މިނަން ތިހިތުން ފިލުވާލަނީހޭ؟…03
އެއާޕޯޓަށް ދިޔުމަށްޓަކައި ތައްޔާރުވަމުން ދިޔައީމެވެ. ކުރީގެ ބުޅި އިސްތަށިގަނޑު ފަންކޮށް، ކަނދުރާ އާއި ހަމައަށް ކޮށައިލީމެވެ. ދެލޯ އަނދުނުން ފަވައިލީ، އެ ލޮލުން ފެންނަމުންދިޔަ ރިހުން އެހެން މީހުންނަށް ސިއްރުކުރުމަށެވެ. އުފުލަންޖެހޭ އެއްޗެހި ގިނަކަމުން އަހަރެން ހުރީ ބޮލަށް އުނދަގޫވެފައެވެ. އެ ހުރިހާ އެއްޗެއް ޓެކްސީއަށް ނޭރުވުމުން ޖެހުނީ ބަހެއްގައި ދާށެވެ. ބަސް ހޯދުމަށް އެތައް ވަގުތެއް ހޭދަކުރަންޖެހުނެވެ. ގަޑި ނުޖެހި އެއާޕޯޓާއި ހަމައަށް ދެވޭނެކަމަށް އަހަރެން ކުޑަކޮށްވެސް އުއްމީދެއް ނުކުރަމެވެ. ދުވެފައި ކަހަލަ ގޮތަކަށް އެތެރެއަށް ވަތް ވަގުތު ކޮންމެވެސް މީހެއްގެ ގައިގައި އަޅައިގަނެފައި ދަބަސްތަކާއިއެކު އަރިއަޅައިލިއެވެ. އަހަންނަށް ހިފައިލެވުނީ އެމީހަކު ލައިގެން ހުރި އަންނައުނުގައެވެ. ހަށިގަނޑު ބެލެންސް ކޮށްލެވުނުއިރު ހުރެވުނީ އެމީހަކާއި ނުހަނު ކައިރީގައެވެ.
“ވަޓް ދަ…”
އިވުނީ ފިރެހެންވަންތަ އަޑެކެވެ.
********
ހަޑި އެއްޗެއް ޖެހުމުން ދުރުކޮށްލާހެން އެމީހަކު އަހަރެން ފޮޅުވައިލިއެވެ. ހަށިގަނޑު ބެލެންސް ނުކުރެވި ދަބަސްތަކާއިއެކު، އަހަރެން ވެއްޓުނީއެވެ. އަނގައިން ނުކުތް ތޫލި ހަޅޭކުގެ އަޑާއިއެކު އެތައް ބައެއްގެ ކަޅި އަހަންނާއި ދިމާއަށް ހުއްޓުނެވެ. ބިންމަތީގައި ޖެހުމާއިއެކު ދެތުންފަތް ފިތައިލެވުނެވެ. ދަތްތަކަށް ބާރުކޮށްލެވުނީ ރުޅި ގަދަވި ވަރުންނެވެ. އަހަރެން ފުންމައިގެން ތެދުވީމެވެ. ލައިގެން ހުރި ހެދުން ރީތިކޮށްލާފައި ދަބަސްތައް ނެގީމެވެ.
“ހައު ޑެއަރ ޔޫ ބާސް…” އަހަރެން ހުރީ ރުޅި އައިސް ފަޅައިގެން ދާން ކައިރިވެފައެވެ. ޝަހާދަތް އިނގިލި އެ މީހަކާއި ދިމާއަށް ދިއްކޮށްފައި، ހަޅޭއްލަވައިގަންނަން އުޅުނީމެވެ. އެކަމަކު ހުއްޓުން އެރީ އެމީހެއްގެ މޫނު ފެނުމުންނެވެ.
އަހަރެންގެ ދެލޯ ބޮޑުވިއެވެ. މުޅި މީހާ ފާޑަކަށް ގަނޑުވިއެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ކުރިމަތީގައި އެހުރީ އެމީހަކު ދެކެ އަހަރެން އެންމެ ލޯބިވި މީހާއެވެ. ކަޅުކުލައިގެ އަތްދިގު ޓީޝާޓަކާއި ނޫ ޖީންސްގައި އެހުރީ އަހަރެންގެ ހިތުގެ އެއްބައެވެ. ޤަބޫލުކުރަން ކިތަންމެ ދަތިވި ނަމަވެސް އެއީ ހަމަ ރަވާންއެވެ. އެ ސޫރައެވެ. ކަޅުކަންގަދަ ބުމައެވެ. ބޮލުގެ އިސްތަށިގަނޑު އެއް އަރިމަތިން ފަޅައި މައްޗައް ހިއްލާލާފައި ހުރި ގޮތާއި، ތުނބުޅި މަތިމަސް ބަހައްޓާފައި ހުރިގޮތުން ރަވާން އާއި އެއްވެސް ތަފާތެއް ނެތެވެ. އެކަމަކު އެހެން ވާންވީ ކީއްވެ ހެއްޔެވެ؟ ރަވާން ވަނީ މީގެ ދެއަހަރު ކުރިން އަހަރެމެން އެންމެންނާއި ވަކިވެގެން ގޮސްފައެވެ. ދުވަހަކު އެނބުރި ނާދެވޭނެހައި ދުރަށެވެ.
