ނުކުރާށެ ބާކީ
އިރުއޮއްސޭ މަންޒަރު ބަލަން ދޮންވެލިގަނޑުގައި އިށީނދެލައިގެން އިން ބާވީސް އަހަރުގެ މައިލާގެ ކުޑަ ތުންފަތުގައި ކުރަހައިލެވިފައިވަނީ ލުއި ހިނިތުންވުމެކެވެ. ރަތް ވިލާތަކުގެ ތެރެއިން އިރު ފެނިގެން ދަނީ އޮރެންޖް އަލިފާން ބޯޅައެއްގެ ސިފައިގައެވެ. އުޑުމަތީގައި ވިލާތަށް ކުދިކުދި ކަފަކޮޅުތަކެއް ފަދައިން އުދުހެމުން ދިޔައެވެ. އިރުގެ ރަން އަލި މައިލާގެ މޫނަށް އެޅިފައިވީއިރު އޭނަގެ އޮޅަލި ކުލައިގެ ހަންގަނޑު ވިދަމުން ދިޔަ ފަދައެވެ. އިރުގެ އަލީގެ ސަބަބުން އޭނަގެ ކޮފީކުލަޔަށްދާ ކަޅިވަނީ މަޑު ޗޮކްލެޓްކުލައަކަށް ބަދަލުވެފައެވެ. ނޫ ކުލައިގެ ޝޯލްއަކާއި މަޑު ނޫ ކުލައިގެ އަބަޔާއެއްލައިގެން އިން އިރު، މައިލާގެ ހިޔާލުތައް މާޒީގެ ރަންކުލައިން ފަވާލެވިފައިވި ސަފްހާތަކަށް ދަތުރުކުރަން ފެށިއެވެ.
އިސްކޫލު ދައުރުގައި އެންމެން ވެސް މައިލާ ހުންނަނީ ބާކީކޮށްލާފައެވެ. ގާތް ރަހުމަތްތެރިއެއްގެ ގޮތުގައި މައިލާގެ ހުންނަނީ އެންމެ ކުއްޖެކެވެ. އެހެންމީހުންގެ ކުރިމަތީ މަޑުން ހުއްޓަސް މައިލާގެ ރަހުމަތްތެރި އާލިޔާގެ ކުރިމަތީ މައިލާއަކީ ލާނެތް ކަމުން ފުރިފައިވި ކުއްޖެކެވެ. މައިލާގެ މި ސިފަ ފެންނަނީ ހަމައެކަނި އާލިޔާއަށްށާއި މައިލާގެ ލޯބިވާ ދެބެންގެދެދަރި ކުދިންނަށްށެވެ. މައިލާއަކީ އަބަދު ވެސް ވާހަކަ ކިޔުމަށް ވަރަށް ފޯރި ހުންނަ ކުއްޖެކެވެ. ކިރިޔާ ވަގުތެއް ވިޔަސް މައިލާ އިންނާނީ ވާހަކައިގެ ދުނިޔެއަށް ގެއްލިފައެވެ. އިސްކޫލުގައި ޓީޗަރުން ވެސް ބައެއްފަހަރު މައިލާ ބާކީ ކުރެއެވެ. ކުދިންގެ ހަނގާކުރުންތަކާ ވެސް މައިލާ ކުރިމަތިލާން ޖެހުނެވެ. އެއީ މައިލާއަކީ އެހެންކުދިންނޭ އެއްފަދައިން ‘ބޯއި ފްރެންޑް’ ގެންގުޅޭ ކުއްޖަކަށް ނުވުމުންނެވެ. ‘ކޫލް’ ކަންކަން ކުރާ ކުއްޖަކަށް ނުވާތީއެވެ. ކިތަންމެ ހަނގާކުރި ކަމުގައިވިޔަސް މައިލާއަކީ މަޑުން ހުންނާ ކުއްޖެކެވެ. އެފަދަ ކަންކަން އަމިއްލަ ހިތުގައި ފޮރުވައިލައިގެން ހުރުމަކީ މައިލާގެ އާދައެވެ.
