މިނަން ތިހިތުން ފިލުވާލަނީހޭ…04
އަހަރެން ފުރަތަމަވެސް ގޮސް ހުއްޓުނީ ކައުންޓަރުގެ ކައިރީގައެވެ. ކައުންޓަރުގައި އިން ކުއްޖާގެ ކައިރީގައި އެއްޗެކޭ ބުނުމަށް އަނގަ ހުޅުވައިލި ވަގުތު އިވުނު އަޑަކުން ހިތުގެ ހިނގުން މަޑުޖެހިލިއެވެ. ކުއްލިއަކަށް ފަސް އެނބުރި ބަލައިލެވުނެވެ.
“ޔޫ؟… އެގެއިން؟…”
“ކަމް ޓު މައި ކެބިން… ނައު…”
********
އަހަރެންގެ ކުރިމަތީގައި އެހުރީ ޒެވިންއެވެ. ރަސްމީ ހެދުމުގައި ވަކީން ފިރެހެންވަންތައެވެ. ހީވަނީ ދެވަނަ ރަވާންއެއް ކުރިމަތީގައި ހުއްޓިލައިގެން ހުރި ހެންނެވެ. އެކަމަކު ޒެވިން އަހަރެންގެ އޮފީހުގައި އެކުރަނީ ކީއް ހެއްޔެވެ؟ އެހާ އަމުރުވެރި ރާގަކަށް ވާހަކަ ދައްކާނީ އިސް މަޤާމެއްގައި ހުރުމުންކަން ޤައިމެވެ. އަހަރެން ބަލަހައްޓައިގެން ހުންނަން ފެށުމުން ޒެވިން އޭނާގެ ދެބުމަ ގޮށްޖަހައިލިއެވެ.
“ނައު…” ޒެވިން އަމުރުކުރިއެވެ. އެ އަޑު ކުރިޔަށްވުރެ ބާރުވިހެންވެސް ހީވިއެވެ.
އަހަންނަށް އަމުރުކޮށްފައި ޒެވިން ހިނގައިގަތެވެ. ކައުންޓަރުގައި އިން ކުއްޖާ ބިރުން ހިންދިރުވައިލި އަޑު އިވުނެވެ. އަހަރެން ކައިރިއަށް ހިނިއަންނަގޮތްވިއެވެ. އެކަމަކު އެކަން މޫނުމަތިން ނުދައްކަމެވެ. ޒެވިންގެ ފަހަތުން އަހަރެންވެސް ހިނގައިގަތީމެވެ.
ހިމަ ގޯޅިއެއްގެ ތެރެއިން ގޮސް ޒެވިން ވަނީ ބޮޑު ކެބިން އަކަށެވެ. ބޮޑު އެޕާޓްމަންޓެއް ވަރުގެ އެ ކެބިންގައި ފުރިހަމަނުވާ ހަމަ އެއްކަމެއްވެސް ނުވެއެވެ. ކެބިންގެ މެދުން ދެބައިކުރުމަށް ޕާޓްޝަންއެއް ޖަހާފައި ހުއްޓެވެ. ކޮންމެ ފަރާތެއް ވަކި މީހަކަށް ޚާއްސަ ކުރެވިފައިވާ ކަހަލައެވެ.
ޒެވިން ގޮސް ވަނީ ވާތްފަރާތުގައި ހުރި ބަޔަށެވެ. އެބައިގައިވެސް ސޯފާއަކާއި ކޮފީ ބުއިމަށް ޚާއްސަ ތަންކޮޅެއް ހަދާފައި ހުއްޓެވެ. އަހަރެން ދޮރުމަތީގައި ހުއްޓިލައިގެން ހުރީއެވެ. އެތަންފެނި އޭނަ އަނބުރާލާފައި އައެވެ. އެ މޫނުމަތި ކުރިޔަށްވުރެވެސް ބަނަވެފައިވާހެން ހީވިއެވެ.
“އިށީންނަންވެސް ބުނަންތަ ޖެހޭނީ؟… ހުސް ތިކަހަލަ މީހުންނޭ ގޮވައިގެން އުޅެން މިޖެހެނީ… ސިޓް…” ގޮނޑިއެއް ދައްކާފައި ޒެވިން ވާހަކަ ދެއްކީ ހަރުކަށި ރާގަކަށެވެ.