އަހަރެން ފެނުމުން އެ ޒުވާނާއަކަށް އެއްވެސް ބަދަލެއް ނައެވެ. ހިތްހަމަނުޖެހުން ފިޔަވައި އިތުރު ޢަޞަރެއް އެ މޫނަކުން ނުފެނުނެވެ. އެއީ ރަވާން ނަމަ، އަހަރެން ފެނުމުން އެގޮތައް ކަންތަކެއް ނުކުރާނެއެވެ. ދެބުމަ ގޮށްޖަހާލައިގެން އެ ޒުވާނާ ބަލަން ހުރީ، އަހަރެންގެ ހިއްލައިލެވިފައިވި އަތަށެވެ. އެއަށްފަހު މޫނަށް ނަޒަރު ހުއްޓާލިއެވެ. އޭރުވެސް އަހަންނަށް ހުރެވުނީ ޤަބުވެފައި އެ މޫނަށް ބަލާށެވެ.
“ވަޓް؟…” އަހަރެންގެ އަތުގައި އެއް އިނގިލި ޖައްސައި ތިރިކޮށްލަމުން، ހިތްހަމަނުޖެހިފައި އެމީހަކު ބުންޏެވެ. އޭނަ ކަންތައް ކުރިގޮތުން ހީވަނީ ނަޖިހެއްގައި އަތްލާންޖެހުމުން ފަކުރުން ހުރި ހެންނެވެ.
“ދީސް ސްޓްޕިޑް ގާލްސް… ބީ ކެއަރފުލް ނެކްސްޓް ޓައިމް އޯކޭ…” އިންޒާރެއް ދީފައި އެމީހަކު ދިޔައެވެ.
“ރަވާން…” ވައި އަޑުން އެ ނަން ކިޔާލުމާއިއެކު އަހަރެންގެ މޭގައި ދިލަ ރިހުމެއް އުފެދިގެން ދިޔައެވެ. ކަރުނަތައް ހިފަހައްޓައެއް ނުލެވުނެވެ.
އެއީ އަހަރެންގެ ރަވާންއެއް ނޫނެވެ. އަހަރެން ދަންނަ ރަވާން އެހާ ހިތް ހަރެއް ނުވާނެއެވެ. އެއީ މުޅީން އެހެން މީހެކެވެ. އެކަމަކު އެއީ ހަމަ އެ ސޫރައެވެ. އެހެން ވާންޖެހޭނެ އެއްވެސް ސަބަބެއް އަހަންނަކަށް ނުވިސްނުނެވެ. އަނެއްކާ އެއީ އަހަންނަށް ހީވި ގޮތެއް ހެއްޔެވެ؟ ނޫނީ އަހަންނަށް ގޮތްނޭނގޭ ބައްޔެއް ޖެހުނީ ހެއްޔެވެ؟ ނޫނެކެވެ. އެއީ ހީވި ހީވުމެއް ނޫނެވެ. ވޭތުވެދިޔަ ދެއަހަރު ދުވަހުގެ ތެރޭގައިވެސް އެފަދަ ގޮތެއް އަހަންނަށް ވެފައެއް ނުވެއެވެ. ވީއިރު މިއަދު އެހެން ވާންވީ ކީއްވެ ހެއްޔެވެ؟ އެކި ފިކުރުތަކުން އަހަރެންގެ ސިކުނޑި ސުމަކަށް ދިޔައެވެ. ރަވާންގެ ހަނދާންތަކުން އަރައިގަތުމަށް އެ ދެއަހަރު ދުވަހު އަހަރެން ކުރި މަސައްކަތް އެންމެ ހިނދުކޮޅެއްގެ ތެރޭގައި ބޭކާރުވެގެން ދިޔައީއެވެ. އަނެއްކާވެސް ހިތަށް އުނދަގޫކުރަން ފެށީ އެ ހަނދާންތަކެވެ. އެ ޒުވާނާ ގޮސް ލޯ ކުރިމަތިން ގެއްލެންދެން ބަލަން އަހަންނަށް ހުރެވުނެވެ.
