Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ހިތް އެދެ ޔާރާ ތިއޭ – 38

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
September 7, 2025 5 Mins Read
34 Comments

ރުކައިން އޭނައަށް ދެއްކެނީ ކައިލްގެ އަނބިމީހާގެ ވާހަކަކަމެއް ނޭނގި ކައިލްއަށް ކިޔައިދިނެވެ. ރުކައިންގެ ވާހަކަ އަޑުއިވި ކައިލްގެ އަތު ގައި އޮތް ކޮތަޅަށް ބާރުކޮށްލެވުނެވެ. އެ މޫނުމަތިން ނުރުހުމުގެ ކުލަތައް ފާޅުވެގެން ދިޔައެވެ.

***ޕާޓް 38***

ގެއަށް ވަނުމާއިއެކު އަރީޝާއާއި މައިރީންގެ ހުނުމުގެ އަޑު އެމީހުންނަށް މަރުހަބާކިއެވެ. އަރީޝާއާއި މައިރީން ދިޔައީ މަޖާ ވާހަކައެއްގައި ތިބެގެން ދޮން އަނބުކޮށަމުންނެވެ. ކިރަމް ދެމީހުންގެ ވާހަކަ އަޑުއަހަން ހެވިފައި ހުއްޓެވެ. އަރީޝާ ގާތުއިން މައިރީން ފެނި ރުކައިންއަށް ދެލޯ ބޮޑުކޮށްލާފައި އާހިލްއާއި ދިމާލަށް ބަލައިލެވުނެވެ. އޭރު އާހިލްގެ ދެލޯވެސް ހީވަނީ އޭގެ މަގާމް ދޫކޮށް ވެއްޓިދާނެ ހެންނެވެ. ކައިލްގެ ދެ އެކުވެރިން އުޅޭ ގޮތުން ކައިލް ގާތަށް ހިނިއައެވެ. “ކޮން ވާހަކައެއް މަންމަމެން ތި ދައްކާލަނީ..” ހީލަމުން އަތުގައި އޮތް ކޮތަޅު މޭޒުމަތީގައި ބަހައްޓަމުން ކައިލް އަހައިލިއެވެ. “މި ދައްކަނީ މަންމަމެން މެލޭއަށް ދިޔައިރުވީ ކަމެއްގެ ވާހަކަ ދޯ ދަރިފުޅާ.. އަސްލުވެސް މަންމަ ވަރަށް ދެރަވި ދަރިފުޅުމެންގެ ކައިވެންޏަށް ނާދެވުނީމަ.. އެދުވަހު މަންމަގެ ރިޕޯޓު ޑޮކްޓަރަށް ދައްކަން އޮތީމަ ކިހިނެތްދޯ އާދެވޭނީ.. އެހެންވެ މާލެއަށް އާދެވުނުހާ އަވަހަށް ރަށަށް އައިސް މިގެއަށް މިއައީ..” އަރީޝާ ހިނިއައިސްފައިހުރެ ބުންޏެވެ.

އަރީޝާއަށް ދެލޯ ބޮޑުކޮށްގެން ކައިލްގެ ފަހަތުގައި ތިބި މީހުން ފެނުމުން ހައިރާންވިއެވެ. “ކައިލް މީ ކޮން ބަޔެއް؟” އަރީޝާ އަހައިލިއެވެ. “މިއީ އަޅުގަނޑުގެ ދެ އެކުވެރިން… ރުކައިންއާއި އާހިލް.. ކައިވެނި ކުރީމަ ކެޔުން ދޭށޭ ކިޔާވަރުން މި ގެނައީ.. މިހިރީ އަހަރެންގެ މަންމައާ ދެން އަހަރެންގެ އަނބިމީހާ މައިރީން..” މައިރީންގެ އުނަގަނޑުގައި އަތް އަޅުވައިލަމުން އޭނަގެ މަންމަގެ ސުވާލަށް ޖަވާބު ދިނުމަށްފަހު މައިރީން ތަޢާރަފުކޮށްދިނެވެ. އެއާއެކު ރުކައިންއާއި އާހިލްގެ ކަތުރުކަށިގަނޑު ބިންމަތީ ޖެހުނުފަދައެވެ.

ކައިލްގެ އަތް މައިރީންގެ އުނަގަނޑަށް އިހްސާސްވުމުން މައިރީންގެ ހަށިގަނޑަށް ހޫނުކަމެއްވެރިވިއެވެ. މަޑުމަޑުން ތުންފަތުގައި ދަތްއަޅައިލަމުން މައިރީން އިސްޖަހައިލިއެވެ. މައިރީންއަށް އައި ބަދަލުން ކައިލް ގާތަށް ލާނެތް ހިންޏެއްއައެވެ. “އެހެންދޯ ވަނީ.. ދެކުދިން ސިޓިންރޫމަށް ދާންވީނުން.. އަދި މެންދުރުގެ ކެއުން ތައްޔާރުވެސްނުވެ.. ހަމަ އެހާ ބަނޑުހައިވެގެންތަ މި ދެކުދިން އަނގަތައް ހުޅުވައިގެން މިހުންނަނީ..” ހިނިއައިސްފައި އަރީޝާ ސުވާލުކޮށްލިއެވެ. އަވަސް އަވަހަށް ރުކައިން އާއި އާހިލް އަނގަ ލައްޕާލަމުން ބޯކަހައިލިއެވެ. “އެ.. އެ..އީ.. މީ.. އަނެއް.. ކައިލް މަންމަ އެހާ ރީތިވީމަ..” އަޅައަޅައިގަންނަމުން އާހިލް ބުނެލި ޖުމުލައިން ފެންބޯން ހުރި ކައިލް ކޮށިއަރައިގެން ދިޔައެވެ.

