Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މިނަން ތިހިތުން ފިލުވާލަނީހޭ؟…02

eysh Level 510 Stories100 Comments100 Login500 Comments
December 25, 2019 5 Mins Read
23 Comments

ޑްރައިވަރު ކާރު ދުއްވާލުމާއިއެކު، އަހަރެން ފަހު ފަހަރަށް މަންމަގެ މޫނަށް ބަލައިލީމެވެ. މަންމަ ހުރީ ފެންކަޅިވެފައެވެ. އެ ދެލޮލުން އޮހެން ތައްޔާރުވެފައިވާ ކަރުނަތައް ފެނި، އެ މަންޒަރު ބަލަން އަހަންނަކަށް ކުޅަދާނައެއް ނުވިއެވެ. އަވަސްއަވަހަށް އިސްޖަހައިލީމެވެ. އާދައިގެ ދުވެއްޔެއްގައި ދަތުރުކުރަމުންދިޔަ ކާރުގެ ދުވެލި، ވަކި ހިސާބަކުން ބާރުވިކަން ފާހަގަވިއެވެ. ކުއްލިއަކަށް އެންމެ ބާރުކޮށްލިގޮތުން އަހަންނަށް ރަވާންގެ ގައިގައި ބާރަށް ހިފަހައްޓާލެވުނެވެ. ރަވާން ކޮންމެވެސް އެއްޗެއް ބުނިކަންވެސް އެނގުނެވެ. ޑްރައިވަރު ކުއްލިއަކަށް ކާރުގެ ބުރަކި ޖައްސައިލުމުން ވީނުވީއެއް ނޭނގުނެވެ. ކާރުގެ ފަހަތުކޮޅު މައްޗަށް އުފުލުނުކަން އެނގެއެވެ. ބިއްލޫރިތައް ތަޅައިގެން ގޮސް ގަޔަށް ހެރުނެވެ. އިޚްސާސްވަމުންދިޔަ ދިލަ ތަދަށްވުރެ ލިބިފައިވާ ސިހުން ބޮޑެވެ. ވިއްސައިގެން ގޮސްފައި އަހަރެން ޖެހުނީ ކާރުގެ ކުރީ ޝީޓުގައެވެ. ބޯ ފަޅައިގެން ގޮސް ލޭތައް މޫނުމައްޗަށް އޮހިގަތްކަން އެނގުނެވެ. މުޅި ތަން އަނދިރިވެގެން ދިޔުމާއިއެކު މަޑުމަޑުން ދެލޯ މެރެމުން ގޮސް އެކީގައި މެރުނެވެ.

********

އަހަންނަށް ހޭވެރިކަންވީ ހޮސްޕިޓަލުގެ ޕްރައިވެޓް ރޫމެއްގައި އޮއްވައެވެ. މުޅި ގައިގައި އޮތީ ބޭސް އަޅާފައެވެ. ކައިރީގައި އިށީނދެލައިގެން މަންމަ އިނެވެ. ކޮޓަރިތެރޭގައި ހަރުލާފައިވީ އެ މަންމަގެ ގިސްލުމުގެ އަޑެވެ. ހިތުގައި އުފެދުނު ދިލަ ރިހުން ގަދަވެ، މަންމަގެ ގައިގައި ޖައްސައިލުމަށް އަތް އުފުލައިލަން އުޅުނީމެވެ. އެކަމަކު ހަށިގަނޑުގައި އަޅަމުންދިޔަ ވޭނެއްގެ ބޮޑުކަމުން ހިރިވެސް ނުލެވުނެވެ. އަނގައިން ބަހެއް ބޭރުކޮށްލުންވެސް ފަސޭހައެއް ނުވިއެވެ.

“ރަވާން…” ރަވާންގެ ނަން ހިތާއިހިތައި ކިޔައިލުމާއިއެކު، ހަނދާނަށް އައީ ކާރު އެކްސިޑެންޓްގެ މަތީންނެވެ. ކޮޓަރީގެ ވަށައިގެން ބަލައިލީމެވެ. ރަވާން އެއް ނެތެވެ. އެ އާއިލާގެ މީހަކުވެސް މެއެވެ. އަނެއްކާ ރަވާން ކޮބައި ހެއްޔެވެ؟ އެތަނުގައި ނެތީ ކީއްވެ ހެއްޔެވެ؟ ރަވާން ދިރި ދުނިޔޭގައި އެބަހުރި ހެއްޔެވެ؟ އެ ސުވާލުތައް މަންމަ އާއި ކުރަން ބޭނުންވިއެވެ. އަނގަ ހުޅުވައިލާފައިވެސް ޖެހުނީ ލައްޕައިލާށެވެ. ވާހަކަ ދައްކާނޭ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ. އުނދަގޫ ގޮތަކަށް ހިންދިރުވައިލުމާއިއެކު، ދެލޮލުން ކަރުނަތައް އޮހިގަންނާކަށް ގިނައިރެއް ނުނެގިއެވެ.

