Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ހިތް އެދެ ޔާރާ ތިއޭ – 39

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
September 11, 2025 5 Mins Read
32 Comments

“ކައިލް..” މައިރީން އެނދުގައި އިށީންނަމުން ކައިލްއަށް ތަންކޮޅެއް ސީރިއަސްވެލަމުން ގޮވައިލިއެވެ. ކައިލް ބުމަ އަރުވައިލަމުން މައިރީންއާއި ދިމާލަށް ބަލައިލިއެވެ. “ރުކައިންމެނާ އެއްކޮށް މައިއޭ ކިޔައިގެން ކޮން ވާހަކައެއް ދެއްކީ؟” މައިރީން އަހައިލިއެވެ. ކައިލް އެއްޗެކޭ ބުނުމެއްނެތި ކޮނޑު އަރުވައިލިއެވެ. “ކައިލްލްލް..” ކައިލްގެ ނަމަށް ދަމައިލަމުން މައިރީން ގޮވައިލިއެވެ. “އެވާހަކަ ކިޔައިދޭނީ މައިރީން އަހަރެންގެ އުނގުގައި އިށީނީމަ..” ބޯދަށަށް އަތްލައްވައިގެން އިނދެ ލާނެތް ގޮތަކަށް މައިރީންއަށް ބަލައިލަމުން ކައިލް ބުނެލިއެވެ.

***ޕާޓް 39***

މައިރީން ދެ ކޯތާފަތް ހީވަނީ ވިރިގެން ފައިބަފާނެހެންނެވެ. ކޯފުއްޕައިލަމުން ޝަކުވާގެ ނަޒަރަކުން މައިރީން ކައިލްއާއި ދިމާލަށް ބަލައިލިއެވެ. ކައިލް އެހެން އިނދެ އޭނަގެ ފަލަމަސްގަނޑުގައި އަތުން މަޑުމަޑުން ޖަހައިލީ އެތާ އިށީންނާށޭ ބުނާ ފަދައަކުންނެވެ. “ދެން ކައިލްލްލް.. ސީރިއަސްވެބަލަ..” މައިރީން ތުން ދަމައިލަމުން ބުންޏެވެ. “އަހަރެން ވަރަށް ސީރިއަސްއޭ ހަމަ..” ކައިލް އަޑަށް ބަރުކަން ވެރިކޮށްލަމުން ބުންޏެވެ. މައިރީން ދަތްކުނޑިވިކައިލަމުން ދާން ނުދާން އިނދެފައި އެންމެފަހުން ކައިލްގެ އުނގުގައި އިށީނެވެ. ކައިލް މައިރީންގެ ބަނޑުގައި އޭނަގެ އަތް ވަށައިލިއެވެ. “އަހަރެން ބުނީ އަހަރެންގެ ލޯބިނުވާ އަނބިމީހާގެ ގޮތް ދޫނުކުރުމުގެ ސަބަބުން މާލެއަށް ޓައިނީ ގެންދާކަށް ބޭނުމެއް ނޫނޭ.. އަހަރުންނަށް މިތާ ދިރިއުޅުމެއް ފަށައިގެން ޓައިނީ ބޭބީސް ހޯދައިގެން އުޅެވޭނެއެއްނުން.. ނުލާހިކު ހިތް ފަސޭހަ ރަށެއްވިއްޔަ މީ..” މައިރީންގެ ކޮނޑުގައި ދަތްދޮޅިއަޅުވައިލަމުން ކައިލް ބުންޏެވެ.

އޭރު ކައިލްގެ ހޫނު ނޭވާ މައިރީންގެ ކަނދުރާއަށް އެޅެމުންދިޔައެވެ. މައިރީންގެ ކަނދުރާގައިވާ ކުދިކުދި އިސްތަށިކޮޅުތަށްވަނީ ކޮޅަށް ޖެހިފައެވެ. އެހެންނަމަވެސް ކައިލްގެ ވާހަކައިން މައިރީންގެ ގާތަށް ރުޅިއައެވެ. ދެބުމަ ގޮށްޖަހައިލަމުން ކައިލްގެ އަތުތެރެއިން މިނިވަންވާން މައިރީން ގަދަ ހަދައިލިއެވެ. ކައިލް ހިނިއައިސްފައިހުރެ މައިރީންގެ ހަށިގަނޑުގައި ވަށައިލެވިފައިވި އަތަށް ބާރުކޮށްލިއެވެ. “ކައިލް ޕްލީޒް.. މައި މިއީ ކައިލްގެ އަނބިމީހާއަށްވިޔަސް މައި މިއީ ކިޔަވައިގެން ހުރި މީހެކޭ.. މައި މީ ލޯޔަރެކޭ.. ކަންތައް އުނދަގޫވާއިރު މައި ފިލީމަ މީހުން ކީކޭތަ ހީކުރާނީ..” ކައިލްއަށް ވިސްނައިދެވޭތޯ މައިރީން މަސައްކަތް ކުރިއެވެ. “އަހަރެން މީހުން ކިޔާ އެއްޗަކާ ދޭތެރޭ ވިސްނާނެހެން ހީވޭތަ؟ އަހަރެން މި މަސައްކަތް ކުރަނީ ޓައިނީ ރައްކާތެރިކުރެވޭތޯއޭ..” ކައިލް ބުންޏެވެ.