މައިރީން ނުހޭންވެގެން އަނގަމަތީ އަތް އަޅައިލިއިރު، ރުކައިން އާހިލްގެ ކޮނޑުގައި ބޮޑިއެއް އެޅިއެވެ. ކިރަމް ކަރުކެހިލަމުން އަރީޝާގެ އުނަގަނޑުގައި ހިފައި ކައިރިކޮށްލިއެވެ. “އެހެމް އެހެމް.. ތި ކިޔަނީ އަހަރެންގެ އަނބިމީހާގެ ވާހަކަ.. އަހަންނަށް ހީވަނީ އާހިލް ތަންކޮޅެއް ކުޑަ ކަންނޭނގެ އަރީޝާއަށް..” ދެބުމަ ކައިރިކޮށްލަމުން ކިރަމް އާހިލްއަށް ބުންޏެވެ. އޭރު އާހިލް ހުރީ ލަދުންގޮސް ހަލާކުވާ ވަރުވެފައެވެ. އޭނަ އެހެން ބުނީ އެއްވެސް ގޯސް ނިޔަތަކުއެއްނޫނެވެ. އެކަމަކު ކިރަމްގެ ވާހަކައިން އާހިލްގެ ކަންފަތް ރަތްވާން ފެށިއެވެ. “މާފްކުރޭ ކައިލްގެ ބައްޕާ.. އަޅުގަނޑު އެހެން ބުނި އެއްޗެއް ނޫން އެއީކީ..” އާހިލް އިސްޖަހައިގެން ހުރެ ބުންޏެވެ.

އަރީޝާ އަދި މައިރީން ދިޔައީ ބަނޑަށް އަޑުއިވޭވަރަށް ހެމުންނެވެ. އާހިލްއަށްވީ ގޮތުން ކިރަމް ގާތަށްވެސް ހިނިއައެވެ. “ދެން ތިބުނީ އަހަރެންގެ ލޯބިވާ އަނބިމީހާ ހަޑިއޭތަ؟” އާހިލް އިތުރަށް ތަޅުވައިލަން ކިރަމް ބުންޏެވެ. އާހިލް އަވަސް އަވަހަށް ދެފަރާތަށް ބޯ ހޫރައިލިއެވެ. އޭރު އާހިލްގެ މޫނު އެއްކޮށްހެން ވަނީ ރަތްވެފައެވެ. “ސާބަހޭ ބައްޕާ.. އާހިލް ނޫޅޭ އަހަރެންގެ ދޮންބައްޕައަށްވާ ހިތަކުން.. ބައްޕަވެސް ދައްކާ ވާހަކަ ދޯ..” ކައިލް ބޯ ހޫރައިލަމުން ބުންޏެވެ. “އަލަށް މި ފެންނަނީ ފިރެހެނެއް އެހާ ބޮޑަށް ބްލަޝްވާތަން..” މައިރީން ހިނިއައިސްފައިހުރެ އާހިލްއާ ދިމާކޮށްލިއެވެ.

“އަހަރެން ބޭރަށް ޖެހިލަން އެބަ ވައިކޮޅެއް ޖައްސާލަން..” އެހެންބުނެ ބާރު ބާރަށް ހިނގާފައި އާހިލް ބޭރަށް ނުކުތުނެވެ. “މިއޮތް ރަތްދައްކާ އަވީގަ ކޮން ވަޔެއްތަ ޖެހޭނީ..” ރުކައިން އާހިލްއަށް އަޑުއިވޭ ވަރަށް ގޮވައިލިއެވެ. އާހިލް އެއްޗެކޭ ނުބުނެ ދިޔުމުން އޭނަ އެދިޔައީ ލަދުންކަން އެންމެނަށް އެނގުނެވެ. “ބައްޕަވެސް ކުރާ ކަންތައް.. އެސޮރު ރަނގަޅަށް ލަދުގަނުވައިލާފިއޭ…” ކިރަމްގެ ބަނޑުގައި މަޑުމަޑުން އުޅަބޮށިން ޖަހަމުން ކައިލް ބުންޏެވެ. “ދެން އަހަރެންގެ އަނބިމީހާ އަތުލަން އުޅެންޏާ އެހެނެއްނުންވާނީ.. މިހާރުގެ އަންހެނުންވެސް ޒުވާން ކުދިންނަށް ނުލާހިކު ހިތްކިޔާނެ.. ކައިލްވެސް މައިރީންއަށް ރަނގަޅަށް ބަލާތި.. ކައިލް ތިއީ މައިރިންއަށްވުރެ ފަސް އަހަރު ބޮޑު މީހެއް.. އެހެންވީމަ އަވަހަށް މުސްކުޅިވާނީވެސް ކައިލްއެއްނުން..” ކިރަމް ލާނެތް ގޮތަކަށް ބުނެލިއެވެ.

