Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ހިތް އެދެ ޔާރާ ތިއޭ – 40

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
September 14, 2025 5 Mins Read
40 Comments

އެމީހުން އެއްޗެކޭ ކީމަ ގޯސްވަނީ.. ކަލެޔަށް އުޅެވޭ ގޮތެއް ނޭނގެ ދޯ ތިހެން ކިޔާއިރު.. އެމީހުންގެ ގައިގަ އިނގިލިކުރި ޖައްސާލިޔަސް ކަލޭ ކުރި ހުރިހާ ކަމެއް ހެއްކާއިއެކު މީޑިއާއަށް އަޅައިލާނަން..” ދަތްކުނޑިވިކައިލަމުން ޔަޝާލް ބުންޏެވެ. ޒާއިދުގެ މޫނުމަތި ރަތްވެގެން ދިޔައީ ހަނދުކޭތަ ހިފާ ވަގުތު ހަނދަށް އިރުގެއަލި އެޅޭ ފަދައިންނެވެ. ކުއްލިއަކަށް ޒާއިދު ޔަޝާލްގެ ކަރުގައި ހިފުމަށްފަހު ފާރަށް ގަންނަވައިލިއެވެ. “ކަލޭތީ މަގޭ ކޮއްކޮގެ ދަރިއެއް ނޫންނަމަ ކަލޭ ހުންނާނީ ބިމު އަޑީގަ!” ދަތްކުނޑިވިކައިލަމުން ޒާއިދު ބުންޏެވެ.

***ޕާޓް 40***

ކަރަށް ބާރުވަމުން ދިޔަވަރަކަށް ޔަޝާލްއަށް ނޭވާލާން ދަތިވާން ފެށިއެވެ. ޒާއިދުގެ އަތުގައި ހިފައި ދުރުކުރަން އޭނަ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ޒާއިދު ދިޔައީ ޔަޝާލްގެ ކަރަށް އިތުރަށް ބާރުކުރަމުންނެވެ. ނޭވާ ނުލެވިގެން ޔަޝާލްގެ މޫނުމަތި ރަތްވާން ފެށިއެވެ. ޔަޝާލްގެ ކަޅި މައްޗަށް އަރަން ފެށުމުން ޒާއިދު ދޫކޮށްލިއެވެ. އެއާއެކު ޔަޝާލްއަށް ކެއްސައިގަނެވުނެވެ. މޭގައި އަތް އަޅައިގެން ހުރެ ޔަޝާލް ދިޔައީ ނޭވާ ލާން މަސައްކަތް ކުރަމުންނެވެ. “މަށަށް ކަލޭ މަރާލުމަކީ ފެންފޮދެއް ބޯލުންހައި ފަސޭހަ ކަމެއް.. މަގޭ އާއިލާ ވިޔަސް މަގޭ މަގަށް ހުރަސްއަޅާ ކޮންމެ މީހެއްގެ އަދަބަކީ މަރު.. އެހެންވީމަ ކަލޭ ހީނުކުރައްޗޭ ކަލޭ އަތުގަ ހެކި ހުއްޓޭ ކިޔާފަ މަ ބޭޒާރުކޮށްލެވޭނެއޭ.. ކަލޭ އަތުގަ ހެކި ހުރެފަ އެކަން ސިއްރު ކުރުމަކީވެސް ކުށެއް.. މަ ޖަލަށްދަންޏާ ދާނީ ކަލޭވެސް ގޮވައިގެން.. މޮޔަ ކަމެއް ކުރުމުގެ ކުރިން އެކަން ހަނދާން ބަހައްޓާތި..” ނުލަފާ ހިނިގަނޑެއް ޖަހައިލާފައި ޒާއިދު ބުންޏެވެ.

ޔަޝާލް އޮތް ހާލަށް ދޫކޮށްލުމަށްފަހު ޒާއިދު ގެއިން ނިކުތެވެ. ބޮލުގައި އޮތް ތޮފިން މޫނު ނިވާކޮށްލަމުން އިސްޖަހައިގެން ހުރެ އޭނަ ހިނގައިގަތެވެ. ޔަޝާލްގެ ހަށިގަނޑު ދިޔައީ ތުރުތުރުއަޅަމުންނެވެ. ފިރުކެމުން ކަހަލަ ގޮތަކަށް ބަދިގެއަށް ވަދެ އައިސްއަލަމާރި ހުޅުވުމަށްފަހު، ފެންފުޅިއެއް ނަގައި އަނގަޔަށް އޮއްސައިލިއެވެ. އޭނައަށް ހަމަޖެހެވުނީ ފެންފުޅި އެއްކޮށް ބޮއެ ހުސްކޮށްލެވުމުންނެވެ. ފުން ނޭވާއެއްލާފައި އިސްޖަހައިގެން ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. ކޮޓަރިއަށް ވަނުމަށްފަހު ލޯގަނޑުން އަމިއްލަ ސޫރައަށް ޔަޝާލްއަށް ބަލައިލެވުނެވެ. އޭނަގެ ކަރުގައި ޒާއިދު ހިފައިގަނެފަ ހުރި ތަން ވަނީ ނޫފައިގަނެފައެވެ. އެތަނުން ތޫނު ދިލައެއް އިހްސާސްވަމުން ދިޔައެވެ. ޔަޝާލް ފުންނޭވާއެއް ދޫކޮށްލުމަށްފަހު، އެތާގައި ތަދު ކަނޑުވައި ބޭހެއް އުނގުޅައިލިއެވެ. އޭރު އޭނަގެ ހިޔާލުގައި އެނބުރެމުން ދިޔައީ މާދަމާ އޮފީހަށް ގޮސްފައި އަމާޒުވާނެ ސުވާލުތަކާއި މެދުގައެވެ. އެ ސުވާލުތަކުގެ ޖަވާބަށް ހަދާނެ ދޮގަކާއިމެދުގައެވެ.