ފްލައިޓްގައި އިން އިރުވެސް އަހަންނަށް ވިސްނެމުން ދިޔައީ އެ ޒުވާނާ އާއި ދޭތެރޭގައެވެ. އެމީހެއްގެ ކޮންމެ ސިފައެއް އަހަންނަށް ރަވާން އާއި ވައްތަރުވިއެވެ. އެ ރުޅިގަނޑު ފިޔަވައެވެ. ރަވާން އަކީ ހިތްހެޔޮ، މަޖާ މިޒާޖެއްގެ މީހެކެވެ. އަހަރެންގެ ހިތުގައި ރަވާންއަށް އެވަރުގެ ލޯތްބެއް އުފެދުނީވެސް އެސަބަބަށްޓަކައެވެ.
އެއާޕޯޓް ރަންވޭގައި ބޯޓު ޖެއްސުމާއިއެކު އަހަރެންގެ ހިތް ތެޅެންފެށިއެވެ. ދެއަހަރު ފަހުން މަންމަމެންނާއި ބައްދަލުވާތީ، ކެތްމަދުވެފައި ވިއެވެ. ކޮނޑުގައި ދަބަސް އަޅުވާލައިގެން ހިނގައިގަތީ ބޯޓުން ނުކުންނާށެވެ. އެވަގުތު ކުރިމަތީގައި ހުރި މީހެއްގެ ގައިގައި ޖެހިފައި މަތަވެއްޖެއެވެ.
“ވަޓް؟… އެގެއިން؟…”
އިވުނީ ދަންނަ އަޑެކެވެ. އިސްއުފުލައި ބަލައިލި ވަގުތު، އަހަރެންގެ ދެލޯ ބޮޑުވިއެވެ. ކުރިމަތީގައި އެހުރީ ހަމަ އެ ޒުވާނާއެވެ.
“ކޮންމެ ތާކުން އައިސް ވެސް ލައިގަންނަންދޯ އެނގެނީ؟ ކީއްތަ ވެފަ ތިހުންނަނީ؟… މަ ހީކުރީ ފިރެހެނުންކަމަށް އަންހެނުންގެ ފަހަތުން ތިގޮތަށް ނެއްޓެން ނޭނގިގެން އުޅެނީ… ކުރިޔަކުން ނޭނގެ އަންހެނުން ތިވައްތަރަށް ފްލާޓީވެގެން އުޅޭ ކަމެއް…” ޒުވާނާ ނުރުހިފައި ހިތަށް އައި އެއްޗެއް ގޮވާލިއެވެ.
އަހަންނަށް ހުރެވުނީ ބަލާށެވެ. ދެއްކި އެއްވެސް ވާހަކައަކާއިމެދު ވިސްނޭ ވަރަށްވުރެ އަހަރެންގެ ޙާލު ބޮޑެވެ. ޒުވާނާ ވާހަކަ ދައްކާއިރު، އަނގަޔަށް އެ ހަދާލާގޮތާއި ރަވާން ވާހަކަ ދައްކާގޮތާއި އެއްވެސް ތަފާތެއް ނެތެވެ. ދެބުމަ ގޮށްޖަހާލާ ގޮތާއި، ކޮލަށް އެޅޭ އަޑިކޮޅުވެސް މެއެވެ. ކޮންމެ ކަމެއް ރަވާން އާއި އެހާ އެއްގޮތެވެ.
“ކޯއްޗެއްތަ ދެލޯ ބޮޑުކޮށްގެން ތި ބަލަނީ؟… އަޑު އިވޭތަ؟… އަޑު؟…” ކަންފަތުގައި އަތް ޖައްސައިލަމުން އެޒުވާނާ ވާހަކަ ދެއްކިއެވެ.
“ޒެވިން އޭތް ކޮންކަމެއް ތީ؟… އެންމެން އެ ބަލަނީއޭ… ސޮރީ އިނގޭ…”
ޒުވާނާ އާއި ޖެހިގެން ހުރި ގޮނޑީގައި އިނދެފައި ތެދުވީ އެ އުމުރުގެ އެހެން ޒުވާނެކެވެ. އެ ޒުވާނާ އާއި އޭނަ މުޙާތަބުކުރި ގޮތުން ނަމަކީ ޒެވިން ކަން އެނގުނެވެ. އަހަންނަށް ހިތާއިހިތުން އެ ނަން ކިޔައިލެވުނެވެ. ހިނިތުންވެލަންވެސް ނޭނގިފައި ހުއްޓައި ޒެވިން އާއިއެކު ހުރި ޒުވާނާ އަހަރެންގެ ކިބައިން މަޢާފަށް އެދިފައި ފްލައިޓުން ފައިބައިފިއެވެ. އަހަރެން ނުކުތީ އޭގެ އިރުކޮޅެއް ފަހުންނެވެ. ހިތުގައި އާވި އުއްމީދު ވިއްސި ވިހާލިވީއެވެ. އެއީ ރަވާންއަށްވީނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ؟ ނޫނެކެވެ. ޒެވިން އާއި ރަވާން އެއްގޮތެއް ނޫނެވެ. އަހަންނަށް ކަމުދިޔައީ ރަވާންގެ ސޫރައެއް ނޫނެވެ. ހިތުގެ ސާފުތޯހިރު ކަމެވެ. އެފަދަ ކިބުރުވެރި ސިފައެއް ހުރި މީހަކާއި ރަވާން އާއި އެއްފަދަ ކުރެވިގެން ނުވާނެއެވެ.