“ބައްޕަ އެއްގޮތަކަށްވެސް އެހެންވީމަ މަންމައަކަށް އިތުބާރެއް ނުކުރަންދޯ.. މިހާރު ގާތް ގަޑަކަށް ވެދާނެ ތިރީސް އެއް އަހަރުވަރު ތި ކައިވެންޏަށް.. އެކަމަކުވެސް އިތުބާރު ނުކުރާކަން ތިޔަ ފެންނަނީ.. ކީތްކުރާނީ މި ފިރެހެނުންގެ ހިތަކީ ޝައްކުބަލި ބޮޑު އެއްޗެއް..” މައިރީން މަޖަލަކަށް ބުނެލިއެވެ. “ބައްޕައަށް އަޑުއިވޭ ގައިމު އަންހެނުންނޭ ޝައްކުބަލި ބޮޑީ..” ކިރަމް ހިނިއައިސްފައި ބުންޏެވެ. “އެހެންވިއްޔާ ބައްޕަ ތީ އަންހެނެއްދޯ…” މައިރީންގެ ޖުމުލައިން އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. “ބައްޕާ ތި ޖަދަލުކުރެވެނީ ލޯޔަރަކާ.. ބައްޕަ މޮޅު ނުވާނެކަން ހަނދާން ބަހައްޓައިގެން ޖަދަލުކުރަންޏާ ޖަދަލުކުރަންޖެހޭނީ..” ކައިލް ހެމުން ބުންޏެވެ. “އެހެންދޯ މިވަނީ.. ކައިލްއަށް ކެތްތެރިކަން ދެއްވާތޯ ބައްޕަ ދުޢާ ކުރާނަން..” ކިރަމް ބުންޏެވެ. އެކަހަލަ މިކަހަލަ ވާހަކައެއްގައި ތިބެގެން އެންމެންވެގެން މެންދުރުގެ ކެއުން ތައްޔާރުކުރަން ފެށިއެވެ.

މައިރީންގެ ރަހީނު ކޭހުގެ ބައްދަލުވުމެއް ރިޕޯޓަރުންނާއިއެކު ފުލުހުން ބާއްވާތީވެ، އަލިޝްކާ ހުރީ އައިނާއާއިއެކު އެތަނުގައެވެ. “މިފަދަ ކުޑަކުޑަ ގައުމެއްގައި ކުށް ގިނަވުމަކީ ވަރަށް ބިރުވެރިކަމެއް.. އޭގެ ސަބަބުން އާންމު ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭކަމެއް.. ހިތާމައަކީ އެހާ ކުށް ގިނަވެފައިވީއިރުވެސް ކުށްވެރިންނަށް އެމީހުންނަށް ލިބެންޖެހޭ އަދަބު ނުލިބޭތީ.. އެމީހުން ސަލާމަތްވާތީ.. އަނިޔާ ލިބުނު ފަރާތަށް އިންސާފު ނުލިބޭތީ.. އޭގެ ސަބަބުން އަޅުގަނޑުމެންނަށް ތިބޭފުޅުންނަށް ކުރަންޖެހޭ އިތުބާރެއް ނުކުރެވޭ.. އަޅުގަނޑުގެ ސުވާލަކީ ތިބޭފުޅުންނަށް ކުށްވެރިން ހައްޔަރު ނުކުރެވެނީ ކީއްވެގެންތޯ؟ ހައްޔަރު ކުރާ ކުށްވެރިއެއްވިއްޔާ ސަބަބަކަށް ނުވާ ސަބަބެއްގައި ދޫކޮށްލަނީ ކީއްވެތޯ؟ އަންމު ނިކަމެތި ރައްޔިތުމީހާއަށް އިންސާފު ލިބުމަށް ހުރަސް އެޅެނީ ކީއްވެތޯ؟ އައިޝަތު މައިރީން ރިޔާޒްއަކީ ލޯޔަރެއް.. ކުށްވެރިންނަށް އިންސާފު ހޯދުމަށްޓަކައި މެދު ކެނޑުމެއްނެތި މަސައްކަތް ކުރަމުން އަންނަ ހީވާގި ދިވެހި ދަރިޔެއް.. އެފަދަ ގޮތަކަށް މައިރީން ރަހީނު ކުރުމުން އަޅުގަނޑުމެން އެންމެންވެސް މިތިބެނީ ވަަރަށް ބޮޑު ބިރުވެރިކަމެއްގެތެރޭގަ.. މައިރީން ރަހީނުކުރި ކުށްވެރިން ހޯދިއްޖެތޯ؟..” އައިނާ މައިކު ހިފައްޓައިގެން ސާބިތުކަންމަތީ ހުރެ ވާހަކަ ދެއްކިއެވެ.