އެތެރެހަށި އަނދަމުންދިޔަ އިރުވެސް އަހަރެން ކެތް ކުރީމެވެ. ދަތްތަކަށް ބާރުކޮށްލައިގެން ހުރެ އަހަރެން ގޮސް ގޮނޑީގައި އިށީނީމެވެ. މޭޒުމަތީގައި “މެނޭޖަރ” ޖަހާފައިވާ ބޯޑު ފެނުމުން ވަކީން ރުޅިގަދަވާގޮތް ވިއެވެ. އެކީގައި މަސައްކަތްކުރަން މިޖެހުނީ ކޮންކަހަލަ މީހަކާއިއެކު ހެއްޔެވެ؟ އަހަރެންގެ ހަނދާނަށް އައީ ޝާޔަން ދެއްކި ވާހަކަތަކެވެ. އެ ވަޒީފާގެ ކަންތަކުގައި ރަވާންގެ ބައްޕަ ކަންތައް ކުރި ގޮތެވެ. ހިތުގައި އުފެދުނު ޝައުޤުވެރިކަމާއި އެއްވަރަށް ހިތް ނުތަނަވަސްވިއެވެ. ހިތް ބުނީ ޒެވިންއަކީ ރަވާންއަށް ވެދާނެ ކަމުގައެވެ. އެކަމަކު ކިހިނެތް ހެއްޔެވެ؟ އެފަދަ ބޮޑު އޮޅުވާލުމެއް އެ އާއިލާއިން އަހަންނަށް އޮޅުވާލަފާނޭ ހެއްޔެވެ؟ ނޫނެކެވެ. އެވަރުގެ ކަމެއް ނުކުރާނެއެވެ. ވިސްނި ވަރަކަށް އަހަރެންގެ ބޮލަށް ބާރުކުރަން ފެށިއެވެ. އިނދެވުނީ ފިކުރެއްގެ ތެރެއަށް ގޮސް ހުސްވެފައެވެ.
“އޯ ހެލޯ…” ދެ އިނގިލިން އަޑެއް ލައްވައިލަމުން ޒެވިން ބުންޏެވެ. ޚިޔާލުތަކުގެ ތެރޭގައި އިނދެފައި، އަހަންނަށް ހަމަބިމަށް އާދެވުނީ ޒެވިން ދެފަހަރަކު އަތް ހޫރާލުމުންނެވެ.
“ބުނަން ވާހަކައެއް… މީ އަމިއްލަ ތަނެއް ނޫނޭ ބޭނުންހާއިރު އައިއްސަ ބޭނުން ގޮތަކަށް އުޅޭކަށް… ވަޒީފާއަށް ކަމޭހިތާ މުވައްޒަފުން މިތަނަށް ބޭނުންވަނީ… ތިހާ ފަރުވާކުޑަ މީހުން ގޮވައިގެން މަސައްކަތް ކުރާނީ ކިހިނެތް؟… މީގެ ފަހުން ދިހަ މިނެޓު ކުރިން އޮފީހަށް އަންނަންވާނެ… މެނޭޖަރުގެ ހައިސިއްޔަތުން ވަޒީފާއިން ވަކިކުރުމުގެ ބާރުވެސް ލިބިގެންވާތީ މިބުނަނީ…”
ޒެވިން ވާހަކަ ދައްކަމުން ދިޔައިރު، ކޮމްޕިއުޓަރުން ކޮންމެވެސް އެއްޗެއް ލިޔަމުން ދިޔައެވެ. އަޑު އަހަން އިންއިރު އަހަރެންގެ ލޭ ކެކެމުންދިޔައީ ކެއްކުރަން އުނދަގޫ މިންވަރަށެވެ.
“އެމްޕްލޯއީ ކާޑު؟…” އަހަންނާއި ދިމާއަށް އަތް ދިއްކޮށްލާފައި ޒެވިން ބުންޏެވެ. އޭރުވެސް އެ ނަޒަރު ހުއްޓިފައިވީ ކޮމްޕިއުޓަރުގެ ސްކްރީނަށެވެ.
އަހަރެން ވަކި އެއްޗެއް ނުބުނަމެވެ. ކެތް ކުރެވުނީ ދެވަނަ ފަހަރަށް އެމްޕްލޯއީ ކާޑު ދިނުމަށް ޒެވިން އެދެންދެނެވެ.
“ތީގެ މާނައަކީ މީ ތިބޭފުޅާގެ އަމިއްލަ ތަނެއްނަމަ، އުޅޭނީ ބޭނުންހައި ގޮތަކަށޭތޯ؟…” އަހަރެންގެ އެ ސުވާލާއިއެކު، ޒެވިންގެ އަތުގެ ހަރަކާތަށް ހުއްޓުމެއް އައެވެ. ދެލޯ ހަނިކޮށްލާފައި އަހަންނާއި ދިމާއަށް ބަލައިލިއެވެ. ޒެވިން ވަކި އެއްޗެއް ބުނުމުގެ ކުރިން މޭޒުގައި ބާރަށް ޖަހާފައި ތެދުވެގެން އެތަނުން ނުކުތުމަށް ހިނގައިގަތީމެވެ. ދޮރު ހުޅުވައިލަން ހިފައިލި ވަގުތު އެރުނީ ޝާޔަންގެ ކުރިމައްޗަށެވެ. ޝާޔަން ހެނދުނުގެ ސަލާން ކުރުމަށްފަހު،ކަނާއަތް ފަރާތުގައިވާ ކެބިންއަށް އިޝާރާތް ކުރިއެވެ. އޮފީސްތެރޭގައި ޝާޔަން ބެހެއްޓި ރަސްމީގޮތް ފެނި އަޖައިބުވި ނަމަވެސް އެ ކަމާއިމެދު އެއްޗެއް ނުބުނެވުނީ އައިސްފައި ހުރި ރުޅީގެ ސަބަބުންނެވެ.
