
އަނިޔާ.. 13 ވަނަ ބައި
އެވަގުތު އަހަރެންނަށް ލިބިގެން ދިޔައީ ހީވެސް ނުކުރާހާ ބޮޑު ހައިރާން ކަމެވެ. ސިހިގެން ދިޔަވަރުން މިޝްކާގެ ދެއަތުގައި ވަރަށް ބާރަށް ހިފާފައި އަހަރެންނާއި ދުރު ކޮށްލެވުނެވެ. އަދި އަހަރެންނަށް ކޮޓަރީގެ ދޮރާއި ދިމާލަށް ދެވަނަ ފަހަރަށް ބަލާލެވުނެވެ. ނަމަވެސް މިފަހަރު އަހަރެންނަށް އެތަނުން އެކަކުވެސް ނުފެނުނެވެ.
މިޝްކާއަށް އަހަރެން އެހެން ހެދުމުން ހައިރާންކަން ލިބިގެންދިޔައެވެ. “މިޝްކާ ޕްލީޒް އިނަފް” އަހަރެން މިޝްކާ އާއި ދުރަށް ޖެހިލީމެވެ. ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް އަހަރެންގެ ނަފްސު ކޮންޓްރޯލްއިން ނެއްޓީތީ އަހަރެން ރުޅިގަދަވިއެވެ. މިޝްކާ އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު އަނެއްކާވެސް އަހަރެންނާއި ކައިރިވެލިއެވެ. “ޝާމް ކަމޯން” އޭނަގެ އަހަރެންގެ މޭމަތީގައި ފިރުމާލިއެވެ. އަހަރެން މިޝްކާގެ އަތް އަހަރެންގެ ހަށިގަނޑާއި ދުރުކޮއްލީމެވެ. އަދި ފަހަތަށް ޖެހިލީމެވެ. “ނޫން މިޝްކާ” އެހެން ބުނެވުނު ނަމަވެސް އަހަރެންނަށް މިޝްކާގެ ލޮލަށް ބަލާކަން ނުކެރުނެވެ. “ވައި… ޔޫ ޑޯންޓް ލައިކް ދިސް” އެހެން ބުނެލަމުން އަނެއްކާވެސް އަހަރެންގެ މޭގައި އެއްއަތުން ފިރުމާލިއެވެ. “އޯ..ދިސް” އަނެއް އަތުން ބުރަކަށީގައި ފިރުމާލަމުން އަހަރެންގެ ކަންފަތް ކައިރީގައި މަސްތީއަޑަކުން މިޝްކާ ބުނެލިއެވެ. އަހަރެންނަށް މިފަހަރުވެސް ވީ ކުރިން ވީ ވަރެވެ. އިތުރަށް ކޮންޓްރޯލްއެއް ނުކުރެވުނެވެ. ނަމަވެސް އަހަރެންނަށް ދެލޯ މަރާލެވުމާއި އެކު އަހަރެންނަށް އިވިގެން ދިޔައީ ކުރިން އިވިގެންދިޔަ ގިސްލުމުގެ އަޑެވެ.
“ޕްލީޒް ޝާމް ޑޯންޓް ޑޫ ދެޓް” މިފަހަރުވެސް އިވިގެން ދިޔައީ މަލިކާގެ އަޑުކަން އަހަރެންނަށް ޔަގީންވެގެން ދިޔައެވެ. ލިބުނު ސިހުމާއި އެކު މިޝްކާ އަތުގައި ހިފާފައި ވަރަށް ބާރަށް ދުރައް ކޮއްޕާލެވުނެވެ. އެވަގުތު ދޮރު ކައިރީގައި ހުރި މަލިކާ މަޑުމަޑުންގޮސް އަހަރެންނަށް ގެއްލުނެވެ. އަހަރެން ހައިރާން ކަމާއި އެކު ދޮރާއި ދިމާލަށް އިރުކޮޅަކު ބަލަހައްޓައިގެން ހުރީމެވެ. މިޝްކާ ކޮއްޕާލިލެއް ބާރު ކަމުން އެތަނުގައި ހުރި ގޮޑީގައި އަޅައިގެންފައި ނުވެއްޓުނީ ކިރިޔާއެވެ. “ވަޓް ދަ…” މިޝްކާ ބުނެލި އަޑު އަހަރެންނަށް އިވިގެންދިޔައެވެ. އަހަރެން މިޝްކާއަށް ބަލާލީމެވެ. އޭރު މިޝްކާ އޭނަގެ ގަމީހުގެ ގޮށްތައް އަޅުވަނީއެވެ. “އައި އޭމް ސޮރީ މިޝްކާ.. ބަޓް އައި ކާންޓް” އަހަރެން އަހަރެންގެ ގަމީސް ރީތި ކޮށްލަމުން ބުނެލީމެވެ. އަދި އައިސް އެނދުމަތީގައި އިށީދެލީމެވެ. އަދި ދެއަތުން ބޮލުގައި ވަރަށް ބާރަށް ހިފަހައްޓާލެވުނެވެ. ދެންމެ އެވީ ކިހިނެއް ހެއްޔެވެ. އަހަރެންގެ ސެލްފް އަހަރެންނަށް އެހާ ދަށުދަރަޖައަކަށް ވައްޓާލެވިދާނެ ހެއްޔެވެ. އެވަރުގެ ކަމެއް ކުރަން އަހަރެން ހިތަށް އެރީ ކީއްވެ ހެއްޔެވެ. އަހަރެންގެ ހިތުގައި މަލިކާއަށް އުފެދިފައިވާ ލޯބި އެއީ ރީތި ކުއްޖެއް ފެނިލާއިރަށް ގެއްލިގެން ދާ އެއްޗަކަށް ވީ ހެއްޔެވެ. ދެންމެ މަލިކާ އަހަރެންގެ ކޮޓަރިން އެފެނުނީ ކީއްވެ ހެއްޔެވެ. އެއީ މަލިކާ ހެއްޔެވެ. ކޮންމެ ގޮތެއްވިޔަސް މިއަދު އަހަރެން ކުރަން އުޅުނު ކައްތަކުން ސަލާމަތްވީ އެމީހަކާއި ހެދިއެވެ. އަހަރެންނަށް ވަރަށް ފުންކޮށް ނޭވާއެއް ލެވުނެވެ.
“އެއީ ކާކުތަ” މިޝްކާގެ އަޑަށް އަހަރެން ސިހިގެންދިޔައެވެ. އަހަރެން އިސްއުފުލާލާފައި ބަލާލީމެވެ. އޭރު މިޝްކާ އަހަރެންނާއި ކައިރީގައި ހުއްޓިލައިގެން ހުއްޓެވެ. “ވަޓް” މިޝްކާ ބުނީ ކީކޭކަމެއް އަހަރެންނަކަށް ނޭގުނެވެ. “އަހަރެންނަށް އެނގޭ ޝާމް ބޭނުންވިކަން… ނަމަވެސް ކޮންމެވެސް ކުއްޖަކަށް އޮތް ލޯބި އެގުޅުން ހިންގުމަށް ހުރަސްއެޅީ. ނޫންތަ” އަހަރެން ކައިރީގައި އިށީދެލަމުން މިޝްކާ ވާހަކަ ދެއްކިއެވެ. އަހަރެން ހިނިތުންވެލީމެވެ. “ދެން ބުނެބަލަ އެއީ ކާކު” އަނެއްކާވެސް މިޝްކާ އަހާލިއެވެ. “މަލިކާ” އަހަރެން ބުނެލީމެވެ. “ވައު ޝީ ވިލް ބީ ހެޕީ ޕާސަން… ” އަހަރެންގެ ގައިގައި ކުޑަކޮށް ޖެހިލަމުން މިޝްކާ ބުނެލިއެވެ. އަހަރެން މިޝްކާއާއި ދިމާލަށް ބަލާލީމެވެ. އެމޫނުމަތިން އަހަރެންނަށް ފެނިގެން ދިޔައީ މައުސޫމް ކަމެވެ. “މިޝްކާ އައި އޭމް ރިޔަލީ ސޮރީ” އަހަރެން މާފަށް އެދުނީމެވެ. “ފޮ ވަޓް” މިޝްކާވެސް އަހަރެންނާއި ދިމާލަށް ބަލާލަމުން އަހާލިއެވެ. އަހަރެންނަށް ދޭނެ ޖަވާބެއް ނޭގުނެވެ. ހަގީގަތުގައި އަހަރެން މާފަށް އެދެންޖެހޭނެ ކަމެއް ނުކުރެވެއެވެ. “އިޓްސް އޯކޭ… އެހެން ނޫނަސް އަހަރެން ދޯ ފަސްޓް ސްޓެޕް ނެގީ… އެއީ ޝާމްގެ ފޯލްޓެއް ނޫން… އެހެންނޫނަސް އަދި އަހަރެންނަށް މިއަށްވުރެއް ބޮޑެތި އަނިޔާވެސް ލިބިފައި އިބަހުރި” މިޝްކާ ދުރަށް ބަލާލަމުން ބުނެލިއެވެ. މިޝްކާ އެހެން ބުނެލިގޮތުން އަހަރެން މިޝްކާއާއި ދިމާލަށް ބަލާލީމެވެ. “ވަޓް ޔޫ މީން” އަހަރެން އެގޮތަށް ބަލަން އިދެ ސުވާލު ކޮށްލީމެވެ. މިޝްކާ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އެވަގުތު މިޝްކާގެ ލޮލުގައި ފޮރުވިފައިވާ ކަރުނައިގެ ތިކިތަށް ވިދާލާފައި ހުރިތަށް އަހަރެންނަށް ފެނުނެވެ.
