މިނަން ތިހިތުން ފިލުވާލަނީހޭ؟…01
މިއަދަކީ ދިރިއުޅުމަކަށްޓަކައި އަހަރެން ދެކެމުން އައި ހުވަފެންތަކުގައި ހަޤީޤީ ކުލަޖެހޭ ދުވަހެވެ. އިސްކޮޅާއި އެއްވަރުގެ ދިގު ލޯގަނޑުގެ ކުރިމަތީގައި އަހަރެން ހުއްޓިލައިގެން ހުރީ ކައިވެނީގެ ހުދު ހެދުމުގައެވެ. އެހެދުމުގައި އަހަރެން ހީވަނީ މުޅީން ތަފާތު މީހެއް ހެންނެވެ. ކޮށްފައިވާ ލުއި މޭކަޕްގެ ސަބަބުން އަހަރެންގެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައި ވިއެވެ. އެ ރީތިކަން ހަދިޔާ ކުރަން ބޭނުންވާ ހަމައެކަނި ފަރާތަކީ އަހަރެންގެ ވާންއުޅޭ ފިރިމީހާ ރަވާންއެވެ.
އަހަރެންގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އުފަލުން ދެލޯ ފެންކަޅިވާން ފެށުމުން، މައްޗަށް މޫނު އުފުލައިލީ އެ ކަރުނަތަކުން އަހަރެންގެ އުފާވެރި ދުވަސް ޚަރާބުވެގެން ހިނގައިދާނެތީއެވެ. ތަކުރާރުކޮށް އެސްފިޔަ ޖަހައިލީމެވެ. ކަރުނަތައް ހިންދާލުމުގައި އިސާހިތަކު ކާމިޔާބު ހޯދުނެވެ.
“ދަރިފުޅާ… އަދިވެސް ހުރީ؟… އެކަމަކުވާދޯ…”
ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނީ މަންމައެވެ. އަކުރުތަކަށް ދަމާލަމުން މަންމަ އެ ގޮވާލިގޮތުން އަހަންނަށް ހެވުނެވެ. މަންމަގެ މޫނުމަތިން ފެންނަންހުރި އުފާވެރިކަމާއި އެއްވަރަށް ކަންބޮޑުވުމުގެ ޢަޞަރުވެސް ފެންނަމުން ދިޔައެވެ. އުމުރުން އެންމެ ނަވާރަ އަހަރުގައި އަހަރެންގެ ކައިވެނި ކުރެވޭތީ، އެ މަންމަ ހުރީ ފިކުރު ބޮޑުވެފައެވެ. އުމުރުގެ ހަގުކަމާއިއެކު، ދިރިއުޅުމެއް ފެށޭނެ ވިސްނުމެއް އަހަރެންގެ ނުހުރެދާނެތީ އެކަމާއި ހާސްވެގެން މަންމަ އެ ވާހަކަ ތަކުރާރުކޮށް ދެއްކިއެވެ.
އަހަންނަކީ މަންމަ އާއި ބައްޕަގެ ހުރި އެންމެ ހަގު ދަރިފުޅެވެ. އެންމެންގެ ދޮންފުތެވެ. ދޮއްޓަށް ތިބެނީ ތިން ދައްތައިންނެވެ. ކައިވެންޏެއް ކުރާނެ ވިސްނުމެއް އެއިން އެކަކުވެސް ނުގެންގުޅެއެވެ. ކޮންމެ މީހަކުވެސް އުޅުނީ އެމީހެއްގެ އަމިއްލަ ފައިމައްޗަށް ތެދުވުމުގައި އަވަދިނެތިއެވެ. އުމުރުން ކިތަންމެ ހަގު ނަމަވެސް، ގޭގެ އެހެން މީހުންނަށްވުރެ، އަހަރެން ކޮންމެ ކަމެއްގައިވެސް ޒިންމާ ނަގާ މިންވަރު އިތުރެވެ. ގޭތެރޭގައި ޖެހޭ ކޮންމެ ކަމެއްގައި އެންމެ އިސް ސަފުގައި އަހަރެން އަބަދުވެސް ހުންނަމެވެ.