ޚަރީފް މޫސުމުގެ ސަބަބުން ވެރިފައިވި ގަސްތަކުގެ ފަތްތަކުން ބިމު އަޑީގައިވި ބިންގަރާސް ފޮރުވެމުން ދިޔައެވެ. ބިންގަރާހުގެ ކުރިމަތީގައި ވީރާނާވެފައިވި ގެގަނޑެއް ހުއްޓެވެ. އެ ގެގަނޑު ހުންނަނީ މީހުން އުޅޭ ހިސާބާއި ވަރަށްވެސް ދުރުގައެވެ. އެ ގެ ގަނޑުގެ ފަހަތުގަޔާއި ކުރިމަތީގައި ވަނީ ގަސްބޯ ޖަންގަލި ހެދިފައެވެ. ބޭރުން ވީރާނާވެފައިވާ ތަނެއް ފާޑުޖެހި ނަމަވެސް އެތާ އެތެރެ ވަނީ ރީތިކޮށް ހަދައިލެވިފައިވެ. ހީވާ ގޮތަގައި ގޭގެ ވީރާނާ ކަމަކީ ބޭރުފުށުން ދައްކާލާ ދަޅައެކެވެ.

ނިދިފައި އޮތް ލަޔާޝާއަށް ހޭލެވުނީ މީހަކު ކޮޓަރިތެރޭގައި އުޅޭކަމުގެ އިހްސާސްވުމުންނެވެ. ކަންނެތް ގޮތަކަށް ލަޔާޝާއަށް އެނދުމަތި ބަލައިލެވުނެވެ. “އަހަރެންތަ ތި ހޯދަނީ؟” ފާހަނައިން ތުވާލި އުނަގަނޑުގައި އައްސައިލައިގެން ނިކުތް ދަހުލާން ލާނެތް ގޮތަކަށް އަހައިލިއެވެ. ލަޔާޝާގެ މޫނަށް ފޫހިކަން ވެރިވިއެވެ. “ރޭގަ ހާދަ މަޑުންނޭދޯ އޮތީ.. މިހާރު ވަރަށް ސަކަރާތް އެނގޭ ލަޔާ.. މަށަށް ރަންޖިތް ކައިރީ ބުނަން ކަންނޭނގެ ޖެހޭނީ މިހާ ފަރުވާ ކުޑައިއްޔާ..” ހިނދުކޮޅެއް ތެރޭގައި ލަޔާޝާގެ ދެލޯ ނުތަނަވަސްކަމުން ފުރިގެން ދިޔައެވެ. އެ މަންޒަރު ބަލަން ހުރި ދަހުލާންގެ މޫނަށް ނުލަފާ ހިނިތުންވުމެއް ވެރިވިއެވެ.

“އަހަ.. އަހަރެން ކުޑަކޮށް ވަރުބަލިވެފަ ހުރީމަ އެއީ.. ދެން އެހެނެއް ނުވާނެ.. ޕްލީސް ރަންޖިތް ކައިރީ އެއްޗެކޭ ނުބުނާތި..” ބިރުން ހުރެ އާދޭހުގެ ރާގަކަށް ލަޔާޝާ ބުންޏެވެ. ދަހުލާން ހިނިއައިސްފައި ހުރެ އޭނަގެ ތުނބުޅީގައި އަތްކާތްތައިލިއެވެ. “މައްސަލައެއްނެތް.. މިރޭ ދޯ އެހެންވީމަ.. ތިޔަ ވަރުބަލި ކަމެއް ފިލުވައިގެން ތައްޔާރަށް ހުންނާތި..” އަމުރެއް ކުރާ ފަދައިން އެހެން ބުނެ ޓީޝާޓް ލައިގެން ދަހުލާން އެތަނުން ނިކުތެވެ. ލަޔާޝާ މޫނު މަތީގައި ބާލީސް އެޅުމަށްފަހު ހަޅޭއްލަވައިގަތެވެ. އޭނަގެ ދެލޯވަނީ ކަރުނައިން ފުރިފައެވެ. ހަށިގަނޑުގައި މަޑު ތުރުތުރެއް ވަނީ އުފެދިފައެވެ.