އަހަންނަށް މަރުޚަބާ ކިޔުމަށްޓަކައި، އެއާޕޯޓަށް އާއިލާގެ އެންމެން ކަހަލަ ގޮތަކަށް އައިސް ތިއްބެވެ. އަހަރެން އެންމެ އުފާވީ މަންމަ ފެނުމުންނެވެ. ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް މަންމަގެ ގައިގައި ބައްދާލުމާއިއެކު ރޮވިއްޖެއެވެ. އާދައިގެ މަތީން ޝާޔަން ހުރީ މާބޮނޑިއެއް ހިފައިގެންނެވެ. އަހަރެން ފެނުމުން މާބޮނޑި އަހަރެންގެ އަތަށް ދިއްކޮށްލިއެވެ.
“މާ ނޫން އެއްޗެއް ޝާޔަންއަށް ގެންނާކަށް ނޭނގުނުތަ؟…” ޝާޔަން އާއި ދިމާކޮށްނުލާތާ އެތައް ދުވަހެއް ވެފައިވާތީ ދިމާކޮށްލާ ހިތްވިއެވެ.
“ދެން ކޯއްޗެއް، ނާށި ފައްޗެއް ގެންނަންވީ؟…” ޝާޔަން އޭނާ ގެންގުޅޭ މަޖާ ރާގުގައި ބުންޏެވެ.
“ނޫޅެން…” އެންމެން އެއްފަހަރާ ހީގަތުމުން ތުން ފިއްތާލާފައި އަހަރެން ހިނގައިގަތީމެވެ. ފަހަތުން ޝާޔަން އައިސް އަރައި ހަމަކުރިއެވެ.
“އަދިވެސް ހަމަ އެހާ ބޭބީއޭ ދޯ…” ޝާޔަން ހީގަތެވެ.
“ޝާޔަންވެސް ހަމަ އެގޮތެއްނު…” ޝާޔަންގެ ގައިގައި ބޮނޑިއެއް އަޅާލާފައި ބުނީމެވެ.
“ގެސް ވަޓް؟…” ޝާޔަން ވަރަށް ހަމަޖެހިލާފައި ބުންޏެވެ.
“ދެން އޮފީހަށް ދާންޖެހޭނީ ދެމީހުން އެކުގައޭ…” ޝާޔަން މަޑުމަޑުން ހީލިއެވެ.
އަހަރެން ހުއްޓުނީމެވެ. ގަބޫލުނުކުރެވިފައި ކަހަލަގޮތަކަށް ޝާޔަންއަށް ބަލައިލީމެވެ. އެ މޫނުމަތިން ފެނުނީ ޔަޤީން ކަމެވެ.
“އާޙްޙް…. އަހަރެން މިހާރު ކުރިޔަށްވުރެވެސް އަނގަގަދަވެއްޖެ… އަދި ހިތުން މިހުރީ މާދަމާ ސަޕްރައިޒްއެއް ދޭންވެގެން… އެކަމަކު ނުހުރެވިގެން މިއޮތީ ސަޕްރައިޒް ފެއިލްކޮށްލެވިފައި…” ޝާޔަން އަމިއްލަ ބޮލުގައި ޖަހަމުން ވާހަކަ ދެއްކިއެވެ.
“އުހުނ… ތީ ހަމަ އެންމެ ސްވީޓް ކުއްޖާ…” އަހަރެން އުފަލުން ޝާޔަންގެ ގައިގައި ބައްދާލީމެވެ.
“އަހަރެންގެ ހުށަހެޅުން ޤަބޫލުކުރީމަ ވަރަށް އުފާވެއްޖެ… އެހެންވީމަ، މިއަދުން ފެށިގެން ތީ އަހަރެންގެ ޕާރސަނަލް ސެކްރެޓަރީ ދޯ…”
ލިބުނު ޚަބަރުން އަހަރެން ހުރީ ވަރަށް އުފަލުންނެވެ. އަހަރެންގެ ހުށަހެޅުން ޝާޔަން ޤަބޫލުކުރާނެ ކަމަކަށް އޭރުވެސް ޤަބޫލެއް ނުކުރެވުނެވެ. އެއީ ޝާޔަން އަބަދުވެސް ވާން ބޭނުންވީ ޓީޗަރަކަށް ކަމުގައި ވާތީއެވެ.