އޯލެވެލް އިމްތިހާނުން ވަނައެއް ނުލުބުން ނަމަވެސް މައިލާ ވެސް ވަކި ދަށެއް ނޫނެވެ. މަޖުބޫރު ތިން މާއްދާއިން އޭ ލިބުނުއިރު އެހެން މާއްދާތަކުން ވެސް ފާސްވިއެވެ. ‘ޕްރައިޒް ޑޭ’ގައި އިނާމު ވެސް ލިބުނެވެ. އިސްކޫލު ނިމުނުތާ ގާތްގަޑަކަށް މަހަކަށްފަހު މައިލާ ފިހާރައަކަށް ވަޒީފާ އަދާކުރަން ދާންފެށިއެވެ. އިސްކޫލު ނިމުމުން މައިންބަފައިންގެ ފައިސާގައި މައިލާ އުޅޭކަށް ބޭނުމެއް ނުވިއެވެ. ކިޔަންވަން ބޭނުންވުމުން މައިލާ ފައުންޑޭޝަން ކޯހެއް ހަދަން ފެށިއެވެ. ޓިޔުޝަންދެމުން، ފިހާރައަށްދަމުން ނުވަ މަސްތެރޭގައި މައިލާ ކޯސް ފުރިހަމަ ކުރިއެވެ.
ކޯސް ފުރިހަމަ ކުރުމާއިއެކީ މައިލާއަށް ވަޒީފާގެ ފުރުސަތުތަށް ލިބެން ފެށިއެވެ. ރަށު ކޯޓުން ވަޒީފާ ލިބެން އޮތުމުން ފޯރމް ފުރުމަށްފަހު ހުށައެޅިއެވެ. އެހެންނަމަވެސް އުމުރުން އަށާރަ އަހަރު ފުރިފައިނުވާތީވެ، މައިލާއަކަށް އެ ވަޒީފާއެއް ނުލިބުނެވެ. ދެން މައިލާ ކުރިމަލީ ޕްރީސްކޫލްގެ އެޑްމިން އޮފިސަރެއްގެ މަގާމަށްށެވެ. އުމުރުން ސަތާރަ އަހަރު ނަމަވެސް ކޯހުން ރަނގަޅު ނަތީޖާއެއް ހޯދާފައި އޮތުމުންނާއި، އިންޓަވިޔުއިން ރަނގަޅުވުމުން އެ ވަޒީފާ މައިލާއަށް ލިބުނެވެ. އެ ވަޒީފާއަކީ ހަމަސް ދުހަވުގެ ވަޒީފާއެކެވެ. އެކަން އެނގިހުރެ މައިލާ އެ ވަޒީފާއާއި ކުރިމަތިލީ އޭނަގެ އެންމެ ގާތް އެކުވެރިޔާ އާލިޔާ ވެސް ޕްރީސުކޫލްގެ ޓީޗަރެއްގެ މަގާމަށް ހޮވުމުންނެވެ.
ދެކުދިން ވަޒީފާ އަދާކުރަމުން ދިޔައީ އުފާވެރި މަޖާ މާހައުލެއްގައެވެ. ކުޑަކުދިންނާއިއެކީ ހޭދަކޮށްލެވޭ ކޮންމެ ހިނދުކޮޅަކީވެސް މައިލާގެ ހިތަށް ހަމަޖެހުން ގެނުވައިދޭ ވަގުތުކޮޅެކެވެ. އެކުވެރިޔާއާއިއެކު ވަޒީފާ ހޭދަކުރުމަކީ ތަފާތު އުފަލެއް ލިބޭ ކަމެކެވެ. އިސްކޫލުގައި އެއްކޮށް އެއް މޭޒެއްގައި ކިޔަވާ ދެކުދިން އެންމެފަހުން ވަޒީފާވެސް އެއްތާކު އަދާކުރަން ލިބުނީއެވެ. ދެން މައިލާ ޑިގްރީ ކިޔެވުމަށްޓަކައި ކޯހަށް ހުށައެޅިއެވެ. ހަމަސް ދުވަހު މަސައްކަތްކޮށްގެން ލިބުނު ފައިސާއިން ސްކޫބީ ކްލަބްއެއް ގަތެވެ. އެއީ ސައިކަލެއް ހުރުމުން ރަށުގެ އެއްތަނުން އަނެއް ތަނަށް ދަތުރު ކުރަން ފަސޭހަ ވާނެނެތީއެވެ.