“އަހަރެން ލާރި ހޯދުމަށްޓަކައި ކުރާ ކަމަކީ މިއީ… ސޯ … ބައެއް ފަހަރު މިއަށް ވުރެއް ބޮޑެތި އަނިޔާވެސް ވޭ” މިޝްކާ ދެތުވެ އޭނަގެ އަތުގައި އަހަރެން ހިފެހެއްޓި ތަނުގައި ފިރުމާލަމުން ބުނެލިއެވެ.”މިޝްކާ ތިއީ…” އަހަރެން ހަމައެކަނި ބުނެލީ އެހެންނެވެ. މިޝްކާ ބޯޖަހާލިއެވެ. “އެކަމަކު މިރޭ ކިހާ ފްލޮޕް… އަހަރެންނަށް ރުފިޔާއެއް ލިބޭ ގޮތެއްވެސް ނުވި… “މިޝްކާގެ މޫނަށް ގޮތެއް ހަދާލަމުން އެހެންބުނެލި ގޮތުން އަހަރެންނަށް ހެވުނެވެ. “އޯކޭ އަހަރެން ރުފިޔާ ދީފާނަމޭ… އެކަމަކު ކީއްކުރަން” އަހަރެން މިޝްކާގެ މޫނަށް ބަލާލަމުން ކުރަން އުޅުނު ސުވާލު ނުކޮށް ދޫކޮއްލީމެވެ. “ބުނަން އަހަރެންވެސް ޝާމްމެން ކުރާ ކަންތަކާއި ބެހޭގޮތުން ވާހަކައެއް ނުދައްކަން ދޯ… ދެން ތީ ކާކު މަގޭ މަސައްކަތާއި ބެހޭގޮތުން ވާހަކަ ދައްކާކަން… އަހަރެން އެއްވެސް އެއްޗެއް ބޭނުމެއް ނޫން… ބޮޑު… މިރޭ މިތަނަށް ނައިސް އެހެން މީހަކާއި އެކު ދެވުނު ނަމަ ކިހާ ރަނގަޅު ވާނެ… ތިމަންނަ މެން ކުރާ ކަމެއް އެއްވެސް މީހަކަށް ނުފެންނާނެ… އެކަމަކު އެހެންމީހަކު އުޅޭ ގޮތުން އަބަދުވެސް އެއްޗެއްހި ކިޔޭތޯ ބަލާނެ” އަހަރެން ކުރަން އުޅެވުނީ ރަނގަޅު ސުވާލެއް ނޫންކަން އެގިގެން ދިޔައީ މިޝްކާގެ ރުޅިވެރި މޫނު ފެނުމުންނެވެ. އަހަރެންނާއި ދިމާލަށް އެއްޗެހި ކިޔަމުން ކުދި ކިޔަމުން ނުލާހިކު ބާރު މިނުގައި ކޮޓަރިން ނިކުމެ ނުލާހިކު ބާރަށް ދޮރުޖެހިއެވެ. އަހަރެންނަށް ބުނާނެ އެއްޗެއް ނޭގި އަނގަހުޅުވިފައި އިރުކޮޅެއް ވަންދެން އިދެވުނެވެ.
މިޝްކާ އެއީ ކޮންކަހަލަ ކުއްޖެއް ހެއްޔެވެ. އަހަރެންނަށް ކުރެވެން އުޅުނީ އެވަރުގެ ސުވާލެއް ހެއްޔެވެ. މިޝްކާގެ ލޮލުން އަހަރެންނަށް ކަރުނަ ފެނުނު ހެއްޔެވެ. ނޫނީ އެއީ ހީވުމެއް ހެއްޔެވެ. އެކަމަކު އޭނަ އެހާ އަވަހަށް ރުޅި އައި ސަބަބެއް އަހަރެންގެ ސިކުނޑިއަކަށް ނުވިސްނުނެވެ. އަހަރެން ބޮލުގައި ދެއަތުން ހިފަހައްޓާލައިގެން އެނދުމައްޗަށް ވެއްޓެގަނެވުނެވެ. އެވަގުތު އަހަރެން ފޯނު ރިންގު ވާން ފެށިއެވެ. ފޯނުގެ ޑިސްޕްލޭއަށް އަންނޯން އަރާފައި އިނުމުން ކާކުކަން އެގިގެން ދިޔައެވެ. “ހަލޯ” އަހަރެން ފޯނު ކަންފަތުގައި ޖަހަމުން ބުނެލީމެވެ. “ހަލޯ ޝާމް… ކިހިނެއްތަ ހުރިހާ ކަމެއް” ފާރިޝްގެ އަޑު އައީ ތަންކޮޅެއް ދުރުންނެވެ. “އަހަރެންނަށް ކިހިނެއްވީ” އަހަރެން ފޯނަށް ބަލާލަމުން އަހާލީމެވެ. “ދެން ބުނެބަލަ އޯކޭދޯ ހުރިހާ ކަމެއް” އަނެއްކާވެސް ފާރިޝް އަހާލިއެވެ. ހީވަނީ ވަރަށް އަވަސް އަރުވާލާފައި ހުރި ހެންނެވެ. “އާ އަހަރެން އޯކޭ އޭ… ކީއްވެ ފޯނު ލައުޑްއަށް ލައިގެން ތި ވާހަކަ ދައްކަނީ” އަހަރެން އަހާލީމެވެ. “.އެ…. ކަމެއް ނުވޭ… ގުޅާނަން އިގޭ” ފާރިޝް އެހެން އެހެންބުނެލީ ލައުޑް ކަނޑާލައިގެންކަށް އަހަރެންނަށް އެގުނެވެ. އަދި އަހަރެންނަށް އެއްވެސް އެއްޗެއް ނުބުނެވެނީސް ފޯނު ކަނޑާލިއެވެ. އަހަރެން ފޯނާއި ދިމާލަށް ބަލާލީމެވެ. އަދި ފޯނު ކައިރީގައި ބޭއްވުމަށް ފަހު ބޯމަތީގައި އަތް އަޅާލަމުން ދެލޯމަރާލީމެވެ.
