Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ހިތް އެދެ ޔާރާ ތިއޭ – 37

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
September 4, 2025 5 Mins Read
28 Comments

ފަހަތަށް ޖެހެމުން އެތަނުން ސަލާމަތްވާނެ ދޮރެއް ފެނޭތޯ މައިރީންގެ ބޮޑު ދެލޯ ހޯދަމުން ދިޔައެވެ. މައިރީން ދޮރާއި ދިމާލަށް ދުއްވައިގަންނަން އުޅުނު ވަގުތު ކައިލް ކުރިމައްޗަށް އަރައި މަގު ބަންދުކޮށްލިއެވެ. އަދި މައިރީންގެ ގައިގައި ބައްދާލައި މައިރީންވެސް ފިޔާތޮށިކުލައިން ތެންމާލިއެވެ. އެއާއެކު މައިރީންގެ ހުނުމުގެ އަޑާއި ހަޅޭކުގެ އަޑު އެތާ ގުގުމާލިއެވެ. ކުއްލިއަކަށް މީހަކު ކައިލްގެ ފުރަގަހުން އިސްތަށިގަނޑުގައި ހިފައި ފަހަތަށް ދަމައިގަތެވެ.

***ޕާޓް 37***

މައިރީންގެ ހަށިގަނޑުން ދޫކޮށްލުމަށްފަހު ކައިލް ފަހަތް ބަލައިލިއެވެ. އޭރު އޭނަގެ ބައްޕަ ކިރަމް ދެބުމަ ގޮށްޖަހައިލައިގެން ހުއްޓެވެ. ކިރަމްގެ ފަހަތުގައި އަރީޝާވެސް ހައިރާންވެފައި ހުއްޓެވެ. “ކައިލް ކީތް ތިކުރަނީ އެމަންޖެއަށް؟.. އެމަންޖެއަށް ތަދުވެދާނޭ..” ކައިލްގެ އިސްތަށިގަނޑުން ދޫކޮށްލަމުން ކިރަމް ބުނެލިއެވެ. ބައްޕައަށް ބަލައިލަމުން ކައިލް ބޯކަހައިލިއެވެ. ކައިލްއަށް ހުރެވުނު ގޮތުން ކައިލް ހުރީ ލަދުވެސް ގަނެފައެވެ. “މިގޭގަ މިހާ ރީއްޗަށް ކުލަލާފަ ހުރި އިރުވެސް ދެކުދިން ކުލަލާންތަ ތިއުޅެނީ؟؟” ކައިލްއަށް ބަލައިލަމުން އަރީޝާ ވާނުވާގައި ހުރެ ސުވާލުކޮށްލިއެވެ. ކައިލް އިސްޖަހައިލަމުން ބޯހޫރައިލިއެވެ.

“ނޫން މަންމާ.. މި..މި މައިރީން-” ކައިލްގެ ޖުމުލަ ހުއްޓާލަން މަޖުބޫރުވީ މައިރީން ކައިލްއާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން ބުނި ޖުމުލައިންނެވެ. “އަޅުގަނޑު އެއްވެސް ކަމެއް ނުކުރަން.. މި ކައިލް އަޅުގަނޑުގެ ފަހަތުން ދުވުނީ..” މައުސޫމު ގޮތަކަށް މައިރީން ބުންޏެވެ. ދެމީހުންގެ ކޯޅުން ފެނި ދެމީހުންވެސް ހަދަނީ ދޮގުކަން ކިރަމްއަށް އެނގުނެވެ. “އަރީޝާ އަހަރުންނަށް ދެ ކުޑަކުދިން ކައިވެނިކޮށްދެވުނީމަ ވާނީ މިހެން.. ބަލާލަ ކައިލް ހީވަނީ ކުލަ މާއްޔެއްހެން.. މިތަނަށް ހީވަނީ ނަގޫރޯޅިއެއް އަރައިގެން އުޅޭހެން.. އަހަރެން އަދި ކައިލް މިމަންޖެއަށް އަނިޔާއެއް ދެނީއޭ ހިތާ ކައިލްގެ އިސްތަށިގަނޑުގަ ހިފައިގަތީ… ކައިލް ދޭ އަވަހަށް ފެންވަރަން..” ކައިލްގެ ބޮލުގައި ބޮޑިއެއް އަޅަމުން ކިރަމް ބުންޏެވެ.

