ކަފުން ވެވިފާ…14 ފަހުބައި

- by - 58- December 1, 2019

މިފްތާޙް އިޢުތިރާފުވީ ހަމައެކަނި ނާބިހް މަރާލި ކަމަކަށް ނޫނެވެ. ނާބިހްގެ އިތުރުން މުނީރުވެސް މެއެވެ. އޭގެ އިތުރުން ރައިން ރަހީނު ކުރި ކަމަށްވެސް އިޢުތިރާފް ވިއެވެ. އެ ހުރިހާ ކަމެއްގެ ފަހަތުގައި ހުރީ އެހެން މީހަކު ކަން އެނގުނީ ފުލުހުން ކުރި ތަޙުޤީގުތަކަށް ފަހުގައެވެ. އެ މީހަކު އެނގުމާއިއެކު އެންމެންނަށްވެސް ލިބުނީ ވަރުގަދަ ޝޮކެކެވެ.

********

“ހަކީމްބެ؟… އެކަމަކު ކީއްވެ؟…” ނަތާޝާގެ މުޅި ދުނިޔެ އެނބުރިގަތް ކަހަލައެވެ.

މިފްތާޙް އެ ހުރިހާ ކަމެއް ކުރީ ނާބިހްގެ ބައްޕަ ހަކީމްގެ ލަފާގެ މަތީން، ހަކީމް އެދުނު ގޮތަށެވެ. ހެކި ނައްތާލީ، ހަކީމްގެ ޙާއްސަ ބެލުމުގެ ދަށުން، ފުލުހުންގެ ތެރެއިން އޭނައަށް ވަފާތެރި ބަޔަކު މެދުވެރި ކޮށެވެ.

އިވްޔާގެ ގައިގައި ހިފަހައްޓާލައިގެން ހުރި ނަތާޝާއަށް ޚަދީޖާ ފެނުމުން ދުވެފައި އެދިމާއަށް ދިޔައެވެ. އޭރު ހަކީމްގެ އަތުގައި ބިޑި އަޅުވައިގެން ގެންދާ މަންޒަރު ޓީވީއިން ދައްކަމުންދިޔައެވެ. އެ މަންޒަރު ބަލަން، ޙަދީޖާ ހުރީ ގަބުވެފައެވެ. ދަރިފުޅާއި އެކީގައިހެން އޭނައަށް ފިރިމީހާވެސް ގެއްލުނީއެވެ. ހުރިހާ ހަޤީގަތެއް އެނގުމުން ޚަދީޖާއަށް ލިބުނީ ވަރުގަދަ ޝޮކެކެވެ. އަމިއްލަ ދަރިފުޅާއި ދޭތެރޭގައި އޭނައަށް އިޙްމާލްވެވިފައިވާ ވަރާއިމެދު، ފުރަތަމަ ފަހަރަށް އޭނައަށް ވިސްނައިލެވުނެވެ.

މައްސަލަ ތަހުޤީގުކޮށް ނިންމާލީ އެންމެން ހީކުރި ވަރަށްވުރެ ފަސޭހައިންނެވެ. ހަކީމް އޭނާ ކުރި ކުށަށް އިޢުތިރާފުވިއެވެ. އަދި އެކަން ކުރަންޖެހުނު ސަބަބު ހާމަކުރިއެވެ. އެ މައްސަލައިގައި ޝާމިލްވި އެންމެންގެ މަޢުލޫމާތު ފުލުހުންނަށް ޚިއްސާކުރީވެސް ހަކީމްއެވެ.

އަމިއްލަ ދަރިފުޅުގެ ގާތިލަށް ވާންޖެހުނީތީ ހަކީމް ހުރީ ދެރަވެފައެވެ. އެކަމަކު އޭނަ ޤަބޫލުކުރާ ގޮތުގައި ނާބިހްއަށް އޭނަ ދިނީ، ކުށަށް ޙައްޤު އަދަބެކެވެ. ނާބިހް އާއި ނައިރާގެ ގުޅުން އެނގި ހަކީމްގެ ރުޅިގަނޑު ފަޅައިގެން ގޮސްފައިވީ، އީމާންތެރިކަން ބަލިކަށިވާ މިންވަރަށެވެ. ފަހުން ހިތާމަކުރަން ޖެހިދާނޭ ކަން ކުޑަކޮށްވެސް ވިސްނައިލުމެއް ނެތި އޭނަ ހުރިހާ ކަމެއް ކޮށް ނިންމައިލީ ވިސްނުނު އެންމެ ރަނގަޅަށެވެ. އެއީ އަމިއްލަ މީހާގެ ވިސްނުމުގެ ކޮށިކަން ކަމުގައި ޤަބޫލުކުރާކަށް އޭނަ ކުޑަކޮށްވެސް ބޭނުމެއް ނުވެއެވެ.