“ދަރިފުޅޫ… މަންމަގެ ފުރާނަޔާ…” އަހަންނާއި ދިމާއަށް މަންމައަށް ބަލައިލެވުނީ އެއްޗެކޭ ބުނެވޭތޯ އަހަރެން މަސައްކަތް ކުރަމުން ދަނިކޮށެވެ. އަހަރެންގެ ޙާލު ފެނި އެ މަންމަގެ ގިސްލުން ވީ އިތުރެވެ. އަހަރެންގެ އަތް ގެންގޮސް މޫނުގައި ޖައްސައިގެން އިނދެ އަޑުން އަޑު ނަގައި، އެތައް އިރަކު ރުޔެވެ.

ހިތްވަރު ދިނުމުގެ ގޮތުން ބުނާނޭ ހަމަ އެއްވެސް އެއްޗެއް ނޭނގުނެވެ. އެ ކަރުނަތައް ފޮހެދެވޭނެ ހިތްވަރުވެސް ނެތެވެ. ކަމެއް ނުކުރެވޭ ޙާލު ބަލަހައްޓައިގެން އޮންނާކަށް ފަސޭހައެއް ނުވިއެވެ. ދެލޯ މަރާލީމެވެ. އެސްފިޔަތަކުގެ ތެރެއިން ފުރޭނިގެން ފައިބަމުންދިޔަ ހޫނު ކަރުނަތަކަށް ނިމުމެއް ނައެވެ.

އެތައް އިރަކު ރޮއެފައި މަންމަ ފެށީ ހިތްވަރު ދޭށެވެ. ހިތާމައިގެ ވަގުތުގައި އުއްމީދު ގެއްލުވައި ނުލުމަށް ތަކުރާރުކޮށް ބުނަމުން ދިޔައެވެ. އަހަރެން އަޑުއަހަން ބޭނުންވީ ރަވާންގެ ވާހަކައެވެ. އެއްވެސް އިތުރު ވާހަކައަކަށް ސަމާލުކަން ދެވޭނީ ރަވާންގެ ޙާލެއް އެނގުމުންނެވެ. އަހަރެން ހީކުރީ މަންމަ ރަވާންގެ ވާހަކަ ފަށާނޭކަމަށެވެ. އެކަމަކު އެ ވަގުތެއް ނައެވެ. އެތައް ނަޞޭޙަތެއް ދީފައި މަންމަ ހުއްޓައިލިއެވެ. ދެން އިތުރު އެއްޗެއް ނުބުންޏެވެ.

“މަން…މާ…” އުނދަގޫ ގޮތަކަށް އަހަރެން މަންމައަށް ގޮވާލީމެވެ. ކަރުން ހީވީ ދިލަ ނަގަން ފެށި ހެންނެވެ. ކަރުތެރެ ހިކިފައިވާލެއް ބޮޑުކަމުން ދެވަނަ ފަހަރަށް އެއްޗެއް ބުނާނޭ ހިތްވަރެއް ނުލިބުނެވެ.

“ދަރިފުޅާ އިހަށް ވާހަކަ ނުދައްކާ… އަރާމުކޮށްލާ…” މަންމަ ލޯތްބާއިއެކު އަހަރެންގެ ބޮލުގައި ފިރުމާލިއެވެ.

އެދުވަހުގެ ހަތަރުދަން އަހަރެން ހޭދަކުރީ އެފަދަ ޙާލެއްގައެވެ. އެއްޗެކޭ ކިޔޭތޯ މަސައްކަތްކުރާ ކޮންމެ ފަހަރަކު، ލިބެނީ އިތުރު ޒަޚަމްތަކެކެވެ. ހަށިގަނޑުގައި އަޅަނީ އިތުރު ވޭންތަކެކެވެ. އެކަމާއިހުރެ، އަހަރެންގެ ދެލޮލުން ކަރުނަ ނުހިކެއެވެ. ރަވާންގެ ޙިޔާލުތައް އަހަރެން ވަށާލާފައިވީ އެހެން ކަމަކަށް ސަމާލުކަން ނުދެވޭނޭ މިންވަރަށެވެ. އާއިލާގެ މީހުންނާއި ގާތް އެކުވެރިން އައިސް އެ ދައްކާ ހަމްދަރުދީގެ ވާހަކަތަކުން ލިބުނީ އިތުރު ހިތްދަތި ކަމެކެވެ. އެންމެންގެ ވާހަކަތަކުން ބޮޑު ކަމެއް ވެއްޖެކަން އެނގުނެވެ.

