އަނިޔާ… 09 ވަނަ ބައި
އަހަރެންނާއި މާޒިން މާލެ އަންނަން ފުރީ އެރޭގެ ރޭގަނޑުގެ ފްލައިޓުންނެވެ. ނަމަވެސް އަހަރެންނަށް އާދެވުނީ ހަމައެކަނީ މާލޭ އިންޓަނޭޝަނަލް އެއާޕޯޓްއާއި ހަމައަށެވެ. ބޯޑުން ފޭބިއިރު އެއާޕޯޓްއަށް ވަންނަ ދޮރުމަތީގައި ދެތިން ޕޮލިހުން މަޑުކޮއްލައިގެން ތިއްބެވެ.
އަހަރެން އެހާ ހިސާބަށް އަރާ ހަމަވާއިރަށް ހުއްޓުވިއެވެ. “މަޑުކޮއްލައްވާ އާދަމް ޝާމް” އެތަނުން ޕޮލިހަކު ގޮވާލިއެވެ. އަހަރެން ހުއްޓުމުން މާޒިންވެސް އަހަރެންގެ ފަހަތުން ހުއްޓުނެވެ. އޭރު މީހުން ބޯޓުން ފައިބައިގެން ދަމުން އެތަނުގައި ކުޅިވަރު ބަލަން މަޑުކޮށްގެން ތިއްބެވެ. “ކިހިނެއްވީ. ޝާމް ކީކުރީ” މާޒިން އެތަނުން މީހެއްކައިރީގައި އެހިއެވެ. އޭރު އެހެން ޕޮލިހެއް އައި އަހަރެންގެ އަތް ފުރަގަހަށް ވާގޮތަށް ބިޑިއަޅުވަނީއެވެ. “އޭ ކަލޭމެން ކައިރީގައި މިއަހަނީ މީނަކުރީ ކީންހޭ” އެމީހުން ޖަވާބު ނުދިނުމުން މާޒިން ރުޅިއައިސްގެން އެތަނުން އެއްޕޮލިހެއް ކޮއްޕާލިއެވެ. “މީގެ ދެހަފްތާ ކުރިން ކުރި ވައްކަމެއްގައި ޝާމް ބައިވެރިވިކަމަށް ހެކި ލިބިފަ އިބަހުރި. މިއޮތީ ހައްޔަރު ކުރުމައް އެންގި ކޯޓު ޗިޓް” އެޕޮލިސްމީހާ މާޒިންއަށް އެޗިޓް ދައްކާލިއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ އިސްޖަހާލީމެވެ. “ޝާމް ޔޫ ޑޯންޓް ވޮރީ އޯކޭ. އަހަރެން ލޯޔަރާއި ވާހަކަ ދައްކާނަން” އެތަނުގައި ހުރި ޕޮލިސްމީހާ މާޒިން ދުރައްލާން ފެށުމުން މާޒިން ބުނެލިއެވެ. އަހަރެން އިސްޖަހާލައިގެން ހުރިގޮތަށް ހުރީއެވެ. އެމީހުން އަހަރެންގެ ދަބަހާއި އެކު އެންމެންގެ ކުރިމަތީގައި ގެންގޮސް ޕޮލިހުގެ ލޯންޗަށް އެރުވިއެވެ. އަހަރެން މަޑުމަޑުން އިނީމެވެ. އިރުކޮޅެއް ނުވެ މީހަކު ލޯންޗަށް އެރިހެން ހީވެގެން އަހަރެން ބަލާލީމެވެ. އެވަގުތު އެމީހެއްގެ މޫނުމަތީގައި ކުޅެލީ ނުލަފާ ހިނިތުންވެލިއެވެ. އެއީ ފާރިޝްއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ އިސްޖަހާލީމެވެ.