“މިއަދުން ފެށިގެނެއް ނޫން… މިހާރު މަހެއް ވަނީ… ލިވީ މިކޮޅަށް އަންނަން ވާއިރަށް ހުރިހާ ކަމެއް ހަމައަކަށް އަޅުވާލައިފިން… ހުސް މަޤާމުތަކަށް މީހުންވެސް ނަގައިފިން… މާދަމާ މެނޭޖަރުވެސް ނުކުންނާނެ… އެނގޭތަ، މެނޭޖަރ އަކަށް އަންނަނީ ވަރަށް ސްމާޓް ސޮރެކޯ ކިޔާ އަޑެއް އެހިން… އެބައި މާ ބޮޑަކަށް ނޭނގެ… ނާޒިމްބެ ބުނެގެން އޭނަ ވަޒީފާއަށް ނެގީ… އިންޓަވިޔު އޮތް ދުވަހު އޭނަ ހުރީ ރާއްޖެއިން ބޭރުގަ… އެހެންވެ ފޯނުން އިންޓަވިޔު ކުރީ… ވަރަށް ކިޔަވާލައިގެން ހުރި ސޮރެއް ކަމަށްވަނީ… ދެން އެނގިދާނެތާ… އެއްޝޮޓުން މަގޭ ހިތް އޭނައަށް ނުކިޔައިފިއްޔާ ވާ ރަނގަޅު…” ޝާޔަން އެއްފައްޗަކަށް ހުރިހާ ވާހަކައެއް އަމުނައިލިއެވެ. ހީވަނީ އެތައް ދުވަހެއްގެ ވާހަކަ އެއްފަހަރާ ކިޔައިދޭން އުޅުނު ހެންނެވެ.
“ނާޒިމްބޭ ބުނި އެ މަޤާމަށް އިޢުލާން ކުރިޔަސް އިތުރު މީހެއްގެ އެޕްލިކޭޝަންއެއް ބަލައިގަނެގެން ނުވާނެއޭ… ފަސް އެޕްލިކޭޝަންއެއް އެތެރޭގަ އޮތް އެއްޗެއް ބަލައިވެސްނުލައި ލާންޖެހުނޭ ޑަސްޕިނަށް… އަނެއްކާ އެ ސޮރެއްގެ އެއްވެސް ޑީޓެއިލެއްވެސް ނުދޭ… ނަންވެސް އެނގުނީ އިންޓަވިޔުއަށް ގުޅި ފަހުން… ވަރަށް ފޫހިވި އެހެންވެ، އެކަމަކު ދެން ހިތަށް އެރީ އާއިލާގެ މީހަކަށް ވެދާނެއޭ… އެކަމަކުވެސް އެހެން ހަދައިގެން ނުވާނެދޯ… ނުލާހިކު ލޯޔަލް މީހެއް މަށަކީ…” މޭގައި އަތް ޖައްސާލައިގެން ހުރެ ޝާޔަން ވާހަކަ ދެއްކިއެވެ.
ނާޒިމް އަކީ ރަވާންގެ ބައްޕައެވެ. ޝާޔަން ދެއްކި ވާހަކައަކުން އަހަންނަށް ލިބުނީ ނުތަނަވަސްކަމެކެވެ. އަހަންނާއި ރަވާންގެ ކުންފުންޏަށް ރަވާންގެ ބައްޕަގެ ނުފޫޒު ފޯރާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެއީ ރަވާންގެ ދުނިޔޭގައި އޭނަވެސް ބޭނުންވިގޮތެއް ނޫނެވެ. ވަކިން ކުންފުނި ހަދައިގެން ހިންގަން ފެށީވެސް އެހެންވެއެވެ. އެކަމަކު ރަވާންގެ ބައްޕައަށްވީތީ އެ ބައްޕައަށް ކުރަންޖެހޭ އިޚްތިރާމް އަހަރެން އަދާ ކުރާނަމެވެ.
ގެއަށް އާދެވުމާއިއެކު އަހަރެން ނުކުތީ ހާމަފެންޑާއަށެވެ. އެ ތަނަކީ އަހަންނާއި ރަވާންގެ ކައިވެނި ކުރެވުނު ތަނެވެ. އެ ހަނދާންތައް ދެންމެ ވީ ކަމެއްހެން ކުރިމަތީގައި ސިފަވާން ފެށިއެވެ. ދެލޯ ފެންކަޅިވާން ފެށުމުން އަހަރެން އެނބުރުނީ ގޭތެރެއަށް ވަންނާށެވެ. ކުރިމަތީގައި ހުރި މަންމަ ފެނި އަހަރެން ހުއްޓުނީމެވެ.