“އާދެ އަޅުގަނޑުމެންވެސް މި މަސައްކަތް ކުރަނީ އައިޝަތު މައިރީން ރިޔާޒްގެ ކުށްވެރިން ހޯދުމަށްޓަކައި އިނގޭތޯ.. ތިޔަ ބޭފުޅުންގެ އެއްބާރުލުން އަޅުގަނޑުމެންނަށް ވަރަށް މުހިންމު..” ކަރުކެހިލަމުން ޒާއިދު ބުންޏެވެ. “ކުއްވެރިން ހައްޔަރު ކުރުމަށް މަސައްކަތް ކުރާއިރު، ކުއްވެރިންގެ މައުލޫމާތުތައް ހަބަރުތަކަށް ނުދެވެނީ ކީއްވެތޯ؟ އަޅުގަނޑުމެންނަށް ކުއްވެރިންގެ މައުލޫމާތު އެނގޭނަމަ އެމީހުން ހައްޔަރު ކުރަން ފަސޭހަވާނެއެއްނުންތޯ؟” އަލިޝްކާ ވާހަކަ ދެއްކިއެވެ.

ރިޕޯޓަރުން ކުރަމުންދިޔަ ސުވާލުތަކުން ޒާއިދުގެ ނިތްމަތިން ދާ ތިކި ހިލެމުންދިޔައެވެ. އޭނަގެ މުޅި ހަށިގަނޑަށް ދިލަ ހޫނުކަމުގެ އަސަރު ކުރަމުންދިޔައެވެ. “ކުއްވެރިންގެ މައުލޫމާތަކީ ސިއްރު ކުރެވިފައި އޮންނަ އެއްޗެއް.. އެއީ އިންސާނީ ހައްގުތަކުގެ ތެރެއިން ހައްގެއް.. އެހެންކަމުން އަޅުގަނޑުމެންނަށް ކުއްވެރިންގެ ހަބަރު ހެއްކަކާ ނުލައި ފަތުރަން ދެވޭކަށް ނެތް..” ޒާއިދު ވާހަކަ ދެއްކިއެވެ. “އެމީހުން އެހެން އިންސާނުންގެ ހައްގުތަކަށް އެރައިގެން ނަމަވެސް އެމީހުންގެ ހައްގުތަކަށްތޯ ފުރަތަމަވެސް އިސްކަންދޭން ޖެހެނީ؟ ތިހެންވަންޏާ އަނިޔާ ލިބުނު ފަރާތަށް އޮތް އިންސާފަކީ ކޮބާތޯ؟” އައިނާ ވަރުގަދަ ރައްދެއް ޒާއިދުގެ ވާހަކައަށް ދިނެވެ. އެއާއެކު ޒާއިދުގެ އަނގަ ލެއްޕިގެން ދިޔައެވެ. “އެހެން ސުވާލެއް ނެތިއްޔާ މި ވަގުތަށް މި ބައްދަލުވުން ނިންމާލީ.. ބައްދަލުވުމަށް އައިސްދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރުއަދާކުރަން..” ކަރުކެހިލަމުން ޒާއިދު ބުނެލިއެވެ.

އައިނާގެ ތުންފަތް އެއްމިޔަކަނުން ދެމިގެން ދިޔައެވެ. އަލިޝްކާވެސް ހިނިއައިސްފައި އައިނާއަށް ބަލައިލިއެވެ. “އައި ވަރަށް މޮޅު އިނގޭ.. އޭނަ ބަސްހުއްޓިގެން ހަމަ އެދިޔައީ..” އަލިޝްކާ ތަޢުރީފްކޮށްލިއެވެ. “ހޫމް ހަމަ ރަނގަޅަށްވެސް.. ބޮސް ކައިރީ ނުބުނައްޗޭ.. އަހަރުން މަރާނެ އެސޮރަށް އެނގިއްޖެއްޔާ..” އައިނާ ދުލުކުރީގައި ދަތް އަޅައިލަމުން ބުންޏެވެ. އަލިޝްކާ ދެލޯ ބޮޑުކޮށްލިއެވެ. “އެއީ ކީއްވެ؟” އަވަސް އަވަހަށް އަލިޝްކާ އަހައިލިއެވެ. “އޭނަ އެހާ ގަބޫލެއް ނުވާނެ އަހަރެމެން ޒާއިދު ކަހަލަ ޑޭންޖަރަސް މީހުން ކައިރިއަށްދާކަށް.. އެހެން ރޫޑްކޮށް ހުއްޓަސް ބޮޑު ސޮފްޓީއެއް އެއީ… އަހަރުންނާ މެދު ވަރަށް ވިސްނާނެ..” އައިނާ ހެމުން ބުންޏެވެ. އެމީހުންނަށް ކޮކާ.އެމްވީ އިމާރާތުގެ ދޮރާއި އަރައި ހަމަވީއިރު ޔަޝާލް ހަށަން ބަނދެލައިގެން ހުރުމުން ދެމީހުންގެ ހިތް ޑަންޑަންލާން ފެށިއެވެ.