ލޯންޗް ބާރު ދުވެއްޔެއްގައި އައިސް މާލޭގެ ބަދަރަށް ވަނެވެ. އޭރު ޕޮލިސް ވޭން އޮތީ އަހަރުމެންގެ އިންތިޒާރުގައެވެ. ލޯންޗް ކައިރިކުރުމާއި އެކު ޕޮލިހުންނާއި އެކު އަހަރެން ގޮސް ވޭނަށް އެރީމެވެ. އޭރުވެސް އެކި މީހުން ދިޔައީ އެމަންޒަރު ބަލަމުންނެވެ. އަހަރެން ބަސްއަހާ ކުއްޖެއް ފަދައިން އެއްވެސް އެއްޗެއް ނުބުނެ އިނީމެވެ. އެވޭން މަޑުކޮއްލީ އިސްކަންދަރު ކޮއްޓަށެވެ. އެތަނަށް ފާރިޝް ބޭލުމަށްފަހު އެމީހުން އަހަރެން ގޮވައިގެން އައިސް މަޑުކޮއްލީ އަތޮޅުވެހި ކައިރިއަށެވެ. މަޑުކޮއްލުމާއި އެކު ދެޕޮލިހުން އައިސް އަހަރެންގެ ގޮވައިގެން އެތެރެއަށް ހިގައިގަތެވެ. އެމީހުން އަހަރެން ބެހެއްޓުމަށް ހަމަޖެހިފައިވާ ގޮޅިއާއި ހިސާބަށް ދެވުމުން އަހަރެންގެ އަތުން ބިޑި ނައްޓާލުމަށްފަހު އެތަނަށް ވަންނަށް ބުންޏެވެ. އަހަރެން ދެކޮޅުވެރިކަމެއްނެތި އެތަނަށް ވަދެއްޖައީމެވެ. އެމީހުން އަހަރެންގެ ދަބަސް ގެންގޮސް ބެހެއްޓިތަނެއް ނުވެސް އެނގެއެވެ. އަހަރެން އެކުޑަ ގޮޅީތެރެއަށް ބަލާލީމެވެ. ކުޑަ ދަގަނޑު އެނދެއް ބަހައްޓާފައި ހުރި އިރު އެތަނުގައި އިތުރަށް އެއްވެސް ބަހައްޓާނެ ޖާގައެއް ނެތެވެ. އަހަރެން އެނދުގައި އިށީދެލީމެވެ. އަދި ބޮލުގައި އަތްއަޅާލީމެވެ. އެތަނެކޭ ކުޑަވަރެއްގެ އަވަނެކޭ އެއްވަރެވެ. އެހާވެސް އެތަން ހޫނު ގަދައެވެ. އަހަރެން އަތުގައި އަޅާފައިވާ ރަބަރުން ދިގުވެފައިވާ އިސްތަށިގަނޑު އައްސާލީމެވެ.
އަހަރެން އެހެން އިންނަތާ އެއްގަޑިއިރު ފަހުން ޕޮލިހުންގެ ދެމީހުންއައިސް އެގޮޅީގެ ދޮރުމަތީގައި މަޑުކޮއްލިއެވެ. އަހަރެން އެދެމީހުންނާއި ދިމާލަށް ބަލާލީމެވެ. އޭގެން އެކަކަކީ ފާރިޝްއެވެ. އޭނަ ހުރީ އޭނަގެ ޔުނިފޯމްގައެވެ. ފާރިޝްކައިރީގައި ހުރި އަނެއްމީހާ ދޮރު ހުޅުވުމާއި އެކު ފާރިޝް އެތެރެއަށް ވަނެވެ. “ދެން އޯކޭ ދިޔަޔަސް” ފާރިޝް އެމީހާއާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. އެމީހާ ފާރިޝްއާއި ދިމާލަށް ބިޑިދިއްކޮއްލިއެވެ. އޭގައި ފާރިޝް ހިފުމުން އެތަނުން ނިކުމެގެން ގޮސްފިއެވެ. “ކޮބާ ކިހިނެއް” ފާރިޝް އަހަރެންގެ އަތްފުރަގަހަށް ވާގޮތަށް ބިޑިއަޅުވާލިއެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ. ފާރިޝް އަހަރެންގެ އަތުގައި ހިފަހައްޓައިގެން ބޭރަށް ހިގައިގަތެވެ. ވަކި ހިސާބަކަށް ގޮސްފައި އަހަރެންނާއި އެކު އެތަނުގައި މީހުންނާއި ބައްދަލުކުރާ ކޮޓަރީގެ ތެރެއިން ކޮޓަރިއަކަށް ވަނެވެ. އެދޮރު ހުޅުވާފައި ވަންއިރު އެތަނުގައި އާދިލްސަރ އަދި ހާނިމްސަރ މަޑުކޮއްލައިގެން ތިއްބެވެ. އަހަރެން ވަނުމާއި އެކު އެދެމީހުންގެ މޫނުމަތިން އުފާވެރިކަން ފާޅުވެގެންދިޔައެވެ. “ޝާމް ކިހިނެއްތަ” އާދިލްސަރ އައިސް އަހަރެންގެ ކޮނޑުމަތީގައި އަތްބާވާލަމުން އަހާލިއެވެ. އަހަރެން ހިނިތުންވެލީމެވެ. “ވައު ޔޫ ރިއަރީ ލުކް ލައިކް ވަން އޮފް ދެމް” ހާނިމްސަރ އަހަރެންނަށް ކުރީ ތައުރީފްއެއް ކަމެއް ނޫނީ މަލާމާތެއްކަމެއް އަހަރެންނަކަށް ނޭގުނެވެ. އެހެންނަމަވެސް އަހަރެން ހާނިމްސަރއަށްވެސް ރައްދުކޮއްލީ ހިނިތުންވުމެކެވެ.