“މިތާ؟… މިތާ ކިހިނެތް ނޭވާ ލާނީ… އެހެން ތަނެއް ހަމަޖައްސާ…”
ކެބިންއަށް ވަނުމުގެ ބަދަލުގައި އެހެން ބުނެފައި އަހަރެން އެތަނުން ނުކުތީއެވެ. ބަސް ހުއްޓިފައި ހުރި ޝާޔަން ވެސް އަހަރެންގެ ފަހަތުން ކަހަލަ ގޮތަކަށް ނުކުތެވެ. ދޮރު ލެއްޕެން ދިޔަވަގުތު ބާރުބާރަށް ހިނގާލާފައި ޒެވިން އަންނަތަން ފެނުނެވެ. އަހަރެން މަޑެއް ނުކުރަމެވެ. ލިފްޓާއި ދިމާއަށް ގޮސްގޮސް ހުއްޓައި ފަހަތުން ޒެވިން ވަރަށް ބާރަށް ގޮވާލި އަޑު އިވިފައި ހުއްޓުނީމެވެ. އަހަރެން ވަށައިގެން ބަލައިލީމެވެ. ތަނުގެ މުވައްޒަފުން ކަހަލަ ގޮތަކަށް އެތަނަށް ޖަމާވީ ހިނދުކޮޅެއްގެ ތެރޭގައެވެ.
ޝާޔަން ފަސް އެނބުރި ބަލައިލާފައި ހުއްޓުނުގޮތުން އަހަރެން އަޖައިބެއް ނުވިއެވެ. ޒެވިން އެންމެ ފުރަތަމަ ފެނުނު ދުވަހު އަހަންނަށްވެސް ވީ އެވަރެވެ. ލިފްޓްގެ ދޮރު ހުޅުވުމާއިއެކު ޝާޔަންގެ އަތުގައި ހިފައި ދަމާފައި ކަހަލަގޮތަކަށް ގޮސް ލިފްޓްގެ ތެރެއަށް ވަނީމެވެ. ޒެވިން ވަރަށް ބާރަށް އެދިމާއަށް އައެވެ. އޭގެ ކުރިން ދޮރު ލެއްޕިއްޖެއެވެ.
ފުންނޭވާއެއް ދޫކޮށްލާފައި އަހަރެން ބަލައިލިއިރު ޝާޔަން ހުރީ އަހަންނާއި ޖެހި ފިތިގެންނެވެ. ދެލޯ ބޮޑުކޮށްގެން ބަލަހައްޓައިގެން ހުރިގޮތުން ހަޅޭއްލަވައިގަނެފައި އަހަންނަށް ފަހަތަށް ޖެހިލެވުނެވެ. މޭގައި އަތުން ހިފަހައްޓާލައިގެން އަހަރެން ހުރިއިރު، ހިތުގެ ތެޅުން ހަމައަކަށް އެޅެން ކުޑަ ވަގުތުކޮޅެއް ނެގިއެވެ.
“ސާބަސް ޝާޔަންއަށް… ކިރިޔާއޭ ޝޮކެއް ނުޖެހުނީ…” އަހަރެން ދެފަރާތަށް ބޯ ހޫރާލީމެވެ.
“ހޫ އިޒް ދެޓް… އަ ގޯސްޓް…” ޝާޔަން އޭނާގެ ނިޔަފަތިތައް ހަފަން ފެށިއެވެ. ދެކޮޅަށް ހިނގަން ފެށިގޮތުން އަހަރެން ވަކި އެއްޗެއް ނުބުނެ ބަލަހައްޓައިގެން ހުރީއެވެ.
ލިފްޓްގެ ދޮރު ހުޅުވުނުއިރު ކުރިމަތީގައި، ދެއަތް ދަމާލައިގެން ހުރި ޒެވިން ފެނި ކުރިއަށްވުރެ ބާރަށް ހަޅޭއްލަވައިގަތީމެވެ. އަހަންނަށްވުރެ ބާރަށް ޝާޔަން ހަޅޭއްލަވައިގަތެވެ. އެހާ އަވަހަށް ޒެވިން އެތަނަށް އައިގޮތެއް އަހަންނަކަށް ނޭނގުނެވެ. ޒެވިން ފުންކޮށް ނޭވާލަމުން ދިޔަގޮތުން، ދުވެފައި ސިޑިން އެރީކަން އެނގުނެވެ.