“ވަޓް ހޭވް ޔޫ ޑަން.. ހީ އިޒް އިނޮސެންޓް” އަހަރެންނަށް ބުނެވުނެވެ. “ނޯ ހީ ކިލް މައި ސަން” އެމީހާ ޖަވާބު ދިނެވެ. އަހަރެންނަށް ބޭއިހްތިޔާރުގައި ހީލެވުނެވެ. “ވަޓް… އައި ތޯޓް ޔޫ ހޭވް އަ ޑޯޓާރ” އަހަރެންގެ ހިނިތުންވުން ފޮރުވަމުން އެމީހާއި ދިމާލަށް ބަލާލަމުން ބުނެލީމެވެ. “އައި އޭވް އަ ސަން. އެންޑް ހީ ކިލް ހިމް އިންފްރޮން އޮފް މީ… ބިކޯޒް އައި ޑޯން އޮބޭ ދެއަރ އޯޑާސް” އެމީހާ ރުޅިވެރިކަމާއި އެކު އަހަރެންނާއި ދިމާލަށް ބަލާލިއެވެ. އަދި ފިސްތޯލަ ތިރިއަށް ވައްޓާލިއެވެ. އަދި ކަނޑިން ވެއްޓިފައި އޮތް މީހާއާއި ދިމާލަށް މަޅާލިއެވެ. އަހަރެންނަށް އެއްވެސް ގޮތެއް ނެހެދެނީ އެތޫނު ކަނޑި އޭނަގެ މަސައްކަތް ފުރިހަމަ ކުރިއެވެ. ވެއްޓިފައި އޮތް މީހާގެ ކަރުގައި ނުލާހިކު ލޯބިން ފިރުމާލިއެވެ. މުޅިތަނަށް ލޭތަށް ބުރައިގެން ދިޔައެވެ. އަހަރެންވެސް ދިޔައީ ސިއްސައިގެންނެވެ. ހުއްޓުން އަރާފައި އެމީހާއާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. ހީވީ ފިލްމެއްގެ މަންޒަރެއް އަހަރެންނަށް ފެންނަމުން ދިޔަހެންނެވެ. އަނެއްކާވެސް އެމީހާ ކަނޑި މަޅާލިއެވެ. އަހަރެންނަށް އެމީހާގެ އަތުގައި ހިފެހެއްޓުނީ ވެއްޓިފައި އޮތް މީހާގެ މޫނުގެ ބައިބައި ވަކިވެގެން ލޭގެ ކޯރުގައި ދުވަން ފެށުމުންނެވެ. އަހަރެންނަށް ލިބުނު ސިހުމާއި އެކު އެހުރިހާ އިރުގައި ހުއްޓުން އަރާފައި ހުރެވުނީއެވެ. މޮޔައެއްހެން އެމީހާ އަނެއްމީހާގެ މޫނުމަތީގައި އެކަނޑިން ތަޅަމުންދިޔައެވެ. “ސްޓޮޕް.. ވަޓް އާ ޔޫ ޑުއިން… ސްޓޮޕް” އަހަރެން އެމީހާގެ އަތުގައި ހިފާފައި ވަރަށް ބާރަށް ދަމައިގަނެވެ. “ހީ ކިލް މައި ސަން” އެމީހާ މޮޔައެއް ފަދައިން ކިޔަމުން ދިޔައީ އެހެންނެވެ. އަހަރެން އެމީހާ ދުރަށް ލުމަށް މަސައްކަތް ކުރަމުން ދިޔައިރުވެސް އެމީހާ ދިޔައީ ކަނޑިން އަނެއް މީހާގެ ގައިގައި ޖެހޭތޯ ބަލަމުންނެވެ. “ސްޓޮޕް” ވަރަށް ބާރަށް އެމީހާގެ މޫނުމަތީގައި އަހަރެން ޖެހީމެވެ. އެވަގުތު އެމީހާ އަހަރެންނާއި ދިމާލަށް ބަލާލިއެވެ.
އަހަރެންނަށް ސިހިގެން ގޮސްފައި ހޭލެވުނެވެ. މީހާ އޭރު ހުރީ ދާހިއްލާ ފޯވެފައެވެ. އޭރުވެސް މައިނޭވާ ލެވެމުން ދިޔައެވެ. އަހަރެން މޫނުގައި ހުރި ދާތަށް ފޮހެލީމެވެ. ހަގީގަތުގައި އެމީހާގެ މަރާއި އެކު އަހަރެންނަށް އަސަރުތަކެއް ކޮއްފިއެވެ. އެހެންނޫންނަމަ އެބިރުވެރި މަންޒަރުތަށް އަހަރެންނަށް ހުވެފެނުން ފެންނަން ވީ ކީއްވެ ހެއްޔެވެ. އަހަރެން އެނދު މަތިން ދެތުވީމެވެ. އޭރުވެސް އަހަރެންގެ އަތުގައި އެމީހާގެ ލޭ ހުރި ކަހަލައެވެ. އަހަރެންނަށް މީހަކު މެރުނު ކަހަލައެވެ. އެއީ އަހަރެން އެއްވެސް އިރެއްގައި ބޭނުންވި ގޮތެއް ނޫނެކެވެ. އަހަރެން ބިރު ގަންނަން ފެށިއެވެ. މައްޗަށް ބަލާލެބުނެވެ. އަދި ހިތާހިތުން އަހަރެންނަށް މިބިރު ކަޑުވައިދިނުމަށް އެދި ދުއާކޮށްލެވުނެވެ.
އަހަރެން ކޮޓަރީގެ ދޮރު ހުޅުވާލީމެވެ. އެވަގުތު ފަތިހުގެ ފިނި ވައިރޯޅިތަށް އައިސް އަހަރެންގެ ގައިގައި ބީހެން ފެށިއެވެ. އަހަރެން ބޭނުންވީ ސިކުނޑި ހަމަޖައްސާލުމަށެވެ. އެހެންކަމުން ހިގާލުމުގެ ބޭނުމުގައި އަހަރެން ނިކުތީމެވެ. ވަކި ހިސާބަކަށް ހިގާލެވުނުތަނާ އަހަރެން ލޮލުގައި އަޅައިގަތީ ގަހެއްގައި އެލުވާފައި އިން ޖޯލީގައި އިޝީދެލައިގެން އިން ކުއްޖެކެވެ. ތަންކޮޅެއް އަނދިރި ކަމުން އެއީ ކާކުކަން އަހަރެންނަށް އެގުނީ އެމީހަކާއި ކުޑަކޮށް ކައިރިވެލިތަނާއެވެ. އެއީ މިޝްކާއެވެ. އަހަރެން ހިނިތުންވެލަމުން މިޝްކާ ކައިރީގައި މަޑުޖެހިލީމެވެ. މީހެއްގެ ހިލަމެއް ވެގެން ސިހިގެން ގޮސްފައި މިޝްކާ ބަލާލިއެވެ. “މިޝް” އަހަރެން ގޮވާލީމެވެ. އޭނަ އަހަރެންނާއި ދިމާލަށް ބަލާލުމަށްފަހު އިސްޖެހިއެވެ. އަދި އަހަރެންނަށް ނޭނގޭ ކަހަލަ ގޮތަކަށް އަތުން ލޯފުހެލިއެވެ. “ރޮނީތަ” އަހަރެން ބޭނުންވީ އެމަންޒަރު އަހަރެންނަށް ފެނުނުކަން އޭނައަށް އަންގާށެވެ. “ނޫން” ވަރަށް އުދަގުލުން ބުނެލާގޮތަށް މިޝްކާ ޖަވާބު ދިނެވެ. “ކީއްވެ މިޝްއޭ ތިބުނީ” މިޝްކާ ކޮއްލީ އަހަރެން ހީކުރި ކަހަލަ ސުވާލެއް ނޫނެކެވެ. އެހެންކަމުން އަހަރެންނަށް ހެވުނެވެ. އަދި ކައިރީގައި ހުރި ޖޯލީގައި އަހަރެން އިށީނީމެވެ. “ކިހިނެއްވީ… އެހެން ނުކިޔަންވީތަ” އަހަރެން އަހާލީމެވެ. “ނޫން އެހެނެއް ނޫން.. އެއީ ވަރަށް މަދު މީހުން ކިޔާ ނަމެއް… އެހެންވެ” މިޝްކާ އޭނަގެ އަތުން މޫނު މައްޗަށް ވެއްޓިފައި އިން އިސްތަށިކޮޅު އެއްފަރާތް ކޮއްލިއެވެ. ފަތިހުގެ އެއަދިރީގަވެސް މިޝްކާގެ މޫނު އަހަރެން ފެނުނީ ފުރިހަމަ ހަނދެއްގެ ސިފައިގައެވެ. “ސޮރީ މިރޭ އެގަޑީގައި އެއީ އަހަރެން ކޮށްގެން ވާނެ ސުވާލެއް ނޫން” އަހަރެން ބޭނުންވީ މާފަށް އެދޭށެވެ. އަހަރެން އެހެން ބުނުމާއި އެކު މިޝްކާ އަހަރެންނާއި ދިމާލަށް ބަލާލިއެވެ. “އެއީ މައްސަލައެއް ނޫން” ހިނިތުންވެލުމެއް ރައްދު ކޮއްލަމުން އެހެންބުނެލުމަށްފަހު އެތަނުން މިޝްކާ ތެދުވެގެން ހިގައިގަތެވެ. އެއްވެސް އެއްޗެއް ބުނާނެ ޗާންސްއެއް ނުދީ ކުރިއަށް ފިޔަވަޅެއް އަޅާލުމަށްފަހު އަނެއްކާވެސް ލޯފުހެލިތަން އަހަރެންނަށް ފެނުނެވެ. އަހަރެން އިތުރަށް މިޝްކާއަކަށް ގޮވާކަން ބޭނުމެއް ނުވިއެވެ.