ދެތިން ދުވަސް ވީއިރުވެސް އަހަންނަށް ރަނގަޅަށް ވާހަކައެއް ނުދެއްކުނެވެ. ގިނަވެގެންވެސް ބުނެވެނީ އެންމެ އަކުރެކެވެ. ކަރުތެރެ ހީވަނީ ހަލާކުވެފައިވާހެންނެވެ. އެއްޗެއް ކިޔަން އުޅެފިނަމަ، އެންމެން އަހަރެންގެ ވާހަކަ ހުއްޓުވައެވެ. ހީވަނީ އަހަރެން ރަވާންގެ ވާހަކަ އަހާފާނެތީ ބިރުން އުޅޭ ހެންނެވެ. އަހަރެން ދެރަވީ އެ ވާހަކަ އެކަކުވެސް ނުދައްކާތީއެވެ. މަންމަވެސް ހީވަނީ ކަމެއް ސިއްރުކުރާހެންނެވެ. އެކަމާއިހުރެ، އަހަރެން ވަކީން ކަންތައް ބޮޑުވިއެވެ. ކޮންމެ ގޮތެއްވިޔަސް، ރަވާން އަކީ އަހަރެންގެ ފިރިމީހާއެވެ. ފިރިމީހާގެ ޙާލު އަހަންނަށް އެނގެން ޖެހޭނެއެވެ.

ކޮޓަރީގައި ހުރި ޓީވީއިން ރޭގަނޑު އަށެއްގެ ޚަބަރު ދައްކަމުން ދިޔައެވެ. ޚަބަރު ބަލަން އިނދެފައި މަންމަ ދިޔައީ ފާޚާނާއަށެވެ. އަހަރެން އޮތީ ދެލޯ މަރާލައިގެންނެވެ. ކުއްލިއަކަށް ލޯ ހުޅުވައިލެވުނީ ޓީވީއިން ކިޔަންފެށި ޚަބަރަކުންނެވެ.

“މާލޭ މަޖީދީމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ…”

އަހަރެންގެ މެޔަށް ހީވީ ހޫނު ފެން އެއްޗެއް އޮއްސައިލި ހެންނެވެ. ފުންމައިގެން ތެދުވަން އުޅުނީމެވެ. ހިއްލައިލެވުނީ ބޮލެވެ. ހަމަ އެހާ އަވަހަށް އެނދުމައްޗަށް ދެމިއްޖެއެވެ. ގައިގެ ކަށިތައް ހީވީ ކުދުކުދިވެގެން ފޭބި ހެންނެވެ. ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އަޑު ނުކުތީ ކުރެހިގެންނެވެ. ހަށިގަނޑުގައި އަޅަންފެށި ވޭނާއި، ހިތަށް ލިބުނު ފުން ޒަޚަމުން އިސާހިތަކު ދެލޮލުން އޮހެންފެށީ ކަރުނައެވެ.

ޚަބަރުގެ ބާކީބައި އަޑުއެހޭ ވަރަށްވުރެ އަހަރެންގެ ޙާލު ބޮޑެވެ. ޓީވީއިން ދައްކާފައިވާ ފޮޓޯއިން އެކަނިވެސް، އެއީ ރަވާންގެ ކާރު ކަން އެނގޭވަރުވިއެވެ. އެކްސިޑެންޓްގައި ކާރު އެވަނީ ކުދިކުދި ވެފައެވެ. ކާރު އޮތީ ބަންޑުންނެވެ. ކާރުގެ ބިއްލޫރިގަނޑުގެ ތެރެއަށް ވަދެފައި އެވަނީ ސައިކަލެކެވެ. ކާރުގައި ޖެހުނު ގޮތަށް އެވެސް އޮތީ ފުރޮޅާލައިފައެވެ. މުޅި ހިސާބުގައި އޮތީ ތެޅިފައިވާ ބިއްލޫރިތަކުގެ އެތިކޮޅުތަކެވެ. ދެމިފައިވާ ލޭގެ ކޯރު ފެނުމުން އަހަރެންގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ.

މަންމަ އައިސްވަނީ ނޭވާ ނުލެވިގެން އަހަރެންގެ ދެލޯ ބޮޑުވެފައި ވަނިކޮށެވެ. އިސާހިތަކު މީހުންތައް ޖަމާވިއެވެ. އަހަންނަށް ފަރުވާދޭން ފެށިއެވެ. ނޭވާ ހަމައަކަށް އެޅުނީ އެގޮތުގައި ފަރުވާދޭންފެށިތާ ދިހަވަރަކަށް މިނެޓު ފަހުންނެވެ. ނޭވާ ނުލެވިގެން އަހަރެންގެ ފުރާނަ ދިޔަނަމަ މާ ރަނގަޅުވީހޭ ހިތަށް އެރިއެވެ.