އާދިލްސަރ އަހަރެން އިށީނުމަށް ގޮނޑިއެއް ދައްކާލިއެވެ. ” ސޯ ކިހިނެއްވީ” އާދިލްސަރ އެތަނުން ގޮނޑިއެއްގައި އިށީނަމުން އަހާލިއެވެ. ހާނިމްސަރވެސް އެތަނުން ގޮނޑިއެއްގައި އިށީނެވެ. “ހުރިހާ އެއްޗެއް ހުންނާނީ އަޅުގަނޑުގެ ދަބަހުގައި” އަހަރެން ބުނެލީމެވެ. އާދިލްސަރ ފާރިޝްއާއި ދިމާލަށް ބަލާލުމުން ފާރިޝް ބޭރަށް ނިކުތެވެ. އޭގެ އިރުކޮޅެއް ފަހުން ފާރިޝް އަހަރެންގެ ދަބަސް ހިފައިގެން އައެވެ. އެންމެން އަހަރެންނާއި ދިމާލަށް ބަލާލިއެވެ. ކޮބާހޭ އަހާލާ ގޮތަށެވެ. އަހަރެންގެ އަތް ފާރިޝްއަށް ދައްކާލީމެވެ. “އޮހް ސޮރީ” ފާރިޝް ހިނިތުންވެލަމުން އަހަރެންގެ އަތުގައި އަޅާފައި އިން ބިޑި ނައްޓާލިއެވެ. އަހަރެން ގޮސް ދަބަހުން ފޮތިގަނޑެއްގެ ދޭތެރެއިން އެމީހުން ބޭނުންވާ ސާމަނުތަށް ނެގީމެވެ. “މިއޮތީ ވީޑިއޯ” ކުޑަ ކާޑެއް މޭޒުމަތީގައި ބާއްވަމުން އަހަރެން ބުނެލީމެވެ. އެވަގުތު ފާރިޝް އޭނަގެ ދަބަސް ތެރެއިން ލެޕްނަގާ އެކާޑު ލެޕްއަށް ޖަހާލިއެވެ. އަހަރެން މަޑުމަޑުން ފަހަތަށް ޖެހެމުންގޮސް ތަންކޮޅެއް ދުރުގައި އިން ގޮޑިއެއްގައި އިށީދެލީމެވެ. އެމީހުން ވީޑިއޯ ޕްލޭ ކޮއްލިއެވެ. ވީޑީއޯ ޕްލޭވީ އަހަރެންނަށް ފުއާދު ފެނުނު ހިސާބުންނެވެ. އެމީހުންގެ މޫނުމަތިން ފެންނަމުންދިޔައީ ހައިރާން ކަމެވެ. އަހަރެން ފާރިޝްއަށް ގުޅައިގެން ދެއްކު ހުރިހާ ވާހަކައެއްވެސް ހުއްޓެވެ. ވީޑީއޯ ސްޓޮޕްވީ އަހަރެން ވޭނަށް އެރި ހިސާބުންނެވެ. ވީޑީއޯ ސްޓޮޕް ވުމުން ތިންމީހުން އެއްފަހަރާ އަހަރެންނާއި ދިމާލަށް ބަލާލިއެވެ.