މައިރީންގެ ދެލޯ ފެންކަޅިވާން ފެށިއެވެ. “ކީތްވެތަ އެންމެން މައި ރައްކާތެރިކުރަންނޭ ކިޔާފަ މައި ކޮށީގައި ބަންދުކޮށްގެން ގެންގުޅޭހެން ގެންގުޅެނީ؟ މައި މިއީ ކުޑަކުއްޖެއްނޫނޭ.. މައިއަށް އަމިއްލަ ނަފްސު ރައްކާތެރި ކުރެވޭނޭ..” މައިރީން އަޑަށް ބާރުލަމުން ބުންޏެވެ. މައިރީންގެ ހަނދާނަށް އަންނަމުން ދިޔައީ ފުރާވަރުގައި އޭނަގެ މައިންބަފައިން ރައްކާތެރިކުރަންށޭ ކިޔާފައި ގޭގައި ބަންދުކޮށްގެން ގެންގުޅުނު ދުވަސްވަރެވެ. “އެހެންވެތަ މީގެ ހަފްތާއެއްވަރު ކުރިން ޒާއިދުމެންގެ އަތްދަށަށް މައިރީން ދިޔައީ؟ ކޮބާ އޭރު އަމިއްލަ ނަފްސު ރައްކާތެރިކުރެވިފަ؟ މާޔަލް ގޮވައިގެން އެތަނަށް ދިޔައިރު ހިތަކަށް ނާރާތަ ތިއީ ލޯޔަރެކޭ.. އަހަރެންނަށް ޖެހުނީ އެމީހުން ކައިރިން މައިރީން ސަލާމަތްކުރަން.. އެހާ މޮޅުނަމަ ކީއްވެ އެމީހުންގެ އަތްދަށުން އަމިއްލައަށް ސަލާމަތް ނުވެވުނީ؟ ދެން އަމިއްލަ ނަފުސު ރައްކާތެރި ކުރެވޭނެއޭ ކިޔާ އަނގަ ނުހުޅުވައްޗޭ.. އެދުވަހު އަހަރެން މައިރީން ސަލާމަތް ނުކުރިނަމަ މިއަދު މައިރީން ދިރި ހުންނާނެ ކަމެއްވެސް ނޭނގެ..” ރުޅިއައިސްފައި ހުރިވަރުން ކައިލްގެ އަޑު ބާރުވަމުން ދިޔައެވެ.

މައިރީން ތުންފިއްތައިލިއެވެ. ގަދަހަދައިލާފައި ކައިލްގެ އަތުތެރެއިން ނިކުމެ ދުވެފައި މައިރީން ގޮސް ފާހަނައަށް ވަނެވެ. ކައިލްއަށް އައި ރުޅީގައި މައިރީންއާއި ދިމާލަށް ކިޔުނު އެއްޗެހި ހިތަށް އެރުމުން ބޮލުގެ އިސްތަށިގަނޑަށް އަތް މަހައިލާ ވާންކޮށްލެވުނެވެ. މައިރީންގެ ގިސްލުމުގެ އަޑުއިވުމުން ކައިލް އަވަސް އަވަހަށް ފާހަނަ ކައިރިއަށް ގޮސް ދޮރުގައި ޓަކިޖަހަން ފެށިއެވެ. “ޓައިނީ ޕްލީޒް ނުކުމެބަ.. ވަރަށް ބޮޑަށް ސޮރީ.. އަހަރެންނަށް ޓައިނީއާއި ދިމާލަށް އެހެން އެއްޗެހި ކިޔުނީތީ މާފުކުރޭ.. އައި ޑިޑިންޓް މީން އިޓް… ޕްލީޒް އަހަރެންނަށްޓަކައި ޓައިނީގެ ދެލޮލުން އަގު ހުރި ކަރުނަތެކެއް އިސްރާފު ނުކުރޭ…” ކައިލް ދޮރުގައި ޓަކި ޖަހަމުން ކިޔަމުން ދިޔައެވެ.

