ކުއްލިއަކަށް ގޭ ދޮރުގެ ބެލް އަޑު އިވުނެވެ. މަންމަ ގޮސް ދޮރު ހުޅުވާލިއެވެ. އެތެރެއަށް ވަދެގެން އައީ ދެ ފުލުހުންނެވެ. އަހަރެންނާއި ދޮންބެއަށް ވަގުތުން ތެދުވެވުނެވެ. “އާސީން އަހްމަދު” އެތަނުން އެކަކު އަހަރެންގެ ނަން ކިޔާލިއެވެ. އަހަރެން މަންމައާއި ދޮންބެއަށް ބަލާލަމުން ކުރިއަށް ޖެހިލީމެވެ. “އާދެ.. އަޅުގަނޑަކީ އާސީން” އަހަރެން ބުނެލީމެވެ. “އަޅުގަނޑުމެންނާއި ފުލުސް އޮފީހަށް ދުރުވެ ދެއްވާ..” އެމީހާ މަޑުމައިތިރި ކަމާއި އެކު ބުނެލިއެވެ. “އެއީ ކީއްކުރަން.. ކޮބާ ބޭނުމަކީ” ދޮންބެ ކުރިއަށް ޖެހިލަމުން ހަރުކަށިކަމާއި […]
ކުރިމިނަލު ކޯޓު ކައިރިއަށް އެެހެންދުވަސްތަކާ ހިލާފަށް އެއްވަމުންދިޔަ މީހުންގެ އަދަދު ދިޔައީ ގިނަވަމުންނެވެ.ކުޅިބަލަން ދިޔަ މީހުނާ ހަބަރުތަށް ހޯދަން ދާ މީހުނެވެ.ސިޔާސީ ޕާޓީ ތަކުގެ މީހުންނާ މީޑިއާ ތަކުގެ މިހުނެވެ. އެހެންނުވާންވި ސަބަބެއް ނެތެވެ.މިއަދު މިއީ ރާއްޖޭގައި މިހާތަނަށް ހިނގި އެންމެ ބިރުވެރި އެއް މައްސަލައިގެ ފުރަތަމަ އަޑުއެހުން އޮންނަ ދުވަހެވެ. އަހަރެންވެސް މީހުންތަށް އެއްފަރާތް ކުރަމުން ކުރިއަށް އެރޭތޯ މަސަތްހަތް ކުރަމުން ދިޔައީމެވެ.ކަރުގައިވާ ނަންކާޑު ކޮޅު ރަނގަޅު ކޮއްލަމުން ކުރިއަށް ޖެހެލީމެވެ. އެވަގުތު ފުލުހުންގެ ވެހިކަލްް […]
އަވަހަށް މީހާ ހަމަޔަކަށް އަޅުވާ އެއަތުން އަނެއް އަތުގައި އައްސާފައިވާ ރޯނުގަނޑު ކަނޑާލީމެވެ. އަދި ދެފައިގައި އައްސާފައިވާ ރޯނުގަނޑު ކަނޑާލީމެވެ. އަދި ދުވެފައި އައިސް ފާރިޝް ކައިރިއަށް ހުއްޓެލީމެވެ. “ފާރިޝް” ވަރަށް މަޑުން ފާރިޝްއަށް ގޮވާލީމެވެ. އަހަރެން ފާރިޝްގެ އަތުގައި އައްސާފައިވާ ރޯނުތަށް ނައްޓާލީމެވެ. އަދި ފާރިޝްގެ ކަރުގައި އަތްޖައްސާލީމެވެ. ދެފަހަރަކު ކޮލުގައި އަތުން ޖަހާލީމެވެ. ވިންދު އެބަ ހުއްޓެވެ. ނަމަވެސް ވަރަށް ކުޑަކޮށްނެވެ. އަހަރެން ފާރިޝް ގޮވައިގެން މާޒިން ބުނި ދިމާލަށް ދިޔައީމެވެ. މާޒިން އެގޮތަށް […]
“އައި ޑޯންޓް ކެއަރ” އޭ ބުނެލީ އަހަރެންގެ ފަހަތުންނެވެ. އެހެންކަމުން އަހަރެން އެބުރެލީ އެއީ ކާކުތޯ ބެލުމަށެވެ. ނަމަވެސް އޭގެ ކުރިން އަހަރެންގެ ބޮލުގައި އެމީހަކު ވަރުގަދަ އެތިފަހަރެއް ހަރު އެއްޗަކުން ޖަހައިފިއެވެ. އަހަރެން އެތަނަށް ވެއްޓުމާއި އެކު ހުރިހާ މަންޒަރެއް ފުސްވިއެވެ. އަހަރެންނަށް ދެން ވީގޮތެއް ނޭނގުނެވެ. އަހަރެންނަށް ވާނުވާ އެގެންފެށީ ކިހާ އިރެއް ފަހުން ކަމެއް ނޭނގެއެވެ. ދެލޯ މަޑުމަޑުން ހުޅުވޭތޯ މަސައްކަތް ކުރީ ބޮލަށް ވެފައިވާ ބަރެއްގެ ސަބަބުންނެވެ. ފުރަތަމަ މަންޒަރުތަށް ފެންނަން […]
“ވަދޭ” ފާރިޝް އަހަރެންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. އެވަގުތު ދޮރު ހުޅުވާލާފައި އެތެރެއަށް ވަނީ މަލިކާއެވެ. މަލިކާ ފެނުމާއި އެކު އަހަރެންނަށް އެނދުން ތެދުވެވުނެވެ. “އަހަރެން ބޭރުގައި މަޑުކޮށްލާނަން” އެހެން ބުނުމަށްފަހު ފާރިޝް ނިކުމެ ދޮރު ލައްޕާލިއެވެ. އަހަރެން ދިގުވެފައިވާ އިސްތަށިގަނޑު ރީތިކޮށްލީމެވެ. އަދި މަލިކާއާއި ދިމާލަށް އަހަރެން ބަލާލީމެވެ. އަދިވެސް މަލިކާ އެހާ ރީއްޗެވެ. އޭނަގެ ކަޅު ފަން އިސްތަށިގަނޑުވަނީ ކްލިޕްއެއް ޖަހައިގެން ހަރުކޮށްލާފައެވެ. ލައިގެން ހުރީ ޕާކިސްތާނު ހެދުމެކެވެ. މަޑު ދަބުކުލައިގެ އެހެދުމުގައި ހުރި […]