“ޝާމް ކަލޭ މޮޔަވީތަ. އެގޮތަށް ކަންތަށްކުރީ ކީކުރަން” ހާނިމްސަރގެ އަޑުގުގުމައިގެން ދިޔައެވެ. “އެއީ ތެދެއް އެގޮތަށް ކަންތައްކުރީ ކީއްކުރަން” އާދިލްސަރގެ އަޑުގައިވެސް ވަނީ އިންތިހާއަށް ހައިރާންކަން އެކުލެވިފައެވެ. “އަޅުގަނޑު ހިޔެއްނުކުރަން އޭރުވެސް ޝާމް އެކަހަލަ އެއްޗެއް ހަދާނެއެކޭ” ފާރިޝްވެސް އެމީހުންނާއި އެއްބަސްވިއެވެ. އަހަރެން އެންމެންގެ މޫނަށް ބަލާލީމެވެ. “އަޅުގަނޑު ވަރަށް މަސައްކަތް ކުރިން އެކަމަކު…. އެހެންނޫނަސް އަޅުގަނޑު ހަދާނެ އިތުރުގޮތެއް ބުނެދީބަލަ. ފުއާދު ހުރީ އަޅުގަނޑު އެކަންތަށް ނުކޮއްފިނަމަ އަޅުގަނޑު އާއިލާއާއި ދިމާކުރަން ވިސްނައިގެން” އަހަރެން ބުނެލީމެވެ. “މިހާރު ތިކުރި ކަމެއްގެ ސަބަބުން އަސްލަށްވެސް އެމީހުން ޝާމްގެ ފެމެލީ ދޫނުކުރާނެ” ފާރިޝްގެ އަޑުގައިވަނީ ހާސްކަމެވެ. “އެމީހުންނަށް މިހާރު ޔަގީންވާނެ ޝާމް އެމީހުންނަށް ކެހިދިނީކަން” ފާރިޝް ބުނެލިއެވެ. “ނޫން ނުވާނެ” އަހަރެން ފާރިޝްއާއި ދިމާލަށް ބަލާލީމެވެ. އެންމެންގެ މޫނުމަތީގައި ކުޅެލީ ސުވާލު މާކްތަކެވެ. “އޭނަ ފުރަތަމަވެސް އެމީހާގެ އަތަށް ޖެހީ… ހަޅޭލަވައިގަތުމާއި އެކު އޭނަގެ ބޮލަށް ދެވަނަ ވަޒަން ޖެހީ” އަހަރެން ވާހަކަ ދެއްކީމެވެ. “އަހަރުމެންނަށް ތިހުރިހާ ކަމެއް ފެނިއްޖެއޭ. އެމީހާ އެންމެ ފަހަރަކު ހިފެހެއްޓިނަމަ… އެހެންނޫނަސް ޝާމްއަށް އެވަރުގެ މީހެއް ހިފެހެއްޓުން އެއީ އުދަގޫކަމެއް ނޫން…. އެކަން ކުރަން ބޭނުންވި ނަމަ…. ޝާމްއަށް ރަނގަޅަށް އެގޭނެ އޭނަގެ އަތް މޮހެލާ އިރުވެސް އޭނަ އެމީހާ ދޫކޮށްނުލާނެކަން… ކޮންމެ ގޮތެއްވިޔަސް ޝާމް ގަސްދުގައި ކުރި ކަމެއް މީ… މިހާރު ފުއާދުއަށް އެމީހާ ނެތްކަން އެގޭނެ ނޫންހޭ. އެއީ އެގްރޫޕް މީހެއްވިއްޔައޭ” ހާނިމްސަރގެ އަޑުގައިވަނީ ހިތްހަމަނުޖެހުމެވެ.
“ނޫން ނޭނގޭނެ. އެހެންނޫންނަމަ އެމީހާ އަޅުގަނޑާއި އެކު އެކޮޓަރިން ނިކުންނަ އިރަށް އެމީހުންނަށް އެގުނީސް. އެދެމީހުން އެއީ އެއްވަރެއްގެ ދެމީހުން. އެއްސައިޒެއް. އެއްކަޅުމިނެއް. އެން އިސްކޮޅެއް. އެމީހުންނަކަށް ނޭގޭނެ. އެމީހާގެ މޫނުގައި ލޭއުގުޅީވެސް އެމީހުންނަށް އެކަން އެގިދާނެތީ.” އަހަރެން ބުނެލީމެވެ. “އޭރުގަ ނޭގުނަސް އެމީހުންނަށް މިހާރު އެގޭނެ އެގްރޫޕް މީހެއް މަދުކަން” އާދިލްސަރ ބުނެލިއެވެ. “ނޫން. އަޅުގަނޑު އަތަނުން ނިކުތުމެ ކުރިން އެގްރޫޕް މީހާގެ ފޯނުން އަޅުގަނޑުގެ ފޯނަށް ގުޅާލިން. އަދި އެމީހާ ކައިރީގައި ފޯނު ހިފައިގެން ދިއުމަށް ބުނިން. އަދި މިއަދު ހެނދުނު އަޅުގަނޑު އެމީހާއާއި ބައްދަލު ކުރިން. އަދި އޭނައަށް ހަދަންވީގޮތް ކިޔައިދިނިން. އެފޯނުން ފުއާދުއަށް މެސެޖްކުރީ ކުއްލިކަމެއްގަ އެހެންގައުމަކަށް ދާންޖެހޭ ވާހަކަ. އަދި އެމީހާ ކައިރީގައި ބުނިން އެމަރުވި މީހާގެ ނަމުގައި އެހެންމީހަކު ކޮންމެވެސް ގައުމަކަށް ފޮނުވާށޭ. އަދި އެމީހާއާއި އޭނަގެ ފެމެލީ ވީ އެންމެ އަވަހަކަށް އެހެންގަމުމަކަށް ދާށޭ” އަހަރެން މިއަދު ހެނދުނު ކުރި މަސައްކަތް އެމީހުންނަށް ކިޔައިދިނީމެވެ. “އެމީހާ މިއަދު އެހެންގައުމަކަށް އެހެންމީހެއް ފޮނުވާނެ. މަރުވި މީހާގެ ނަމުގައި. އަދި އޭނައާއި އޭނަގެ ފެމެލީ މި ވީކްގަ އެގައުމުން ފައިބާނެ” އަހަރެން ކިޔައިދިނީމެވެ. “ކިހިނެއްތަ ޝާމްއަށް އެގެނީ އޭނަ އެގޮތަށް ކަންތައް ކުރާނެކަމެއް” ހާނިމްސަރ ސުވާލު ކުރިއެވެ. “އެއްވެސް މީހަކު އޭނަގެ ފެމެލީއަށް ދެރައެއް ލިބޭކަން ނޭދޭނެ” އަހަރެން ޖަވާބު ދިނީމެވެ.
އަހަރެން ޖަވަބު ދިންގޮތުން އަހަރެން ހުރީ ހިތްހަމަނުޖެހިފަކަން އެންމެނަށް އެގޭނެއެވެ. “އަހަރެންނަށް އޭރުވެސް އެގޭ ޝާމްއަކީ ކޮންމެ ސިޗުއޭޝަންއެއްގަވެސް އެންމެ ރަނގަޅަށް ގޮތްނިންމާ ކުއްޖެއްކަން… އަހަރެން ޝާމްގެ ޑިސިޝަންއަށް އިހްތިރާމް ކުރަން… އެކަމަކު ފަހުން ވާނެ ގޮތެއް އެކަކަށްވެސް ނޭގޭނެ… އެހެންކަމުން ހުރިހާ ކަމަކަށްވެސް ރެޑީވެގެން ހުންނަންވާނީ” އާދިލްސަރ އަހަރެންނަށް ތައުރީފް ކުރަމުން ބުންޏެވެ. “ވަޓްސް ދަ ޕްލޭން ނައު” ފާރިޝް އަހާލިއެވެ. “މިހާރު އަޅުގަނޑު މިތަނުން ނިކުތުން. އޭގެ ފަހުގައި ކަމެއްކުރަން އެގޭނީ” އަހަރެން ބުނީމެވެ. “އާ އެހެންނޫނަސް ޝާމްގެ މަސައްކަތް ތި ނިމުނީނުންދެން… ތި ހުރިހާ ކަމެއްގެ އަޑީގަ ހުރި މީހަކު ތި އެގުނީ.. ދެން އަވަހަށް އޭނައާއި ދެކޮޅަށް ކޭސްކުރިއަށް ގެންދަންވީނުން” ހާނިމްސަރ ވާހަކަ ދެއްކިއެވެ. “ނޫން އަދި މާއަވަސް. އަޅުގަނޑު އެއްކޮށް މިމަސައްކަތް ނިމެންދެން އެއްވެސް މީހެއްގެ މައްޗަށް ކޭސް ކޮށްގެން ނުވާނެ. އަދި އެހެންނޫނަސް މާޒިން ބުނި ފުއާދު އެއީ އެންމެ ބޮޑު މީހާ ނޫންކަމަށް. މޭބީ ފުއާދުއަކީ ލާރީގެ ބޮޑަކަށް ވެދާނެ. ބަޓް އަދި އިތުރު މީހެއް ހުންނަ ވާހަކަ ބުނީ. އެހެންވީމަ އެމީހަކު ނުހޯދެނީސް އެއްވެސް އެކްޝަންއެއް ނަގާކަން އަޅުގަނޑު އެއްބަހެއް ނޫން” އަހަރެން ހާނިމްސަރގެ ވިސްނުމާއި ދެކޮޅު ހެދީމެވެ. “އަހަރެންނަށް ހީވަނީ ޝާމް އެބުނީ ތެދެއްހެން. އެކަމުގައި ޝާމްއަށް ގެއްލުމެއްވެސް ވެދާނެ އެހާއަވަހަށް އެކްޝަން ނަގަން އުޅެފިނަމަ…. އެހެންވީމަ ހުރިހާ ކަމެއް ނިމެންދެން މަޑުކޮއްލާނީ” އާދިލްސަރ އަހަރެންނާއި އެއްބަސްވިއެވެ. “އެންމެ ރަނގަޅު. އެހެންވީމަ އަޅުގަނޑަށް އާ ނިއުސްއެއް ލިބޭއިރަށް އަންގާނަން… “އެހެންބުނެލަމުން އަހަރެން ނިކުންނަށް ހިގައިގަތީމެވެ.