“ދަރިފުޅު ކިހިނެތްތަ؟…” މަންމަ އަހަރެންގެ އަތުގައި ހިފާލިއެވެ. އެއަށްފަހު ފެންޑާއަށް ނުކުމެ، އެތަނުގައި ހަދާފައިވާ ގޮނޑިބަރީގައި އިށީނެވެ. އަހަރެންވެސް މަންމަގެ ކައިރީގައި އިށީނީމެވެ.
“މަންމައަށް ހީވަނީ ކިހިނެތް؟…” އަހަރެން ހިނިތުންވެލީމެވެ.
“ވަރަށް ބޮޑުތަން ރަނގަޅުކޮށްފިހެން…” މަންމަގެ ޖަވާބު އަވަހެވެ. އެ މޫނުމަތިން ފެނުނީ ހިތްހަމަޖެހުމުގެ ޢަޞަރެވެ.
“މަންމާ… ވާހަކައެއް އަހާލަންތަ؟…” އެއާޕޯޓުގެ ހާދިސާ ހަނދާންކޮށްލަމުން އަހަރެން ބުނީމެވެ.
މަންމަ ބޯ ޖަހާލިއެވެ.
“ރަވާންގެ އެއްވެސް ބޭބެއެއް ނޫނީ ކޮއްކޮއެއް ހުންނަކަމެއް މަންމައަށް އެނގޭތަ؟…” އަހަރެންގެ އެ ސުވާލާއިއެކު މަންމަގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ.
“މަންމައަކަށް ނޭނގެ ދަރިފުޅާ… ދަރިފުޅަކަށްނު އެންމެ ރަނގަޅަށް އެނގޭނީ…”
“ދަރިފުޅާ… ތި ކުންފުންޏާއި ޙަވާލުވާއިރު ވަރަށް ވިސްނައިގެން އުޅޭތި… މަންމަ އެހާ އިތުބާރުކުރާ މީހެއް ނޫން ނާޒިމްއަކީ… މަންމައަށް ހީވަނީ ނާޒިމްއަކީ ވަރަށް ސިއްރުވެރި މީހެއްހެން…” މަންމަ ވިސްނައިލާފައި ބުންޏެވެ.
އަހަރެން އިތުރު ސުވާލެއް ކުރުމުގެ ކުރިން މަންމަ ތެދުވިއެވެ. އަހަރެންގެ އަތުގައި ހިފައިގެން ގޮސް ގޭގެ ބަގީޗާ ދައްކަން ފެށިއެވެ. ހީވީ ރަވާންގެ ވާހަކަ ފެށުމުން ބޮލަށް އުނދަގޫވީހެންނެވެ. ނޫނީ އަހަރެން އެކަމާއި ގުޅޭގޮތުން ސުވާލެއް ކުރުމުގެ ފުރުޞަތު ނުދޭން އުޅުނު ހެންނެވެ. އަހަރެން އިތުރު ސުވާލުތަކެއްގެ ތެރޭގައި ބަނދެވުން ނޫން ކަމެއް ނުވިއެވެ. ރަވާންގެ ދުނިޔޭގައިވެސް، އަހަރެންގެ ކައިރީގައި އޭނަގެ މައިންބަފައިންގެ ވާހަކަ މާގިނައިން ދައްކާފައެއް ނުވެއެވެ. އެކަމަކު އޭރު އެކަމާއިމެދު ވިސްނާނެ ފުރުޞަތެއް ނުލިބެއެވެ.
********
ހެނދުނު ހެނދުނައި ހޭލައިގެން އަހަރެން ނުކުތީ އޮފީހަށް ދާށެވެ. އަމިއްލަ އޮފީހެއް ނަމަވެސް އަހަރެން ޤަބޫލުކުރާ ހަމަތަކެއް އޮވެއެވެ. ގަޑި ޖެހުމުގެ ފަސްމިނެޓު ކުރިން އޮފީހަށް ވަނުން އެއީ އަހަރެން އެންމެ އިސްކަމެއް ދޭނެ ކަންތަކެވެ. އަހަރެން ސައިކަލަށް އަރައި ސްޓާޓްކޮށްލީ ޝާޔަންއަށް ގުޅާފައި މީޓިންއެއް ހަމަޖެއްސުމަށް ބުނެފައެވެ. މަޖީދީމަގަށް ނުކުމެވުމާއިއެކު އަހަރެންގެ މުޅި ހަށިގަނޑު ތުރުތުރުއަޅައިގަތެވެ. ފާޑަކަށް މުޅިމީހާ ގަނޑުވި ކަހަލައެވެ. ކުރިމަތިން ފެންނަން އެއޮތީ، އަހަންނާއި ރަވާން ދަތުރުކުރި ކާރު އެކްސިޑެންޓްވީ ތަނެވެ. ކުއްލިއަކަށް ސައިކަލުގެ ބުރަކި ޖައްސައިލެވުނެވެ. އޭރު ކަރުނަތަކުން ދެކޯތާފަތް ތެންމާލައިފިއެވެ.