ހަފްތާއެއްވީއިރު އަހަންނަށް ކުޑަކުޑަކޮށް ވާހަކަ ދެއްކެން ފަށައިފިއެވެ. އާދައިގެ މަތިން ޝާޔަން އައީ ހުދު ފިނިފެންމަލެއް ހިފައިގެންނެވެ. ކޮންމެ ދުވަހަކުވެސް މަލެއް ގެނެސްދިނުން އެއީ ޝާޔަން ކުރަމުން އައި ކަމެކެވެ. ކީއްވެ ކުރާ ކަމެއްކަމެއް ނޭނގުނު ނަމަވެސް އެއިން ކޮންމެ މަލެއް އަހަންނަށް ޚާއްސަވިއެވެ.

“އަހަރެން ވާހަކައެއް އަހާލަންތަ؟…” ޝާޔަން އައިސް ކައިރީގައި އިށީނުމުން އަހަރެން ސުވާލުކުރީމެވެ.

ޝާޔަން މަޑުމަޑުން ބޯ ޖަހާލިއެވެ.

“ކީއްވެތަ އެކަކުވެސް ރަވާންގެ ވާހަކަ ނުދައްކަނީ؟…” ޝަކުވާގެ ރާގަކަށް ޖުމްލަ ފެށި ނަމަވެސް އަހަންނަށް ރޮވިއްޖެއެވެ.

ޝާޔަން އިރުކޮޅަކު ވިސްނަން އިނެވެ. އެއްޗެކޭ ބުނުމަށް ތައްޔާރުވިކަން އެމޫނުމަތިން އެނގުނެވެ. އިސާހިތަކު އެ އަޞަރުތައް ފިލައިގޮސް ހިތާމައިގެ އަޞަރު ފާޅުވާން ފެށިއެވެ.

“ކީއްވެތަ؟… ކީއްވެތަ އެކަކުވެސް ރަވާންގެ ވާހަކަ ނުބުނަން ތިއުޅެނީ؟… އެއީ އަހަރެންގެ ފިރިމީހާއޭ…” އަހަރެން ހިތާމަތަކާއި އެކުވެގެން އައީ ރުޅިވެރިކަމުގެ އަޞަރުތަކެކެވެ.

ޝާޔަން އަހަންނަށް ބަލައިލާފައި އިސްތަށިގަނޑުގައި ފިރުމާލިއެވެ. ޝާޔަންއަށް ނުބަލަންވެގެން، ދެލޯ ހަނިކޮށްލިގޮތަށް އަހަރެން އޮތީ ސީލިންގަށް ނަޒަރު ހުއްޓާލައިގެންނެވެ.

“ލިވީ އަހަރެން… އަހަންނަކަށް ނޭނގެ މިވާހަކަ…” ޝާޔަން އެއްޗެއް ބުނަން އުޅެފައި މަންމަ އައުމުން ހުއްޓައިލިއެވެ.

“ޝާޔަން ދަރިފުޅާ، އެހަށް ދޭބަލަ ބޭރަށް… ލިވިޔާ އާއި ވާހަކަ ދައްކާނީ މަންމަ…” މަންމަ ފެނުމުންވެސް އަހަރެންގެ ރުޅި ފިނިވާގޮތެއް ނުވިއެވެ. ދުވަހަކު އެ މަންމައަށް ރުޅިވެރިކަމުގެ އަޞަރެއް ދައްކާފައި ނުވިޔަސް، އެވަގުތު އެކަމެއް ނުކުރެވުނެވެ.

ޝާޔަން ނުކުތުމުން މަންމަ އައިސް ކައިރީގައި އިށީނެވެ. އޭރުވެސް އަހަރެން އޮތީ ސީލިންގަށް ނަޒަރު ހުއްޓާލައިގެންނެވެ.

“ދަރިފުޅާ… މަންމައަށް މަޢާފުކުރޭ…” މަންމަގެ އަޑު ކުރެހުނެވެ.

އަހަރެންގެ ރުޅި ވަގުތުން ފިނިވިއެވެ. މަންމަގެ ކައިރިއަށް ޖެހިލާފައި އެ އުނގުގައި ބޯ އަޅާލީމެވެ.