“އަދި މަޑުކޮއްބަލަ. އަހަރުމެން ޝާމް މިގެންނައީ ހަމައެކަނި މިކަމާއި ބެހޭގޮތުން ވާހަކަ ދައްކާހެން ހީވޭތަ” އަހަރެން މަޑުކޮއްލީމެވެ. ކިހިނެއްވީހޭ އަހާލާގޮތަށް އާދިލްސަރއަށް ބަލާލީމެވެ. “ޝާމް ރިކުއެސްޓް ކުރި ކަންތަށް ފާރިޝް އަހަރެންނާއި ހަމައަށް ގެނެސްދިން… އެހެންކަމުން އެކަންތަށް ހަމަޖެހުނު ވާހަކަ ބުނަން” އަހަރެން ފާރިޝްއާއި ދިމާލަށް ބަލާލީމެވެ. އަހަރެންނަށް އެމީހުން އެދައްކަނީ ކޮންކަމެއްގެ ވާހަކައެއްކަމެއް ނޭގުނެވެ. “ހުޝާމްއާއި ބައްދަލު ކުރަން އެދުނީމެއްނުން” އަހަރެންނަށް އާދިލްސަރ އާއި ދިމާލަށް ހިނިތުންވެލަމުން ބަލާލީމެވެ. “ހަމަޖެހުނީތޯ. ކޮބާތޯ ހުޝާމް”އަހަރެންނަށް އަވަހަށް އަހާލެވުނެވެ. “ހުޝާމް މިވަގުތު ހުރީ މިތަނުގަ. ކުރިން ދުވަހު ކޯޓަށް ގެންގޮސްފަ މިތަނަށް ގެންނައީ.. އެކަމަކު މިގަޑީގަ ތަންކޮޅެއް އުދަގޫވާނެ ބައްދަލުކުރަން ޓައިމްގެ ގޮތުން. ބަޓް މާދަން ހެނދުނު ފާރިޝް ޝާމްއާއި ހުޝާމް ބައްދަލު ވާނެގޮތް ހަދައިދޭނެ” އާދިލްސަރ ވާހަކަ ދެއްކިއެވެ. އަހަރެން ނުލާހިކު އުފާވިއެވެ. ހަގީގަތުގަވެސް އަހަރެންނަށް ހުޝާމް ފެނިއްޖެނަމަ ނުލާހިކު ހިތްހަމަޖެހޭނެއެވެ. “ދެން މިރެއަށް މިޖަލްސާ ނިންމާލާނީ. ގުޑް ލަކް ޝާމް” އާދިލްސަރ އަހަރެންގެ ކޮނޑުގައި އަތްބާވާލަމުން ބުނެލިއެވެ. އަހަރެން ހިނިތުންވެލުމުން ޝުކުރިއްޔާއޭ ބުނީމެވެ. “ބީ ސްޓުރޯންގް. ގުޑް ލަކް” ހާނިމްސަރ އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. އަހަރެން ބޯޖަހާލީމެވެ. އެވަގުތު އާދިލްސަރ އާއި ހާނިމްސަރ އެތަނުން ނިކުތެވެ. “ވައު އައި އޭމް ސޯ ހެޕީ. ތެންކްސް އަ ލޮޓް ފާރިޝް. ޔޫ އާރ ރިޔަލީ ދަ ބެސްޓް” އަހަރެން ފާރިޝްގެ ކޮނޑުގައި ވަރަށް ބާރަށް ޖަހަމުން ބުނެލީމެވެ. ފާރިޝްވެސް ހިނިތުންވެލިއެވެ. “ވަރަށް ދުވަސްކޮއްފަ ޝާމް ތިހާ ހެވިފަ ހުއްޓާ މިފެނުނީ” ފާރިޝް ބުނެލިއެވެ. އަހަރެން އަނެއްކާވެސް ހިނިތުންވެލީމެވެ. އެވަގުތު ފާރިޝް ބިޑި ދައްކާލިއެވެ. އަހަރެން އަތް ފުރަގަހަށްލަމުން ފާރިޝްއަށް ދައްކާލީމެވެ. ފާރިޝް އަހަރެންގެ އަތުގައި ބިޑި އެޅުވުމަށްފަހު އަހަރެން ގޮވައިގެން އަހަރެންގެ ގޮޅިއަށް ގެނެސްލިއެވެ. “މާދަން އަވަހަށް އަންނައްޗޭ ޕްލީޒް” ފާރިޝް ނިކުމެ ދޮރުތަޅުލުމުން އަހަރެން ބުނެލީމެވެ. “ހޫމް އައި ވިލް” ފާރިޝް އެހެންބުނެލަމުން ބޭރަށް ހިގައިގަތެވެ.