ހަކީމް ގަބޫލުކުރީ ނާބިހް އަކީ އަމިއްލަ އާއިލާއަށްވެސް ހުރި ހުތުރެއްގެ ގޮތުގައެވެ. ވަކީން ޚާއްސަކޮށް ނާބިހްގެ ޑައިރީގައި އޭނަގެ ގޯސް ވާހަކަ ދައްކާފައިވާކަން އެނގުމުން އެތެރޭގައި ރޯވެފައިވާ ހުޅުގަނޑު ފަޅައިގެން ދިޔައެވެ. ރަނގަޅު ދަނޑިވަޅަކަށް އޭނަ ކުރަމުން އައި އިންތިޒާރު ނިމުނީ މިފްތާޙްގެ ހަޤީގަތް ފަޅާއެރުމުންނެވެ. މަޤާމުގެ ބޭނުން ނާޖާއިޒް ގޮތުގައި ހިފައި، މިފްތާޙް ނައިރާގެ ގެއަށް ގޮސް އަނިޔާ ކުރާތަން ފެންނަ ވީޑިޔޯތައް އޭނަގެ ބާރުގެ ދަށަށް ގެންދިޔައެވެ. އެ އެއްޗެހި ހާމަކޮށް، މިފްތާޙް ޖަލަށްލާނެ ކަމުގެ ބިރު ދައްކައިގެން ހުރިހާ ޖަރީމާއެއް އޭނަ ހިންގީ ވިސްނުންތެރިކަމާއި އެކުގައެވެ. މި ނޫނަސް ދުވަހެއް އޮތްކަމާއި، އެ ދުވަހަކުން އިންސާފުގެ ކުރިމައްޗަށް އޭނަ ހާޟިރު ކުރެވޭނޭކަން ކުޑަކޮށްވެސް ވިސްނައި ނުލައެވެ.

********

ނައިރާއަކީ މިފްތާޙްގެ އަލަތު ލޯތްބެވެ. އެ ލޯބި ހިތުގައި ސިއްރުކޮށްގެން އުޅެނިކޮށް ނައިރާގެ ހަޤީގަތް އޭނައަށް ފަޅާއެރިއެވެ. އެކަން އެނގުމާއިއެކު މިފްތާޙްގެ ހިތް ކުދިކުދިވިއެވެ. ދެން އޭނަ މަސައްކަތްކުރީ ނައިރާގެ ލޯބި އެހެން ގޮތަކުން ޙާޞިލްކުރުމަށެވެ. އެހެން ކަންތައްވެފައި ވަނިކޮށް، ނާބިހް އާއި ނައިރާގެ ގުޅުން އެނގި ދެމީހުންގެ އެކުވެރިކަމުގެ ގުޅުމުގައި ރެނދުލިއެވެ. ވަކީން ޙާއްސަކޮށް ނައިރާ ކައިލަން އާއި ލޯބީގެ ގޮތުން ގުޅުނުކަން އެނގުމުން މިފްތާޙްގެ ކެތްތެރިކަން ކޮޅުންލީއެވެ. ކޮންމެ ގޮތަކުންވިޔަސް އެ ހަށިގަނޑަކީ އޭނަގެ މިލްކެއްގެ ގޮތުގައި ހެދުމަށް އޭނަ އަޒުމުކަނޑައެޅީ އެ ހިސާބުންނެވެ. އެ ނިޔަތުގައި ނައިރާގެ ގެއަށް މިފްތާޙް ދިޔަ ރެއަކީ ޔުމާން އާއި ކައިލަންވެސް އެގެއަށް ދިޔަ ރެއެވެ. ފުރުޞަތުގެ ބޭނުން ހިފައި، ޔުމާން އެ ކޮޓަރީގައި ހުއްޓައި ފަހަތުން ހަމަލާދީ ބިމަށް ތިރިކޮށްލުމަށްފަހު، ނައިރާގެ ހަށިގަނޑުން އޭނަ އުފާ ހޯދީ ގަދަކަމުންނެވެ. ނައިރާ ރޮއެރޮއެ އޮއްވައެވެ. އައިސްފައި ހުރި ރުޅީގައި އޭނަ ބޭނުންވީ ނައިރާގެ ވަސްވެސް ދުނިޔެއިން ފޮހެލާށެވެ. އެކަމަކު އެތަނަށް ކައިލަން އައުން ވެގެން ދިޔައީ މިފްތާޙްގެ މަސައްކަތަށް އެޅުނު ހުރަހަކަށެވެ.

