“ފާރިޝް” ފާރިޝްއާށް ވެފައިހުރި ގޮތް ފެނިފައި އަހަރެން ގޮވާލީމެވެ. ފާރިޝް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “ވަޓް ހެޕެން” އަހަރެން އެތަނުން ތެދުވެގެން އައިސް ފާރިޝް ކައިރީގައި މަޑުކޮއްލީމެވެ. ފާރިޝް ބޯހޫރާލިއެވެ. އަދި މަޑު ހިގުމެއްގައި އައިސް ސޯފާގައި އިށީނެވެ. “ވަޓް ދަ ހެލް ހެޕެން ފާރިޝް” ފާރިޝް އެހާ މަޑުން އިންނަން ފެށުމުން އަހަރެން ބިރު ގަންނަން ފެށިއެވެ. އަނެއްކާ މިފަހަރު ކަމެއްވީ ކާކަށް ބާއެވެ. “ޑޫ ޔޫ ރިމެންބަރ ދަ ޕާސަން ހޫ އިންޓަރަގޭޓް ޔޫ” […]
“ޝާމްގެ ކޮއްކޮވީ އަޔާޒްގެ އަތްދަށުގައި” ނިހާދު ވަރަށް މަޑުން ބުނެލިއެވެ. އަހަރެން ހައިރާން ކަމާއި އެކު ނިހާދުއާއި ދިމާލަށް ބަލާލީމެވެ. އަހަރެންނަށް އަޑުއިވުނު ގޮތާއި މެދުގައި ޝައްކު އުފެދުނެވެ. “އަޔާޒް” އަހަރެން ހައިރާން ކަމާއި އެކު އަހާލީމެވެ. މާޒިން ބޯޖަހާލިއެވެ. އަހަރެންނަށް ދަތްކުނޑި ވިކާލެވުނެވެ. އަތްމުއްމަޅާލެވުނެވެ. އޭނަ އެކުރީ ރަނގަޅު ކަމެއް ނޫނެކެވެ. “އަހަރެން ކުރިން ވެސް ބުނިން ޝާމް ކައިރީގައި ޝާމް ކުރަމުން ގެންދިޔަ ކަންތައް ހުއްޓާލާށޭ” ނިހާދު ބުނެލިއެވެ. އަހަރެން ރުޅިވެރިކަމާއި އެކު ސުވާލުން […]
“ފާތިމަތު ޝާމާ ކިޑްނެޕް ކުރިކަމަށް ކުރެވޭ ތުހުމަތަކަށް މިގެންދަނީ” އަހރެންގެ އަތް ފުރަހަށް ލަމުން ބިޑި އަޅުވަމުން އެމީހާ ބުނެލިއެވެ. އޭރު މަންޒަރު ބަލަން އެތަނަށް މީހުން އެއްވަމުން ދިޔައެވެ. “ވަޓް” އަހަރެންނަށް ހައިރާން ކަމާއި އެކު ބުނެވުނެވެ. ދެވަނަ ޕޮލިސްމީހާ އަހަރެންގެ އަތުގައި ހިފާފައި ނެގިއެވެ. “ދެންވެސް ބުނީމަ ބުނާގޮތް ހަދާނީ” އަހަރެން އަތަށް ދަމަމުން ގެންގޮސް ވޭނަށް ލިއެވެ. ވައްޓާލުމުން އަހަރެންގެ މޫނު މައްޗަށް ތަދުވެގެން ދިޔައެވެ. ފައިގަވެސް ރިއްސަމުން ދިޔައެވެ. އަހަރެންގެ އެތެރޭގައި […]
ފާހަނައިން ނިކުން އިރު ސިކުނޑިއަށް ކޮންމެވެސް ވަރެއްގެ އަރާމެއް ލިބިފައިވާ ކަހަލައެވެ. އެހާ ފިނި ފަތިހެއްގައި ފެންވަރާލުމުން މީހާވަނީ ވަރަށް ބޮޑަށް ފިނިވެފައެވެ. ފެންވަރައިގެން ނިކުމެ ރީތި ވެލީމެވެ. އަދި ސައިކަލަށް އަރާ މިޝްކާ އުޅޭ އެޕާޓްމެންޓްއާއި ދިމާލަށް މިސްރާބު ޖެހީމެވެ. އަހަރެން އޭނަ ކައިރީގައި އަދި އަންނާނަމޭ ބުނި ހަނދާން ވެގެންނެވެ. ނަމަވެސް މިގަޑީގައި އަޔާޒް އުޅޭނެ ކަންނޭގެއެވެ. އެހެންވިޔަސް ކީއްހެއްޔެވެ. އަހަރެން މިދަނީ ޕްރޮމިސްއެއް ވެވިފައިވާތީ އެކަން ފުއްދާށެވެ. އެހެންކަމުން ސައިކަލް ޕާކް ކޮށްލުމަށްފަހު […]
ކޮޓަރި ކައިރިއަށް ހުއްޓެލަމުން ފާރިޝް އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަހަރެން ހުއްޓެލަމުން ޓަކި ޖަހާލީމެވެ. އެވަގުތު އެތެރެއިން ވަނުމަށް ބުނެލިއެވެ. އަހަރެން ދޮރު ހުޅުވާލީމެވެ. “އާދޭ އާދޭ… ދެކުދިން އެކީ ދޯ… އޭރުވެސް އަހަރެންނަށް އެނގޭ ޝާމްއަށް ފާރިޝްއަށް އިތުބާރު ކުރެވޭނެކަން….” އަހަރެންގެ ފަހަތުން ފާރިޝް ވަންތަށް ފެނުމާއި އެކު އާދިލްސަރ ބުނެލިއެވެ. “މިއީ އަނެއްކާ ކޮންކަމެއް… ކީއްކުރަން މިތަނަށް އަންނަން ބުނީ… މިއީވެސް ޓްރެޕްއެއް ދޯ” އަހަރެންގެ ހިތުގައި ރޯވެފައިވާ ރުޅީގެ އަލިފާންގަނޑު ކުޑަކޮށް ނިވިފައިވީނަމަވެސް […]