ރަވާން އާއި އަހަރެންގެ ގުޅުން ފެށުނީ އިސްކޫލުންނެވެ. ރަވާންއަކީ ރާއްޖޭގެ މަޝްޙޫރު ވިޔަފާރިވެރިއެއްގެ ހުރި ހަމައެކަނި ދަރިފުޅެވެ. އަމިއްލަ ހޮސްޕިޓަލެއްގެ ވެރިއެއްގެ އިތުރުން ކުންފުންޏެއްގެ ވެރިއެއްވެސް މެއެވެ. ރަވާން އަހަރެންދެކެ އިންތިހާއަށް ލޯބިވެއެވެ. އުފަލުގައި ބަހައްޓަން އެތައް ކަމެއް ކޮށްދެއެވެ. ޖެހޭ ކޫސަނި ކުދިކުދި މައްސަލަތައް ޙައްލު ކުރުމުގައިވެސް، ގިނަ ފަހަރަށް އިސްނަގަނީ ރަވާންއެވެ. މީހުންގެ ނަޒަރުންނަމަ، ރަވާން ކަހަލަ މުއްސަންޖަކާއި އަހަރެން ކަހަލަ އާދައިގެ މީހަކާއި އެކަށީގެނެއް ނުވެއެވެ. އެކަމަކު އަހަންނަށް ލޯތްބަކީ ވަކި ފަންތިއަކަށް ނުވަތަ ގިންތިއަކަށް ނިސްބަތްވާ އެއްޗަކަށް ނުވިއެވެ.
“އަދިވެސް ބަލަން ހުރީއޭ…” މަންމަ އައިސް އަހަރެންގެ އަތުގައި ހިފައި ދަމައިގަތެވެ.
ޚިޔާލަކަށް ގޮސް ގެއްލިފައި ހުއްޓައި މަންމަގެ އެ އަމަލުން އަހަންނަށް ސިހުމެއް ލިބުނެވެ. ނުވިސްނައި ހުއްޓައި މަންމަ އަބަދުވެސް އެކަހަލަގެ ކަމެއް ކޮށްލަފާނެއެވެ. އެއިން ކޮންމެ ކަމަކުން އަހަރެންގެ ހިތަށް ފިނިކަން ލިބެއެވެ. އަހަރެންގެ ދުވަސް ފެށޭނީ މަންމަގެ ފިރުމުންތަކުންނެވެ. ހަމަ އެގޮތަށް އިރު އޮއްސޭނީ އެ މަންމަގެ އުނގު ތެރޭގައި އޮއްވައެވެ. އެކަމަކު މިއަދުގެ ފަހުން ހުރިހާ ކަމެއް ބަދަލުވާނެއެވެ. ކައިވެންޏަށްފަހު އަހަރެން ދިރިއުޅެން ހަމަޖެހިފައިވީ، ހުޅުމާލޭގައި ހުރި ރަވާންގެ އަމިއްލަ ގޭގައެވެ. އެއީ އަހަންނާއިއެކު ވަކި ދިރިއުޅުމެއް ފެށުމަށް ރަވާން ހޯދި ގެއެކެވެ. މަންމެންނާއި ވަކިވާންޖެހޭތީ އަހަރެން ދެރަވިއެވެ. އެ އިޚްސާސް މަންމަވެސް ކުރާނޭކަން އެނގުނެވެ. މަންމަގެ ގައިގައި ބާރަށް ބައްދައިލުމާއިއެކު ދެލޯ ފެންކަޅިވާކަށް ގިނައިރެއް ނުނެގިއެވެ. އަހަރެން ބޭނުންވީ އެގޮތުގައި ހުރެ، ހިތް ފުރެންދެން ރޯލާށެވެ.