ސައިކަލު ދުއްވާނެ ހިތްވަރެއް ނުލިބުނެވެ. އެންމެފަހުން އޮފީހަށް ދާންޖެހުނީ ޓެކްސީއެއްގައެވެ. އޮފީހާއި ހަމައަށް ދެވުނުއިރު އަށެއްޖަހައި ބޮޑުވެއްޖެއެވެ. ފުރަތަމަ ދުވަހު ކަންތައް ވީގޮތުން އަހަރެން ދެރަވިއެވެ. މުވައްޒަފުންނަށް ނަމޫނާއަކަށް ވާންހުރީ އަހަންނެވެ. ވީއިރު ތަނުގެ ޤަވާއިދުތަކަށް އަހަރެންވެސް ކަމޭހިތަން ވާނެ ނޫން ހެއްޔެވެ.
އިމާރާތުގެ ބޭރުގައި ހުރެފައި މައްޗަށް ބަލައިލީމެވެ. ދިހަ ފަންގިފިލާ ހިމެނޭ އެ ބޮޑު އިމާރާތުގެ އެކި ފަންގިފިލާތައް ޙާއްޞަކުރެވިފައިވީ އެކި ކަންކަމަށެވެ. ދިހަވަނަ ފަންގިފިލާގައި ދިރިއުޅެވޭނޭހެން ކުޑަ އެޕާޓްމެންޓްއެއް ހަދާފައި ހުރެއެވެ. އެތަނުން ގޮސް ނުކުމެވޭނީ ޓެރެސްއަށެވެ. އެއީ އޮފީހުގައި ބުރަކޮށް އުޅޭ ދުވަސްދުވަހު އަރާމުކޮށްލުމަށް ރަވާން ހަދާފައިވާ ބައެކެވެ. އެ ތަންތަން ބަލައިލާހިތުން އަހަރެން ހުރީ ކެތްމަދުވެފައެވެ.
އަހަރެން ފުރަތަމަވެސް ގޮސް ހުއްޓުނީ ކައުންޓަރުގެ ކައިރީގައެވެ. ކައުންޓަރުގައި އިން ކުއްޖާގެ ކައިރީގައި އެއްޗެކޭ ބުނުމަށް އަނގަ ހުޅުވައިލި ވަގުތު އިވުނު އަޑަކުން ހިތުގެ ހިނގުން މަޑުޖެހިލިއެވެ. ކުއްލިއަކަށް ފަސް އެނބުރި ބަލައިލެވުނެވެ.
“ޔޫ؟… އެގެއިން؟…”
“ކަމް ޓު މައި ކެބިން… ނައު…”
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
35 Comments!
Comments are closed.





♥
Thank u dear ❤
ayeeeeeeeee????m iss obiness to the max ngeyyy????vv furihama…sifakohlaafa hurileh vx besttt????lav yaaa
Thank u so much Magnumm ?❤ varah ufaavehje kamudhiyaeema.. ly2 dear ?❤?
Salaam here is the 3rd part of Minan thihithun filuvaalaneehey. Enjoy reading ❤ mi part ves kamudhaane kamah unmeedhukuran. Story aa medhu dhekey goiy cmnt ehge zareeaain hisssaakohladheyne kamah unmeedhukuran.
Thank u all for the support. ❤ miss u all ?
Wowwwww vvvv salhi mi part ves. Hama sonivettey varuvey ????????????????????????? Hooon v Heevey hama ae ravaan hen. Bodah heevanee eyna bolah libunu gellumakun ehuree kureege handhaanthah gossahen. Ehen vejiyyaa kihaa rangalhu. ??????????????????????????????? Mi part gavea himanaafahuri dialoguethah v obi. V majaa gothakah genes dheefa huree. Hurihaa emotions eh ehkollaafa hureema v salhi. ????????????????????????????? V furihama ey buneveynee liyuntherikanves. Jumulathah ves v saadhaa. Baskoshaaruves v muhsandhi. Fangifilaa kahala dhivehivantha basthah beynunkoffa hureema ithurah furihama. English dialogue thah himanaafa hureema xamaanaa v gulhey. Mihaaruge kudhin vaahaka dhakkaa style ga hureema. ?????????????????????????????????????????? Hurihaa gothakah beliyas hama vvv furihama. Vvvv interesting. ????????????????? Waiting for the next part. ????????????
Thank u so much dear ?❤ varah varah ufaavehje cmnt kiyaalaafa. So sweet. Means a lot. Thank u so much fr the support. Keep waiting for the next part ?