ޖަލުގެ ތޭރިތަކުގެ އެތެރެ ވެގެންދިޔައީ މިފްތާޙަށް ވޭންދެނިވި ތަނަކަށެވެ. ނިދޭއިރަށް ހުވަފެނުގައި ފެންނަމުންދިޔައީ ބިރުވެރި ހުވަފެންތަކެވެ. ހޭލާ ހުންނައިރު، ނާބިހް އާއި މުނީރުގެ ހުނުމުގެ އަޑު އިވޭހެންވެސް އޭނައަށް ހީވެއެވެ. އެ ހުރިހާ ކަމަކާއިހުރެ، މިފްތާޙް ހުރީ ދުނިޔެއިން މޮޔަވާން ކައިރިވެފައެވެ. ކުރެވުނު ކުށުގެ ބޮޑުކަން އިޚްސާސްވެ، ބައްދަލުކުރުމަށް އައި އެއްވެސް މީހެއްގެ ކުރިމަތީގައި އޭނައަށް އިސް އުފުލައިލަންވެސް ނުކެރުނެވެ. ދުނިޔޭގެ އުފަލަކަށްޓަކައި ގާތް އެކުވެރިންގެ ދިރިއުޅުން ބަރުބާދުކޮށްލައިގެން އޭނައަށް ލިބުނު އުފަލެއްވެސް ނެތެވެ. ދުނިޔޭގައި ހޭދަކުރަން ލިބުނު މަދު ދުވަސްކޮޅުގެ ބޭނުން އޭނައަށް ހިފުނީ އެންމެ ގޯސްކޮށެވެ. ކުރެވުނު އެންމެ ކުށަކުން އަރައިގަތުމަށް، އެތަކެއް ބޮޑެތި ފާފަތަކަށް އަރައިގަނެވި، އެތައް ބައެއްގެ ނަފުރަތުގެ ޝިކާރަކަށްވެސް ވީއެވެ.

މިފްތާޙާއި ބައްދަލުކުރުމަށް ސަލާހް ދިޔައީ ހިތުގައި އުފެދިފައިވާ ޝަކުވާތައް ބޭރުކޮށްލުމުގެ ބޭނުމުގައެވެ. ސަލާހް ފެނުމުން، މިފްތާހް އިސްޖަހައިލިގޮތަށް އިސް އުފުލައިލާކަށްވެސް ނޫޅުނެވެ.

“އަހަރެން މިއަދު ދެރަވޭ ތީ އެއްއިރެއްގަ އަހަރެންގެ ރަހުމަތްތެރިއެކޭ ބުނަންވެސް… އަހަންނަށް އަމިއްލަ ނަފުޞު ކުށްވެރި ކުރެވޭވަރުން އެންމެ ލޮލުފިޔަ އެއްވެސް ނުޖެހެއޭ… އަހަރެންގެ ފޯނަށް މުނީރު ގުޅި ދުވަހު އޭނަ ހީކުރާނީ ހަޤީގަތް ހާމަކުރެވުނީ އަހަރެންގެ ކައިރީގައި ކަމަށް… އެކަމަކު އެ ދުވަހު އިއްތިފާޤުން ކަލޭ އެ ކޯލް ނެގީ… އަހަރެން މިއަދު ދެރަވޭ އެ ދުވަހު ކަލޭ އަތަށް އެ ފޯނު ދެވުނީމަ… މުނީރަށް ހުރިހާ ހަޤީގަތެއް އެނގުނީމަ ކަލޭ އޭނަ މަރާލީނު… ދެން އެހެންވީއިރު، އަހަރެންވެސް މަރާލާ… މަރާލާ…” ހިތަށް އައި އެއްޗެއް ގޮވާފައި ސަލާހް ނުކުމެގެން ދިޔައިރުވެސް، މިފްތާޙް އެ ހުރި ގޮތަށް ހުއްޓެވެ. އޭރު ދެލޮލުން ފައިބަމުންދިޔަ ކަރުނަތަކުން ދެކޯތާފަތް އެކީގައި ވަނީ ތެންމާލާފައެވެ.

އެނގުނު ހަޤީގަތްތަކެއްގެ ސަބަބުން އެންމެންގެ ހިތަށްވެސް ލިބިފައިވަނީ ފުން ޒަހަމްތަކެކެވެ. ލިބިގެންދިޔައީ ރަނގަޅު ފިލާވަޅެކެވެ. މީހެއްގެ ބޭރުފުށުން ބަލާލާފައި އެ މީހަކީ ކޮންކަހަލަ މީހެއް ކަމެއް ނޭނގޭނެއެވެ. ހަކީމަކީ މަޑުމައިތިރި މިޒާޖެއްގެ ހިތްހެޔޮ މީހެކެވެ. ބަލާބެލުމަށް އެފަދަ ކަމެއް ކުރާނޭހެން ކުޑަކޮށްވެސް ހީނުވެއެވެ.

އެއްވެސް ކުށެއް ނެތް ކައިލަންއަށް އިންސާފު ލިބުނީ ބަނޑުއަޅައި ވިހޭ މައިމީހާގެ މިންނެތް މަސައްކަތުންނެވެ. ކަފުން ވެފައިވާ ސިއްރުތައް ހޯދުމަށް އިވްޔާ ކުރި ބުރަ މަސައްކަތުން އެތައް ބަޔަކަށް އިންސާފު ލިބި، ފިރިމީހާގެ ފުރާނަވެސް ސަލާމަތް ކުރެވުނީއެވެ. އާއިލީ ގުޅުން ކުރިޔަށްވުރެ ބޮޑަށް ވަރުގަދަވެގެން ދިޔުމާއިއެކު، ކައިލަން ހިތުގެ އަޑުވެސް ފުރަތަމަ ފަހަރަށް އޭނަގެ ކުރިމަތީގައި ބަންޑުން ކޮށްލީ ގާތް އެކުވެރިއަކު ފަދައިންނެވެ.

