ehmme rythi vaahaka..avahah up kohdheh cheyyy…v v v v v v salhi…

    1. Fantasy says:
      December 19, 2015 at 6:48 pm

      thnks pretty girl 🙂

  9. mee says:
    December 19, 2015 at 3:38 pm

    woww.. v nice.. and v majaa shaam hithah araa ehchehi.. hehe.. like boot hyvany farubadhaeh henno.. haha.. bt v nice

    1. Fantasy says:
      December 19, 2015 at 6:50 pm

      heheh.. thnks mee bodu koh 🙂

  10. Me says:
    December 19, 2015 at 10:32 pm

    Vrah vrah vrah rythi….
    This stry is my favourite… plxxx maadhan up khdhrhchey thahkolheh avahah

  11. Tamao says:
    December 20, 2015 at 1:56 am

    Mivaahaka kurin publish kuree kon site eh ga?

  12. Faruu.. says:
    December 20, 2015 at 10:02 am

    Hatss Off Fantasy..!! ????
    Keep it up..

Comments are closed.


All Right Reserved!