އަނެއްކާ މައިރީންގެ ބޮލުގަ މައްސަލައެއް އުޅެނީބާއޭ ރުކައިންގެ ހިތަށް އެރިއެވެ. “ކޮންތާކު ގޯސްޓް ހުރީ؟؟” މަޑުމަޑުން ރުކައިން އަތް މައްޗައް ނަގައިގެން ހުރެ ސުވާލުކޮށްލިއެވެ. “ތި.. ތިއީ..” ބިރުން ހުރެ މައިރީން ބުނެލިއެވެ. ރުކައިންގެ ދެލޯ ބޮޑުވިއެވެ. “އަހަރެން މިއީ ގޯސްޓެއްނޫން.. އަހަރެން މިއީ އިންސާނެއް މައިރީން ކަހަލަ.. ކައިލް ބުނެގެން އަހަރެން މިހުރީ…” ރުކައިން މަޑުމައިތިރިކަމާއެކު ބުންޏެވެ. “ކައިލްއަކަށް ނޭނގޭނެ ރާކިންއެއް.. ރާކިންވީ މަރުވެފަ.. ތިއީ ކާކު؟؟ ކްލޯންއެއްތަ؟ ޖިންނިއެއްތަ؟” ކުރިމަތީގައި ހުރި ރާކިން ފަދަ […]
މައިރީން ދެލޯ ބޮޑުކޮށްލިއެވެ. “މައި؟ އަހަރެން؟ އެމީހުން ބިރުދެއްކީ ކައިލްއަށް މައިއޭ ކިޔައިގެން؟” ލޫކްގެ ނަޒަރުން މައިރީންއަށް ހީވި ގޮތާމެދު ސުވާލުކޮށްލިއެވެ. ލޫކް ބޯކަހައިލިއެވެ. “މައިގެ ސަބަބުން ކައިލް ސަސްޕެންޑްވާކަށް ނުޖެހޭނެ.. އައިމް ގޮނަ ޓޯކް ޓު ދެޓް އޮފިސާރ..” މައިރީން ތެދުވަމުން ބުންޏެވެ. “ވަޓް މައިރީން ތިއުޅެނީ މޮޔަ ކަމެއް ކުރަން..” ޝާއިލް ވަގުތުން ބުންޏެވެ. މައިރީން އެއްޗެކޭ ބުނުމެއްނެތި އެތަނުން ދާން ހިނގައިގަތެވެ. ***ޕާޓް 22*** ޝާއިލް އޭނަގެ ނިތުގައި މަޑުމަޑުން ޖަހައިލިއެވެ. “އަހަރެން […]
ޒާއިދު އެހެން ހުއްޓައި ކޮންމެސް މީހަކު ދޮރުގައި ޓަކި ޖަހައިލިއެވެ. އުކައިލް ވަންނަން ހުއްދަ ދިނުމުން ދާރިއަން ވަދުނެވެ. ދާރިއަންގެ ފަހަތުން އެހެން ޒުވާނެއް ވަދުނެވެ. ފުލުސް ޔުނީފޯރމްގައި އެމީހާ ހުރިއިރު އޭނަގެ އިސްތަށިގަނޑު ވަނީ ތުނިކުރެވިފައެވެ. ދޮން ހަށިގަނޑެއްގެ ވެރިއެވެ. ޔުނީފޯރމް ލާފައި ހުރިއިރު އޭނަގެ އަތުގައި ވަރަށް ދުވަސްވެފައި ހުރި ފަދަ ޒަހަމްއެއް ހުއްޓެވެ. “އަހްމަދު ރުކައިން ފާރޫގް” އުކައިލް އެ ޒުވާނާގެ ޓެގްކޮޅުގައިއިން ނަން ކިޔައިލުމަށްފަހު ތެދުވެ ސަލާމްކޮށްލިއެވެ. ***ޕާޓް 21*** ރުކައިން […]
މައިރީން ހެމުން ސޯފާގައި އިށީނެވެ. އެވަގުތު ވާހަކަ ދައްކަމުން ލާރާއާއި އައިނާއައެވެ. “މައީ ހާދަ ވަރަކަށް ހެނީ.. އަނެއްކާ ކިހިނެތްވޯ؟.” މައިރީން ހޭވަރުން ލާރާ އެއްބުމަ އަރުވައިލަމުން ސުވާލުކޮށްލިއެވެ. “މިރޭ މެޓް އޮފީހުން ބިންހެލުންތައް އަރާނެކަމަށް އިންޒާރު ދީފި.. އެހެންވެ ޔާލުވެސް މައިމެން ކޮޓަރީގަ ބާއްވަނީ ހިނގާ އަވަހަށް ދާން އައީ..” މައިރީން ހެމުން ބުންޏެވެ. އަދި އަވަސް އަވަހަށް މަޔާލް ގޮވައިގެން ކޮޓަރިއަށް ވަދުނެވެ. މައިރީން ބުނި އެއްޗެއްގެ މާނަ އެނގުމުން ލާރާގެ ކޯތާފަތަށް ޖަންބުކުލަ […]
ކައިލް ދެބުމަ ގޮށްޖަހައިލިއެވެ. ދާރިއަން ހަދަން އުޅޭ އެއްޗެއް އޭނައަކަށް އެއްވެސް ގޮތަކަށް ނޭނގުނެވެ. “އަހަރެންނަށް ވިސްނޭ ގޮތަށް އެއްޗެއް ކިޔާބަލަ..” ކައިލް ހިތްހަމަ ނުޖެހިފައި ބުންޏެވެ. ***ޕާޓް 19***. “ދެން އޮތް ތިރީސް ދުވަހަށް ކައިލް އެމް.ވީ.އެސް.އޭގައި އޭނަގެ ކޮއްކޮގެ ކޭސްއަށް މަސައްކަތް ކުރެވޭ ގޮތް މާވިން ހަދައި ދޭންވީނުން.. ހަމަގައިމުވެސް މިތަނަށްވުރެ ފަސޭހައިން އެތަނުގަ މަސައްކަތް ކުރިއަށް ގެންދެވޭނެ..” ދާރިއަން އޭނަގެ ސިކުނޑީގައި ހިނގަމުން ދިޔަ ހިޔާލު ހިއްސާކޮށްލިއެވެ. ދާރިއަން އެހާ ފާޅުކޮށް އެތަނުގެ […]