(ހަތަރު ހަފްތާ ފަސް)

ނައިރާ އާއި ބައްދަލުކުރުމަށް ކައިލަން ދިޔައީ ކައިވެނީގެ ހުރިހާ ކަމެއް ހަމަޖެއްސުމަށް ފަހުގައެވެ. އިވްޔާ އާއި ރައިންގެ އިތުރުން ޔުމާންގެ ހުއްދަވެސް ހޯދައިގެންނެވެ. ކައިލަން ދިޔައިރު ކޮނޑުގައި ދަބަހެއް އަޅުވާލައިގެން ނައިރާ އޭނާގެ ގެއިން ނުކުންނަނީއެވެ. ފަހަތުން ސުވޭދާ ވެސް ނުކުތީ ދަބަހެއް އަޅުވައިގެންނެވެ.

ކައިލަން ފެނުމުން ސުވޭދާ ހިނިތުންވެލިއެވެ. ނައިރާއަށާއި ކައިލަންއަށް ފުރުޞަތު ދީފައި އޭނަ ގޮސް އެރީ ކާރަށެވެ. ކައިލަން ފެނުމުން ނައިރާ އިސްޖައިލިއެވެ. އޭނަ އެ ހުރިގޮތަށް ހުއްޓައި، ކައިލަން އެދިމާއަށް ހިނގައިގަތް ތަން ފެނިފައި، އެއް އަތުން އަނެއް އަތުގައި ބާރަށް ހިފަހައްޓާލިއެވެ.

ކައިލަން ގޮސް ނައިރާގެ ފިނިވެފައިވާ އަތްތިލައިގައި ހިފައި، އުފުލައިލިއެވެ. އެއަށްފަހު، ނައިރާގެ ކުރިމަތީގައި އެއްފައި މައްޗަށްވާހެން އިށީނެވެ. އޭރުވެސް އޭނަ އިނީ ނައިރާގެ އަތްތިލައިގައި ހިފާލައިގެންނެވެ. ނައިރާގެ ދެލޯ ފެންކަޅިވިއެވެ. އަވަސްއަވަހަށް އެސްފިޔަ ޖަހާލާފައި ކަރުނަތައް ހިންދައިލުމަށް މަސައްކަތް ކުރިއެވެ.

“ކައިކް، އައިމް ސޮރީ… އަހަރެން ދާންވެއްޖެ…” ކައިލަންގެ އަތުގެ ތެރެއިން އަތް ދަމައިގަނެގެން، ނައިރާ އުޅުނީ ދާށެވެ.

“ޕްލީޒް ޑޯންޓް ގޯ…” ކައިލަން ދެރަވިއެވެ. އޭނަ ނައިރާގެ އަތުގައި ކުރިޔަށްވުރެ ބާރަށް ހިފަހައްޓާލިއެވެ. އެއަށްފަހު ޖީބުން ނެގީ ރިހި އަނގޮޓިއެކެވެ.

“އަހަރެން ނައި ބޭނުން… ވަރަށް ވަރަށް ވަރަށް ބޭނުން…” ނައިރާ އާއި ދިމާއަށް އަނގޮޓި ދިއްކޮށްލަމުން ކައިލަން ބުންޏެވެ.

ކައިލަން އާއި ދިމާއަށް ބަލަހައްޓައިގެން ނައިރާ ހުރީ ފެންކަޅިވެފައެވެ. އެއްފަހަރު އަނގޮޓިއަށް އަނެއް ފަހަރު ކައިލަންގެ މޫނަށް ބަލަމުންދިޔަ ނައިރާގެ ލޮލުން، އިސާހިތަކު ކަރުނަތައް ފައިބަން ފެށިއެވެ.

“އަހަރެން ދިރިއުޅުމެއް ފަށަން ހަމައެކަނި ބޭނުންވި މީހަކީ ތީ… އެކަމަކު، އަހަންނަކީ މިއަދު ކައިކް އާއި އެކަށީގެންވާ މީހެއް ނޫން… އަހަރެންގެ އަތަކު ނެތް ކައިކްއަށް ދޭނެ އެއްވެސް އެއްޗެއް…” ގިސްލަމުން ކަހަލަ ގޮތަކަށް ވާހަކަ ދައްކަމުން ދިޔައިރު، ނައިރާގެ ހިތް ހީވަނީ ތޮރުފަމުން ދިޔަހެންނެވެ.

“އައިމް ސޯ ސޮރީ…” ކައިލަންއަށް އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް ނައިރާ ގޮސް ކާރަށް އެރިއެވެ.