އަހަރެން އެނދުގައި ޖައްސާލީމެވެ. ދެއަތްނާގާ ބޯދަށަށް ލައިގެން ހަށިގަނޑު ދަމާލީމެވެ. ވަމުންދިޔަ ހޫނު އޭރުވަނީ ކޮންމެވެސް ވަރަކަށް ކުޑަވެފައެވެ. ވެދާނެއެވެ. ރޭގަނޑުގެ ފިނިކަން އެހާހިސާބަށްވެސް ފޯރީކަންނޭގެއެވެ. އަހަރެންގެ ހިތަށް ވަނީ ވަރަށް ބޮޑު ހަމަޖެހުމެއް ލިބިފައެވެ. އެހާދުވަސް ފަހުން އަހަރެންގެ ހިތުގައި އުފެދިފައިވާ ސުވާލްތަކަށް ޖަވާބު ލިބޭނެތީއެވެ. ހުޝާމް އެހުރިހާ ކަމެއްކުރީ ކީއްވެގެންކަން އެގޭނެތީއެވެ. އަހަރެންނަށް އެރޭގައި އެއްގޮތަކަށްވެސް ނުނިދުނެވެ. ހޭލާ އޮއްވާ ފަތިސް ބަންގި ގޮވިއަޑު މަޑުމަޑުން އިވިގެންދިޔައެވެ. އަހަރެން ތެދުވީމެވެ. ބޭނުންވީ ﷲއަށް ހަމްދުކުރާށެވެ. އަހަރެން ހުރިހާ ނުބައިކަމަކުން ސަލާމަތް ކުރައްވާތީއެވެ.
އަހަރެން ސިހިގެން ދިޔައީ އެގޮޅީގެ ދަގަނޑު ދޮރުގައި ހިފެއްޓި އަޑަށެވެ. އަހަރެން އޭރު އިނީ އެނދުގައި އިށީދެގެންނެވެ. އަހަރެން ދޮރާއި ދިމާލަށް ބަލާލީމެވެ. ފާރިޝްއާއި އެހެން ޕޮލިސްކުއްޖެއް އޭރު އެތަނުގައި ތިއްބެވެ. ފާރިޝް ފެނުމާއި އެކު އަހަރެންނަށް ފުއްމައިގެން ތެދުވެވުނެވެ. ފާރިޝްއާއި އެކު ހުރި ޕޮލިސްކުއްޖާ ގުޅީގެ ދޮރިހުޅުވުމުން ފާރިޝް އަތުން އެތަނުން ދިއުމަށް އެންގިއެވެ. އަދި އެތެރެއަށް ފާރިޝްވަނެވެ. “ޑޯން ޓެލް މީ ދެޓް ޔޫ ޑިޑިންޓް ސްލީޕް ލާސްޓް ނައިޓް” ފާރިޝް ވަންނަމުން ބުނެލިއެވެ. އަހަރެން ހިނިތުންވެލީމެވެ. އަދި ފުރަގަހަށް އެބުރުނީމެވެ. އެއީ ފާރިޝްއަށް ބިޑިއަޅުވަން ފަސޭހަކުރުމަށެވެ. “އައި ރިޔަލީ ޑޯންޓް ގެޓް ޔޫ” ފާރިޝް އަހަރެންގެ އަތުގައި ބިޑިއަޅުވާލަމުން ބުނެލިއެވެ. އަހަރެން މިފަހަރުވެސް ރައްދުކޮއްލީ ހިނިތުންވުމެވެ. އަދި ފާރިޝްގެ ފަހަތުން ބަސްއަހާ ކުއްޖެއް ފަދައިން ބޭރަށް ނިކުތީމެވެ. އޭރު ހެނދުނުގެ ހަތްގަޑި ބައިވާން އުޅޭނީއެވެ.