އެތަނުން ނިކުމެވެންދެން އަހަރެން އެއްވެސް ވާހަކައެއް ނުދައްކަމެވެ. މަގުމައްޗަށް ނިކުތުމާއި އެކު އަހަރެން ފާރިޝް އާއި ދިމާލަށް ބަލާލީމެވެ. “އިޓް މީން ވީ ހޭވް ލީކް ޕޮއިންޓް” އަހަރެންގެ އަޑުގައިި މަޑުތުރުތުރު އެޅުމެއް ހުރިކަން އަހަރެންނަށް އިހްސާސްވިއެވެ. “ބަޓް ކާކު” ފާރިޝްގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހާސްކަމެވެ. “އައި ޑޯން ނޯ.. އޮން ލީ ވަންވޭ ޓު ފައިންޑް އައުޓް” އަހަރެން އެހެންބުނެލަމުން ޖީބުގައި ސައިލެންޓަށް ލާފައިވާ ފޯނު ނަގާ ބަލާލީމެވެ. އަހަރެން ޖަލުގެ ތެރެއަށް ވަންނަމުން […]
އިތުރަށް ދާނެ ތަނެއް ނެތުމުން އަނެއްކާވެސް އަހަރެން މިސްރާބު ޖެހީ އަހަރެންގެ ކޮޓަރިއާއި ދިމާލަށެވެ. އެކަމަކު އަހަރެންނަށްވަނީ ވަރަށް ބޮޑު ހިންހަމަޖެހުމެއް ލިބިފައެވެ. ބުނަން ނޭނގޭ ކަހަލަ އުފާވެރިކަމެއް އަހަރެންނަށް އިހްސާސް ކުރެވެމުން ދިޔައެވެ. އެއީ މިޝްކާއާއި އެކު ހެނދުނުގެ ސައިބޮވުނީމަ ބާއެވެ. ނޫނީ އަޔާޒް ރުޅި އަރުވާލެވުނީމަ ބާއެވެ. ކޮންމެ ގޮތެއްވިޔަސް އަހަރެންނަށް މީގެކުރިން ވަރަށް މަދުން ނޫނީ މިގޮތަށް ހިތްހަމަޖެހިވިފައެއް ނެތެވެ. އަދި އެވެސް މިމަސައްކަތަށް ނިކުންފަހުންނެވެ. އެދުވަހުގެ ބޮޑުބައި ދިޔައީ އެއްވެސް ކަމެއް […]
ނަމާދު ކޮށްގެން އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބޭނެކަން އަހަރެންނަށް އެނގެއެވެ… މިކަމުގެ ތެރޭގައި އުޅެމުން އަހަރެންނަށް އަބަދުވެސް ހިތްހަމަޖެހުމެއް ލިބެނީ ނަމާދެއް ކޮށްލައިގެންނެވެ… ނަމަވެސް އަހަރެން ނަމާދު ކުރަނީ ގްރޫޕް ކުދިންނަށް ނޭނގޭ ގޮތަށެވެ. އެއީ އެމީހުންނަށް އެގިއްޖެނަމަ އަހަރެންނާއި މެދު ޝައްކެއް އުފައްދާފާނެ ތީއެވެ…. ނަމާދު ކޮށް ނިންމާލިއިރު އަހަރެންގެ ހިތުގައިވާ ބިރުވެރިކަން ވަނީ ކޮންމެވެސް ވަރަކަށް ފިލާފައެވެ. ނަމަވެސް އިތުރަށް އަހަރެން ނިދާކަން ބޭނުމެއް ނުވިއެވެ. ގަޑި ބަލާލީމެވެ. އޭރު ދަންވަރު 1 ޖަހަނީއެވެ. […]
ހަމަގައިމުވެސް އަހަރެންގެ އެންމެ މުހިއްމު ސުވާލުގެ ޖަބާވު ލިބިއްޖެއެވެ. އެއި ހުޝާމް އެމީހުން ނުމަރާ ކަމެވެ. ނަމަވެސް ހުޝާމްގެ ފަރާތުން ދެން އެފެނުނީ އަހަރެން އެއްގޮތަކަށްވެސް އެކަމަށް އުއްމީދުކުރި ކަހަލަ ސިފަތަކެއް ނޫނެވެ. “އެއީ ހަމަ ހުޝާމްތަ” އެތަނުގެ ހަމަހިމޭންކަން ދުއްވާލީ ފާރިޝްގެ އަޑުންނެވެ. އަހަރެން ފާރިޝް އާއި ދިމާލަށް ބަލާލީމެވެ. “އެކަމަކު އޭނަ މޮޔަތަ… އެވަރު ކުރަން އޭނަ ވީޑިއޯ ކުރީ” އާދިލްސަރގެ އަޑު އިވިގެންދިޔައެވެ. “ކޮންމެ ގޮތެއްވިޔަސް އޭނަ އެމީހުން ނުމަރާކަން އެގިއްޖެއެއްނުން” އަހަރެންނަށް […]