އަހަރެން ކޮޓަރިއަށް ދާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން އިރު އަރަންދެން އަހަރެން އެތަނުގައި އިނީމެވެ. ސިކުނޑީގައި ތަފާތު އެތަށް އެތަށް ސުވާލެއް އުފައްދަމުންނެވެ. އެސުވާލު ތަކުގެ ޖަވާބު އެކި ގޮތްގޮތުން ލިބޭތޯ މަސައްކަތް ކުރަމުންނެވެ. އަހަރެންނަށް ނޭނގި ނަމަވެސް މިޝްކާއާއި ދޭތެރޭގައި ވިސްނެން ފެށިއެވެ. އޭނަގެ ހިނިތުންވުމުގެ ފަހަތުގައި ފޮރިވިފައިއެވަނީ ކޮންކަހަލަ ހިތާމައެއް ހެއްޔެވެ. އޭނަ އެކުރަމުން ގެއްދާ ކަންތައް އެކުރަނީ ކޮންސަބަބެއް އޮވެގެން ހެއްޔެވެ. އަހަރެން ގަބޫލު ކުރާގޮތުގައި ކޮންމެ ކަމެއް ކުރަންވެސް ސަބަބު ތަކެއް އޮންނާނެއެވެ. އެވަގުތު އަހަރެން ފޯނު ރިންގު ވާން ފެށިއެވެ. ސިހިގެންދިޔައީ އެވިސްނުމުގައި އިންދާ ފޯނު ރިންގް ވީމައެވެ. ފޯނު ޑިސްޕްލޭއިން އަންނޯން އަރާފައި އިނުމުން ހައިރާންވިއެވެ. އެހާ ހެނދުނު ގަނޑިގައި ފާރިޝް ގުޅުމުންނެވެ. “ހަލޯ” އަހަރެން ބުނެލީމެވެ. “ޕްލީޒް ޝާމް ބުނެބަލަ ޝާމް އޯކޭއޭ” ފާރިޝް ބުނެލިއެވެ. އެވަގުތު އިވުނީ އަންހެނެއްގެ އަޑެކެވެ. “ދީބަލަ މަގޭ އަތަށް… ދޮންބެ ދޮންބެ އޯކޭތަ.. ކޮންތާކު ތިއުޅެނީ… އަހަރެންނަށް ބިރުވެރި ހުވަފެނެއް ފެނިގެން… އަޅެ ދޮންބެ އޯކޭދޯ” ޝާމާ އެންނޭވާ މަތިން ހުރިހާ އެއްޗެއް ކިޔާލިއެވެ. އަހަރެން ހިނިވެސް އައެވެ. އަދި ދެރަވެސް ވިއެވެ. ޝާމާ އަހަރެންނާއި ދޭތެރޭގައި ވިސްނާވަރު އެގުމުން އުފާވީއެވެ. އަހަރެންގެ ސަބަބުން އެމީހުންނަށް ކަމެއް ވެދާނެތީ ދެރަވީއެވެ.
“ޔަ ދޮންބެ އޯކޭއޭ ކޮއްކޯ… ހުވަފެން ފެނުމާއި އެކު ދޯ ފާރިޝް ގެއަށް ގެންދިޔައީ…” އަހަރެން އަހާލީމެވެ. “ޔަ ތިބުނީ ދެތެއް… މީ ވަރުގަދަ އަންހެނުންތަކެއް… އެކަކަށް ރޭގެ އިރާކޮޅު ބިރުވެރި ހުވަފެނެއް ފެނުނީ އަނެއްކަކަށް ދަންވަރު… އެގޭތަ އެމީހުންނާއި ހެދި އަހަރެން މިހުރީ ހޭލާކަން” ފާރިޝް ޝާމާ އަތުން ފޯނު އަތުލުމަށްފަހު ވާހަކަ ދެއްކިއެވެ. “ތިބުނީ ކާކުގެ ވާހަކައެއް… ކާކަށްތަ ކުރިން ހުވަފެނެއް ފެނުނީ” އަހަރެން ސުވާލު ކޮއްލީ ފާރިޝް ބުނި އެއްޗަކުންނެވެ. “ހޫމް..އެއީ.. އަހަރެންބުނީ ޝާމާގެ ވާހަކަ… އޭ.. ޝާމް” “ފާރިޝް ދޮގު ނުހަދާ ބުނޭ…” ފާރިޝް މަސައްކަތް ކުރީ ދޮގު ހަދަންކަން އަހަރެންނަށް އެގުނެވެ. “އެއީ އެއްވެސް” “ޕްލީޒް… ކާކު ބުނެގެންތަ ކުރިން އަހަރެންނަށް ގުޅީ” އަހަރެން ހާސްވާން ފެށިއެވެ. “ސާބަސް ޝާމް އެއީ ކަމެއް ނޫނޭ…” ފާރިޝް މަސައްކަތް ކުރީ ނުބުނެ ވޭތޯއެވެ. އެހެންކަމުން އަހަރެންގެ ކައިރިއަށް ރުޅި އަންނަގޮތްވިއެވެ. “ސާބަހޭ ޝާމް.. މަލިކާ ބުނެގެން ގުޅީ… އޭނައަށް ހުވަފެނެއް ފެނިގެންނޭ ކިޔާފަ އައީ އަހަރުމެންގެއަށް… އެހެންވެ އޭރު ގުޅީ… މީ އަސްލު ޝާމްއަށް އެގެންޖެހޭ އެއްޗެއްވެސް ނޫން” ފާރިޝް ބުންޏެވެ. “މަލިކާ ބުނެގެންނޭ” އަހަރެން ޔަގީކޮއްލަށް ބޭނުންވިއެވެ. “ޔަ ޝާމް މަލިކާ… މަލިކާ އަދިވެސް ޝާމް ދެކެ” ފާރިޝްއަށް ބުނެވުނީ އެވަރަށެވެ. އަހަރެން ފޯނު ކަނޑާލީމެވެ. އިތުރަށް އަޑު އަހާނެ ހިތްވަރެއް އަހަރެންގެ ނެތެވެ. ނަމަވެސް އަހަރެންގެ ދެލޯ ފެންކަޅިވިއެވެ.
“ހޭ… ޝާމް” އަހަރެން ސިހިގެން ދިޔައީ މާޒިންގެ އަޑުއިވުނީމައެވެ. “ހޭ ސައިބޯން ދާން އާދޭ އަވަހަށް… އޭރުން އަވަހަށް ފުރެނީ” ތަންކޮޅެއް ދުރުގައި އަދި ދެތިން މީހަކާއި އެކު ހުއްޓިލައިގެން ހުރެ މާޒިން އަހަރެންނަށް ހަނާ އަޅާލިއެވެ. އަހަރެން ބޯޖަހާލަމުން ތެދުވީމެވެ. އަހަރެންވެސް ބޭނުންވީ ވީހާވެސް އަވަހަށް އެތަނުން ދާށެވެ. އެންމެންވެގެން ސައިބޮއިގެން މާލެދާން ނައްޓާލިއިރު ގަޑިން ހަތެއް ޖަހަނީއެވެ. މާލެ ލެފުމާއި އެކު އަހަރެން އެއްވެސް މަޑެއް ނުކޮށް ސައިކަލަށް އަރައި ސްޓާޓް ކޮއްލީމެވެ.