“މަންމާ ހެޔޮނުވާނެ… ރަވާންގެ ޚަބަރެއް އަހަންނަށް އޮޅުންފިލުވައިދީ… ކޮންމެ ގޮތަކަށް ކަންތައްވިޔަސް އަހަރެން ހިތްވަރު ކުރާނަމޭ… މަންމައަށް އެނގެއެއްނު މީ މަންމަގެ އެންމެ ބެސްޓް ދަރިފުޅު ކަން… ޕްލީޒް މަންމާ، އަހަރެން ބޭނުން ރަވާންގެ ޚަބަރެއް އޮޅުންފިލުވަން…” ކިތަންމެ ހިތްވަރުކޮށްފައި ވާހަކަ ފެށި ނަމަވެސް އަހަންނަށް ރޮވުނީއެވެ.

“ދަރިފުޅާ… ރަވާން… ރަވާން…” މަންމަ އަނެއްކާވެސް ފެށީ ރޯށެވެ.

އަހަރެންގެ ހިތް ތެޅިގަތެވެ. ބިރުން މުޅި ހަށިގަނޑުވެސް ރޫރޫ އަޅައިގެން ދިޔައެވެ. މަންމަ ބުނަން އުޅޭ ވާހަކަ ކަންފަތާއި ހަމައަށް ނުފޯރި ނަމަވެސް ސިކުނޑި އެއީ ކޮން ވާހަކައެއްކަން ބުނެދިން ކަހަލައެވެ. އަހަންނަށް ދެފަރާތަށް ބޯ ހޫރާލެވުނީ ރަވާންއަށް ދެރަގޮތެއް ނުވުމަށް އެދި ދުޢާ ކުރާ ޙާލުގައެވެ.

“ދަރިފުޅާ… އެކްސިޑެންޓްގައި ރަވާންއަށް ވަރަށް ބޮޑަށް ގެއްލުން ލިބުނު… ދަރިފުޅަށް މާ ބޮޑު އަނިޔާއެއް ނުވީ ރަވާންގެ ސަބަބުން…” މަންމަ ދޫކޮށްލީ ފުން ނޭވާއެކެވެ. ކަރުނަތައް ފޮހެލާފައި ނޭފަތް އެތެރެއަށް ދަމައިލިއެވެ.

“މަންމާ… ރަވާން ކޮބާ؟… އަހަރެން ރަވާންގެ ކައިރިއަށް ގެންގޮސްދީ… މަންމާ…” މަންމަގެ އަތުގައި ހިފައި ތަޅުވަމުން އަހަރެން ވާހަކަ ދެއްކީމެވެ. ކުރަމުން އައި ހިތްވަރު އެލި އަހަރެންގެ މުޅި ހިތް ކުދިކުދިވެފައިވިއެވެ. ރަވާން އަހަރެންދެކެވީ ތެދުވެރި ލޯބީގެ ބަދަލު އެ ލިބުނީ ކޮންފަދަ ހިތި ގޮތަކަށް ހެއްޔެވެ؟ ދެމީހުންގެ އެ އުފާވެރި ދުވަސް ނިމިގެން އެދިޔައީ ބިރުވެރިކަމެއްގެ ތެރޭގައެވެ.

“ހޮސްޕިޓަލަށް ގެނައި އިރުވެސް ރަވާންގެ ޙާލު ވަރަށް ދެރަ… އެހެންވެ ރާއްޖެއިން ބޭރަށް ގެންދިޔައީ… އޭރު ޑޮކްޓަރުން އުއްމީދުވެސް ކަނޑައެއް ނުލާ… އެކަމަކު…” މަންމަ އަހަރެންގެ ބޮލުގައި ހިފައި މަޑުމަޑުން އުފުލައިލިއެވެ. ބާލީހުގައި ރީތިކޮށް ބާއްވާލާފައި ތެދުވިއެވެ. އެއަށްފަހު އަހަންނަށް ފުރަގަސްދިނެވެ.

“ދަރިފުޅާ… ރަވާން ދެން އެނބުރިއެއް ނާންނާނެ… އަހަރެމެން އެންމެންނާއި މާ ދުރަށް އެ ދިޔައީ… ދަރިފުޅުވެސް މިހަޤީގަތް ޤަބޫލުކުރުން ނޫން ގޮތެއް ދެން ނެތް…” މަންމަ ވާހަކަ ދެއްކީ ކިތަންމެ މަޑުން ނަމަވެސް އަހަރެންގެ ކަންފަތް ކައިރީ ހީވީ ހޮނު ގުގުރިއެއް ޖެހި ހެންނެވެ. އުނދަގޫ ގޮތަކަށް ތެދުވެފައި މަންމަ އާއި ދިމާއަށް ބަލައިލީ ޝަކުވާގެ ނަޒަރަކުންނެވެ. ދެ ތުންފަތް ފިއްތައިލީ ގިސްލުމުގެ އަޑު ބޭރުވެދާނެތީއެވެ.