ކައިލަންގެ ހިތް ކުދިކުދިވިއެވެ. ކާރު ގޮސް ލޯ ކުރިމަތީން އޮބާލަންދެން ބަލަން އޭނަ ހުއްޓެވެ. އެނބުރި ގެއަށް އައިއިރު، ދިރި ހުއްޓަސް، ފުރާނަ ނެތް މީހެކޭ ކައިލަން އެކޭ ތަފާތެއް ނެތެވެ. ދިރިއުޅުމަކަށް ކުރަމުން އައި އުއްމީދުގެ ހުޅުކޮޅު ނިވުނު ކަމުގެ އިޚްސާސް އޭނައަށް ކުރެވުނެވެ. ކައިލަން، އިވްޔާގެ އުނގުގައި ބޯ އަޅައިގެން އޮވެ، އެތައް އިރަކު ރުޔެވެ. އެތައް ޝަކުވާއެއް ކުރިއެވެ. ނައިރާ އެ ޙަޔާތުން ދިޔައީ ހުދު އޭނަ އާއި ދޭތެރޭގައި ވިސްނާފައިކަން އެނގުމުން އެ ހިތުގައި ވަނީ ނޭނގޭ ރިހުމެއް އުފެދިފައެވެ.

********

ނިދަން އެނދުގައި އޮށޯވެފައި ޔުމާން ބަލައިލީ އަނެއް ފަރާތަށް އެނބުރިގެން އޮތް ނަތާޝާ އާއި ދިމާއަށެވެ. އޭނަ ނަތާޝާ އާއި އިތުރަށް ކައިރިއަށް ޖެހިލިއެވެ. އެއަށްފަހު، އެ ހަށިގަނޑުގައި ބައްދާލިއެވެ.

“ނަތާ، އަދިވެސް ރުޅި އައިސްފަތަ؟…” ޔުމާން ވާހަކަ ދެއްކީ ވައި އަޑުންނެވެ.

“އަހަރެން ޤަބޫލުކުރަމޭ ނަތާ އާއި ދޭތެރޭ އަހަންނަށް ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަމަށް… އެކަމާއި މިހާރު އަހަރެން ދެރަވޭ… ނަތާ ޕްލީޒް، އަހަންނަށް މަޢާފުކޮށްދީ… މިގޮތަށް ކިހާ ދުވަހަކުތަ އަހަރެން ނަތާގެ ކައިރިން މަޢާފަށް އެދެންވީ؟… އުމުރަކީ ވަރަށް ކުރު އެއްޗެއް… ތިގޮތަށް ރުޅިން އޮއްވާ، އަހަރެން މަރުވެއްޖެއްޔާ…” ޔުމާންގެ ވާހަކަ އެހައި ހިސާބަށް ދިޔަތަނައި، ނަތާޝާ ކުއްލިއަކަށް އެނބުރިފައި، ޔުމާންގެ ގައިގައި ބައްދާލިއެވެ.

ދެން އިވެންފެށީ ނަތާޝާގެ މަޑު ގިސްލުމުގެ އަޑެވެ. ނަތާޝާ ދުރުކޮށްލަން އުޅެއުޅެ، ޔުމާންއަކަށް އެކަމެއް ކާމިޔާބެއް ނުވިއެވެ. އެންމެފަހުން، ނަތާޝާ ރޯން ބޭނުން ވަރަކަށް ރޯން ފުރުޞަތު ދީގެން އޭނަ އޮތީއެވެ.

“ދެން ދުވަހަކުވެސް ތިކަހަލަ ވާހަކަ ނުދައްކާތި… އަހަރެންގެ ހިތް މިހާރު މުޅީން ސާފުވެއްޖެ…” ޔުމާން އާއި ކުޑަކޮށް ދުރަށްޖެހިލާފައި ނަތާޝާ ވާހަކަ ދެއްކިއެވެ.

“އައި ލަވް ޔޫ…” ނަތާޝާގެ ކަންފަތް ކައިރީގައި ޔުމާން ބުނީ ސިއްރުންނެވެ.

ފުރަތަމަ ފަހަރަށް ޔުމާންގެ ދުލުން އެފަދަ ބަހެއް އަޑު އިވުމުން ނަތާޝާއަށް ހީވީ ދެ ޢީދު އެއްފަހަރާ އައި ހެންނެވެ. އުފަލުން ގޮސް ކުރެވޭ ނުކުރެވޭ ކަމެއްވެސް ނޭނގުނެވެ. ކުއްލިއަކަށް ޔުމާންގެ ގައިގައި ބައްދާލިގޮތުން ޔުމާންގެ އަނގައިން މަޑު އާޙްއެއްގެ އަޑު ބޭރުވެގެން ދިޔައެވެ. ދެން އިވިގެން ދިޔައީ ދެމީހުންގެ ހުނުމުގެ އަޑެވެ.

********

“ކީއްވެތަ މާވަރަކަށް ތިހެނީ؟…” ފާހާނާއިން ނުކުތް ރައިން ސުވާލުކުރީ އެނދުގައި އޮށޯވެލައިގެން އޮތް އިވްޔާއަށެވެ.