އަހަރެން ދިޔައީ ގެސްޓް ހައުސްއަށެވެ. ބޭނުންވީ ކުޑަވަގުތު ކޮޅަކަށްވެސް އެކަނިވެރިލާށެވެ. ފާރިޝްގެ ވާހަކަތަކުން އަހަރެންނަށް އުދަގޫވަމުން ދިޔައެވެ. މަލިކާ އަދިވެސް އަހަރެންދެކެ ލޯބި ވަންޏާ އަހަރެން އުފާ ވާންވީ ނޫންހެއްޔެވެ. އަހަރެންވެސް އެވަރަށް އޭނަދެކެ ލޯބިވެއެވެ. އަހަރެން ދިޔަގޮތަށް އެނދުމައްޗަށް ވެއްޓެގަތީމެވެ. އަހަރެންގެ ބޯ ހީވަނީ ފަޅައިގެންދާން އުޅޭ ހެންނެވެ. ނިއްކުރި މައްޗަށް ބާރުވެފައި ހުރި އިރުގައި ހީވަނީ ހުރިހާ ސްޓުރެސްއެއް ވެގެން ބޯ ފިއްތާލާފައި ހުރި ހެންނެވެ. އަހަރެންނަށް ދެއަތުން ވަރަށް ބާރަށް ބޮލަށް ފިއްތާލެވުނެވެ. އަހަރެން މަލިކާ ދެކެ ލޯބިވެއެވެ. ނަމަވެސް މަލިކާ އަހަރެންނާއި މެދު ވިސްނާކަން އެގުމުން އަހަރެންނަށް އެތައް އުދަގުކެއް ވެއްޖެއެވެ. އަހަރެން ވަޒީފާއިން ވަކިކުރިފަހުން މަލިކާގެ ފަރާތުން އަހަރެންނަށް ފާހަގަކުރެވިފައިވަނީ ރުޅިވެރިކަމެވެ. އެކަމަކު ރޭގެ އެވަގުތު…. އެހެންވީމަ އެއީ ހަމަ މަލިކާދޯއެވެ. އަހަރެންނަށް އެނުބައި ކަމުން ސަލާމަތް ވެވުނީ މަލިކާގެ ސަބަބުންނެވެ. އަހަރެންގެ ހިތް އުފަލުން ނަށަން ފެށިއެވެ. ބޭނުންވީ ވީހާވެސް އަވަހަށް މަލިކާ ކައިރިއަށް ދާށެވެ. ނަމަވެސް…..
އަހަރެންގެ ބޮލުގައި ރިއްސަމުން ދިޔައީ ބޭކާރު ކަންތަކާއި ވިސްނޭތީއޭ އަހަރެން ހިތަށް އެރިއެވެ. އަނެއްކާ ރޭގައި ރަނގަޅަކަށްވެސް ނުވެސް ނިދުނެވެ. އެގެ ކުރިން ރޭގެ ނިދި ނުލިބުނީމަ ބޮލަށް ހުރީ ނުލާހިކު ބަރުވެފައެވެ. ނަމަވެސް އަހަރެން ދެލޯ މަރާލަންވެސް ބިރު ގަނެވެ. އެއީ އަނެއްކާވެސް އެބިރުވެރި ހުވަފެން އަހަރެންނަށް ފެނިދާނެތީއެވެ. އެހެންކަމުން އެހެން އިރުކޮޅަކު އޮތުމަށްފަހު ފޯނު ނަގާ ފާރިޝްއަށް މެސެޖްއެއް ފޮނުވާލީމެވެ. އިރުކޮޅެއް ނުވެ ފާރިޝް ގުޅިއެވެ. “ހޭ ޝާމް އާ ޔޫ އޯކޭ…” އަހަރެން ހަލޯއޭ ބުނުމާއި އެކު ފާރިޝްއަށް އަހާލިއެވެ. އޭނަ ހުރީ އަހަރެން އެގޮތަށް ފޯނު ކަނޑާލުމުން ހާސްވެފަކަން ފާރިޝްގެ އަޑުން އެގިގެންދިޔައެވެ. “ޔާ އައި އޭމް ފައިން… ކޮބާތަ ފާރިޝް އަތުގައި ހުރި ވީޑިއޯތަށް” އަހަރެން ބޭނުންވީ އިތުރު އެއްވެސް ވަގުތެއް ނަގާނުލާ އަހަރެން ކުރަން ބޭނުންވާ ކަންތައް ކުރިއަށް ގެންދާށެވެ. “އެބަހުރި.. ޝާމް ބުނީމެއްނުން ބަހައްޓާށޭ” ފާރިޝް ބުނެލިއެވެ. “ގުޑް… އަވަހަށް ޓައިމްއެއް ހަމަޖައްސާ… އައި ވޯންޓް ސީ ދަ ވީޑިއޯ… ” އަހަރެން ބުނެލީމެވެ. “ހާދަ އަވަސް އަރުވާލައިގެން ތިއުޅެނީ… އަނެއްކާ ހުރިހާ ކަމެއްވެސް އޯކޭތަ…. ” ފާރިޝްއަކީ އަހަރެންގެ ސިފަތަށް ވަރަށް ރަނގަޅަށް އެނގޭ ރަނގަޅު އެކުވެރިއެކެވެ. އެހެންކަމުން ގިނަފަހަރަށް އަހަރެންނަށް އޭނައަށް އޮޅުވާލުންވެސް ވަނީ ބޮޑު އުދަގުލަކަށެވެ. “ފާރިޝް އައި ޑޯންޓް ވޯންޓް ޓޯކް އެބައުޓް އެނީތިން އެލްސް… ކޭން ޔޫ ޑޫ ދެޓް.. ޓޯކް ދަ ބޮސް އެންޑް މޭކް އަ ޓައިމް” އަހަރެން ފާރިޝްއަށް އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނުވިއެވެ. “އޯކޭ އޯކޭ… ޖަސްޓް ރިލެކްސް… އައި ވިލް” ފާރިޝް ބުނެލިއެވެ. އެހެން ބުނުމާއި އެކު އަހަރެން ފޯނު ކަނޑާލީމެވެ.
ފޯނު ބޭއްވިތަނާ ކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖެހިއެވެ. އަހަރެން ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރީ ނާފިލްއެވެ. “ހޭ ބްރޯ” ކޮޓަރިއަށް ވަންނަމުން އަހަރެންނަށް ބުނެލިއެވެ. އަހަރެން ބޯ ޖަހާލީމެވެ. “ސޮރީ ބުރޯ ރޭގަ ބްރޯގެ ޕާޓީއަށް ނުދެވުނީ… ރޭގަނޑު ވިތަނުން އަހަރެން ދެމުނީ… މާގަދައަށް މިހާރު ޖެއްސެނީހެން ހީވަނީ” ވާހަކަ ދައްކަމުން ދިޔަގޮތަށް ނާފިލް އެނދުގައި ޖައްސާލިއެވެ. އަހަރެންނަށް ހެވުނެވެ. ނާފިލްއަށް ވާހަކަ ދައްކަށްވެސް އުދަގޫ ވެގެން އުޅޭއިރުގައި އަދިވެސް އޭނައަށް ގިނައިން ބޭނުން ކުރެވޭހެން ހީވަނީއެވެ. “އިޓްސް އޯކޭ” އަހަރެން ބުނެލީމެވެ. “އޭ އެންޑް ބައިދަވޭ ކޮންގްރާ ފޮ ޖޮއިނިން އަވަރ ގްރޫޕް” ނާފިލް ބުނެލިއެވެ. “ތެންކްސް” އަހަރެން ބުނެލީމެވެ. “ސޯ ވައި އާ ޔޫ ހިޔަރ” އަހަރެން ބޭނުންވީ ނާފިލް އައި ބޭނުން އޮޅުން ފިލުވާށެވެ. އަހަރެން އެކަނި ވެލަން ބޭނުންވަ ކޮންމެ ގަޑިއެއްގަވެސް ކޮންމެވެސް މީހެއްގެ ފަރާތުން އުދަގުލެއް ވާތި އަހަރެންގެ ތަދުވަމުންދިޔަ ބޮލުގެ ތަދު އިތުރުވެގެން ދިޔަކަހަލައެވެ. “އޯހް… ޔާ… އަސްލު އަހަރެން މިއައީ މާއްޓެ ބުނެގެން… މާއްޓެ ބުނީ ސްޓަފް ނަގަން މަށާއި ޝާމް ދާށޯ” ނާފިލް ބުނެލިއެވެ. އަހަރެން ހައިރާންވިއެވެ. އެންމެ ފަހަރަކުވެސް މާޒިން މީގެ ކުރިން ސްޓަފް ނަގާކަށް އެހެންމީހަކު ފޮނުވާފައެއް ނުވެއެވެ. “އަހަރެން” އަހަރެންގެ މޭގައި އިނގިލި ޖައްސާލަމުން ސުވާލުގެ ނަޒަރަކުން އަހަރެން ނާފިލްއާއި ދިމާލަށް ބަލާލީމެވެ. “ހޫމް ޝާމް… އެހެންނޫނަސް ޝާމްއަކީ މިހާރު އަހަރުމެންގެ ގްރޫޕް މީހެއްނުން… އެހެންވެ” ނާފިލް ބުނެލިއެވެ. “ނާފިލްއާއި އެކު…. ތިހެން ހުއްޓަ… މިހާރު” އިތުރު ސުވާލު ތަކެއް ކުރާގޮތަށް އަހަރެން އަހާލީމެވެ. “ކަމޯން ޝާމް އައި އޭމް ފައިން… އަހަރެން އޯކޭ އޭ….” އެހެންބުނެލަމުން ނާފިލް ތެދުވިއެވެ. އެވަގުތު އަރިއަޅާލިއެވެ. އަހަރެން ނުހިފެހެއްޓިނަމަ އޭނަ ޔަގީނުންވެސް ވެއްޓުނީހެވެ. އަހަރެން ކައިރިއަށް ހިނިވެސް އައެވެ. ނަމަވެސް އިތުރު އެއްވެސް އެއްޗެއް ނުބުނެ ނާފިލްއަށް ދޮރު ހުޅުވާލަދިނީމެވެ.