އައިނާ ތުންފަތުގައި ދަތް އަޅައިލައިގެން އަލިޝްކާއާއި ދިމާލަށް ބަލައިލިއިރު އަލިޝްކާ ހުރީ އިސްޖަހައިލައިގެންނެވެ. “ދެމީހުން ކޮންތާކަށް ގޮސްލާފަ ތިއަންނަނީ؟” ޔަޝާލް ވަރަށް ހަމަޖެހިލާފައި ސުވާލުކޮށްލިއެވެ. އޭނަގެ ކެބިންއަށް އަންނަން އިޝާރާތްކޮށްލުމަށްފަހު ސޯފާ ދެމީހުންނަށް ދައްކާލިއެވެ. “ކުޑަކުޑަ ބައްދަލުވުމަކަށް ގޮސްފަ..” އައިނާ އިށީންނަމުން ބުނެލިއެވެ. ޔަޝާލް ބޯޖަހައިލުމަށްފަހު ޓީވީ ހުޅުވައިލިއެވެ. އެއިން ފެނިގެން ދިޔައީ ދެންމެ ބޭއްވުނު ބައްދަލުވުމެވެ. އައިނާއާއި އަލިޝްކާވެސް ޓީވީއަށް އަރައިފައި ހުއްޓެވެ. އަލިޝްކާއަށް ހިންދިރުވައިލެވުނެވެ. “އަހަރެން ހީކުރީ އައިނާއަށް ތަންކޮޅެއް ވިސްނޭނެކަމަށް.. ތިހެން ހެދީމަ އަހަރުންނަށްށޭ ހުރިހާ ރޯޅިއެއް އަންނާނީ..” ޔަޝާލް ހަރުކަށި ރާގަކަށް ބުންޏެވެ.

“ޔަޝާލް މާ ބޮޑަށްށޭ ތިވިސްނަނީ.. އެމީހުނަށް އަހަރުންނަށް ކީއްކުރެވޭނީ؟ ކަމެއްކޮށްފިއްޔާ ރައްޔިތުން އެމީހުން ކުޑަ ކުރާނެ..” އައިނާ ހަމަޖެހިލަމުން ބުންޏެވެ. “ޒާއިދު އަކީ އަހަރެންގެ-” ޔަޝާލް އޭނައަށް ބޭރުކުރެވެން އުޅެވުނު ޖުމްލަ މެދުކަނޑައިލިއެވެ. އޭނަ ދުލުގައި ދަތް އަޅައިލަމުން މޫނު އަނބުރައިލިއެވެ. “ކާކު؟” ޔަޝާލްގެ ކުރިމައްޗަށް އަރަމުން އައިނާ ބުންޏެވެ. “ޔަޝާލް! ޒާއިދުއަކީ ޔަޝާލްގެ ކާކު؟؟” ހައިރާންވެފައި ހުރެ ހަރުކަށި ގޮތަކަށް އައިނާ އެއްސެވެ. “އަހަރެން މިއީ އައިނާގެ ބޮސް.. އަހަރެންގެ ކުރިމަތީ އަޑުގަދަކުރަން ނަހަދާ.. ދެން އެ ކޭސްގެ އެއްވެސް ކަމަކާ އުޅޭ މީހަކަށް މިތާ ވަޒީފާއެއް އަދައެއް ނުކުރެވޭނެ!” ޔަޝާލް ހަރުކަށިކަމާއިއެކު އެހެން ބުނެ އެތަނުން ނިކުމެގެން ދިޔައެވެ.

ވާރޭކަނިތައް މަޑު މިޔުޒިކެއް ފަދައިން ފުރާޅަށް ވެއްޓެމުން ދިޔައެވެ. ކުޑަދޮރުގެ ބިއްލޫރިގަނޑުގައި ވާރޭ ތިކިތައް ބީހިލާފައި ވެއްޓެމުން ދާ މަންޒަރަކީ ބަލަބަލާވެސް ފޫހިވާނެ މަންޒަރެއްނޫނެވެ. މާލެތެރެއާއި ހިލާފަށް ކުޑަދޮރުން ބޭރުބަލައިލުމުން ގަސްތަކާއި ރުއްތަށް ޖެހެމުންދިޔަ ވަޔަށް ނަށަމުން ދާތަން ފެނެއެވެ. ކުޑަދޮރުން ބޭރު ބަލަން އިން މައިރީންގެ ހިތަށް އެ ފިނި ރޭގެ ފިނިކަން ވަންނަމުން ދިޔައެވެ. ނިދަންލާ ކެހެރިބޯ އަތްދިގު ދަނބުކުލައިގެ ބެގީކޮށްފައި ހުރި ނިދާހެދުމާއިއެކު، އެވައްތަރުގެ ހަރުވާޅެއްލައިގެން މައިރީންއިން އިރު ނުހަނު މައުސޫމު ކަމަށް ދައްކައެވެ.

ކައިލް ކޮޓަރިއަށް ވަނުމުން މައިރީން ފިނިވިއެވެ. އެހެންނަމަވެސް ފަހަތަށް އެނބުރުމެއްނެތި ކުޑަދޮރުން ބޭރުބަލަން މައިރީންއިނެވެ. “އަހަރެން އެހެން ބުނީމަތަ ރަންނަމާރިއަށް ތައްޔާރުކޮށްފަ އިންނަ ކުއްޖަ އިންނަހެން ތި އިންނަނީ؟” ކައިލްގެ ލާނެތް ޖުމުލައިން މައިރީންގެ ގާތަށް ހިނިއައެވެ. އެހެންނަމަވެސް ލޯއަޅައިލިއެވެ. “މިރޭ އަހަރެން އޮންނާނީ އަހަރެންގެ އެނދުގަ.. އަހަރެންނަށް މިއަދުކޮށްލިވަރުންވެސް ގައިގަ ރިއްސާއެބަ..” ކައިލް އެނދު މައްޗަށް ވެއްޓިގަންނަމުން ބުންޏެވެ. އެހެން ބުނުމުން މައިރީން މަޑުން އިނދެފައި ސޯފާ ކައިރިއަށް ހިނގައިލާފައި ދިޔައެވެ. “އަހަރެން ކޮންއިރަކު ބުނީ މައިރީން ތިތާ އޮންނާށޭ.. އާދޭ އެނދަށް.. ތިތާ އޮވެ ނިދާފިއްޔާ މިތަނަށް އުރައިލާގެންވެސް ގެންނާނަން.. އޭރުން ފަހަރެއްގަ އަހަރެންނަށް ކުރަންނުވާވަރު ކަމެއް ކުރެވިދާނެ މި ވިއްސާރަރޭގަ.. އަހަންނަކީވެސް ފިރެހެނެއް..” ލާނެތް ގޮތަކަށް ކައިލް ބުންޏެވެ.