“ރަވާންއަށް ނާދެވުނަސް، އަހަރެމެންނަށް ރަވާންގެ ކައިރިއަށް ދެވޭނެއެއްނު… މަންމާ އަހަރެން މިހާރު ރަނގަޅޭ… ރަވާންގެ ކައިރިއަށް ގެންގޮސްދީ މަންމާ…” ރަވާން އަބަދުގެ އަބަދަށް ވަކިވެގެން ދިޔަ ކަމަށް ޤަބޫލުކުރަން އަހަރެންގެ ޒަމީރު ދެކޮޅު ހެދިއެވެ. ހިތް ބުނީ ރަވާން އަހަރެން ދޫކޮށް ނުދާނޭ ކަމަށެވެ.

“ދަރިފުޅާ… ރަވާންވީ މި ފަސްގަނޑުގެ އަޑީގައި…” މަންމަ އަހަންނާއި ދިމާއަށް އެނބުރުނެވެ.

“ނޫން… އެހާ އަވަހަށް ކީޢްވެ ދާންވީ… އަހަރެންވެސް މިހުރީނު، މަރެއް ނުވެއެއްނު… މަންމާ، އެ ވާނީ ރަވާން އަހަންނަށް ޖެއްސުންކުރަން ބުނި އެއްޗަކަށް…” މަންމަގެ ވާހަކަ ޤަބޫލުކުރާކަށް އަހަރެން ބޭނުމެއް ނުވިއެވެ.

އިސްޖަހައިގެން އެތައް އިރަކު އިނދެފައި، އަހަންނަށް ރޮވުނީއެވެ. ރަވާން ދެން ދުވަހަކުވެސް ނުފެންނާނެ ހެއްޔެވެ؟ އަހަރެން ދެކެމުން އައި ހުވަފެންތަކުގައި ކުލަޖެހުނުއިރު، އެއިން ލިބުނު އުފަލެއް ކޮބައި ހެއްޔެވެ؟ ރަވާން އާއިއެކު އަހަރެން ހޭދަކުރި އުފާވެރި ދުވަސްތަކުގެ ނިމުން އެއައީ ކޮންފަދަ ހިތި ގޮތަކަށް ހެއްޔެވެ؟

“ފަހު ފަހަރަށް މޫނުވެސް ނުފެނުނު… މަންމާ އަހަރެން ހަމަ އެހާ ނަޞީބު ދެރައީތަ؟…” އަހަރެންގެ ލަގޮނޑި ހީވަނީ ފަޅައިގެން ދާން އުޅޭހެންނެވެ. ރޮވޭ ވަރުން ވާހަކަ ދައްކަންޖެހުނީ ހުއްޓަމުންނެވެ.

ދެ އަހަރު ފަސް

އަހަރެން އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. މިއަދަކީ އަހަންނަށް އުފާވެރި ދުވަހެކެވެ. ރަވާން އަހަރެން ގެންދަން ބޭނުންވި ހަރުފަތާއި ހަމައަށް ވާޞިލް ވެވުނީއެވެ. ދެން އޮތީ އެނބުރި އަމިއްލަ ވަޒަނަށް ދިޔުމެވެ. މެލޭޝިޔާއިން މަތީ ތަޢުލީމް ޙާޞިލްކޮށްގެން އަހަރެން އެނބުރި ޤައުމަށް މިދަނީ ރަވާންގެ ކުންފުނި ނަގައި ކޮޅަށްޖެހުމަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ.

ކައިވެނި ކުރެވުނު ދުވަހު ރަވާން އޮތީ ކުންފުނީގެ ޚިއްސާގެ ދެބައިކުޅަ އެއްބައި އަހަރެންގެ ނަން މައްޗަށް ބަދަލުކޮށްފައެވެ. އަދި ރަވާން ނެތް ދުނިޔެއެއްގައި އެ ކުންފުނި އެއްކޮށް އަހަންނަށް ލިބޭނޭހެން ލިޔުން ތައްޔާރުކޮށް ސޮއިކޮށްފައެވެ. އެއީ އަހަންނަށްވެސް ނޭނގި އޮތް ކަމެކެވެ. އެކަން އެނގުނީ ރަވާން ދުނިޔެ ދޫކޮށް ދިޔަ ފަހުންނެވެ. އަހަރެން ދެލޯ މަރާލީމެވެ. މި ދެއަހަރު ދުވަހުގެ ތެރޭގައި އަހަންނަށް އައިސްފައިވާ ބަދަލާއިމެދު ވިސްނައިލެވުނެވެ. މިއަދު ރަވާން ދުނިޔޭގައި ހުރިނަމަ އަހަންނާއިމެދު ފަޚުރުވެރިވީސްކަން ޤައިމެވެ.