“މާޒިން” ކޮޓަރީ ދޮރުހުޅުވާލުމާއި އެކު ކޮޓަރިތެރޭގައި ހުރި މާޒިން އަހަރެންނާއި ދިމާލަށް ބަލާލިއެވެ. މާޒިން ހުއްޓިލައިގެން ހުރި ފްރިޖް ކައިރީގައެވެ. އޭރު އަތުގައި ދެބިޔަރު ދަޅު އޮތެވެ. މާޒިންގެ މޫނުމަތިން ފާޅުވަމުން ދިޔައީ ހައިރާން ކަމާއި ހިތްހަމަނުޖެހުމުގެ ކުލަވަރެވެ. އަހަރެން އަވަހަށް އެތެރެއަށް ވަދެ ދޮރު ލައްޕާލީމެވެ. “އެގޭތަ އަހަރެން ކުއްލިއަކަށް މިއަދު ހިތަށް އެރި އެއްޗެއް… ކީއްވެ ބާއޭ އަހަރެންނަށް ދުވަހަކުވެސް ޝާމް މަސްތުވެފައި ހުއްޓާ ނުފެންނަނީ… އޭނަ ބޭނުން ކުރާކަށް އަހަރެންނަށް އެނގެއޭ.. ރާ […]
އެއްއަތް ވަނީ ބޮލާއި ދިމާލަށް މައްޗައް ވާގޮތަށެވެ. އެއަތުގައި ވެސް ވަޅިއެއް ކަހަލަ އެއްޗެއްގެ ތޫނުކަން ފެންނަން ހުއްޓެވެ. އަހަރެންނަށް އެތަނުގައި ކަކޫ ޖަހައިގެން އިށީދެވުނެވެ. އެވަގުތު ފާރިޝް އައިސް އަހަރެންގެ ކޮނޑުގައި އަތް ޖައްސާލިއެވެ. ހުޝާމް އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން އޮތްގޮތުން ހީވަނީ އެހީއަށް އެދި ގޮވާހެންނެވެ. އެދެލޮލުން ގަނެފައިވާ ބިރު އެތަށް ގުނައަކަށް ސިފަވެގެންދެއެވެ. ބުރަކައްޓަށް ދީފައިވާ އަނިޔާގެ އިތުރަށް ބޮލަށްވެސް ވަނީ އެތަނަށް އަނިޔާއެއް ދީފައެވެ. ހީވަނީ ބޮޑު ދަގަނޑު ގަނޑެއް ކަހަލަ […]
“އޭޒް ޔޫ ވިޝް” މާޒިން ބުނެލިއެވެ. އަހަރެން ހިނިތުންވެލީމެވެ. ނިހާދު އަހަރެންނާއި ދިމާލަށް ފާޑަކަށް ބަލަހައްޓައިގެން ހުއްޓެވެ. “ސޯ ލެޓްސް ސްޓާޓް” މޭޒު މަތީގައި އޮތް ޗާޓްއަށް ބަލާލަމުން އަހަރެން ބުނެލީމެވެ. “މިއީ ކޮންއެއްޗެއް” އެޗާޓްއިން ފާހަގަ ކޮށްފައިވާ މަގުތަކެއް ދައްކާލަމުން އަހަރެން އަހާލީމެވެ. “ތިއީ އޭނަ ކޮންމެ ދުވަހަކު އޮފީހުން ނިކުމެ ގެއަށް ދާމަގު… މިއީ އޭނަ އާއްމުކޮށް އޮފީހަށް ދާ މަގު” އެތަނުގައި އޮތް ހައިލައިޓަރ އަކުން ދައްކަމުން އެތަނުގައި ހުރި ކުއްޖާ ކިޔައިދިނެވެ. […]
އޭރު އަހަރެންގެ ހިތްވަނީ އުފަލުން ފުރިފައެވެ. އަހަރެންގެ މަސައްކަތަށް އަނެއްކާވެސް ފަސޭހަވީއެވެ. ކޮންމެ މީހެއްގެވެސް ބަލިފައެއް ވާނެއެވެ. އަހަރެންގެ އާއިލާ އަހަރެންގެ ބަލިފަޔަށް ވީގޮތަށް އަޔާޒްގެ ބަލިފަޔަކީވެސް އޭނަގެ އާއިލާއެވެ. އަހަރެންނަށް މިހާރު ބޭނުންގޮތަކަށް ކުޅިބައި އަތުރާލެވޭނެއެވެ. ބޭނުން ކުޅިއެއް ބޭނުންގޮތަކަށް ޔޫސް ކުރެވޭނެއެވެ. އަޔާޒް ހުންނަން ޖެހޭނީ ބަލާށެވެ. މިފަހަރު އޭނަ ބޭނުން ގޮތަކަށް މިކަންތަށް ނުނިމޭނެއެވެ. މަރުގެ މައްސަލައެއްގައި އޭނަ ހައްޔަރު ނުކުރެވުނަސް މިހާރުވެސް އަހަރެންނަށް އޭނަ ހައްޔަރު ކުރެވޭ ވަރަށް ހެކި ލިބިފައި […]