ކައިލް ފާހަނަ ދޮރުގައި ކަންފަތް ޖައްސާލިއެވެ. އޭރުވެސް މައިރީންގެ މަޑު ރުއިމުގެ އަޑު އިވިއިވި ހުއްޓެވެ. ކައިލް ފާހަނައިގެ ދޮރުގައި ބޯޖައްސައިލިއެވެ. އޭނަ ހުރީ މައިރީން ރޮއްވާލެވުމުން ވަރަށް ބޮޑަށް ދެރަވެފައެވެ. “ރުކައިންމެންނާ ދެއްކި ވާހަކަ ބުނާނަން މި ގަޑީ ނިކުމެއްޖެއްޔާ..” މައިރީން އެތަނުން ނެރެން ކައިލް ބުންޏެވެ. ކުޑައިރުކޮޅެއްފަހުން އިސްކޫރު ދޫކޮށްލި އަޑުއިވުނެވެ. އެއަށްފަހު މައިރީން މޫނުދޮވެލައިގެން ފާހަނައިން ނިކުތެވެ. މައިރީން ހުރީ ކައިލްއާއި ހަތަރު ކަޅި ހަމަ ނުކުރާން އިސްޖަހައިލައިގެންނެވެ. ކައިލް އެއަށް ބެލުމެއްނެތި މައިރީންގެ އުނަގަނޑުގައި ހިފައި އޭނަގެ ގާތަށް ދަމައިލިއެވެ. އަދި އޭނަގެ ވަރުގަދަ އަތުތެރޭ މައިރީން ފޮރުވައިލިއެވެ.

މައިރީން ކޮންމެވެސް ވަރަކަށް ސިހުނެވެ. އެހެންނަމަވެސް މައިރީންއަށް ކައިލްއަކާ ދުރެއް ނުވެވުނެވެ. “އައިމް ސޮރީ.. އައިމް ސޯ ސޮރީ.. ޓައިނީ ރޮއްވާލާކަށްނޫން އެއްޗެހި ކީއީ.. އައި ލް..” ކައިލް އޭނައަށް ބުނެވެން އުޅުނު ޖުމުލަ އަމިއްލައަށް މެދުކަނޑައިލިއެވެ. އަދި މައިރީންގެ ކަރުނަތަށް ފޮހެލަދިނެވެ. މައިރީންގެ ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ. “ސޮރީ ގަބޫލެއް ނުކުރާނަންތަ؟” ކުޑަކުއްޖެއް ފަދައިން ކައިލް ސުވާލުކޮށްލިއެވެ. މައިރީން ބޯހޫރައިލިއެވެ. “އަހަރެންނާ ވާހަކައެއް ނުދައްކާނަންތަ؟” މައިރީންގެ މޫނުކޮޅުގައި ހިފަމުން މައުސޫމު ގޮތަކަށް ކައިލް އަހައިލިއެވެ.

މައިރީން ވާހަކަ ނުދައްކާ ހުންނަން ފެށުމުން ކައިލް ދެރަވިއެވެ. “ރުކައިން ބުނީ ޓައިނީ ތިހުރީ ވަރަށް ބޮޑު ޑޭންޖާއެއްގައޯ.. ބްލެކް މާރކެޓްގަ ޓައިނީގެ ނަން އެބަ އޮތް.. އެހެންވެ އަހަރެން މިހާ ބޮޑަށް ޓައިނީ ޕްރޮޓެކްޓް ކުރަން މިއުޅެނީ.. ރުކައިން ބުނި އެކަމް.. އަހަރެންނާ ޓައިނީއާ ޓީމްއެއް ގޮތަށް މެރީކޮށްގެން މަސައްކަތް ކުރަންޏާ ފަސޭހަވާނެއޯ.. ތީ އެންމެންގެ ހިތްތަކުން ޖާގަ ހޯދާފަ ހުރި މޮޔަ އައި މީން މޮޅު ލޯޔަރެއް.. ލިބުނު އެއްވެސް އެއްވެސް ކޭސްއެއް ކާމިޔާބުނުވެ ނިންމާލާފައެއް ނޯންނާނެއޭ އެންމެ ފުރަތަމަ ޓައިނީ އަހަންނާ ބައްދަލުވި ދުވަހު ބުނީ.. އެހެންވީމަ މިކޭސް ވަކި ކާމިޔާބު ނުވާންވީ ކީއްވެ؟” މައިރީންގެ އަތަށް މަޑުމަޑުން ފިތައިލަމުން ކައިލް އަހައިލިއެވެ. “އެހެންވީމާ… ލޯޔަރ އައިޝަތު މައިރީން ރިޔާޒް.. އޮފިސާރ އަހްމަދު ކައިލްއަށް މިކޭސް ކާމިޔާބުކަމާއިއެކީ ނިންމާލުމަށްޓަކައި އެހިވެދޭނަންތަ؟” ލާނެތް ގޮތަކަށް ހީލަމުން އެއްފައި މައްޗަށް ތިރިވެ އިނދެ ކައިލް އަހައިލިއެވެ. “އަޅުގަނޑު އައިޝަތު މައިރީން ރިޔާޒް، އޮފިސާރ އަހްމަދު ކައިލްއަށް މި ކޭސް ކާމިޔާބުކަމާއިއެކު ނިންމާލުމަށް އެހީވެދޭނަން..” ކައިލް ބުނި ލާނެތް ރާގުގައި މައިރީންވެސް ބުންޏެވެ.