ހަމަސް ދުވަސް ނިމިގެން ދިޔައީ ވަރަށް ވެސް އަވަހަށްށެވެ. އާލިޔާއާއިއެކު މަސައްކަތްކުރަން ލިބުނު ފުރުސަތައް މައިލާ ޝުކުރުވެރިވިއެވެ. ކޯސް ފެށުމުން މައިލާ އަނެއްކާ ވެސް ކުޑަ ކުދިންނަށް ޓިޔުޝަން ދޭން ފެށިއެވެ. އެގޮތުގައި ދުވަސްތައް ވޭތުވަމުން ދަނިކޮށް އަނެއްކާ ވެސް ވަޒީފާގެ ފުރުސަތެއް މައިލާއަށް ލިބުނެވެ. އެހެނަސް މިފަހަރު އިންޓަވިއުއިން އެއް މާކްސްގެ ތަފާތުން މައިލާއަށް އެ ވަޒީފާއެއް ނުލިބުނެވެ. އެހެންނަމަވެސް މައިލާ ހިތްވަރު ދުލެއްނުކޮށްލިއެވެ. އެ އިންޓަވިއު ވެގެން ދިޔައީ މައިލާއަށް ފިލާވަޅަކަށްށެވެ. ކުރީގެ އިންޓަވިޔުއާއި ބަލާފައި އެގާރަ މާކްސް އިތުރުކުރެވުމުން މައިލާ އުފާވިއެވެ. އުފާނުވާންވީ ސަބަބެއް މައިލާއަކަށް ނުފެނުނެވެ. މައިލާއަށް ވުރެ އުމުރުން ދުވަސްވީ މީހުންނަށްވުރެ ގިނައިންވެސް މައިލާއަށް ޕޮއިންޓް ހޯދުނެވެ.
އެހެންމީހުންނާ އަޅާކިޔުމަށްވުރެ އަމިއްލަ ނަފްސު އިތުރަށް ރަނގަޅުކޮށް ހުނަރުތައް ތަރައްޤީ ކުރުމަކީ މައިލާ ދެކޭ ގޮތުގައި އެންމެ ރަނގަޅު ގޮތެވެ. ސަބަބަކީ އަމިއްލަ ނަފްސު އެހެން މީހުންނާ އަޅާކިޔާނަމަ ތިމާއަށް ލިބޭ ކުރިއެރުންތަކެއް ތިމާއަކަށް ނުފެންނާނެއެވެ. ދެން އަންނަ އިންޓަވިއުއެއްގައި އިތުރަށް ރަނގަޅު ކުރަންވީ ކަންކަން މައިލާ ފާހަގަކޮށް އެކަންކަމަށް އިސްކަން ދޭން ނިންމިއެވެ. ފަހަތަށް ބަލައިގެން ކުރިއަކަށް ނުދެވޭނެއެވެ. މާޒީގައިވެފައިވާ ކަންކަން ބަދަލެއް ނުކުރެވޭނެއެވެ. އެހެންނަމަވެސް ކޮންމެ މީހަކަށްވެސް މާޒީގައި ހިނގާފައިވާ ކަންކަމުން ފިލާވަޅު ލިބިގަނެ އެމީހެއްގެ މުސްތަޤުބަލް ބިނާކުރެވޭނެއެވެ.