“ހެވޭނެ އެއްނު… ފާޚާނާގަ ހުރެގެން އެހާ ރީތިކޮށް ލަވަ ކިޔާ އަޑު އިވެންޏާ…” ލާނެތްގޮތަކަށް ސަމާސާކޮށްލަމުން އިވްޔާ ބުންޏެވެ.

އިވްޔާ އާއި ދިމާއަށް ފާޑަކަށް ބަލަހައްޓައިގެން ރައިން އިރުކޮޅަކު ހުއްޓެވެ. ދެން ފެނުނީ ދުވެފައިގޮސް އެ ހަށިގަނޑުގައި ބައްދާލި ތަނެވެ. ދެމީހުން އެކަކު އަނެކަކާއިއެކު ސަކަރާތްޖެހުމުގައި ވަގުތުކޮޅެއް ހޭދަކުރުމަށްފަހު، ރައިން އިވްޔާ އާއި ކުޑަކޮށް ދުރަށް ޖެހިލިއެވެ.

“އައިމް ޕްރައުޑް އޮފް ޔޫ ޑާލިންގް… ހިއެއް ނުކުރަން އެ ދުވަހު ސަލާމަތްވާނެ ކަމަކަށްވެސް…” ފުން ނޭވާއެއް ދޫކޮށްލަމުން ރައިން ވާހަކަ ދެއްކިއެވެ.

“އެދުވަހު މިފްތާހްއަށް ނުގުޅިނަމަ އަހަރެންގެ ދުވަސް ދިޔައީސް…” އިވްޔާ ދެއަތުގެ ތެރޭގައި ފިއްތައިލަމުން ރައިން ވާހަކަ ދެއްކިއެވެ.

“އައި ލަވްޔޫ ސޯ މަޗް… ދުވަހަކަށްވުރެ ދުވަހެއް ވަކީން ބޮޑަށް ލޯބިވޭ…” ރައިންގެ ތައުރީފުގެ ބަސްތަކުން އިވްޔާ އޮތީ އުފަލުން ހިތް ފުރިފައެވެ. ރީތި ފަރި ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިގެންނެވެ.

********

ކޮޓަރިއަށް ވަދެވުމާއިއެކު ކައިލަންގެ ހަނދާނަށް އަންނަންފެށީ ނައިރާގެ ހަނދާންތަކެވެ. އެ ވޭނުން ފުރިގެންވީ ހަޅޭކުގެ އަޑު އޭރުވެސް ހީވަނީ އޭނަގެ ކަންފަތް ކައިރީގައި ގުގުމަމުން ދާހެންނެވެ. އެދުވަހު އޭނަ ހިމޭނުން ހުރީ އަމިއްލަ ކުށް އިޚްސާސްވީލެއް ބޮޑުކަމުންނެވެ. ނައިރާއަށް ވީ ހުރިހާ ކަމެއްގައި އޭނައަށް ކުށްވެރިކުރެވުނީ އަމިއްލަ ނަފުޞު ކަމުގައިވީތީއެވެ. މިއަދު އެ ހުރިހާ ކަމެއް ރަނގަޅުކޮށް ނައިރާއަށް އުފާވެރި ޙަޔާތެއް ހޯދައިދޭން އޭނަ ކުރި މަސައްކަތް އެވީ ބޭކާރެވެ. އެތައް ދުވަހެއް ވަންދެން ދެކުނު ހުވަފެންތައް ވިއްސިވިހާލިވެގެން ދިޔައިރު، އޭނައަށް ކުރެވުނު އެއްވެސް ކަމެއް ނެތެވެ.

ދުވަސްތައް ފާއިތުވަމުންގޮސް ކައިލަންގެ އުމުރުން އަށާވީސް އަހަރު ފުރުނު ދުވަހެވެ. ޑިއުޓީ ނިންމާލާފައި ކައިލަން މިސްރާބުޖެހީ ގެއަށް އައުމަށެވެ. ފުލުހުންގެ ޔުނީފޯމުގައި ހުރި ކައިލަން އައިސް ގެއަށް ވަންއިރު، އިވްޔާގެ ކައިރީގައި އަންހެން ކުއްޖަކު ހުއްޓިލައިގެން ހުރިތަން ފެނުނެވެ. އެކުއްޖާ ހުރީ ކަޅުކުލައިގެ އަބާޔާ ހެދުމެއްގައެވެ. ފުރަގަސްދީގެން ހުރުމުން އެކުއްޖެއްގެ މޫނެއް ކައިލަން އަކަށް ނުފެނުނެވެ. އޭނަ މަޑުމަޑުން ހިނގާފައި ދިޔައީ ކޮޓަރި އާއި ދިމާއަށެވެ.

“ކައިކް ދަރިފުޅާ އައިސްބަލަ…” އިވްޔާ ގޮވާލުމާއިއެކު، ކައިލަންގެ ފިޔަވަޅުތައް ހުއްޓުނެވެ.