އެއާޕޯޓަށް ދިޔުމަށްޓަކައި ތައްޔާރުވަމުން ދިޔައީމެވެ. ކުރީގެ ބުޅި އިސްތަށިގަނޑު ފަންކޮށް، ކަނދުރާ އާއި ހަމައަށް ކޮށައިލީމެވެ. ދެލޯ އަނދުނުން ފަވައިލީ، އެ ލޮލުން ފެންނަމުންދިޔަ ރިހުން އެހެން މީހުންނަށް ސިއްރުކުރުމަށެވެ. އުފުލަންޖެހޭ އެއްޗެހި ގިނަކަމުން އަހަރެން ހުރީ ބޮލަށް އުނދަގޫވެފައެވެ. އެ ހުރިހާ އެއްޗެއް ޓެކްސީއަށް ނޭރުވުމުން ޖެހުނީ ބަހެއްގައި ދާށެވެ. ބަސް ހޯދުމަށް އެތައް ވަގުތެއް ހޭދަކުރަންޖެހުނެވެ. ގަޑި ނުޖެހި އެއާޕޯޓާއި ހަމައަށް ދެވޭނެކަމަށް އަހަރެން ކުޑަކޮށްވެސް އުއްމީދެއް ނުކުރަމެވެ. ދުވެފައި ކަހަލަ ގޮތަކަށް އެތެރެއަށް ވަތް ވަގުތު ކޮންމެވެސް މީހެއްގެ ގައިގައި އަޅައިގަނެފައި ދަބަސްތަކާއިއެކު އަރިއަޅައިލިއެވެ. އަހަންނަށް ހިފައިލެވުނީ އެމީހަކު ލައިގެން ހުރި އަންނައުނުގައެވެ. ހަށިގަނޑު ބެލެންސް ކޮށްލެވުނުއިރު ހުރެވުނީ އެމީހަކާއި ނުހަނު ކައިރީގައެވެ.

“ވަޓް ދަ…”

އިވުނީ ފިރެހެންވަންތަ އަޑެކެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

eysh

Level 510 Stories100 Comments100 Login500 Comments

Writing story is one of my hobby. It's something fun to do that makes me happy. Dream is to become a successful story writer In Sha Allaah ❤ I love reading comments. My Finished stories; Keh kuraanan unmeedhugaa, Loabi vevumun, Nudhaaney thiya handhaan filaa, Case number 1, Umurah thiya loabeegaa, Badhalu, E handhaan foheveytho beliyas, Vakive nudhanees, Fohevigen nudhaaney, Fevifaa thinanvey mihithugaa, Mee mihithuge shakuvaa ey, Nethi gellunee hayaathey Vaudhu veemey Kafun vevifaa On going stories; Mi nan thihithun filuvaalaneehey, Ufaleh netheehe dhuniyeyn Inthihaa ah loabiveemey Story books (to be published); Sheen Fb page: Eysh stories Email: [email protected]

Other Articles

Previous

މޮޔަ ހިތް މަގޭ…16

Next

733 (އަށްވަނަބައި)

Next
December 25, 2019

733 (އަށްވަނަބައި)

Previews
December 25, 2019

މޮޔަ ހިތް މަގޭ…16

23 Comments!

  1. aisha1213 says:
    December 25, 2019 at 9:05 am

    me first tha? kiyaalaafa comment eh kohlaanan

    1. eysh says:
      December 25, 2019 at 9:31 pm

      Yess dear first ?❤

  2. aisha1213 says:
    December 25, 2019 at 9:05 am

    me first tha? kiyaalaafa comment eh kohlaaanan

    1. eysh says:
      December 25, 2019 at 9:32 pm

      Thank u dear ?❤

  3. ? says:
    December 25, 2019 at 9:49 am

    Vr reethi.. kiyaahithun hutta e nimuny…❤️

    1. eysh says:
      December 25, 2019 at 9:32 pm

      Thank u so much dear ?❤ varah ufaavehje story kamudhiyaeema. Keep waiting fr the next ingey ?

  4. aisha1213 says:
    December 25, 2019 at 10:26 am

    varah reethi. hama heekurigothah mi vee. ravaan maruveema v dheravey ekamaku. ehen meehaku aee dho. waiting waiting. v reethivaane hen heevey kuriyah huri baithah

    1. eysh says:
      December 25, 2019 at 9:33 pm

      Aww Thank u so much dear ?❤ varah ufaavehje story kamudhiyaeema. Keep waiting fr the next ?