ކޯހުގެ ފުރަތަމަ ސެމިސްޓާރ ނިމުނެވެ. ނަތީޖާ ވަރަށް ވެސް ރަނގަޅެވެ. ދެން އައީ ބަންދުދުވަސްތަކެކެވެ. ކޯޓުން ވަޒީފާގެ ފުރުސަތު ހުޅުވައިލުމުން މައިލާ ކުރިމަތިލިއެވެ. އިންޓަވިއުކޮށްގެން ﷲގެ އިރާދަފުޅުން އެންމެ މަތިން މާކްސް ލިބުނީ މައިލާއަށްށެވެ. މިކަމުގެ ސަބަބުން ރަށު މީހުންނަށް ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ. އިސްކޫލު ދުވަސްވަރު މަޑުމަޑުން އިންނަ، ޝަކުވާ މަދު ކުއްޖާ މިއަދު އެހުރީ ގަދަރާއި އިހްތިރާމް ލިބޭ ފަދަ ވަޒީފާއެއްގައެވެ. މައިލާގެ ހިތަށް އުފާވެރިކަން ލިބުނެވެ. ބަޔަކު މައިލާއަށް އެކަމެއް ނުވާނޭ މިކަމެއް ނުވާނޭ ކިޔައިގެން ވާހަކަ ދެއްކީ ކިތައް ދުވަހު ހެއްޔެވެ؟ އެފަދައިން ކަމެއް ނުވާނޭ މީހަކު ބުނެފި ނަމަ އެކަމެއް ކުރުމަށް މައިލާ އަތުކުރި އޮޅައިލައެވެ.
އެކަމެއް ކާމިޔާބުވުމުން އެމީހުންގެ މޫނުތަކަށް އަރައި ކުލަވަރަކީ މައިލާ އެންމެ ބަލަން ބޭނުންވާ ކުލަވަރެވެ. މައިލާއަށް އިންނަން ޖެހުނީ ރިސްޕްޝަންގައެވެ. އެކި މިޒާޖުތަކުގެ މީހުންނާއި ކޮންމެ ދުވަހަކުވެސް މައިލާއާއި ބައްދަލުވެއެވެ. ވަޒީފާ މާހައުލު ވެސް މަޖަލެވެ. އެހެންނަމަވެސް އަބަދުވެސް އެންމެ ގާތުގައި ހުންނަ އެކުވެރިޔާ ނެތުމުގެ ފަޅުކަން މައިލާއަށް ކުރެވެއެވެ. އާލިޔާ ކައިވެނިކޮށްގެން ފިރިމީހާގެ ރަށަށް ބަދަލުވުމުން މައިލާ އެކަނިވެރިވިއެވެ. އެހެންނަމަވެސް ދެކުދިންގެ ދެމެދު ކުރިން އޮންނަ ގުޅުން އަބަދުވެސް އޮވެއެވެ. އެކުވެރިކަމުގެ ގުޅުމަކީ ކިތަންމެ ދުރުގައިވީ ނަމަވެސް ދުރުވާނެ ގުޅުމެއްނޫނެވެ. ޑިގްރީ ކިޔަވަމުން ވަޒީފާ އަދާކުރުންވީ މައިލާއަށް ކޮންމެވެސް ވަރަކަށް އުނދަގޫވި ކަމަކަށްށެވެ. އެހެންނަމަވެސް އަޒުމެއް ކަނޑައަޅައިފިނަމަ ކިތަންމެ ގޮންޖެހުމެއް ކުރިމަތިވީ ނަމަވެސް އެ އަޒުމް މަތީ ދެމި ހުރިއްޔާ އާހިރުގައި އޭގެ ފޮނި މޭވާ ލިބޭނެއެވެ.