ކިރަމްގެ ވާހަކަތަކުން ކައިލްގެ އިތުރުން މައިރީންވެސް ހުރީ ލަދުގަނެފައެވެ. ކައިލް މައިރީންއާއި ދިމާލަށް ލޯއަޅައިލިއިރު، މައިރީން ކައިލްއާއި ދިމާލަށް ކުޑަކުއްޖެއް ފަދައިން ދޫނެރިލިއެވެ. ދެމީހުންގެ ކޯޅުންފެނި ކިރަމްއާއި އަރީޝާ ގާތަށް ހިނިއައެވެ. “ދައްތާ އަޅުގަނޑު މިދަނީ ހެދުން ބަދަލުކޮށްލަން.. ހެދުން ބަދަލުކޮށްލައިގެން އަންނާނަން މިތަން ސާފުކޮށްލަން.. ސައިބޮއެގެން ދާން މަޑުކޮށްލައްޗޭ..” ލަދުން ހުރެ މައިރީން އެހެން ބުނެފައި ދާން އުޅެގަތެވެ. “ދައްތައެއް ނޫން ދޫންޏާ.. މިހާރު ކިޔަންވާނީ މަންމަ އާއި ބައްޕަ އިނގޭ..” ހިނިއައިސްފައިހުރެ އަރީޝާ ބުނެލިއެވެ. މައިރީން ލަދުން ބޯޖަހައިލުމަށްފަހު ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ.

ފާހަނައިގައި ކައިލް އުޅެން ޖެހުނީ އޭނަ ހަށިގަނޑުގައި ހުރި ޑިސްކޯތަކާއި ގްލިޓާ ނުފިލައިގެންނެވެ. އެހެން އިރުއިރުކޮޅަކާ މައިރީންއާއި ދިމާލަށް އަމިއްލައަށް ހުރެގެން ކުދި ކިޔާލައެވެ. މައިރީން ހެދުން ބަދަލުކޮށްގެން ފާހަނަ ކައިރިއަށް އެޅިފައި ހުރި ގްލިޓާ ސާފުކޮށްލިއެވެ. އަދި އެތާ މޮޕުލާފައި އަވަހަށް ކޮޓަރިން ނުކުތުނެވެ. އޭރު އަރީޝާ ބަދިގެއަށް އެޅިފައިހުރި ކުލަތައް ސާފުކުރަން އުޅެއެވެ. “ދައް.. މަންމާ ތި ބަހައްޓާ.. އަޅުގަނޑު ސާފުކޮށްލާނަން..” މައިރީން އަވަސް އަވަހަށް އަރީޝާގެ އަތުން މޮޕު އަތުލަން މަސައްކަތް ކުރަމުން ބުންޏެވެ. “ދަރިފުޅާ މިއީ އެހާ ބޮޑު ކަމެއް ނޫނޭ ދެން..” އަރީޝާ މޮޕުލަމުން ބުނެލިއެވެ.

ކުއްލިއަކަށް އެއްޗެއް ވެއްޓުން އަޑުފައްގަނޑު ކޮޓަރިތެރިން އިވުނެވެ. “ދޭބަލަ ކޮޓަރި ބަލައިލަން.. ކައިލް ކަންނޭނގެ..” އަރީޝާ ދެލޯ ބޮޑުކޮށްލަމުން މައިރީންގެ ގާތު އެދުނެވެ. މައިރީން ދާން ނުދާން ހުރެފައި ކޮޓަރިއަށް ދިޔައެވެ. “އަލިފާން.. އާހް އަތްދިއްޔޯ!!” ކައިލް އުނަގަނޑުގައި އަތް އަޅައިގެން ކިޔަމުން ދިޔައެވެ. މައިރީންއަށް ހިނިގަނޑު ހިފައްޓާލަން މަޖުބޫރުވިއެވެ. މައިރީން މޮޕުލާފައި ދިޔަ ތަނަށް ކައިލް އޮތީ ކައްސައިލާގެން ގުޅައަކަށް ޖެހިފައެވެ. އޭރުވެސް އޭނަގެ ހަށިގަނޑުގައި މަޑު ފިޔާތޮށިކުލައެއް ހުރިއިރު ޑިސްކޯގެ އަސަރު އެ ހަށިގަނޑުން ދިޔައީ އަދިވެސް ފެންނަމުންނެވެ.

މައިރީން ހޭން ފެށުމުން ދެބުމަ ގޮށްޖަހާލާފައި ކައިލް މައިރީންއާއި ދިމާލަށް ބަލައިލިއެވެ. “ރަނގަޅަށް ހޭ މިގަޑީ.. މިރޭ އިނގޭނެ ހަދާލާނެ ގޮތް..” މައިރީން ބިރުގަނުވާލުމަށްޓަކައި ކައިލް ބުނެލިއެވެ. ކައިލްގެ ވާހަކައިން މައިރީންގެ ހަށިގަނޑަށް ފިނިގަނޑެއް އަރައިގެން ދިޔައެވެ. އަވަސް އަވަހަށް އެތަނުން ފިލުމަށްޓަކައި މައިރީން ބަދިގެއަށް ވަދުނެވެ. އޭރު އޭނަގެ ނޭވާ އަވަސްވެފައި ހުރިއިރު މޫނުމަތި ހުރީ ކޮންމެވެސް ވަރަކަށް ރަތްވެފައެވެ. މައިރީން ދިޔުމުން ކައިލްއަށް އެއްމިޔަކަނުން ހީލެވުނެވެ. މައިރީން ދިޔައީ ބިރުންކަން އޭނައަށް އެނގެއެވެ.