“މަންމަ ހާސްނުވައްޗޭ… ރަވާން ވަރަށް ރަނގަޅުވާނެ… އޭނަ ނަހަދާނެ އަހަންނަށް ދެރަވާނެ އެއްވެސް ގޮތެއް…” ޔަޤީންކަމާއި އެކުގައި އަހަރެން ބުނީމެވެ.
މަންމަ އަހަރެންގެ ބުރަކަށީގައި ފިރުމާލީ ވަދާޢުގެ ސަލާން ކުރުމުގެ ވަގުތުގައި ހިތްވަރުދޭ ފަދައިންނެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލައިގެން ހުރިނަމަވެސް، އެ މަންމަގެ ހިތުގެ އަޑު އަހަންނަށް އިވެމުން ދިޔައެވެ.
“ދަރިފުޅާ… ކައިވެންޏަކީ ވަރަށް މަތިވެރި ގުޅުމެއް… ފިރިމީހާއަށް ކިޔަމަންތެރިވާންވާނެ…” އާދައިގެ މަތިން މަންމަ ފެށީ ނަސޭހަތް ދޭށެވެ.
“ދެން އަޅެ މަންމާ… މިގަޑީގަވެސް… މިހާރު މިއަދުވެސް ދިހަ ފަހަރަށް އެއް ވާހަކައެއް ދައްކައިފި…” އަކުރުތަކަށް ދަމާލާފައި އަހަރެން ބުނީމެވެ. އަހަރެން ތުންކޮޅު އޫކޮށްލައިގެން ހުރިގޮތުން މަންމަ ފެށީ ހޭށެވެ.
“ހިނގާ އަވަހަށް… ގަޑި ޖެހުމުގެ ދިހަ މިނެޓު ކުރިން ވާނެ ނުކުންނަން…” ގަޑިއަށް ބަލައިލަމުން މަންމަ ވާހަކަ ދެއްކިއެވެ.
މަންމަގެ ފަހަތުން ކަހަލަ ގޮތަކަށް އަހަރެން ކޮޓަރިން ނުކުތީމެވެ. އޭރު ހިތުގެ ތެޅުން އިތުރުވެއްޖެއެވެ. ކައިވެނީގެ ހެދުމުގައި ރަވާން ހުއްޓައި ދެކިލާ ހިތުން އަހަރެން ހުރީ ކެތްމަދުވެފައެވެ. އަހަރެން ފެނުމާއިއެކު ތަޢުރީފުގެ ބަސްތައް އޮހެން ފެށިއެވެ. އެންމެންގެ ނަޒަރު ކަހަލަ ގޮތަކަށް އަހަންނަށް އަމާޒުވީއިރު، އަހަރެންގެ ދެލޯ ހޯދަމުން ދިޔައީ އެންމެ ސޫރައެކެވެ. ރަވާންއެވެ. ތަންކޮޅެއް ދުރުގައި ރަވާން ހުރީ ފޯނެއްގައެވެ. މީހުންތަކާއި ނިވާވެލައިގެން އަހަރެން ހުރީ ރަވާންއަށް ފެނިދާނެތީ ޖެހިލުންވެފައެވެ. ކީއްވެ ކަމެއް ނޭނގުނެވެ. އެނގުނު ކަމަކީ ރައްޓެހިވެގެން އެހާ ގިނަދުވަސްވީއިރު ނުކުރެވުނު އިޚްސާސްތަކެއް އެވަގުތު ކުރެވެމުން ދިޔަ ކަމެވެ. ދުރުގައި ހުރި ނަމަވެސް، ސިއްރުން ރަވާންގެ ސޫރައަށް ބެލެމުން ދިޔައެވެ. އެ ފިރެހެންވަންތަކަން މިރޭ އަދި ވަކީން އިތުރުވެފައިވާހެން ހީވިއެވެ.
