“މައިގެ ފެމިލީ މައި ހޯދާނެ..” މައިރީން އެހެން ބުނުމުން ކައިލް މައިރީންގެ ބައްޕައަށް ގުޅައިލިއެވެ. ރިޔާޒް ހަލޯއޭ ބުނުމާއެކު މައިރީން ކައިލް އަތުން ފޯނު ޖަހައިގަތެވެ. ކައިލް ހިނިއައިސްފައި މައިރީންއަށް ބަލަން އިނެވެ. “ހަލޯ ބައްޕާ ކައިލް މައި ކޮންމެސް ތަނަކު ޗޭނު ޖަހާފަ ބަހައްޓާފަ މިހުރީ..” ޝަކުވާގެ ރާގަކަށް މައިރީން ބުންޏެވެ. “ތިހެންވިއްޔާ ރަނގަޅު.. ކައިލް އޭނަ ތިހުރި ތަނަކުން ދިޔަ ނުދޭތި..” ސްޕީކަރަށްލާފައި ހުރުމުން ކައިލްއަށްވެސް ރިޔާޒްގެ އަޑުއިވުނެވެ. ރިޔާޒްގެ ޖުމުލައިން މައިރީންގެ ދެލޯ […]
“އައިމް އެފްރެއިޑް ބަޓް ޔޫ އާރ ނޮޓް ފާރޓައިލް މިސްޓަރ ޔާދިން.. ޔާދިންގެ ހަށިގަނޑުގައި ހުރި ބައްޔެއްގެ ސަބަބުން ޔާދިންއަށް ދުވަހަކުވެސް ދަރިން ލިބޭނެކަމުގެ ޔަގީންކަމެއް ނެތް..” ޑޮކްޓަރުގެ ވާހަކައިން އެ ކުޑަ ކޮޓަރީގެ ހަތަރު ފާރު އޭނަލައި ފިއްތައިލި ފަދަ އިހްސާސެއް ކުރެވުނެވެ. “ނޫން ޑޮކްޓަރ ތިހެން ނުބުނޭ.. ތިއީ ދޮގެކޭ ބުނޭ.. ޕްލީޒް ނޫން..” ޔާދިން މޫނުމަތީ އަތް އަޅައިލިއިރު އޭނަގެ މުޅި ހަށިގަނޑު ތުރުތުރު އަޅަމުން ދިޔައެވެ. ފިރެހެނެއް ނަމަވެސް ސިކުންތެއްނުވެ އޭނަގެ […]
“ކަލޭ މަގޭ ދަރިންނާ ވަރަށް ބައްދަލު ކުރާހިއްވޭނުން ދޯ.. އެމީހުން އަންނާނެ އިރުކޮޅަކުން.. އޭރުން ކަލެޔަށްވެސް މީގެ ތޭރަ އަހަރު ކުރިން ކަލޭގެ އެކުވެރިޔާއަށް ހަދައިލިގޮތް ހެދާފަ ދޫކޮށްލާނީ.. އަަހަރުން ފަހަތުން އަޅައިގަނެގެން ނެއްޓެން ނޭނގިގެން އުޅެންޔާ އެހެނެއްނުން ދެން ހަދާނީ.. އޭރުން މަ ބަލާނަމޭ ގައްޑާވެގެން އުޅެވޭތޯ..” މެދު އުމުރުގެ މީހާ ނުރައްކާތެރި ގޮތަކަށް ބުންޏެވެ. މައިރީންގެ މޫނު ހުދުވެގެން ދިޔައެވެ. ***ޕާޓް 30*** އެމީހުން މައިރީންއާ ކައިރިވާން ފެށުމުން މައިރީންގެ ހިތުގެ ތެޅުން އަވަސްވިއެވެ. […]
މައިރީން ހުރީ ސަހަރާއާއި މަގާއި ދެމެދުގައެވެ. މައިރީންއަށް ހަރަކާތެއް ނުގެނެވެނީސް އެތާ ކައިރީ ޕާކްކޮށްފައި އޮތް ކަޅުކުލައިގެ ވޭނުން މީހުންތަކެއް ފައިބާ މައިރީންގެ ނޭފަތް މަތީ ފޮތިކޮޅެއްޖެއްސިއެވެ. އޭގެން ދުވި ކްލޮރޯފޯމްގެ ބާރުގަދަ ވަހުން މައިރީންގެ ހެޔަށް ގޮތްވެ އެމީހުންގެ އަތްދަނޑި މައްޗަށް ވެއްޓުނެވެ. އެހުރިހާ ކަމެއް ބަލަން ހުރި މާޔަލްގެ ހިތުގައި ބިރުވެރިކަމުގެ ވިންދު ޖަހައިލީ އޭގެން މީހަކު އޭނައާއި ދިމާލަށް ފިޔަވަޅެއް އެޅުމުންނެވެ. ***ޕާޓް 29*** އެމީހައަށް މާޔަލްއާއި ކައިރިވެވުމުގެ ކުރިން ކައިލް މާޔަލް […]
ސީލިންގުގައި ޖަހައިފައިވާ ދެ ޗޭނުގެ ނިމޭކޮޅު ވަނީ މަޔާންގެ ދެ އަތުގައި އައްސާލެވިފައެވެ. ހަތަރުވަރަކަށް ދުވަސްވެފައިވުމުގެ ސަބަބުން އޭނަގެ އަތުގެ ކުޑަހުޅުގައި ޗޭނު އައްސާލެވިފައިވާ ތަން ވަނީ ނޫފައިގަނެފައެވެ. މަޔާންއަށް ކޮޅަށް ހުރެވެނީ އެ ޗޭނުގަނޑުގެ އެހީގައެވެ. އޭނަގެ ހަށިގަނޑުގައި އެއްވެސް ވަރެއްނެތެވެ. މަޔާންއަށް ދިރިހުރެވެނީ ދުވާލަކު އެއްފަހަރު ލިބޭ ފެންފޮދުންނެވެ. އޭނަގެ ފައިގެ އިނގިލިކޮޅުތަށް ބިންމަތީ ކޭތްތެނީ ހަމަ ކިރިޔާއެވެ. މަޔާން ހުރި ދިމާލުގައި ލޭގެ ކޯރެއް ހެދިފައިވެއެވެ. ***ޕާޓް 28*** ތަޅު ހުޅުވައިލުމަށްފަހު މީހަކު […]