މައިރީން ކައިލްއަށް ކަޅި އަޅައިލިއެވެ. “ކައިލްގެ ލާނެތްކަން ލިބިފަތިހުރީ ހަމަ ކައިލް ބައްޕަ ފަރާތުންނޭ ދޯ..” މައިރީން ބޯހޫރައިލަމުން ބުންޏެވެ. ކައިލް ހިނިގަނޑެއް ޖަހައިލިއެވެ. “ކައިލް..” މައިރީން އެނދުގައި އިށީންނަމުން ކައިލްއަށް ތަންކޮޅެއް ސީރިއަސްވެލަމުން ގޮވައިލިއެވެ. ކައިލް ބުމަ އަރުވައިލަމުން މައިރީންއާއި ދިމާލަށް ބަލައިލިއެވެ. “ރުކައިންމެނާ އެއްކޮށް މައިއޭ ކިޔައިގެން ކޮން ވާހަކައެއް ދެއްކީ؟” މައިރީން އަހައިލިއެވެ. ކައިލް އެއްޗެކޭ ބުނުމެއްނެތި ކޮނޑު އަރުވައިލިއެވެ. “ކައިލްލްލް..” ކައިލްގެ ނަމަށް ދަމައިލަމުން މައިރީން ގޮވައިލިއެވެ. “އެވާހަކަ ކިޔައިދޭނީ މައިރީން އަހަރެންގެ އުނގުގައި އިށީނީމަ..” ބޯދަށަށް އަތްލައްވައިގެން އިނދެ ލާނެތް ގޮތަކަށް މައިރީންއަށް ބަލައިލަމުން ކައިލް ބުނެލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

އެދިގެން ކަލާ ލިބޭތޯ 11

Next

އަބަދުވޭ ހިތުގާ މަގޭ 2

Next
September 7, 2025

އަބަދުވޭ ހިތުގާ މަގޭ 2

Previews
September 6, 2025

އެދިގެން ކަލާ ލިބޭތޯ 11

34 Comments!

  1. Thiththi says:
    September 7, 2025 at 9:37 am

    Hama heekuri gothah varugadha suprise eh e libunee. Mi yashal miee zaaidhu ge dhariyebbaa anekkaa! Mithiba bayegge laanekkan bodukamun ves dhoa ekamaku! Mibai ves varah reethi. Buni varah vure ves avahah vaahaka upload kureethi thank you Maash

    1. Thiththi says:
      September 7, 2025 at 11:24 am

      Adhi eh vaahaka. Nikuthuney adhi nikumethey miee ran’galhu gotheh noon. Ran’galhu gothakee nikuthey. Adhi vadhuney ves eyee ran’galhu gotheh noon. Ran’galhu gothakee vaney. Vadhejje, nikumejje, vaney, nikuthey. Miee ran’galhu goiythah! Vadhuney, nikuthuney, nikumethey. Miee kuh goiythakeh. Ummeedhu kuran mi kankan ran’galhu kuraane kamah

    2. Maash Maash says:
      September 7, 2025 at 10:14 pm

      Ehen dhww.. let’s see yashaal aa zaaidhu ge dhemedhu onna gulhun dhww.. thank you so much I’m happy U liked it… Your welcome hehe.. avahah mi part liye nimumeema upload kohley mi💜🦋

    3. Maash Maash says:
      September 7, 2025 at 10:17 pm

      Thank you so much nubai koh huri basthah faahaga kohlaafa ragalhu goii bunedheneema.. dhen oii part thakuga ragalhu kohlaanan insha allah💜🦋

  2. Anonymous says:
    September 7, 2025 at 10:21 am

    mi part vex varah reethi can’t wait for the next part

    1. Maash Maash says:
      September 7, 2025 at 10:18 pm

      Thank you darll.. I’m happy U liked it.. next part insha Allah Thursday ga..💜🦋

  3. Luna says:
    September 7, 2025 at 10:53 am

    Alheyyyy made for each other dhww whenn next part vrhh inthizaaru kurevey mi vaahakaige hurihaa parts thakkah ves.