“އެންމެ ކުޑަ މީހާ އެކަމަކު އެންމެ ބޮޑު މީހާ، ކާކު؟…” ފަހަތުން މީހެއްގެ އަޑު އިވުމުން އަހަރެން ފަސްއެނބުރި ބަލައިލީމެވެ. ކައިރީގައި ހުރީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ޝާޔަން އެވެ. ޝާޔަން ފެނުމުން އެހެން ހުރިހާ ކަމެއްގެ މަތީން ހަނދާން ނެތުނެވެ. އުފަލުން ކޮލު ދަތްތައްވެސް ފެންނަވަރަށް ހީގަނެވުނެވެ.
“ބަލާބަލަ ހުންނަ ނުބައިކަން… ނާދެވޭނެއޭ ކިޔާފަ، ކޮންއިރަކު އައީ؟…” ވާހަކައިގެ ތެރެއިން ޝާޔަންގެ ގައިގައި ދެތިން ބޮނޑިއެއް އަޅައިލެވުނެވެ.
“ދެން އެހެން ބުންޏަސް، ހީވޭތަ އަހަރެން ނައިސް ހުރެދާނެހެން؟… މޮޔަ ކުއްޖާ…” ޝާޔަން ހީގަތެވެ.
“ހޫމް ތިއެއް ނޫނޭ… ދެމީހުންވެސް ހާދަ ލޯތްބޭ… ވަކީން ޚާއްސަކޮށް މަގޭ ޕްރިންސް…” ޝާޔަންގެ ފަހު ޖުމްލަ ރަވާންއަށް އަމާޒުވުމުން އަހަންނަށް ބަލައިލެވުނީ ރަވާން ހުރި ދިމާއަށެވެ. އެކަމަކު އަހަރެންގެ ލޮލުގައި އެ ސޫރަ އަޅައެއް ނުގަތެވެ.
“ޔޫ ލުކް ސޯ ޕްރިޓީ، މައި ޕްރިންސަސް…” އައި ނައި ތަނެއް ނޭނގި ފެނުނީ ރަވާން އައިސް ކައިރީގައި ހުއްޓުނު ތަނެވެ. އެހާ އަވަހަށް ޝާޔަން ދިޔަ ތަނެއްވެސް ނޭނގުނެވެ. އަހަރެން ވަށައިގެން ހޯދައިލި ނަމަވެސް ޝާޔަންއެއް ނުފެނުނެވެ. ރަވާން އަހަރެންގެ އަތުގައި ހިފައި މަޑުމަޑުން ދަމައިލިއެވެ. އެއާއިއެކު ދެމީހުން ކުރިޔަށްވުރެވެސް ބޮޑަށް ގާތްވިއެވެ.
“މީހަކަށް ފެނިދާނެ…” އަހަރެން ލަދުގަތެވެ. ދުރަށްޖެހިލަން އުޅުނީމެވެ. އެކަމަކު ރަވާން ހުރީ ދުރަށް ދާގޮތަކަށް ނޫނެވެ.
“ރަވާން އަޅެ… މަންމަމެން ބަލާފާނެއޭ…” ރަވާންގެ މޭގައި އަތްއަޅައި ކޮއްޕަމުން އަހަރެން ބެލީ ސަލާމަތް ވެވޭތޯއެވެ.
“ތިހެން އުޅުނީމަ އަދި މާ ލޯބި… ބާކީ ޓޫ މިނެޓްސް… އޭގެ ފަހުން އަހަރެން ކޮންމެކަހަލަ ޖެއްސުމެއް ކުރިޔަސް…” އެ ހިސާބަށް ބުނެފައި ރަވާން އޭނަގެ ވާހަކަ ހުއްޓައިލިއެވެ.
“ހޫމް… ގެއަށް ގޮއްސަ ތިހެން ނަހަދައްޗޭ… އެއްވެސް މީހަކު ނޫޅޭ ގެއެއްވެސް ހޯދީ އެހެންވެ…” ލާނެތް ގޮތަކަށް އެއްލޯ މަރައިލަމުން ރަވާން ވާހަކަ ދެއްކިއެވެ.
