އެމީހުން އެއްޗެކޭ ކީމަ ގޯސްވަނީ.. ކަލެޔަށް އުޅެވޭ ގޮތެއް ނޭނގެ ދޯ ތިހެން ކިޔާއިރު.. އެމީހުންގެ ގައިގަ އިނގިލިކުރި ޖައްސާލިޔަސް ކަލޭ ކުރި ހުރިހާ ކަމެއް ހެއްކާއިއެކު މީޑިއާއަށް އަޅައިލާނަން..” ދަތްކުނޑިވިކައިލަމުން ޔަޝާލް ބުންޏެވެ. ޒާއިދުގެ މޫނުމަތި ރަތްވެގެން ދިޔައީ ހަނދުކޭތަ ހިފާ ވަގުތު ހަނދަށް އިރުގެއަލި އެޅޭ ފަދައިންނެވެ. ކުއްލިއަކަށް ޒާއިދު ޔަޝާލްގެ ކަރުގައި ހިފުމަށްފަހު ފާރަށް ގަންނަވައިލިއެވެ. “ކަލޭތީ މަގޭ ކޮއްކޮގެ ދަރިއެއް ނޫންނަމަ ކަލޭ ހުންނާނީ ބިމު އަޑީގަ!” ދަތްކުނޑިވިކައިލަމުން ޒާއިދު ބުންޏެވެ. […]
އިރުއޮއްސޭ މަންޒަރު ބަލަން ދޮންވެލިގަނޑުގައި އިށީނދެލައިގެން އިން ބާވީސް އަހަރުގެ މައިލާގެ ކުޑަ ތުންފަތުގައި ކުރަހައިލެވިފައިވަނީ ލުއި ހިނިތުންވުމެކެވެ. ރަތް ވިލާތަކުގެ ތެރެއިން އިރު ފެނިގެން ދަނީ އޮރެންޖް އަލިފާން ބޯޅައެއްގެ ސިފައިގައެވެ. އުޑުމަތީގައި ވިލާތަށް ކުދިކުދި ކަފަކޮޅުތަކެއް ފަދައިން އުދުހެމުން ދިޔައެވެ. އިރުގެ ރަން އަލި މައިލާގެ މޫނަށް އެޅިފައިވީއިރު އޭނަގެ އޮޅަލި ކުލައިގެ ހަންގަނޑު ވިދަމުން ދިޔަ ފަދައެވެ. އިރުގެ އަލީގެ ސަބަބުން އޭނަގެ ކޮފީކުލަޔަށްދާ ކަޅިވަނީ މަޑު ޗޮކްލެޓްކުލައަކަށް ބަދަލުވެފައެވެ. ނޫ ކުލައިގެ ޝޯލްއަކާއި […]
“ކައިލް..” މައިރީން އެނދުގައި އިށީންނަމުން ކައިލްއަށް ތަންކޮޅެއް ސީރިއަސްވެލަމުން ގޮވައިލިއެވެ. ކައިލް ބުމަ އަރުވައިލަމުން މައިރީންއާއި ދިމާލަށް ބަލައިލިއެވެ. “ރުކައިންމެނާ އެއްކޮށް މައިއޭ ކިޔައިގެން ކޮން ވާހަކައެއް ދެއްކީ؟” މައިރީން އަހައިލިއެވެ. ކައިލް އެއްޗެކޭ ބުނުމެއްނެތި ކޮނޑު އަރުވައިލިއެވެ. “ކައިލްލްލް..” ކައިލްގެ ނަމަށް ދަމައިލަމުން މައިރީން ގޮވައިލިއެވެ. “އެވާހަކަ ކިޔައިދޭނީ މައިރީން އަހަރެންގެ އުނގުގައި އިށީނީމަ..” ބޯދަށަށް އަތްލައްވައިގެން އިނދެ ލާނެތް ގޮތަކަށް މައިރީންއަށް ބަލައިލަމުން ކައިލް ބުނެލިއެވެ. ***ޕާޓް 39*** މައިރީން ދެ ކޯތާފަތް ހީވަނީ […]