ހަށިގަނޑުގައި ރަޖާގަނޑު އޮޅައިލައިގެން ތެދުވެ ފާހަނައަށް ވަންނަން ހިނގައިގަތެވެ. އޭރު ވެސް އޭނަގެ ހަށިގަނޑުގައި ނުފިލާ ވޭނެއް ހުއްޓެވެ. ފާހަނައަށް ގޮސް ލޯގަނޑުން އަމިއްލަ ހަށިގަނޑަށް ނަޒަރު ހިންގައިލިއެވެ. ކަނދުރާ އަދި މެޔާއި ދިމާލުގައި ތަންތަން ރަތްވެ ނޫފައި ގަނެފައި ހުއްޓެވެ. ފުންނޭވާއެއްލަމުން ލަޔާޝާ ކަރުނަތައް ހިންދައިލުމަށްފަހު ފެންވަރައިލިއެވެ. އެއީ ކޮންމެ ދުވަހެއްގެ ފެށުން އަންނަ ގޮތެވެ. ތޭރަ އަހަރުވަންދެން އެފަދައިން ކަންތައްވަމުން އަންނާތީވެ ލަޔާޝާއަށް އެކަންވަނީ އާދަވެފައެވެ.

ހެނދުނުގެ ސައި ހިފައިގެން މަޔާން ބަންދުކޮށްފައި ހުރި ބިންގަރާހަށް ލަޔާޝާ ވަނެވެ. އެ ބިންގަރާހުގައި ޖަލު ކޮޓަރިތަކެއް ފަދައިން ބައިވަރު ކޮޓަރިތައް ހުރެއެވެ. އެއީ ރަންޖިތުގެ ގޭންގު ކަމަށްވާ ޝެޑޯ ގޭންގަށް ބޭވަފާތެރިވާ މީހުންގެ އިތުރުން ގޭންގަށް ނުރައްކާވާފަދަ މީހުން ހައްޔަރުކޮށް އަދަބު ދޭ ތަނެވެ. ހޮހަޅަ ފާޑަށް މުޅިތަން ހަދައިފައި ހުންނަނީ ސިމެންތިންނެވެ. ކޮންމެ ދޮރުފަތެއްގައި ވެސް ދެ ތިން ތަޅު ހަރުކުރެވިފައިވެއެވެ. ކޮންމެ ކަނެއްގައި ކެމެރާ ހުރެއެވެ. މަޔާން އިނީ ފާރުގައި ލެގިލައިގެން އިށީނދެގެންނެވެ. ބާ ޓީޝާޓްގަނޑެއް ލައިގެން ހުރި އިރު އެ ވަރުގަދަ މުލައްދަނޑީގެ އެތައް ތަނެއްވަނީ ލޭއަރައިފައެވެ. ފާޑެއްގެ ބިސްކޯދަކާއި ސައިތައްޓެއް ހިފައިގެން އައިސް މަޔާންގެ ކުރިމަތީގައި ލަޔާޝާ ބެހެއްޓިއެވެ. ލަޔާޝާގެ މޫނުން މިއަދު ފެންނަމުން ދިޔައީ ނުތަނަވަސްކަމާއި ކަންބޮޑުވުމުގެ އަސަރުތަކެވެ. ކަމަކާ ވިސްނަމުން ދާ ކުލަވަރެވެ. “މިއަދު ހާދަ ފާޑަކަށް ތި އިންނަނީ؟” ބިސްކޯދު އަނގަޔަށްލަމުން މަޔާން ވާހަކަ ދެއްކިއެވެ.

ލަޔާޝާ އިސްޖަހައިގެން އިން ގޮތަށް އިނެވެ. “ސައިބޮއެފިންތަ؟”  މަޔާން އަނެއްކާވެސް ސުވާލުކޮށްލިއެވެ. ލަޔާޝާ ދެފަރާތަށް ބޯހޫރުވައިލިއެވެ. މަޔާން އެއް ބުމަ އަރުވައިލިއެވެ. ލަޔާޝާ އިސްޖަހައިގެން އިން ގޮތުން ހީވަނީ މަޔާންއާއި ހަތަރު ކަޅި ހަމަކުރަން ނުކެރިގެން އުޅޭ ހެންނެވެ. “ލަޔާޝާ..” މަޔާން ގޮވައިލިއެވެ. ލަޔާޝާ ހޫން އަޅުވައިލިއެވެ. “އެމީހުން ކީއް ކުރީ؟” ހަރުކަށި ރާގަކަށް މަޔާން އަހައިލިއެވެ. “ޔާންބެ ހިނގާބަލަ ބުދަ ދުވަހަށް ރާވާފަ އޮތް އެސްކޭޕް ޕްލޭން މިރެއަށް ހަދަން..” ކުރެހިފަވާ އަޑަކުން ލަޔާޝާ ބުންޏެވެ.

މަޔާންއަށް ވަގުތުން ކަމެއް ގޯސްވެއްޖެކަން ޔަގީންވިއެވެ. “ވީ ގޮތް ކިޔާދީބަ ލަޔާޝާ..” ލަޔާޝާގެ އަތުގައި ހިފަން މަސައްކަތްކުރަމުން މަޔާން ބުންޏެވެ. ލަޔާޝާގެ އަތުގައި މަޔާންގެ އަތްތިލައިގެ އިހްސާސް ކުރެވުމުން ލަޔާޝާ ސިހުނެވެ. ވަގުތުން އަތް ދަމައިގަތެވެ. މަޔާން ދެލޯ ބޮޑުކޮށްލުމަށްފަހު އަތް މައްޗަށް ހިއްލައިލީ އަމާން ދޭފަދައިންނެވެ. “އެމީހުން ކީއްކުރީ؟” ކުރިން ކުރި ސުވާލު މަޔާން ތަކުރާރުކޮށްލިއެވެ. ލަޔާޝާގެ ހަރަކާތުން އެމީހުން އޭނައަށް ގޯނާއެއް ކުރީކަން މަޔާންއަށް ޔަގީނާއި ގާތަށް އެނގުނެވެ.