********
ކައިވެނި ކުރެވުނެވެ. ފެށިގެން ދިޔައީ ކުލަގަދަ ހަފުލާއެކެވެ. ޕާޓީއަށް ދަޢުވަތު ދެވިފައިވީ ދެފަރާތުގެ އާއިލާއަށާޢި ގާތް އެކުވެރިންނަށެވެ. ރަވާން ހުރީ އަހަރެންގެ އަތުގައި ހިފާލައިގެންނެވެ. ދޭތެރެއަކުން ކައިރިއަށް ދަމާލާފައި އުނަގަނޑުގައި އަތް އަޅުވައިލައެވެ. ރައްޓެހިވެގެން ތިން އަހަރުވީއިރު، ރަވާން އެހާ ގާތްކޮށް އުޅުނު އެއީ ފުރަތަމަ ދުވަހެވެ. ލަދުން އަހަރެން ހުރީ އަރިއަކަށް ގުޑިލަންވެސް ނުކެރިފައެވެ. ގައިގައި ހުރި ހުރިހާ ލެއެއް ދެކޯތާފަތަށް ޖަމާވެފައިވާ ކަހަލައެވެ.
“އައިމް ސޯ ހެޕީ… އައި ލަވް ޔޫ ސޯ މަޗް…” ރަވާން ތަކުރާރުކޮށް ބުނަމުން ދިޔައެވެ.
ދުނިޔޭގެ ހުރިހާ އުފަލެއް އެއްފަހަރާ ލިބުނު ކަމުގެ އިޚްސާސް އަހަންނަށް ކުރެވެމުން ދިޔައެވެ. ރަވާންގެ ކައިރީގައި ހުރިއިރު، އެ ރީތިކަމަށް ހިތުގެ އަޑިން ތައުރީފް ކުރެވެނެވެ. އަންހެން ކުދިންގެ ކަތި ނަޒަރު އެ ހަށިގަނޑަށް އަމާޒުވަމުން ދާތަން ފެނި ހިތުގައި ހަސަދަވެރިކަން އުފެދެން ފެށީ މާ ބޮޑަށެވެ.
ޕާޓީ ނިންމައި ހުޅުމާލެއަށް ދިޔުމަށް ތައްޔާރުވަމުން ދަނިކޮށް މަންމަ އައެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ ބޮޑުދައިތަ ނިޔާވި ދުވަހު ފެނުނުފަދަ އަޞަރުތަކެކެވެ. އަހަރެން ކަންބޮޑުވީ އަހަރެން ނެތްކަމުގެ ފަޅުކަން މަންމައަށް އިޚްސާސްކުރެވިދާނެތީއެވެ. އެކަމާއި ވިސްނައި އެ މަންމަގެ ސިއްޙަތަށް އޭގެ ޢަޞަރު ކުރާކަށް އަހަރެން ބޭނުމެއް ނުވިއެވެ.
“ދަރިފުޅާ… މަންމަ ވަރަށް ހިތްބިރުގަންނަ ގޮތެއް އެބަވޭ… ދަރިފުޅު ރަނގަޅަށް ކައިގެން، ރަވާންގެ ބަސްއަހައިގެން އުޅެއްޗޭ… އެކަނި ތަންތަނަށް ނުދާތި… ކަމެއް ވިޔަސް މަންމައަށް ގުޅާތި އިނގޭ…” މަންމަ އަހަރެންގެ ގައިގައި ބައްދާލާފައި ދުރުކޮށްލިއެވެ.
“ތީ މަންމަ މާބޮޑަށް ވިސްނާތީ ވާ ގޮތެކޭ… އެހާ ބޮޑަށް ނުވިސްނާ… ހަފްތާއަކު އެއްފަހަރު މަންމަ ކައިރިއަށް އަންނާނަމޭ… ކޮންމެ ދުވަހަކު ގުޅާނަން.. ހެޕީތަ؟…” މަންމަގެ ކޮލުގައި ހިފާލާފައި އަހަރެން ވާހަކަ ދެއްކީ ކުޑަކުއްޖަކަށް ވާހަކަ ދައްކާނޭ ކަހަލަ ގޮތަކަށެވެ.