ކައިލަން ފަސް އެނބުރި ބަލައިލިއިރު ކުރިމަތީގައި ހުރި ނައިރާ ފެނިފައި ދިޔައީ ސިއްސައިގެންނެވެ. ކުރިޔަށްވުރެ އެ މޫނު އޮމާންވެފައި ހަންގަނޑުގެ ކުލަ އަލިކަމަށް ދައްކައެވެ. ހިނިތުންވެލައިގެން ހުރިއިރު، އަންނާރު އޮއްތަކެއްފަދަ ކުދިކުދި ދަތްތައް ފެންނަން ހުރިގޮތުން އެ ސޫރަ ކައިލަންގެ ހިތުގައި ބިންވަޅު ނެގިގެން ދިޔައެވެ.

“ކައިކް…” ލޯބިން ފުރިގެންވީ އަޑަކުން ނައިރާ ކައިލަންއަށް ގޮވާލިއެވެ.

ކައިލަން ހުރީ ހުއްޓުން އަރާފައެވެ. ނައިރާގެ މޫނަށް ބަލަހައްޓައިގެން އޭނަ ހުރީ އެސްފިޔަ ޖަހައިލަންވެސް ހަނދާން ނެތިފައެވެ.

“ތިވަރަށް ނުބަލަބަލަ… ތިއުޅެނީ އަހަރެން ލަދުގަންނަވާލަންތަ؟…” ނައިރާ އެހެން ބުނުމުން ކައިލަން އަވަސްއަވަހަށް އެ ނަޒަރު އެހެން ދިމާއަކަށް ހުއްޓައިލިއެވެ.

“އަހަރެން މިއައީ… އިންޝާﷲ މަރުވަންދެންވެސް ހުންނާނީ ކައިކްގެ މީހެއްގެ ގޮތުގައި…” ނައިރާ މަޑުމަޑުން ބުންޏެވެ.

ކުޑައިރުކޮޅަކު އެއްޗެއް ނުބުނެ ހުރެފައި ކައިލަން ނައިރާގެ އަތްތިލައިގައި ހިފައިލިއެވެ. ނައިރާގެ ލޮލާއި ލޯ ސީދާކޮށްލިއިރު، އެ ދެލޮލުގައި ވިދަމުން ދިޔައީ އުފާވެރިކަމުގެ ކަރުނައެވެ.

“ދަރިފުޅު އުފަންދުވަހުގެ ހަދިޔާ ކިހިނެތް؟…” އިވްޔާގެ ލާނެތް އަޑު އިވިފައި އެންމެން އެއްފަހަރާ ހީގަތެވެ.

ކައިލަން ލަދުން އިސްޖަހައިލީއިރު، ނައިރާވެސް ހުރީ ލަދުން ހިނިތުންވެލަންވެސް ނުކެރިފައެވެ. އެތައް ދުވަހެއްގެ ދިގު އިންތިޒާރަށް ނިމުން އައީ ދެމީހުންވެސް އުއްމީދުކުރި ގޮތަށެވެ. ދެ އާއިލާއަށްވެސް އުފާވެރިކަން ގެންނަމުންނެވެ.

ލޯބިން ގުޅުނު ދެ ހިތެއް…

ވަކި ނުކުރެވޭނޭ…

ދެ ހިތް ގުޅިފައިވަނީ…

މާ މަތިވެރި ގުޅުމަކުންނޭ…

(ނިމުނީ)

58

eysh

Writing story is one of my hobby. It's something fun to do that makes me happy. Dream is to become a successful story writer In Sha Allaah ❤ I love reading comments. ??? My Finished stories; Keh kuraanan unmeedhugaa, Loabi vevumun, Nudhaaney thiya handhaan filaa, Case number 1, Umurah thiya loabeegaa, Badhalu, E handhaan foheveytho beliyas, Vakive nudhanees, Fohevigen nudhaaney, Fevifaa thinanvey mihithugaa, Mee mihithuge shakuvaa ey, Nethi gellunee hayaathey On going stories; Vaudhu veemey, Kafun vevifaa Upcoming story; Case number 2 Fb page: Eysh stories Email: [email protected]

You may also like...

17 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
 1. awwwwnnnn😱😱😱…this lovely stry also finished dwww😘😘😘m gonna miss thiss💕💕💕ending varah furihama…ly morrr sis
  Btw me first😉😉😉

  ⚠Report!
  1. Yesss dear.. konme kamakahves nimumeh annaane ehnu dho.. will miss u dear.. varah ufaavehje story kamudhiyaeema.. thank u so much dear..
   Yess magnum ah first mifaharu.. congratulations dear.. and ly too.. 😘

   ⚠Report!
 2. Varah reethi mashaa allah….alhey mi vaahaka vx nimuny dhw….😭😭😭😭😭😭😭😭😭😭im gonna miss this…..nimun vx hama varah reethi…..lysm eysh sis…..