“ގޯސްޓް ގޯސްޓް…”
ޝާޔަން އަހަރެންގެ ގައިގައި އޮޅުލައިގަނެފައި ރޯން ފެށިއެވެ. އެތަނުން ނުކުމެވޭނެ އެއްވެސް ގޮތެއް އޮތްނަމަ، ޝާޔަން އެތަނުން ދުވެ ފިލިތާ ކިތަންމެ އިރެކެވެ. ޝާޔަން ހުއްޓާނުލައި ކުރުސި ކިޔަން ފެށުމުން، ނުހޭން ހުއްޓަސް އަހަންނަށް ހެވިއްޖެއެވެ.
ޒެވިން ގުދުވެގެން އޮވެ ފުންކޮށް ނޭވާލަމުން ދިޔައެވެ. އޭނަ އިތުރު އެއްޗެއް ބުނުމުގެ ކުރިން އަންހެން ކުއްޖަކު އައިސް މީޓިންއަށް އެންމެން އައިސްތިބި ވާހަކަ ބުންޏެވެ. ޒެވިން އިތުރު އެއްޗެއް ނުބުނެ ލިފްޓަށް އެރިއެވެ. އަހަންނާއި ދިމާއަށް އޭނަ ބަލައިލީ އިންޒާރެއް ދޭ ފަދައިންނެވެ. ލިފްޓްގެ ތެރެއިން އެންމެ ފުރަތަމަ ނުކުތީ ޒެވިންއެވެ. އޭގެ ފަހުން އަހަންނެވެ. ޝާޔަން އައީ މާ ފަހަތުންނެވެ.
ޖަލްސާކުރާ ބަޔަށް އަހަރެން ވަތްއިރު، ތަނުގެ ހުރިހާ މުވައްޒަފުން ތިއްބެވެ. އެންމެންގެ ނަޒަރު ހުއްޓުފައިވީ ޒެވިންއަށެވެ. ޒުވާން އަންހެން ކުދިންގެ ކަތި ނަޒަރު ޒެވިންއަށް އަމާޒުވެފައިވާތަން ފެނުމުން، ހިތަށް ގޮތެއް ވެލައިގެން ދިޔައެވެ. އެފަދަ ބެލުންތައް އެ ސޫރައަށް އަމާޒުވާކަށް ހިތެއް ނުރުހުނެވެ. ޒެވިންގެ މިޒާޖުގައި ކޮންމެ ގޮތެއް ހުއްޓަސް، އެއީ ހަމަ ރަވާންގެ ސޫރައެވެ.
އަހަރެން ބާރުބާރަށް ހިނގާލާފައި ގޮސް ރިޔާސަތުގައި އިން ގޮނޑީގެ ކައިރީގައި ހުއްޓުނީމެވެ. އެ ގޮނޑި އާއި ޖެހިގެން އިން ގޮނޑީގައި އިށީނދެގެން އިނީ ޒެވިންއެވެ. އަހަރެން އެތަނުގައި ހުއްޓުމުން ޒެވިންގެ ނަޒަރު އަހަންނަށް ހުއްޓުނެވެ. ހައިރާންކަމާއި ހިތްހަމަނުޖެހުން އެކުލެވޭ ނަޒަރެކެވެ. ލޮލުގެ އިޝާރާތުން ތަންކޮޅެއް ދުރުގައި ހުސްކޮށް ހުރި ގޮނޑިއެއް ދައްކައިލިއެވެ. އަހަރެން އެދިމާއަށް ބަލައިލާފައި ޒެވިންގެ ކައިރީގައި އިށީނީއެވެ. އިތުރަށް ޒެވިން ތަޅުވައިލަން އަހަރެން އިނީ ނުހަނު ބޭނުންވެފައެވެ.
“ކޮބާ ހުރިހާ މުވައްޒަފުން ހަމަވީތޯ؟…” އަހަރެން ސުވާލު ކުރީ ޒެވިންއަށެވެ. ހައިރާންވެފައި އަހަންނަށް ބަލަހައްޓައިގެން ޒެވިން އިނީ ވާނުވާ ނޭނގިފައެވެ.
“އައްސަލާމްއަލައިކުމް… ގުޑް މޯނިން އޯލް…” ހުރިހާ މުވައްޒަފުންނަށް ކުރިމަތިލަމުން އަހަރެން ހިނިތުންވެލީމެވެ.
އެންމެން އެކަކު އަނެކެއްގެ މޫނަށް ބަލައިލުމަށްފަހު ސިއްރުން ވާހަކަތަކެއް ދައްކަން ފެށިއެވެ. ހީވީ ތަނުގެ ވެރިޔަކީ އަހަރެންކަން ޤަބޫލުނުކުރެވިފައި ތިބި ހެންނެވެ.