ކާރަށް އެރީއްސުރެ އަހަރެން އިނީ މޭނުބައި ކުރާ ކަހަލަ ގޮތެއް ވެފައެވެ. ހީވަނީ ދެންމެދެންމެ ހޮޑު ލެވިދާނެ ހެންނެވެ. މަންމަ ބުނިހެން ކޮންމެވެސް ކަމެއް ގޯސްވާން އުޅެނީއޭވެސް ހިތަށް އެރިއެވެ. އަހަރެން އިނީ ފަހަތު ޝީޓުގައެވެ. ރަވާން އިނީ އަހަންނާއި ޖެހި ފިތިގެންނެވެ. އަހަރެންގެ ހިމަ ހޯލިކޮޅެއްފަދަ އުނަގަނޑުގައި އަތް އަޅުވާލައިގެން އިންއިރު، އެންމެ ވަގުތުކޮޅަކަށްވެސް އަހަންނާއި ދުރަށްދާން ބޭނުން ނުވާ ކަހަލައެވެ.
ޑްރައިވަރު ކާރު ދުއްވާލުމާއިއެކު، އަހަރެން ފަހު ފަހަރަށް މަންމަގެ މޫނަށް ބަލައިލީމެވެ. މަންމަ ހުރީ ފެންކަޅިވެފައެވެ. އެ ދެލޮލުން އޮހެން ތައްޔާރުވެފައިވާ ކަރުނަތައް ފެނި، އެ މަންޒަރު ބަލަން އަހަންނަކަށް ކުޅަދާނައެއް ނުވިއެވެ. އަވަސްއަވަހަށް އިސްޖަހައިލީމެވެ. އާދައިގެ ދުވެއްޔެއްގައި ދަތުރުކުރަމުންދިޔަ ކާރުގެ ދުވެލި، ވަކި ހިސާބަކުން ބާރުވިކަން ފާހަގަވިއެވެ. ކުއްލިއަކަށް އެންމެ ބާރުކޮށްލިގޮތުން އަހަންނަށް ރަވާންގެ ގައިގައި ބާރަށް ހިފަހައްޓާލެވުނެވެ. ރަވާން ކޮންމެވެސް އެއްޗެއް ބުނިކަންވެސް އެނގުނެވެ. ޑްރައިވަރު ކުއްލިއަކަށް ކާރުގެ ބުރަކި ޖައްސައިލުމުން ވީނުވީއެއް ނޭނގުނެވެ. ކާރުގެ ފަހަތުކޮޅު މައްޗަށް އުފުލުނުކަން އެނގެއެވެ. ބިއްލޫރިތައް ތަޅައިގެން ގޮސް ގަޔަށް ހެރުނެވެ. އިޚްސާސްވަމުންދިޔަ ދިލަ ތަދަށްވުރެ ލިބިފައިވާ ސިހުން ބޮޑެވެ. ވިއްސައިގެން ގޮސްފައި އަހަރެން ޖެހުނީ ކާރުގެ ކުރީ ޝީޓުގައެވެ. ބޯ ފަޅައިގެން ގޮސް ލޭތައް މޫނުމައްޗަށް އޮހިގަތްކަން އެނގުނެވެ. މުޅި ތަން އަނދިރިވެގެން ދިޔުމާއިއެކު މަޑުމަޑުން ދެލޯ މެރެމުން ގޮސް އެކީގައި މެރުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
30 Comments!
Comments are closed.





Wow it’s amazing. When is the next part?????
Thank u so much dear ❤? v ufaavehje story kamudhiyaeema. In Sha Allaah tmrw or day after tmrw. Keep waiting ??