ފޯނެއް އައުމުން ކައިލް އޭނަގެ ފޯނަށް ޖަވާބުދިނެވެ. “ހަލޯ ކަލޭ ކޮންތާކު؟ ޒާއިދު ހީވަނީ މޮޔަ ބޮލަށް އަރައިގެން އުޅޭހެން.. އޮފީސް އެންމެނަށް ދުއްތުރާކުރޭ އެބަ.. މަ މިހުންނަނީ ބޮލުން ދުންއަރާވަރުވެފަ.” ކައިލް ފޯނު ނެގުމާއެކު ރުކައިން ޝަކުވާ ގޯނި އޮއްސައިލިއެވެ. “މަ މެރިއޭޖް ލީވްގަ މިހުރީ..” ކައިލް ބުންޏެވެ. “އޭނ؟؟؟ ކަލޭ ކޮންއިރަކު ކާކާ ކައިވެނީ ކުރީ؟؟” ރުކައިން ފޯނުގެ އަނެއްފަރާތުން ހަޅޭއްލަވައިގަންނަ ފަދައިން ބުންޏެވެ. “އެ ދެން އެހާ މުހިންމެއް ނޫނެއްނުން.. މަށަށް ތި ޒާއިދުގެ ވާހަކަ ކިޔައިދީބަލަ..” ކައިލް ބުނެލިއެވެ. “ހުންނަ ނުލަފާކަން.. މަށަށް އެނގުމެއް ނުލާ ވަގަށް ކައިވެނިކޮށްފަ އަދި ދައުވަތުވެސް ދިނީކީއެއްނޫނޭ.. އަހަރުން މިތާ ސަފާ ކުރަން ބަހައްޓާފަ ކަލޭ ހަނީމޫން ހަދާލަނީ ވާވާ.. ކަލޭ ތީ ކޮންކަހަލަ ރަހުމަތްތެރިއެއްތަ.. ނޫޅެން އޭނަގެ ހަބަރެއް ދޭކަށް ވަރަށް ސަލާން..” އެހެން ކިޔާފައި ރުކައިން ފޯނު ބޭއްވިއެވެ. “މީ އަދި ކޮންކަހަލަ މީހެއްތަ.. އަންހެނަކަށް ދޫނުކުރޭ..” ކައިލް ކުދިކިޔައިގަތެވެ.

ޔާދިން ފޯނާއި ކުޅެން ދުންޔާގެ ބަނޑުގައި ބޯއަޅައިލައިގެންއޮތެވެ. “ދޫނީ..” އެހެން އޮވެފައި ޔާދިން ލޯބިން ގޮވައިލިއެވެ. “ޔެސް ދިން؟” ޔާދިންއާއި ދިމާލަށް ސުވާލުގެ ނަޒަރަކުން ދުންޔާ ބަލައިލިއެވެ. “ދޫނި ތިހުރީ ނާރސިން ކިޔަވައިގެނެއްނުން.. ކިޔަވައިގެން ހުރެ ހައުސް ވައިފްއަކަށްވެގެން ކިޔެވި އެއްޗެހި ބޭކާރަށް ހެދުން ސަކަރާތެއްނުން.. ދޫނި ޖޮބަކަށް އެޕްލައިކުރަން އުޅެންވީނުން..” ދުންޔާއާއި މެދު ޔާދިން ވިސްނައިލަމުން ބުންޏެވެ. “އޭރުން އެކަމަކު ދިންއަށް އުނދަގޫވާނެއެއްނުން.. ނާސިން ޖޮބްސް ވަރަށް ބުރަވާނެ..” ދުންޔާ ބުނެލިއެވެ.

ޔާދިން ދުންޔާގެ މޫނުކޮޅު އޭނަގެ އަތުން ހިފަހައްޓައިގެން ހުރެ ވާހަކަ ދައްކަން ފެށިއެވެ. “އަހަރެމެންގެ ދަރިއެއް ނުހުންނައިރު ކޮން އުނދަގުލެއް ވާނީ.. އެހެންނޫނަސް މިހާރުވެސް ދޫނިއަށް އަހަރެންގެ ފަރާތުން ވަރަށް އަނިޔާ ދެވިއްޖެ.. އަހަރެންދެކެ ވީ މޮޔަ ލޯތްބެއްގެ ސަބަބުން މާސްޓާސް ނިންމި ގޮތަށް އަހަރެންނާ އިނދެގެން ހައުސް ވައިފްއަކަށްވީ.. ޔޫ ޑިޒާރވް ޓު ޔޫސް ޔުއާރ ނޮލެޖް އެންޑް އެޑިޔުކޭޝަން..” ޔާދިން ދުންޔާއަށް ވިސްނައިދެމުން ލޯބިން ބުނެލިއެވެ. “ދިންއާއި އިނދެވުން އެއީ މޮޔަކަމަކަށް ނުވި.. ކެތްތެރިކަމުގެ މޭވާއަކީ ފޮނި އެއްޗެއް.. ހަތް އަހަރުވަންދެން ދިންގެ ލޯތްބަށް އެދިއެދި ހުއްޓަ އެންމެފަހުން ދިން އަހަރެންނަށް ހާސިލް ކުރެވުން..” ޔާދިންގެ ކޮލަށް ދޮނެއް ދެމުން ދުންޔާ ބުނެލިއެވެ.