މައިލާގެ ދިރިއުޅުމުގެ ދަތުރުގައި ކާމިޔާބީގެ ލަނޑުދަނޑި ހާސިލްކުރުމަށްޓަކައި ހިތްވަރުދިނީ އޭނަގެ މައިންބަފައިންނާއި އެންމެ ގާތް އެކުވެރިޔާއެވެ. އެހެންމީހުން އޭނައަށް ކާމިޔާބު ނުވާނޭ ބުނި ކަންކަން ކާމިޔާބުވާނޭ ކަމަށް ބުނީ އޭނަގެ ލޯބިވާ މަންމައެވެ. އަމިއްލަ ނަފްސަށް ޝައްކު ކުރި ހިނދު ވެސް އޭނަގެ ގާތުގައި ދެގޮތެއްނުވެ ހުރެދިނީ އޭނަގެ މައިންބަފައިންނާއި ގާތް ރަހުމަތްތެރިޔާއެވެ. ދިރިއުޅުމަށް ބިންދާލި އެތައް ރާޅަކާއިއެކު ވެސް ހިތްވަރުދޫނުކޮށްލާ ކުރިއަށް ދިޔުމުގެ ސަބަބަކީއެއީއެވެ.
ޑިގްރީގެ އެންމެ ފަހު އަހަރު، ކިޔެވުމަށް އިސްކަން ދިނުމަށްޓަކައި މައިލާ ވަޒީފާއިން ކެނޑުނެވެ. އެތައް ރެއެއްގެ ނިދިނަގައިލާގެން އެސައިންމެންޓްތަކާއި، ކޯހުގެ ފިލާވަޅުތައް ދަސްކުރަން މައިލާ އިނދެއެވެ. ފިލާވަޅު ރަނގަޅަށް ދަސްނުވާހެން ހީވެ ހާސްވުމުގެ ސަބަބުން ރޮވޭ އެތައް ރެޔެއް އާދެއެވެ. އެހެންމީހުންނާއި ސިއްރުން ބާލީހަށް ކަރުނަތަށް ހަދިޔާ ކުރި ކިތަންމެ ރެޔެއްއައެވެ. ފަހު އިމްތިހާނުގެ ސަބަބުން ހާސްވެ، އެންޒައިޓީއާއި ހުރެ ނިދަން އޮންނަ އިރު މެޔަށް ތަދުވެ ނޭވާ ނުލެވިގެން ވެސް އެތަށް ރެޔެއް މައިލާ ހޭދަކުރެއެވެ. އެއީ ވެސް އެންމެންނާއި ސިއްރުންނެވެ. އެހެންމީހުން އޭނައާއި މެދު ކަންބޮޑުވާން ނޭދޭތީއެވެ. ފަހު އިމްތިހާނު ނިމުނެވެ. އެތަށް ރެޔެއްގެ ނިދި ގުރުބާންކޮށްފައި ފުރިހަމަ ކުރި ކޯހުގެ ނަތީޖާ ހީކުރި ވަރަށް ވުރެ މާ ބޮޑަށް ވެސް ރަނގަޅެވެ.
ގްރެޖުއޭޝަން ހޯލްވަނީ ރަތްކުލައިންނާއި ކަޅު ކުލައިން ޒީނަތްތެރި ކުރެވިފައެވެ. ދަސްވެނިވި ދަރިވަރުންނަށް ކޮލެޖްގެ ޕްރެސިޑެންޓް ދިޔައީ ސެޓްފިކެޓްއާއި އިނާމްތަށް ހަވާލު ކުރަމުންނެވެ. ކޮލެޖް ޕްރެޒިޑެންޓް މައިލާގެ ނަން ގޮވައިލުމުން މައިލާގެ ދެލޯ އުފާވެރި ކަރުނަތަކުން ފުރިގެން ދިޔައެވެ. ސްޓޭޖް މައްޗަށް އަރައި ސެޓްފިކެޓް އަދި ޓްރޮފީތަކާއި ހަވާލުވި ވަގުތު އޭނައަށް ބަލައިލެވުނީ މެހެމާނުންނަށް ހާއްސަކޮށްފައި ހުރި ގޮޑިތަކުގައި ތިބި ލޯބިވާ މައިންބަފައިންނަށްށެވެ.
