***ޕާޓް 1*** ކޯޓުވަށައި ރިޕޯޓަރުން ހަރަކާތްތެރިވަމުން ދިޔައެވެ. އައިނާ ވެސް ހުރީ މައިކް ހިފައިގެން ކާޑު ކަރުގައި އަޅައިގެން ސުވާލު ކުރުމުގެ ފުރުސަތަކަށް ބަލަބަލައެވެ. އެވަގުތު ފުރަގަސްދީގެން ހުރި ފުލުހެއް ފެނުމުން އޭނަގެ ސަމާލުކަން ހޯދުމަށްޓަކައި ކަރުކެހިލިއެވެ. މީހަކު ކަރުކެހޭ އަޑުއިވުމުން ރުކައިން ފަހަތަށް އެނބުރިލުމަށްފަހު މައިކް ހިފައިގެން ހުރި އަންހެންކުއްޖާއަށް ބަލައިލިއެވެ. ރުކައިން ހުއްޓުން އެރިއެވެ. ކުއްލިއަކަށް ބޮލަށް ތޫނު ތަދެއް ރުކައިންއަށް އިހްސާސްވިއެވެ. އޭނަގެ ބޮލުގައި ވޭންއަޅަން ފެށީ މިއިން ދުވަހަކު ވޭން ނާޅާ […]
ވާރޭކަނިތަކުގެ ޝިކާރައަށްވަމުން ދިޔަ އަންހެންކުއްޖާގެ ވޭނީ ކަރުނަތައް ދިޔައީ ވާރޭ ކަނިތަކާ އެއްވަމުންނެވެ. “ކީއްވެތަ އަހަރެން މާޒީ ދޫކޮށްލަން އުޅޭއިރު އެ މާޒީ ކޮންމެސް ސިފައެއްގަވިޔަސް އަހަރެންގެ ކުރިމައްޗަށް އަރަނީ.. އަޅެ އަހަރެންގެ ރާކިންވީ މަރުވެފައޭ.. މަރުވެފަ ހުރި މީހަކު ދިރިގެން އަންނާނީ ކިހިނެތްތަ؟ ކީއްވެތަ އަހަރެންގެ ބަސްނާހާ ހިތް ގަބޫލު ނުކުރަނީ.. އަހަރެންގެ ރާކިންވީ މަރުވެފައޭ.. އޭނަ ދެނެއް ނާންނާނެ…” ރޮމުން ގިސްލަމުން ދިޔަ އައިނާގެ އަޑުވަނީ ކުރެހިފައެވެ. އޭނަގެ ދެލޮލުން ދިޔައީ ހޯސްލާފައި ކަރުނަތައް […]
އެބައޮތް ވަރަށް ސަޅި އައިޑިޔާއެއް.. މައިއާ ޔަޝާލްއާ ބެއިޓް ގޮތުގަ ބޭނުން ކުރަންވީއެއްނުން.. އޭރުން ރެޑް ހޭންޑެޑްކޮށް ހިފޭނެ..” މައިރީން ބުންޏެވެ. “ޓައިނީ ތިއުޅެނީ މަރުވާނެ ގޮތެއް ނޭނގިގެންތަ؟” މައިރީންގެ ކޮނޑުގައި ހިފައި ތަޅުވައިލަމުން ކައިލް ބުންޏެވެ. އޭނަގެ މޫނުމަތީގައިވަނީ ހާސްކަމާއި ކަންބޮޑުވުމުގެ މަސްހުނި އިހްސާސްތަކެވެ. “އަސްލު ސަޅި އައިޑިޔާއެކޭ އެއީ.. ދެން އަހަރެމެން ގާޑްކުރަން ބަޔަކު ސިއްރުން ހަޔާ ކުރެވޭނެއެއްނުން.. ކައިލް ވިސްނާލަބަލަ އެއީ ވަޒީފާގެ ގޮތުން ބޮޑެތި ބަޔެއް.. ރެޑް ހޭންޑެޑްކޮށް ހިފީމަ ނޫނީ […]
ލާރާ ދަތްކުނޑިވިކާލާފައި ލަޔާޝާގެ މޫނުމަތީގައި ޖެހިއެވެ. ލާރާގެ އަމަލުން ޝިޔާމާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “ހުހް މިހާރު ޔާންބެ އޭ ކިޔާފަ ގޮވާއިރު ދެ މީހުން އެއްއެނދެއްގައި ނިދާ އެހެން ކަންތައް ކުރިއިރު ނޭނގެ ބޭބެއެއް އެހެން އެއްޗެއް.. ކިހިނެތް އުޅޭނަމޭ ހިތާތަ ތިއުޅެނީ ލަދުކުޑަ އަންހެނާ.. މަޔާން ތިހާލުގަ ވެސް މީނަ ގެޔަށް ވެއްދީ ދެ މީހުން މި ގޭގަ ތިބެގެން އަނެއް ކުޅިވަރެއް ފަށަން ދޯ..” ލާރާ ހަރުކަށި ރާގަކަށް ރުޅިއައިސް ރަތްވެފައި ހުރެ ބުންޏެވެ. […]
“އަހަ ކޮންތާކަށް ދާން ތިއުޅެނީ.. ތިހާ ލޯބިކުދިން ނުވާނެއެއްނުން އެހާ ގޮތްދޫނުކުރާކަށް.. މި ޔަޝާލްއަކާ ހުރެ މަށަށް އައިނާއަށްށާ ކަލެޔަށް ކަމެއް ނުކުރެވިގެން މިއުޅެނީ.. ކަލެމެން ދެމީހުންދެކެ ވަރެއްގެ ލޯތްބެއް އޭނަ އެ ވަނީ ހަހަހަ..” ޒާއިދު ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ. “ކަލޭ ކޮންކަމެއް ބޭނުންވަނީ؟ ތިއީތަ ރައްޔިތުންގެ އިތުބާރު ހިފޭ މަގާމްތަކުގައި ހުރެގެން ގަންނަން އެނގޭ ގަނޑަކީ..” އަޑަށް ރުޅިވެރިކަން ވެރިކޮށްލަމުން އަލިޝްކާ އަހައިިލިއެވެ. “ހެހެ ބައެއް ފަހަރު އަތް ހަޑި ވެސް ކޮށްލަންޖެހޭނެ ދޫންޏާ.. […]