ނާފިލް އިނީ އަހަރެންގެ ފަހަތުގައެވެ. އަހަރެންގެ ސައިކަލު ދުއްވަމުން ދިޔައީ ނާފިލް ބުނަމުން ދިޔަ މަގުންނެވެ. ވަކި ހިސާބަކަށް ގޮސްފައި ސައިކަލް ޕާކް ކުރަން ބުނުމުން އަހަރެން ސައިކަލް ޕާކް ކޮއްލީމެވެ. އަދި ނާފިލްގެ ފަހަތުން އަހަރެން ގޮސްވަނީ ދެބުރިއަށް ނާގާފައިވާ ގެއަކަށެވެ. ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ފެންނާކަން ނެތެވެ. ނާފިލް ދިޔަގޮތަށް އެތެރޭގައި ހުރި ދޮރުގައި ޓަކި ޖަހާލިއެވެ. ދެތިން ފަހަރަކު ޓަކި ޖަހާލުމުން އެތެރެއިން މީހަކު ބޯދިއްކޮށްލިއެވެ. “ނާއްޓެ” ބޯދިއްކޮށްލި މީހާ އެހެންބުނެލަމުން ދޮރު ބޮޑަށް ހުޅުވާލިއެވެ. އަދި އަހަރެން ފެނުމުން ސުވާލުގެ ނަޒަރަކުން ބަލާލިއެވެ. “ހީ އިޒް އޯކޭ… އީ އިޒް އަ ގްރޫޕް މެންބަރ” ނާފިލް ބުނެލިއެވެ. އެމީހާ އަހަރުމެން އެތެރަށް ވެއްދިއެވެ. އަހަރެން މަޑުމަޑުން އެތެރެއަށްވަދެ މުޅިތަނަށް ބަލާލީމެވެ. “މަނީ” އަހަރުމެން ވަނުމުން ދޮރު ލައްޕާލަމުން އެމީހާ ބުނެލިއެވެ. އެވަގުތު ނާފިލް ޖީބުން ބޮޑު ނޫޓް ބޮޑިއެއް ނަގާ އެމީހާގެ އަތަށް ދިނެވެ. އަހަރެންނަށްވެސް ލިބުނީ ހައިރާން ކަމެވެ. “ސްޓަފް ކޮބާ” އެވަގުތު އެމީހާ ނެގީ ނޫޑްލްސް ހުސްކުރި ފޮށިގަނޑެކެވެ. އަދި މަތި ހުޅުވާލިއެވެ. އަހަރެން ބަލާލީމެވެ. ހުދުކުލައިގެ ކުޑިތަކެއް އަޅާފައިވާ ކުދި ޕެކެޓްތަކެއް އޭގެތޭރޭގައި ހުއްޓެވެ. އަހަރެން މަޑުމަޑުން ފަހަތަށް ޖެހިލީމެވެ. އަދި ދޮރުގައި ހިފާލީ ބޭރަށް ދާންވެގެންނެވެ. “ކޮންތާކަން ކަލޭ ތި ދަނީ” ބިރުވެރި އަޑަކުން އެތަނުގައި ހުރި މީހާ އަހަރެންނާއި މުހާތަބް ކުރިއެވެ. ކުޑަކޮށް ސިހިފައި އަހަރެން އެމީހުންނާއި ދިމާލަށް ބަލާލީމެވެ. އަދި އަތުގެ ކުޑަވައި އިނގިލި ދައްކާލީމެވެ. “ބޭރަށް ދަނީ… މިކޮޓަރީގަ އެބަހުރި ފާހަނަވެސް” އެމީހާ ބުނެލިއެވެ. “ޔަ އަހަރެންނަށް ވަރަށް އުދަގޫ އެހެންތަނަކަށް ވަންނަން… އަހަރެން އެބަ އަންނަން ވަރަށް އަވަހަށް.. ނާފިލް ކުރިއަށް ގެންދޭ.. ޕްލީޒް އައި ނީޑް ޓު ގޯ” އަހަރެން ބުނެލީމެވެ. އެވަގުތު އެމީހާ އެއްވެސް އެއްޗެއް ނުބުނެ އަނެއްފަރާތަށް އެބުރުނެވެ. ނާފިލްއާއި ދިމާލަށް ބަލާލަމުން އަހަރެން ބޭރަށް ނިކުތީމެވެ. އަދި ފޯނު ނަގާ ފިތަކަށް އޮބާލީމެވެ.
އެގެއިން ނިކުމެގެން އަހަރެން އައި ގޮތަށް އައީ އަހަރެންގެ ރޫމްއަށެވެ. އިތުރަށް އެތަނުގައި މަޑުކުރަން އަހަރެން ބޭނުން ނުވީއެވެ. އެމީހުން އެގެންގުޅޭ އެއްޗެއް ބަލަންވެސް އަހަރެން ފޫހިވެއެވެ. އައި ގޮތަށް އަހަރެންނަށް ހަމަޖެހުމެއް ނުލިބުނެވެ. މީހާ ހާސްވަން ފެށިއެވެ. އިރު އިރުކޮޅާ އަހަރެންނަށް ފޯނަށް ބަލާލެވެއެވެ. އަދި ކޮޓަރީގައި ހިގެންފެށުނެވެ. އަދި މިހާރު އަހަރެންނަށް ހިގެންފެށިތާ ފަނަރަ މިނެޓް ވެއްޖެއެވެ. ކުއްލިއަކަށް އަހަރެންގެ ފޯނު ރިންގް ވާންފެށިއެވެ. ފޯނަށް ބަލާލުމާއި އެކު އަހަރެންގެ ހިތް އަވަށްވެގެން ދިޔައެވެ. “ކީކޭ” ފޯނު ނެގިގޮތަށް އަހަރެން އަހާލީމެވެ. “ކޮންތާކު ޝާމް” މާޒިން ހުރީ ހާސްވެފަކަން އޭނަގެ އަޑުން އެގިގެންދިޔައެވެ. “އަހަރެންގެ ކޮޓަރީގަ… ކިހިނެއްވީ ހާދަ ހާސްވެފަ” އަހަރެން އަހާލީމެވެ. “ކިހިނެއްވީހޭ… ޝާމްއާއި އެކު ނޫންތަ ނާފިލް ދިޔައީ…” މާޒިންގެ އަޑުގައި ހިތްހަމަނުޖެހުން އެކުލެވިފައިވެއެވެ. ” އާ އަހަރެންނާއި އެކު… އެކަމަކު އަހަރެން ވަރަށް އާރޖެންޓް ވެގެން އައީ މިކޮޅަށް… ފާހަނައަށް އައީ… ދެން ކުޑަކަމެއް ކުރަން ވެގެން އަހަރެންނަށް އަދި މިއުޅެނީ ނުދެވިގެން… ކިހިނެއްވީތަ” އަހަރެން ބެލީ ވީހާވެސް އަހަރެންނާއި މެދު ޝައްކު ނުވާގޮތަށް ވާހަކަ ދެއްކޭތޯއެވެ. “އޭނަ ޕޮލިހުން ހައްޔަރު ކޮއްފި… ސްޓަފް އާއި އެކު …. ހާމިދުވެސް….ރެޑްކޮށް” މާޒިން އެވާހަކަ ދެއްކި އިރު އޭނަ ހާސްވެފައި ހުރި ވަރުން އަހަރެންވެސް ކުޑަވަގުތު ކޮޅަކަށް ނަމަވެސް ހާސްވިއެވެ. ނަމަވެސް ހައްޔަރު ކުރި ވާހަކަ ބުނުމުން އަހަރެންނަށް ހީލެވުނެވެ. މީހާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. “އެހެންތަ… ސޮރީ އަހަރެން އެގަޑީގައި އެތަނުގައި ހުންނަން ޖެހޭނެ… ދެން ކިހިނެއް ހަދާނީ” އަހަރެން އަވަސް އަވަހަށް އަހާލީމެވެ. “ނޭނގޭ… އެއީ ޝާމްގެ މައްސަލައެއް ނޫން… އެހެންނޫނަސް ނަސީބެއްނުން ޝާމް ސަލާމަތްވިކަން… އަހަރެން ބުނީމޭ ނާފިލް ކައިރީގައި ބަލައިގެން އުޅޭށޭ… އެވާނީ މީހަކު ރިޕޯޓް ކުރީކަމަށް… އެނީވޭ އަހަރެން މިހާރު މިދަނީ ޕޮލިހަށްދާން އިތުރު މައުލޫމާތެއް ލިބޭތޯ” މާޒިން އެހެން ބުނުމުން އަހަރެން އާއެކޭ ބުނެލީމެވެ. އަދި ފޯނު ބޭއްވީމެވެ. މިހާރު މަޑުމަޑުން އަހަރެންގެ މަސައްކަތް މިފެށެނީއެވެ. ދެން އޮތީ ފަހަރަކު މީހަކު ޖަލުގެ ކުޑަ ގޮޅިއަށް ލުމެވެ. އަދި މިކަމަށް ހިތްވަރުދޭން ތިބޭ އެންމެ ބޮޑެތި މީހުންނާއި ދެކޮޅަށް ހެކި ހޯދުމެވެ… އެކަންވެސް އަހަރެން ކުރާނަމެވެ. ފޯނު ޖީބަށްލަމުން މިފަހަރު މިހާ ރީތިކޮށް މިކަން ނިމުނީތީ އަހަރެން ހެއްދެވި ފަރާތަށް ޝުކުރު ކުރީމެވެ.