“އަމިއްލަ ތަޢާރަފަކަށް ދިޔުމުގެ ކުރިން ބުނެލަން ބޭނުންވަނީ މިއަދަކީ އަޅުގަނޑަށް ވަރަށް ޚާއްސަ ދުވަހެކޭ… އެކަމަކު މިހާ ޚާއްސަ ދުވަހެއް ފެށިގެން މިދިޔައީ އެހާ ރަނގަޅަކަށް ނޫން ދެއްތޯ؟…” ޒެވިން އާއި ދިމާއަށް ބަލައިލަމުން އަހަރެން ވާހަކަ ދެއްކީމެވެ.
ދެބުމަ ގޮށްޖަހާލައިގެން އިން ޒެވިން، އަހަރެން ބަލައިލުމުން ގަދަކަމުން ހިނިތުންވެލިއެވެ.
“ދެން އަޅުގަނޑުގެ ތަޢާރަފެއް ދޭނަން… އަޅުގަނޑަކީ މި ކުންފުނީގެ ވެރިޔާ… އައިޝަތު ލިވިޔާ…”
އަހަރެންގެ ވާހަކަ އެހިސާބަށް ދިޔަތަނައި ޒެވިން ފުންމައިގެން ތެދުވިއެވެ. ހަމަ އެހާ އަވަހަށް ގޮނޑީގައި އިށީނދެއްޖެއެވެ. އަހަންނާއި ދިމާއަށް އޭނަ ބަލައިލީ ޤަބޫލުނުކުރެވިފައި އިންކަހަލަ ގޮތަކަށެވެ. ފައިން ފެށިގެން މޫނާއި ހަމައަށް އެ ނަޒަރު ދަތުރުކޮށްލިގޮތުން އަހަރެން ކަރު ކެހިލީމެވެ. ޒެވިން ނޫންކަމަށް ހަދާލާފައި އިސްޖަހާލިއެވެ. އެ ހަޤީގަތް ގަބޫލުކުރަން އޭނަ ބޭނުން ނުވާ ކަހަލައެވެ. ނޫނީ ކުރެވުނު ކަންތައް ހިތަށް އެރުމުން ލަދުގަތީއެވެ.
“އަޅުގަނޑަށް އެބަ ފެނޭ ބައެއް މުވައްޒަފުން އެކަކު އަނެކަކާއި މުޚާތަބުކުރާއިރު، ވަރަށް ހަޑިކޮށް ބަސްމަގު ގެންގުޅޭތަން… އަޅުގަނޑު ދޭން އޮތް ނަސޭޙަތަކީ، ކޮންމެ މުވައްޒަފަކުވެސް އެކަކު އަނެކަކަށް އޯގާތެރިވެ އެހީތެރިވާށޭ… ކޮންމެ މުވައްޒަފަކުވެސް ބަލަންވާނީ މީ އެ މުވައްޒަފެއްގެ އަމިއްލަ ތަނެއްގެ ގޮތުގަ… އަޅުގަނޑު ބޭނުމެއް ނޫން މުވައްޒަފުން މާބޮޑަށް ހިފަހައްޓައިގެން، މަޖުބޫރުން ކަންކަން ކުރުވާކަށް… އޮފީހާއި ދޭތެރޭ ވިސްނާ ކޮންމެ މުވައްޒަފަކަށްވެސް ވަރަށް ދޫ ދީގެން، ވަރަށް ފްރެންޑްލީ މާހައުލެއްގަ ގެންގުޅެން އަޅުގަނޑު ބޭނުންވަނީ…”
އަހަރެންގެ ވާހަކަ އެހާ ހިސާބަށް ދިޔަތަނައި، ކޮށި އަރައިގެން ކެއްސާހެން ޒެވިން ކެއްސަން ފެށިއެވެ. ކައިރީގައި އިން ފެންތަށި ޒެވިންގެ ކައިރިއަށް ޖައްސައިދިނީމެވެ. ޒެވިން އަހަންނާއި ދިމާއަށް ބަލައިލާފައި ފެންތަށި ނެގިއެވެ. ތުންޖަހައި އެއްފަހަރައި ހުސްކޮށްލިއެވެ.
އަހަރެންގެ ތަޢާރަފަށްފަހު، ދެން ކުރިޔަށްދިޔައީ ޒެވިންގެ ތަޢާރަފެވެ. އަހަރެން އެންމެ އިންތިޒާރުކުރި އެއް ވަގުތުކޮޅަށް އެވަގުތުކޮޅު ވިއެވެ. އެކަމަކު ވާހަކަ ފެށިގެން ނިމެންދެންވެސް ރަވާން އާއި އެއްގޮތް ހަމަ އެއްވެސް ކަމެއް އެވާހަކަތަކަކުން ފާހަގައެއް ނުކުރެވުނެވެ. ޒެވިންއަކީ ރަވާންއަށް ނުވާނެކަން އެނގޭ އިރުވެސް، ހިތް އެގޮތަށް އެއްބަސްނުވަނީ ކީއްވެ ކަމެއް ނޭނގުނެވެ. ހިތް އެދެމުންދިޔައީ ޒެވިންއަކީ ރަވާންއަށް ވުމަށެވެ.