ދުވަސްތައް އޭގެ ހަލުވިކަމާއިއެކު ވޭތުވަމުން ދިޔައެވެ. ދުންޔާ ޑިޔުޓީ ނިންމާފައި ހުރީ އޭނަގެ ކައިރީގައި ހުރި ފިރެހެން ޑޮކްޓަރަކާއި ވާހަކަ ދައްކާށެވެ. ދުންޔާ ބަލައި ހޮސްޕިޓަލަށް އައި ޔާދިންއަށް އެ މަންޒަރު ފެނުމުން ޔާދިންގެ މޫނުމަތި ބަނަވެގެން ދިޔައެވެ. ދުންޔާ ފޯރިއާއެކު ވާހަކަ ދައްކަން ހުއްޓާ ޔާދިން ދެފަހަރަށް ސައިކަލުގެ ބަރުގަނު އަޅައިލިއެވެ. ޔާދިން ފެނުމުން ދުންޔާ ތެޅިގަތެވެ. އަދި އަވަސްއަވަހަށް ޔާދިން ގާތަށް އައިސް ހުއްޓުނެވެ. “ކީތްކުރަން އަހަރެން ކައިރިއަށް ތިއައީ.. ދޭބަލަ އެ ޑޮކްޓަރާ ވާހަކަ ދައްކަން.. އަހަރެން އައީމަ ހީވީ ވައްކަމެއް ކުރަން ހުއްޓަ ފަޅާއެރިހެންވިއްޔަ..” ހިތްހަމަ ނުޖެހިފައި ހުރެ ޔާދިން ބުންޏެވެ.

ދުންޔާ ތުންފަތުގައި ދަތްއަޅައިލިއެވެ. “އެއްކަލަ ދިން.. އަހަރެން ދިންދެކެ އެހާ ލޯބިވާއިރުވެސް އަހަރެންނަށް ޝައްކު ކުރަނީތަ؟” ދެރަވެފައި ދުންޔާ އަހައިލިއެވެ. “އަހަރެންދެކެ ލޯބިވެޔޭ ބުނާއިރު މިހާރު އަހަރެންނަށް ވަގުތެއް ދެވޭ ކަމަކަށް ނުވޭ.. އަހަރެން ކައިރިވީމަ ވަރުބައްޔޭ އެހެން އެއްޗެކޭ ކިޔާފަ ދަނީ ދުރަށް..” ޔާދިން ޝަކުވާކޮށްލިއެވެ. “ދިން ބުނެގެންނުން އަހަރެން ޖޮބަށް ދާން ފެށީވެސް..” ދުންޔާ ބުންޏެވެ. “ހުއް މިހާރު މަގޭ ބޮލަށް އެ ކަނޑާލީ.. އަރާ ސައިކަލަށް..” ޔާދިން ދެ ބުމަ ގޮށްޖަހައިލަމުން ބުންޏެވެ. ޔާދިންގެ ރާގުން ދުންޔާގެ ހިތަށް ތަދުވިއެވެ. އިތުރަށް ދެބަސްވާން ބޭނުންނުވާތީވެ އޭނަ ޔާދިންގެ ސައިކަލު ފަހަތަށް އެރިއެވެ. ޔާދިން މިއަދު ސައިކަލު ދުއްވަމުން ދިޔައީ އެހެން ދުވަސްތަކާއި ހިލާފަށް ބާރަށްށެވެ.

ދުންޔާ އިނީ ޔާދިންލައިގެން ހުރި ކަޅު ކުލައިގެ ގަމީހުގެ ދެފަރާތުގައި ހިފައިޓާލައިގެންނެވެ. ގެއާއި ކައިރިވުމުން ޔާދިން ސައިކަލުން ފޭބުމަށްފަހު ގެއަށް ވަނެވެ. ދުންޔާ މަޑުމަޑުން ހިނގާފައި ޔާދިންގެ ފަހަތުން ވަނެވެ. ގޭގެ ދޮރުލެއްޕުމާއިއެކުހެން ޔާދިން ހުރީ ދުންޔާގެ މޫނާއި މޫނު ޖެހޭހައި ގާތުގައެވެ. ޔާދިންގެ ލޮލުގައިވީ ގޮތް ނޭނގޭ އަސަރު ފެނި ދުންޔާއަށް ލާން އުޅުނު ނޭވާ ހިފައްޓައިލަން މަޖުބޫރުވިއެވެ. ބަހެއް ބުނުމެއް ނެތި ޔާދިން އަވަސް ހަރަކާތާއިއެކު ދުންޔާ އޭނަގެ އަތްދަނޑި މައްޗަށް އުފުލައިލިއެވެ. އޭރު އޭނަގެ މޫނުމަތީގައި ހުރީ ބަޔާން ކުރަން ދަތި އަސަރުތަކެކެވެ.