ކަރުނައިގެ ސަބަބުން ފުސްވެފައިވި ދެލޮލަށް އެމީހުން ފެނިގެން ދިޔައީ ފުސްކޮށްށެވެ. ކޮޅަށް ހުރެ އަތްތިލަބަނޑި ޖަހަމުން ދިޔައިރު އެމީހުންގެ ތުންފަތް ފެވިފައިވަނީ އުފާވެރިކަމުގެ ހިނިތުންވުމުންނެވެ. ދެލޮލުގައި ވިދަމުން ދިޔައީ ފަހުރުވެރިކަމެވެ. ސްޓޭޖުން ފޭބުމަށްފަހު ދުވެލާފައި މައިލާ އެމީހުންގެ އަތުތެރެއަށް ވަނެވެ. އާއިލާގެ ފަރާތުން އަބަދުމެ ލިބޭ ހިމާޔަތް މައިލާއަށް އެއަތްތަކުން ލިބިގެން ދިޔައެވެ. ދެން ސްޓޭޖުން ފެނިގެން ދިޔައީ މައިލާގެ އެންމެ ގާތް އެކުވެރިޔާ ކަމުގައިވާ އާލިޔާއެވެ.
މިއަދު މައިލާއަކީ އެ ރަށުގެ ސީނިއާރ ޖުޑީޝިއަލް އެޑްމިން އޮފިސާރގެ މަގާމް ފުރަމުންދާ އެންމެ ޒުވާން ކުއްޖާއެވެ. އާލިޔާއަކީ އޭނަގެ ފިރިމީހާގެ ރަށު ކައުންސިލްގެ އޭޑްމިނިސްޓްރޭޓިވް އޮފިސާރއެވެ. ދިރިއުޅުމުގައި ޖެހުނު ގޮންޖެހުންތަކުގެ ސަބަބުން ހިތްވަރު ދޫކޮށްނުލެވުނީތީވެ މިއަދު މައިލާ އުފާކުރެއެވެ. ކޮންމެ މީހެއްގެ ދިރިއުޅުމުގައިވެސް ގޮންޖެހުންތައް އަންނާނެއެވެ. ކާމިޔާބުވާ ވަރަކަށް ހަސަދަވެރިންގެ އުނދަގުލާއި ކުރިމަތިލާންޖެހެއެވެ. އެހެންނަމަވެސް ފަހަތަށް ޖެހުމުން ލިބޭ އުފާ އެމީހުންނަށް އިހްސާސްވިޔަ ނުދޭށެވެ. އެއްފަހަރުން ކަމެއް ކާމިޔާބު ނުވުމުން ދެރަނުވާށެވެ. އަނެއްކާވެސް އެކަމެއް ކުރަން މަސައްކަތް ކުރާށެވެ. ދިރިއުޅުމުގައި އުސްގަނޑާއި އަޑިގަނޑުތައް އަންނާނެއެވެ. ކޮންމެ މީހެއްގެ ދިރިއުޅުމަކީ އެންމެ ފުރިހަމަ ދިރިއުޅުމަކަށްވެސް ނުވާނެއެވެ.