އަހަރެން ފާރިޝްގެ ފަހަތުން ގޮސް މަޑުކޮއްލީ އަނެއްކާވެސް މީހުންނާއި ބައްދަލު ކުރަން ހަދާފައިވާ ސެލްއަކަށެވެ. އަހަރެން ބޭރުގައި މަޑުކޮއްލީމެވެ. އެންމެފުރަތަމަ ދޮރުހުޅުވާލާފައި އެތެރެއަށްވަނީ ފާރިޝްއެވެ. “އަހަރެން ނުބުނަންތަ އިތުރު ޕޮލިހަކާއި ބައްދަލު ކުރަން ބޭނުން ނުވާ ވާހަކަ” ހުޝާމްގެ އަޑު އިވިގެން ދިޔައެވެ. އެވަގުތު އަހަރެން އެތެރެއަށް ވަނީމެވެ. އަހަރެން ވަނުމާއި އެކު ހުޝާމް ހައިރާން ކަމާއި އެކު އަހަރެންނާއި ދިމާލަށް ބަލަމުން ދިޔައެވެ. އަހަރެންނަށް އުފަލުން ރޮވުނުކަހަލައެވެ. “އަސްލު އިންނަނީ ވަން އަވަރ. ބަޓް ވަރަށް ޓޯކް ކޮށްގެން ޓޫ އަވަރ ހަމަޖެހިއްޖެ… ބަޓް ޓޫ އަވަރ މީންސް ޓޫ އަވަރ” ފާރިޝް އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. “ތެންކްސް އަ ލޮޓް ފާރިޝް” އަހަރެން ބުނެލީމެވެ. އެހެންބުނުމާއި އެކު ފާރިޝް އައިސް އަހަރެންގެ އަތުގެ ބިޑި ނައްޓާލިއެވެ. އަދި އެތަނުން ނިކުމެގެންދިޔައެވެ. އަހަރެން ހުޝާމްއާއި ދިމާލަށް ބަލާލީމެވެ.
އޭރުވެސް ހުޝާމް ހުރީ އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އަހަރެން ތަފާތު ކަމުން ކަމަށްވެސް ވެދާނެއެވެ. އެކަމަކު ހަމަގައިމުވެސް ހުޝާމްވެސް ހުރީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ކުރީގަ ނުލާހިކު ރަނގަޅު ހަށިގަނޑެއް ލިބިފައިވީ އިރު މިހާރު ވަނީ ހިކިފައެވެ. ލޯވަޅުވަދެފައެވެ. އަހަރެން ގޮސް ހުޝާމްގެ ކުރިމައްޗަށް ހުއްޓުނީމެވެ. “ޝާމް އިޒް ދެޓް ޔޫ… ވަޓް ހެޕެން ޓު ޔޫ…” ހުޝާމް ވާހަކަ ދެއްކިއެވެ. އަހަރެންނަށް ބުނާނެ އެއްޗެއް ނޭގުނެވެ. ނަމަވެސް އަހަރެންގެ ލޯ ފެންކަޅިވިކަން އަހަރެންނަށް އެގުނެވެ. “އިޓްސް ގުޑް ޓު ސީ ޔޫ” ހުޝާމް ބުނެލިއެވެ. އަދި އަތްދިއްލީ ސަލާމް ކޮށްލުމަށެވެ. އަހަރެން އެއަތުގައި ހިފާލީމެވެ. އަދި ހުޝާމްގެ ގައިގައި ބައްދާލީމެވެ.
ނުނިމޭ…
10 Comments!
Comments are closed.
mi baives kurihaa kudinah kamudhaane kamah heekuran.. hurhaa kudinge hiyaalu thakah maruhabaa 🙂
wow.v v v v v nice.keep it up.love it……
thnks shaamy.. v bodah 🙂
Fantasy..ur the best..eneme kurukoh mibuny?..obi vaahakaeh?
ohh v bodu koh thnks tulip … v bodah ufaa vejje lobi comment eh fonuvyma 🙂
oh my god… this story is amazing.. is this a true story? anyways thankyou fantasy for uploading this fantastic story … 🙂 when is next part? hope it is 2mrroww.. 😀
yes mee iraadha kureviyya maadhan up koh dheynan igey 🙂 n mi vaahaka aky true story eh nuney igey.. hama fantasy eh mee 😛 😉
Wowwwwwww…. No words to describe hw boootiful mi stry is… varaaaaaah salhi…. thank u fantasy…. I luv it….. 🙂 😉 😀
Nice
rlly nyz!!