ޖީބަށް ފޯނު ލުމާއި އެކު ފޯނު ރިންގްވާން ފެށިއެވެ. އަހަރެން ހީކުރީ މާޒިން އަނެއްކާވެސް ގުޅީކަމަށެވެ. އެހެންކަމުން އަހަރެން ފޯނު ނުނަގަން ހުރެފައިވެސް ފޯނު ބަލާލީ އިތުރު ގޮތެއް ނެތީމައެވެ. އެވަގުތު ފޯނުގައި އަރާފައިވާ އަންނޯން ފެނުމާއި އެކު އަވަހަށް ނަގާފައި ހަލޯއޭ ބުނެފީމެވެ. ” ޝާމް ނައު މީޓީން… އެންމެންނަށް މިގަޑީގަ ދެވޭނެ. ބައްދަލު ކުރަންވީތަނަށް އަވަހަށް ދޭ… އަހަރެންވެސް މިދަނީ.. ” ފާރިޝް ބުނެލިއެވެ. އަހަރެން އިތުރު އެއްޗެކޭ ނުބުނެ ފޯނު ބޭއްވުމަށްފަހު އަވަހަށް އެތަނުން ނިކުމެ ސައިކަލަށް އަރާ ސްޓާޓް ކޮއްލީމެވެ. ނަމަވެސް ނައްޓާލުމުގެ ކުރިން އެއްވެސް ކަހަލަ ބިރުވެރި ކަމެއް ވޭތޯ އަހަރެން ބަލާލީމެވެ. އަދި ބައްދަލު ކުރަން ދާންޖެހޭ ދިމާލަށް މިސްރާބު ޖެހީމެވެ.
އަމީނީ މަގުން އައިސް މަޑުކޮއްލީ ސިނަމާލެ ކައިރިއަށެވެ. ސައިކަލް ޕާކް ކޮއްލުމަށްފަހު އެތާ ކައިރީގައި އިން ގެއަކަށް ވަދެއްޖައީމެވެ. ތިންކޮޓަރި ހުރި އެގެއިން އަހަރެންނަށް އަންގާފައިވާ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލީމެވެ. ދެފަހަރަކު ޓަކި ޖަހާލުމުން ދޮރު ހުޅުވާލީ ފާރިޝްއެވެ. އަހަރެން ވަދެފައި ދޮރުފަތް ލައްޕާލީމެވެ. “ކޮބާ” އަހަރެން އަހާލީމެވެ. އެވަގުތު ތަންކޮޅެއް ދުރުގައި ހުރި ލެޕްއެއް ފާރިޝް ދައްކާލިއެވެ. “ކޮބާ އަނެއް ދެމީހުން” އަހަރެން ލެޕް ކައިރިއަށް މަޑުކޮއްލަމުން އަހާލީމެވެ. “އެބަ އާދޭ” އެހެންބުނެ ރަގަނޅަށް ނުނިމެނީސް ދޮރުގައި ޓަކި ޖަހާލިއެވެ. ދޮރުހުޅުވާލިއިރުގައި އާދިލްސަރ އަދި ހާނިމްސަރ ތިއްބެވެ. “ކިހިނެއްވީ މިގަޑީގަ ބައްދަލު ކުރަން ބޭނުންވީ” އާދިލްސަރ ވަންނަމުން އަހާލިއެވެ. “ވީޑިއޯ ބަލަންވެގެން” އަހަރެން ލެޕް ރެޑީކޮއްލަމުން ބުނެލީމެވެ. އަހަރުމެންނަށް ހުޝާމްގެ ގެއިން ތިން މެމޮރީ ކާޑް ފެނިފައިވެއެވެ. އޭގެން އެއްކާޑް ލެއްވުމަށްފަހު އަހަރެން އެވީޑިއޯ ޕްލޭ ކޮއްލީމެވެ. އެންމެވެސް އައިސް ވީޑީއޯގެ މަންޒަރު ރީއްޗަށް ސާފު ވާގޮތަށް ލެޕް ކައިރީގައި ހުއްޓެލިއެވެ. އޭގެން ފެނިގެންދިޔައީ މީހަކު ތަނބެއް ކަހަލަ އެއްޗެއްގައި ބަދެފައި ހުއްޓައެވެ. ހީވާގޮތުން އެމީހާ ހުރީ ގަރާޖެއްގެ ތެރެގައެވެ. އިރުކޮޅަކުން ފެނިގެން ދިޔައީ ހުޝާމްއެވެ. އޭރުވެސް ހުޝާމް އަތުގައި ފާޑެއްގެ ދަގަނޑު ގަޑެއް އޮތެވެ. ދެން ފެނިގެންދިޔަ ގިނަ މަންޒަރު ތަކަކީ އަހަރެންނަށްވެސް ބަލަން ފަސޭހަވެގެން ދިޔަ މަންޒަރު ތަކެއް ނޫނެކެވެ. އެމީހާއަށް އެކި ގޮތްގޮތަށް އަނިޔާ ކުރުމުން އެމީހާ އެމީހާގެ ކުށައް އިއުތިރާފްވިއެވެ. ހުޝާމްގެ ބައްޕަ އަދި އަހަރެންގެ ބައްޕަ މަރާލުމުގައި އޭނަގެ އަތެއް ވާނެ ކަމަށް އޭނަ ބުންޏެވެ. ނަމަވެސް އެއީ އެހެންބައެއް ބުނެގެން ކުރި ކަމެއްކަމަށް އޭނަ އެއްބަސް ވެފައިވެއެވެ. ނަމަވެސް ހުޝާމް އެވަރަށް އަނިޔާ ކުރުމުންވެސް އެއީ ކޮންބައެއް ކަމެއް އެމީހަކު ނުބުންޏެވެ. އެންމެފަހުން އެމީހާއަށް ކުރަމުން ދިޔަ އަނިޔާއަށް ކެތްނުވެގެން ހޭނެތުނެވެ. އެކަން އެގުނީ ހުޝާމް އޭނަގެ ކަރުގައި އަތްޖައްސާލާފައި އަދި މަރެއް ނުވެއޭ ބުނުމުންނެވެ. އަދި ފެންއެއްޗެއް އެމީހާގެ މޫނަށް ޖެހިއެވެ. އެވަގުތު އެމީހާ ސިހިފައި ތެޅިގަތެވެ. އެކަމުންވެސް އޭނަ މަރުނުވާކަން އެގިގެންދިޔައެވެ. އަދި އޭގެ ފަހުގައި އެމީހާ އެތަނުން ނައްޓާލައިގެން ދުރައްގެންދިޔައެވެ. އަދި އިރުކޮޅަކުން ހުޝާމް ކެމެރާ ކުރި މައްޗަށް ހުއްޓެލިއެވެ. “އަހަރެން މިކުރި ކަމަކީ އަހަރެން ފަހުރުވެރިވާ ކަމެއް… ސަބަބަކީ މިހާރު އަހަރެންނަށް އަހަރެންގެ ބައްޕަ މަރާލި އެކަކު ހޯދިއްޖެ …. އަދި އަހަރެން އެހެން މީހުންވެސް ހޯދާނަން…. އެކަމަކު މިކަން އަހަރެން އެއްވެސް މީހެއް ކައިރީގައި އަދި ނުބުނެވޭނެ….” އެހެންބުނުމަށްފަހު ހުޝާމް ވީޑީއޯ ސްޓޮޕް ކޮއްލިއެވެ. އެވީޑީއޯގައި ފެނިގެންދިޔައީ މުހައްމަދު ފައިޒަންއެވެ. ވީޑިއޯ ސްޓޮޕް ވުމާއި އެކު އަހަރެންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.