ޔާދިން ހިނިތުންވެލިއެވެ. “ދޫނި ޖޮބަކަށް ވަދެފިއްޔާ އަހަރެން ވަރަށް އުފާވާނެ.. އަހަރެން އޮންނާނެ އިންޓަވިއުއެއް ޓްރީޓޮޕްއިން ދޫނިއަށް ހޯދަދީފަ.. އައި ނޯ ޔޫ ކޭން ޑޫއިޓް.. ވަރަށް ލޯބިވޭ…” ދުންޔާގެ ނިތަށް ބޮސްދެމުން ޔާދިން ބުނެލިއެވެ. ދުންޔާގެ ދެލޯ ވިދައިލިއެވެ. ޓްރީޓޮޕް ހޮސްޕިޓަލަކީ އޭނަ ވަޒީފާއަށް ދާން އެންމެ ބޭނުންވި ހޮސްޕިޓަލެވެ. އުފަލުން ހުރެ ދުންޔާ ޔާދިންއަށް ޝުކުރުއަދާކުރިއެވެ.

އެނދުގައި އޮށޯވެލައިގެން އޮތް ލާރާ ދިޔައީ މަޑުމަޑުން ބަނޑުގައި ފިރުމަމުންނެވެ. އޭރުވެސް އެދެލޯވަނީ ވޭނުން ފުރިގެންވި ކަރުނަތިކިތަކުން ބަރާވެފައެވެ. މަޔާންއާއި އެއްކޮށް ހޭދަކުރި ދުވަސްތައް ލާރާގެ ހިޔާލަށް ވެރިވަމުން ދިޔައެވެ. އެއީ ކޮންފަދަ އުފާވެރި ދުވަސްތަކެއް ހެއްޔެވެ؟ އޭނަގެ ދިރިއުޅުމަށް ބިންދާލި ބޮޑު ރާޅުގެ ސަބަބުން އެ އުފާވެރި ދުވަސްތައް މާޒީގެ ސަފްހާތަކަށް ގެއްލެމުންދާ އިހްސާސެއް ލާރާއަށް ކުރެވުނެވެ. އޭނައަށް ބަލައިލެވުނީ އޭނަގެ ގާތުގައި އޮށޯވެގެން ސީލިންގއަށް ބަލަން އޮތް އެ ދެމެފިރިންގެ ލޯބީގެ ނިޝާނަށްށެވެ. މަޔާންގެ ކާބަން ކޮޕީއެއްފަދަ މާޔަލްއަށްށެވެ.

މާޔަލްގެ ކުޑަކުޑަ މޫނުމަތީގައިވީ ހުސްކަމެވެ. އެހެންނަމަވެސް ލާރާގެ ބަލައިލުމާއިއެކު ގަދަކަމުން އެ ކުޑަކުޑަ ތުންފަތަށް ހިނިތުންވުމެއް ގެނުވިއެވެ. ލާރާގެ ލޮލުގެ ކަނުން ވެއްޓުނު ކަރުނަތިކި ކުޑަކުޑަ އަތުން ފޮހެލަދިނެވެ. “މަންމީ މާމަ ބުންޏެއްނުން އަބަދު ރޮންޏާ ކޮއްކޮ ބަލި ވާނޭ.. އައިނާ ދައްތި ބުނި ވަރަށް އަވަހަށް ބައްޕި އަންނާނޭ..” ވިސްނޭ ބޮޑު މީހެއް ފަދައިން މައުސޫމުކަމުން ފުރިގެންވި ރާގަކަށް މާޔަލް ބުންޏެވެ. ލާރާގެ ތުންފަތަށް ކުޑަ ހިނިތުންވުމެއްވެރިވިއެވެ. “ކޮއްކޮ ރަނގަޅޭ ދޫނީ..” ލާރާ މާޔަލްގެ ބޮލުގައި ފިރުމައިލަމުން ބުނެލިއެވެ. މާޔަލް އެނދުގައި އިށީނދެގެން އިނދެ ކުއްލިއަކަށްކޮށްލި ސުވާލުން ލާރާގެ ގާތަށް ހިނިއައެވެ.