ރުކައިން އޭނައަށް ދެއްކެނީ ކައިލްގެ އަނބިމީހާގެ ވާހަކަކަމެއް ނޭނގި ކައިލްއަށް ކިޔައިދިނެވެ. ރުކައިންގެ ވާހަކަ އަޑުއިވި ކައިލްގެ އަތު ގައި އޮތް ކޮތަޅަށް ބާރުކޮށްލެވުނެވެ. އެ މޫނުމަތިން ނުރުހުމުގެ ކުލަތައް ފާޅުވެގެން ދިޔައެވެ. ***ޕާޓް 38*** ގެއަށް ވަނުމާއިއެކު އަރީޝާއާއި މައިރީންގެ ހުނުމުގެ އަޑު އެމީހުންނަށް މަރުހަބާކިއެވެ. އަރީޝާއާއި މައިރީން ދިޔައީ މަޖާ ވާހަކައެއްގައި ތިބެގެން ދޮން އަނބުކޮށަމުންނެވެ. ކިރަމް ދެމީހުންގެ ވާހަކަ އަޑުއަހަން ހެވިފައި ހުއްޓެވެ. އަރީޝާ ގާތުއިން މައިރީން ފެނި ރުކައިންއަށް ދެލޯ ބޮޑުކޮށްލާފައި […]
ފަހަތަށް ޖެހެމުން އެތަނުން ސަލާމަތްވާނެ ދޮރެއް ފެނޭތޯ މައިރީންގެ ބޮޑު ދެލޯ ހޯދަމުން ދިޔައެވެ. މައިރީން ދޮރާއި ދިމާލަށް ދުއްވައިގަންނަން އުޅުނު ވަގުތު ކައިލް ކުރިމައްޗަށް އަރައި މަގު ބަންދުކޮށްލިއެވެ. އަދި މައިރީންގެ ގައިގައި ބައްދާލައި މައިރީންވެސް ފިޔާތޮށިކުލައިން ތެންމާލިއެވެ. އެއާއެކު މައިރީންގެ ހުނުމުގެ އަޑާއި ހަޅޭކުގެ އަޑު އެތާ ގުގުމާލިއެވެ. ކުއްލިއަކަށް މީހަކު ކައިލްގެ ފުރަގަހުން އިސްތަށިގަނޑުގައި ހިފައި ފަހަތަށް ދަމައިގަތެވެ. ***ޕާޓް 37*** މައިރީންގެ ހަށިގަނޑުން ދޫކޮށްލުމަށްފަހު ކައިލް ފަހަތް ބަލައިލިއެވެ. އޭރު އޭނަގެ […]
މަަޔާންގެ އަނިޔާވެރި އަމަލުން އޭނަގެ ސިކުނޑީގައި ފޮރުވާފައިވި މާޒީ ހަނދާނަށް އަންނަން ފެށިއެވެ. ކުރިމަތީގައި އޮތް ބޭސްކާޑު ފެނުމުން މަޔާންގެ ބޮލަށް ވަދުނީ އެންމެ ނުބައި ހިޔާލެވެ. މަޑު ތުރުތުރަކާއިއެކު މަޔާން އެ ބޭސްކާޑު ނެގީ މި ވަގުތީ ދުނިޔެއާ އަލްވަދާއު ކިޔަން ހިތައް އަރުވައިގެންނެވެ. ***ޕާޓް 36*** މަޔާން ބޭސްކާޑުން ފަސްވަރަކަށް ބޭސްގުޅަ ވަކި ކުރުމަށްފަހު އަތަށް އަޅައިލިއެވެ. ލަޔާޝާ ފުންކޮށް ނޭވާލަމުން މަޔާންއާއި ދިމާލަށް ބަލައިލިއިރު އޭނަގެ މޭގަނޑު އަނގަޔަށްނައީ ކިރިޔާއެވެ. އަމިއްލަ ނަފްސު […]