    1. Maash Maash says:
      September 7, 2025 at 10:19 pm

      Hehe yess they are made for each other.. next part Insha Allah Thursday ga….💜🦋

  4. HAASUM'S PVT says:
    September 7, 2025 at 11:47 am

    ♡♡♡♡♡♡♡♡♡♡♡♡

    1. Maash Maash says:
      September 7, 2025 at 10:20 pm

      💜🦋

  5. AI_NA says:
    September 7, 2025 at 11:50 am

    💚💚💚💚💚💚

    1. Maash Maash says:
      September 7, 2025 at 10:20 pm

      💜🦋

  6. Aanaa says:
    September 7, 2025 at 1:07 pm

    Masha allah mi part vs vrh reethi
    Hiivs nukuran miadhu ga kiyaalan libeynekmhkh..
    Heyn vgn badah vs eba thadhuvey mihaar
    Kail ah e hury hama kiram ge laaneiykan libifa
    Mai ah e hury vrh rangalhu baeh libifa
    Kail ge mamma reethi kamunney🤦😂😂..naseebehnu kiram rulhi naai kan vs
    Zaaidh eii yashaal ge bappa tha? Vrh hiivey
    Kail r Mai ah e ulheny e mihunge hithuge feelings thkh dheyne nameh neyngigen..urrrghhh.mihaa curious kohfa ninmaaliii…haadha curious eyy dhnn
    When next?
    Lyyyy🫶🏻🫶🏻🫶🏻

    1. Maash Maash says:
      September 7, 2025 at 10:23 pm

      Thank you so much aanaa vrh ufaa vejje mi part reethi kan enguneema.. hehe kudakuda suprise ekey dhevuneedhww..
      Yess Kail ah ehury kiram he laaneikan libifa..
      Kiram dhen rulhi eh naannaane ehnun.. e ah vure sakaraai jahaa mood eh ga e hury hehe.
      Lets see zaaidhu akey yashaal ge kaaku thw dhww.. next part Insha Allah Thursday ga..
      Love you moreee💜🦋

  7. Mariam says:
    September 7, 2025 at 1:17 pm

    omg i thought monday ga kamah mi ep upload kuraany but thank uuuu ❤️
    anekkaa zaaidhu mee yashaal ge kaakubaa🤔dharibaa?? dhn vrh curious ehhehehe
    kail mn is soo cute aww. vrh loabi mi part vx masha allah
    whens next? cant wait hama 😭❤️

    1. Maash Maash says:
      September 7, 2025 at 10:24 pm

      Hehe avahah liye nimuneema up kohla dhiny.. Ur most welcome darll..
      Lets see yashaal akey zaaidhu ge kaaku thw dhww… Aww thank you so muchh I’m happy U liked it.. next part Insha Allah Thursday ga..💜🦋

  8. Shiu💜 says:
    September 7, 2025 at 1:33 pm

    Mi part vx varah Reethi Masha Allah..
    Schl in ai thanun vaahaka fenuneema varah suprise v. Thank you Maash miadhu up kodheneema 💗
    Rukain and Aahil ah v goiyy dhw 🤣
    Mai buny hama rangalhah, Kail ah E Laaneiikan libifa ehury Kail ge bappa ge faraathun 😂
    Aahil kui vx ladhun Maru vejje dhw kiram aa hedhi 🤣
    Zaaidh aky Yashaal ge kaaku baa? Bappa? 👀
    Kail and Mai is Sooo loabi 🥰
    Kail Is Sooo Romantic 🤭
    Curiously waiting for the next part.
    Lyssssm Maash 💜

    1. Maash Maash says:
      September 7, 2025 at 10:28 pm

      Thank you so much.. I’m happy U liked it..
      Hehe your most welcome darl.. avahah mi part liye nimuneema up kohley hama.. hehe yess Kail ah Kail bappa ge laaneikan libifa ehury..
      Esoru dhen avaru kureema ladhu gannaane ehnun..
      Lets see dhw zaaidhu akey yashaal ge kaakutho..
      Next part insha Allah Thursday ga..
      Love you moreee darling 💜🦋

  9. Shaf_maan says:
    September 7, 2025 at 2:43 pm

    Maasha Allah mi prt vx vrh reethi
    Rukain n Aahil dhww..
    Aahil fakeeru ladhun halaakuvefa hunnanyyy.. Hehe..
    Heehee halaaku…
    Kail haadha laanetheyyy… Hama bappa kaarin vaarutha kohfa.. Sahaadhey
    Kail haadha romantic eyy..
    Kail n mai hama best… Vrh lowbi..
    Curiously waiting
    Whn nxt???
    Tc.. Lysm Marsh 💜💜

    1. Maash Maash says:
      September 7, 2025 at 10:30 pm

      Thank you so much.. I’m happy U liked it..
      Yess aahil ladhun halaakuvefa ehury hehe..
      Dhen kail bappa ehaa laanei iru Kail vx laanei vaane ehnun..
      Next part insha Allah Thursday ga..
      Love you moreee darling 💜🦋

  10. naeen says:
    September 7, 2025 at 4:22 pm

    hii maash
    this is my first time dhivehi vhk kiyaaa and now im obsessed
    also where is mayaan mhr?
    i read 35 eps 2 3 dhuvas therey and also my besties really like your stories as well
    keep up the good work
    also when next ep??