“މަންމީ.. ކޮއްކި ކިހިނެތް މަންމިގެ ބަނޑަށް ވަދުނީ؟ މަންމި ކޮއްކި ކާލީތަ؟” ދެލޯ ބޮޑުކޮށްލަމުން މާޔަލް އަހައިލިއެވެ. ލާރާ ހޭންފެށިއެވެ. މަޔާން މި ވަގުތު ހުރި ނަމަ މަޔާން ހުންނާނީ ހީހީ ބިނދިފައިކަން ލާރާއަށް އެނގެއެވެ. “ނޫނޭ ދަރިފުޅާ.. ބޮޑުވީމަ އިނގޭނެ އަދި..” ލާރާގެ ހިނިތުންވުންފެނި މާޔަލްގެ ހިތަށް ހަމަޖެހުން ލިބުނެވެ. “މަންމި ސްމައިލް ކުރީމަ ލަލަށް ރީތި..” މާޔަލް ހީލަމުން ބުނެލިއެވެ. ލާރާގެ ހިނިތުންވުން ފުންވިއެވެ. މާޔަލް މަސައްކަތްކުރަނީ ލާރާ ހެއްވާލެވޭތޯކަން ލާރާއަށް އެނގެއެވެ. މާޔަލްގެ ކުޑަ ހަށިގަނޑުގައި ލާރާ ބައްދައިލިއެވެ.

ކައިލް ދިޔައީ އޭނަގެ މަންމަ ބުނެގެން ފިހާރައަށް ޕާސްޓާ ޕެކެޓް ގަންނާށެވެ. މެންދުރުގެ އިރުގެ އަލި އެޅެމުން ދިޔަ ގޮތުން އަދި އޭނަގެ މޫނާއި ހަށިގަނޑުގައި ހުރި ޑިސްކޯ ނުފިލާ ހުރުމުން، އޭރުވެސް ކައިލް ދިޔައީ ފާޑަކަށް ވިދަމުންނެވެ. ފިހާރައިގަ ހުރި ކުއްޖާވެސް ކައިލްއަށް ފާޑަކަށް ބަލައިލިއެވެ. ކައިލް ގަދަކަމުން ހިނިތުންވެލިއެވެ. އަވަސްކޮށްލައިގެން ފިހާރައިން ނިކުމެ ގެއަށް ދިޔުމަށްޓަކައި އޭނަ ހިނގައިގަތެވެ. ކައިލްގެ ފިޔަވަޅުތަކަށް ހުއްޓުމެއް ވެރިވީ އޭނަގެ ކުރިމައްޗަށް އެރި ދެމީހުން ފެނިފައެވެ. “އާހިލް؟ ރުކައިން؟؟” ކައިލްއަށް ބުނެވުނެވެ.

ދެމީހުން ލާނެތް ގޮތަކަށް ހީލިއެވެ. “އަހަރުންނަށް ސައެއް ނުދީ ފިލައިގެން އުޅެވޭނެކަމަށްތަ ހީކުރީ..” އާހިލް ލާނެތް ގޮތަކަށް އަހައިލިއެވެ. “އެންމެ ކުޑަވެގެން ކައިވެނީކުރީވެސް ކާކާކަން އަންގައިވެސް ނުލާ މިސޮރު މިއުޅެނީ.. ރަނގަޅު ބޮޑިއެއް ދޭންވާނެ މިފަހަރު އާހިލް..” ރުކައިން ހިނިއައިސްފައި ބުންޏެވެ. “ހޫން ހޫން މަ މިއުޅެނީ ބޮޑި ނުބޮވިގެނެއްނޫނޭ.. މިހުރީ މަގޭ އަނބިގޮއްޔެ މަށަށްކޮށްފައި ހުރިވަރު.. ރަހުމެއް ހަމްދަރުދީއެއް އޮވެބަލަދޯ..” އޭނަގެ ވިދަމުން ދިޔަ މޫނު ދައްކައިލަމުން ކައިލް ބުންޏެވެ. “މާތްކަލާކޯ!! ކަލޭ ކާކާ ކައިވެނިކޮށްގެން ތިއުޅެނީ އަނެއްކާ؟” އާހިލް ދެލޯ ބޮޑުކޮށްލަމުން އަހައިލިއެވެ. “އާދޭ މެންދުރު ކާން މިގެއަށް.. އޭރުން އެނގޭނެ..” ކައިލް އެހެން ބުނުމުން ރުކައިން އާއި އާހިލް އޭނަގެ ފަހަތުން ދިޔައެވެ.