  ⚠Report!
  1. Yesss dear nimunee.. varah varah miss vaane kairaa mathin.. thank u so much fr the support dear.. means a lot.. varah ufaavehje story kamudhiyaeema.. thank u so much dear.. unmeedhukuran abadhuves support libeyne kamah.. lysm dear.. 😘

   ⚠Report!
 3. OMG..😮😮😮😮😮😮… Keekey bunaany vx…..😧😧😧😧😧😧😧😧😧😧 Speechless😐😐😐😐😐😐😐😐😐😐…….. V reethi ending eh..👏👏👏👏👏👏👏👏👏👏👏👏…. V miss vaane Mi story mathin….😞😞😞😞😞😞😞…. Ummeedhu kuran eysh ge ithuru stories fennaane kamah..🙂🙂🙂🙂🙂🙂🙂🙂🙂🙂🙂… nd u r always the best writer fr me..😁😁😁😁😁😁😁😁😁😁….. Luv u so much dear eysh sissy……💖💖💖💖💖💖💖💖💖 m really gonna miss this one…😊😊😊😊😊😊😊😊….. Keep it up!!👌👌👌👌👌!….

  ⚠Report!
  1. varah varah miss vaane kylie mathin ves.. thank u so much fr the support dear.. means a lot.. varah ufaavehje story kamudhiyaeema.. unmeedhukuran abadhuves support libeyne kamah.. lysm dear.. 😘 In Sha Allaah ithuru story thah ves fenigen dhaane Fenvaru site ga..
   Awwww so sweeet of u dear.. varah varah ufaavey cmnt kiyaalaafa.. love u so much dear.. 😘

   ⚠Report!
 4. Salaam All..
  Here is the last part of Kafun vevifaa.. Alhamdhulillaahi..
  Hope u all enjoyed reading the story.. story nimmaalevunee kiyuntheringe faraathun libunu support aa ekee.. ehenveema hurihaa kiyuntherinnah haahsakoh cmnt kohlaa kudhinna varah varah shukuru adhaakohlan.. thi dhevvi support ashaa kehtheri kamaa ekee story ah inthizaaru kohleethee varah shukuru adhaakuran..
  Thank u all.. will miss u all..

  ⚠Report!
  1. Understand nuvaa than than eba huri.. furathama kamakah yumaan nairaa kairiah dhiyai keekuran.. erey kailan dhiyairu heeheefa naira vaahaka dhakka adu ivunee kaaakaatha adhi naira ge bodu dhaithage firimeehaa aa dharin kuri kanthakoa emeehunves beyzaaru vaanjeheyne ennu. Thankolheh thafseelukoh mikanthah bunedheefa out nama

   ⚠Report!
 5. Maasha Allah ♥ vvvv furihama. Vvv reethi ❤️❤️❤️❤️❤️❤️❤️💙💙💙💙💙💙💙❤️❤️❤️❤️❤️ Mie anekka ves eysh ge reethi vaahakathakuge thereah ithuruvegen dhiya furihama reethi bolheh. 💜💜💜💜💜💜💜💚💚💚💚💚💚💚💜💜💜💜💜💜💜💚💚 Vaahaka feshigen nimendhen ves shauguverikan ehvarehga hifahattaqlumakee eysh ge kulhadhaanakan. 💛💛💛💛💛💛💛💗💗💗💗💗💗💗💛💛💛💛💛💛💛💗 Sifakohdhinun molhukamun film eh feshigen nimendhen balaalevunuhen hama heevee. Ehaaves reethivefa furihama. 💕💕💕💕💕💕💜💜💜💜💜💜💜💕💕💕💕💕💕💕💜💜💜💜 Liyuntherikanves vvv improve vefa hurikan faahaga kuran. ❣️❣️❣️❣️❣️❣️❣️💚💚💚💚💚💚💚❣️❣️❣️❣️❣️❣️❣️💚💚💚💚💚💚 Eysh ge hurihaa vaahakathakakeeves mujuthamau ah iburaiytheri message thakeh dhey vaahaka thakeh. E gothun mivaahaka akeeves ijuthimaaee adhi dheenee nazarakun beliyas reethi message thakeh meehunah visneyneyhen dheefa huri vaahaka eh. 💯💯💯💯💯💯
  🌹🌹🌹🌹🌹🌹🌹💯💯💯💯💯💯💯🌹🌹🌹🌹🌹🌹🌹 Eysh ge reethi aa vaahaka akah inthizaaru kuran. 😍😍😍😍😍😍😍😍😍😍😍😍😍😍😍 Thee hama emme emme best emme favorite writer. 😘😘😘😘😘😘😘😘😘❤️❤️❤️❤️❤️❤️❤️💙💙💙💙💙💙💙💜💜💜💜💜💜💜💚💚💚💚💚💚💚💛💛💛💛💛💛💛💕💕💕💕💕💕💕🌹🌹🌹🌹🌹🌹🌹

  ⚠Report!
 6. varah sauguverikamaa ekee kiyaa nimmaali vaahaka eh miee. unmeedhukuran kairi musthagubalehga ehen vaahaka eh fenigen dhaane kamah.

  ⚠Report!

Leave a Reply

Your email address will not be published.