ލަޔާޝާ އޭނަގެ ދެލޮލުން އަންނަން ތައްޔާރަށް ހުރި ކަރުނަތައް ދިރުވައިލިއެވެ. “މި… މިރޭ އެމީހުން.. އެމީހުންގެ ދެމީހުން އަންނާނެ..” ހިންދިރުވައިލަމުން ހިމަ އަޑަކުން ލަޔާޝާ ބުންޏެވެ. “ތިބުނީ؟” ދެލޯ ބޮޑުކޮށްލަމުން މަޔާންއަށް އަހައިލެވުނެވެ. “ރޭގަ އައި މީހަ ބުނީ އަހަރެން އެހާ ރަނގަޅެއްނޫނޭ.. އެހެންވީމަ މިރޭ އަންނާނެ ބޮސްގެ އެކުވެރިޔަކާ އަދި އެހެން މީހެއް..” ތުންފަތް ހަފައިލަމުން ލަޔާޝާ ބުންޏެވެ. “އެމީހުންނަށް އެއްވެސް ކަމެއް ނުކުރެވޭނެ.. މިރޭ އަހަރެމެން މިތަނުން ނުކުންނަން ޖެހޭނެ!” ދަތްކުނޑިވިކައިލަމުން މަޔާން ބުންޏެވެ. ލަޔާޝާ ޝުކުރުން ފުރިގެންވި ނަޒަރެއް މަޔާންއަށް ދިނެވެ.

ރޭގައި އޭނަ ރުޅިއަރުވައިލާފައި ކައިލް ނިދުމުން މައިރީން ވަޒީފާއަށް ދާން ތައްޔާރުވަމުން ދިޔައީ ކައިލްއަށް ނުގޮވައެވެ. ކުއްލިއަކަށް އައި ހިޔާލަކުން މައިރީންގެ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. ރީތިވާ މޭޒުގައި ހުރި މޭކަޕް ސެޓު ނަގައިގެން ކައިލްއަށް އުނދަގޫނުވާނެ ފަދައިން ކައިލްގެ މަގަތުގައި މައިރީން އިށީނެވެ. ކުޑަކުޑަ ފިއްސަކުން ފިޔާފޮށިކުލައިގެ ޑިސްކޯ ކުލައެއް ކައިލްގެ ދެލޮލުގައި މަޑުމަޑުން ޖައްސަން ފެށިއެވެ. އެއަށްފަހު ކައިލްގެ ކޮލުގައި ރަތްކުލައިގެ ދެ ބޮޅު ކުރުއްސާލުމަށްފަހު ރަތް ކުލަ ޖައްސައިލިއެވެ. ކައިލްގެ ތުންފަތުގައިވެސް ރަތްކުލައިގެ ލިޕް ޓިންޓެއް ޖައްސައިލިއެވެ.

އެހުރިހާ ކަމެއް ކުރުމަށްފަހު ކައިލްގެ ފޯނުގެ އެލާރމް ފުލުހުން އެލާރޓްއަށް ގެނުވާ އެލާރމްއެއް ސެޓްކުރިއެވެ. އެއަށްފަހު ކައިލްގެ ގާތު ފޯނު ބޭއްވުމަށްފަހު މައިރީން ރީތިވާ މޭޒު ކައިރީ ޝޯލް އަޅާކަމަށް ހެދުނެވެ. ކުއްލިއަކަށް އެލާރމް އަޅަން ފެށުމުން ކައިލް ދިޔައީ ސިއްސައިގެންނެވެ. އެނދުން ކޮޅަށް ޖެހި ނިދީގައި ހުރެ ވެސް ދެއަށް ފުރަގަހަށްލައި އެލާރޓްއަށް އައެވެ. އެއާއެކު މައިރީން އަނގަމަތީ އަތް އަޅައި ހޭން ފެށިއެވެ. މައިރީންގެ ހުނުމުގެ އަޑުއިވުމުން ކައިލް ދެލޯ ހުޅުވައިލިއެވެ. ފޯނަށް ބަލައިލަމުން ދެބުމަ ގޮށްޖަހައިލަމުން އެލާރމް ނިއްވައިލިއެވެ. “ހާހާ ވަރަށް މަޖާ..” އެހެން ބުނުމަށްފަހު ކައިލް އުޅުނީ މައިރީން ގައިގަ ހިފައްޓާށެވެ. “ބަލާބަ ގަޑި ބަލާބަ ގަޑި.. އެއޮއް ގަޑި ޖެހެނީ..” ތޫލި އަޑަކުން ހަޅޭއްލަވައިގަންނަމުން ކޮޓަރި ތެރޭގައި ދުވަމުން މައިރީން ބުންޏެވެ.