ދުންޔާގެ ހިތުގެ ތެޅުން އަވަސްވެގެން ދިޔައީ ޔާދިން އޭނަ އެނދަށް އެއްލައިލުމުންނެވެ. “ބިރުންތަ ތިހުރީ؟” ދުންޔާގެ ކަންފަތާއި އަނގަ ކައިރިކޮށްލަމުން ޔާދިން ބުންޏެވެ. “ދިން އުޅޭ ގޮތުން މީހަކު ބިރު ނުގަންނަވަރެއް ނޫނެއްނުން..” ދުންޔާ އޭނަގެ މޫނުމަތިން ބިރުގަންފައި ހުރިކަމުގެ އަސަރުތައް ފޮރުވައިލަމުން ބުންޏެވެ. ދުންޔާގެ ނިތްކުރީގައި ޔާދިންގެ ނިތްކުރި ޖައްސައިލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. “އަހަރެން ވަރަށް ރުޅިއައިސްފަ މިހުރީ.. އަހަރެން ބޭނުމެއްނޫން އަހަރެންގެ ރުޅިއާއިހުރެ ދޫނިއަށް އަނިޔާއެއްވާކަށް..” ފުން ނޭވާއެއް ދޫކޮށްލަމުން ޔާދިން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.

ތަނަވަސް ބޮޑު ކޮޓަރިއެކެވެ. ރޭގަނޑުގެ އަނދިރިކަމުގެތެރެއަށް އެ ކޮޓަރި ގަރަގުވެފައިވާ ފަދައެވެ. އޭސީގެ ފިނިކަން ސޯޅައަށްލާފައި ހުރި ނަމަވެސް އެނދުމަތީގައި އޮތް ޒުވާނާގެ މޫނުމަތީގައި ދާތިކިތައް ވިދަމުން ދިޔައެވެ. އޭނަގެ އަތުތެރެއަށް އެނދުމަތީގައި އަޅާފައިވި ބެޑްޝީޓްވަނީ ބޮޑިކޮށްލެވިފައެވެ. ދެލޯމަރައި ފިތްތާލާފައިވި ނަމަވެސް ލޮލުގެ ހިމަކޮޅުން ކަރުނަތިކިތައް ރޮގަކަށް ބާލީހަށް ވެއްޓެމުންދިޔައެވެ. ނޭވާނުލެވިގެން އުޅޭ ފަދައަކުން އޭނަގެ ތަނަވަސް މޭ އަވަސް އަވަހަށް އުފުލިފައި ތިރިވަމުން ދިޔައެވެ. ބޯ ދެފަރާތަށް ހޫރަމުން ދިޔައިރު އޭނަގެ އަނގައިން ދިޔައީ ކޮންމެސް އެއްޗެހިތަކެއް ކިޔަމުންނެވެ. ކަރަށް ވާންވާ ފަދަ އިހްސާސެއްވުމުން އޭނަގެ ހަށިގަނޑު ކޮޅަށް ޖެހުނެވެ.

ކޮށިއަރައި ފާޑަކަށް ކެއްސައިގަތުމަށްފަހު އެނދުގެ ހެޑްބޯރޑްގައި ހުރި ފެންފުޅި ނަގައި އަނގަޔަށް އޮއްސައިލިއެވެ. ދެތިން ކޯވަރު ބުއިމަށްފަހު ފުންކޮށް ނޭވާލާން ފެށީ އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލާށެވެ. އޭރު އޭނަގެ ބޮލުގައި ހީވަނީ މީހަކު މަރުތެޔޮލަކުން ތަޅާހެންނެވެ. ކުޑަކޮށް ނިދާލުމަށްޓަކައި އޭނަ އެނދަށް ވެއްޓިގަތެވެ. އެފަދައިން ރޭގަނޑު ނޭވާނުލެވިގެން ހޭލެވުމަކީ އޭނައަށް އާންމު ކަމެކެވެ. ކުލަނުވާ އެ ހުވަފެންތަކަކީ އޭނަގެ ހަޔާތުގެ ވަރަށް މުހިންމު ބައެއްހެން ވެސް އޭނައަށް ހީވެއެވެ. އެހެންނަމަވެސް އޭނަގެ ޑޮކްޓަރު ބުނި ފަދައިން އެއީ އޭނައަށް ޖެހިފައިވާ ބަލިމަޑުކަމުގެ އަސަރުތަކެވެ. ގާޓުގައި ހުރި ކަބަޑުގެ ދޮރު ހުޅުވައިލުމަށްފަހު ޑޮކްޓަރ ސްކިޒޮފްރީނިއާގެ ބައްޔަށް ދީފައި ހުރި ބޭސްތަށް ކާލައިގެން، ރޭގަނޑުގެ އަރާމު ނިދިން މިންވަރެއް ލިބޭތޯ އޮށޯތެވެ.