ސިޓިންރޫމްގެ ބޮކި ދިއްލުމުން އެތަން އަލިވެގެން ދިޔައެވެ. ސޯފާގައި އިށީނދެގެންއިން މީހާ ފެނި އަލިޝްކާގެ ދެބުމަ ގޮށްޖެހުނެވެ. “އައިދަން؟” އަލިޝްކާއަށް ގޮވައިލެވުނެވެ. އައިދަން ވަރުބަލި ގޮތަކަށް އިސްއުފުލައިލާ ބަލައިލިއެވެ. “މިހާރު ކާކު މަރާފަ މަގޭ ކައިރިއަށް ތިއައީ؟” ރުޅިވެރި ރާގަކަށް އަލިޝްކާ އަހައިލިއެވެ. ***ޕާޓް 35*** އަލިޝްކާގެ އަޑުގައިވި ނުރުހުން އިވި އައިދަންއަށް އިސްޖަހައިލެވުނެވެ. ދެބުމަ ގޮށްގަހައިލައިގެން އަލިޝްކާ ހުރިއިރު އޭނަގެ މޫނުމަތި ވަނީ މޫސުން ރީތި ދުވަހެއްގެ އުޑު މައްޗަށް އަޅި ވިލާގަނޑެއްވެރިވެފައިވާ ފަދައިން ބަނަވެފައެވެ. […]
“ކޮ..ކޮން ދެކުދިންނެއް..” މައިރީން އަޅައަޅައިގަންނަމުން އެއްސެވެ. “ދަރިފުޅާ ކައިލްއާއެއްނުން..” ރިޔާޒްގެ ޖުމުލައިން ދެލޯ ބޮޑުކޮށްލާފައި ބިރެއް ފެނުނުހެން މައިރީންއަށް ކައިލްއާއި ދިމާލަށް ބަލައިލެވުނެވެ. މައިރީންގެ މޫނަށް އަރައި ފޭބި ކުލަވަރުން ކައިލްއަށް އޭނަގެ ހިނިގަނޑު ހިފަހައްޓާލަން މަޖުބޫރުވިއެވެ. ***ޕާޓް 34*** މައިރީންގެ އަތުގައި ހިފާ ރިޔާޒް އެތާ ހުރި ގޮޑީގައި ބޭންދިއެވެ. މައިރީންގެ ކައިރީގައި ކައިލް އިށީނދުނުއިރު، ކައިލް ހުރީ ހިނިގަނޑު ހިފައްޓައިލައިގެންނެވެ. މައިރީންގެ މޫނު ރަތްކަމުން ޗެރީކޮޅެއް ފަދައެވެ. ކައިލްއާއި ދިމާލަށް އޭނަގެ ވާން އުޅޭ […]
“ކައިލްއަކަށް ނޭނގޭނުން އެއީ ކާކު ކަމެއް އެހެންވީމަ އަނގަމަޑުންލައިގެން ހުރޭ..” ކައިލްގެ އަތުގައި ޖަހައިލަމުން މައިރީން ބުންޏެވެ. “ހޫން ހެވޭ ހެވޭ އަވަހަށް ސައިބޯން އުޅޭ..” ކައިލް ހީލަމުން ބުނެލިއެވެ. މައިރީން އޭނަގެ ވާން އުޅޭ ފިރިމީހާއަށް ޖެއްސުންކުރާނެ ގޮތް ކައިލްއަށް ކިޔައިދެމުން ދިޔައިރު، އެއްއިރެއްގައިވެސް ކައިލް އޭނަގެ ވާން އުޅޭ ފިރިމީހައަށް ވެދާނެއެކޭ މައިރީންގެ ހިތަކަށް ނާރައެވެ. ***ޕާޓް 33*** ދުވަސްތައް ފާއިތުވެގެން ދިޔައީ އެކި މީހުންގެ ހިތްތަކަށް އެކި އިހްސާސް ގެނުވަމުންނެވެ. މަޔާންއަށް ވޭތުވެ […]