މައިރީން އެހެން ބުނުމުން ކޮޓަރީގެ ފާރުގައި ހަރުކޮށްފައިވި ގަޑި ކައިލްއަށް ފެނުނެވެ. “ޝިޓް… އެންމެ ތިރީސް މިނެޓަށްވީމަތަ ހަންޑިގަނޑަށް އެނގުނީ މަ ހޭލުއްވާލަން..” ކައިލް އަވަސް އަވަހަށް ތުވާލި ހިފައިގެން ފާހަނައަށް ވަނެވެ. ދަތްއުނގުޅަން ހުރެފައި ލޯގަނޑަށް ބަލައިލި ވަގުތު ކައިގެ ދެލޯ އޭގެ މަގާމު ދޫކޮށް މޫނު ދޮންނަ ތަށިތެރެއަށް ނުވެއްޓުނީ ކިރިޔާއެވެ. އޭނައަށް ދަތް އުނގުޅާ ބޭސްދިރުވައި ނުލެވެނީސް ކުޅު ޖެހިއެވެ. ކައިލް ހީވަނީ ‘ކްލައުން’ އެއް ހެންނެވެ. “މި ނުފިލާފިއްޔާ ރަނގަޅު ފިލާވަޅެއް ދޭނަން.. ހުވާ މި ބުނީ..” ކައިލް މޫނު ދޮންނަމުން ފާހަނައިން ބޭރަށް އަޑު އިވޭނެ ފަދައިން ބުންޏެވެ. އެއާއެކު މައިރީންގެ ލާނެތް ހުނުމުގެ އަޑުއިވުނެވެ. “އެހެން އަނބިން އުޅޭނީ ފިރިމީހާއަށް ފަސޭހަކޮށްދޭކަށެއްނުން.. މަގޭ އަންހެނުން އުޅެނީ އަބަދުވެސް މަށަށް ޖެއްސުމެއް ކުރެވޭތޯ..” މޫނު ދޮންނަމުން ބޭރަށް އަޑު އިވޭ ވަރަށް ކުދި ކިޔަމުން ކައިލް ދިޔައެވެ.

ފެންވަރައިގެން ނިކުތް އިރު ވެސް ކައިލްގެ ދެލޯ ވަށައިގެން ފިޔާތޮށިކުލައިން ވިދަމުން ދިޔައެވެ. އޭނަގެ ތުންފަތަށްވެސް ރަތް ކުލަ އަރާފައިވެއެވެ. ކައިލްގެ ދެލޯ ހޯދައިލީ ލާނެތް ގޮތަކަށް ހީލައިގެން ހުރި މައިރީންއެވެ. “އަހަރެން ވެސް އެއްފަހަރުން އެނގޭ ބަދަލު ހިފާނީ..” ކައިލް އިންޒާރުގެ ރާގަކަށް ލާނެތް ހިނިތުންވުމެއް ވެރިކޮށްގެން ހުރެ ބުންޏެވެ. “އޯހް ނޯ.. އައިމް ސޯ ސްކެއާރޑް..” މައިރީން އޭނަގެ މޭގައި އަތް އަޅައިލަމުން ހިނިއައިސްފައި ބުންޏެވެ. “ތިހެން އުޅެން ހަދައި އަހަރެންގެ ޔުނީފޯރމް އަނެއްކާ އަންދައި ނުލައްޗޭ..” ބޯ ހޫރުވަމުން ޔުނީފޯރމް ހަށިގަނޑަށް ހެޔޮވަރުކޮށްލަމުން ކައިލް ބުންޏެވެ. “މައިވެސް ދެން އެހާ މޮޔައެއް ނޫނޭ..” މައިރީން ބުންޏެވެ. “މީހަކަށް އޭނަ މޮޔަކަމަށް އެއްބަސްވެވިއްޖެ..” ހިނިގަނޑެއް ޖަހައިލަމުން ކައިލް ދިމާކޮށްލިއެވެ. ކައިލްގެ ކޮނޑުގައި މައިރީން ބޮޑިއެއް އަޅައިލިއެވެ. ކައިލް އިސްތަށިގަނޑުގައި އަތް ފުނާ އަޅައިލަމުން އަވަހަށް ސައިކަލުގެ ތަޅުދަނޑި ހިފައިގެން މައިރީންއާއި ދެމީހުން ނިކުތެވެ.