އަހަރެން އެންމެންގެ މޫނަށް ވަކިވަކިން ބަލާލީމެވެ. އެކަކުވެސް އެއްވެސް އެއްޗެއް ނުބުނެއެވެ. ނޫނީ އެމީހުންނަށް ބުނާނެ އެއްޗެއް ނޭގުނީ ކަންނޭގެއެވެ. ހަމަ ޔަގީނުންވެސް އަހަރެންނަށް ލިބިގެންދިޔައީ ހައިރާން ކަމެވެ. އެއީ ހުޝާމްގެ ފަރާތުން ދުވަހަކުވެސް އަހަރެންނަށް ފެންނާނެ ކަމަށް އުއްމީދު ކުރި ކަހަލަ ކަމެއް ނޫނެވެ. އަހަރެން އެކާޑު ނެގުމަށްފަހު ދެވަނަ ކާޑް ލެޕްއަށް ލައްވާލީމެވެ. އަދި ޕްލޭ ކޮއްލީމެވެ. ހަމަކުރިން ފަހަރު ފެނުނު ގަރާޖްއެވެ. ހަމަކުރިން ފަހަރު ގޮތަށް އެތަބުގައި މީހަކު ބަދެފައި ހުއްޓެވެ. ނަމަވެސް މިފަހަރު ހުޝާމް ހުރީ އެމީހާގެ ގަޔަށް ފާޑެއްގެ ނަރުތަކެއް ކަހަލަ އެއްޗެއް ގުޅާފައެވެ. ހުޝާމްވެސް ހުރީ ނަރެއް އަތުން ހިފައިގެންނެވެ. އެމީހާއަށް ވާހަކަ ދައްކަން ޗާންސެއް ދިނުމަށްފަހު އެމީހާގެ އަނގަޔަށް ފާޑެއްގެ ފޮތިގަނޑެއް ލެއްވިއެވެ. އެއީ އަޑުބޭރުވެދާނެތީ ކަންނޭގެއެވެ. އަދި ގޮސް ސްވިޗް ޖެއްސިއެވެ. އަހަރެންގެ ބޮލަށް އެބުރުން އަރައިގެން ދިޔައެވެ. އެއީ ހަމަ ހުޝާމްބާއޭ އަހަރެން ހިތަށް އެރިއެވެ. އެމީހާގެ ގަޔަށް ކަރަންޓް ޖެއްސުމުން ދެންތިބި އެންމެންނަށްވެސް ލިބިގެންދިޔަ ހައިރާންކަން އަހަރެންނަށް ފާހަގަކުރެވުނެވެ. އެންމެ ފަހުން އެމީހާވެސް ބައްޕަ މަރާލުމުގައި ބައިވެރިވިކަމަށް އެއްބަސްވިއެވެ. ނަމަވެސް އޭނަ އެކަން ކުރީ އެހެންމީހަކު ބުނެގެންކަމަށް ބުނެފައިވެއެވެ. އެއީ ބޮޑު މީހެއްކަންވެސް އެގިގެންދިޔައެވެ. ނަމަވެސް އެމީހާގެ ނަމެއް ނުބުންޏެވެ. އަދި އެމީހާވެސް އެންމެ ފަހުން މަރުވެދާނެހެން ހީވުމުން އެތަނުން ނެރުނެވެ. އަދި ހަމަކުރިން ވީޑީއޯގައި ބުނެފައިވާ ގޮތަށް ދެތިން ޖުމްލަ ބުނުމާއި އެކު ވީޑީއޯ ސްޓޮޕްވިއެވެ. އަހަރެންނަށް ނޭވާއެއްވެސް ލާން ނޭގިފައި އެތައް އިރަކު ހުރެވުނެވެ.
ނަމަވެސް ތިންވަނަ ވީޑީއޯ ޕްލޭކޮއްލީމެވެ. ހަމަކުރިން ދެމީހުން ބަހައްޓާފައިވާ ތަނުގައި އެގޮތަށް ބަދެފައި އެމީހާ ހުއްޓެވެ. އަދި ހުޝާމް އެމީޙާ ކައިރިއަށް ހުއްޓުނީ ދޮންކޮއްފައިވާ ދަގަނޑު ގަނޑެއް ހިފައިގެންނެވެ. އެމީހާއަށްވެސް ވާހަކަ ދައްކާނެ ޗާންސްދިނެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނުމުން އެއްވެސް ބެލުމެއްނެތި އެމީހާއަށް އެދަގަނޑު ގަނޑުން ހަމަލާއެއްދިނެވެ. އަހަރެންނަށްވެސް އަނގަމަތީގައި އަތްއަޅާލެވުނެވެ. ހައިރާންވި ވަރުން ފާޑެއްގެ އަޑެއް އަހަރެންގެ އަރުންވެސް ބޭރުވިއެވެ. އެގޮތަށް އެމީހާއަށް އެތައް އަނިޔާއެއް ދިނުމުން އެމީހާވެސް އެކަން ކުރި ކަމަށް އެއްބަސްވިއެވެ. އަދި އެއީ މީހެއް ބުނިބުނުމަކަށް ކުރި ކަމެއްކަމަށްވެސް އެއްބަސްވިއެވެ. އެމީހާވެސް އެތަނުން ނިރުންއިރުގައި މަރު ނުވާކަން އެގިގެންދިޔައެވެ. އަދި ހުޝާމް ދެތިން ޖުއްލައެއް ބުނެފައި ވީޑީއޯ ސްޓޮޕް ކޮއްލިއެވެ. އަހަރެންނަށް ހުރެވުނީ ގުޑިލަންވެސް ނޭގިފައެވެ. ހަމަގައިމުވެސް އަހަރެންގެ އެންމެ މުހިއްމު ސުވާލުގެ ޖަބާވު ލިބިއްޖެއެވެ. އެއި ހުޝާމް އެމީހުން ނުމަރާ ކަމެވެ. ނަމަވެސް ހުޝާމްގެ ފަރާތުން ދެން އެފެނުނީ އަހަރެން އެއްގޮތަކަށްވެސް އެކަމަށް އުއްމީދުކުރި ކަހަލަ ސިފަތަކެއް ނޫނެވެ.
ނުނިމޭ…
22 Comments!
Comments are closed.
mi baives hurihaa kudin nah kamudhaane kamah heekuran… hurihaa kudinge hiyaalu tathakah maruhabaa 🙂
salhi gud concept
thnks leee v bodah 🙂
Salhi me 1st i think
Oops me 2nd
thnks musai… dhe vana ah ves comment kohleema v happy vejje 🙂
wow. v v v v v v v v nice.keep it up.v v v nice story eh mee.love it
thnks shaamy… v v v v v happy vejje mi vaahaka shaamy ah kamudhiya eema 🙂
mee first story is the best
thnks zee 🙂
woww..v v vsalhi..i’m first
thnks mishka 🙂
Me kithan faharan up kuraa vaahaka ah .foohi
U can Re-read this story????.. Goodluck
meege kurin araamag ka mi vaahaka up kurin igey aisha 🙂 thnks kiyaaleeema 🙂
Varah reethi. Kiyaa hithun hama mihuree. Maadhama ves up kohdhehchey. Plx
Thanks fantasy?
thnks maaya v bodu koh thihaa lobi coment eh koh leema 🙂
Just Wow? Hope to see more updates..Really nice n keep go on..U R The Best. Thanks?
thiha lobi coment eh kohleema v v v v happy vejje tulip.. thnks v bodah 🙂
Wowwwwwwwww
<3 <3 I luv it. … avahah aneh part up kohdhechey.. ::-) 🙂 :-)-)
thnks nukko dear … v happy vejje 🙂
woww varah varah reethi!! adhi anebbai vx kiyaalaafa comment kollaanan ingay! 😀