އެޕާރޓްމެންޓްގެ ދޮރު ހުޅުވައިލުމަށްފަހު ވަރުބަލިކަމާއިއެކު ޔަޝާލް އެތެރެއަށްވަނެވެ. ބޫޓު ހަރުގަނޑަށްލުމަށްފަހު ބޮކިތައް ދިއްލައިލި ވަގުތު އޭނަގެ ހަށިގަނޑަށް ސިހުމެއްވެރިވީ ސޯފާގައި ހަމަޖެހިލަގެން އިށީނދެގެން ހުރި މީހާ ފެނުމުންނެވެ. ޔަޝާލް ފެނުމުން އޭނަ ދެބުމަ ގޮށްޖަހައިލަމުން ތެދުވިއެވެ. “ކަލޭ ކައިރީ މަށަކަށް ނުބުނެވޭތަ ކަލޭ ގެންގުޅޭ އެއްޗެހިތައް މައިތިރި ކުރާށެކޭ؟ ކަލެއަށް އެކަން ނުވަންޏާ މަށަށް ޖެހޭނީ އޭޗެހިން މައިތިރިކުރަން.. މަ އެކަން ކުރަންޏަކާ މާކަށް ރީއްޗެއް ނުވާނެ..” ޔަޝާލްގެ ކުރިމަތީ ހުއްޓެމުން ރުޅިއައިސް ރަތްވެ ހުރެ ޒާއިދު ބުނެލިއެވެ.

“އެމީހުން އެއްޗެކޭ ކީމަ ގޯސްވަނީ.. ކަލޭޔަށް އުޅެވޭ ގޮތެއް ނޭނގެ ދޯ ތިހެން ކިޔާއިރު.. އެމީހުންގެ ގައިގަ އިނގިލިކުރި ޖައްސާލިޔަސް ކަލޭ ކުރި ހުރިހާ ކަމެއް ހެއްކާއިއެކު މީޑިއާއަށް އަޅައިލާނަން..” ދަތްކުނޑިވިކައިލަމުން ޔަޝާލް ބުންޏެވެ. ޒާއިދުގެ މޫނުމަތި ރަތްވެގެން ދިޔައީ ހަނދުކޭތަ ހިފާ ވަގުތު ހަނދަށް އިރުގެއަލި އެޅޭ ފަދައިންނެވެ. ކުއްލިއަކަށް ޒާއިދު ޔަޝާލްގެ ކަރުގައި ހިފުމަށްފަހު ފާރަށް ގަންނަވައިލިއެވެ. “ކަލޭތީ މަގޭ ކޮއްކޮގެ ދަރިއެއް ނޫންނަމަ ކަލޭ ހުންނާނީ ބިމު އަޑީގަ!” ދަތްކުނޑިވިކައިލަމުން ޒާއިދު ބުންޏެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

މާޒީގެ ހިތިހަދާންތައް…..5[ފަހުވަނަބައި]

Next

މަޢާފް އެދެމުން 58 (ފަހުބައި)

Next
September 11, 2025

މަޢާފް އެދެމުން 58 (ފަހުބައި)

Previews
September 10, 2025

މާޒީގެ ހިތިހަދާންތައް…..5[ފަހުވަނަބައި]

32 Comments!

  1. HAASUM'S PVT says:
    September 11, 2025 at 8:52 am

    Wowwwwwwwwwwww🖤🖤🖤🖤🖤

    1. Maash Maash says:
      September 11, 2025 at 9:00 am

      Thank you💜🦋

  2. naeen says:
    September 11, 2025 at 9:23 am

    Ma Sha Allah mi ep ves vrh furihama
    yaadhinves dhw hama huro gothah huri red flag eh
    i jst love hama mi series pls dont end it avahah haha..
    anyways canttttttttttt waitt for the next one

    1. Maash Maash says:
      September 11, 2025 at 1:25 pm

      Thank you so much naeen.. I’m happy U liked it .. Aww thank you so muchhh.. I don’t think ehaa avahah nimeynehen this story don’t worry.. next part Insha Allah Monday ga💜🦋

    2. Anonymous says:
      September 11, 2025 at 2:56 pm

      Naeeen thi namu ge nala kamaaeve…..