Varah rythi mi vahaka beynun ekoh kiyaaalan avahah…
Awww thank u so much dear ?❤ varah ufaavehje kamudhiyaeema.. In Sha Allaah avahah genesdheyn masakkaiy kuraanan. Kameh dhimaanuvanyaa avahah genesdheynan part thah.. keep waiting dear ?
i am speechless……alheyyy avahah up kohdhehchey eysh dear……pls pls…….i think ravaan went beyrah dhn naaxim knmx gothakun family ah dhogu habarah dhinee kanneyge dhw….alheyyyy vvv curious dear….avahah up kohdhehcheyyyyyyyyyyyy…..love you soo soo much…mashallah you are so talented… may god bless you and your work eysh…..^^ 🙂
Awww thank u so much taetae dear ?❤ so sweeet.. varah ufaavehje story kamudhiyaeema.. In Sha Allaah avahah genesdheyn masakkaiy kuraanan.. kameh dhimaanuvanyaa laheh nukuraanan ingey.. hingaa dho balamaa vaagotheh.. thikahala gotheh ves vedhaane hama.. In Sha Allaah avahah upkureveytho masakkaiy kuraanan.. keep waiting dear ? and yesss love u2 ?
konme dhyvahakuves balaaleve mi story up load veytho…
dhuvaalaku ethah faharu balaaleve.
nidhumuge kurin balaaleve….
haadha inthizaarekey…..
ekm ves story vvvvvvvv rythi….
alhey
kondhuvas thakakah story up load kohlany….
I’m waiting dear…..?
Awww so sweeet ? thank u so much dear ?❤ thats so sweeet.. varah ufaavehje story ehaa bodah kamudhiyaeema.. story genesdheyn vaki schedule eh nuhadhan adhi.. In Sha Allaah avahah genesdheyn masakkaiy kuraanan.. kameh dhimaanuvanyaa laheh nukuraanan ingey.. keep waiting dear ?
Vvvvvv reethi. Thankolheh dhigukoh avahah genesdhybala plxxxx.❤❤❤❤❤?
Awww thank u so much dear ?❤ varah ufaavehje story kamudhiyaeema.. In Sha Allaah avahah genesdheyn masakkaiy kuraanan.. kameh dhimaanuvanyaa laheh nukuraana.. kuree 2 part ah vure mi part dhiguvaane.. In Sha Allaah next part miahvure dhigukohleveytho balaanan ingey.. keep waiting dear ?
Maasha allah neyge bunaane ehcheh vx…..??????….. Hama ehaa Reethi….????????…. Waiting fr nxt part…☺️☺️☺️☺️☺️☺️☺️….. LYSM sissyyy…..??????..
Awww thank u so much kylie dear ?❤ varah ufaavehje story kamudhiyaeema.. ?? v sweeet.. keep waiting fr the next dear ? and ly2 ❤
V reethi
Thank u so much dear ?❤ varah ufaavehje story kamudhiyaeema ?
❤❤
Thank u so much dear ?❤
Varah reethi mi part ves. Honestly eysh yr strys are one of the best strys hama . Lysm. Waiting for next. ???
Awww so sweeet ? means a lot. Varah varah bodah ufaavehje.. Thank u so much dear ?❤ keep waiting fr the next.. ly2 dear ?
Eysh eii anehkkaa ravaan tha noonee ehn meeheh tha…… Varah varah kiyaa hithun huttaa e nimunii mi part…. ❤️?❤️❤️curiously waiting for the next part….. Lysm❤️❤️❤️
Awww thank u so much dear ?❤ v v ufaavehje story kamudhiyaeema.. hingaa dho balamaa kaakutho.. Ravaan ahves vedhaane ingey hama.. keep waiting for the next part.. ly2 dear ?
THIS IS MY FIRST COMMENT
WOW WOW WOW THIS STORY IS AWESOME
REETHI KAMUN COMMENT NUKOH HIH HAMANUJEHUNEE
Awww Thank u so much dear ?❤ v v ufaavehje story kamudhiyaeema and first cmnt v sweet.. keep waiting for the next part..?
THIS IS MY FIRST COMMENT
WOW WOW WOW THIS STORY IS AWESOME
REETHI KAMUN COMMENT NUKOH HIH HAMANUJEHUNEE
Aww Thank u so much dear ?❤ vv v ufaavehje story kamudhiyaeema and first cmnt v sweet.. keep waiting for the next part..?
eysh…
alhe kehvetha lassvani story up valeh ????
haadha lahey…
Eysh rashun beyrah annanjehigen lasvanee. Dhen upkureveynee enme avahah ves 2 days fahun.. lap nulaa annan jehuneema v goiy
Eysh rashun beyrah annanjehigen story lasvanee ingey. Dhen upkureveynee enme avahah ves 2 days fahun.. rashah dhevunuhaa avahah upkohdheynan In Sha Allaah
haadha rangalhey…
vi goi bunedhinima..
…
I’m waiting….
swyt girl..
Thank u shaai ?❤ u too so sweet ??
Nice…. Keep it up…. ? ? ? ? ?