އިރުއޮއްސެމުންދިޔަ ވަގުތު ދޮންވެލި ފަސްގަނޑުގައި ހިނގަމުން ދިޔަ އާއިލާއަކަށް މައިލާ ނަޒަރު ހިންގައިލިއެވެ. ގާތްގަޑަކަށް އެއް އަހަރުގެ ތުއްތު ކުއްޖެކެވެ. ނުފަރިތަކޮށް މަންމަގެ އިނގިލީގައި ހިފައިގެން އަޅަމުން ދިޔަ ފިޔަވަޅުތަކުން ހިނގަން ދަސްކުރަނީކަން ދޭހަވެއެވެ. އެކުއްޖަގެ މަންމަ އެކުއްޖަގެ ކުޑަކުޑަ އަތުން އިނގިލި މިނިވަންކޮށްލުމަށްފަހު ދެތިން ފިޔަވަޅު ކުރިއަށްޖެހިލައި، އެކުއްޖާގެ ކުރިމަތީގައި އުނޑުފައިން އިށީނެވެ. އަދި އަންނާށޭ ބުނާ ފަދައިން އަތް ދިއްކޮށްލިއެވެ. އެއާއެކު މައުސޫމު ގޮތަކަށް ހީލަމުން އެކުއްޖާ ނުފަރިތަކަމާއިއެކު ފިޔަވަޅު ނަގަން ފެށިއެވެ. އެހެން އުޅެނިކޮށް އެއްފަހަރު ވެއްޓުނެވެ. އަނެއްކާ ވެސް ތެދުވެ ހިނގަން މަސައްކަތް ކުރިއެވެ. ދިރިއުޅުމުގައި ވެސް ކުރިއަށްދާން މަސައްކަތް ކުރާއިރު ވެއްޓިދާނެއެވެ. އެހެންނަމަވެސް އަލުން ތެދުވެ އަނެއްކާވެސް މަސައްކަތް ކުރަންވާނެއެވެ.
ދެވަނަ ފަހަރަށް އެކުއްޖާ ވެއްޓި ރޯން ފެށިއެވެ. އެއާއެކު އެކުއްޖާގެ މަންމަ އައިސް އެކުއްޖާ ނަގައި ސޯޓުކޮޅުގައި ހުރި ވެލިތައް ފޮޅައިދިނެވެ. އެކަނިވެރިވާ ވަގުތު މީހެއްގެ އެހީއަށް އެދުމަކީ ބަލިކަށިވާކަމެއް ނޫނެވެ. މޫދުގެ ލޮނުގަނޑަށް އިރު ފައިބައިގެން ދިޔައީ މައިލާ ބަލަން ހުއްޓައެވެ. އުޑު މަތި ދަނބުކުލަޔާއި ރަތްކުލައިން ފެވިގެން ދިޔައެވެ. މަޣްރިބް ނަމާދު ބަންގި ގޮވުމުން މައިލާ އޭނަގެ ގެޔަށް ދާން ހިނގައިގަތެވެ. އެހެން ދިޔަ މަގުމަތީގައި ފެނުނު މީހުން ވެސް މައިލާއަށް ބަލަމުން ދިޔައީ ގަދަރާއި އިހްތިރާމާއިއެކުއެވެ. ބައެއް މީހުން ހަސަދައިން ފުރިގެންވި ލޯތަކުންނެވެ. މައިލާއަކީ މިހާރު މީހަކު ކިޔާނެ އެއްޗަކަށް ވިސްނާ ކުއްޖެއް ނޫނެވެ.
ގެއަށް ވަދެގެން އައި އިރު މައިލާގެ މަންމަ އާއި ބައްޕަ ވާހަކައެއްގައި ސޯފާގައި ތިއްބެވެ. އެމީހުންގެ ކުރިމަތީގައި ހުއްޓެމުން މައިލާ މައްކާއަށް ހައްޖަށް ދިޔުމަށް ނަގާފައިވާ ދެ ޓިކެޓް ދިއްކޮށްލިއެވެ. “މަލާ؟” މައިލާ ބައްޕަ ހައިރާންކަމާއިއެކު ގޮވައިލިއެވެ. “މިއީ އަޅުގަނޑުގެ ފަރާތުން މަންމަމެނަށް ދޭ ހަދިޔާއެއް.. މުޅި އާއިލާއެއްކޮށް ދެވޭނެ…” ހީލަމުން މައިލާ ބުންޏެވެ. “ޖަޒާކަﷲޚައިރަން ދަރިފުޅާ.. މަންމަމެންގެ ދެލޮލުގެ ނޫރ.. ދަރިފުޅުދެކެ މަންމަމެން ވަރަށް ފަހުރުވެރިވަން..” މައިލާގެ ބޮލުގައި ފިރުމައިލަމުން މައިލާގެ މަންމަ ބުންޏެވެ. މައިލާ ފުން ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.