  3. Aanaa says:
    September 11, 2025 at 9:27 am

    Masha allah mi part vs vrh reethi
    Migady hospital ah dhaan miulheny
    IA aissa cmnt kohlaanan
    🫶🏻

    1. Maash Maash says:
      September 11, 2025 at 1:25 pm

      Thank you so much Aana.. I’m happy U liked it .. Aww thank you so muchhh.. waiting for Ur lovely comment hehe💜🦋

  4. Innathu mee says:
    September 11, 2025 at 12:25 pm

    Masha Allah mi part ves vrh reethi.
    Who is ‘EYNA’??
    very curious!
    Whn next???
    Ly
    Tc

    1. Maash Maash says:
      September 11, 2025 at 1:26 pm

      Thank you so much darll.. I’m happy U liked it..
      Will know soon.. next part Monday ga.. love you moreeeee darll💜🦋

  5. Mariam says:
    September 11, 2025 at 1:03 pm

    Masha Allah Vrh reethi mi part vx ❤️
    Mai and kail is soo Cutee
    Kaaku ge vhk ehbaa eothy anekka
    And whts happening with dhunya and yaadhin 😭Pls e Dhekudhin dhuru nukurachey
    Omgggg zaaidhu Haadha goahey aslu Pspsps
    So zaaidhu is yashaal ge uncle eh dhw oh no
    Whens next part. Can’t wait 😩 ❤️

    1. Maash Maash says:
      September 11, 2025 at 1:29 pm

      Thank you so much darll.. I’m happy U liked it.. Hehe yess Kail and my are super cute.. vrh avahah engeyne kaakuge vhk eh Kan.. dhunya and haadhin dhww.. adhi engeyne emeehunnah vaa goi.. hehe yess zaaidhu is his uncle not father😭.. next part insha Allah Monday ga..💜🦋

  6. Thiththi says:
    September 11, 2025 at 1:42 pm

    Kail Ah loabi vevunee dhoa enmefahun! Kon eyna eththa? Enme kudaminun kiyaa nameh namaves en’gey varu kolli nama. Zaaidhu mivee yashal ge bodubeybe ah thaa dhoa! Kuree dhuhu buni gothah ran’galhu koffa hureema ufaavejj! Miadhu ves faahaga vejje ekahala kameh! Isheen’dhegen huri eh noon. Isheen’dhegen in ran’galhu gothakee

    1. Maash Maash says:
      September 12, 2025 at 11:08 am

      Hehe.. yeahh.. eyna engeyne fahun.. yess zaaidhu akey yashaal ge bodubeybe.. thank you so much improve kohlan buneema.. egothah bunedhineema aslu liyun vx improve vaane.. so thanks.. oh yaa.. thankss ragalhu kohlaanan dhen oii parts thakuga.. thiththi thii dhivehi teacher ehtha anehka? U remind me of my college teacher hehe💜🦋

    2. Thiththi says:
      September 12, 2025 at 10:35 pm

      Labba. Mudharris eh alhugan’dakee. Ekamaku dhivehi bahuge mudharris eh noon. Kavvalhuga ves yashal kolhah bahattantha thiya visnanee! Ehen mibunee kaley hunnaanee bimu adeega ey otheema

  7. Shaf_maan says:
    September 11, 2025 at 2:14 pm

    Maasha Allah mi prt vx vrh reethi
    Whaatt???…. Zaaidhu aky Yashaalge uncle eyy… Hell naa
    Wait what kail bunan ulhuny I LOVE YOU ey tha.. Haadha kyveyey.. I l- ehn bunyynma.. I hope they will good… Alheyy yaadhin haadha faseyha in jealous veyeyy.. Hehe.. Yaadin amihla akahnu buny dhunya job ah dhiyaama happy vaaneyy.. But now.. Shakuwaa kurany.. Hehe And who was that EYNAA.. Alheyy.. Swimming in the sea of curiosity hama
    Whn nxt????
    Tc.. Lysm Marsh 💜💜

    1. Maash Maash says:
      September 12, 2025 at 11:24 am

      Thank you so muchh darll.. hehe ya zaaidhu is yashaalge uncle.. hehe kail adhi bunaane ehen.. let’s see dhw.. hehe yeahh yaadhin is the jealous type… Eyna engeyne vrh avahah adhi..
      Next part insha’Allah mondayga..
      Love you moree darll..💜🦋

  8. Aanaa says:
    September 11, 2025 at 2:41 pm

    Masha allah mi part vs vrh reethi
    Alheyy mai r kail haadha loawwwbiieyyy
    Kail ah ehn bunevunu nama dhww? ILY ey bunan dhww ulhunu?
    EYNA eii kaaku baa? Haadha curious vehje eyy
    Yaadhin mihaar konkamaka hihhama nujehifa..mi firihen verinnan nikan varu vaane e mihunge anhenun firihenaka vhk dhahkaa liyas..dhunya kihaa keih gadha 7years vandhen..kithanme rulhi ayas nujehey dhw dhunya r ehn vhk dhahkan.
    Zaidh eii yashaal ge uncle
    Curiosity level uduga
    When next?
    Lyyyy🫶🏻