  5. taetae says:
    December 25, 2019 at 10:46 am

    alheyy…kaaku baa ?????vvv curious…alhey dear avahah up kohdhehchey…pls pls…… vvvvvvvvv reethi mashllah…

    1. eysh says:
      December 25, 2019 at 9:34 pm

      Hingaa dho balamaa kaakutho. Suprise ehves libidhaane.. Thank u so much dear ?❤ varah ufaavehje story kamudhiyaeema. Yesss In Sha Allaah v avahah upkureveytho masakkaiy kuraanan. Keep waiting ingey ?

  6. Mishy says:
    December 25, 2019 at 4:36 pm

    Wow.. varah reethi vaahakaves coverves.. eysh alhe bunebala vaahakaige cover pic hadhaa app eh.. mishy ah varah reethi eysh ge stories ge cover

    1. eysh says:
      December 25, 2019 at 9:36 pm

      Awww Thank u so much dear ?❤ varah ufaavehje kamudhaa vaahaka buneema. Corel ga eysh pic thah hadhanee.. varah ufaavehje kamudhiyaeema ?

  7. Intelligent guarrrlll says:
    December 25, 2019 at 9:07 pm

    I think rawaan adhi fahun annanehen dhww…aslu eyna Mary nevaane kanneyge…hero eh noontha eii kyyy ?

    1. eysh says:
      December 25, 2019 at 9:38 pm

      Hingaa dho balamaa vaagotheh. Thibuni gothah ves vumakee gama ekasheegenvaa kameh ? thank u so much dear ?❤

  8. Lamko says:
    December 25, 2019 at 10:18 pm

    Eysh this story is amazing….. Varah varah reethi…… Haadha dhera koshey e dhimaav……kon irakun nxt part… I love this story❤️❤️???

    1. eysh says:
      December 26, 2019 at 8:11 pm

      Awww thank u so much lamko ?❤❤ varah v ufaavehje story kamudhiyaeema ? next part In Sha Allaah tmrw or day after tmrw.. keep waiting and love ur cmnt too ?

  9. Kylie says:
    December 25, 2019 at 10:57 pm

    Maasha allah v v v reethi mi part vx???…….. V kiyaa hithun kiyanikoh e nimuny?????????????…… Curiously Waiting fr nxt part☺️☺️☺️☺️☺️☺️☺️☺️☺️☺️☺️ …….. LYSM sis.???????….nd u r the best??????????…….

    1. Lamko says:
      December 26, 2019 at 7:44 am

      Kylie mihaaru nuvc feney…konthaakutha thi ulhenii

    2. eysh says:
      December 26, 2019 at 8:13 pm

      Awww thank u so much kylie ?❤❤ varah v ufaavehje story kamudhiyaeema ? aww v sweeet.. next part In Sha Allaah tmrw or day after tmrw.. keep waiting ingey.. u too dear.. one of a sweeet frnd ?

  10. Rahuma Abdulraheem says:
    December 26, 2019 at 5:32 pm

    3 vana bai kon dhuvahakun. V reethi

    1. eysh says:
      December 26, 2019 at 8:15 pm

      Tmrw or day after tmrw. Tmrw friday veema kudakoh bxy vaane. Ehenve faharehga up nukurevidhaane.. ekam In Sha Allaah Saturday ga new part eh genesdheynan. ❤ thank you so much dear ?❤ varah ufaavehje story kamudhiyaeema ?

  11. Sheen says:
    December 27, 2019 at 11:14 pm

    Alhey hama innan jehunee neyvaa hifahattaalaigen.. Rovey varun kuriahves nugendhevifa innan jehunu ethah faharaku. ?????????? Vvvv furihama. SPEECHLESS ??????????????????????? Heart touching. Vvb emotional. Dialogue thahves hama ? ? ? ???? haadhisaa genessa in goiyves hama perfect. Story ge idea ves hama superb ???????????????????????????????? Baskoshaaruves v nala. Hurihaa kamehves hama emme salhi ??????????????????????????????? Waiting for the next part. ♥️?♥️?♥️?♥️?♥️?♥️?♥️?♥️?♥️?♥️?♥️?♥️?♥️?

    1. eysh says:
      December 28, 2019 at 1:18 pm

      Thank u so much dear ?❤ v ufaavehje story kamudhiyaeema ?

Comments are closed.

Next Episodeމިނަން ތިހިތުން ފިލުވާލަނީހޭ…06←


All Right Reserved!