ބައްދަލުވުން ނިންމާފައި އެންމެ ފުރަތަމަ ނުކުތީ އަހަންނެވެ. ކެބިންއަށް ވަނުމުގެ ބަދަލުގައި އަހަރެން ދިޔައީ ޓެރެސްއަށެވެ. އެތަނުގައި އެކި ފިކުރުތަކުގައި އަހަންނަށް އިނދެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގުނެވެ. ކިތަންމެ ހިތްވަރުކޮށްފައި އުޅުނަސް، ރަވާންގެ ހަނދާންތަކުން ހިތަށް އުނދަގޫ ކުރަނީއެވެ. އަހަރެން އެތަނުގައި އިންދައި ޝާޔަން އައެވެ.
“ހާދަ ވަރަކަށް ހޯދައިފީމޭ… އެކަމާއި ދޯ ތި ވިސްނަނީ…” ޝާޔަން އައިސް ކައިރީގައި އިށީނެވެ.
“އަހަރެންވެސް މިއިނީ ހަމަ އަޖައިބުވެފަ… އަޅެ ދެން ދެމީހަކު އެހާ ވައްތަރު ވެދާނެތަ؟…” ފުން ވިސްނުމެއްގައި އިނދެފައި ޝާޔަން ބުންޏެވެ.
އަހަރެން އެއްވެސް އެއްޗެއް ނުބުނެ ތެދުވެގެން ގޮސް ރެއިލިންގެ ކައިރީގައި ހުއްޓުނީމެވެ. ފަޒާގެ ތެރެއަށް ފުން ނޭވާއެއް ދޫކޮށްލާފައި އެނބުރުނުއިރު ތަބީޢަތު މުޅީންހެން ރަނގަޅުވެއްޖެއެވެ. ކުރަންހުރި މަސައްކަތްތަކާއި ބެހޭގޮތުން ވާހަކަ ދައްކަން ތިބެފައި އަހަރެމެން އައިސްވަނީ ކެބިންއަށެވެ. އޭރު ޒެވިން އޭނާގެ ކެބިންގައި އިނެވެ.
“އަހަންނަށް އަދިވެސް ޤަބޫލެއް ނުކުރެވޭ… ލިވީއަށް މިތާ ކެތްވާނެތަ؟…” ޝާޔަން އެހެން ބުނެފައި ސިއްރުން ޒެވިންގެ ކެބިންއަށް ނަޒަރު ހިންގައިލިއެވެ.
“ވިކާލަބަލަ…” ޝާޔަން އޭނާގެ އަތް ދިއްކޮށްފައި ބުންޏެވެ.
އަހަންނަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. ވަކި އެއްޗެއް ނުބުނެ ގޮސް ގޮނޑީގައި އިށީނީމެވެ. އޭރުވެސް، ސިއްރުން ޒެވިންގެ ކެބިންއަށް ބަލަން ޝާޔަން ހުއްޓެވެ. އެހެން ހުރެފައި ފައިލެއް ހިފައިގެން އެ ކެބިންއަށް ވަނެވެ.
“އެއީ ރަވާން އެއް ނޫން… ބޮޑާ ކިބުރުވެރި ދެން ނޭނގެ… ދުނިޔޭގަ ލެއްވިއްޔާ ލެއްވިހާ ބޮޑާ ސިފައެއް އޭނަގެ އެބަހުރި…” ފައިލު ހިފައިގެން އެނބުރި އައިއިރު ޝާޔަން ހުރީ ރުޅި އައިސްގެން ފަޅައިގެންދާން ކައިރިވެފައެވެ.
“މި ހިފައިގެން އެތާ ހުރެހުރެ ބަލައިވެސް ނުލިއޭ… އާރްރްރް… މަށަށް މިތާ ކެތްވާނެބާއޭ ހިތަށް އަރާ… އެބަ އަންނަން ބޯ ހަމަޖައްސާލާފަ…”
އެތައް އެއްޗެއް ކިޔާފައި ޝާޔަން ބޭރަށް ދިޔުމުން އަހަންނަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އަހަންނަށް ބަލައިލެވުނީ މޭޒުމަތީގައި އޮތް ފައިލަށެވެ. ޒެވިންގެ ކެބިން ނަންބަރަށް ގުޅަން އުޅެފައިވެސް އެ ޚިޔާލު ދޫކޮށްލީމެވެ. ފައިލު ހިފައިގެން ހަލުވި ފިޔަވަޅުތަކެއްގައި ގޮސް އެ ކެބިންއަށް ވަނީމެވެ. އޭރު ޒެވިން އިނީ ފޯނެއްގައެވެ. އަހަރެން ފެނުމުން ފޯނަށް ބަލައިލާފައި އަހަންނާއި ދިމާއަށް ބަލައިލިއެވެ.