އެމީހުން ދިޔައީ އެކި ވާހަކަ ދައްކަމުންނެވެ. “އޭ އެނގޭތަ އެއުޅޭ ޒާއިދު ހީވަނީ އެހެންފަދަ ކަމެއްވެގެން އުޅޭހެން.. މަށަށް ރޫމާއެއް އެނގޭ އަޑުއިވުނީ.. ކަލޭ ކުރިން މަސައްކަތްކުރި ލޯޔަރު ޒާއިދު އޯ ކިޑްނެޕްކުރީ.. އޭނަ ކިޑްނެޕްކޮށްފަ ހުއްޓަ ފިލީމައޯ އެހާ ވަރެއް އަރައިގެން އެއުޅެނީ.. އެކަމަކު ހެކި ނުލިބޭތީ ޒާއިދު ހައްޔަރުވެސް ނުކުރެވި އެހުންނަނީ.. ދެން ބޮޑެތި މަގާމެއްގަ ހުރީތީވެ ހެކި ކުރިމަތީގަ ފެންނަން އޮތަސް ނުފެންނަކަމަށް ހަދައިގެން މީހުން އުޅޭނީ.. އެކަމަކު އެ ލޯޔަރު ވަރަށް ހޯދާ އެބަ.. ވަރަށް ޑޭންޖަރަސް އެމަންޖެއަށް.. ބްލެކްމާރކެޓްގަވެސް އެބައޮތް އޭނަ ސަލާމަތުން ގެންނަ މީހަކަށް ބައިވަރު ބިޓްކޮއިން ދޭނެކަމަށް..” ރުކައިން އޭނައަށް ދެއްކެނީ ކައިލްގެ އަނބިމީހާގެ ވާހަކަކަމެއް ނޭނގި ކައިލްއަށް ކިޔައިދިނެވެ. ރުކައިންގެ ވާހަކަ އަޑުއިވި ކައިލްގެ އަތުގައި އޮތް ކޮތަޅަށް ބާރުކޮށްލެވުނެވެ. އެ މޫނުމަތިން ނުރުހުމުގެ ކުލަތައް ފާޅުވެގެން ދިޔައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

ޝިރާތް 14

Next

ހަވޭލީ – ވިހިވަނަ ބައި

Next
September 4, 2025

ހަވޭލީ – ވިހިވަނަ ބައި

Previews
September 4, 2025

ޝިރާތް 14

28 Comments!

  1. Aanaa says:
    September 4, 2025 at 11:42 am

    Masha allah mi part vs vrh reethi
    Miadhu hedhunun feshign mi vhk ge inthizaafuga hury
    Kail r Mai e ulheny kail ge family kaery ga dhww? Aana hiikuryy ehn rashehga kmh
    Alheyyy Tom n Jerry eiii
    Heyn vgn badah vs thadhu araifi
    Dhunya n yaadhin vs vrh loabi
    Aanaa kurin vs hithah eri kiihve baaey dhunya job akh nudhany
    Mammi kohki kaaliiheyyy? 😂
    Bageechaa film mathin hadhaanvyy
    IA mayaan vrh avahah ahnaane
    BTW mirey mai ah hadhaalane goi balan keih madhuvefa mihury🫢
    Curiously waiting
    When next?
    Lyyyyy🫶🏻🫶🏻🫶🏻

    1. Maash Maash says:
      September 5, 2025 at 5:10 pm

      Thankyou so much Aana.. I’m Happy u liked it.. Ehendhw vany.. Kail aa mai ulheny kail family ulhey rashuga but different housesga.. Hama asluvx tom and jerry eii hehe..
      Dhunya men are always cute hehe..
      Hehe maayal vx ahaa suvaaludhw dhen..
      Maash beli filmehnoon thi adhi..
      Hehe ingeyne mai ah hadhaane gotheh vrh avahah..
      Next part insha allah Mondayga,,
      Love you moree darll💜🦋

  2. Anonymous says:
    September 4, 2025 at 12:42 pm

    Masha Allah mi part ves vrh reethi.
    Kurin dhiya the part ga comment eh nukohlevuny mi dhuvaskolhu ehkoh scl ga ulhen jehunyma…ekm ves dhe parts kiyaalin. Vrh furihama
    Curiously waiting
    Whn next??
    Lysm maaash

    1. Maash Maash says:
      September 5, 2025 at 5:12 pm

      Thankyou so much darll.. I’m Happy u liked it..
      Its Okey u should focus on school more ingey..
      Next part insha allah Mondayga..
      Love you More darll💜🦋

  3. Shiu💜 says:
    September 4, 2025 at 12:55 pm

    Mi part vx varah Reethi Masha Allah…
    Dhunya and Yaadhin is soooo loabi 🥰
    Mai and Kail dhw.. 😅 heeehee bandah thadhuvejje..🤣🤣 Kail mamma mennah vx e fenuny E dhemeehunge koalhun gandu. Lmao😂
    I feel soo bad for Laara and Maayal 🥺🥲
    Zaaidh haadha rulhi key dhw e annany.
    Mai ah dhera gotheh nahadhahchey 🥺🙏
    Curiously waiting for the next part..
    Lysm Maash 💜

    1. Maash Maash says:
      September 5, 2025 at 5:14 pm

      Thankyou so much darll.. I’m Happy u liked it..
      Hehe yess they are always cute..
      Haha Yeahh Kail mom menah vx dhemeehun ulheygoii fenijje hehe..
      Me too. I feel bad for them..
      Hehe yess dhen rulhi annaanethaa kail eynage hostage gendhiyaama.. Lets see what happens to mai dhww..
      Next part insha allah Mondayga..
      Love you More darll💜🦋