ކައިލްގެ ސައިކަލު ފަހަތަށް އެރުމަށްފަހު ވެސް މައިރީން އިނީ ތަންކޮޅެއް ދުރުގައެވެ. އެކަން އިހްސާސްކުރެވުމުން ކައިލް ކުއްލިއަކަށް ސައިކަލު ބާރުކޮށްލިއެވެ. އެއާއެކު މައިރީން އައިސް ކައިލްގެ ބުރަކަށީގައި ތަތްވިއެވެ. “ދެން ކައިލްގަނޑާ..” މައިރީން ހެމުން ކައިލްގެ ކޮނޑުގަ ޖަހައިލަމުން ރާގަކަށް ގޮވައިލިއެވެ. “ލައްބަ މައިރީންގަނޑާ.. އަހަރުން މީ ދެމަފިރިންނޭ އެހެންވީމަ ކައިރީގަ އިނުމަކީ މައްސަލައެއް ނޫނޭ..” މައިރީން ކައިލްގެ ނަމަށް ގޮވައިލި ރާގުގައި ކައިލްވެސް ބުނެލިއެވެ. “ކައިލްގެ އަމިއްލަ މައްސަލަ މައިގެ ތުންފަތުގަ ހުރި ލިޕްސްޓިކް ކައިލްގެ ޔުނީފޯރމްގަ ހޭކުމަކީ..” މައިރީން ކައިލްގެ ޔުނީފޯރމްގައި އޭނަގެ ތުންފަތް ޖެހިފައި އިން ތަނަށް ބަލައިލަމުން ބުންޏެވެ. “އެއީ ދެން އެވަރު ކަމެއްތަ؟ އަހަންނަށް ބުނެވޭނޭ އަހަރެންގެ ލޯބިވާ އަނބިމީހާ ހަދިޔާއެއް ދީފައޭ.. މިހުރީއެއްނުން ތުންފަތް ހުރި ގޮތްވެސް.. ބުނާނީ ޓައިނީއަށް ކެތްނުލަވައިގެން އަހަރެންގެ ތުންފަތް ކާލީއޭ..” ލާނެތް ގޮތަކަށް ކައިލް ބުނެލިއެވެ. މައިރީންގެ މޫނު ޗެރީކޮޅެއްހައި ރަތްވެގެން ދިޔައެވެ.

މައިރީންއަށް އަވަހަށް މަސައްކަތް ކުރެވުނީ ކައިލްގެ ޔުނީފޯރމްގައި ރަތްކުލައިގައި އިން ތަންކޮޅު އަތުން ފޮހެލާށެވެ. އެއާއެކު ކައިލް ހޭން ފެށިއެވެ. “ޔޫ އާރ ސޯ މީން..” މައިރީން ތުން އޫކޮށްލަމުން ބުންޏެވެ. “އަހަރެންތަ އަދިވެސް މީންއަކީ؟ އަހަރެންނެއް ނޫން ފިރިމީހާ އެހާ ލޯބިކޮށް ނިދާލާފަ އޮތް އިރު މޭކަޕްކޮށްދީފަ މަލާމާތްކުރީކީ..” ހިނިއައިސްފައި ކައިލް ބުންޏެވެ. މައިރީން އެއްޗެކޭ ނުބުނެ ހުރުމުން ކައިލްގެ ގާތަށް އިތުރަށް ހިނިއައެވެ. “މިއަދުގެ ޕްލޭން ހަނދާން އެބަހުރިތަ؟” ކައިލް ކުޑަކޮށް ސީރިއަސްވަމުން ސުވާލުކޮށްލިއެވެ. “މައި ބްރޭކް ނަގާފަ ކައިލްއަށް ގުޅާނަން ލައިކް ޓްވެލްހާއިރު..” މައިރީން ބުންޏެވެ. “ހޫމް.. އެ ޒާއިދުގެ މޫނަށް އަރާ ކުލަވަރު ބަލަން ކެތްމަދުވެފަ އަހަރެން މިހުރީ އަހަރުމެން ދެމީހުންގެ ކައިވެނީގެ ކެއުން އެންމެނަށް ދޭއިރު..” އެއްމިޔަކަނުން ހީލަމުން ކައިލް ބުންޏެވެ. މައިރީން ވެސް ކައިލްގެ ވާހަކައަށް ތާއީދުކޮށް ބޯޖަހައިލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

އިޝްޤް 6

Next

ހަންޖަރު 2

Next
September 14, 2025

ހަންޖަރު 2

Previews
September 14, 2025

އިޝްޤް 6

40 Comments!

  1. Quinnn says:
    September 14, 2025 at 5:10 pm

    Can’t wait for the nxt part. Nxt oart avahah up koh dhehchey🤍🤍

    1. Maash Maash says:
      September 15, 2025 at 11:42 am

      Next part insha allah Wednesdayga💜🦋

  2. Anonymous says:
    September 14, 2025 at 5:22 pm

    Can’t wait for the next episode… When next??

    1. Maash Maash says:
      September 15, 2025 at 11:42 am

      Next part insha allah Wednesdayga💜🦋

  3. Shaf_maan says:
    September 14, 2025 at 6:09 pm

    Maasha Allah mi prt vx vrh reethi
    Thnkiu so much avahah mi prt upkohdhinyma
    Maiii.. Alheyy.. Haadha laanetheyyy.. Mai vx kail ah dhoo nukure.. Hehe.. Heehee maruvehje.. Sahaadhey.. I also cant wait zaaidhuge reaction and mayaan mn kiykuran eulheny.. Escape vansheyy..
    So curious..
    Whn nxt????
    Tc.. Lysm Marsh 💜💜

    1. Maash Maash says:
      September 15, 2025 at 11:44 am

      Aww thankyou soo muchh.. I’m happy u liked it..
      Ur welcome hehe.. avahah liye nimuneema upkohdhiny mi..
      E dhemeehunvx eii ehaa laanei dhe meehun.. lets see zaaidhuge reaction next part ga dhww..
      Next part insha allah thursdayga..
      Tc.. love you moree💜🦋