OMG….one of my fav author…u came back anehkaa vx dww?with a lovely stryy?this is super amazing…i mean the starting?n btw the cover looks really nice?waiting for the next curiouslyy❤
Magnumm so happy to see a cmnt frm u after a long time.. And vvv ufaavehje fav buneema ? means a lot.. Thank u so much dear ❤? v ufaavehje story nd cover kamudhiyaeema.. Keep waiting ??
woww kiyaafa cmnt eh kuraanan. me third dhw?
Yes ok dear waiting ?
MASHALLAH…VV NICE..waiting curiously
Thank u so much dear ?❤ varah ufaavehje story kamudhiyaeema.. keep waiting fr the next ?
Awwwwwwwwn eysh sis ge New story eh dhw??????????…….. Vvv reethi mi part vx????????????……. Nd u r my favorite author☺️☺️☺️☺️☺️☺️☺️☺️☺️………. Curiously Waiting fr nxt part.???????……. LYSM sissyyy???????????……… Keep it up dear…..????????????????..
Yes dear a new story ? Aww v ufaavehje favryt buneema.. means a lot.. Thank u so much dear ?❤ varah ufaavehje story kamudhiyaeema.. keep waiting fr the next ? and lysm ??
Eysh ❤️❤️❤️??????… Welcome back ???… V v v ufaavehje eysh ge new story eh fenunyma ???… Story was hama superb ❤️❤️❤️?????????????????????????????????… Especially sifakurun ❤️❤️❤️???????????????????????????????… V v v reethi ??????… Waiting for next part ???… Lots of love from me ❤️❤️❤️????????????????????????????????????…
So happy to c a cmnt frm u after a long time ? eysh ves v ufaavehje pinky ge cmnt kiyaalaafa.. colorful nd sweet.. Thank u so much dear ?❤ varah ufaavehje story kamudhiyaeema.. keep waiting fr the next ? and ly2 ?
Salaam all
Mee eysh ge new story eh. Unmeedhukuran mi part kiyuntherin ah kamudhaane kamah.
This is amazing ???.. I love this story…. waiting for next part ♥️♥️♥️
Aww thank u so much dear ?❤ varah ufaavehje cmnt kiyaalaafa.. keep waiting for the next ?
Maasha allah… v reethi mi bai vx ❤❤❤♥♥??????.. when next? Waiting for it..
Aww thank u so much Maii dear ?❤ Maii ves story liyan dho? varah ufaavehje vaahaka kamudhiyaeema and cmnt kohleema.. next part today or tmrw genesdheynan.. keep waiting for the next ?
fabulous varahves chaalu
shauguverikamaa ekee kiyaalevunu kuriyah huri baithahves egothah kiyaaleveyne kamah u’mmeedhukuran
Thank u so much dear ?❤ varah ufaavehje vaahaka kamudhiyaeem.. In Sha Allaah kuriyah huri baithah ves shauguveri kamaa ekee kiyaaleveyne kahala gothakah genesdheveytho balaanan.. ?
Emotional story… vv salhi
Thank u so much dear ?❤ varah ufaavehje story kamudhiyaeema ?
VERY NICE . LOVE IT
Thank u so much dear ?❤ varah ufaavehje story kamudhiyaeema ?
Omg this story is sooooo beautiful
Thank you so much dear ?❤
V ufaavehje story kamudhiyaeema ?
Eysh ..fenvaru .com ga liyaa vaahaka dhn nuliyani thr? varah kiyaalaa hiyy vey e vaahaka ..
In Sha Allaah miadhun feshigen upvaane ?
V ufaavehje story kamudhaa vaahaka buneema ?❤
Ohh dhen vaanee kihinehbaa? ????? Feshunves vvvvv reethi. V interesting.. ? ? ? ? ? ? ? ? Mi vaahaka vv furihama vaanekan yageen vejje feshun kiyaalaafaves. ???????????????????????
Thank u so much dear ?❤ varah ufaavehje kamudhiyaeema ?
Varah reethi…. Keep it up… ?????