އެއްގަޑިއިރު ފަހުން މަޔާން ހޭއެރިއެވެ. ކައިލްގެ އެދުމަށް އެންމެ ފުރަތަމަ މަޔާންގެ ގާތަށް ވެއްދީ ލާރާއާއި މާޔަލްއެވެ. ކައިލް ވެސް އެމީހުންނާއިއެއްކޮށް ވަނެވެ. އެނދުގައި އިށީނދެލައިގެން މަޔާން ތަންތަނަށް ބަލަމުން ދިޔައިރު އޭނަގެ މޫނުމަތިން ނުތަނަވަސް ކަމުގެ އަސަރުތައް ފެންނަމުން ދިޔައެވެ. މަޔާންގެ މުޅި ހަށިގަނޑުވަނީ ބެންޑޭޖްކޮށްފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މާޔަލްއަށް މަޔާން ފެނުމުން ދުވެލާފައި މަޔާންގެ އެނދު ކައިރިއަށް ދިޔައެވެ. “ބައްޕީ..” މާޔަލްގެ ތުއްތު އަޑުން ގޮވައިލިއެވެ. މަޔާން ހައިރާންވެފައި މާޔަލްއަށް ބަލައިލިއެވެ. “ތީ […]
ކައިލްއާއި ވާހަކަ ދައްކަމުން ދިޔަ މަޔާންގެ އަޑު ދިޔައީ މަޑު ވަމުންނެވެ. ކަރުތެރެ ބެދެމުން ދާފަދަ އިހްސާސެއްވަމުން ދިޔައެވެ. “މަޔާން ތިކަހަލަ ވާހަކަ ނުދައްކާ.. މަޔާން އަމިއްލައަށް އާއިލާ ކައިރިއަށް ގޮސް ތިހެން ބުނާނީ.. ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ.. އަހަރެމެން އެންމެން ވެސް މިހުރީ މަޔާންއާއެކު..” ކައިލް ބުންޏެވެ. “ސާދަ މިނެޓާ ފަންސާސް ސިކުންތު..” ލަޔާޝާ ބިރުން ހުރެ ބުންޏެވެ. މަޔާން ފޯނު ކަނޑައިލިއެވެ. ކުއްލިއަކަށް ބާރު އަޑެއް ގޮވައިގެން ދިޔައެވެ. ***ޕާޓް 43*** ފަހަތުން […]
ހޭނެތިގެން ދިޔަ ވަގުތު އެމީހަގެ ޖީބުގައި އޮތް ކުޑަކުޑަ ރިމޯޓު ފާޑެއްގެ އެއްޗަށް ފިއްތައިލިއެވެ. އެއާއެކު އެމްބިޔުލާންސްގެ އެލާރމެކޭ އެއްފަދައިން އޭނަގެ އަތުގައި އޮތް އެތި ރަތް ކުލައިން ދިއްލެމުން، އެލާރމް އަޅަން ފެށިއެވެ. “ރަން ލަޔާޝާ!!” ލަޔާޝާގެ އަތުގައި ހިފަމުން މަޔާން ދުއްވައިގަތެވެ. ***ޕާޓް 42*** ރޭގަނޑުގެ ކަނު އަނދިރީގައި ގަސްތަކުގެ މުލާއި، ފަތްތަކާ ފޫއަޅުވަމުން ހުސްފަޔާ މަޔާންމެން ދުވަމުން ދިޔައިރު ފައިގެ އެތަން މިތަނުން ހަންމެށި ލޭއަންނަމުން ދިޔައެވެ. ބޭރުގައުމަކަށް ވީތީ އިންސާނުން ނޫނަސް […]
“މިއަދުގެ ޕްލޭން ހަނދާން އެބަހުރިތަ؟” ކައިލް ކުޑަކޮށް ސީރިއަސްވަމުން ސުވާލުކޮށްލިއެވެ. “މައި ބްރޭކް ނަގާފަ ކައިލްއަށް ގުޅާނަން ލައިކް ޓްވެލްހާއިރު..” މައިރީން ބުންޏެވެ. “ހޫމް.. އެ ޒާއިދުގެ މޫނަށް އަރާ ކުލަވަރު ބަލަން ކެތްމަދުވެފަ އަހަރެން މިހުރީ އަހަރުމެން ދެމީހުންގެ ކައިވެނީގެ ކެއުން އެންމެނަށް ދޭއިރު..” އެއްމިޔަކަނުން ހީލަމުން ކައިލް ބުންޏެވެ. މައިރީން ވެސް ކައިލްގެ ވާހަކައަށް ތާއީދުކޮށް ބޯޖަހައިލިއެވެ. ***ޕާޓް 41*** މާލޭގެ ކާރުބާރު ބޮޑު މަގުމަތީގައި ސައިކަލު ދުއްވައިލުމަށްފަހު ޖަސްޓިސް ލޯފާރމް އިމާރާތުގެ ކުރި މައްޗަށް ސައިކަލު […]