    1. Maash Maash says:
      September 12, 2025 at 11:36 am

      Thankyou so much.. I’m happy U liked itt..
      Hehe yeahh they are cutiess.. Eyna ingeyne adhi vrh avahah..
      Hehe Yaadhin is the Jealous type so ehenehnun vaany.. He might have overreacted a bit.. Bur he controlled himself..
      Yes Zaaidh in Yashaal’s uncle..
      Next part insha allah Tuesdayga..
      Love you moree darll💜🦋

  9. Shiu💜 says:
    September 11, 2025 at 3:24 pm

    Mi part vx varah Reethi Masha Allah..
    Aaaaiii, Kail and Mai soooo romantic 🤭 Sooo cute 🥰
    Mai mn bai keeiru I was blushing so hard 🤭
    Mai rueema Kail e ulhuny I Love you ey bunan?👀
    Maash pls make them fall in love with eachother 🤭
    Yaadhin haadha avahakah Jealous veyey dhw 🤣
    Who is “Eyna”??? 🤔
    Curiously waiting for the next part 💗
    Btw Sorry for the late comment. Adhi mivee comment kollaane vaguthu kolheh😅
    Lyssssm Maash 💜

    1. Maash Maash says:
      September 12, 2025 at 11:38 am

      Thankyou so much.. I’m happy U liked itt..
      Hehe They are cutiess.. hehe ehen dhwww.. vedhaane vedhaane.. kail hury vrh dheravefa mai rovvaalevuneemavx..
      hehe yess yaadhin is the jealous type.. Eyna eii kaakukan engeyne adhi..
      Next part insha allah Tuesdayga..
      No worries.. i’m happy i got ur lovely comment..
      Love you moree darll💜🦋

  10. Laii says:
    September 11, 2025 at 4:24 pm

    Mi part vx vrh reethi
    Kail and mai haadha cute eyyy
    Anekka yaadhin and dhunyaa ah mivany kihineh??
    When next ??
    Keep up the good work🤍🙂
    Ilyy

    1. Maash Maash says:
      September 12, 2025 at 11:39 am

      Thankyou so much.. I’m happy U liked itt..
      Hehe They are cutiess.. Yaadhin and dhunya ah vany keehkan engeyne adhi..
      Next part insha allah Tuesdayga..
      Awww thankss
      Love you moree darll💜🦋

  11. Luna🖤 says:
    September 12, 2025 at 12:27 am

    Vara reethiiiii mi part vess
    Sooo yashaal is zaaidh’s nephew
    And I’m very curious abt EYNA haha

    I REALLY LOVE UR STORIES MAASH UR VERY CREATIVE
    AND THE STORIES U CREATE ARE VERY INTERESTING
    I’M A VERY BIG FAN OF U
    I BEEN READING UR STORIES SINCE DAY ONE
    KEEP IT UP UR DOING GREAT ♥️♥️♥️

    1. Maash Maash says:
      September 12, 2025 at 11:43 am

      Thankyou so much.. I’m happy U liked itt..
      Yess Yashaal is zaaidh’s nephew..
      Eyna akey kaakukan engeyne adhi..
      Aww Thankyou soooooo muchhh.. That made my day.. Thankyou soo much for ur support darll.💜🦋

  12. TAnoyMous76 says:
    September 12, 2025 at 12:58 pm

    This part is actually nice
    Well done Maash
    By the way how old are you
    When’s next tttt?
    Waitingggggg

    1. Maash Maash says:
      September 12, 2025 at 1:11 pm

      Thankss darlll I’m happy U liked it.. I’m 18 gonna be 19 in October.. next part Insha Allah Monday ga..💜🦋

  13. Typeleter6835 says:
    September 12, 2025 at 1:00 pm

    Maash you’re a very creative author
    I’ve been reading your story’s and I love them
    Keep going on
    When is next part

    1. Maash Maash says:
      September 12, 2025 at 1:12 pm

      Thankss darlll im happy U like them.. aww that means so much to me.. next part insha allah Monday ga 💜🦋

  14. Yarrnia says:
    September 14, 2025 at 1:05 pm

    Maash when next partt plsss thankolheh avahah up kohdheeba 😭
    Lots of love ❤️❤️

    1. Maash Maash says:
      September 14, 2025 at 1:34 pm

      Next part tmr Insha Allah.. love you moree darll💜🦋

  15. shynyx inax shynyx inax says:
    September 14, 2025 at 1:05 pm

    v reethi

    1. Maash Maash says:
      September 14, 2025 at 1:35 pm

      Thankyouu darll💜🦋

Comments are closed.

Next Episodeހިތް އެދެ ޔާރާ ތިއޭ – 40←


All Right Reserved!