މައިރީން ހިނގާލާފައި ގޮސް ކައިލްގެ ކޮނޑުގައި އަތް ބާއްވާލުމަށްފަހު އޭނަ ހުރި ދިމާލަށް އަނބުރައިލަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ކައިލް ހީވަނީ ހަރު ހިލަގަނޑެއްހެންނެވެ. ހުރިތާ އެއްވެސް ހަރަކާތެއް ކުރުމެއް ނެތި ކައިލް ހުއްޓެވެ. “ކައިލް؟ ކިހިނެތްވެފަ ތި ހުރީ؟” މައިރީން އަހައިލިއެވެ. ކައިލްގެ ތުނބުގައި އޮތް ސިނގިރޭޓް ފެނުމުން މައިރީން އޭތި ބިންމައްޗަށް އެއްލާލުމަށްފަހު ޗިސްޗިސްކޮށްލިއެވެ. “މިއީ ކީއްކުރަން މީހުން ބޯ އެއްޗެއްތަ އަޅެފަހެ.. ސްޓްރެސް ވިޔަސް ކުރާނެ ކަންކަމާއި ނުކުރާނެ ކަންކަން ހުންނާނޭ..” މައިރީން […]
ޒާއިދު އެއްވެސް އެއްޗެކޭ ނުބުނެ ހިނިގަނޑެއް ޖަހައިލިއެވެ. “ކީއްވެގެންނޭ ކައިލް އަހަރެންގެ ކެބިންއަށް ޒިޔާރާތްކޮށްލަން ޖެހުނީ؟” ޒާއިދު އަހައިލިއެވެ. “ހަމަ ރަނގަޅަށްވެސް އެނގޭނެ ކީއްވެކަން.. އަހަރެން ބޭނުމެއްނޫން އަހަރެންގެ ކޮއްކޮގެ ކޭސް ހިރާޒްއަށް ދޭކަށެއް..” ސާބިތު ކަމާއިއެކީ ކައިލް ބުންޏެވެ. “އެންޑް ވަޓް މޭކްސް ޔޫ ތިންކް ޔޫ ހޭވް އަ ޗޮއިސް އިން ދެޓް ކައިލް.. ކައިލް މި ކޭސްއިން ދުރަށް ނުގޮސްފިއްޔާ އަހަރެންނަށް ޖެހޭނީ ކައިލް ގެންގުޅޭ ކުޑަކުޑަ އަންހެން ލޯޔަރަށް ގޮތެއް ހަދާލަން.. […]
ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ކޮޓަރިތެރެއަށް އޭސީގެ ފިނިކަން ވެރިވެފައި އޮތް ނަމަވެސް އައިނާ އޮތީ ފަންކާވެސް ޖަހައިގެންނެވެ. އެނބުރެމުން ދިޔަ ފަންކާގެ ފިޔަތަކަށް ބަލަން އައިނާ އޮތީ ވަރަށް ބޮޑު ވިސްނުމެއްގައެވެ. ޝިޔާން މިއަދު ކީއެއްޗެހި އޭނަގެ ސިކުނޑީގައި ހުރީ ހަރުލާފައެވެ. ހަމަ އަސްލުވެސް ރާކިންގެ މަރުގެ ފަހަތުގައި ޝިޔާންގެ އަތެއް ވެދާނެ ހެއްޔެވެ؟ ***ޕާޓް 16*** ދުވަސްތައް ހަލުވިކަމާއިއެކު ވޭތުވަމުން ދިޔައެވެ. އެދުވަހުގެ ފަހުން އައިނާއަކަށް އަދި ޝިޔާންގެ އެއްވެސް އުނދަގުލެއް ދިމައެއްނުވެއެވެ. އެދުވަހުގެ ފަހުން […]
***ޕާޓް 14*** ބިރުން ހުރެ އައިނާ ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ. އެވަގުތު ކާރުގެ ކުޑަދޮރުގެ ބިއްލޫރިގަނޑު ތިރިކޮށްލިއެވެ. އައިނާގެ މޫނަށް ރުޅިވެރިކަން ވެރިވީ ކާރުގައި ހުރި މީހަ ފެނުމުންނެވެ. އެއީ އެތައް އަހަރެއް ކުރިން އައިނާގެ ދިރިއުޅުމުގެތެރެއަށް ވަދެ އައިނާގެ ދިރިއުޅުމަށް ވިހަލީ ވިހަގަދަ ހަރުފައެއް ފަދަ އިންސާނެކެވެ. “ހޭއި އައީ” އެއްމިޔަކުން ހެވިފައިހުރެ ޝިޔާން ގޮވައިލިއެވެ. ޝިޔާންގެ ހަށިގަނޑު ކުރިއަށްވުރެ ވަރުގަދަވެފައިވާ ވައްތަރެއް ޖަހައެވެ. އައިނާ އެއްޗެކޭ ބުނުމެއްނެތި އަވަސް އަވަހަށް މިސްރާބުޖެހީ އޮފީސްތެރެއަށް ވަންނާށެވެ. […]