“ވަޓް؟… ޓަކި ޖަހާލުމެއްވެސް ނޯވޭތަ؟…” ޒެވިންގެ މޫނުމަތިން ފެނުނީ ނުރުހުމުގެ އަޞަރެވެ.
“އަހަރެން މީ މިތާ އޯނަރ… އަހަންނަށް މިތަނަށް ވަދެވޭނެ ކޮންމެ ގަޑިއަކުވެސް… މިތާ ވަޒީފާގަ ހުންނަން ބޭނުމިއްޔާ މިތަނުގެ ރޫލްސްތަކަށް ފޮލޯކުރަން ދަސްކުރޭ…”
ފައިލު މޭޒުމަތީގައި ބާއްވާފައި އަހަރެން އެނބުރުތަނައި، ކުއްލިއަކަށް ޒެވިން އައިސް ކުރިމައްޗަށް އެރުމުން ސިހޭގޮތްވިއެވެ. ލިބުނު ސިހުމާއިއެކު، ހަދާލެވުނުގޮތަކުން އަރި އަޅާލިއެވެ. އަހަންނަށް ހިފައިލެވުނީ ޒެވިން އަޅައިގެން ހުރި ޓަޢީގައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
37 Comments!
Comments are closed.





????
?
next part kondhukun waitiiiinggg
story vv rythi
Aww thank u so much dear ?❤❤ v ufaavehje kamudhiyaeema.. next part In Sha Allaah mi week ga genesdheynan ? keep waiting ?
Salaam all
Miothee 4 vana bai..
Enme furathamaves lasveema maafah edhen.. ekam lap athujehunu enme avahah upkohlee mi.. unmeedhukuran mi baives kamudhaane kamah.. kiyaalaafa cmnt eh kohladhehchey.. ?cmnt thah kiyaalaafa avahah upkuran v hihvaru libey..
Missed u all ?❤
Maasha allah neyge bunaane ehcheh vx….. ???????Speechless ….????? v v v reethi mi part vx…..???Waiting fr nxt.?????….. Luv u sooo much sissy.?…..
Awww thank u so much Kylie ?❤ varah ufaavehje mi part ves kamudhiyaeema ?❤ ly2 dear.. keep waiting for the next part ?
Ohhhhhhhhh vvvv interesting. ♥️?♥️?♥️?♥️?♥️?♥️?♥️?♥️?♥️?♥️?♥️?♥️? Vaahakaige thereah vadhe husvefa indha e nimunee. Adhi 1 paragraph innama ey hithah eri. Ehaaves furihama. ???????????????????????????? Sifakohdheefa hurilehves vvv salhi. ???????????????????????????? Komme jumulaehves ehaa sadhaavefa kiyaalan faseyha. ???????????????????????????????? Mi part ge vea dialogue thah hama habeys ingey. V mixamaanuge vattafaalhi ah huree. ???????????????????????????? Vvvvv kiyaahithun mihuree. Waiting for the next part. ??????????????????????????????
Awww v sweet.. thank u so much sheen ?❤ varah ufaavehje cmnt kiyaalaafa ?❤ thigothah kankan faahaga kohladheythee kuriyah dhaan v faseyhavey.. ? keep waiting for the next part ?
Mi part hama habeys….. Vv loabi….. Alhey kihaa rangalhu tha eii ravaan ah vejjiyyaaa…… Livy haadhaha ufaa??? vaaney…..whn nxt….. Waiting…… Lysm❤️❤️❤️❤️???
Awww thank u so much lamko ?❤ u remind me of someone ❤ varah ufaavehje cmnt kiyaalaafa ?❤ hingaa balamaa dho dhen vaa gotheh.. next part In Sha Allaah mi week ga genesdheynan.. keep waiting for the next part ? ly2 dear ?
eyoh kiyaahihvefa indha e nimuni ???
story vvvvvvvvv·vvvvvvv rythi….. ???
alhey….??????
dhen kihinehba vaani…????????
kehkureveny yaki noon… ???????
Awwwww thank u so much shaai ?❤ varah ufaavehje mibaives ehaa bodah kamudhiyaeema ?❤ hingaa balamaa dho dhen vaa gothehves.. keep waiting for the next part ?
vvvvvvvvvvvvv reethi as usual…hama bas huttifa..its ok lasviyas we will wait dear……love you…
Awwwww so sweeet… thank u so much taetae ?❤ varah ufaavehje cmnt kiyaalaafa ?❤ ginakudhin hama understand vey lasviyas.. varah bodu support eh eiee.. aslu lahun genesdheyn Eysh ah ves comfortable eh nuvey.. beynunvanee hama avahah upkuran.. story liye nimmaafa inas edit kohfa Eysh abadhuves upkuranee.. ehenveema edit kuranves varah time nagaa.. love u too dear ?❤ keep waiting for the next part ?