  4. Layaa says:
    September 14, 2025 at 6:21 pm

    Omgg I did not know this part was out because u said monday ga eyyy 😭😭😂😂
    Still I love mi part
    I feel like aina and yashaal would be a couple
    Keep up the good work
    Ilyyy🤍🤍🙂

    1. shiu💜 says:
      September 14, 2025 at 9:54 pm

      yhp aina and yashaal hopefully will become a couple.but there is no yashaal amd aina part this part lol

    2. Maash Maash says:
      September 15, 2025 at 11:46 am

      Hehe yeah I said monday but avahah liye nimuneema upkohla dhiny mi..
      Aww thankyou soo muchh.. I’m happy u liked it..
      hehe Lets see dhww..
      Thankyou for ur lovely support
      Tc.. love you moree💜🦋

    3. Maash Maash says:
      September 15, 2025 at 11:47 am

      Lets see dhww shiu💜🦋

  5. Luna🖤 says:
    September 14, 2025 at 6:33 pm

    Mi part vess varah reethii♥️♥️♥️
    Maireen and kail ge kolhunn varah majaa i literally fell off my bed reading that part🤣🤣
    And i really feel bad for layasha
    No one deserves to go through what she did
    I hope they escape soon so mayaan will reunite with his family
    And layasha will be free from those evil ppl
    Very curious abt next part

    1. Maash Maash says:
      September 15, 2025 at 11:49 am

      Thank you soo much darll I’m happy u liked it..
      Hehe emeehun dhen majaavaanethaa dhww..
      Me too girl.. I feel bad for layaasha too..
      Lets see what happens next dhww..
      next part insha allah thursdayga💜🦋

  6. Naberr says:
    September 14, 2025 at 6:56 pm

    OMG MAASH vrh curious next part ah cant wait for next part
    thursday ahnaane dhucahakah vaguthu thah gunen ves fashaifi love this a lot
    LYSM

    1. Maash Maash says:
      September 15, 2025 at 11:50 am

      Next part insha allah thursdayga
      Aww thankyouu I’m happy u liked itt.. Love you moree darll💜🦋

  7. Shiu💜 says:
    September 14, 2025 at 7:29 pm

    Mi part vx varah Reethi Masha Allah..
    Tysm miadhu mi part up kodheneema 💗
    Keep Yashaal safe, Zaaidh hama komme kameh vx kohfaane.
    Aina and Alishka vx.
    Mai and Kail dhw 🤣 Heeehee bandah thadhuvejje 😅 Mai e eee Kail ah jessun kuran hoadhaafa huri meeheh dhw.Lol 😂
    I also can’t wait for Zaaidh ge reaction 😅
    Curiously waiting for the next part.
    Lysm Maash 💜

    1. Maash Maash says:
      September 15, 2025 at 11:53 am

      Aww thankyouu I’m happy u liked itt.. Love you moree darll
      Ur welcome hehe.. avahaha liyelevunyma up kohly mi..
      Hingaa dhw yashaal, aina and alishka ah vaa goi balama dhw..
      hehe mai and kail eii hama laanei kamuge eh vana..
      Zaaidhuge reaction ingeyne vrh avahah
      next part insha allah thurdayga..
      Love u more darll💜🦋

  8. naeen says:
    September 14, 2025 at 8:10 pm

    maaash this was surprising. was not expecting miadhu libeyne kamah
    kail ge ehra laanei kamaaeve haha
    these eps are making me less patient
    anywaysss cantt wait for 41!! <3

    1. Maash Maash says:
      September 15, 2025 at 12:05 pm

      Hehe SUPRISEE..
      kail eh noon.. mai vx ehaa laaneii..
      ohh hehe ehendhww..
      Next part insha allah thursday ah💜🦋

  9. Mariam says:
    September 14, 2025 at 8:28 pm

    Omgggg Maash abadhuves Mikahala surprise dheynee heheh Thx Maash. Vrh furihama mi part vxx ☺️
    What is wrong with zaaidhu brooo
    Mayaan and layaasha will escape Adhi insha Allah
    Kail and mai Haadha majaa Eyy hahahahahah
    I’m also excited to see zaaidhu ge reaction
    Vrh Curious mhr
    Whens next part avahah up kolladhechey. Can’t wait hama
    Lots of love 💋 ❤️

    1. Maash Maash says:
      September 15, 2025 at 12:07 pm

      Hehe Yess SUPRISEE.. Your welcome darlll.. Aww thankyou soo muchhh.. I’m happy u liked it..
      Lets see dhww vaa goii.. hehe kail and mai are laanei kamuge eh vana..
      Zaaidhumenge reaction ah maimenvx inthizaaru kurany e.. next part ga ingeyne..
      Next part insha allah thursdayga..
      Love you moree darll💜🦋

  10. Innathu mee says:
    September 14, 2025 at 8:40 pm

    Mi part vx vrh reethi
    Thank u mi part avahah up kohlla dhinyma
    Omg kail n Mai eyoh ulhey gotheh dho 😭🙈
    Whn next??
    Ly<3
    Tc

    1. Laii says:
      September 15, 2025 at 6:28 am

      Mi part vx vrhh reethi
      Now I can’t wait to see zaadhige reaction
      Mai and kail vrh cute mhr
      Keep up the good work
      Lyy🙂🤍