  4. Shaf_maan says:
    September 4, 2025 at 2:20 pm

    Maasha Allah mi prt vx vrh reethi
    Kail n mai ge koalhun gan’du e fenyny adi mon n dad ah kailge..😭😭
    Heehee gos bandah thadhu vey eba 😭
    Kail mai ah mirey kihineybaa hadhaany…
    Dhunya n yaadhin dhww… Haadha rangalhu hux ekey yaadin akyy… I want ekahala myhey future ga.. 💜💜💜
    Mammi baby kaaly eyy…😂🤣 Alheyy… Yaalu haadha funny eyy.. He is such a great son.. 💜💜
    Maash plzz🙏🙏 mai ah dhera gothey nuhadhacheyyyyy…
    Cant wait for the next prt
    Curiously waiting
    Whn nxt???????
    Tc.. Lysm Marsh 💜💜

    1. Maash Maash says:
      September 5, 2025 at 5:16 pm

      Thankyou so much darll.. I’m Happy u liked it..
      Hehe yeah Kailmenge Koalhun Fenuny Kailmen mammamenah.. Lets see what happens dhww.
      Hehe same.. vrh undhagoo vaane mihaaru yaadhin kahala meeheh hoadhan..
      Hehe yess Yaalu is a great son..
      Lets see dhw mai ah vaagoii..
      Next part insha allah Mondayga..
      Love you More darll💜🦋

  5. GURRRRL says:
    September 4, 2025 at 2:48 pm

    Mi prt vx hama vrh salhi maasha allah
    Kail n mai ge prt n dhunya n yaadhin ge prt vx vrh lowbi💛💜
    Yaalu vrh cute n funny.. Baby kaaly.. Hehe
    Mai ah dhera gothey nuhadhachey.. Plzz
    Kon irakun next episode?
    Lyy 💛💜

    1. Maash Maash says:
      September 5, 2025 at 5:17 pm

      Thankyou so much darll.. I’m Happy u liked it..
      Aww thankss..
      Yess yaalu is funny hehe..
      Lets see what happens to mai dhww..
      Next part insha allah Mondayga..
      Love you More darll💜🦋

  6. Aisha says:
    September 4, 2025 at 3:40 pm

    Masha Allah vrh reethi ♥️.. maash ge vaahaka thah konme dhuvahaku vx kiyan bt comment nukuran.. aley aharen heekohgen miuleny mai and kail uleny ehn rashehga kamah because kail mai gendhiya fahun vx kail ge parents vaahaka eh naanathyve.. yaadin and dhunya so cute 🥰..

    1. Maash Maash says:
      September 5, 2025 at 5:19 pm

      Thankyou so much darll.. I’m Happy u liked it..
      Kail mai kidnap kohgen genaee kailge rashah.. kailmen parents ulheny ehen house ehga.. adhi ingeyne mi vaagoi kuriyah huri epsga..💜🦋

  7. Oreo gurll says:
    September 4, 2025 at 4:52 pm

    Oohh wooww. Yaadhin is so kind.. Dhunya kihaa happy vaane dhw. But i didnt know she was a nursee!!!?
    Haha..
    Plus, Areeshaa and Kiram akee Kail ge parents dhw. I didnt know. So they are not in malé dhw. But dhn knthaaku. Hama gaimu vx rasheh. Fihaara vx e hureenu. Okay…
    Maireen so cute… Kaill vx dhww. I cant even imagine them blushing hahaha
    Rukain and Aahil ves aissi, i wonder whats gonna happen miadhu mendhuru e geyah kaan dhiyaeema. Would anyone of them recognise each other? I think another conflict eh kanneynge ufedheynee cuz Rukain looks so much like Raakin and Maireen would recognize dhw.
    Actually, hama varah heeveg Rukain akee Raakin hen. I mean he has scars on his hand. Maybe he forgot his memory or smth?
    And Kail is getting so protective to Maireen. But suvaalakee hama ekani firimeehaa veema hey eii hama? ….😊 i dont think so…
    He just haven’t realised it….
    And haadha vareh vegeney dhw black market ga jahaanee. Zaaidhu men ge power varah varugadha. Kailll please save Maireeeeenn. Ekam Maash, Maireen save kuran hadhaigen Kail maraa nulahchey…. he’s my fav male lead.
    Hehe.. mi episode vx varah varah reethi MaShaAllah
    🥰🥰 when next??? Lyyyyysssssssmm 💖💖