shaayan akii girl eh tha nuunii boy eh tha…
Shaayan eiee girl eh dear ?? hospital ga oiy iru konme dhuvahaku rose genesdhineema dho olhunee.. ekan vee goiy adhi ingeyne ingey fahun.. keep waiting ?❤
Shaayan nubaeh hadhaa hen Hiivanii… ehkala wedding oiy rey vx eyna ravaan mention kihaa bunii my prince ey dhw… ehnmma hiivey vrh nubaeh ulhey hen eba… e zevin vx aaalu eii ravaan kanneynge dhw… ehen nun nama kiih kuran Livya ah Amiru kuranii… vedhaane cousin’s ah vx… hiivaa ehcheh minbunelii…
yess, as anonymous said I think um shaayan is not a good guy, heevany shaayan ge atheh vey hen ravaan ge kanthakuga, waiting Waiting
yess, as OMG said I think um shaayan is not a good guy, heevany shaayan ge atheh vey hen ravaan ge kanthakuga, waiting Waiting
OMG
Hama vedhaane goiy goiy thives.. alhe hingaa dho thigothah veytho balamaa dho.. keep waiting ingey ❤
Cabin crew lover
Yess hama vedhaane egothahves.. lets see.. keep waiting ingey ?❤
މާޝާﷲ ♥️ ހާދަ ފުރިހަމައެވެ. ވަރަށް ހިތްގައިމެވެ.. ވާހަކައިގެ ކޮންމެ ޕާރޓްއެއްވެސް ކިޔަނީ ހަމަ ވަރަށް ކިޔާހިތުން އެހާމެ ޝައުޤުވެރިކަމާއި އެކީގައެވެ. ކޮމެންޓް ކޮށް ނުލެވުނީ އުޅެން ޖެހުނުލެއް ބިޒީ ކަމުންނެވެ. މާފަށް އެދެމެވެ. އެކަމަށްޓަކައެވެ. ވާހަކައަކަށް އެނބުރިލަމާ ހިނގާށެވެ. މި ވާހަކައިގެވެސް ސިފަކޮށްދިނުން ހާދަ ފުރިހަމައެވެ. ހާދަ މޮޅެވެ. ކިޔަމުންދާއިރު މަންޒަރު ލޮލަށް ފެންނަ ކަހަލަ އެވެ. ލިޔުންތެރިކަމުގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތެވެ. އެހާވެސް ކުޅަދާނައެވެ. ޖުމުލަތައް އަތުރާލާފައި ހުންނަ ގޮތުން ހީވަނީ ހަމަ ވިރުވާ އަޅާ ހެންނެވެ.. ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމައެވެ. ވަރަށް މޮޅެވެ. ހިޔާލު ތަނަވަހެވެ. ގެނެސްދޭ ގޮތް ޝައުގުވެރިއެވެ. ހުނަރުވެރި ލިޔުންތެރިއެކެވެ. ތީ ހަމަ އެންމެ ބެސްޓްއެވެ. ކުރިއަށް އޮތް ބަޔަށް އިންތިޒާރު ކުރަމުން މި ވަގުތަށް ވަކިވެލަމެވެ.
Awww thank u so much dear ?❤ so sweet.. vv happy vehje cmnt kiyaalaafa.. means a lot.. btw missed you a lot dear.. v ufaavehje dhuvaskolhakahfahu anehkaves lam ge cmnt eh libuneema.. keep waiting fr the next part ??
❤❤❤❤❤❤❤❤❤❤❤❤??????????
Thank u so much dear ??❤❤
Salhi vvvv
Thank u so much unbro ??❤❤ varah ufaavehje story kamudhiyaeema ?❤
Story lasvanee vaguthuthakah ninman jehey baeh kankan dhimaavegen.. iyye ves miadhu ves eysh v bxy koh ulheythee. In Sha Allaah next part mirey upkohleveytho varah masakkaiy kuraaanan ?
It’s okay my dear.. Waiting ? ? ? ? ?
Thank u dear ?❤
ufaleh nethii hey dhuniyein mi eer eysh ge story eh tha??
Labba eiee Eysh ge story eh ?❤
aslu tha e storyy vvvvvvv reethii….kohme dhuvahaku kahalaan balaa levey up vefa iney thw…aslu halaalan beynun vanii vaki dhuvahakah thw up kuranii ❤❤
So sorry for the late rply dear.. i just saw the cmnt..
Awww eysh v happy vehje ehaa bodah e story kiyaahihvaakan enguneema and Varah ufaavrhje e story ehaa kamudhaa kan enguneemaves.. yess dear. Story upkuran eysh hamajassaafa innaanee week aku 2 part.. mihaaru genesdheyn hamajasdaafa innaanee sunday and Wednesday ga.. ? thank u so much dear ?❤❤
woww great. v furihama mibaives
Thank u so much dear.. v ufaavehje ?❤