    2. Maash Maash says:
      September 15, 2025 at 12:08 pm

      Aww thankyou soo muchhh.. I’m happy u liked it..
      Your welcome darlll..
      hehe kail and mai are laanei kamuge eh vana..
      Next part insha allah thursdayga..
      Love you moree darll💜🦋

    3. Maash Maash says:
      September 15, 2025 at 1:30 pm

      Replying to @Innathu mee Thankyou So muchh.. I’m happy u liked it..
      Your welcome darll..
      Kail men eii dhen chaotic couple ekey hehe..
      Next part insha allah Thursdayga..
      Love you moree darll💜🦋

  11. Thiththi says:
    September 14, 2025 at 11:32 pm

    Labba Maash. Alhugan’dakee teechareh. Ekamaku dhivehi bahuge teechareh noon.. zaaidhu ah vaagotheh balaahithun kemmadhuvefa miothee! Kail aa maireen dhoa! Hama koalhey dhebulhaa kahala! Konfadha molhu ethifaharebbaa hadhaanee e dhemeehun bingaraahun nukunnan! Hama inthizaaruga mihuree!

    1. Maash Maash says:
      September 15, 2025 at 1:36 pm

      Ohh ehendhww.. Zaaidhu ah vaa goi ingeyne vrh avahah.. hehe.. engeyne adhi.. hinga balama kihinehtho vany dhww.. dhen oii bai insha allah thursdayga insha allah💜🦋

  12. Aanaa says:
    September 15, 2025 at 5:51 am

    Masha allah mi part vs vrh reethi
    Cover vs hama ehaa laaawbiii
    Mai r kail dhwww 🤦
    Tom n Jerry
    Oooooo..zaidh ge reaction balan keih madhuvefa mihury mihaar vs
    IA mayaan n layaasha ah thi thanun salamai veveyne
    Curiously waiting
    When next?
    Lyyy🫶🏻

    1. Maash Maash says:
      September 15, 2025 at 1:40 pm

      Thankyou soo much Aanaa.. I’m happy u liked it..
      Aww thankss..
      Hehe ragalhah thi buny..
      Mai men vx zaaidhu ge reaction balan keimadhuvefa ehury..
      Next part insha allah thursdayga..
      Love you moree darll💜🦋

  13. Aanaa says:
    September 15, 2025 at 5:53 am

    Mai mn ulheny kon rasheh ga?n job ashey dhiyaee? Male ga tha eulhenye?

    1. Maash Maash says:
      September 15, 2025 at 1:41 pm

      mai mn kurin ulhuny huraaga.. after that Mal’e dhiyaee.. so mihaaaru Mal’e ga💜🦋

  14. Anonymous says:
    September 15, 2025 at 12:23 pm

    This episode ATE as alwaysss…i keep seeing this naeen everywhere. Who could that be? Loabi nameh

    1. Maash Maash says:
      September 15, 2025 at 1:44 pm

      Thank you so much.. I’m happy u liked it… Well naeen aky comment kuraa kujjeh.. yes its a nice name ekam comment section ga dhehkun appropriate vhk eh hen heenuvey eii.. so please don’t do it.. I kept taking out ur comments cause it was not related to story.. comment section ga story aa related noon vhk nudhehkumaky maash ge vrh bodu edhumeh💜🦋

  15. Jaish says:
    September 16, 2025 at 9:12 am

    This episode was soooooo goood maaash
    I cant wait for the next onee

    1. Maash Maash says:
      September 16, 2025 at 5:37 pm

      Thankyouu soo muchh.. I’m happy U liked it.. next part Insha Allah Thursday ga💜🦋

  16. Typeleter6835 says:
    September 16, 2025 at 8:04 pm

    Nice part Maash
    C’mon is layaashaa n Mayaan gonna escape
    What will happen next
    Whens next Maash???????

    1. Maash Maash says:
      September 16, 2025 at 9:27 pm

      Thankyouu soo much darll.. I’m happy U liked it..
      Lets see dhww..
      Next part Insha Allah Thursday ga.. 💜🦋

  17. lynn says:
    September 17, 2025 at 10:55 pm

    maaashh avahah next ep up kohdheeba pllssssss
    kiyaahithun kemmadhuvefa mihury hama
    irukolhukolhaa eba balan surprise eh gothah maash story up kureytho
    school in anna gothah mi site ga mi innany hama
    love you maash dhathyy 💐❤️💜👏

    1. Maash Maash says:
      September 18, 2025 at 12:44 pm

      I’ll try my best miadhu ge vaguthehga up kureveytho.. the thing is I’m really buxyy with my assignments and work this week that I barely had any time to write.. Insha Allah maadhama noony miadhuge kommes vaguthehga up kohla dhenan.. hope U understand.. and love you moree darll💜🦋

  18. Lynn says:
    September 18, 2025 at 12:57 pm

    Yes I understand
    Take Ur time and write
    I appreciate ur hard work 💐❤️

    1. Maash Maash says:
      September 18, 2025 at 2:44 pm

      Good news.. I’ll be able to upload todays part miadhuge kommes vaguthaku.. keep waiting adn thankyou for ur understanding💜🦋

Comments are closed.

Next Episodeހިތް އެދެ ޔާރާ ތިއޭ – 41←


All Right Reserved!