    1. Maash Maash says:
      September 5, 2025 at 5:25 pm

      Hehe yess Yaadhin is nice dhww.. DHunya nursing kiyavaagen hurey.. She didn’t go job ah.. Yes Kiram is kail’s father.. and yeah emeehun ulheny rashehga.. Maireen ah kurin part ehga rukain fenunehnun.. so they are fimilier with each other ingey.. Hehe lets see dhww.
      Kail kairi ahaafiyya he’ll say huzband ah vma wife protect kurumaky eynage job ehnunhey😂 yes zaaidhu men are very powerful.. haha lets see what heppens dhww.. Next ep insha allah mondayga.. I’m happy u liked this ep..
      Love you moree darll💜🦋

  8. Thiththi says:
    September 4, 2025 at 11:42 pm

    Heekuri meehaa akah nuvi! Heekuree maavin kulamaali fahathuga huree! Dhebai meehunnah ves suprise eh liben ulhey vaththaru jahanee mihaaru! Kushakee kobaa in feshigen Maash ge hurihaa vaahaka eh gavaidhun kiyamun mi annanee comment nukuri akas!

    1. Maash Maash says:
      September 5, 2025 at 5:26 pm

      Its okey darll.. Maavin vx adhi annaane.. Asluvx dhebai meehunanh bodu suprise eh libeyny.. Aww vrh ufaa vejje maash ge hurihaa vhk eh kiyaakan enguneema💜🦋

  9. Mariam says:
    September 5, 2025 at 12:23 am

    Masha Allah Vrh furihama mi part vx 😍
    I thought it was gonna be someone else not his parents but it’s OK hehehe
    Mai and Kail juss the best couple igey and yaadhin and dhunya vxx hama Wooww. Maash ge sifakurunthah furihama kamun kiyaagadee picture kurevey hama. Ur doing an amazing job Maash and keep it up 👏🏽👏🏽❤️
    Btw I read every story of Urs even though I don’t comment but mi part ah fahu dhn hurihaa part akah vx comment kuraanan insha Allah. I love Ur stories Btw. It’s hama bestttttt. Love itt
    Thank u sm for writing stories like these. I’m one of Ur biggest fan ❤️❤️❤️
    And when’s next part. Hope we’ll get to read it soon 🤗

    1. Maash Maash says:
      September 5, 2025 at 5:33 pm

      Thank you so muchh darlll.. I’m happy you liked it..
      Hehe ehendhww.. asluvxx they are the best..
      Really🥹? Vrh vrh ufaa vejje thihen buneema.. I always try sifakurunthah gina kureveythw.. to make reader picture the scenes in their minds.. thank you for the compliment it means a lot to me💜..
      Aww I’m so happy U read all my stories.. can’t wait for Ur lovely comments.. aww thank you so muchhh..
      Thank you for leaving such a lovely comment.. and Ur welcome..
      Next part insha Allah Monday.. 💜🦋

  10. laii says:
    September 5, 2025 at 1:06 pm

    mi part vx vrh reethi
    i’m like so inveted in reading hama irukolhakolhaa check kurevey
    keep up the good work
    lyy

    1. Maash Maash says:
      September 5, 2025 at 5:36 pm

      Thank you soo much Laii.. I’m happy liked it..
      Aww ehen dhww..
      Thankyou for ur support..
      Love you moree darll💜🦋

  11. Anonymous says:
    September 5, 2025 at 4:11 pm

    Where is maashh baleetha

    1. Maash Maash says:
      September 5, 2025 at 5:36 pm

      I’m finee alhamdhulillah

  12. Shaf_maan says:
    September 5, 2025 at 4:14 pm

    Assalaamualaikum hurihaa kudhin. Maasha ulheny belive maash buny dhn mi story ge aneh part geneveynee next week Thursday ga O. Maash hurihaa kufhingaathu maafah edhun. Maash bunuvvee alhugadu kairi mi vhk bunedhen and here Iam
    Maash othy admit koffa. Shafakallah
    ❤️

    1. Maash Maash says:
      September 5, 2025 at 5:52 pm

      Heyyy I’m Finee.. Alhamdhulilah.. Story ge aneh part mi week mondayga genesdhynan Insha allah..
      Maash nubunamehnun ehen darll.. Dont lie like this ingey it’s not good.. Maash Admit eh nukurey ingey.. I’m not mad ehgothakahvx.. But I Advice you all, please don’t spread rumours like this.. Love you all💜🦋

  13. shynyx inax shynyx inax says:
    September 5, 2025 at 4:28 pm

    v v reethi

    1. Maash Maash says:
      September 5, 2025 at 5:53 pm

      Thankyou So much darll. Happy u liked it💜🦋

  14. 🥀 says:
    September 5, 2025 at 7:51 pm

    Mshallah mi part ves vrhh reethi when is next 🥹😘😘

    1. Maash Maash says:
      September 5, 2025 at 10:31 pm

      Thank you so muchh.. I’m happy U liked it.. next part Insha Allah Monday ga,💜🦋

Comments are closed.

Next Episodeހިތް އެދެ ޔާރާ ތިއޭ – 38←


All Right Reserved!