ފަހަތުން އަޑެއް އިވިގެން ހިލްމީ ފަހަތަށް އެބުރިލަން އުޅުނެވެ. ނަމަވެސް މިފަހަރު ފަހަތް ފެންނަ ވަރެއް ނުވިއެވެ. އެއްޗެއްގެ ހަމަލާއެއް އެރީ ހިލްމީގެ ބޮލަށެވެ. އެވަގުތު ހިލްމީ ވެއްޓުނެވެ. ފަހަތު ހުރި މީހާ ވަގުތުން ހިލްމީގެ އަތުގައި ހިފެހެއްޓިއެވެ. މޫނުމަތީގައި އަޅާފައިވާ ފޮތިގަނޑުގެ ސަބަބުން އެއީ ކާކުކަމެއް ނޭނގެއެވެ. އެމީހާ އަތުގައި ހިފެހެއްޓުމާއި އެކު ގަސްތަކު ތެރޭގައި ފިލާ ތިބި ދެމީހުން އައިސް ހިލްމީގެ ފައިގައި ހިފެހެއްޓިއެވެ. އަވަސް ހަރަކާތާއި އެކު ހިލްމީ ނަގާ ވޭނުގެ ފަހަތުބައި […]
“ތިއީ އަޅުގަނޑުވެސް އެންމެ އަޖައިވާ ކަމަކީ” އެހެން ބުނުމަށްފަހު އަނެއްކާ އެހެން ވީޑިއޯ އެއް ޕްލޭ ކޮށްލިއެވެ. އޭގެން ފެންނަ ގޮތުން އެ ސައިކަލް ބާރު ދުވެލީގައި ގޮސް ވެއްޓެނީ މޫދަށެވެ. އެއީ މާލެ ވަށައިގެންވެސް އޮންނަ އެންމެ ފުން ހިސާބެވެ. އެހާ ބާރު ދުވެލީގައި ދިއުމުން ސައިކަލް ގޮސްޖެހެނީ ފުދޭވަރަކަށް ބޭރަށެވެ. ފައިސަލްއާއި ރޭޝަމްއަށް އެކަކު އަނެއްކަކަށް ބަލާލެވުނެވެ. ******* “ކިހިނެއް ހީވަނީ” ބޭރަށް އެތަނުން ބޭރަށް ނިކުމެ ފައިސަލް ރޭޝަމްއާއި ދިމާލަށް ބަލާލިއެވެ. “އަޅުގަނޑަށް […]
“ޝުކުރިއްޔާ.. ކަލޭމެންގެ ތި ކަމެއް އަހަރެން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަން” ދެ ފައިލް ނަގާ ކޮންމެ ފައިލް އަކުން އެއް ލިޔުން އެދެމީހުންނަށް ރައްދު ކޮށްލަމުން ފައިސަލް ބުނެލިއެވެ. “އަހަރެން ހީކުރަން އިތުރަށް ކަލޭ އަހަރެން ކައިރީގައި ކަމަކު ނުކިޔާނެ ކަމަށް” ހުސައިން ލިޔުން ހިފައިގެން ބޭރަށް ނިކުންނަން ހިގައިގަތެވެ. އަހްމަދު ފައިސަލްއާއި ދިމާލަށް ބަލާލަމުން ހިނިތުންވެލިއެވެ. “ގުޑް ލަކް..” އަހްމަދު ބުނެލިއެވެ. އަދި އޭނަވެސް އެތަނުން ބޭރަށް ނިކުންނަން ހިގައިގަތެވެ. ******** އަހަރެން ސިހިގެން […]
“ނޫން ހިޔެއްނުވޭ.. ޖަނާން އެކަހަލަ ކަމެއް ކޮށްފާނެ ހެން.. އެކަމަކު އޭނައާ ދެތިން ފަހަރެއްގަ މީޓް ކުރި ވާހަކަ ބުނި.. އަޅުގަނޑު އޭނައަށް ހުރިހާ އެއްޗެއް ކިޔައިދިނިން.. ބުނިން ތި ގުޅުން ކުރިއަށް ގެންދިއުން ރަނގަޅެއް ނުވާނެއޭ.. ނާޝިދުއަށް އެގިއްޖެނަމަ..” “މަޑުކޮށްބަލަ.. ނާޝިދުއަކަށް ނޭނގޭތަ އެމީހުން ވާހަކަ ދައްކާކަމެއް.. ” ފައިސަލް ހިލްމީގެ ބަސް މެދު ކަނޑާލަމުން އަހާލިއެވެ. ހިލްމީ ބޯޖަހާލިއެވެ. ފައިސަލް ހިނިތުންވެލީ ނުލަފާ ގޮތަކަށެވެ. އަދި ނިހާންއާއި ދިމާލަށް ބަލާލަމުން ބޮލުން އައުމަށް އެދެމުން […]
ޖަނާން މަޑު ހިގުމެއްގައި އައިސް މަޑުކޮށްލީ މޭޒު ކައިރިއަށެވެ. އެތަނުގައި އެކި ކަހަލަ މީހުންގެ ފޮޓޯތަކާއި ފޮތްތަކާއި ލިޔުންތަށް ހުއްޓެވެ. ‘ޖަނާން.. މިއީ އެންމެ މުހިއްމު ވާހަކަ.. އަހަރުމެންނަށް ޖަނާން ރެޑީކުރަން ލިބިފަ ވަނީ ހަމަސް ދުވަސް.. އަސްލު ބުނާނަމަ ހަމަސްދުވަސް ވެސް ލަސް.. އެކަމަކު އެންމެ އަވަސް ވެގެން ޖަނާން މައިދާނަން ނެރެންޖެހޭނެ ހަމަސް ފަހުން.. އެހެންވީމަ ޖަނާންގެ ހުރި ހުށިޔާރު ކަމެއް ދައްކާލަދީ.. ޖަނާން ނިކުންނަން ޖެހެނީ މިކަހަލަ މީހުންނާއި ދެކޮޅަށް..” ދީނީ ގޮތުން […]
“ހިލްމީ ރެޑީތަ..” ބޭރަށް ނިކުންނަމުން ފައިސަލް ގޮވާލިއެވެ. ހިލްމީ ކޯޓް ޗިޓާއި އެކު ބޭރަށް ނިކުތެވެ. އަދި ބޮލުން އާއެކޭ ބުނެލިއެވެ. ދަންވަރުން އަލިވެ ތިނެއް ޖަހަނީއެވެ. މުޅި ރަށު ތެރެ ނިދާފައިވާ ކަހަލައެވެ. ސްޓޭޝަންއިން ބޭރަށް ނިކުމެ އޭރު ސްޕެޝިއަލް ފޯސްގެ ޓީމްއެއް ރެޑީގައި ތިއްބެވެ. ކަޅު ޖެކެޓްލައި އަތުން ކަރަންޓް މުގުރި ހިފައިގެންނެވެ. ފައިސަލް އެމީހުންނާއި ދިމާލަށް ބަލާލިއެވެ. “އަހަރުމެންގެ މަސައްކަތަކީ ނާޝިދު ހައްޔަރު ކުރުން.. އެކަމަކު ހައްޔަރު ކުރާއިރު އެއްވެސް ކަހަލަ ގެއްލުމެއް […]
އަހަރެންނަށް ހޭވެރިކަން ވި އިރު އަހަރެން އޮތީ ވަރަށް އަދިރި ތަނެއްގައެވެ. ދެލޮލަށް އެއްވެސް އެއްޗެއް ފެންނަ ގޮތެއް ނުވިއެވެ. އަތުން މަޑުމަޑުން ތަންތަނުގައި ހާކާލީމެވެ. އެތަނުގެ ހުރި އަޑިގުޑަން ކަން އަހަރެންނަށް އިހްސާސްވިއެވެ. އެއީ ހިލައިގެ ތަނެއްކަން އަހަރެންނަށް އެގުނީ އެތަނުގައި އަތްޖަންސަން ފެށުމުންނެވެ. އޭރުވެސް މީހާގެ ބޮލުގައި ވަރަށް ރިއްސަމުން ދިޔައެވެ. ވާން އުޅެނީ ކީއްކަން އަހަރެންނަކަށް ނޭގެއެވެ. މަޑުމަޑުން އަދިރި ތެރެއަށް ލޯ ހޭނެމުން ދިޔަ ވަރަކަށް އެތަނުގެ ބޮޑުމިން އެގެމުން ދިޔައެވެ. […]
އަހަރެން ހަމަ އެހުރި ތަނުގައި ހުރީ އެވެ. ފަރީޤް އަހަރެންނާއި ދިމާލަށް ބަލާލަމުން ހިނިތުންވެލީ މަލާމާތް ކުރާ ގޮތަށެވެ. (ކުރިން ނުބުނެ ވި ދިޔަ ވާހަކައެއް ބުނެލާނަމެވެ. ފަރީޤް އެތަނަށް ވަތް އިރު މޫނުމަތީގައި ކުރިން އަޅާފައިވާ ފޮތިގަނޑު ވަނީ ނަގާފައެވެ. ފަރީޤް އަކީ ފުޅާ ނިއްކުރިއަކާއި ބޮޑު މަތިމަހެއް ލާފައިވާ މީހެކެވެ. އަދި ތުބުޅިއެއް ލާފައިވާ ޒުވާނެވެ). އަހަރެންނަށް އެ މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ. ފަރީޤް އޭނަގެ އަތުގައިވާ ރިމޯޓެއް ކަހަލަ އެއްޗަކަށް އޮއްބާލިއެވެ. އެވަގުތު […]
އަހަރެންނަށް ވާނުވާ އެގެން ފެށިއިރު އަހަރެން ވަނީ ކޮށްޓަކަށް ލާފައެވެ. ދެއަތް ފުރަގަހަށް ވާގޮތަށް އަައްސާފައިވާއިރު ދެފައިވެސް ވަނީ އައްސާފައެވެ. އަނގައިގައި ފޮތިގަނޑެއް އައްސާފައި ހުރުމުން ވާހަކައެއް ނުދެއްކުނެވެ. ބޮލަށް ވަމުންދިޔަ ތަދު ބުނާކަށްވެސް ނޭނގެއެވެ. އަހަރެންނަށް މަޑުމަޑުން ތަންދޮރު އެގެން ފެށިއިރު ކައިރީގައި މީހަކު ހުރިކަން އެނގުނެވެ. އަހަރެން އިސްއުފުލާފައި ބަލާލިއިރު މޫނުގައި އެއްޗެއް އަޅައިގެން ހުރި މީހާ ހުރީ އަހަރެންނާއި ދިމާލަށް ބަޑިއެއް ދިއްކޮށްގެންނެވެ. ތެޅެގަނެވުނު ވަގުތު އެމީހާ ބަޑި ގޮައްވާލިއެވެ. ދެން ވީގޮތެއް […]