އިސްކޫލު ދައުރުގައި ބޭނުން ނެތިގެން ބޭކާރުކޮށްލި ކުއްޖަކީ މިހާރު ރަށުގެ އެންމެންގެ ގަދަރު ހޯދާފައިވާ ޒުވާނެކެވެ. އެހެންކަމުން އިސްކޫލު އަދި އެހެން މާހައުލުތަކުގައިވެސް ކުދިން ބާކީ ނުކުރަމާއެވެ. ކޮންމެ ކުއްޖަކީވެސް ތަފާތު ހުނަރެއް ހުންނާނެ ކުދިންނެވެ. އެ ހުނަރުތަށް ފާޅުވާނީ ކައިރީގައި އުޅޭ މީހުންގެ އެހީ ލިބިގެންނެވެ. ބާކީކޮށްގެނެއްނޫނެވެ.
(ނިމުނީ)
12 Comments!
Comments are closed.







Masha allah mi vhk vs vrh reethi
I’m so happy maila ah ekahala rangalhu frnd eh libunythy..mi generation ga enme close friend vs anekaage life r medhu hasadha ufedheyny..madhu frnds eh maila r aliya hn ulheny
Vrh thafaathu, iburatheh lihbaidhey vhk eh mii
Anehkaa vs mikahala vhk eh kiyaalan libeyne kmh unmeedh kuran
Lyyy🫶🏻
Thank you so much aana.. yes ragalhah thibuny mi zamaanu ga amilla edhumaagen ulhey friends hina viyas ekahala ragalhu ekuverin kairyga bahattan vaane.. adhivx mi kahala vhk kiyaalan libeyne..
Love you moree darlll🦋💜
Mi story vx varah Reethi Masha Allah…
Missed your short stories 🙂
I vx varah stories kiyaa hivvey. Story egge ebbai viyas kiyaalevumun dhuvas furihama vany.😅
This story gave me Confidence.😊
Thank you for sharing your words and creativity.
I’m grateful for the thought, care, and passion you writers put into every story to give us readers a Masterpiece. Appreciate it👍Keep inspiring!🥰
Curiously waiting for another Masterpiece from you 💗
Lyssssm Maash 💜
Thank you so much darlll.. aww when dhww.. ideas and time libuneema ehnun dhen liyeveyny vx.. I’m happy it gave u confidence.. aww Ur welcome don’t mention it.. Thank you for Ur lovely support and motivation..
Love you so muchh darlll..💜🦋
Vrh dhuvas kohlaafa maash ge kuruvaha ey kiyaalan libunythy thanks vrh bodu kon💛💜
Mi stry vx hama vrh reethi.. Maasha allah. 💛💜
I thnk i got more confidence.. Abadhuves i aky vrh confident kuhjey. But this stry e confidence ithuru harufathakah gengos dheefi ☺️ so thnks..
I hope to get more stories like this from you 💛💜
Tc.. Lyy💛💜
Yess vrh dhuvaskohlaafa short story eh liyely mi.. thankyouu soo muchh I’m happy liked itt.. I’m glad U got more confident because of this story.. your welcome darl.. Insha Allah you’ll get more stories like this from me in the future..
Love you moree darll.💜🦋
Varah reethi. Allahumma barik
Thank youu so much💜🦋
Is this real story??
Hama vahtharu vegen
Not totally real hehe💜🦋
🖤🖤🖤🖤
💜🦋