“ކޮންމެހެން ދޮގުތަކެއް ހަދަން ނޫޅެބަލަ އައިދަން.. ކަލެޔަށް އެކަމެއް ނުވިއެއްނުން؟ އެހެންވީމަ ކަލެޔަށް އެކައްޗެއްވެސް ނުލިބޭނެ.. މަ ޕޭ ކުރަނީ މަ ބުނާ ކަންތައްވާ މީހުންނަށް..” ލިހާން ބުންޏެވެ. “މަށަށް އެ އަންހެން ގޮލާ ކަލޭމެން ބޭނުންތާކަށް ގެންދެވިދާނެ ގޮތެއް އެނގޭ.. ބޭނުންތަ އެނގެން އެއީ ކިހިނެތްކަން؟” އައިދަން ނުލަފާ ގޮތަކަށް އަހައިލިއެވެ. އޭރު އޭނަގެ ލޮލުގައިވަނީ ނުރައްކާތެރިކަމުގެ ވިދުވަރެކެވެ. ***ޕާޓް 27*** ލިހާން ޝައުގުވެރި ގޮތަކަށް އައިދަންއާއި ދިމާލަށް ބަލައިލިއެވެ. “ކިހިނެތް؟” ލިހާން އަހައިލިއެވެ. “މަ […]
ލާރާގެ ރުއިމުންނާއި ދައްކަމުން ދިޔަ ވާހަކައިން ބޮޑުކަމެއް ވެގެން އުޅޭ ކަމަށް މައިރީންގެ ހަވަނަ ހިއްސު އިންޒާރުދިނެވެ. “ދޮންބެދައްތާ ކިހިނެތްވީ؟ ދޮންބެދައްތާ..” ލާރާގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހަމުން މައިރީން ގޮވަން ފެށިއެވެ. އޭރު މައިރީން ގާތު ޝިޔާމާގެ އިތުރުން އައިނާއާއި އަޔާނާވެސް ހުއްޓެވެ. “ދަރިފުޅާ ލާރާ ދޮރު ހުޅުވަބަލަ.. ލާރާ؟ މަޔާލް..” ޝިޔާމާވެސް ގޮވަން ފެށިއެވެ. އޭރުވެސް ލާރާގެ ވޭނީ ރުއިން ކޮޓަރި ތެރެއިން އިވެމުން ދިޔައެވެ. އެވަގުތު މަޔާލް ދޮރު ހުޅުވައިލިއެވެ. މަޔާލްއަށް ހުރީ މަންމަގެ […]
ކަލެޔަށް ހޯދުންތަ އޭނަގެ މައުލޫމާތު؟” ޒާއިދު އަހައިލިއެވެ. “ހޫން މަށަށް ހޯދުނު.. އެއީ އަޖުވަދުމެން އެކަން ކުރި ރޭ ސަލާމަތްވި މަންޖެ..” އޭނަ ބުނެލިއެވެ. “އެހެންވީމަ މަށަށް ހީވީ ރަނގަޅަށްށޭ.. އޭނަ އާ ހުރެ ބޮޑު އުނދަގުލެއް.. ތޭރަ އަހަރު ކުރިން ނުކުރެވުނު ކަންތައް އެމީހުން ކައިރީ ނިންމާލަން ބުނަންވީދޯ.. އޭރުން އެމަންޖެއަށް އެ ބައްދަލުވީނުން އެ މަރުވިކުއްޖާއަށް އެހެން ހެދި މީހުންނާވެސް..” ނުލަފާ ހިނިގަނޑެއް ޖަހައިލަމުން ޒާއިދު ބުންޏެވެ. “އާނ ތިހެން ހަދަންވީ.. ކުރީ ޒަމާނުގެ […]
“މިހާރު ކޮންކަމެއްކޮށްގެން ތިއުޅެނީ؟ ޒާރިފް ނޫނީ ޒާމިންގެ ކަމެއްތަ؟” އެމީހާ އަހައިލިއެވެ. “އެމީހުން މިހާރު ރަނގަޅޭ.. ބަލާބަލަ އެއުޅޭ އައިޝަތު މައިރީން ރިޔާޒްއާ މީގެ ތޭރަ އަހަރުކުރިން ތޭރަ އަހަރުގެ ކުއްޖަކާ ބެހިގެން މަރުވެގެން އުޅުން ކޭސްއާ ހުރީ ކޮން ގުޅުމެއް ތޯ…” ޒާއިދު އެދުނެވެ. “މައްސަލައެއް ނޯންނާނެ.. މިރޭ ހަބަރެއްވާނަން ތިކަމާ..” އެމީހަ ހަމަޖެހިލާފައި ބުންޏެވެ. “އާން އެއްކަލަ ކެފޭއަށް މިރޭ ބާރަ ޖަހާއިރު އެނގޭ..” ޒާއިދު ގަޑިކިޔެވެ. އެމީހަ އާއެކޭ ބުނުމަށްފަހު ފޯނު ކަނޑައިލިއެވެ. […]