    1. Maash Maash says:
      September 7, 2025 at 10:33 pm

      Hey naeen..
      Ohh ehentha? Vrh ufaa vejje dhivehi vhk kiyan fesheema.. dhivehi improve vaane vhk kiyanya.. mayaan adhi annaane.. adhivx kidnap vefa ehury.. oh wow damn.. I’m impressed hehe.. aww I’m happy U guys like them.. means a lot.. thank you for Ur support..
      Next ep Insha Allah Thursdayga 💜🦋

  11. Your fav bab Your fav bab says:
    September 7, 2025 at 7:33 pm

    Love this part💗💗💗💗
    Alhe aahil fakeeru landhun gos virey varu vefa e huree!!
    Aha😂😂😂😂 kail vaa romm ey dhww!!
    When next?
    Waiting impatiently

    1. Maash Maash says:
      September 7, 2025 at 10:34 pm

      Thank you darling.. I’m happy U liked it..
      Hehe Hama ragalhah vx hehe.. Kail dhen rom vaane ehnun..
      Next ep Insha Allah Thursdayga 💜🦋

  12. GURRRRL says:
    September 7, 2025 at 7:38 pm

    Mi prt vx hama vrh salhi maasha allah 💛💜
    Alheyyy.. Aahil fakeer ah thi haal nujassa..
    Ladhun marey.. Hehe
    Zaaidhu aky yashaalge kaakuba? Bappa maybe??
    Kail vrh romantic n lowbi.💛💜
    Swimming in the sea of curiosity
    When prt prt????
    Tc
    Lyy 💛💜

    1. Maash Maash says:
      September 7, 2025 at 10:36 pm

      Thank you so much darlll.. I’m happy U liked it.. hehe aahil ah anga huttaanulevunyma v goi eii dhen.. zaaidhu akey yashaalge kaakukan vrh avahah engeyne..
      Next part insha’Allah Thursdayga..
      Tc
      Love you moreee💜🦋

  13. Innathu mee says:
    September 7, 2025 at 10:20 pm

    Mi part vx vrh furihama masha Allah
    Alheyy aahil ah eyoh v gotheh dhw 🤭
    Zaaidhu ah yashaal onnany kon gulhumeh baa???
    Kail n Mai awnnn they r so cute 🙈
    Whn next part??
    Tc maash
    Ly

    1. Maash Maash says:
      September 7, 2025 at 10:38 pm

      Thank you so much darlll.. I’m happy U liked it..
      Hehe aahil dhww.. dhenfaharaku visnaafa vhk dhahkaashey esoru kairy bunan jeheyny..
      Zaaidhu and yashaal ge relation engeyne vrh avahah.. hehe they are always cute..
      Next part insha’Allah Thursdayga..
      Tc
      Love you moreee💜🦋

  14. Luna says:
    September 8, 2025 at 12:57 am

    Mi part vess Vara reethiiiii
    Allheyy kail and maireen haadha loibeyyy soo cute 🥰🥰
    And I’m very curious abt yashaal and zaaidh’s relationship
    Can’t wait for the next part
    Love ur story soo much♥️♥️♥️

    1. Maash Maash says:
      September 8, 2025 at 4:29 pm

      Thank you So muchh.. I’m happy u liked it..
      Hehe yess kail and mai are cutiess
      Yashaal and zaaidhuge relation engeyne vrh avahah..
      Next part insha allah Thursdayga..
      Aww That means a lot to mee💜🦋

  15. Laii says:
    September 8, 2025 at 1:26 pm

    Mi part vx vrh reethi
    I can’t wait next part ah hama
    Kail and maireen dhwwww🙈
    When next??
    Keep up the good work🙂🤍

    1. Maash Maash says:
      September 8, 2025 at 4:30 pm

      Thank you So muchh.. I’m happy u liked it..
      Hehe yess kail and mai are cutiess
      Next part insha allah Thursdayga..
      Thank you soo much for ur support💜🦋

  16. Oreo gurll says:
    September 8, 2025 at 7:52 pm

    ammaaaaiii. Kailll im blushing soo hardd! hama rangalhah ves kail ge bappage faraathun vaarutha vefa huri laaneikan eii.. aaaaaahhhh <3
    haha.. either way, Aina and Alishka slayeddd! ekam Yashaal is so sus now.. eyna ge kaaku tha zaaidhu akee. ehaa varakun Zaaidhu defend kuraakah e ulhenee? yk what first came to my mind? haha.. his dad! kinda unbelievable at this point!
    ekamuves, varah reethi ingey mi episode! kail bappa hama baraabaru. Aaahil fakeeru ladhu gannuvailifi rangalhah. adhi Rukain ves baiverivejjeeyy haha
    either way, love ingey mi episode! amazing.. i liked it
    when's nextt? lyysssssm Maaashh <3
    and so sorry for late replies.. been really busy lately!

    1. Maash Maash says:
      September 9, 2025 at 9:04 am

      Hehe yess Hama kail bappa faraathun vaarutha vefa huri laaneikan eii.. yeshh they were on fire.. let’s see yashaal ge kaakukan zaaidhu akey.. aww thank you so much I’m happy you liked it… Hehe yess aahil ragalhah vx ladhu ganejje.. next part Insha Allah Thursday ga.. love you moree darling.. no worries I’m happy I got a comment from U anyway 💜🦋

Comments are closed.

Next Episodeހިތް އެދެ ޔާރާ ތިއޭ – 39←


All Right Reserved!